“ބަލާލަ. ފެމިލީ ކާންފެށީ އަދި ކިރިޔާނު. ނަދުވާ މިހާރު ބޭރު ކޮށްލީތަ އެތަނުން؟” ޝަކީލާ އަށް އެންމެން ކާން ތިބިތަން ފެނުމުން ނުހުރެވިގެން ނަދުވާއާ ދިމާ އަށް ބުނެލި އެވެ. ނަދުވާ އެންމެން ކާން ތިބިތަނަށް ބަލައިލި އެވެ. ފައްވާޒް އާއި ރިފާ އެވެ. ހަފީޒާ އާއި އަލީ އެވެ. އަދި ފައުޒާން އާއި ހިބާ އެވެ. ވަރަށް ވެސް ގުޅެ އެވެ. ނަދުވާގެ ހިތު ގައި ހިގާފައިވާ ހަސަދަ ވެރިކަން ބަންޑުން ދާން ފެށި އެވެ. […]
“ދޮންތަގެ ބިޓު އެބަހުރި އައިސް” ކޮއްކޮ ބުނެލިއެވެ. އަހަރެން ބުމަ އަރުވާލީމެވެ. “އެއްކަހަލަ ނައިސް ހޭންޑްސަމް” އެހާ ހިސާބަށް ބުނެވުނުތަނާ އަހަރެންނަށް އެއީ ކާކުކަން އެނގުނެވެ. އަވަސް ކަމާއިއެކު ނިކުން އިރު ޖައިޝް އިނީ ބައްޕައާއި މަންމައާއި ދެމީހުންނާއި ވާހަކަ ދައްކާށެވެ. “ހެލޯ އާސީން” މީގެ ކުރިން ދުވަހަކުވެސް ޖައިޝް އަހަރެންނާއި އެހާ ރީއްޗަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އަހަރެން ހައިރާންވި ވަރުން އަނގަ ހުޅުވުނެވެ. ޖައިޝް އެގޮތަށް ގެއަށް އަތުވެދާނެ ކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. […]
ރާހިލްވެސް ސިއްސައިގެން ގޮސް އެދިމާ ބަލައިލެވުނެވެ. ޝާއިންގެ ގައިގާ ޖެހީ އާޝިޔާއެވެ. ޝާއިންއަށް ގަބޫލުކުރަން ދަތި ގޮތަކަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ރާޙިލްގެވެސް ހާލަކީ އެއީއެވެ. “ހަބަރުދާރު ޝާއިން…. ނީރާއާއި ބެހޭގޮތުން ދެން އެންމެ ލަފްޒެއްވެސް ނުވާނެ ނެރެގެން….” އާޝިޔާ ޝާއިންއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޝާއިންއަށް މިފަދަ ކަމެއް ފެނުނު މީ ފުރަތަމަ ފަހަރެވެ. އާޝިޔާ އަށް ހުރީ ރޮވިފައެވެ. ނަމަވެސް ރުޅިވެސް ގަދަވެފައެވެ. “މަންމައަކަށް ނޭނގޭނެ ނީރާ ކުރި ކަންތަކެއް.. ރަނގަޅުވާނީ ނުވެސް […]
ނީރާ ފާތުމަތުގެ އެހީގައި ކާ އެއްޗެހި ހަދާ ނިންމާލިއެވެ. ނީރާ އައިއްސާ ހުރި ރުޅިގަނޑު ބޭލީ އެއްޗެއްސަށެވެ. ފާތުމަތު އަށް ވީ ގޮތް އެނގުމާއި އެކު ހިނިގަނޑު މަތަ ނުވެގެން ހޭންފެށިއެވެ. ނަމަވެސް ނީރާ ރުޅިގަދަވާނެކަން އިނގުމުން ހެއުން ކޮންޓްރޯލް ކުރަމުން ނީރާއަށް އެހީވެދިނެވެ. ………….. “ދޮންބޭ… ވެއިޓް.. މީ… މީ ޝާންގެ ގެ….” ރައިނާ ކާރުން ފައިބަމުން ބުނެލިއެވެ. “ޝާންއޭ… ވަޓް؟؟ ވެ..ވެއިޓް…. އޯ ގޯޑް…!!. ރައި ހިނގާ ދޮންބެ އެބަ ދަން…..” ރިޝާން […]
“އަބީ، ޔޫ ވިލް ނެވަރ ޗޭންޖް.” ޖަންނަތު ތުން އަނބުރާލި އެވެ. “ބައި ދަ ވޭ، ޖަންނަ މިތާ ތިޔޮތީ ކިހިނެއްވެފަ؟” އަބްޔާން ބޯދަށަށް އަތް ލަމުން ހަމަޖެހިލި އެވެ. “އަބީ މަންމަ ބުނެގެން އަބީގެ އެއްޗިހި އިސްތިރި ކޮށްލައިދޭން އައީ، ދެން އެކަން ނިމިގެން މިހާރު މިއޮތީ ސާރާ މެނާ އެއްކޮން މޫދަށް ދާން ވެގެން.” އެވަގުތު ދުރުން ގްރޫޕެއް އަންނަތަން ފެނުނެވެ. “އަނހާ އެޔޮށް އަންނަނީ އެމީހުން.” ޖޯލީގައި އޮވެފައި ކުޑަކޮން ބޯހިއްލާލަމުން ޖަންނަތު […]
ފައުޒާން އަށް ހީވީ ފައުޒާންގެ މޭގަނޑު އަނގައަށް އައި ހެނެވެ. ވަރަށް ބާރަށް ފައުޒާން ގެއާ ދިމާ އަށް ދުއްވައި ގަތެވެ. ފައުޒާން ލިފްޓުން މައްޗަށް އަރާ ގެއަށް ވަނީ ކުއްލި އަކަށެވެ. އަދި ވަރަށް ބާރަށް ދުވެފައި ގޮސް މައްޗަށް އަރަން ހުރި ސިޑިން ވެސް އެހާ ބާރަށް އެރިއެވެ. ސޯފާގައި އޭރު ތިބި ހަފީޒާ އާއި އަލީ އަށް ވެސް ތެދުވެ ވުނީ ފައުޒާން އެހާ ބާރަށް ސިޑިން އެރީމަ އެވެ. އަލީ އާއި […]
އަތޫޝާގެ މޫނާ މޫނު އެންމެ އިންޗިއެއްހާ ކައިރިވުމާއެކު އަތޫޝާ ލޯހުޅުވާލީ ބިރެއް ފެނިގެން އުޅުނު މީހެއް ހެނެވެ. އަތޫޝާ ދެލޯ ބޮޑުކޮއްލައިގެން އިން އިރު އިނީ ގުނޑިލަންވެސް ނޭނގިފައެވެ. “ޕިސް ޕިސް…. ތިއޮށް ދިގު އިސްތަށި ގަނޑެއްދޯ… އަހަރެން ހިތައް އަރާ އަންހެން ކުދިން އިސްތަށި ގަނޑު ދިގުކުރަނީ ކީއްކުރަންބާއޭ…” އަތޫޝާ ފަހަތަށް ކުޑަކޮށް ކޮއްޕާލުމަށްފަހު ޝައިމަން އަވަސް އަވަސް ކޮއްލައިގެން ތެދުވީ އެތަނުން ދިޔުމަށެވެ. އޭރުވެސް އަތޫޝާ އެއިންގޮތަށް ދެލޯ ބޮޑުކޮއްލައިގެން އިނެވެ. “ޔޯ… ހާދަ […]
“ދެން ކީއްކުރަންވީ؟” ޝަމްހާ އަހާލިއެވެ. މިޝާލް ހީގެންފައި ހަދަންވީ ގޮތް ބުނެދިނެވެ. “ޝިޔާޒް…” ޑްރެސިންގޓޭބަލް ކައިރީ އިން މިޒްނާ ގޮވާލިއެވެ. “ހްމްމް…؟” އެނދުމަތީ ލެޕްޓޮޕް ހުޅުވައިގެން އިން ޝިޔާޒް މިޒްނާއަށް ބަލައެއް ނުލައެވެ. މިޒްނާ ތެދުވެގެން ގޮސް ޝިޔާޒް ކައިރީ އިށީނެވެ. “ޝިޔާޒް… އަހަރެން ވާހަކައެއް ބުނަންތަ؟” މިޒްނާ އަހާލިއެވެ. “އާނ…” މިޒްނާއަށް މާބޮޑު ސަމާލު ކަމެއް ނުދީ ޝިޔާޒް ބުންޏެވެ. “އަހަރެން ބުނީ—” “މިޒޫ، އިހަށް ކޮފީއެއް ގެނެސްދީބަލަ” މިޒްނާއަށް އެވަރަށް ބުނެވުނު އިރަށް […]
ހިބާ ބަދިގެ ސާފުކޮށްލާފައި މައްޗަށް އެރީ ކޮޓަރިއަށްވަދެ ފިނިކޮށްލުމަށް ހިތައް އަރުވައިގެނެވެ. މައްޗަށް އެރިވަގުތު މޫނުމަތީ އައިސް އެޅުނީ މަޑު ފެހި ކުލައެއްގެ ފޮތިގަނޑެކެވެ. ހިބާ މޫނުމަތިން އެނަގާ ބަލައިލިއިރު އެއީ ޓީ ޝާރޓެކެވެ. ހިބާ އެއީ ކޮންދިމާލަކުން އައި އެއްޗެއްތޯ ބަލައިލިއިރު ފައުޒާން ހެވިފައި ފައުޒާން ކޮޓަރި ދޮރުމަތީ ހުސްގަޔާ ހުއްޓެވެ. ތިރިން ސޯޓެއް ލައިގެން ދޮރުކަނީގައި އަތްއަޅުވާލައިގެން ހުރިގޮތުން ހަށިގަނޑުގެ ބޮޑުބައި އެއޮތީ ހާމައަށް ފެންނާށެވެ. ހިބާ އަވަހަށް އަނެއްފަރާތައް އެނބުރުނީ އެފަދަ ރީތި […]