Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 9 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 6, 2016 11 Mins Read
17 Comments

ހިބާ އަށް ފައުޒާން ގޮވާ ގޮވާ ވެސް ހިބާ އަށް ހޭ ނުލެވުނެވެ. އެންމެ ފަހުން ފައުޒާން ހިބާ އަތް ދަނޑި މައްޗަށް އުފުއްލައި ލައިގެން ގެންގޮސް ހިބާގެ ކޮޓަރި އެނދު މަތީ ބޭއްވި އެވެ. އަދި ރަޖާ އަޅާލައި ދީފައި ނުކުމެ ދޮރުވެސް ލައްޕާލި އެވެ.

ޖެހިގެން އައިދުވަހު ހެދުނު ހިބާ އަށް ހޭލެވުމުން ވިސްނާލަން އޮތެވެ. އޭނަ ރޭގަ ނިދަން އޮތީ އެއްޗިހި ވެސް ބަދަލު ނުކޮށް ހެއްޔެވެ. އޭނަ ނިދީ ކޮން އިރަކު ހެއްޔެވެ. މަގުމަތީ ބާޒާރުން ގެއަށް އާދެވުނީ ކިހިނެއް ހެއްޔެވެ. މަޑުމަޑުން ހަދާނަށް އަންނަން ފެށި އެވެ. ފައުޒާން އާއި އެކު ސައިކަލު ގައި ގެއަށް އައި ގޮތެވެ. ހިބާގެ އަތުގަ ހިފައިގެން ފައުޒާން ލިފްޓަށް އެރި ގޮތެވެ. އަދި ގޭގެ ދޮރު ކައިރިން އެދިމާވި ހާދިސާ ވެސް ހިބާގެ ހަދާނަށް އަ އެވެ. ހިބާ އަށް ލަދުން ރަޖާ ގަނޑު ތެރޭ މޫނު ފޮރުވާ ލެވުނެވެ. އެކުރެވުނީ ހާދަ ހަޑި ކަމެކެވެ. ފައުޒާންއާ ދެން ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ. ފައުޒާން ކިޔާނެ އެއްޗިހި ގިނަވީ އެވެ. މިހާރު ވެސް އަބަދު ކޮންމެސް އެއްޗެކޭ ކިޔައިގެން ހިބާއާ ދިމާ ކޮށްލާނެ ގޮތެއް ފައުޒާން ހޯދަ އެވެ. އެދުވަހު ހިބާ އަށް ކޮޓަރިން ނިކުންނަން ވެސް ކެރޭނެ ހެއްޔެވެ. އެކަމު ހިބާއަށް ނިދުނީ ސޯފާގައި އޮއްވާ ނޫން ހެއްޔެވެ. އަނެއްކާ ނިދާފަ ހުރެގެން ކޮޓަރިއަށް އާދެވުނީ ހެއްޔެވެ. ނޫނީ މީހަކު ހިބާ ކޮޓަރިއަށް ގެނައީ ހެއްޔެވެ.

ހިޔާލުތަކެއްގައި އެތަކެއް އިރު ހިބާ އޮތުމަށްފަހު ތެދުވެއްޖެއެވެ. އަދި ފެންވަރާ ތާޒާ ވެލުމަށް ފާހާނާއަށް ދާން ހިބާ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލި އެވެ. ފައުޒާންގެ ހިލަމެއް ނެތްކަން އިނގުމުން އަވަހަށް ކުއްލި އަކަށް ގޮސް ފާހާނާ އަށް ވަނެވެ. ފެންވަރާ ލައިގެން ފާހާނާއިން ނުކުމެ ކޮޓަރިއަށް ވަނީ ވެސް ހަމަ އެފަދަ ގޮތަކަށެވެ. ފައުޒާން އަށް ނުފެނި އެގޭގައި އުޅެވޭނެ ހެއްޔެވެ.

ހިބާ ތިރިއަށް ފޭބި އިރު ރިފާ ނޫން އެކަކުވެސް ގެއަކު ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރު ކޮށްލުމަށްފަހު އައިސް ތަރުމޯޒުން ޖޯޑަކަށް ސައި އަޅައިގެން އައިސް އިށީނީ ސައިބޯށެވެ.

“ކިހިނެއް މިހާރު؟ ވާޒް ބުނި ހިބާއަށް ރޭގަ ހޮޑުވެސް ލެވުނޯ.” ރިފާ ބަދިގެއަށް ވަދެފައި ބުންޏެވެ. ހިބާއަށް ހުއްޓުން އެރިއެވެ. އެގަޑީގައި ވާޒްދޮންބެ ވެސް ގޭގަ އުޅޭ ހެއްޔެވެ. ވާޒްދޮންބެ ހީކުރާނީ ކީކޭ ހެއްޔެވެ. ލަދުން ބޯ ހަލާކު ވެއްޖެ އެވެ. ހިބާއަށް ބޮލުގައި އަތް ޖައްސާލެވުނެވެ.

“ބޮލުގަ ރިއްސަނީތަ؟” ރިފާ ހިބާ ކައިރިއަށް ޖެހިލަމުން އަހާލި އެވެ.

“ނޫނޭ. އޯކޭ މިހާރު. މީހުން ގިނަވީމަ ހާސްވެގެން ވީގޮތެއް އެއީ. މިހާރު ހަމަ ބަރާބަރު.” ހިބާ އަވަސް އަވަހަށް ބުންޏެވެ.

އެންމެނަށް އެކަންތައް އެއޮތީ އެނގި ނިމިފަ އެވެ. އިތުރަށް ކުރެވޭނެ ކަމެއް ހިބާއަކަށް ނެތެވެ.

“ކޮބާ އެންމެން؟ ކުޑައްތަ މިއަދު އޮފް ދުވަހެއްނު؟ ކުޑައްތަ ކޮންތާކުވީ؟” ހިބާ އަހާލި އެވެ.

“ބައްޕަ ފުރަން އުޅޭތީ ޝޮޕިންއަށް ގޮސް ވީ. ދެން އެހެން މީހުން އޮފީހުގަ،” ސިންކު ކައިރީ ހުރި ރިފާ ބުންޏެވެ. “އަހަރެން ހިބާއަށް ގޮވަން އުޅުމުން ޒާން ބުނީ ހިބާ ބަލިވެ އުޅޭ ވާހަކަ. ދެން ވާޒް ބުނެފި ހިބާއަށް ހޮޑުވެސް ލެވުނޭ.”

“އެންމެން ތިއްބާތަ ބުނީ.” ހިބާ ކަންބޮޑު ވި އެވެ.

“އާން. އެންމެން ހެދުނު ސައިބޯން ތިބެ އެވާހަކަ ދެއްކީ. ކިހިނެއްވީ؟” ހިބާ އިންގޮތުން ރިފާ އަހާލި އެވެ.

“ކަމެއް ނުވޭ،” ހިބާ ބޯހޫރާލި އެވެ. “ކޯޗެއް މިއަދު ކައްކަނީ؟” ހިބާ އަހާލި އެވެ.

“މި ނިމުނީ. އެއްޗިހި ވެސް ދޮވެފިން. ދެން ހިބާ މިއަދު ކުރާނެ ކަމެއް ނެތް. ޔޫ ބެޓަރ ރެސްޓް.” ރިފާ ހިނިތުން ވެލަމުން ބުންޏެވެ.

އެދުވަހު ހިބާ އުޅެން ޖެހުނީ ފޫހި ވާތީ އެވެ. ރިފާ ވަނީ ހުރިހާ ކަމެއްކޮށް ނިންމާލާފަ އެވެ. ހަފީޒާ އާއި އަލީ، އައީ ވަރަށް ގިނަ އެއްޗިހި ގަނެގެންނެވެ. ހަފީޒާ އައިސް ހިބާގެ ހާލު އެހި އެވެ. ބާޒާރުން ގެނައި ސާމާނު ތަންތަނަށް ލުމަށް ހިބާވެސް އެހީވި އެވެ.

މެންދުރު ކާގަޑިއަށް އެންމެން އައި އިރުވެސް ފައުޒާންއެއް ނާދެ އެވެ. އެދުވަހު ފައުޒާންއަށް ނާދެވޭނެ ވާހަކަ ފައުޒާން ބުނީ ހަފީޒާ ގުޅުމުންނެވެ. ހިބާ އިނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. ފައުޒާންއާއި ކުރިމަތިލާން ނުޖެހޭނެތީ އެވެ.

މެންދުރުފަހު ހިބާ އަޒްކާމެން ބަޔައް ދިޔައީ ދެމީހުން އެއްކޮން ފިލާވަޅު ހަދަން ރާވާފައި އޮތުމުންނެވެ. އެވަގުތު އެގޭގައި އުޅެނީ އަޒްކާ އެކަންޏެވެ. އަޒްކާއާއި ހިބާ ފިލާވަޅު ހަދަން ތިބީ ކާމޭޒު ކައިރީ އެވެ. އެކަކަށް ނޭގޭ އެއްޗިހި އަނެކަކަށް ބުނެދެމުން އެކަމުގައި އުޅެނިކޮން ކާގެއަށް މީހަކު ވަންހެން ހީވެގެން ދެމީހުނަށް ވެސް އެއް ފަހަރާ ދޮރާ ދިމާއަށް ބަލައިލެ ވުނެވެ. އޭރު އަޒުމީލު ދޮރު ކައިރީ ހުއްޓެވެ.

“ދޮންބޭ؟ ކާން ހަދާ ދެންތަ؟” އަޒްކާ އަހާލީ އަޒުމީލު ކާން އެއްބަސް ވާނެ ކަމަކަށް ނޫނެވެ.

“އާން، ވަރަށް ހައިވެއްޖެ.” ބަނޑުގައި ފިރުމާލަމުން އަޒުމީލު ބުންޏެވެ. އަޒްކާއަށް ހައިރާންކަމެއް ލިބުނެވެ. އަދި އުފާ ވެސް ވި އެވެ. އަޒްކާ ތެދުވެ އަވަހަށް ކާން ހެދުމަށް އުޅުނެވެ. އަޒުމީލު އައިސް ހިބާއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ.

“ކޯޗެއް ތި ހަދަނީ؟” ހިބާގެ ފޮތައް ބަލައިލަމުން އަޒުމީލު އަހާލި އެވެ.

“ހިބާ އެ ހަދަނީ އިންގްލިޝް ލިޓްރެޗަރ. ހިބާއަށް ނޭގިގެން އުޅޭ ތަން ދޮންބެއަށް ދައްކަބަލަ. ދޮންބެ ވަރަށް މޮޅުވާނެ އިންގްލިޝް ލިޓްރެޗަރއަށް.” ތައްޓަކަށް ބަތް އަޅަމުން އަޒްކާ ބުންޏެވެ.

ހިބާ މަޑުމަޑުން ފޮތުގެ ކުރީ ގަނޑަކަށް އެއްލުމަށްފަހު އަޒުމީލުއަށް ދައްކާލި އެވެ.

އަޒުމީލު ފޮތް އަމިއްލަ ގަޔާ ކައިރިކޮށްލަމުން ވަރަށް ރަގަޅަށް ކިޔާލި އެވެ. އަދި ހަދަންވީ ގޮތް ވަރަށް ސާފުކޮން ހިބާއަށް ކިޔައި  ދިނެވެ. ހިބާ އިނީ ހައިރާން ވެފަ އެވެ. މީހާގެ ސިފަ ކޮންމެ ވައްތަރަކަށް ހުއްޓަސް އެއީ ހާދަ މޮޅު މީހެކެވެ. މީހާ ހުންނަ ގޮތަކުން މީހާގެ ގޮތެއް ނޭގޭނެޔޭ މީހުން ބުނަނީ އެހެންވެ އެވެ. ހިބާ އަނެއްކާ އެހެން ތަނެއްވެސް އަޒުމީލުއަށް ދައްކާލި އެވެ. އަޒުމީލު ފަސޭހަ ކަމާއެކު ހިބާއަށް އެތަންވެސް ބުނެދިނެވެ. ހިބާއަށް އުނދަގޫ ހުރިހާ ތަންތަނެއް އެދުވަހު އަޒުމީލު ކައިރިން ހިބާ އޮޅުން ފިލުވި އެވެ. އަޒުމީލުއަށް އެދުވަހު ކެވުނު ގޮތްވެސް ނޭގުނެވެ. އަޒުމީލު އިނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އެދުވަހު އަޒުމީލު ކައި ނިމިގެން ވެސް ހިބާއަށް އެ މާއްދާއާއި ބެހޭ ވަރަށް ގިނަ މަޢުލޫމާތު ކިޔައި ދިނެވެ. އަޒުމީލު އެދުވަހު ދިޔައީ ދާހިތަކުން ނޫނެވެ. ހަވީރު ފަހެއް ޖަހަން އުޅެނިކޮން އަޒުމީލު އަށް އައި ފޯނު ކޯލަކުން އަޒުމީލު ދާން ޖެހުނީ އެވެ.

“ހާދަ މޮޅޭ އަޒްކާގެ ދޮންބެ. ހިބާ އަދި ހިޔެއް ނުކުރަން އަޒުމީލު އެއީ އެހާ މޮޅު މީހެއް ކަމަކަށް.” އަޒުމީލު ދިއުމާއިއެކު ހިބާ ބުންޏެވެ.

“ދޮންބެ އެއީ ކިޔަވައިގެން ހުރި މޮޅު މީހެކޭ. މިހާރު ދޮންބެ އެ އުޅެނީ ދޮންބެ ކުރިން އުޅުން ގޮތަކަށް ނޫނޭ. ކުރީގަ ދޮންބެއާ މާޒްއާ ޒާންބެއާ ވާޒްދޮންބެއާ އެންމެން އުޅުނީ ނުލާހިކު އެއްކޮން މަޖާކޮން.” އަޒްކާ ބުންޏެވެ.

“ދެން މިހާރު ކީއްވެ އެހެން އެ އުޅެނީ؟” ހިބާ ހައިރާންވެގެން އަހާލިއެވެ.

“ނޭގެ. ހީވަނީ ޒާންބެއާ ދެ މީހުން ހެން މައްސަލަ ޖެހުނީ. އެކަކަށްވެސް ނޭގެ ވީގޮތެއް. ޒާންބެއަށް ވެސް ނޭނގެ ދޮންބެ ޒާންބެއާ ވާހަކަ ނުދައްކަން ފެށީ ކީއްވެކަމެއް.” އަޒްކާ ބުންޏެވެ.

އަޒްކާމެން ބައިން ހިބާ ނިކުތީ އެރޭ ހަތެއް ޖަހާއިރަށް ކިލާހެއް އޮތުމުން އަވަހަށް ތައްޔާރުވާން ދާށެވެ. ހިބާގޮސް ލިފުޓަށް އަރަން މަޑުކޮށްލައިގެން ހުއްޓެވެ. ލިފުޓުގެ ދޮރު ހުޅުވުނުއިރު ޕޮލިސް ޔުނީފޯމުގައި ހުރި ފައުޒާން ފެނުމުން ހިބާއަށް ދެފިޔަވަޅު ފަހަތައް އެޅުނެވެ.

“އަވަހަށް އަރާބަލަ.” ހިބާ ބަލަހައްޓައިގެން ހުރުމުން ފައުޒާން ބުންޏެވެ. ހިބާ ލިފްޓަށްއެރީ ވަރަށް ޖެހިލުންވެ ހުރެއެވެ. އެއްވެސް ވާހަކައެއް ފައުޒާން ނުދައްކާނެ ނަމައޭ ހިތާހިތާ ދުޢާ ކޮށްލަ ކޮށްލަ ހުއްޓެވެ.

ދޮރު ހުޅުވުމާއި އެކު އަވަހަށް ގޮސް ގެއަށް ވަދެގެން މައްޗަށް އަރައިގެން ހިގައްޖެއެވެ. ފައުޒާން ވަދެފަ ހިބާ އުޅުނު ގޮތުން ހައިރާންވެފައި ހިބާ ދިޔަ ދިމާ އަށް ބަލަން ހުރެލުމަށް ފަހު ވަނީ ބަދިގެ އަށެވެ. އޭރު ބަދިގެ މޭޒު ކައިރީ އަލީއާއި ހަފީޒާ ތިއްބެވެ.

“ޒާން، ބައްޕަ މާދަމާ ފުރަން އެއުޅެނީ. މިރޭ މިގޭ ހުރިހާ ކުދިންނަށް ބައްޕަ ކެއުމެއް ދޭންވެގެން މިއުޅެނީ. މިރޭ ޒާންއަށް ދެވޭނެތަ؟” ހަފީޒާ ފައުޒާން ވަންތަނުން އަހާލި އެވެ.

“އާން. ޒާންއަށް ދެވޭނެ.” ފައުޒާން އައިސް އަލަމާރިން ފެން ފުޅިއެއް ނަގަމުން ބުންޏެވެ.

“ނަދޫވެސް ގެންދަން ވާނެ. ނަދޫއަށް ގުޅާފަ ބުނެބަލަ.” އަލީ، ފައުޒާންއަށް ބަލައިލަމުން ބުންޏެވެ.

ފައުޒާން ފެން ފުޅިން ފެން ފޮދެއް ބޯލި އެވެ. އަދި ޖީބުން ފޯނުނަގާ ގުޅާލި އެވެ. ފޯނު ކަންފަތުގައި ޖަހައިގެން އިރުކޮޅަކު ހުރުމަށްފަހު ފޯނު ތިރިކޮށްލި އެވެ.

“ނަދޫ ފޯނެއް ނުނަގަ. ނިދާފަ ކަންނޭގެ.” ފައުޒާން ފެން ފުޅި މޭޒު މަތީ ބަހައްޓަމުން އަނެއްކާ ވެސް ނަދުވާއަށް ގުޅި އެވެ.

“އަންނާނަން އެގެއަށް ގޮސް ބަލާފަ.” އެފަހަރު ވެސް ފޯނަށް ޖަވާބު ނުދިނުމުން އެހެން ބުނެ ފައުޒާން ހިގައްޖެ އެވެ. އިރުކޮޅެއް ފަހުން ހިބާ ތައްޔާރު ވެގެން އައިސް ބަދިގެއަށް ވަނެވެ.

“ހިބާ، ހިބާ ކްލާސް ނިމޭނީ ކިހާއިރަކު؟ ހިބާ ފެނުމުން ހަފީޒާ އަހާލި އެވެ.

“ނައިން ތާރޓީގަ. ކިހިނެއްވީ؟” ހިބާ މޭޒުމަތީ އިން ފެންފުޅި ނަގާ ބޯލި އެވެ.

“ނިމޭ ގަޑިއަށް ފައްވާޒް ނޫނީ ފައުޒާން ބަލާ ފޮނުވާނަން. މިރޭ އަލީބެ ކެއުމެއް ދޭންވެގެން ބޭރަށް ކާންދާން މިއުޅެނީ. ހިބާ ނެތިއްޔާ އަލީބެއަށް ކެއުމުގެ ފޯރިއެއް ނާދެޔޯ.” ހަފީޒާ ބުންޏެވެ.

“އެއީ ތެދެއް. ހިބާ އޭ އަލީބެ ޗާޖް ކޮށްދެނީ.” އަލީވެސް ހަފީޒާއާއި އެއްބައިވެލި އެވެ. ހިބާ ހިނި އައިސްފަ ހުރެ ނިކުމެގެން ހިގައްޖެ އެވެ.

ފައުޒާން އައިސް ގެއަށް ވަންއިރު ހަފީޒާ އިނީ ސޯފާގަ އެވެ. އަލީވީ ނަމާދަށް ގޮހެވެ.

“ކޮބާ ނަދޫ؟ ނަދޫ ކީކޭ ބުނީ؟” ފައުޒާން ފެންނައިރަށް ހަފީޒާ އަހާލި އެވެ.

“ނަދޫ އޮފީސް ޑިނަރ އަކަށް ރިސޯޓަކަށް ގޮހޯ މިހިރީ ބުނީ. ދެން އޭނަ އަކަށް ނާދެވޭނެނު.” ފައުޒާންގެ މޫނު މަތިން ކޮންމެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް ފާޅުވި އެވެ. މިހާރަކަށް އައިސް ނަދުވާ ފައުޒާންއާއި ވަރަށް ދުރު ވެއްޖެ އެވެ. ކޮންމެސް ކަމެއް ވަމުންދާހެން ފައުޒާންއަށް ހީވާތާ ވެސް ދުވަސް ކޮޅެއް ވެއްޖެ އެވެ. ނަދުވާގެ ޝަކުވާތައް ވެސް މިހާރު ވަރަށް މަދު ވެއްޖެ އެވެ. ފައުޒާންއަށް އެގެއަށް ނުދެވޭތީ ކުރާ ޝަކުވާތައް ވެސް މިހާރަކު ނުކުރެ އެވެ. އަނެއްކާ ކޮންމެ ތާކަށް ދިޔަސް މިހާރު ފައުޒާން ކައިރީ ނުވެސް ބުނެ އެވެ.

“ދައިފުޅާ؟ ކިހިނެއްވެފަ ތިހިރީ؟ ދެން ދޭ އަވަހަށް އެއްޗިހި ބަދަލު ކޮށް ތާޒާވެލައިގެން އަންނަން.” ހަފީޒާ އެހެން ބުނީ ފައުޒާން ހިޔާލަކަށް ގެއްލިފައި ހުއްޓަ އެވެ.

“އޭން،” ފައުޒާން މަންމަ ބުނި އެއްޗެއް ރަގަޅަށް ފައުޒާންއަށް އަޑެއް ވެސް ނީވުނެވެ. “ހިބާ ދޭތަ؟” ފައުޒާން ކުއްލި އަކަށް އަހާލި އެވެ.

“އާން. ނުވަގަޑި ބަޔަށް އޭނަ ބަލާދާތި. އޭރުން އަވަސް ވާނީ.” ހަފީޒާ ބުންޏެވެ. ފައުޒާން ބޯ ޖަހާލަމުން މައްޗަށް އަރައިގެން ދިޔަ އެވެ.

އަޒްކާއާއި ހިބާ މަޑުކޮށްލައިގެން ތިބީ ކިޔަވަންދާ ކޮލެޖުގެ ކުރިމަތީ ހުރި ގޭ ކައިރީ އެވެ. ފައްވާޒް ނޫނީ ފައުޒާން ބަލާ އަންނާނެ ވާހަކަ އަޒްކާ ކައިރީ ހިބާ ވަނީ ބުނެފަ އެވެ. އެހެން ކަމުން ހިބާ ބަލައި އައިމަ ނޫނީ ގެއަށް ނުދާން އަޒްކާ ވެސް މަޑުކޮށްލައިގެން ހުރީ އެވެ.

ދެތިން މިނިޓު ފަހުން ފައުޒާން އައިސް އެކުދިން ކައިރިއަށް މަޑުކޮށްލި އެވެ. ހިބާ ހުރީ ހަދާނެ ގޮތް ބޮޑުވެފަ އެވެ. ފައްވާޒް ފޮނުވިނަމައޭ ހިބާ ހިތައް އެރި އެވެ. ފައުޒާންގެ ސައިކަލު ފަހަތައް އަރާ ހިބާ އިށީދެފައި އަޒްކާއަށް ހަނާ އަޅާލި އެވެ. އަޒްކާވެސް ހީލަމުން ހަނާއަޅާލުމަށް ފަހު ގެއަށް ދިއުމަށް ހިގައި ގަތެވެ.

“ހިބާ، ހިބާ ރޭގަ ކެއީ ކޯޗެއް؟” ކުއްލިއަކަށް ފައުޒާން އިނދެފައި އަހާލި ސުވާލުން އެދައްކަން އުޅެނީ ކޮން ވަހަކައެއްކަން ހިބާއަށް އެނގުނެވެ.

“ސޮރީ، ވަރަށް ބޮޑަށް ސޮރީ ފައުޒާން. ހިބާ ގަސްތުގަ ކުރިކަމެއްނޫން. ކުރިމަތީ ފައުޒާން ހުރިކަމެއް ހިބާއަށް ނުވެސް އެނގޭ. ހިބާއަށް ހޮޑު ލެވުން އިރުވެސް ހިބާއަށް ވާނުވާ ނޭގެ. ވަރަށް ބޮޑަށް ސޮރީ. އެއީ ކޮށްގެން ނުވާނެވަރުގެ ހަޑިކަމެއް. ހިބާ މީ ކިހާ ގޮތެއް ނެތް މީހެއް. ހާދަ ފަކުރު ކަމެކޭ ހިބާއަށް އެކުރެވުނީ. ހާދަ ހަޑި މީހެކޭ ހިބާއަކީ… …ހިބާ….

“ހިބާ. އަހަރެން އަދި ނުބުނަމެއްނު ހިބާ ކުރި ކަންތަކުގެ ވާހަކައެއް. އަހަރެން މި އެހީ ހިބާ ރޭގަ ކެއީ ކޯޗެއްހޭ. އެހެން ބުނީމަ ދެން ތި ހާސަރު ތަކެއް ދަމަން ޖެހޭތަ.” ހިބާގެ ވާހަކަ ހުއްޓާ ނުލުމުން ފައުޒާން ހިބާގެ ވާހަކަ މެދުކަނޑާ ލަމުން ވާހަކަ ދައްކަން ފެށި އެވެ.

“ހިބާ މިބުނީ ރޭގަ ހިބާއަށް ކުރެވުނު ކަންތަކަށް ސޮރީއޭ،” ހިބާ ބުންޏެވެ. އޭރު ސައިކަލު މަޑުކޮށްލި އެވެ. ހިބާ ސައިކަލުން ފޭބުމުން ފައުޒާންވެސް ހަރު ޖައްސާ ސައިކަލުން ފޭބި އެވެ.

“ރޭގަ އެކަމަކު ހިބާ ކޮޓަރިއަށް ދިޔަގޮތެއް އެނގޭތަ؟” ހިބާ ކުއްލިއަކަށް އަހާލިއެވެ.

“ހިބާ ސޯފާގަ ނިދާފަ އޮއްވާ ޕަރީއެއް އައިސް ހިބާ އުރާލައިގެން ގެންގޮސް ހިބާގެ ކޮޓަރިއަށްލީ. ޒާން ދެކުނިން އެމަންޒަރު.” ފައުޒާން ހިބާއަށް ބަލައިލަމުން ބުނެލި އެވެ.

“ޕަރީއެކޭ؟ ދެން ޕަރީއެއް ނުވެސް އުޅޭނެ. ހިބާ ހިތަށް އަރަނީ ހާދަ އުނދަގޫ ވާނޭ ސިޑިން އަރައިގެން ދާން ހިބާ އުފުއްލި މީހަކަށް. ހިބާ އަމިއްލައަށް ނިދީގަ ތެދުވެގެން ދިޔައީއެއް ނޫންތަ؟” ހިބާ އަހާލިއެވެ.

“ތީ ވަރަށް ބަރު މީހެއް ވިއްޔަ. ދޫނި ފަތަކަށް ވުރެންވެސް ލުއި.” ފައުޒާން ބުންޏެވެ. ފައުޒާން އެހެން ބުނުމުން ހިބާ ކޮޓަރިއަށް ގެންދިޔައީ ފައުޒާންކަން ހިބާއަށް އެނގުނެވެ. ހިބާ ވަރަށް ލަދުގަތެވެ. އަވަހަށް އެތަނުން ދިއުމަށް ހިބާ ހިގައިގަތެވެ.

ހިބާ ހިގައި ގަތުމުން ހިބާ ފަހަތުން ފައުޒާން ވެސް ހިގައި ގަތެވެ. ކުރިމަތިން އެވަގުތު އައި ފިރިހެނެއް ހިބާއޭ ކިޔާ ގޮވާލުމުން ދެމީހުން އެއްކޮން އެމީހަކަށް ބަލައިލި އެވެ.

“ދޮންބޭ!” ހިބާއަށް ގޮވާލެވުނެވެ.

“ހިބާ، ކޮންތާކު މިހާރު ތި އުޅެނީ؟ ބައްޕަ ހިބާއަށް ބާރތްޑޭ ޕްރެސެންޓް ދޭން ވެގެންވެސް ހިބާ ހޯދި ވަރަކަށް. މަންމައަށް ގުޅުމުން މަންމަވެސް ބުނީއެއްނޫން ހިބާ އުޅޭތަނެއް. އަނެއްކާ ފޯނަށް ގުޅާގުޅާ ފޯނެއްވެސް ނުނަގަ. ހިބާ ފޯނު ނަންބަރު ބަދަލު ކުރީތަ؟” އަބްޔާނު އެއްނޭވައިން ހުރިހާ ވާހަކައެއް ދައްކާލި އެވެ.

“ހިބާގެ ފޯނު ހަލާކުވެފަ. މަންމައަށް އެކަނި އެފޯނުން ގުޅެނީ. އެހެން ނަންބަރުތަކަށް ނުފިތޭ. ފޯނަށް އާންސަރ އެއްވެސް ނުކުރެވޭ. މިހާރު އެހެން ގެއަކު މި އުޅެނީ.” ހިބާ ބުންޏެވެ.

“ދެން ހިބާއަށް ދޮންބެ ގުޅާނީ ކިހިނެއް؟ ބައްޕަ އެބައޮތް ހިބާއަށް ޕްރެސެންޓެއް ތައްޔާރު ކޮށްފަ. ބައްޕަ ދަމުން ދިޔައީ އެ ހިބާއާ ހަވާލު ކޮށްދޭށޭ ކިޔާފަ.” އަބްޔާނު ބުންޏެވެ.

“ބައްޕަ ކޮންތާކަށް ދިޔައީ؟” ހިބާ އަހާލި އެވެ.

“ބައްޕަ ދިޔައީ ދައްތަ ވަރަށް ބަލިވެގެން ދައްތައަށް ބޭސްކުރަން ބެންކޮކަށް. މިހާރު ދައްތަގެ ހާލު ވަރަށް ދެރަޔޯ.” އަބްޔާން ބުންޏެވެ. އެކުދިން ފަހީމާއަށް ކިޔަނީ ދައްތަ އެވެ.

“ދައްތައަށް ކިހިނެއްތަވީ؟” ހިބާ ކަންބޮޑުވި އެވެ.

“ދައްތައަށް ލަންގް ކެންސަރ ޖެހުނީ. އެހާވަރަށް ދުފައޭ،” އަބްޔާން ބުންޏެވެ. “ދޮންބެ ހިބާއަށް ގުޅާނެ ގޮތެއް ބުނެބަލަ.”

“ދޮންބޭ، މީ ފައުޒާން. ފައުޒާން މީ ހިބާގެ ދޮންބެ އަބްޔާން ނޫނީ އަބޫ،” ހިބާ އެދެމީހުން އެކަކު އަނެކަކަށް ތަޢާރަފުކޮށް ދިނެވެ. “ފައުޒާންގެ ނަންބަރަށް ދޮންބެ ގުޅާ. އެއީ ހިބާ އުޅޭ ގޭ ކުއްޖެއް.” ހިބާ ފައުޒާންގެ ނަންބަރު ކިޔާލި އެވެ.

އަބްޔާން ގުޅާނަން ކަމަށް ބުނަމުން ހިބާ އަދި ފައުޒާންއާއި ސަލާން ކޮށްލުމަށްފަހު ހިގައްޖެ އެވެ.

“ހިބާގެ ފޯނު ހަލާކުވިކަން ހިބާ މަންމައަށް އެގޭތަ؟” ފައުޒާން ހިބާއާއި އެކު ހިގަމުން އަހާލި އެވެ.

“ނޫން. ހިބާ ނުބުނަން. މަންމަ ދެން އޭރުން އުޅޭނެ ކަންތައް ބޮޑުކޮށްލައިގެން. މަންމަ އެއީ ވަރަށް ކަންތައް ބޮޑު ކުރާ މީހެކޭ.” ހިބާ ބުންޏެވެ.

ހިބާ އާއި ފައުޒާން ދިޔައިރު އެންމެން ތިބީ އެދެމީހުންގެ އިންތިޒާރުގަ އެވެ. އޯޑަރު ދިނުމުން ވަރަށް އަވަހަށް ކާއެއްޗިހި ގެނައެވެ. އެންމެން ވެސް ވަރަށް ހަމަޖެހިލައިގެން ކަމުން ގެންދިޔަ އެވެ. ހިބާ ކަމުންދާ ވަރަކަށް ހިބާގެ އަނގަ ވެސް ހެލެމުން ދިޔަ އެވެ.

“މީ ވަރަށް މީރު ކުކުޅެއް. ދޮންބަތު ވާނެ މިގޮތަށް ކުކުޅު ހަދަން ދަސްކުރަން. މިއަށް މިހިރީ ހުސް ސޯސް ކަންނޭގެ އަޅާފަ. ރަގަޅަށް ވިއްޔާ މިއަށް މިރުސްކޮޅެއްވެސް ނާޅަ މިހިރީ. ކުޅިއެއް ވެސް ނޫން. ކުޅި ނޫނަސް މީރު.” ހިބާގެ އަނގައަށް ކުކުޅު ކޮޅެއް ނައްޓާލުމަށް ފަހު ލިޔެވެ. “އާން މީރު. ކޮންމެހެން ކުޅި ނުވިއަސް މީރު ވިއްޔާ އެނިމުނީނު.”

ފައުޒާން އެހެން އިނދެފައި ކުއްލިއަކަށް ހިބާގެ ކަނާ އަތުގައި ހިފި އެވެ. އަދި މޭޒު ދަށަށް އަތް ގެންދިޔައެވެ. ހިބާ ހައިރާން ވެފައި ފައުޒާންއަށް ބަލައިލި އެވެ. ހިބާގެ އަނގަ މަޑުވުމުން އެންމެން ހިބާއަށް ބަލައިލި އެވެ. ފައުޒާން ދެނަހުރި ކަމަށްވެސް ނަހަދާ އިނދެގެން އޭނަގެ ކަނާތުން ކަމުން ގެންދެ އެވެ. ހިބާ ކާނީވެސް ކިހިނެއް ހެއްޔެވެ. ފައުޒާން އެއޮތީ އޭނަގެ އަތުގަ ހިފާފަ އެވެ.

“ކިހިނެއްވީ؟” ހަފީޒާ ހިބާއަށް ބަލައިލަމުން އަހާލި އެވެ. ހިބާ ފައުޒާންއަށް ބަލައިލި އެވެ. އަދިވެސް އަތުން ދޫކޮށްލާކަށް ނޫޅެ އެވެ.

“ހިބާ؟ ކިހިނެއްވީ؟ އަޑުމަޑުވެފަ ތީނީ ކީއްވެ؟” އަލީވެސް އަހާލި އެވެ. ހިބާ ބުނާނީވެސް ކީކޭ ހެއްޔެވެ. ފައުޒާން ހިބާގެ އަތުގައި ހިފައިގެން އިން ވާހަކަ ބުނަން ވީ ހެއްޔެވެ. ނޫނެކެވެ. ނުކެރޭނެ އެވެ. އެމީހުން އެހެން ގޮތަކަށް ދެކެފިއްޔާ އޭރުން ވާނީ ކިހިނެއް ހެއްޔެވެ.

“ހިބާ، ކިހިނެއްވީ؟ އަނެއްކާ ކާ އެތިކޮޅެއް ކަރުގަ ތާށިވީތަ؟” މާ ނުވާ ކަމަކަށް ހަދައިގެން އިނދެ ފައުޒާން އަހާލި އެވެ. ފައުޒާން އެހެން އެހުމުން ހިބާ ކައިރިއަށް ވަރަށް ރުޅި އައެވެ. ނަމަވެސް ހަފީޒާއާއި އަލީގެ ކުރިމަތީ ހަމަޖެހޭގޮތް ދައްކައިގެން އިނެވެ.

“ކަމެއްވީތަ ހިބާ؟” ހަފީޒާ އަނެއްކާވެސް އަހާލި އެވެ. ހިބާ ބޯހޫރާލި އެވެ. އަދި ފައުޒާންގެ އަތު ތެރެއިން ހިބާގެ އަތް ދަމައި ގަންނަން މަސައްކަތް ކުރަމުން ދިޔަ އެވެ. މާ ގިނައިރެއް ނުކޮށް ފައުޒާން ހިބާގެ އަތުން ދޫކޮށްލި އެވެ. ހިބާ ފައުޒާންއަށް ލޯ އަޅާލި އެވެ. އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަން ކުރިމަތީ އިން ރިފާއަށް ކޮންމެސް އެއްޗެއް ވިސްނުނެވެ. ނަމަވެސް އަނގައިންވެސް ނުބުނެ އިނީއެވެ.

ޖެހިގެން އައި ދުވަހު ހެދުނު އަލީ ފުރައިގެން ހިގައްޖެ އެވެ. އަނެއްކާވެސް ގޭތެރޭގެ މާހައުލު ބަދަލުވެގެން ދިޔައީ އެވެ. ކާގަޑި ތަކަށް ސަމާލުކަން ދިނުން ނިމިގެން ހިގައްޖެ އެވެ. ބަނޑުހައި ވުމުން އަނެކަކަށް ބަލައިލުމެއް ނެތި އެމީހަކަށް އާދެވުނު އިރަކު އަމީހަކު ކާލަނީ އެވެ. ޓީވީބަލަން ސޯފާގައި އޮށޯވެ ތިބުންވެސް އާދައަކަށް ވެގެން ދިޔަ އެވެ. އަލީ ނެތުމުން ދެން އެކަންތައް އެއްޗެއް ބުނާނެ މީހަކު ނުހުރެ އެވެ. ހުދު ހަފީޒާއަކީ ވެސް އެގޮތަށް ކަންތައްތައް މަނާ ކުރާ މީހަކަށް ނުވާތީ އެވެ.

އެގޮތުގައި ދުވަސްކޮޅެއް ފާއިތު ވެގެން ދެއެވެ. ފައުޒާން ހިބާއާ ސަމާސާ ކޮށްނުލާ ދުވަހެއް ނުދެއެވެ. ހިބާ ފެންނަން ނެތިއްޔާ ހުރިތާކުން ހޯދައިގެންވެސް ރުޅިއަރުވާ ލެވޭތޯ ބަލަ އެވެ. އެހެން މީހުނަށް މިހާރު އެއީ އާކަމަކަށް ނުވާތީ އެކަމާ އެހެން މީހަކު އަޅައެއް ނުލަ އެވެ. ބައެއް ފަހަރު ހަފީޒާއަށް އުނދަގޫވެގެން ފައުޒާން ކައިރީ އެގޮތަށް ކަންތައް ނުކުރުމަށް ބުނެލަ އެވެ. ހިބާވެސް އެމީހުން ކުރިމަތީ ފައުޒާންއާއި ސަމާސާކޮށް ދިމާކޮށް ހަދާކަށް މިހާރު ޖެހިލުމެއް ނުވެ އެވެ.

ނަދުވާއަށް އަދިވެސް އެގެއަށް އަންނާކަށް ނުކެރެ އެވެ. ހަފީޒާ ނަދުވާއަށް ގުޅައިގެން ވެސް އެއްދުވަހު ގެންނަން އުޅުނެވެ. ނަމަވެސް ނަދުވާ އެގެއަށް އަންނަ ހިޔާލެއް ނުކުރި އެވެ. ފައުޒާން ވެސް ނަދުވާ އެގެއަށް އާދޭތޯ ވަރަކަށް ކިޔަވެ. މިހާރަކަށް އައިސް ނަދުވާއާއި ބައްދަލު ކުރާހިތެއް ފައުޒާން ނުވެސް ވެ އެވެ. ނަމަވެސް ކޮންމެ ރެއަކު ވެސް ނަދުވާމެން ބަޔައް ފައުޒާން ވަދެލަ އެވެ. ގިނަ ރޭރޭ ނަދުވާ ގެއަކު ނޫޅޭނެ އެވެ. ނަދީމާ އެކަމާ ހުންނަނީ ހިތްހަމަވެސް ނުޖެހިފަ އެވެ. ނަދުވާ އަބަދު ބޭރެގައި އުޅޭތީ ނަދީމާ މިހާރު އެވާހަކަ ފައުޒާން ކައިރީ ވެސް ދައްކައިފި އެވެ. ފައުޒާން އަށް އެކަން މާބޮޑު މައްސަލައަކަށް ނުވި އެވެ. ނަދުވާ ކޮންމެތާކު އުޅުނަސް ފައުޒާން މިހާރު ބަލާކަށް ބޭނުމެއް ވެސް ނުވެ އެވެ. ފައުޒާން ބޭނުން ވަނީ ތާއަބަދު ހިބާ ފެންނަން ހުރުމެވެ. އެހެން ވެގެން ނުވާނެނޫން ހެއްޔެވެ. އެކަމަކު ވެސް އެހެންވަނީ އެވެ.

އަނެއްކޮޅުން އަޒްކާއާއި ހިބާ ކިޔަވަން އަޒްކާމެން ގޭގައި ތިބޭއިރު އަޒްމީލު އައިސް އެކުދިންނަށް ފިލާވަޅު ބުނެދީ ހަދަން ފެށުމުން އަޒުމީލުއާއި މެދު ހިބާއަށް ހީކުރެވިފައިވާ ގޮތް މަޑުމަޑުން ފިލަމުން ދިޔަ އެވެ. އަޒުމީލުއަކީ ހިބާ ހީކުރި ފަދަ މީހެއް ނޫންކަން ހިބާއަށް ވިސްނެން ފެށި އެވެ. އަޒުމީލުގެ ގޮތް މަޑުމަޑުން ހިބާއަށް އެނގެމުން ދިޔަ އެވެ.

ފައުޒާން އޮފީހުގައި އިންދާ ނުދަންނަ ނަންބަރަކުން ފައުޒާންއަށް ގުޅިއެވެ.

“ހެލޯ މީ ހިބާގެ ދޮންބެ އަބްޔާން. ހިބާއާއި ބައްދަލުކޮށް ލެވިދާނެތޯ؟” ފައުޒާން ފޯނު ނެގުމުން އަބްޔާން ބުންޏެވެ.

“މިވަގުތު އަޅުގަނޑު މީނީ އޮފީހުގަ. މެންދުރު ފަހު ގުޅުއްވަން ވީނޫންތޯ.” ފައުޒާން ވެސް ރީތިކޮން ވާހަކަ ދެއްކި އެވެ.

“ފައުޒާންތޯ ކިޔަނީ؟” އަބްޔާން އަހާލި އެވެ.

“އާދެ، އެހެން ކިޔަނީ.” ފައުޒާން ޖަވާބު ދިނެވެ.

ފަހުން ގުޅާނަން ކަމަށް ބުނެ އަބްޔާން ފޯނު ކަނޑާލި އެވެ. އެދުވަހު ފައުޒާން ގެއަށް ދިޔައިރު ހިބާއާއި ރިފާ ސޯފާގައި ޓީވީއިން ފިލްމެއް ބަލަން ތިއްބެވެ. ހަފީޒާ ވީ ޑިއުޓީގަ އެވެ. ފައުޒާން ވަނުމުން ރިފާ ހިބާއަށް ބަލައިލި އެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ރިފާއަށް އެގެ އެވެ. ނަމަވެސް އެދެމީހުނަށް އެކަން ނޭގެނީއޭ ރިފާ ހިތައް އެރި އެވެ. އަނެއްކާ ނަދުވާގެ ހުރިވަރު ވެސް ރިފާއަށް ފެނިފައި އޮތުމުން ރިފާ އެކަމާ އަޅާނުލާ ހުންނަނީ އެވެ. އެހެން އުޅޭއިރު ބައެއް ފަހަރު ފައުޒާންއޭ ކިޔައިގެން ހިބާއާ ދިމާކޮށް ލެވޭ ފަހަރުވެސް އާދެ އެވެ.

“ވަރަށް ބަނޑުހައި ވެއްޖެ. ކައިގެން މައްޗަށްވެސް ދެވޭނީ.” ހިބާ ފައުޒާންއަށް ބަލައިލުމުން ފައުޒާން ބުންޏެވެ.

“ކާން ހަދާފަ ހުންނާނީ. ދޭ އަވަހަށް ކާން.” ހިބާ ބުންޏެވެ.

“ބައިވެރި ވެލާނެ ކުއްޖެއް ނެތްތަ؟ ދެމީހުން ކައިގެންތަ ތި ތިބީ؟” ފައުޒާންއަކީ އަބަދުވެސް އެކަނި ކާން ފޫހިވާ މީހެކެވެ. ނުކެޔަސް ފައުޒާން ކާއިރު މީހަކު ކައިރީގައި އިންނަން ފައުޒާން ބޭނުން ވެއެވެ.

“އަހަރުމެން ކައިފިން، ދޯ ހިބާ. ދެން ދޮންބެ އަންނާނެ އިރުކޮޅަކުން. ދޮންބެއާ އެއްކޮން ކާން މަޑުކޮށްލަން ވީނު.” ރިފާ ބުންޏެވެ.

“އޭރުން މާ ލަސްވަނީ. ހިބާ އާދެބަލަ ޒާން ކަންދެން އެތާ މަޑުކޮށްލަން.” ފައުޒާން ބުންޏެވެ. ހިބާ ރިފާއަށް ބަލައިލި އެވެ. ރިފާ ލާނެތް ފާޑަކަށް ހިނިއައިސްފައި އިނެވެ. ހިބާ ރިފާއަށް ބަލައިލާފައި ރަކިވެގެން ތެދުވި އެވެ. އަދި ފައުޒާންއާއި އެކު ބަދިގެއަށް ވަނެވެ.

ފައުޒާން އަތްދޮންނަން ހުއްޓާ ފައުޒާންގެ ފޯނު ރިންގުވާން ފެށި އެވެ. ފައުޒާން އަވަހަށް ސިންކު ކައިރީ އެލުވާފައި އިން ތުވާލިން އަތް ފޮހެގެން ފޯނު ނެގި އެވެ. އެއީ އަބްޔާންކަން ފޯނަށް އަރާ ނަންބަރުން ފައުޒާން އަށް އެނގުނެވެ.

“މީ ހިބާއަށް އަންނަ ކޯލެއް.” މޭޒުކައިރީ އިށީދެގެން އިން ހިބާއަތަށް ފޯނުދެމުން ފައުޒާން ބުންޏެވެ.

ހިބާ ފޯނުގައި ހިފާ ވާހަކަ ދައްކަން ފެށި އެވެ. ހިބާ ދައްކަމުން ދިޔަ ވާހަކަ ފައުޒާންއަށް އަޑު އިވެމުން ދިޔަ އެވެ.

“ދެން އޭރުން މަންމަ ރުޅިއަންނާނެނު. ހިބާއަށް މިގެ އޯކޭޔޭ. މިގޭމީހުން ހިބާއަށް ވަރަށް ރަގަޅޭ.” ހިބާ ބުނާއަޑު އިވުނެވެ.

“ގޭގަ އުޅޭނީ މިއަދު. މިރޭ ކޮލެޖަށް ދާނީ.” ހިބާ ބުންޏެވެ. ފައުޒާން ބަލަން އިންކަން ހިބާއަށް އެގުމުން އަނެއް ފަރާތައް މޫނު އަނބުރާލި އެވެ.

“ދެން ދޮންބެ ކިހިނެއްތަ ތި އުޅެނީ. ހިބާ ކޮލެޖަށް ދަނީ މިގޭގަ އުޅޭ ކުއްޖަކާ އެކުޔޭ. މިގޭގަ ހިބާ ކްލާސް ކުއްޖެއް އުޅެޔޭ.” ހިބާ ބުންޏެވެ.

“އާން. މަންމައަށް މިހާރު އެގިއްޖެ ފޯނު ހަލާކުވެގެން އުޅޭކަން. ހިބާގެ ފޯނު ހަލާކުވެގެން އުޅޭ ވާހަކަ ދޮންބެ ދޯ މަންމަ ގާތު ބުނީ؟”

ހިބާ އިރުކޮޅަކު ވާހަކަ ނުދައްކަ އިނެވެ. އެކޮޅުން ކިޔާއެއްޗިހި އަޑުއަހާށެވެ.

“ދައްތަގެ ކޮން ވާހަކައެއް؟ ތިވާހަކައެއް ހިބާއަކަށް ނޭގޭ.” ހިބާ ބުންޏެވެ.

“މިރޭ ކްލާސް ނިމުނީމަ އަންނަން ވީނު. ނައިން ތާރޓީގަ ނިމޭނީ.” ހިބާ ބުނާއަޑު އަނެއްކާވެސް އިވުނެވެ. “އޯކޭ ބާއި.” ހިބާ ފޯނު ކަންފަތުން ނެގުމަށްފަހު ފައުޒާންއާއި ދިމާއަށް އެނބުރުނެވެ.

“ދައްތައަށް ކިހިނެކޯވީ؟” ފައުޒާން އަހާލި އެވެ.

“އެއީ ދައްތައާއި ބައްޕައާއި މެރީކުރަން މެދުވެރިވި ކަންތައް. ދޮންބެއަށް ބައްޕަ އެކަންތައް ކިޔައިދިނީމަ އެވާހަކަ ހިބާއަށް ކިޔައިދޭންވެގެން އެއުޅެނީ،” ހިބާ ފައުޒާންގެ ފޯނު ފައުޒާންއަށް ދިއްކޮށްލި އެވެ. “އެކަމު ހިބާ އެކަމަކާ އެހާ އިންޓަރެސްޓެއް ނެތް. ހިބާއެހާ އަޑުއަހަން ބޭނުން ވާހަކައެއް ނޫން އެއީ.” ހިބާ ބުންޏެވެ.

“އެއީ ކީއްވެ؟ ހިބާ މަންމައަށް ވެސް ތިކަމުގެ ސިއްރު އަދިވެސް ނޭގިގެން އެއުޅެނީ. ހިބާ މަންމައަކަށް ވެސް ނޭގެ ކޮން މަޖުބޫރީ ހާލަތެއް ދިމާވެގެން ކަމެއް ހިބާ ބައްޕަ ދެވަނަ ކައިވެންޏެއް ކުރީ.” ފައުޒާން އެހެން ބުނުމުން ހައިރާންވެފައި ހިބާ ފައުޒާންއަށް ބަލަން އިނެވެ. ފައުޒާންއަށް އެކަންތައްތައް އެނގެނީ ކިހިނެތް ހެއްޔެވެ. ހިބާގެ އާއިލާގެ މައްސަލަތައް ފައުޒާންއަށް އެހާބޮޑަށް އެނގުމުން ހިބާއަށް ބަހެއް ބުނަން ނޭގިފައި ފައުޒާންއާއި ދިމާއަށް ލޯ ބޮޑުކޮށްލައިގެން ބަލަން އިނެވެ.

“ބިރެއް ފެނުނީތަ؟ ހާދަ ލޯބޮޑުކޮށްލައިގެން ތީނީ. ޒާން ބިރު ގަންނަވަންތަ ތި އުޅޭނީ؟” ފައުޒާން ގޮޑިން ތެދުވަމުން ބުންޏެވެ. ހިބާ އަދި ވެސް އެގޮތަށް ބަލަން އިނީ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

މިއޭ ލޯއްބަކީ..(4)

Next

ފެންނާތީ ޔާރާގެ މޫނު (8)

Next
April 6, 2016

ފެންނާތީ ޔާރާގެ މޫނު (8)

Previews
April 5, 2016

މިއޭ ލޯއްބަކީ..(4)

17 Comments!

  1. Aimsithu says:
    April 6, 2016 at 8:18 am

    Alhey.. mi vaahala ah moya vejje.. hibaa yaa zaan ge kulhigandu balaa laa hiyy vey

    1. azaazeel says:
      April 6, 2016 at 11:14 am

      gudhah ovefa balaabae

    2. aimsithu says:
      April 6, 2016 at 2:10 pm

      sorry :'(

  2. Ainy says:
    April 6, 2016 at 9:41 am

    Hibaa nd zaan ge baiy emme rythy …dhn nadhoo ge kulhigandu falhaa araanama emme rythivaany…v avahah up kohdhybaa nxt part ..im so excited …nice story..

  3. Ushaaa says:
    April 6, 2016 at 9:46 am

    V salhi……..
    ??????????

  4. mayaa says:
    April 6, 2016 at 9:52 am

    vaahaka hama v salhi …… dhen ekamak azmeeel aai hibaa nugulhuvaathi

  5. Saee says:
    April 6, 2016 at 9:53 am

    V salhi. v kihyaahihvaa story akah vehje next part up kohdhyba avahah..

  6. Naanu says:
    April 6, 2016 at 10:41 am

    Varah nys ekam axmeel as hibaa nugulhaathi xaan aa hibaa aa sali vaanyy

  7. Naxoo says:
    April 6, 2016 at 11:00 am

    V interesting…hehe nice name vaala hibaa..upload soon…. 🙂

  8. ❤shinni❤ says:
    April 6, 2016 at 11:14 am

    Woww…???? One of my fav story.. mihaaru neiynge mi story kiyun adhadhehvxx… abadhu kiyas foohi nuvey… Thankxx Aasi,, mihaa rythi story eh genes dheythy…

  9. Soabi says:
    April 6, 2016 at 11:21 am

    V nice hama kiyaa hiyvany avahah aneh part liyelabaa hibaa and zaan ge bai v salhi adi naduvage kahtahgadhu falhaaarane irakah intizaaru kureveney adi navaal ah vaanegoteh am so excited ……

  10. lovely girl says:
    April 6, 2016 at 12:23 pm

    mi story me kiyaafa o vaahaka varah vatharu

  11. nau says:
    April 6, 2016 at 2:38 pm

    V nyc … up kohdheebaa avahah plx

  12. crazy says:
    April 6, 2016 at 4:06 pm

    moya vaahaka nulibala

  13. nakko says:
    April 6, 2016 at 7:38 pm

    varah nice story eh. mihaathanah esfiya ga liyaa enmme thafaathu adhi enmme reethi story mee. good job. avahah up kohladhehchey. inthizaaru kurevey mi story ah.

  14. 7777777 says:
    April 6, 2016 at 10:27 pm

    Very nice story..

  15. Faxoo says:
    April 24, 2016 at 10:22 pm

    varah reethi ^_^

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 10 ބަނަ ބައި←


All Right Reserved!