Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ހަވަނަ ބައި)

Shax Lyn
April 7, 2016
7 Mins Read
79 Views
15 Comments

ޤައުމީ ކުތުބްޚާނާއިން ގެނައި ފޮތްތަކާއި އެސައިންމަންޓް ހަދަން ގެންގުޅުނު އެގްޒަމިނޭޝަން ޕޭޑް ހުޅުވާލުމަށްފަހު އެފޮތްތައް ކިޔާ ދިރާސާ ކުރަމުން ދިޔައިރު ގަޑިން ވީ ކިހާ އިރެއް ކަންވެސް މަންޝާއަށް ރޭކާނުލިއެވެ. ކަރު ގުދުކޮށްގެން މޭޒު ދޮށުގައި އެހެން ގިނަ ވަގުތު އިންނަން ޖެހުމުން މަންޝާގެ ކަނދުރާއަށް ވާޅުވިއެވެ. ފޮތް ލައްޕާލުމަށްފަހު ރަނގަޅަށް ގޮނޑީގައި ލެނގިލައި ހަށިގަނޑު ދަމާލިއެވެ. ދެލޯ އުނގުޅާލާ، ފޮހެލުމަށްފަހު ދެލޯ މަރާލަމުން ހަށަން ބަނދެލައިގެން އެހެން އޮތީ ކުޑަ އަރާމެއް ހޯދުމުގެ ނިޔަތުގައެވެ. އެހެން އޮއްވާ މަންޝާއަށް މީހަކު އޭނާގެ ކޮނޑުގައި ފިރުމާލުމުން ސިއްސައިގެންގޮސް ގޮނޑިން ފުންމައިގެން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

*** *** *** *** *** ***

ތޫލިއަޑަކުން މަންޝާ ހަޅޭއް ލަވައިގަތެވެ. ވަށައިގެން ހޯދާލެވުނީ މީހަކު ފަހަތުގައި ހުރިހެން ހީވުމުންނެވެ. ނަމަވެސް އެގޭގައި މަންޝާ ފިޔަވާ އިތުރު މީހަކު ނޫޅެއެވެ. އެއީ މަންޝާއަށް ކުރެވުނު ކުށްހީއެއް ކަމަށް ނިންމިއެވެ. ކާންއިން މޭޒު ދޮށުން ތެދުވެ ސިންކު ދޮށަށް ދިޔައީ ކާތަށި ދޮންނާށެވެ. ކައި ނިމިގެން ގިނަ އިރު ވުމުގެ ސަބަބުން އަތާއި ތަށިވަނީ ހިކި ކުރަކިވެފައެވެ. އެހެންކަމުން އެ ތައްޓައް ފެންއަޅާފައި ސިންކު ތެރޭގައި ބެހެއްޓުމަށްފަަހު އަތް ދޮވެލިއެވެ. ދެން ޓީވީ ހުޅުވާލުމަށްފަހު ސޯފާގައި އިށީނީ މާޒީގެ އެ ހަނދާންތަކުން ދުރަށް ޖެހިލާށެވެ.

މިއަދު ހޮސްޕިޓަލުން ގެއަށް އައި ވަގުތު މަގުމަތިން ބޮޑުދައިތަ މުނީރާއާއި ދިމާވިއެވެ. އެތައް އަހަރެއް ފަހުން ބޮޑުދައިތައާ ދިމާވުމުން އެ ޚިޔާލުތައް ސިކުނޑީގައި އެނބުރެން ފެށިއެވެ. އެ ދުވަސްތައް ހަނދާންވުމުން ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް މަންޝާއަށް ވަމުން ދިޔައެވެ.

ސޯފާގައި ޖައްސާލައިގެން ޓީވީން ހިންދީ ފިލްމަކަށް ޓިއުން ކޮށްލައިގެން އިންއިރު މަންޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އަދިވެސް އެ ޚިޔާލުތަކެވެ. ޓީވީން ދައްކަމުން ދިޔަ ލޯބީގެ ފިލްމުގެ މަންޒަރަށް ގެއްލިފައި އިން ނަމަވެސް މަންޝާގެ ސިކުނޑިވަނީ މުޅިން އެހެން ހިސާބެއްގައެވެ. ސޯފާގެ ފަހަތުގައި މީހަކު ހުރިކަމުގެ އިހްސާސެއް ކުރެވޭތީ އިރުއިރުކޮޅުން ފަހަތަށް މަންޝާ ބަލާލައެވެ. ނަމަވެސް ފަހަތުގައި މީހަކު ނެތްކަން އެނގުމުން އެއީ މަންޝާއަށް ކުރެވޭ ކުށްހީއެއް ކަމަށް ނިންމައެވެ.

މަންޝާއަށް ނޭނގޭ ކަމަކީ މަންޝާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުންދާ އެހެން މަޚްލޫގެއް އެ އެޕާޓްމަންޓް ތެރޭގައި އުޅޭކަމެވެ. މަންޝާގެ ފަހަތުގައި ހުއްޓި ހުރެ އޭނާއާއި ދިމާލަށް އޭތި ބަލަމުން ދިޔައީ މައުނަވީ ގޮތަކަށެވެ. އިރުއިރުކޮޅުން މަންޝާގެ އިސްތަށިގަނޑާ ކުޅެލާ ހަދައެވެ. ނަަމަވެސް ކޮންމެ ފަހަރަކު މަންޝާ ފަހަތް ބަލާލާއިރު މީހަކު ފެންނަން ނުހުންނަނީ އެއީ އެ އެއްޗެއްސަށް ލިބިފައިވާ ކުޅަދާނަ ކަމަކުންނެވެ. އެ އެއްޗެހިންނަށް އިންސާނުންގެ ލޯތަކަށް ވަންހަނާ ވެގެން އުޅުމުގެ ބާރު ލިބިފައި ވެއެވެ.

ޓީވީން ބަލަމުން ދިޔަ ފިލްމުގެ އަޑު މަޑުކޮށްލީ ފުރާޅު މައްޗަށް ވާރޭ ކަނިޖަހާ އަޑު އިވެން ފެށުމުންނެވެ. ރިމޯޓް މޭޒުމަތީ ބޭއްވުމަށްފަހު ކުޑަދޮރާ ދިމާލަށް މަންޝާ ބަލާލިއެވެ. ކުޑަދޮރު ކައިރިއަށް ގޮސް ހުއްޓުމަށްފަހު ކުޑަދޮރުން ބޭރަށް އަތް ދިއްކޮށްލިއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭ ކަނިތަކުން މަންޝާއަށް އިހްސާސްވަމުން ދިޔައީ ފިނިކަމެވެ. ހިތަށް ލިބެމުންދިޔަ ހިތްހަމަޖެހުމުންނެވެ. ވާރޭ ވެހޭ އަޑަކީ މަންޝާއަށް ވަރަށް ހިތްގައިމު އަޑެކެވެ. އެ އަޑު އަހަން ކުޑަދޮރު ކައިރީ މަޑުކޮށްލައިގެން ހުރީ ބުރައިގެން އަންނަ ވާރޭ ފެންތިކިތައް އިހްސާސްވާހާ ކައިރީގައެވެ.

މިހާރު ވާރޭ ވެހެމުން ދަނީ ވަރަށް ބޯކޮށެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިން ހީކަރުވާތީ ދެއަތް ދެއަތާ އުނގުޅާލުމަށްފަހު މަންޝާ ހަށަން ބަނދެލިއެވެ. ކުޑަދޮރުން ބޭރު ބަލަންހުރި އިރު މަގުގެ އެއްފަރާތުގައި ވާ ކާނުގަނޑު ފުރިގެން މަގުމަތީ ފެން ބޮޑުވާން ފަށައިފިއެވެ. މިއީ މާލޭގެ ޙާލަތެވެ. ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް މަގުތައް ފެންބޮޑުވެ ހިނގާ ބިނގާ އުޅެން ދަތިވާހާ ވެއެވެ. މިރޭ އަޒީމް ޑިއުޓީއަށް ދާން ނުޖެހުނު ނަމައޭ މަންޝާގެ ހިތަށް އަރަމުން ދިޔައެވެ. މިފަދަ އަރާމް ފިނި ރޭރޭތަކުގައި އަޒީމާ އެކުގައި ވާން މަންޝާ ބޭނުންވާތީއެވެ. ދެމީހުންގެ ލޯބީގެ ފެށުން ފެށުނީވެސް މިފަދަ ވިއްސާރަ ދުވަހެއްގައެވެ.

*** *** *** *** *** ***

ކޮލެޖުގެ އަހަރީ ދުވަސް ފާހަގަ ކުރި ދުވަހެވެ. އެރޭ އޮތް ހާއްސަ ހަފްލާއަށް ދިޔުމަށް މަންޝާ ތައްޔާރުވެގެން ކޮޓަރިން ނުކުތް އިރު މުނީރާ އިނީ ސޯފާގައި ދުފާ އަނގަ ރަތް ކޮށްލައިގެން، ސްޓަރ ޕްލަސްއިން ދައްކާ ޑްރާމާ ސިލްސިލާއެއް ބަލާށެވެ. މިރޭ އެ ޖަލްސާ ނިމޭނީ ވަރަށް ލަހުން ކަމަށްވާތީ މަންޝާގެ އަަތަށް ގޭގެ ތަޅުދަނޑި ފަތިން ތަޅުދަނޑިއެއް މުނީރާ ދިއްކޮށްލިއެވެ. އެ ތަޅުދަނޑި ދަބަހަށް ލުމަށްފަހު ގެއިން ނުކުތުމަށް އަވަސްވެގަތެވެ.

ރެޔަކީ އުޑުމަތި ބަނަ ވަރަށް ވިއްސާރަ ރެއެކެވެ. އެވަގުތު ކުޑަކޮށް ކަނި ޖަހަމުން ދާތީ ކޮލެޖާ ދިމާލަށް ދިޔުމަށް މަންޝާ ނުކުތީ ކުޑައެއް ހިފައިގެންނެވެ. ލައިގެން ހުރި ކަޅުކުލައިގެ ދިގު ހަވީރީ ހެދުމުގައި މަންޝާގެ ލޫޅާފަތި ހަށިގަނޑު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. މަޑު މޭކަޕެއް ކޮށްފައިވާ މަންޝާ ވަނީ އޭނާގެ ފަން، ދިގު އިސްތަށިގަނޑު ނިއުޅުވާލާފައެވެ. ގެއިން ނުކުމެގެން ތަންކޮޅަކަށް ދެވުނުތަނާ ހޯސްލާފަ ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. މަންޝާ ލައިގެން ހުރި ކަޅުކުލައިގެ ދިގު ހެދުމުގެ ފަސްބައި ތެމެމުން ދިޔައެވެ. މަގުގެ އެއްފަރާތުން ފެންނަންހުރި އަސްކަންޏަކާއި ދިމާލަށް ދިޔުމަށް ފިޔަވަޅު އަވަސްކޮށްލިއެވެ.

އަސްކަނި ދޮށުގައި މަޑުކޮށްލުމަށްފަހު ކުޑަ ލައްޕާލަމުން ކޮނޑުގައި އަޅުވާފައިވާ ހުދުކުލައިގެ އަތްދަބަސް ހުޅުވާލީ އޭގައި ފައިސާ ހުރިތޯ ޔަގީން ކޮށްލާށެވެ. ޓެކްސީގައި ދެވޭ ވަރަށް ފައިސާ ހުރުމުން އަތްދަބަހުގެ ޒިބު އަޅުވާލަމުން މަގުގެ ދެފަރާތަށް މަންޝާ ނަޒަރު ހިންގާލީ ޓެކްސީއެއް ލިބޭތޯއެވެ. މުޅިންވެސް ދަނީ މީހުން އަރުވާ ފުރައިގެންދާ ޓެކްސީތަކެވެ. ވަގުތު ހިނގަމުން ދިޔަ ދިޔަހެން މަންޝާ ހާސްވިއެވެ. ސަބަބަކީ އޭނާއަކީ މީގެ ކުރިން ކޮލެޖަށްވެސް ގަޑިޖެހިގެން ގޮސްފައިވާ ކުއްޖަކަށް ނުވާތީއެވެ.

އަސްކަނި ދޮށުގައި މަންޝާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ކުއްލިއަކަށް އެހިސާބަށް އައިސް މަޑުކޮށްލީ ސައިކަލެކެވެ. ސައިކަލުގައި ތިބި ދެޒުވާނުން ވެސް އައިސް އެ އަސްކަނި ދޮށަށް ވަނުމަށްފަަހު ބޮލުގެ އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅާލިއެވެ. މަންޝާގެ މޫނައް ބުރައިގެން ދިޔަ ފެންތައް އަތުގެ ނުފުށުން ފޮހެލަމުން ދެންވެސް ބެލީ މަގުމަތިން ދާ ކާރުތަކުން ކާރެއް ހުއްޓުވޭތޯއެވެ. ކައިރީގައި އައިސް ހުއްޓި ތިބި ދެ ޒުވާނުން މަންޝާގެ ތުނި ހަށިގަނޑަށް ބަލަމުން ދިޔަކަން މަންޝާއަށް ފާހަގަވިއެވެ. މަޑު މަޑުން އެމީހުންނާ ދުރަށް ޖެހިލީ ހިތް ނުތަނަވަސްވަމުން ދާތީއެވެ. ތުނބުން ފުމެމުން ރާގެއް އަޅުވައިގެން ތިބެ އެ ދެ ޒުވާނުން އެމީހުންގެ އަމިއްލަ ވާހަކައިގައި ތިބިއިރު ދޭތެރެއަކުން މަންޝާއާއި ދިމާލަށް ވަށްކަޅިން ބަލާލައެވެ. އަދި ވަށްބަހުން ހަމަލާތައް ޖަހަމުން ދިޔައެވެ. އޭރުވެސް މަންޝާގެ ސަމާލުކަން ހުރީ މަގުގެ ދެފަރާތަށެވެ. ހުސްކާރެއް ލިބޭތޯ ބަލަބަލައެވެ.

އަވަހަށް އެތަނުން ސަލާމަތް ވެވޭތޯ ހިތާ ހިތުން ދުޢާ ކޮށްލަކޮށްލާ ހުއްޓާ ވިއްސާރަ ތުނިކުރަން ފެއްޓިއެވެ. ވީ އުފަލުން މަންޝާ އަތުގައި އޮތް ކުޑަ ހުޅުވާލައިގެން ކޮލެޖާ ދިމާލަށް ދިޔުމަށް މިސްރާބު ޖެހީ އެމީހުންގެ ކިބައިން ސަލާމަތް ވުމަށެވެ.

“އޭ މަންޖޭ ބުނެބަލާ…. ކުޑަދަށަށް ވައްދާނަންހޭ…..” ތަންކޮޅަކަށް ހިނގައިގަތް ތަނުން އެތަނުން އެއް ޒުވާނަކު ދިވެހި ލަވައެއްގެ ރާގަށް ތަންކޮޅެއް ކިޔާލިއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި މަންޝާ ހިނގަން މަސައްކަތްކުރި ނަމަވެސް ވާރެއާއި ކުޑަކޮށް ތެމިފައިވުމުން ފައިވާން ކައްސާތީ ބާރަށް ހިނގޭ ގޮތެއް ނުވިއެވެ.

ސައިކަލުގައި އެ ދެ ޒުވާނުން އައިސް މަންޝާއާ ހަމަކުރުމަށްފަހު މަންޝާއާއި ފޮށެމުން އައީ ލަދެއް ހަޔާތެއް ނެތް ބައެއް ފަދައިންނެވެ.

“މަންޖޭ… މީ ހާދަ ފިނި ރެއެކޭ…. ހިނގާބަލަ ހީ ފިލުވާލަ ދޭން…. މަންޖޭ… ހާދަ ލޯތްބޭ ތީނަ… ކޮން ނަމެއްތަ ކިޔަނީ…. ލޭޑި އިން ބްލެކް… ފަތްމިނި ކަމަނާ…. ބްލެކް ބިއުޓީ…. ވިކްޓޯރިއާ…. ލައިލާ….” ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ވާހަކަ ދައްކަމުން ދިޔައިރު މަންޝާއާއި ދިމާލަށް އެއްލިއަތުން މަންޝާގެ އަތުގައި ހިފުމުން އޭނާއަށް ތެޅިގަނެވުނެވެ.

“ސާބަހޭ….” އަޑުގެ ނެތްތަނަށް މަންޝާ ހަޅޭއްލަވައިގަތީ އިންތިހާއަށް ރުޅި އައިސްފައި ހުރެ ދެ ބުމަ ގޮށްޖަހާލަމުންނެވެ.

“ސާބަހޭ… ވާއު ސަޅި އެންޑް ޔުނިކް ނަމެއް…. މަރިޔަމް ސާބަހޭތަ؟…. އައިޝަތު ސާބަހޭތަ؟…. ފުރިހަމަ ނަން ބުނެބަލަ”

“ދޫއްކޮށްލާ….” އެމީހުންގެ ފަހަތުން އިވުނު އަޑަށް އެމީހުން ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑުނެވެ. ސައިކަލުގައި ތިބި ދެޒުވާނުންގެ ދެމެދުން ފެންނަންހުރި އިސްކޮޅުން ދިގު ޒުވާނާއާއި ދިމާލަށް މަންޝާއަށް ބަލާލެވުނެވެ. އެ ޒުވާނާވެސް ހުރީ ސައިކަލެއްގައެވެ. އެމީހުންގެ ފަހަތުގައި އައިސް ސައިކަލު މަޑުކޮށްގެން ހުރީ ދެލޯ އަޅައިގެންނެވެ.

“ހެއި ޗިލް…. މީ މަގޭ ގާލް ފްރެންޑޭ…. މިތަނުން ދޭ ބްރޯ… މިއުޅެނީ މީނަ ބޮޑާހާކާތީ…. އަންހެން ކުދިން ހައްދާލަން ޖެހޭނީ މިކަހަލަ ގޮތަކަށް….” އެތަނުން މަންޝާގެ އަތުގައި ހިފައިގެން އިން ޒުވާނާ މޮޅު ދޮގެއް ހަދަން މަސައްކަތްކުރިއެވެ.

“އެެހެންތަ… ކަލޭމެން ތި ބެހެނީ މަގޭ އަންހެނުންނާ… މިހާރު މިތަނުން ދުރަށްދޭ… ނޫނީ އަަހަރެން ފުލުހުންނަށް މިގުޅަނީ….” ސައިކަލް ރޭސްކޮށްލަމުން އެޒުވާނާ މިހެން ބުނި އިރު މަންޝާއާއި ދިމާލަށް ނަޒަރެއް ހިންގާލިއެވެ. އެ ދެ ޒުވާނުން ސައިކަލް ދުއްވާލާފައި އެ ތަނުން ދިޔައެވެ. އެ ގޮތެއް ފޮތެއް ނެތް ޒުވާނުންގެ އަތްދަށުން ސަލާމަތް ކޮށްދިނީތީ މަންޝާ އެ ޒުވާނާއަށް ޝުކުރުއަދާ ކުރިއެވެ. އަދި ކުރިޔަށް ހިނގައިގަތީ އަވަހަށް ކޮލެޖާ ދިމާލަށް ދިޔުމަށެވެ. ކުރިއަށް ދެ ފިޔަވަޅުވެސް ނޭޅެނީސް އެ ޒުވާނާ އިސްނަގައި މަންޝާއާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ.

“މިއޮއް ވިއްސާރައިގަ ކޮންތާކަށް ތިދަނީ… އަހަރެން ތީނައަށް ޑޮރޮޕެއް ދީފާނަން….”

މަންޝާއަށް އެ ޒުވާނާގެ ދަޢުވަތު ޤަބޫލުކުރާކަށް ނުކެރުނެވެ. އަތުކުރީ ގަޑިއަށް ބަލާލުމަށްފަހު ނޫނެކޭ ބުނަމުން ކުރިޔަށް ހިނގައިގަތީ ގަޑިޖެހިއްޖެކަން އެނގުމުންނެވެ. ނަމަވެސް އަވަސް އަރުވާލާފާއި ކުރިޔަށް އެޅި ފިޔަވަޅާއި އެކީ މަންޝާގެ ފައި ކައްސާލިއެވެ. ނަސީބު ރަނގަޅު ކަމުން މަގުމަތީ ހެދިފައިވާާ ފެންގަަނޑު ތެރެއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

އޭރުވެސް އެ ޒުވާނާ ސައިކަލުގައި މަޑުކޮށްގެން އިނެވެ. މަންޝާ ކުރި މައްޗަށް އައިސް ސައިކަލު މަޑުކޮށްލަމުން ސައިކަލަށް އަރާށޭ އޭނާ ބުނީ ވަރަށް މަޑުމަޑުންނެވެ. ލައިގެންހުރި ދިގު ހެދުން އެއް އަތުން އުފުލާލައިގެން ހުރި މަންޝާ ހެދުމުން އަތް ދޫކޮށްލާފައި ކުޑަ ލައްޕާލީ ވާރޭ މުޅިންހެން ހުއްޓާލީމައެވެ. އަދި އަރިއަކަށް ސައިކަލުމަތީގައި އިށީނުމަށްފަހު ދާންވީ ތަން ބުނެލިއެވެ.

ކޮލެޖް ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމުން މަންޝާ ސައިކަލުން ފޭބުމަށްފަހު އެ ޒުވާނާއަށް ދެވަނަ ފަހަރަށް ޝުކުރު އަދާކުރިއެވެ. އަދި ސައިކަލް ނިއްވާލުމަށްފަހު އެ ޒުވާނާ ތަޢާރަފްވެލިއެވެ.

“އަހަރެންނަށް ކިޔަނީ އަޒީމް…”

“އަޅުގަނޑުގެ ނަމަކީ މަންޝާ…”

“އޯކޭ ގުޑް ނައިޓް…. ހީކުރަން އަދިވެސް ދިމާވާނެ ކަމަށް… ވަރަށް އަވަހަށް ތަނަކަށް ދާންޖެހޭ… ބާއި…” މިހެން ބުނުމަށްފަހު އަޒީމް ސައިކަލް ސްޓާރޓް ކޮށްލުމަށްފަހު އެ މަގުން ހުރިގޮތަށް ދުއްވާފައި ދިޔައެވެ. އަޒީމް ދިޔަ ދިމާލަށް ބަލަން ގެއްލިފައި މަންޝާއަށް ހުރެވުނެވެ.

*** *** *** *** *** ***

ވާރޭ ވެހެމުން ދިޔަ މަންޒަރަށް ބަލަން ކުޑަ ދޮރު ކައިރީގައި ހުރެވުނީ ކިހާ އިރަކު ކަމެއްވެސް މަންޝާއަކަށް ނޭނގުނެވެ. އަޒީމްއާ އެންމެ ފުރަތަމަ ދިމާވި ދުވަސް މަތިން ހަނދާންވުމުން މޫނު މައްޗަށް ރަކި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. އެ ޚިޔާލުތަކުން ދުރަށް ދެވުނީ ވިދާލި ވިދުވަރުންނެވެ. ވިދުވަރުގެ އަލިގަދަ ކަމުން އެ ދިނީ ބާރު ގުގުރިއެއް އަންނަން އުޅޭކަމުގެ ސިގްނަލެއްކަން މަންޝާއަށް އެނގުނެވެ. އެހެންވެ ދެ ކަންފަތްމަތީ އަތްއަޅާލެވުނެވެ. ގުގުރީގެ ބާރު އަޑާއި އެކީ މަންޝާއަށް ތެޅިގަނެވުނެވެ. ވާރޭ ވެހުމަކީ ހިތްގައިމު ކަމަކަށް ވިޔަސް ވިދާ ގުގުރުމަކީ މަންޝާ އިންތިހާއަށް ބިރުގަންނަ ކަންތައްތަކެވެ. އެހެންކަމުން އަވަހަށް ކުޑަދޮރު ލައްޕާ ދޮރުފޮތި ކަހާލުމަށްފަހު ސިޓިންގް ރޫމްގައި ހުރި ސޯފާގައި އިށީނީ ކުރިންވެސް ބަލަން އުޅުނު ފިލްމް ބެލުމުގެ ނިޔަތުގަައެވެ.

ވިއްސާރަވެ މޫސުމް ގޯސްވަމުން ދިޔައެވެ. އެހެންކަމުން ޓީވީން ބަލަމުން ދިޔަ ޗެނަލްތަކުން ސިގްނަލް ލިބެމުން ދިޔައީ ކެނޑި ކެނޑިފައެވެ. މަންޝާ ޓީވީ ނިއްވާލީ ދެން މިރޭ ޓީވީން ޕްރޮގްރާމެއް ނުބެލޭނެ ކަަން އެނގުމުންނެވެ. ސޯފާއިން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ފާޚާނާއަށް ވަދެ ގައި ދޮވެލައިގެން ނިދަން ވަނުމަށެވެ. ކޮޓަރިއަށް ވަދެ ބޮކި ދިއްލާލުމަށްފަހު ހެދުން ބާލާ، ފާޚާނާއަށް ވަނީ ތުވާލި އެނދުމަތީ ބާއްވާފައެވެ. މަންޝާގެ ދިގު އިސްތަށިގަނޑު އެކީ އޮޅާލުމަށްފަހު ބޮލުމެދަށް ބޮޑު ހުޅިއެއްހެން ދައްޗެއްގެ އެހީގައި ހަރުކޮށްލިއެވެ. މާގަނޑު ދޫކޮށްލި އިރު މާގަނޑުން އަންނަމުން ދިޔަ ފެން ފިނިކަމުން ހޫނު ކޮށްލުމަށް ހީޓަރު ޖައްސާލިއެވެ. އަދި މާގަނޑުން އަންނަމުން ދިޔަ ފެނުގެ ތެރެއަށް އަތް ދިއްކޮށްގެން ހުރީ ހެޔޮވަރަކަށް ފެން ހޫނު ވެލަންދެނެވެ.

ފެން ތާފަނާ ވުމުން މާގަނޑު ދަށަށް ވަދެ ކަރުން ތިރި ތެތްމާލިއެވެ. އަދި އެއަށްފަހު މޫނު ތެތްމާލިއެވެ. ލޯމަރައި މޫނުގައި ދެއަތް ހާކާލިއިރު މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. އެއްވެސް ނިވާކަމެއް ނެތް މަންޝާގެ ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އޭނާއަށް މަންޝާ ވަރަށް ކަމުގޮއްސިކަން އެނގެއެވެ. މަންޝާގެ ގައިގައި ޝަވާރޖެލް އުނގުޅަމުން ދިޔައިރު އެ މަޚްލޫގު އައިސް އޭނާގެ ގައިގާ ބީހެމުން ދިޔަކަން މަންޝާއަށް އިހްސާސެއް ނުވިއެވެ. ނަމަވެސް ފެންވަރާ ނިމުމުން އަވަހަށް މާގަނޑު ބާރުކޮށްލީ މުޅި ފާޚާނާތެރެ ދުންވެ ފުސްވެފައި ވުމުންނެވެ. އެކަމާ މަންޝާ ކުޑަަޮށް ޖެހުލުން ވިއެވެ. ގައި ދޮވެލައިގެން ފާޚާނާއިން ނުކުތް އިރު ފާޚާނާގައި ހުރި މޫނުބަލާ ލޯގަނޑުވެސް ހުރީ ތަނެއް ނުފެންނަވަރަށް ފުސް ވެފައެވެ.

ފާޚާނާ ދޮރުމަތީގައި އޮތް ފައިފުހިމަތީހުރެ ގައިގަ ހުރި ފެންތައް ހިއްކާލުމަށްފަހު މޭމަތިން ހަށިގަނޑު ވަށާ ތުވާލި އޮޅާލިއެވެ. ޑްރެސިންގް ޓޭބަަލް ކައިރިއަށް ގޮސް ލޯޝަން ފުޅި ނަގާ ހަަތަރެސް ފައިގައި ލޯޝަން ލާން ފެށިއެވެ. އެއަށްފަހު އަލަމާރިން ނިދާ ހެދުމެއް ނަގާ އެ ހެދުން ލިއެވެ. އެނދުގައި އޮށޯތުމުގެ ކުރިން ސިޓިންގް ރޫމަށް ނުކުތީ އަތްދަބަހާ ފޯނު ބަލައެވެ. އޭރުވެސް ދޭތެރެއަކުން ވިދާލައެވެ. ގޭތެރޭގައި ދިއްލާފައިވާ އޮރެންޖް ކުލައިގެ ފަނޑުއަލީގެ ބޮކިން މާ ބޮޑު އަލިކަމެއް ނުވެއެވެ. މަންޝާ ދަބަސް ހިފައިގެން ކޮޓަރިއަށް ވަަނުމަށް ހިނގައިގަތެވެ. އޭރު ވިދާލި ވިދުވަރާއި އެކީ މަންޝާ ގާތުގައި ހިޔަންޏެއް ހުރިކަމުގެ އިހްސާސްކުރެވުނެވެ. ސިހިފައި ދެފަރާތަށް ބަލާލުމަށް ފަހު މީހަކު ނެތުމުން ކޮޓަަރިއަށް ވަނުމަށް އަވަސްވެގަތެވެ.

އެ ކޮޓަރީގައި މަގުމަތި ފެންނަގޮތަށް ބެލްކަންޏެއް ހުރެއެވެ. ވިދާލާ ކޮންމެ ވިދުވަރަކާއި އެކީ މުޅި އެ ކޮޓަރި އެކީ އަލިކޮށްލައެވެ. އެ ބަލްކަނިން ބޭރަށް ނުކުމެވޭ ގޮތަށް ހުއްޓަސް އެ ބެލްކަނީގައި ވާ ކެހޭ ދޮރު ވަނީ އެކީ ލައްޕާފައެވެ. އަދި އެ ދޮރުގައި ހަރުކޮށްފައިވާ ދޮރުފޮތިން ވަނީ އެތެރެ ނުފެންނަގޮތަށް ނިވާކޮށްފައެވެ.

އެނދުގައި އިށީނުމުގެ ކުރިން ސައިޑް ޓޭބަލް ކައިރީގައިވާ ކަރަންޓް ބޯޑަށް މަންޝާގެ ޗާޖަރު ގުޅާލުމަށްފަހު އެ ފޯނު ޗާޖަށް ޖަހާލިއެވެ. ނަމަވެސް ފޯނު ހުޅުވާލިއިރު ފޯނުގެ ބެޓެރި ހުރީ ފަންސާސް އިންސައްތައިގައެވެ. ހޮސްޕިޓަލް ތެރެއިން މަންޝާގެ ފޯނު ނިވެންވީ ސަބަބެއް މަންޝާއަކަށް ނުވިސްނުނެވެ. ފޯނު ޗާރޖަރުން ވަކިކޮށްލީ އޭގައި ފުދޭވަރަކަށް ޗާޖް ހުރީމައެވެ.

އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލްގެ ވަތްގަނޑުން ވޮލިނީ ފުޅިއެއް ނަގާ ފައިގެ ކުޑަހުޅުގައި އުނގުޅާލީ އަދިވެސް ފުރޮޅުނު ފައިގެ ކުޑަހުޅަށް ވަމުން ދިޔަ ތަދަށް ލުޔެއް ނުލިބޭތީއެވެ. ހޮސްޕިޓަލުން ފައި ފުރޮޅުނުފަހުން ފައިތިލަ މަތިވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ބޭސް އުނގުޅާލުމަށްފަހު އެނދުގައި އޮށޯވެ މަންޝާގެ އުނަގަނޑާ ހަމައަށް ކަފަރަޖާގަނޑު އަޅާލިއެވެ. އޭސީ ނުޖެއްސީ މިރެއަކީ ފިނި ރެޔަކަށް ވީމައެވެ. ކަފަރަޖާތެރޭ ހަމަޖެހިލަމުން އަރިއަކަށް އޮށޯވެލަމުން އަތުގައިވާ ފޯނުގެ ސްކްރީން ހުޅުވާލިއެވެ. އެވަަގުތު ފެނުނީ އަޒީމް ފޮނުވަފައިވާ މެސެޖެކެވެ. “ކޮބާ… ރިޕޯޓް ނެގީތަ؟… ހާދަ ގުޅައިފީމޭ.. ކޯލް މީ ލަވް..”

ކޯލް ލިސްޓް ބަލާލިއިރު އަޒީމްގެ ފަސް މިސްޑްކޯލް އިނެވެ. މަންޝާއަށް އެއިން އެއްވެސް ކޯލެއް އައިކަން ނޭގުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. އަވަހަށް އަޒީމްގެ ނަންބަރަށް ގުޅާލިއެވެ. “ހެއި….” މަންޝާއަށް އެއްޗެކޭ ނުބުނެވެނީސް އަޒީމްގެ ޝަަކުވާ ބޮނޑި އޮއްސާލިއެވެ.

“ކޮބާ ރިޕޯޓް ނެގީތަ؟… ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ… ބައެއްފަހަރު ގުޅާއިރަށް ކިޔާނެ ގުޅޭ ސަރަހައްދުން ބޭރުގަައޭ…. ދެން ގުޅޭ ފަހަރެއް ވެއްޖިއްޔާ ފޯނެއް ނުނަގާ…. ބޭބީ އާޔޫ އޯކޭ…”

“ހުމްމްމް… އޯކޭ… ނޭނގޭ ފޯނެއް އައިކަންވެސް… ހަނދާންނެތި ރިޕޯޓް ނުނަގާ މިއައީ… ގެއާ ހަމައަށް އައި ފަހުން ހަނދާންވީ… ދެން މާދަން ނަގާނީ… ހާދަ ވިއްސާރައޭ ދޯ…”

ރިޕޯޓް ނުނެގުނު ސަބަބާ ހޮސްޕިޓަލްގައި ދިމާވި ހާދިޘާ ހިތަށް އައިނަމަވެސް އެއިން ވާހަކައެއް އަޒީމް ގާތުގައި ބުނަން މަންޝާ ފަސްޖެހުނެވެ. އަޒީމް އެއީ މާ ބޮޑު ކަމަކަށް ހަދާފަ ޑިއުޓީ ދޫކޮށްލާފައި ގެއަށް އައިސްދާނެތީއެވެ.

“ހޫންން… ވާރޭ ވެހޭތީ މަން މަތިން މިސްވަނީ… ތީ މަގޭ ވާރޭގެ ޕަރީއެއްނު…. މުޅިންވެސް ވާރޭ ތެރެއިންވިއްޔާ ދިމާވީ… މިރޭ ޑިއުޓީ ނެތްނަމަ ސަޅިވާނެ ސައިކަލް ދުއްވާލަންދާން.. ތެމިލައިގެން.. ނޫންތަ؟..” އަޒީމް ވާހަކަ ދައްކަމުން ދިޔައީ އެމީހުން އެންމެ ފުރަތަމަ ދިމާވި ދުވަސްތައް މަންޝާއަށް ހަނދާންކޮށްދޭށެވެ.

“ނޫން… މިވަރަށް ވިދާ ގުގުރާއިރު ލާހިކެއް ނޫން ބޭރަށް ދާކަށް….” މަންޝާ އެކަމާ ދެކޮޅުހެދިއެވެ.

“އޭރުންނެއްނު ބިރުން ފަހަތުގަ އިނދެގެން އަޒީމް ގައިގަ ބާރަށް ބައްދާނީ….”

“ދެން ޒީމް… އައި މިސްޔޫ… އާދެބަލަ…”

“ހީކޮށްލާ މިއޮތީ ކައިރީގައޭ…. ދީބަލަ ހަގެއް….” އަޒީމްގެ އެދުމަށް ކައިރީގައި އޮތް ބާލީހުގައި މަންޝާ ބާރަށް ބައްދާލިއެވެ.

“އޯކޭ ލަވް ދެން ބާއްވަނީ ވަރަށް ބިޒީއޭ… ފަހުން އޮންލައިން ވާނަން…. ނުނިދިއްޖިއްޔާ ކަމް އޮން ވައިބާރ..” އަޒީމް ކުއްލިއަކަށް ބިޒީވުމުން ފޯނު ކަނޑާލިއެވެ.

އެރޭއެތައް އިރެއް ވަންދެން އޮންލައިންގަ މަންޝާ އެހެން އޮތެވެ. އެންމެ ފަހުން މަންޝާގެ ލޮލަށް ނިދި ބަރުވެ ގަދައަށް ނިދިއްޖެއެވެ. މަންޝާއަށް ގަދައަށް ނިދުމުން އަތުގައި އޮތް ފޯނު އަތުން ދޫވެ އެނދު މައްޗަށް ވެއްޓުނެވެ. ގަދަ ރަތްކުލައިގެ ސެޓިން ފޮތީގެ ނިދާހެދުމުގައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ފުރިހަމަކަން ފާހަގަވެއެވެ. މަންޝާއަކީ ހަމުގެ ކުލަ ކަޅު ކުއްޖަކަސް އޭނާގެ ހަމުގެ ކުލަޔާ ރަތްކުލަ ވަރަށްވެސް ގުޅެއެވެ. މަންޝާގެ ހަށިގަނޑަށް ފާރަލަމުން އައިސްހުރި އެ މަޚްލޫގު މަންޝާއާއި ދިމާލަށް ބަލަމުން ދިޔައީ މަސްތީ ގޮތަކަށެވެ. އަރިއަކަށް އޮށޯވެގެން އޮތް މަންޝާގެ ކަރުދޮށުން އައިސް މޭ މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް ވަޔާ މައްޗަށް ވިހުރިގެން ދިޔައީ އެ މަޚްލޫގުގެ އިޝާރާތަށެވެ.

(ނުނިމޭ)

19
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 8..

Next

………

Next
April 7, 2016

………

Previews
April 6, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 8..

15 Comments

  1. shiff says:
    April 7, 2016 at 12:36 am

    woow!!!varah loabi mi part… and scene thah ves sifa kurun varah salhi…. i love this storyy…next part avaha upp kohllabaa … “manjeyy”

  2. Shifa says:
    April 7, 2016 at 12:37 am

    Cycle mathy hunnaanytha?

  3. Shaax says:
    April 7, 2016 at 12:41 am

    Ooohhh vvv salhi…alhe mansha ah deragotheh nahadhahchey shazoo..????

  4. Ahmed Ammu says:
    April 7, 2016 at 12:55 am

    V habeys mi story ?
    Keep it up

  5. Reen says:
    April 7, 2016 at 1:12 am

    Nice. ?

  6. gurey says:
    April 7, 2016 at 1:14 am

    V nice story… What will it do to mansha ??????

  7. princess says:
    April 7, 2016 at 9:36 am

    Shaax mi vaahaka haadha ryhchey…..aslu vx birun halaaku…….whn nxt prt

  8. ken? says:
    April 7, 2016 at 10:24 am

    mansha preg vaanee e jinni ah kanneynge

  9. iffa says:
    April 7, 2016 at 1:23 pm

    Thy haadha goas jinni ekea… Emmen halaaku kuramun edhany reethikudhinna maa avaha hithkiyaa jinni e… iffa a ves fenunu huvafenakun jinni akaa rattehivegn ulheathan…. Anyway vvvvv obi mi story mivare neth hama… Vvvvvvvv reechea bunnas neaveane ehaaves reethi…. Keep it up..?

  10. Shaan says:
    April 7, 2016 at 2:38 pm

    Laa.. ??manshaa ah kameh nukuraathi shaax.. Varah varah varahvarah habeys

  11. shama shuaib says:
    April 7, 2016 at 8:29 pm

    woow…v reethi.. mikahala vaahaka thakun inspiration libey.. thank you so much..(please dont do anything to her) 😛

  12. mary says:
    April 7, 2016 at 8:37 pm

    I love this story.
    Haadha ha salhiyey.
    ???

  13. sham says:
    April 8, 2016 at 10:04 am

    V nice mi story keep ot up…??
    alhe dhn manshaa ah kihineh vaanyyy??

  14. Zully says:
    April 9, 2016 at 1:01 am

    Perrrfect ☔☔⚡⚡☔☔?

  15. Mian says:
    October 9, 2016 at 8:44 am

    Habeys

Comments are closed.

All Right Reserved!