Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 27

Ushaali Level 810 Stories100 Comments100 Stories500 Comments
April 17, 2016 8 Mins Read
41 Comments

ލަތާގެ ނަޒަރު ޒޯހަން އަށް އަމާޒުވުމާއެކު ޒޯހަން އިސްޖަހާލިއެވެ. ލަތާ ދެން ބަލާލީ ކައިރީގައި އިން ޝިޔާރާއަށެވެ. ޝިޔާރާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ޒޯހަން މަޑުމަޑުން ހިނގާފައި އައިސް ލަތާގެ ކުރިމަތީގައި ދެކަކޫމައްޗަށް ތިރިވެ އުނގުގައި ބޯއަޅާލިއެވެ.

“މަންމާ.. އަޅުގަނޑަށް މާފްކުރޭ.. އަޅުގަނޑު ޝިޔާ އާއި ދޭތެރެ ކަންތައްކުރީ ވަރަށް އިހާނެތިކޮށް. އެއީ އަޅުގަނޑުގެ އަމިއްލަ ބާރުގައެއް ނޫން. ބަޔަކު އަޅުގަނޑުލައްވާ ކުރުވި ކަމެއް. މަންމާ އެބަޔަކު ގުރުޢާނުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރީ. މަންމާ އަޅުގަނޑު ހަމަބިމަށް ގެންނަން ޒޭން އެހީ ނުވިނަމަ މިއަދާއި ހަމައަށް ވެސް އަޅުގަނޑު ހުންނާނީ އެމީހުންނާއެކު. މަންމާ އަޅުގަނޑުގެ ޝިޔާ އަޅުގަނޑަށް މާފުކޮށްފި. އަޅުގަނޑު ބޭނުން ޝިޔާ ގޮވައިގެން ގެއަށް ދާން. މަންމަ އަޅުގަނޑަށް މާފްކޮށްފިންތަ” ހުއްޓިފައި އިން ލަތާގެ އަތުގައި ޝިޔާރާ ހިފާލިއެވެ. އަދި އެ އަތް ގޮސް ޖެއްސީ ލަތާގެ އުނގުގައި އޮތް ޒޯހަންގެ ބޮލުގައެވެ. ލޯބިވާ ފިރިހެންދަރިފުޅު ހިތުގައިޖެހި ރޯއަޑށު އިވުމުން ލަތާގެ ހިތްފަޅައިގެން ދިޔަ ކަހަލައެވެ. އަވަސްއަވަހަށް ޒޯހަން ކޮޅަށް ނަގާ އިސްކޮޅަށް ލަތާ ވެސް ތެދުވިއެވެ. އަދި ޒޯހަންގެ ނިއްކުރީގައި ބޮސްދިނެވެ. ޝިޔާރާގެ އަތްތިލަ ޒޯހަންގެ އަތު ތެރެއަށްލާދީ މިއަތުން ދުވަހަކުވެސް ދޫކޮށްނުލުމަށް ބުންޏެވެ. ލަތާގެ ދެފަރާތުން ދެމީހުން ބައްދާލިއިރު ދުރުގައި ހުރި ޔަޝްމީ ވެސް ޝިޔާރާ ގައިމަތިން ލަތާގެ ގައިގާ ބައްދާލިއެވެ. “އާއިލާއެއްގެ އުފާވެރިކަން މިއަދު ހަމަރަނގަޅަށް ވެސް ލޯކުރިމަތީން ފެނިއްޖެ. މާﷲ ތިއާއިލާ އުފާވެރިކަންމަތީ އަބަދަށް ލައްވާށި. އާމީން” ހަރީރާ ދެލޯ ފެންކަޅިވެގެން ދިޔަ ވަގުތު ހިއްވަރުކޮށްލާފައި ބުނެލިއެވެ. “ސާރާ! އަހަރެން މިއަދު ގެއަށް ދާނީ ޝިޔާ ގޮވައިގެން. މިގެއިން އެމަންޖެއަށް ލިބުނު ލޯތްބާއި ގާތްކަމަށްޓަކައި އަހަރެން ޝުކުރުވެރިވަން. ސާރާގެ ބޭބެ ވަރަށް ނުގަބޫލު ކަމެއްމީ ޝިޔާރާ އެގެއަށް ވެއްދުން. އެކަމަކު މިއަދު އަހަރެންގެ ހިތް ބުނާ ގޮތަށް ކަންތައްކުރަން ބޭނުންވަނީ. އަހަރެންގެ ޒޯހަންގެ ހިތް ބަދަލުވުމުން މިއަދު ހިއްވަރެއް ލިބިގެން ގޮށްސި” ސާރާގެ އަތުގައި ހިފާލައިގެން ހުރެ ލަތާ ވާހަކަދެއްކިއެވެ. އޭރު ޝިފްނީ ހުރީ ރޮވިފައި ޝިޔާރާއަށް ބަލާށެވެ. ޝިޔާރާއަށް ޝިފްނީއަށް ބަލާލުމާއެކު ހިނިތުންވުމެއް ދިނެވެ. ބަދަލުގައި ގަދަކަމުން ޝިޔާރާ ވެސް ހީލިއެވެ. “ޝިނީ ޝިޔާދޮންތަ ކިޔަސް އޯކޭތަ؟ ޝިނީ އަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އޭރު ޝިނީގެ ބޮލަށް ހުރީ ޝައިތާނާ ސަވާރުވެފަ. އެހެންވެ އެގޮތަށް ކަންތައް ކުރެވުނީ. ވަރަށް ބޮޑަށް ސޮރީ” ޝިޔާރާ ކުރިމަތީގައި ހުއްޓިލަމުން ޝިފްނީ ބުންޏެވެ. ޝިޔާރާ ހީލަމުން ޝިފްނީ ގައިގާ ބައްދާގަތެވެ. މިއަދަކީ ޝިޔާރާގެ ނަސީބު ވަރަށް ރަނގަޅު ދުވަހެކެވެ. ލޯބިވާ އަންހެންކޮއްކޮ އެއްގެ ލޯބި ވެސް ލިބުނީއެވެ. “އައްދެ ބޮޑުއްތަގެ ބޭބީ ބޮޑުވީ ކޮންއިރަކު؟” ޒޯހަން ޝިފްނީ އާއި ދިމާކޮށްލިއެވެ. ސާރާއަށް ހެވުނީ ޝިފްނީ އައިއްސަ ހުރި ހެޔޮ ބަދަލު ފެނުމުންނެވެ. ދުރުގައި ހުރި ޝަޒަން ދިޔައީ ޒޯހަން އަށް ފާޑަކަށް ބަލަމުންނެވެ. ޝަޒަން ހުރީ ޒޯހަން އެހާ އަވަހަށް ބަދަލުވެދާނެ ކަމަށް އުއްމީދުކޮށްގެނެއް ނޫނެވެ. ޒޯހަން އެފެންފުޅި ހުސްކުރިނަމަ މިބަދަލެއް ޒޯހަން އަށް ނާންނާނޭ ޝަޒަންގެ ހިތް ބުނަމުން ދިޔައެވެ. އެހެންކަމުން ޒޯހަން ފެންފުޅިއަށް ހެދި ގޮތެއް ބަލަން ބޭނުންވެފައި ހުންނަތާ ކޮން އިރެއް ހެއްޔެވެ؟ “ބޮއްތައަށް އެނގޭތަ ޒޯން އަށް އެހާ އަވަހަށް ވިސްނުނީ ކީއްވެކަން. އެއީ އަޅުގަނޑު ދިނިން ފެންފުޅިއެއް ކިޔަވާފައި. ޒޯން! އަހަރެން ދިން ފެންފުޅި ހުސްކުރިންތަ؟” ޝަޒަން ކޮށްލި މަލާމާތުން ޒޯހަން އަށް އެދިމާލަށް ބަލާލެވުނީ ދެރަވެފައެވެ. ޝަޒަން ބުނި އެއްޗަކުން ގޭތެރޭގައި ތިބި ހުރިހާ މީހުން ހައިރާންވެފައި ބަލާލީ ޝަޒަން އަށެވެ. ޝިޔާރާ ވެސް ދެލޯބޮޑުކޮށްލިއެވެ. “އިނަފް ޒޭން….ވާވަރު ވެއްޖެއްނު. އަހަރެން ކުރި ކަމެއް ކުރީ ވާނުވާގަހުރެ. މީ އަހަރެން އަމިއްލަ އަށް އުޅެގަތް ގޮތެއް ނޫން. ނިއާ އަހަރެންގެ ބޭނުން ނާޖައިޒް ގޮތުގައި ހިފުން އެއީ އަހަރެންގެ ކުށެއްތަ؟ އެފެންފުޅި އަހަރެން ނުބޮން. އެއްލާލީ. ބޭނުންވީ ޒޭންގެ ބަހުގައި ކިހާ ތެދުވެރިކަމެއް ހުރިތޯ ބަލަން. މަށަށް އެއްވެސް ބަދަލެއް އާދޭތޯ ބަލަން. އަހަރެން ޒޭން އަށް ޝުކުރުވެރިވާން ވެސް ބޭނުން. މިއަދު ޒޭން ނެތްނަމަ……” ޒޯހަންގެ އަޑު ބެދުނެވެ. ޝަޒަން ދެރަވީ ކަންނޭނގެއެވެ. ފެނުނީ ޒޯހަންގެ ގައިގާ ބައްދާލިތަނެވެ.

މާލެ ދިޔަ މަގުމަތީގައި ކަންތައްކުރާނެ ގޮތް ވަރަށް ރަނގަޅަށް ރާވާލިއެވެ. ބަހެއް ނުކިޔުނަސް ޝިޔާރާ ވެސް ބައިވެރިވިއެވެ. ޒޯހަން އަށް ފަންޑިތަ ކާންދިނުމުގައި ނިއާ އާއި އެއްބައިވީ ނޫރީ ކަން ލަތާ އަށް ވިސްނިއްޖެއެވެ. ލަތާ ގަބޫލުކުރާ ގޮތުގައި ނިއާ ނޫރީ އަށް ވެސް ދޯކާ ދިނީއެވެ. ނޫރީ ވެސް ހުރީ އެމީހުންގެ ނުބައި ދަލުގައި ޖެހިފައެވެ. ލޯބިވާ ފިރިމީހާ އެދަލުން ސަލާމަތްކޮށްފައި ނޫނީ ލަތާ ދެން އެންމެ ނޭވައެއް ވެސް ނުލާނެއެވެ. ޔަޝްމީ ކައިރީގަވެސް ލަތާ އެދުނީ އަރުހަމް ކައިރީގަވެސް މިވާހަކަތައް ނުދެއްކުމަށެވެ. ނިއާގެ ހަގީގަތް އެނގުމަށްފަހު ޔަޝްމީގެ ހިތުގައި ވެސް ވަނީ ފޫހިކަމެއް އުފެދިފައެވެ. ޔަޝްމީ ކިތަންމެ މަސައްކަތެއް ކުރިޔަސް ނިއާ އާއި މެދު ދެން ގާތްކަމެއް ނުބޭއްވޭނެއެވެ. ލޯންޗުގައި އިން އިރު ވެސް ޒޯހަން އިނީ ޝިޔާރާގެ އަތުގައި ހިފާލައިގެންނެވެ. އިރުކޮޅަކާއި ޝިޔާރާގެއަތުގައި ބޮސްދީފާނެއެވެ. ބަނޑުގައި ފިރުމާލާފާނެއެވެ. ޝިޔާރާގެ މޫނަށްބަލަހައްޓައިގެން އިންނަނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ގެއަށް ދާން ނިންމި ހިސާބުން ފެށިގެން ޝިޔާރާގެ ހިތުގައި ނުތަނަވަސްކަމެއް ވިޔަސް އެއަށް ވުރެ ބޯކޮށް އެހިތުގައި ވަނީ އުފާވެރިކަމެވެ. ޒޯހަން އެއަތުގައި ހިފައިގެން ހުރިއްޔާ ދިރިއުޅުމުގެ ކިތަންމެ ބޮޑު އުނދަގުލަކާ ވެސް ޝިޔާރާ ކުރިމަތިލާފާނެއެވެ. ނިއާ އަށް އެކަމުގައި ކުރި ލިބޭކަށް ލާހިކެއް ނޫނޭ ޝިޔާރާ ހިތަށް އަރަމުން ދިޔައެވެ. ޝިޔާރާ އާއި ދިމާލަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދޭނަމޭ ވެސް ޝިޔާރާ ހިތަށްއަރަމުން ދިޔައެވެ. ނިއާ އާއި ޒޯހަން ކުރި ކައިވެނި ސައްހަ ނޫން ކަން އެނގުނު ވަގުތުން ފެށިގެން ނިއާ އާއި އެކު އެއްވެސް ގުޅުމެއް ނުހިންގަން ޒޯހަން ވަނީ ނިންމާފައެވެ. އަދި ނޭނގުމުގެ ތެރޭގައި ކުރެވުނު ފާފަތަކަށް ތައުބާ ވެސް ޒޯހަން ވަނީ ވެފައެވެ.

 

“ދަރިފުޅާ ނިއާ! ކޮން ފިކުރެއްގައި ތީނީ” ސިޓިންގްރޫމް ސޯފާގައި ހިޔާލަކަށް ގެއްލިފައި އިން ނިއާ ކައިރީގައި އިށީންނަމުން ނޫރީ އަހާލިއެވެ. “ކަމެއްނުވޭ ބައްޕާ. މިއަދު ބަނޑަށް މާބޮޑަށް އުނދަގުވަނީ. މަންމަ ވެސް ދޮންބެއްތަ ވެސް ގޭގައި ނެތީމަ މިތާ އިނީ” ނިއާ ގޮނޑީގައި ލެގިލަމުން ފުން ނޭވައެއް ބޭރުކޮށްލިއެވެ. “ބައްޕަ ކައިރީގައި ޒޯހަން ބުނި މިރޭ ކޮންމެސް ވަގުތަކު އަންނަ ވާހަކަ. ދަރިފުޅަށް އެނގޭތަ އެކަން” ރިމޯޓް ނަގާ އަށެއްގެ ހަބަރު އަޅުވަމުން ނޫރީ ބުންޏެވެ. “ބައްޕާ! އެރަށަކަށް ދިޔަ ފަހުން ޒޯން އަޅުގަނޑުގެ ކޯލަކަށް ޖަވާބެއްނުދޭ. އަޅުގަނޑު މިހުންނަނީ ވަރަށް ބިރުން. ޒޯން އެނބުރި އަންނައިރު ކަންތައްތައް ބަދަލުވެފައި އޮތިއްޔާ ދެން ކިހިނެއްހަދާނީ” ނިއާ ހާސްވެފައި ބުންޏެވެ. “ދަރިފުޅު ހާސްނުވޭ. އޭގެ ބާރު ހުންނާނެ ކިތަންމެ ދުވަހެއް ވިޔަސް” ނޫރީ ހިތުން ނިއާ ހިތްހަމަޖައްސާލިއެވެ. “މިފަހަރު ޒޯން އައިމަ ވާނެ ޝިޔާރާގެ ވަރީގެ ވާހަކަދައްކަން. ޒޯންއަށް ބަދަލެއް އައިނަމަ ބައްޕަ އަށް ވެސް އެނގުނީހެއްނު. ނިއާ ކޮބާތޯ ވެސްއެހި. ކައިފިހޭ ބޭސް ކައިގެންހޭހުރީ ރަނގަޅަށް. މިއަދު އިރުއޮށްސެން ތައްޔާރުވިތަނާ ގުޅީ ވެސް” ނޫރީ އެބުނީ ތެދެކެވެ. ޒޯހަން އެގޮތަށް ކަންތައް ކުރީ ޝިޔާރާގެ އެދުމުގެ މަތިންނެވެ. ޒޯހަން އަށް ބަދަލެއް އައިސްފައިވާ ކަން އަދި ނިއާ އެނގެން ބޭނުންނުވަނީއެވެ. ނޫރީ އެހެން ބުނުމުން ނިއާގެ ދަތްފިލާ އެކީ ފެންނަ ވަރަށް ހީލިއެވެ. “ހަމަތެދެއްތަ ބައްޕާ. އަޅުގަނޑަށް ހީވަނީ ޒޯން އަޅުގަނޑަށް ސަޕްރައިޒެއްދޭން އުޅެނީހެން. ބައްޕާ ޒޯން އަސްލަށްވެސް އަޅުގަނޑު ދެކެލޯބިވީ ކަންނޭނގެ. މިރެއިން ފެށިގެން އިހަށް އެއްވެސް އެއްޗެއް ނުދީ މަޑުކުރަންވީ ވާގޮތެއް ބަލާލަން” ނިއާގެ ބަހަށް ތާއީދު ކުރުމުގެގޮތުން ނޫރީ ވެސް ބޯޖަހާލިއެވެ. “ނިއާ! މަންމަ އާއި ޔަމީ އަދިވެސް ނާންނަނީ ދޯ. ކާންހަދާ ދޭންވީނުން. ވަރަށް ބަނޑުހައިވޭ އެބަ” ކޮޓަރިން ނިކުތް އަރުހަމް ކާން ނިކުތް އިރު މޭޒުމަތި ހުސްކޮށް އޮތުމުން ނިއާ ކައިރީގައި ކާންހަދާ ދިނުމަށް އެދެވުނީ ނިއާ އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަމެއް އޮވެގެނެއް ނޫނެވެ. ނުބުނަން ހުރެފައި ވެސް ބަނޑަށް ކެއްނުވާ ވަރުވުމުން ބުނެވުނީއެވެ. “ދޮންބޭ ނިއްނި މިއުޅެނީ ބަނޑުގައި ރިއްސާވަރުން. ބައްޕަ ވެސް މީނީ އަދި ކޭން ނުބައްލަވާ. އެމީހުން އަންނަން ދެން މަޑުކޮށްލަންވީނުން” ނިއާ ކައިރީ ބުނެވުނީތީ އަރުހަމް ލަދު ވެސް ގަތެވެ. “މިއޮށް އައީނު އެންމެން. އަވަހަށް ކާންހަދާލާ. މިހާރު ވެސް މާލަސްވެއްޖެ” ޓީވީއަށް ސަމާލުކަން ދެމުން ނޫރީ ވާހަކަދެއްކީ ދޮރުމަތީގައި ތިބި ލަތާއާއި ޔަޝްމީ ފެނުމުންނެވެ. “އާދޭ އެތެރަށް ދަރިފުޅާ. މީ ދަރިފުޅުގެ ވެސް ގެ” ލަތާ ދިއްކޮށްލި އަތުގައި ހިފާލައިގެން އެތެރެއަށް ވަން ޝިޔާރާ ފެނުމުން ނިއާ އަށް ކޮޅަށް ތެދުވެވުނެވެ. ނިއާ އެންމެ ހައިރާންވީ ޝިޔާރާގެ ނިކުމެފައި ހުރި ބަނޑު ފެނުމުންނެވެ. ރިމޯޓް ބާއްވާފައި ތެދުވި ނޫރީގެ ތުންފަތްމަތީގައިވީ ނުރުހުމުގެ އަސަރެވެ. ކަންތައްބޮޑު ކޮށްލައި ނިއާ ދެރަވެފައި ނޫރީ އަށް ބަލާލިއެވެ. އެހިނދު ނޫރީގެ ލޭގަނޑު ކެކި އަރައިގަތެވެ. “ސާބަސް ލަތާއަށް. އަހަރެން ބުނާ އެއްޗެހި ކީއްވެގެންތަ ލަތާ އަށް އަޑު ނީވެނީ. ތިއަންހެނާ މިގެއަށް ވައްދައިގެން ނުވާނެ. ތިއަންހެނާއަށްޓަކައި މިގޭ ދޮރުތައް ވަނީ ބަންދުވެފައި. ކިހާ ބޮޑު މުސީބާތެއްމީ. ކީއްވެގެންތަ ތިއުޅެނީ. ޒޯހަންއާ ހެދި މޮޔަވެފައި ހުއްޓަސް ތީ ބޮޑުވަރު. ބަނޑުބޮޑަސް ކިހިނެއް އެނގެނީ ތީ ޒޯހަންގެ ކަމެއް” ނޫރީ ކިތަންމެ ރުޅި އައިއްސަ ވާހަކަދެއްކިޔަސް ޝިޔާރާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ނުވެއްޓުނެވެ. ލަތާގެ އަތުގައި ހިފާލައިގެން އިސްޖަހާލައިގެން ހުރީއެވެ. “ބުނަންތަ ލަތާ މިގެއަށް އޭނަ ވައްދައިގެން ނުވާނެ. ބަލަ ހަނދާންނެތުނީތަ އޭނަ މިގޭން ބޭރުކުރީ ޒޯހަން. ތިކުރަން އުޅެނީ ޒޯހަން ވަރަށް ނަފްރަތުކުރާ ކަމެއް” ނޫރީ ދެއަތް ފުރަގަހަށް ލައިގެން ހުރެ ބުންޏެވެ. “ޒޯހަން ކިތަންމެ ނަފްރަތެއް ކުރިޔަސް ޝިޔާރާ ހުންނާނީ މިގޭގައި. މީ އަދިވެސް ޒޯހަންގެ އަންބެއް. ނޫރީ އަށް ތިހުރީ ވަރަށް ބޮޑަށް އޮޅިފައި. ނިއާ އަކީ ޒޯހަންގެ އަންބަކަށް ވަންޏާ މީ ވެސް ޒޯހަންގެ އަންބެއް. އަދި ބުނަންތަ ޝިޔާރާ ހުންނާނީ މިގޭ އެންމެ ބޮޑު އެންމެ ތަނަވަސް ކޮޓަރީގައި. ނޯކަރުންގެ ކޮޓަރީގައެއް ނޫން” ލަތާ ގަދަބަސް އިއްވާލިއެވެ. ސިޓިންގްރޫމުގައި ތަށިތައް ހާވަން ހުރި އަރުހަމް ވެސް އެތަނަށް ނިކުތެވެ. ޔަޝްމީ ގޮސް އަރުހަމް ކައިރިއަށް ހުއްޓުމުން ބަނޑުގައި އަތްހާކާލާ ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ ކަމުގައި އިޝާރާތުން ބުނެލިއެވެ. ލަތާ ކައިރީގައި ހުރި ޝިޔާރާ އަރުހަމް އަށް ފެނުނީ ފަހުންނެވެ. “ލަތާ މިހާރު ހާދަ ކުރިއަކަށް ޖެހިލައިފިއޭ ދޯ. މިގޭގައި ހުންނާނީ ޝިޔާރާ ވިއްޔާ ޝިޔާރާ. ލަތާ ވިއްޔާ ލަތާ. މިބުނި އެއްޗެއްގެ މާނަ އެނގިއްޖެތަ” ނޫރީ އަޑަށް ބާރުލާ ބުންޏެވެ. “މައްސަލައެއް ނެތް. ވަރަށް ހީވޭ ނޫރީ އަހަރެން ވަރިކޮށް މިގެއިން ބޭރަށްލާ ހިތުން އުޅޭހެން. ކީއްވެތަ ދިމާލަށް ބުނަން ނުކެރިގެން ތިއުޅެނީ. ނޫރީގެ އަންބެއްގެ މަގާމުގައި އަހަރެން އިންނަން ނޫރީ ނުރުހޭނަމަ އަހަރެން ވެސް ނޫޅެން މޮޔަ ވެގެނެއް. އަހަރެން ހިނގައިދާނަން. ނޫރީ މަށާ އިންއިރު މަށަކީ ވެސް މަގުމަތީގައި ނާށިގަނޑު ހިފައިގެން ސަލާން ޖަހަން އުޅުނު މީހެއް. އަދިވެސް އެގޮތް މަށަށް އެބޮތް. ނޫރީ ބޭނުންގޮތަކަށް ނިންމަވާ. އެކަމަކު ދެން މިގޭގައި އުޅޭކަށް މަށެއް ނެތިން. ހިނގާދާން ދަރިފުޅާ” ޝިޔާރާ އަތުގައި ހިފައިގެން ލަތާ އެނބުރުނު އިރު ކުރިމަތީގައި ހުރީ ޒޯހަންއެވެ. ލަތާ ކައިރިއަށް ކުޑަކޮށް ހިނިއައީ ޒޯހަން ފެނުމުންނެވެ. “ޒޯން! އައި މިސްޑް ޔޫ” ނިއާ ގޮސް ޒޯހަންގެ މެދުހަށީގައި ބައްދާލިއެވެ. ޒޯހަން ވީ ފޫހިން ނިއާ ދުރަށް ކޮށްޕާލަން ހިތަށް އެރިއެވެ. “މަންމާ ތީ ކޮންކަމެއް. ކީއްކުރަން އޭނަ މިގެއަށް ގެނައީ” ރޭވުމާއި އެއްގޮތަށް ޒޯހަން ކަންތައް ކުރިއެވެ. “ހާސްނުވޭ ޒޯހަން. މިގޭގައި ޝިޔާރާއަށް ޖާގައެއް ނެތް. މިފަހަރު ޝިޔާރާ ވީތަނަކު މަންމަވެސް ވާން ބޭނުމީ. މަންމަ މިގެއިން ދަނީ. ދަރިފުޅުމެން ބައްޕައާއެކު އުފަލުގައި އުޅެލާ” ނޫރީގެ ތެޅިގަތެވެ. ލަތާގެ ވާހަކަތަކުން ނޫރީގެ ދުލުގައި ތަލެއް ލެވުނު ކަހަލައެވެ. “ލަތާ.. ތިއަންހެނާގެ ސަބަބުން މިގެއިން ދާނެ ކަމެއް ނެތް. ހޫމް. މައްސަލައެއް ނެތް. މިގޭގައި އޭނަ ބަހައްޓާ. ވަރަށް އަވަހަށް ވަރީގެ ކަންތައް ނިންމަން ކޯރޓަށް ޒޯހަން ދާނެ” ނޫރީ ބަލިގަބޫލު ކުރަން ބޭނުން ނުވިޔަސް ލަތާ އެގެއިން ދާކަށް ވެސް ހިތެއް ގަބޫލެއް ނުވާނެއެވެ. “ކީކޭ ބައްޕާ. އަޅުގަނޑު ބޭނުމެއްނޫން….” ޒޯހަން ނިއާ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ. “ޒޯހަން ބޭނުންވިޔަސް ނޫނަސް ޝިޔާރާ ހުންނާނީ މިގޭގައި. ޝިޔާރާ ޒޯހަންގެ އަންބެއްގެ މަގާމުގައި ހުރިހާ ދުވަހަކު ޒޯހަން ޖެހޭނީ އަންބެއްގެ ގޮތުގައި ޝިޔާރާ ގަބޫލުކުރަން. ދެއަނބިން ތަފާތުކޮށްގެން ނުވާނެ. ނިއާ ކައިރީގައި އެއްރޭ މަޑުކުރިއްޔާ އަނެއްރޭ ވާނީ ޝިޔާރާއަށް ދޭން. މިގޮތަށް ޒޯހަން ކަންތައް ނުކުރިއްޔާ ފުލުހުންނަށް މައްސަލަ ހުށައަޅާނަން މާބނޑު އަންހެނަކަށް ގެވެށި އަނިޔާ ކުރާ ކަމަށް. ޒޯހަން ޝިޔާރާއަށް އެންމެ ފަހުން ކުރި އަނިޔާތަކުގެ ވީޑިއޯ އެބުހުރި މަންމަ އަތުގައި. ތީ މި މަންމަ ބަނޑު އަޅާ ވިހޭ ދަރިޔަސް ކުށެއް ކުރިއްޔާ އެކަމުގެ އަދަބު ދޭން މަސައްކަތްކުރާނަން. އަދި އެއްވާހަކަ. މިގޭ އެއްވެސް މީހަކު ޝިޔާރާ އަށް އެއްޗެއް ބުނާތަން ނޫނީ ކިޔާ އަޑު އިވުނަސް އެމީހަކު ގޮވައިގެން ދާންވީ ފަރާތަކަށް މަ ދާނަން” ހުރިހާ އެންމެނަށް ވަކިވަކިން ލަތާ ބަލާލިޔަސް ފަހުބަސް އިއްވާލީ ނިއާ އަށެވެ. “އެކަމަކު މަންމާ ނިއްނި އަކަށް ނުފެނޭ އޭނަ މިގޭގައި ބަހައްޓާކަށް” ޒޯހަންގެ އަތުގައި ހިފައިގެން ހުރި  ނިއާ ތުއި ގޮތަކަށް ބުންޏެވެ. “ނިއާގެ ހިޔާލަކަށް އަހަރެންނަށް އެދެވުނުތަ؟ ނިއާގެ ފެންނަ ނުފެންނަ ވޯޓް ހޯދާނީ މިގޭ އެހެންމީހުން. މަށެއް ނޫޅެން ނިއާ އަށް ފެންނަ ގޮތް ނުފެންނަ ގޮތް ބަލާ ހިތަކުން. އަދި ބުނަންތަ ވާހަކައެއް؟ ޝިޔާރާ އާއި ދިމާލަށް ޗުއްޕެކޭ ބުންޏަސް ނިއާ އަނގައަށް ކުޅު ޖަހާނަން. ނިއާ ސިދުރަތުލް މުންތަހާއަށް އަރުވައިގެން އުޅެނީ މިގޭގަ އުޅޭ އެހެންމީހުން. މަށެއް ނޫޅެން” ލަތާ ޝިޔާރާ އަތުގައި ހިފައިގެން ދިޔަ މަންޒަރު ބަލަން ނޫރީ އަށް ހުރެވުނީ ގަބޫލުނުކުރެވިފައެވެ. ލަތާ ގެއިންދާ ވާހަކަ ބުނުމުން އިތުރަށް އެއްޗެއް ބުނަން ނޫރީ ބޭނުމެއްނުވިއެވެ. ނިއާ ހުރީ ލަތާ ކީ އެއްޗިހިން ލަދުގަނެފައެވެ. ޒޯހަންއަށް ބަލާލީ ރޮވިފައެވެ. ނަމަވެސް ޒޯހަން ބަލާނުލާ ސިޑިން އަރައިގެން ދިޔައީއެވެ.

ޒޯހަންއަށް ބަދަލުތަކެއް އައިސްފައިވާކަން އަމަލުތަކުން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ލަތާ ޝިޔާރާގެ ކޮޅަށް ޖެހިފައި ހުރި ނަމަވެސް ޒޯހަން އަދިވެސް ހުރީ ނިއާގެ ކޮޅަށްކަން ނިއާ ހުރީ ޔަގީންކޮށްގެންނެވެ. ޝައްކެއްގެ މަތީގައި ނިއާ އިންހެން ހީވެގެން ޒޯހަން ނިއާ ކައިރީގައި އެނދުގައި އިށީނދެލިއެވެ. ޒޯހަންމެން ރާވާފައިވާ ރޭވުންގަނޑުން ކުޑަ މިންވަރެއް ވެސް ނިއާ އަށް އެނގޭކަށް ބޭނުމެއްނޫނެވެ. ޒޯހަން އިށީނުމާއެކު ނިއާ ބަލާލިއެވެ. ޒޯހަން ހީލުމުން ނިއާ ޒޯހަންގެ ކޮނޑުގައި ބޯއަޅާލިއެވެ. “މަންމަ ކީއްކުރަންތަ އެ ޝިޔާރާ މިގެއަށް ގެނައީ. ޒޯން އަށް އެންމެ ރަނގަޅުދޯ އޭނަ މިގޭގައި ހުއްޓަސް” ނިއާ ގެ ފުރަތަމަ ޝަކުވާ ބަންޑުންކޮށްލިއެވެ. “އޭނަ ވެސް އޭނީ ޕްރެގްވެފައެއްނު. އެހެންވެ ކަންނޭނގެ އަސްލު މަންމަ އޭނަ މިގެއަށް ގެނައީ. މަންމަ އަބަދުވެސް ވަރަށް ލޯބިވާނެ ޝިޔާރާ ދެކެ. މެރީކުރުމުގެ ކުރިން ވެސް ޝިޔާރާ މިގޭގައެއްނު އުޅުނީ” ޒޯހަން މަސައްކަތް ކުރީ ދުރުދުރުން ވާހަކަދެއްކޭތޯއެވެ. “އައިޑޯންޓް ކެއަރ. ޒޯން ޕްލީޒް ނިއާ ދޫކޮށްލާފައި ނުދައްޗޭ. ވަރަށް ވަރަށް ލޯބިވޭ ޒޯންދެކެ. އަދި ނިއާ އަށް ވުރެ ގިނައިން އޭނައަށް ޓައިމް ނުދެއްޗެ. އެކޮޓަރިއަށް ދިޔަސް އޭނައަށް ބަލާވެސްނުލާތި. އެނގެއެއްނު އޭނަ އުޅުނު ވައްތަރުތައް. ރަނގަޅަށްވިއްޔާ އެއީ ޒޯންގެ ދަރިއެއް ނޫންކަންނޭނގެ” ޒޯހަންގެ ދެއަތް މުށްކެވިގެން ދިޔައެވެ. ދެލޯ މަރާލާ ފުން ނޭވައެއް ދޫކޮށްލީ މީހާ ހަމަޖެހިލުމަށްޓަކައެވެ. “ކީއްވެ ތިބުނީ ނިއާ ދޫކޮށްފަ ނުދައްޗޭ. އަހަރެން ނިއާ ދޫކޮށްލާ ވަރުގެ ކަމެއް ކުރެވިފައި އޮތީތަ” ޒޯހަން ކޮށްލި ސުވާލުން ނިއާ ހިމޭންވިއެވެ. ނޭވާ ހާސްވެ ދާހިއްލަން ފެށިއެވެ. “ނު..ނޫން…ނޯންނާނެ ކޮށްފައެއް. މަށަކީ ޝިޔާރާއެއް ނޫން. ނިއާ ވަރަށް ލޯބިވޭ ޒޯން ދެކެ” ޒޯހަން ވީ ފޫހިން މޫނުމަތީ ކުލަ ބަދަލުވެގެން ދިޔައެވެ. ނިއާ ކައިރީގައި އިށީނދެ އިނުމަށްފަހު ޒޯހަން ކޮޅަށް ތެދުވީ ނިއާ މާބޮޑަށް ގައިގޯޅިވާން ފެށުމުންނެވެ. ޒޯހަންގެ ގަމީހުގެ މަތިން ތިންގޮށް ނެއްޓިފަހުން އެންމެ ފަހުން ޒޯހަން އަށް ކެއްނުވީއެވެ. “ކިހިނެއްވީ. މިހާރު އޯކޭވާނެ. މިހާރު ކިހާ ދުވަހެއްމިވީ.. މިރޭ ބޭނުން ޒޯން ވަރަށް އުފާކޮށްދޭން. ޕްލީޒް މިރޭ ނިއާ ކައިރީގައި ނިދަންވީނުން” ޒޯހަން ބޯހާސްވިއެވެ. ނިއާގެ ވިސްނުން ޒޯހަން އަށް ނަގައިގަނެވުމާއެކު ވަގުތުން ދެކޮޅުހެދިއެވެ. ނިއާ އަށް ޝައްކެއް ވެސް ނުވާނެ ގޮތަށެވެ. “ނޫނޭ.. ނިއާ ބޭނުންތަ ރިސްކެއް ނަގަން. ނިއާ ވިހައިގެން ގަދަ ވަންދެން މަށަށް ކެއްވާނެ. ކުޑަ ދުވަސްކޮޅެއްނު ދެން އޮތީ. ޓްރަސްޓްމީ ޝިޔާރާ ކައިރިއަށް ދިޔަސް އެނގެއެއްނު މަ އޭނަ ދެކެ ފޫހިވާ ވަރު” ޒޯހަން އަލަމާރިން ޓީޝާޓެއް ނަގާ ހަށިގަނޑަށް ހެޔޮވަރު ކޮށްލަމުން ވާހަކަދެއްކިއެވެ. “އެނގޭ ނިއާ އަށް ވުރެ ބޮޑަށް ޒޯން ވިސްނާކަން. އެކަމަކު ތަންކޮޅެއް ލުއިލުއިކޮށް ވެސް އުޅެވިދާނެއްނު. ނިއާ ބޭނުން ޒޯން އުފާކޮށްލަދޭން. ތިހެންބުންޏަސް އެނގޭ ޒޯން އެކަމަށް ބޭނުންވާނެ ވަރު” ނިއާ ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ނިއާ އަށް ޖަވާބު ދިނުމުގައި ޒޯހަން ކުޑަކޮށް ފަސްޖެހުނެވެ. ދޭނެ ޖަވާބެއް ވިސްނަނީ ކަންނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ދެން ނިއާ އާއި އެކު އެފަދަ ގުޅުމެއް ހިންގާކަށް ޒޯހަން ބޭނުމެއް ނޫނެވެ. “ނިއާ.. ވިސްނަބަލަ. ތި ބަނޑު ހިފައިގެން މިހާރު ނިއާ އަށް ބޭނުންގޮތަކަށް ނޫޅެވޭނެ. މަށަށް ކެއްކުރެވޭނެތީ އިންކާރު މިކުރަނީ. މިހާރު ޓްރަސްޓް ނުކުރަނީތަ” ނިއާގެ މޫނުގައި ހިފާ އުފުލާލަމުން ޒޯހަން ވާހަކަދެއްކިއެވެ. އޭރު ވެސް އެތެރެއިން ޒޯހަން ހުރީ ކެކިކެކިއެވެ. ވަގުތުން ނިއާ ކުރި ކަންތައް ދިމާލަށް ބުނެލާފައި ގެއިން ބޭރުކުރަން ހިތަށް އެރި އަދަދެއް ނޭނގެއެވެ. “އޯކޭ.. ވަރަށް ޓްރަސްޓް ކުރަން” ޒޯހަންގެ އަތްތިލައިގާ ނިއާ ތުންފަތް ޖައްސާލި ވަގުތު ޒޯހަން އަށް އަތް ދަމައިގަނެވުނީ ނޭނގިއެވެ. ނިއާ ދެލޯ ބޮޑުވެފައި ވީ ކީއްހެއްޔޭ އަހާލިއެވެ. “ކަމެއްނުވޭ.. ބަލާބާ ފެނެއެއްނު މިތަން. މީ އެންމެ ފަހުން ސަމާސާ އަކަށް ހަދާފައި ދަތްއަޅާލި ތަން. އަނެއްކާ ވެސް އެފުރުސަތު ނުދޭންވެގެން އަތް ދަމައިގަތީ” ޒޯހަން ޕްލޭން ފޮރުވާން ހަދާލި ދޮގު ނިއާ ހެއްވާލިއެވެ. “އަސްލުވެސް ދޯ. ދެން އެހެން ނުހަދާނަން. ސޮރީ ބޭބީ” ނިއާ އަވަސް އަވަހަށް ބުނެލިއެވެ. “އިޓްސް އޯކޭ.. ދެން އަވަހަށް ނިދާލާ.. މިދަނީ ނިދަން. ވައިބަރ އެއް ވެސް ނުކުރެވޭނެ. ޝިޔާރާ މަންމަ ކައިރީގައި ބޯޅަ ޖަހާފާނެ. ހެނދުނު ބައްދަލުކުރާނަން” ނިއާ ދޭނެ ޖަވާބަކަށް ވެސް ބަލާލުމެއް ނެތި ޒޯހަން އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. ޖަލަކުން ސަލާމަތްވި ކަހަލަ އިހުސާސެއް ކުރެވުމުން ޒޯހަން އަށް ހަށީފުރާ ނޭވައެއް ލެވުނެވެ. ގަޑި ބަލާލިއިރު ދަންވަރު ބާރަ ޖަހަނީއެވެ. ޝިޔާރާ އިންތިޒާރު ކުރާނެކަން އެނގޭތީ ޒޯހަން ދެފަޔަށް ބާރުލާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރީ ތަޅުގައި ހިފާ އަނބުރާލުމާއެކު ފަސޭހައިން ހުޅުވިއްޖެއެވެ. ބޮޑު ކޮޓަރީގެ އެއްވެސް ހިސާބެއްގައި ޝިޔާރާ ފެންނަން ނެތުމުން ޒޯހަން ހިނގައިގަތީ އަޑު އަންނަ ފާހާނާ އާއި ދިމާލަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 21

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 13..

Next
April 17, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 13..

Previews
April 17, 2016

މިހިތުގެ ލޯތްބޭ ތީ 21

41 Comments!

  1. Ushaali says:
    April 17, 2016 at 5:43 pm

    next episode on tuesday…. enjoy…

  2. kiddy says:
    April 17, 2016 at 6:03 pm

    wow.. ObineSs To The Max ?

    1. ZOONATHA says:
      April 18, 2016 at 4:18 pm

      ZOONAH THA AH MI VAAHAKA HAADHA REECHEY KIDDY GE OFFICIAL WORDS VES

    2. ZOONA says:
      April 18, 2016 at 4:20 pm

      ZOONAHTHA AH MI VAAHA KA HAADHA REECHEY! MAASHA ALLAH

  3. Hooo says:
    April 17, 2016 at 6:05 pm

    Haadha kurey. Ekam story dhaagoy varah salhi. Ushaali pls Konmey duvahaku up kohdheba. ???

  4. ammadey says:
    April 17, 2016 at 6:10 pm

    aharemennah thi falhaala dhin story hama habeys

    1. ? says:
      April 17, 2016 at 7:52 pm

      Hahahahahhh???… Pis pis, Falhaaliyyoa…

  5. rose says:
    April 17, 2016 at 6:10 pm

    V v salhi. Thankolheh kuru mi part. Dhen majaa vaane.

  6. Zaanaa says:
    April 17, 2016 at 6:12 pm

    Haada kuray v nice

  7. aish says:
    April 17, 2016 at 6:14 pm

    nice vvvv anepart ga niaa ge siru nooree ah falhaa araane dho

  8. me know says:
    April 17, 2016 at 6:15 pm

    Wow ?♥????

  9. ankko says:
    April 17, 2016 at 6:20 pm

    thumbs up to u ushaali. superb story.. :* :* am the first. 😉

  10. Raany says:
    April 17, 2016 at 6:21 pm

    Haadha kurey. Thankolhe dhigukoh genesdheebala plx. Mi vaahaka kiyaa hithun hurevenee eh noo

  11. Zee says:
    April 17, 2016 at 6:34 pm

    V salhi ekm haadha kurey

  12. Aimsithu says:
    April 17, 2016 at 6:38 pm

    Haadha lahun thi up kurany mihaaru. .

  13. Xoa says:
    April 17, 2016 at 6:41 pm

    Nice. Bt haadha kurey mi bai. Next episode upload kuraairu thankolheeih dhigukoh kohlahchey pls pls pls

  14. ibbe says:
    April 17, 2016 at 6:45 pm

    Varah thafaathu vaahakaeh

  15. Xoya says:
    April 17, 2016 at 6:50 pm

    Wow nice

  16. princess says:
    April 17, 2016 at 6:50 pm

    That was beautiful ushaaliii ?

  17. Ellie says:
    April 17, 2016 at 6:51 pm

    Haaaaa miadhu iru ereessuren kuri inthixaarah nimun athuvejje. Vv salhi. Next part dhigu kohla dhehche plx

  18. ibbe says:
    April 17, 2016 at 6:55 pm

    Ushaali ge vaahaka v rythi. Hama axly ge lavaha rythi

  19. princess says:
    April 17, 2016 at 7:01 pm

    My favourite…. Love your stories

  20. mariyam zahira says:
    April 17, 2016 at 7:14 pm

    Beatuiful one

  21. Isheee says:
    April 17, 2016 at 7:17 pm

    Wow vvvvv reethi mi vaahaka. Thanks ushali

  22. RIPH says:
    April 17, 2016 at 7:21 pm

    VARAH REETHI .. ANEHKA VES TUESDAY AH INTHIZAARUGA.. 🙂

  23. ken? says:
    April 17, 2016 at 7:29 pm

    ?????

  24. yaayaa says:
    April 17, 2016 at 7:52 pm

    Vv salhi mi part vx

  25. ?? says:
    April 17, 2016 at 7:54 pm

    Hmmm , Luv this❤❤❤❤

  26. meesha says:
    April 17, 2016 at 9:07 pm

    vvvvvv reethi

  27. Unoosha says:
    April 17, 2016 at 9:51 pm

    Vaahaka varah ves furihama kiddy ah buneveneeee ushaaaali vaaahaka liyan kiddy mennaa ves molhey????

  28. Anonymous says:
    April 17, 2016 at 10:15 pm

    alhe haadha saliey adhi thankolheh dhigu koh liununama

  29. Aish says:
    April 17, 2016 at 10:32 pm

    Wow vrh furihama

  30. Nicky says:
    April 17, 2016 at 11:04 pm

    Maa kuru koh genesfa onna hn heevanwe…stry v v v salhi….bt dhn thankolheh dhigu koh genedhy brr….plxxxxxxxxxxx…….stry hama habeys….?????

  31. uil says:
    April 17, 2016 at 11:14 pm

    Liusha ge basmageh dho ladhun maru vaa varuvey.

  32. Reesham says:
    April 18, 2016 at 12:31 am

    V rythi.ushaali ur the best

  33. me says:
    April 18, 2016 at 1:16 pm

    hahahahahahaha lol … kon iraku mi site ah kiddy ibbe n ammadey aee???

  34. kiddy says:
    April 18, 2016 at 1:47 pm

    iyye ge waguthehgai story thakah comment kurumuge furusathu libuny kiddy mennah .. Right ? ammadey n ibbe ..

  35. ammmmmday says:
    April 19, 2016 at 7:08 am

    the story is perfect…

  36. Shifoo says:
    April 19, 2016 at 3:23 pm

    miadhuge part koba

  37. ifaaa says:
    April 19, 2016 at 4:17 pm

    haadha lahey dhr up vaaleh…mihaar dhn upkuran vehjehnu

  38. Aai says:
    April 19, 2016 at 4:56 pm

    Vaahaka thankolheh avahah up koladhyba dhw….hedhunu iru Erin suren mibalani vaahak up veythoa…dhn avahah kohdhibaa kiyaa hithun hureveny kii nun mihaaru….

Comments are closed.

Next Episodeފުންއަސަރު 28←


All Right Reserved!