Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 22

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 18, 2016 8 Mins Read
25 Comments

އެއި އެކަކު އަނެކަކުގެ އަތުތެރޭ ތިބެ އެދެމީހުންނަށް ނިދުނު ފުރަތަމަ ރެއެވެ.

މިޝާލްގެ އަތުތެރޭ އޮވެ އަނޫޝާ ވިސްނިއެވެ. އަމިއްލަ ދިރިއުޅުމާ މެދުއެވެ. މިޝާލްއާ މެދުއެވެ. ޒިހާންއާ މެދުއެވެ.

ޒިހާންގެ ޚިޔާލުތަކާ ދުރުވެ ހިތުން އެމަގާމު މިޝާލްއަށް ދިނުމަށް މަސައްކަތް ކުރަން އަނޫޝާ ނިންމިއެވެ. ލޯބި ނުވެނުނު ނަމަވެސް މިޝާލްއާ އެކުގައި އަނޫޝާއާ މިޝާލްގެ ދަރިފުޅާއެކު ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅެން އަނޫޝާއަށް ކުރެވުނު މަސައްކަތެއް ކުރާނެއެވެ.

އަމިއްލަ ހިތަށް އެގޮތަށް ވިސްނައިދޭން އަނޫޝާ މަސައްކަތް ކުރިއެވެ. ނަމަވެސް ހިތް އެކަމަށް ދެކޮޅު ހަދަމުން ދިޔައެވެ. އެހިތުން ޒިހާންގެ ލޯބި ދުވަހަކުވެސް ނުފިލާނޭ ބުނަމުން ދިޔައެވެ. މިޝާލް ދެކެ ލޯބިވާން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ޒިހާން ނޫން މީހެއް ދެކެ އަނޫޝާއަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެޔޭ ބުނަމުން ދިޔައެވެ.

އަނޫޝާއަށް ލޯމެރި ފުން ނިދީގެ ތެރެއަށް ގެނބެންދެންވެސް އަނޫޝާގެ ހިތާ ސިކުނޑި ހަނގުރާމަ ކުރަމުން ދިޔައެވެ.

އަނޫޝާއަށް ހޭލެވުނީ ކުއްލިއަކަށެވެ. ބަނޑަށް ތަދުވާތީއެވެ. ހޭލެވުނު އިރުވެސް އަނޫޝާއަށް އޮވެވުނީ ދެފައި ކުރުކޮށްގެންނެވެ. ހޭލެވުމާ އެކީ އެއަށް ވުރެންވެސް ބޮޑަށް ދެފައި ކުރުކޮށްލަމުން އަނޫޝާއަށް އަނގައިން އަޑެއް ލައްވާލެވުނީ ތަދުވާ ވަރުންނެވެ.

ހޭލެވުނު އިރު މިޝާލްގެ މޭގައި ބޯޖައްސާލައިގެން އޮތް އަނޫޝާ، މަޑުމަޑުން އަނެއް ފަރާތަށް އެނބުރިލިއެވެ. އަދި ތެދުވަން އުޅުނެވެ.

މިޝާލްއަށް ހޭލެވުނީ އެވަގުތުއެވެ. ލޯހުޅުވާ ބަލާލި އިރު އަނޫޝާ މިޝާލްއަށް ފުރަގަސް ދީގެން އެނދުގައި އޮތް ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެހެން މިޝާލްއަށް ހީވިއެވެ.

“އަނޫ…” ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެ އަނޫޝާގެ ކޮނޑުގައި ހިފާ މިޝާލްއާ ދިމާއަށް އަނބުރާލަމުން މިޝާލް ގޮވާލިއެވެ.

އަނޫޝާގެ މޫނު ފެނުމުން އޭނައަށް ވަމުންދާ ގޮތް މިޝާލްއަށް އިހުސާސް ކުރެވުނެވެ.

“އަނޫ، ކޮންތާކަށް ތަދުވަނީ؟” ހާސްކަމާ އެކީ މިޝާލް އަހާލިއެވެ.

“ބަނޑަށް…” ދެއަތުން ބަނޑުގައި ހިފާލަމުން އަނެއްކާވެސް ދެފައި ކުރުކޮށްލާފައި އަނޫޝާއަށް ކުކުރާލެވުނެވެ.

“ބަނޑަށް ތަދު ވަނީޔޭ…؟ ކީއްވެ؟” މިޝާލްއަށް އަހާލެވުނެވެ. ވެގެން އުޅެނީ ކީއްކަމެއް މިޝާލްގެ ވިސްނުމަކަށް ނައެވެ.

ނަމަވެސް ބަނޑުގައި ރިއްސާ ގޮތުން އަނޫޝާއަށް ޝައްކުވިއެވެ. ލޮލުން ކަރުނަ އަންނަމުން ދިޔަ ނަމަވެސް އަނޫޝާ ނުރޯން މަސައްކަތް ކުރިއެވެ.

“މިޝާލް، ބޮކި ދިއްލާލަބަލަ…” މިޝާލްގެ އެހީގައި އިށީނދެލަމުން އަނޫޝާ އެދުނެވެ. މިޝާލް އެނދުން ތެދުވެގެން ގޮސް ނިދާ ބޮކީގެ އަލި ގަދަ ކޮށްލާފައި އައިސް އަނޫޝާ ކައިރީގައި އިށީނެވެ.

“މިޝާލް…” ލޯ މަރާލާފައި އަނޫޝާ މިޝާލްއާ ދިމާއަށް އަތް ދިއްކޮށްލަމުން ގޮވާލީ ތަފާތު އިހުސާސެއް ކުރެވުމުންނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ލޮލުން ފައިބަމުން ދިޔައެވެ. އިށީނދެ އިން ހިސާބުން ހޫނު ތެތްކަމެއް އިހުސާސް ކުރެވުމުންނެވެ.

އަނޫޝާއަށް ވަމުންދާ ގޮތާ މެދު ދެރަވެ ހާސްވެފައި އިނދެ މިޝާލް އަނޫޝާގެ އަތުގައި ހިފާލިއެވެ. އަދިވެސް ބޮޑަށް އަނޫޝާއާ ކައިރި ވެލަމުން މިޝާލް އަނެއް އަތުން އަނޫޝާގެ ކޮނޑުގައި ހިފާ މިޝާލްއާ ކައިރިކޮށްލިއެވެ.

މިޝާލްގެ މޭގައި ބޯޖައްސާލައިގެން އެއިން ގޮތަށް ލޯމަރާލައިގެން އިނދެ އަނޫޝާ ގައިގައި އަޅާފައިވާ ރަޖާ ނަގާ ދުރަށްލިއެވެ.

“އަނޫ…” މިޝާލްއަށް ބުނެވުނެވެ.

މިޝާލް ގޮވާލި ގޮތުން އަނޫޝާއަށް ޔަގީންވިއެވެ. މަޑުމަޑުން ލޯހުޅުވާ ބަލާލިއެވެ.

“ނޫން… ނޫން… މިޝާލް… ނޫން…” އަނޫޝާ އިން ދިމާލުން އެނދުގައި ހުރިލޭ ފެނުމުން އަނޫޝާއަށް ބާރަށް ރޮއެގަނެވުނެވެ. މިޝާލް ގައިގައި ބައްދާލަމުން އެމޭގައި ބޯޖައްސާލައިގެން އިނދެ ދެފަރާތަށް ބޯ ހަލުވަމުން ނޫނެކޭ ނޫނެކޭ ބުނަމުން ރޮމުން ދިޔައެވެ.

އެހާއިރު ވަންދެން ހަދާނެ ގޮތެއް ނުވިސްނިފައި އިން މިޝާލްގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ. ވެގެން އުޅޭ ގޮތް ވިސްނުނެވެ. އަނޫޝާއެކޭ އެއްގޮތަށް މިޝާލްވެސް ދެރަވިއެވެ. ނަމަވެސް އެވަގުތު މިޝާލްއަށް މުހިންމު ކަމަކަށްވީ އަނޫޝާ ހަމައަކަށް އެޅުވުމެވެ.

“އަނޫ… ނުރޮއެ… ހުއްޓާލާ… ޕްލީޒް” އަނޫޝާ ގަޔާ ދުރުކޮށްލާފައި ދެއަތުން އަނޫޝާގެ މޫނުގައި ހިފަހައްޓާލަމުން މިޝާލް ބުންޏެވެ.

“އަހަރެންގެ ދަރިފުޅު ބޭނުން… މިޝާލް، އަހަރެން މިބޭބީ ބޭނުން…” އަދިވެސް ބަނޑުގައި ރިހެމުން ދިޔަ ރިހުމާއެކު ބަނޑުގައި އަތް އަޅާ ބޯތިރިކޮށްލަމުން އަނޫޝާ ރޮމުން ބުންޏެވެ.

“އަނޫ، ޕްލީޒް، ނުރޮއެ…” އަނޫޝާއަށް ވަމުންދާ ގޮތް ފެނިފައި މިޝާލްއަށްވެސް ކެތް ކުރަން އުނދަގޫވިއެވެ. އަނޫޝާގެ ލޮލުން އަންނަމުން ދިޔަ ކަރުނަ މިޝާލް ލޯތްބާއެކު ފޮހެދިނެވެ. އެނދުމަތީ އޮތް އަނޫޝާ ނިދަންލީ ހެދުން އަނޫޝާ އަތަށް ދީފައި އެލުމަށް އަނޫޝާއަށް އެހީވެދިނެވެ. މިޝާލްވެސް ސޯޓެއް ލައިގެން އައިސް އަނެއްކާވެސް އަނޫޝާ ކައިރީގައި އިށީނެވެ.

“އަހަރެން މި އަންނަނީ އިނގޭ… އެންމެ މިނަޓެއް… މިއަންނަނީ މަންމައަށް ގޮވާފަ…” އަނޫޝާގެ ދެއަތްތިލައިގައި ހިފާލަމުން އެހެން ބުނެފައި އަނޫޝާގެ ގައިމަތީ ރަޖާ އަޅާދީފައި މިޝާލް ދުވެފައި ކޮޓަރިން ނިކުތެވެ. ސިޑިން ފައިބައިގެން ނަސީރާގެ ކޮޓަރިއާ ހަމައަށްވެސް މިޝާލް ދިޔައީ ދުވެފައެވެ.

ނަސީރާއާ މިޝާލްއަށް އާދެވުނު އިރު އަނޫޝާ އެއްފަރާތަކަށް އެނދުގައި އޮށޯވެގެން އޮތެވެ. އޭރުވެސް އަނޫޝާއަށް ރޮވެނީއެވެ.

“ދަރިފުޅާ، ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟ ތާކަށް ތަދުވަނީތަ؟” ރޮއެރޮއެ އޮތް އަނޫޝާގެ މޫނުގައި ތަތްލާފައި ހުރި އިސްތަށިތައް އެއްފަރާތް ކޮށްލަމުން ނަސީރާ ހާސްވެފައި އެހިއެވެ.

ނަސީރާގެ ކޮޓަރީ ދޮރުގައި ބާރަށް ދެތިން ފަހަރު ޖަހާލުމާ އެކު މަންމާއޭ ކިޔާ މިޝާލް ބާރުބާރަށް ގޮވާލިތާ ދިހަވަރަކަށް ސިކުންތު ތެރޭ ދޮރު ހުޅުވާލާފައި ނިކުތް ނަސީރާގެ އަތުގައި ހިފައިގެން މިޝާލް އަވަހަށް މައްޗަށް އެރީ ނަސީރާ ކުރަމުން ދިޔަ އެއްވެސް ސުވާލަކަށް ޖަވާބު ނުދީއެވެ. އެހެން ކަމުން އަނޫޝާއަށް ވީކީއް ކަމެއް ނަސީރާއަކަށް ނޭނގެއެވެ.

“އަނޫ، ބުނެބަލަ…” ނަސީރާ ކުރި ސުވާލަށް ޖަވާބު ނުދީ އަނޫޝާ ރޯން އޮތް ގޮތުން ނަސީރާ ދެވަނަ ފަހަރަށްވެސް އަހާލިއެވެ.

“އާހ… މަންމާ…” އަދިވެސް ބޮޑަށް ބޮނޑިވެލަމުން އަނޫޝާގެ އަނގައިން އެއަޑު ނިކުތީ ރިހުމަށް ކެތް ނުވެގެންނެވެ.

“ދަރިފުޅާ…” ކަންބޮޑުވެފައި ނަސީރާއަށް އަނޫޝާ ގައިގައި ހިފަހައްޓާލެވުނެވެ. އަދި ކައިރީގައި ހުރި މިޝާލްއަށް ބަލާލިއެވެ.

“ކިހިނެއްތަ ވީ މިޝާލް؟ ކީއްވެފަތަ އެއްޗެއް ނުބުނެވިފަ ތި ހުންނަނީ؟ އަނޫއަށް ކިހިނެއްތަ ވީ؟” ހަދާނެ ގޮތެއް ނުވިސްނިފައި އިރުއިރުކޮޅާ އަތުގެ އިނގިލިތައް އިސްތަށިގަނޑު ތެރޭ ހިންގާލަ ހިންގާލާ ހުރި މިޝާލްއަށް ނަސީރާގެ އެސުވާލަށް ޖަވާބު ދޭނެ ގޮތެއް ނުވިސްނުނެވެ.

“މިޝާލް!” ނަސީރާ ގާތަށް ރުޅިއައެވެ.

މިޝާލް ކުރިއަށް ޖެހިލާފައި އަނޫޝާގެ ގައިމަތީ އޮތް ރަޖާ ނެގިއެވެ.

“ޔާރައްބީ!” ނަސީރާގެ ލޯ ބޮޑުވެގެން ދިޔައެވެ.

“މިޝާލް، އަވަހަށް ހިނގާ އަނޫ ހޮސްޕިޓަލަށް ގެންދަން… ކާރަކަށް ގުޅާ… އަވަސް ކުރޭ… ގޮސް މަޒްނާއަށް ނޫނީ މިލްނާއަށް ގޮވާބަލަ! ބައްޕަ ކައިރީގަ ބުނޭ މާމައަށް ގޮވާބަލާށޭ…” ހާސްވެ ކަންބޮޑު ވީވަރުން ނަސީރާ އެއްފަހަރާ އެތައް ކަމެއް މިޝާލްއާ ހަވާލު ކުރިއެވެ.

ފުރަތަމަ ކުރަންވީ ކޮން ކަމެއްކަން ނުވިސްނި އިރުކޮޅަކު ހުރެފައި މިޝާލް ޑްރެސިންގޓޭބަލް މަތީ އޮތް ފޯން ނަގާ ޓެކްސީއަކަށް ގުޅާފައި ކަންފަތުގައި ފޯން ޖައްސައިގެން ހުރެ ކޮޓަރިން ނިކުތެވެ. ޖެހިޖެހިގެން ހުރި ދެކޮޓަރީގެ ދޮރުގައި އަތުން ޖެހުނުހާ ބާރަކަށް ދެފަހަރަކު ޖަހާލާފައި ދުވެފައި ސިޑިން ފައިބަމުން ބައްޕާއޭ ކިޔާ ބާރަކަށް ގޮވާލިއެވެ.

އަތްމައްޗަށް އަނޫޝާ ނަގައިގެން ގޮސް މިޝާލް ޓެކްސީ ކައިރިއަށް މަޑުކޮށްލުމުން މިޝާލްއަށް ވުރެން ކުރިން ނަސީރާ އަރާ އިށީނެވެ. އަނެއް ފަރާތުން މިލްނާވެސް އެރިއެވެ. މިޝާލް އަނޫޝާ ޓެކްސީގައި ބާއްވާފައި ގޮސް ކުރީ ސީޓަށް އެރިއެވެ. ނަސީރާގެ އުނގުގައި ބޯ އަޅައިގެން އޮތް އަނޫޝާއަށް އޭރުވެސް ރޮވެނީއެވެ. މިލްނާ އަނޫޝާގެ ފައި ނަގާ އުނގުގައި ބާއްވާފައި އަނޫޝާގެ ދެފައިގައި ފިރުމަން ފެށިއެވެ. ޓެކްސީގެ ފަހަތުން ނިހާންއާ އެކު ސައިކަލުގައި ޒަރީރުވެސް ހޮސްޕިޓަލަށް ދިޔައެވެ.

 

ރޮއެރޮއެ ވަރުބަލި ވެގެން ގޮސް ނިދިފައި އޮތް އަނޫޝާގެ މޫނުގައި އަދިވެސް ކަރުނައިގެ ނިޝާން ހުއްޓެވެ. އަނޫޝާ އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި މިޝާލް އިށީނީ އެންމެން ގެޔަށް ދިޔުމުންނެވެ. އޭރު އިރު އޮއްސެނީއެވެ. އަނޫޝާ ހޮސްޕިޓަލަށް ގެނައިތާ 12 ގަޑިއިރަށް ވުރެން ގިނަ އިރު ވީއެވެ.

އެއްފަރާތަކަށް މޫނު އަނބުރާލައިގެން އަނޫޝާ އޮތް އިރު މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިތައް މިޝާލް އެއްފަތާރް ކޮށްލިއެވެ. ގޮނޑިން ތެދުވެ އެނދުގައި އިށީނދެފައި މިޝާލް އަނޫޝާގެ މޫނަށް ބަލަން އިރުކޮޅަކު އިނެވެ. ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައިވާ އަނޫޝާގެ މޫނުގައި މިޝާލް ތުންފަތް ޖައްސާލިއެވެ.

އެރޭ ޝިޔާޒްއާ މިޒްނާ އަދި ޝައުފާއާ ޔާފިއުވެސް އަނޫޝާއަށް ގޮވާލަން އައެވެ. ޝަރީފާއާ ޝަމްހާވެސް އައެވެ. ނަމަވެސް މާގިނަ އިރު ނުކޮށް އެމީހުން ދިޔައީއެވެ.

ޝިޔާޒްއާ މިޒްނާ މިޝާލްއަކާ ވާހަކައެއް ނުދައްކައެވެ. ދިހައެއް ޖަހަން އުޅެނިކޮށް ޝިޔާޒްއާ ޔާފިއު އެކީގައި ނިކުތީ ބޭރަށެވެ. އެވަގުތު މިޝާލްގެ ބެސްޓް ފްރެންޑް އިހުސާން އައުމުން އޭނައާ އެކީ މިޝާލްވެސް ބޭރަށް ނިކުމެލީ އިރުކޮޅަކުން އެބަ އަންނަން ކަމުގައި އަނޫޝާ ގާތު ބުނެފައެވެ.

“މިޒޫ، ކީއްވެތަ މިޝާލްއާ ވާހަކަ ނުދައްކަނީ؟ މިޒޫ ވާހަކަ ނުދައްކަންޏާ އޭނަ ދެރަ ވާނެއެއްނު؟” އެކަން އަނޫޝާއަށް ފާހަގަ ކުރެވުމުން މިޝާލް ދިޔުމާ އެކު އަނޫޝާ މިޒްނާއާ ސުވާލު ކޮށްލިއެވެ.

“އެންމެން އަނޫހާ ފޮގިވިންގ އެއް ނުވާނެ، އަހަރެން ނުވޭ ދޮންބެއަކާވެސް ޝަމްހާއަކާވެސް ވާހަކަ ދައްކާ ހިތެއް” މިޒްނާ ބުންޏެވެ.

“މިޒޫ، މިޝާލް ބަދަލު ވެއްޖޭ… މީގެ ކުރީގެ މިޝާލްއެއް ނޫނޭ މިހާރު އެއީ” އަނޫޝާ ބުންޏެވެ.

“ކިހިނެއް ބަދަލު ވި ވާހަކައެއްތަ އަނޫ ތިބުނަނީ؟ ދޮންބެ ކުރަމުން އައި ކަންތައްތަކުގެ ތެރޭން އެންމެ ކަމެއް ހުއްޓާލީމަ އެ ރަނގަޅު ވީތަ؟ ރަނގަޅު ކަމުންތަ ދޮންބެ ޝާމްހާއާ އެކީ… ޝަމްހާ ދޮންބެގެ ދަރިއަކަށް ބަލިވެ އޭނީ ރަނގަޅު ކަމުންތަ؟ އަނޫއާ ދޭތެރޭ ކަންތައް ކުރި ގޮތް… އެވެސް ރަނގަޅު ކަމުން…؟ އިއްޔެގެ ކަންތައް… އަނޫއަށް މިހެން މިވީ، މިވެސް ދޮންބެ ބަދަލު ވީމަ، އޭނަ ރަނގަޅު ވީމަ…؟ ކިހިނެއް އެނގެނީ ދޮންބެ ޑްރަގްސް ޔޫސް ކުރުން ހުއްޓާލި ކަމެއް؟ ކާކަށް އެނގެނީ އިއްޔެ އެކްސިޑެންޓް ވީވެސް ދޮންބެ ޑްރަގްސް ޔޫސް ކޮށްގެން ހުރީމަ ނޫން ކަމެއް؟” މިޒްނާ ހުރީ ހަގީގަތުގަވެސް މިޝާލް ދެކެ ރުޅި އައިސްފައެވެ.

“ނޫން… އިއްޔެ މިޝާލް އެކަހަލަ ކަމެއް ކޮށްގެނެއް ނޫން ހުރީކީ. އޭނަ އެކަން ނުކުރާތާ ދެމަސް ވަނީ މިހާރު. ހުއްޓާލި ފަހުން ނުކުރޭ އެކަމެއް. އިއްޔެ…” އެހެން ބުނުމާ އެކީ އަނޫޝާ ޒިހާން މަތިން ހަނދާން ވިއެވެ.

“އިއްޔެ ވީ ކަންތަކުގަ މިޝާލްގެ އެއްވެސް ކުށެއް ނެތް… އަހަންނާ ހެދި އިއްޔެ…” ލޯމަރަލަމުން އަނޫޝާ ލޮލުން އައި ކަރުނަ ފޮހެލިއެވެ. “ޒިހާންއަށް ވީގޮތް ފެނިފަ މިޝާލް ސައިކަލު ދުއްދުއްވާ އިންދާ އަހަންނަށް އޭނަ ގައިން ދޫކޮށްލެވުނީ… އަހަރެންގެ ބޮލަށް އެނބުރުން އެރީ… އެއީ މިޝާލްއާ ހެދި ވީކަމެއް ނޫން…

އިއްޔެ ކަންތައް ވީގޮތުން ކަންނޭގެ މިއަދު އަހަންނަށް މިހެން މިވީ… މިޒޫ، މިޝާލްވެސް މިބޭބީ ބޭނުން ވިއޭ، އޭނަ ޗޭންޖް ވިއޭ، މިބޭބީ ލޫޒް ވިތީ އަހަންނެކޭ އެއްގޮތަށް މިޝާލްވެސް ދެރަވޭ…” އަނޫޝާއަށް ރަނގަޅަށް ރޮވުނީ އެދަރިފުޅަކާ މެދު އެތައް ހުވަފެނެއް ދެކި އެތައް އުންމީދެއް ކުރެވުނު ދަރިފުޅު މަތިން ހަނދާން ވުމުންނެވެ. ދުނިޔެއަށް ނޭވާ ލުމުގެ ކުރިން އެދަރިފުޅު މިދިނުޔެއާ ވަކިވީތީއެވެ.

“އަނޫ…” މިޒްނާއާ ޝައުފާ އެނދުގެ ދެފަރާތުން އައިސް އަނޫޝާގެ ބޮލުގައި ފިރުމާލިއެވެ.

އަނޫޝާ ދެއަތުން މޫނު ފޮހެލިއެވެ.

“އަހަރެން ހީވެސް ނުކުރާ ވަރަށް މިޝާލް ބަދަލު ވެއްޖެ… މިޒޫ ގަބޫލު ކޮށްބަލަ” އަނޫޝާ މިޒްނާއާ ދިމާއަށް ބަލާލިއެވެ.

“ދޮންބެ ކީކޭ ބުނެގެންތަ އަނޫއަށް ތިހާ ޔަގީން ވެގެން ތިއުޅެނީ؟” މިޒްނާ އަހާލިއެވެ.

“އެއްޗެއް ނުބުންޏަސް މީހާގެ އުޅުމަށް އަންނަ ބަދަލުންވެސް އެނގިދާނެ، އެއީ ކުރީގެ މިޝާލްއެއް ނޫން” އަނޫޝާ ބުންޏެވެ.

“އަހަރެންވެސް ތިހެން ހީކުރިން، އެކަމަކު…” މިޒްނާއަށް ގަބޫލު ކުރާކަށް ފަސޭހައެއް ނޫނެވެ.

“އަނޫ، އޭނަ ބަދަލުވީ ކަމެއް ނޫނީ ނުވާ ކަމެއް ނޫނޭ މުހިންމު ކަމަކީ… މުހިންމު ކަމަކީ އަނޫއާ މިޝާލް އިނދެގެން ތިއުޅެނީ އެކަކު އަނެކަކު ދެކެ ލޯބިން ނޫން ކަން. މިހާރު އަނޫއަށް އެނގިއްޖެ އެއްނު މަންމަ އޭރު ހެދީ ދޮގުކަން؟ އޭރުވެސް އަހަރެން ބުނީމެއްނު ދަރިއަކު ނުލިބެނީސް ވަރިވާށޭ؟ މިހާރު އަނެއްކާވެސް އެޗާންސް މިއޮތީ އަނޫއަށް ލިބިފަ. މިޝާލްއަށް އަނޫ ތިބުނާ ރަނގަޅު ބަދަލެއް އައިސްފަ ވާނަމަ ތިދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ނުވާ އިރު މިޝާލްއާ އިނދެގެން އުޅެކަށް އޭނަ އަނޫއަށް މަޖުބޫރެއް ނުކުރާނެ، އަނޫ ބުނެފިއްޔާ އޭނަ އަނޫ ވަރިކޮށްދޭނެ…” ޝައުފާ އަނޫޝާގެ އަތުގައި ހިފާލަމުން ބުންޏެވެ.

“ނޫން ދޮންތާ…” އަނޫޝާއަށް ބުނެވުނެވެ.

އަނޫޝާ އޮތް ރޫމްއަށް ވަންނަން ދޮރު ހުޅުވާލި މިޝާލްއަށް ހުރިތާނގައި މަޑުކޮށްލެވުނީ ޝައުފާ ދެއްކި ވާހަކަ އަޑު އިވުމުންނެވެ. އަނޫޝާ ނޫނެކޭ ބުނި އަޑު އިވުމުން ދޮރު ލައްޕާލާފައި ދާން އުޅުނު ނަމަވެސް މިޝާލްގެ ދެފައި ހަރަކާތެއް ނުކުރިއެވެ. އެމީހުން ދައްކާ ވާހަކަ އަޑު އަހަން ހުރެވުނީއެވެ.

އަނޫޝާއާ މިޒްނާއާ ޝައުފާ ހުއްޓާނުލާ އެވާހަކަ ކުރިއަށް ގެންދިޔަ އިރު މިޝާލް އެހުރިހާ އެއްޗެއް އަޑު އަހަން ހުރިކަމެއް އެކަކަށްވެސް ނޭނގެއެވެ.

“ދެން ކީއްކުރަން އަނޫ ތިހެން އުޅެންވީ؟ ކިތަންމެ މަސައްކަތެއް ކުރިޔަސް ލޯބި ނުވާ މީހަކާ އެކީ އުޅޭކަށް ފަސޭހައެއް ނުވާނެ، މިޝާލް ދެން ކީއްކުރަން އަނޫ ހިފަހައްޓަންވީ؟” ޝައުފާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“އަހަރެން ލޯބި ނުވިޔަސް މިޝާލް އަހަރެން ދެކެ ލޯބިވެޔޭ” އަނޫޝާ މަޑުމަޑުން ބުންޏެވެ.

“ކީކޭ…؟” އިރުކޮޅަކު އެއްޗެއް ނުބުނެ ތިބެފައި ޝައުފާއާ މިޒްނާ އެކީ އަހާލިއެވެ.

“މިހާރު މިޝާލް އަހަރެން ދެކެ ލޯބިވެޔޭ” އަނޫޝާ ދެވަނަ ފަހަރަށް ބުންޏެވެ.

“އެކަމަކު އަނޫ ދޮންބެ ދެކެ ލޯތްބެއް ނުވެއެއްނު؟ އަނޫ އަދިވެސް ލޯބި ވަނީ ޒިހާން ދެކެއެއްނު؟” މިޒްނާ އެހިއެވެ.

އަނޫޝާ އެއްޗެއް ނުބުނެއެވެ.

“އަނޫ، ބުނެބަލަ! ނުވޭތަ ޒިހާން ދެކެ ލޯތްބެއް؟” ޝައުފާ އެހިއެވެ.

“އާނއެކޭ… އަހަރެން އަދިވެސް ޒިހާން ދެކެ ލޯބި ވެޔޭ. ވަރަށް ލޯބިވޭ. އަހަންނަކަށް ހިއެއް ނުވޭ ދުވަހަކުވެސް އެހެން މީހެއް ދެކެ ލޯބި ވެވޭނެ ހެންނެއް. މިޝާލް ވިޔަސް، އަދި އެހެން މީހެއް ވިޔަސް… އަހަރެން އަބަދުވެސް ލޯބިވާނީ ޒިހާން ދެކެ… އެކަމަކުވެސް ދެން އެންމެ ރަނގަޅު ވާނީ ޒިހާން އަހަންނަށް އިންތިޒާރު ނުކުރިއްޔާ… އަހަރެން ނުބުނާނަން މިޝާލް ކައިރިއަކު އަހަރެން ވަރި ކުރާކަށް… އެއް އަހަރު ވަންދެން އޭނަގެ އަނިޔާއަށް ކެތް ކޮށްގެން އުޅެވުނު އިރު އޭނަ އަހަރެން ދެކެ ލޯބި ވާކަން އެނގެންޏާ މުޅި އުމުރުގަވެސް އަހަންނަށް މިޝާލްއާ އެކީ އުޅެވިދާނެ، ދެން އުޅެން ފަސޭހަވެސް ވާނެ” އަނޫޝާ ބުންޏެވެ.

“ވަރިހަމަތަ އަނޫ ދޮންބެ ދެކެ ލޯބި ނުވިޔަސް؟” މިޒްނާ އަހާލިއެވެ.

“އާނ، ހެޔޮ… މިޝާލް އަހަރެން ދެކެ ލޯބި ވާއިރު އަހަންނަކަށް ނުކެރޭނެ އޭނަޔާ ވަކިވާކަށް” އަނޫޝާ ބުންޏެވެ.

“ޝަމްހާ… ދޮންބެ… މަންމަ… އެހެން ގޮސް މިހާރު މިޝާލް… އަބަދުވެސް އަނޫ ވިސްނާނީ އެހެން މީހުންނާ މެދުގަތަ؟ ދުވަހަކުވެސް އަމިއްލަ ނަފްސާ މެދު އަނޫއަށް ވިސްނޭނެތަ؟ އަނޫ ނުޖެހޭ އަބަދު އެހެން މީހުންގެ އުފަލަށް ޓަކާ އަމިއްލަ އުފާ ގުރުބާން ކުރާކަށް، މިއަދުވެސް ޒިހާން އެހެރީ އަނޫގެ އިންތިޒާރުގަ… ކީއްވެތަ އަނޫ އޭނަ ކައިރިއަށް ނުދާންވީ؟ އަނޫގެ އުފަލަކީ ޒިހާން ކަމަށް ވާއިރު ކީއްވެތަ ތިހެން އުޅެންވީ؟ މިޝާލްއަށް ވުރެން މާބޮޑަށް ޒިހާން ލޯބިވެޔޭ އަނޫ ދެކެ، އެކަމެއް އަނޫއަކަށް ނުވިސްނޭތަ؟

އަހަރެން މިހެން ބުނީމަ އަނޫ ދެރަވާނެ ކަން އެނގޭ… ރުޅިވެސް އަންނާނެ… އެކަމަކުވެސް… ކިހިނެއް އެނގެނީ މިއަދު އަނޫގެ ބޭބީ މިސްކެރީ ވުމަކީވެސް އަނޫ މިޝާލްއާ ވަކިވާން ހުޅުވުނު މަގެއް ނޫން ކަމެއްވެސް؟” ޝައުފާ އެދެނީ އަނޫޝާގެ އުފަލަށެވެ. އަނޫޝާގެ އުފަލަކީ ޒިހާން ކަން އަނޫޝާއަށް ވިސްނައިދޭން ޝައުފާ މަސައްކަތް ކުރީ އެހެންވެއެވެ.

“ދޮންތާ! ތިހެން ބުނާކަށް ނުވާނެ… މުޅި އުމުރު ދުވަހު މިޝާލްއާ އެކީ އުޅެން އަހަރެން ތައްޔާރު… އޭނަ އަހަރެން ދެކެ ލޯބި ނުވިޔަސް… ކުރީގަހެން އަނިޔާ ކުރިޔަސް… އަހަރެންގެ ދަރިފުޅު އަލުން އަހަންނަށް ލިބޭނެ ނަމަ…” އަނޫޝާ ރޮމުން ބުންޏެވެ.

އަނޫޝާ ރޯން ފެށުމުން މިޝާލްއަކަށް ކެތެއް ނުކުރެވުނެވެ. އެތެރެއަށް ވަދެގެން އައިސް އަނޫޝާގެ އެނދުގެ ފައިލާ ކޮޅުގައި ހުއްޓުނެވެ.

ޝައުފާއާ މިޒްނާ އެކަކު އަނެކަކަށް ބަލާލާފައި އެނދާ ދުރަށް ޖެހިލިއެވެ. އެމީހުން ދެއްކި ވާހަކަ މިޝާލްއަށް އަޑު އިވުނު ބާއޭ ދެމީހުންގެ ހިތަށްވެސް އެރިއެވެ.

ނަމަވެސް އެވާހަކަތައް އަޑު އިވުނުކަން ދޭހަވާ އެއްވެސް ކަމެއް މިޝާލްގެ ފަރާތަކުން ނުފެނެއެވެ.

“ނުރޮއެބަލަ އަނޫ… ހިތްވަރު ކުރަން ވާނެއެއްނު؟” އަނޫޝާ ކައިރީގައި އިށީނދެފައި މިޝާލް އަނޫޝާގެ ލޯފޮހެދިނެވެ.

އަނޫޝާގެ ހިތުތެރޭ ހިނގަމުންދާ ކޯޅުންގަނޑާ، ކުޑަ އިރުކޮޅެއް ކުރިން ޝައުފާއާ މިޒްނާ ދެއްކި ވާހަކައިގެ ސަބަބުންނާ، މިޝާލްގެ ފަރާތުން ލިބެމުންދާ އަޅާލުމާ އެކު އެވަގުތު އަނޫޝާއަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ.

“އަނޫ…” މިޝާލް ބޭނުންވީ އެވަގުތު އަނޫޝާ ގައިގައި ބައްދާލާށެވެ. ނަމަވެސް ޝައުފާއާ މިޒްނާ ތިބުބުން އިހުސާސްތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރަމުން މިޝާލް އަނޫޝާގެ މޫނު ފޮހެލާފައި އަތުގައި ހިފާލިއެވެ.

ޝައުފާއާ މިޒްނާ ތިބީ އެމަންޒަރު ބަލާށެވެ. ޔަގީން ނުވެފައެވެ. މިޝާލް އަނޫޝާގެ ލޯފޮހެދިން ގޮތާ ވާހަކަ ދެއްކި ގޮތުން ކުޑަ އިރުކޮޅެއް ކުރިން އަނޫޝާ ދެއްކީ ތެދު ވާހަކަތަކެއްކަން ގަބޫލު ކުރަން މަޖުބޫރުވިއެވެ.

އެރޭ އަނޫޝާއަށް ނިދުމުން މިޝާލް އަނޫޝާ ކައިރީގައި އިށީނދެ އަނޫޝާގެ މޫނަށް ބަލަން އިނެވެ. މުޅި އެދުވަހު އަޑު އިވުނު ވާހަކަތައް މިޝާލްގެ ހިތާ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ނަމަވެސް އެކަންތަކާ މެދު ވިސްނާލާނެ ފުރުސަތެއް މިޝާލްއަށް ލިބުނީ އެވަގުތުއެވެ.

އަނޫޝާ މިޝާލް ދެކެ ލޯބި ނުވާކަން މިޝާލްއަށް އެނގެއެވެ. އަނޫޝާ ލޯބިވަނީ ޒިހާން ދެކެކަންވެސް އެނގެއެވެ. ނަމަވެސް އަނޫޝާގެ ދުލުން އެހެން ބުނި އަޑު އިވުމުން މިޝާލްގެ ހިތަށް ތަދުވިއެވެ. ދެރަ ވިއެވެ. ވަރަށް ދެރަ ވިއެވެ. ޒިހާން ނޫން މީހެއްދެކެ ދުވަހަކުވެސް ލޯތްބެއް ނުވެވޭނެޔޭ އަނޫޝާ ބުނި އަޑު އިވުމުން ހިތް ޗިސްޗިސް ވެގެން ދިޔަފަދަ އިހުސާސެއް މިޝާލްއަށް ކުރެވުނެވެ. އެއަޑު އިވުނު ވަގުތު މިޝާލްގެ ހުރިހާ އުންމީދެއް ވަޔާ ވިހުރުވިގެން ދިޔަ ކަހަލައެވެ. މިޝާލްގެ ލޯބިން އަނޫޝާގެ ހިތް ކާމިޔާބު ކުރެވިދާނެ ކަމަށް ދެކުނު ހުވަފެންތައް ވިއްސިވިހާލި ވެގެން ދިޔައެވެ.

އެކަމާ ވިސްނި ވަރަކަށް ލޯތްބަކީ ކޮބާކަން މިޝާލްއަށް އެނގި ދަސްވިއެވެ.

އަނޫޝާގެ ލޯތްބަށް މިޝާލްގެ ހިތް އެދޭ ވަރު އެނގެނީ މިޝާލްއަށެވެ. އަނޫޝާއާ ވަކިން އުޅޭނެ ގޮތެއް ހިތަށް އަރުވާލިޔަސް މިޝާލްގެ ހިތަށް ބަޔާން ނުކުރެވޭ ނުތަނަވަސް ކަމެއް ވެރިވެގެން ދެއެވެ. އަނޫޝާއާ ވަކިވާން ޖެހިއްޖެ ނަމަ ވާނެ ގޮތް މިޝާލްގެ ޚިޔާލަށްވެސް ނުގެނެވޭނެއެވެ.

ވީއިރު އަނޫޝާވެސް ޒިހާންގެ ލޯތްބަށް އެދޭނެއެވެ. ޒިހާންއާ ވަކިން އަނޫޝާ އެހޭދަ ކުރާ ދިރިއުޅުމަކީ ކިހާ ހިތްދަތި ދިރިއުޅުމެއް ކަން މިޝާލްއަށް އިހުސާސް ކުރެވެނީ އެފަދަ ދުވަހެއް މިޝާލްއަށްވެސް އައިއްސި ނަމަ ވާނެ ގޮތަކާ މެދު ވިސްނާލެވުމުންނެވެ.

ލޯތްބަކީ ކޮބާ ހެއްޔެވެ؟ ލޯބިވާ މީހާ ޙާސިލް ކުރުން ހެއްޔެވެ؟ ލޯބިވާ މީހާގެ އުފަލަށް އެދުން ހެއްޔެވެ؟ ލޯތްބަށް ޓަކާ ލޯބި ގުރުބާން ކުރުން ހެއްޔެވެ؟

އެތައް އިރެއް ވަންދެން މިޝާލް ވިސްނިއެވެ. ގޮތެއް ނިންމުމުން ހިތަށް ލުއި ވެގެން ދިޔައެވެ. ހިނިތުން ވެލަމުން މިޝާލް ގުދުވެ ނިދިފައި އޮތް އަނޫޝާގެ ނިތްކުރީގައި ބޮސްދިނެވެ. ތެދުވެފައި އަދިވެސް އެއްފަހަރު ތިރިވެލަމުން އަނޫޝާގެ ތުންފަތުގައި މިޝާލްގެ ތުންފަތް ޖައްސާލީ ހިތް އެދުނު ވަރުންނެވެ.

ހޮސްޕިޓަލުން އަނޫޝާ ދޫކޮށްލީ ހަތަރު ދުވަސް ފަހުންނެވެ. އެދުވަސްތަކުގެ ތެރޭގައި މިޝާލްއަށް އައިސްފައިވާ ބަދަލު ދެއާއިލާގެ އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ.

އަނޫޝާއަށް ގޮވާލަން މިޒްނާ ކޮންމެ ދުވަހަކުވެސް ދެއެވެ. ގެޔަށް ދިޔަ ދުވަހުވެސް މިޒްނާ ދިޔައެވެ. އޭގެ ކުރިންވެސް މިޝާލްގެ ބަދަލު ވެފައިވާ މިޒާޖު ފެނިފައި ވީ ނަމަވެސް މިޒްނާ އެވާހަކަ ޝިޔާޒްއަކާ ނުދައްކައެވެ. އެދުވަހު ގެޔަށް ގޮސް ފެނުނު މަންޒަރުން މިޒްނާ އެވާހަކަ ޝިޔާޒްއާ ދައްކަން ބޭނުންވިއެވެ.

ނަސީރާ ކައިރީ ވާހަކަ ދައްކާލަން އިރުކޮޅަކު އިނދެފައި މިޒްނާ މައްޗަށް އެރިއެވެ. މިޝާލްގެ ކޮޓަރި ދޮރު ހުޅުވާލީ މަޑުމަޑުންނެވެ. އެއާއެކު ފެނުނު މަންޒަރުން މިޒްނާއަށް ހައިރާން ވެފައި ބަލަން ހުރެވުނެވެ.

އެވަގުތު އަނޫޝާ ކާންވީ ބޭހާ ފެންތައްޓެއް ހިފައިގެން އައިސް މިޝާލް އެނދުގައި އިށީނެވެ. އަނޫޝާ އަތަށް ބޭސްތައް ދީފައި އަނޫޝާ ބޭސް ކެއުމުން ފެންތަށި ދިނެވެ. އަނޫޝާ ފެން ބޮއެފައި ތަށި ދިނުމުން ސައިޑްޓޭބަލް މަތީ ތަށި ބަހައްޓާފައި މިޝާލް އަނޫޝާ ގާތު އިށީނދެ އަނޫޝާގެ މޫނުމައްޗަށް ވެއްޓިފަ އޮތް އިސްތަށި ކޮޅު އެއްއަތުން ކަންފަތް ކައިރީ އަޅުވާދިނެވެ.

އަނޫޝާ މިޝާލްގެ މޫނަށް ބަލާލާފައި ހީލި ނަމަވެސް އެލޮލުން އަދިވެސް ފެންނަނީ ހިތާމައެވެ. މިޝާލް އަނޫޝާގެ މޫނުގައި ހިފާލަމުން އަނޫޝާގެ ނިތްކުރީގައި ބޮސްދިނެވެ.

މިޒްނާ ދޮރު ހުޅުވާލިހާ މަޑުން ދޮރު ލައްޕާލާފައި ނިކުތެވެ. އެމަންޒަރު ފެނުމުން މިޒްނާގެ ހިތަށް ފިނިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް ހަމަ އެވަގުތު ޒިހާން މަތިން ހަނދާން ވިއެވެ. އެދުވަހު ހޮސްޕިޓަލުގައި އަނޫޝާ ދެއްކި ވާހަކަވެސް ހަނދާން ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިންސާފް.. 08 ވަނަ ބައި

Next

ހާދަހާވޭ ކުރާހިތް ސަމާސާ 26 ވަަނަ ބައި

Next
April 18, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 26 ވަަނަ ބައި

Previews
April 18, 2016

އިންސާފް.. 08 ވަނަ ބައި

25 Comments!

  1. kiddy says:
    April 18, 2016 at 6:22 pm

    OBBINESS TO THE MAX . kiddy bunaany marsha ebahuriey story liyumuge hunaru . Never Give Up ey .. ?

  2. aff says:
    April 18, 2016 at 6:24 pm

    me 1st tha

  3. aff says:
    April 18, 2016 at 6:26 pm

    marsha ir the best . . story hama suparb…? .. mishal bunaany ” Lowbi guruban kuraanan ANU ah takaa “

    1. ?? says:
      April 18, 2016 at 6:50 pm

      Ya, I also think the same.. bt anu nd mishal divorce vehjiyya v sad vaane?

  4. manjey says:
    April 18, 2016 at 6:35 pm

    First tha? Vaahaka vrh reethi

    1. MARSHA says:
      April 18, 2016 at 9:10 pm

      NUNEY MAARSHA GE ADHI ULHEY NE SALHI VAAHAKA KOLHEY AVAHAH KIYAN ULHEY!!

  5. Anonymous says:
    April 18, 2016 at 6:40 pm

    mishal n anoo gulheny..

  6. idiot says:
    April 18, 2016 at 6:44 pm

    kiddy menvex miharu esfiyatha ulheni:D Jokeh tha mi .By the way vaahaka vareiy neiy

  7. mary says:
    April 18, 2016 at 6:44 pm

    Haadha reechey mi vaahaka..avaha up kodhee next part.

  8. Xoa says:
    April 18, 2016 at 6:45 pm

    Story is obiness. I just loved it. Marsha you are the best. Keep going im waiting for the next part. Keep it up.. ?????

  9. Appy says:
    April 18, 2016 at 6:51 pm

    Dhn rythi vaany anoo n xihaan gulhuvyma

  10. princess says:
    April 18, 2016 at 7:18 pm

    Wowwww…nyc ..kiddy…. Nw vaahaka ahvx comment kuran ingeytha?…princess hykuriilava ah ekani kamah ???…heheh

    1. nym says:
      April 18, 2016 at 8:12 pm

      hahahahahahahaha…

  11. Hooo says:
    April 18, 2016 at 7:49 pm

    Anoo and mishal.❤️❤️????

  12. Anoo n mishal glhuvaag says:
    April 18, 2016 at 7:53 pm

    Hasy

  13. hasy Anoo n mishal glhuvaag says:
    April 18, 2016 at 7:57 pm

    Anoo n mishal glhuvaa

  14. Amee says:
    April 18, 2016 at 8:33 pm

    Konme dhuvahaku 2 times ga kiyaalan kibeynegotheh nuvaanetha? V v salhi mi story. Mihaaru v salhi dhaagoh.

  15. shamha says:
    April 18, 2016 at 8:39 pm

    nooney knme dhuvahaku 10 faharuveshama kiyanvee…u cn read this part as many times as u wnt.?

  16. ken? says:
    April 18, 2016 at 8:40 pm

    mishal aa anoo gulhenee…n i was expecting shamhage baby miscarriage vaane kamah…dn ok dhw will c wat ll hpn next☺

  17. Faathun says:
    April 18, 2016 at 8:57 pm

    Oh yes.. awahah anu and zihan gulhuwaaa . Anu and zihan gulhenee.. shamha and mishal aslu vx gulhey kanneyge maa.. anu ah anu ge lwbi hoadha dheee.. maasha dhen anu and zihan gulhuwaba please

    1. ny says:
      April 19, 2016 at 7:20 am

      anu ah anuge loabi libenjehey. Mishal o!! Mishal ah vx libenjeheyne dhw mishalge loabi… Oh god, this is so complicated.. vaany kihineiybaa dhww…

  18. MADDY says:
    April 18, 2016 at 9:09 pm

    MARSHA NEHIYYYY !!! ZIHAAN AAI ANOO EH NOON! DHEN SHAMHAA MARU VAANI ! DHEN EYNA GE DHARI ANU N MISHAAL BALANY AND HAPILY EVER AFTER!!

    1. Hooo says:
      April 18, 2016 at 11:36 pm

      Maddy! I was thinking the same.
      Eyrun varah salhi vaaney dho.

  19. Amee says:
    April 18, 2016 at 11:45 pm

    New part Beynuvany time ga ves kiyaalan. Hehehe

  20. kamana says:
    April 19, 2016 at 12:14 pm

    v reethi mi bai ves

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 23←


All Right Reserved!