Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ނުވަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
April 18, 2016 6 Mins Read
29 Comments

ފޯނު ކަނޑާލުމަށްފަހު މަންޝާ ގޮނޑިން ތެދުވެ ފޮތްތައް ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ މަންޝާގެ ފޮތްތައް ބަހައްޓާފަ ހުންނަ ކަނުގައި ފޮތްތައް ބަރިއަކަށް ބަހައްޓާލިއެވެ. ހެދުން ބަދަލުކުރަން ގައިން ހެދުން ވަކި ކޮށްލުމުން އަނެއްކާވެސް ގައިގާހުރި ވަކިތަކާއި ނޫފައިގެންފައިވާ ތަންތަން ފެނުމުން މަންޝާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ.

“މީ ކޮން ކަންތައް ގަނޑެއްބާ؟… ގައިމު އަހަރެންގެ ނިޔަފަތިވެސް ކަނޑާފަ ހުންނާނީ…. ދެން މީކޮން ވަކިތަކެއް؟….” ހިތާހިތުން އެތައް ސުވާލުތަކެއް ކުރަމުން ދިޔައީ އެކަމަކީ މަންޝާއަށް ނޭނގި ހިނގާފައިވާ ކަމަކަށް ވާތީއެވެ. އެކަމުގެ ހަޤީގަތް ބަލަން ބޭނުންވިއެވެ.

ނިދަން ލާ ޓީޝާޓާ ހަރުވާޅު ލުމަށްފަހު ތަޅުންމަތީގައި އަޅާފައިވާ ގޮދަޑީގައި މަންޝާ އޮށޯވެލަމުން ބެޑްޝީޓާއި ބާލީސް ރަނގަޅު ކޮށްލިއެވެ. ފޯނުން އަޒީމްގެ ނަންބަރަށް ލޯބީގެ ގުޑްނައިޓް މެސެޖެއް ފޮނުވާލުމަށްފަހު ބާލީހުގައި ބައްދާލައިގެން ނިދޭތޯ ލޯމަރާލިއެވެ. އެހެން ރޭރޭ ނިދޭހާ ފަސޭހައިން މަންޝާއަށް ނިދޭ ގޮތެއް ނުވިއެވެ. މަންޝާގެ ހަށިގަނޑުގައި ފަހަކަށް އައިސް ފާހަގަ ވަމުން އައި ނިޝާންތަކުގެ ސަބަބުން ފެންމަތިވަމުން އައި ސުވާލުތަކަށް ޖަވާބެއް ނުހޯދޭތީ އެކަމާ މަންޝާ ވަރަށް ކަންބޮޑު ވިއެވެ. ދެއަތަށް ފުރޮޅިލަ ފުރޮޅިލަ އެހެން އޮއްވާ މަންޝާއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ.

ގަދަ ނިދީގައި އޮއްވާ މަންޝާއަށް އޭނާގެ ހަށިގަނޑުގައި މީހަކު ބީހޭހެން ހީވުމުން ދެލޯ ހުޅުވާ ތަންމިނަށް ބޮޑުކޮށްލެވުނެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. މަންޝާއަށް ތެޅިގަނެވުނީ އޭނާގެ ހަށިގަނޑުން ބައެއް ފޭރާންތައް މަދު ހެން ހީވުމުންނެވެ. ނަމަވެސް މަންޝާއަށް ކަމެއް ނުކުރެވުނީ އެމީހަކު ހުށިޔާރު ކަމާއި އެކީ މަންޝާގެ ގައި މައްޗަށް ވެއްޓިގަތުމުންނެވެ. މަންޝާ ލައިގެން އޮތް ޓީޝާޓް ވަނީ ކަރުދަށާ ހަމައަށް މައްޗަށް އަރާފައެވެ. ހަރުވާޅުވަނީ ކަކުލާ ހަމައަށް ތިރިކޮށްފައެވެ. އަޑަށް ލެވުނުހާ ބާރެއްލާ މަންޝާ ހަޅޭއްލަވައިގަތީ އެވަނީ ކިހާވަރެއްގެ ކަމެއްކަން ނަގައިގަނެވުމުންނެވެ. ހަޅޭކުގެ އަޑު ބޭރުވުމުން އެމީހާގެ ބޮޑު އަތްތިލައިން މަންޝާގެ އަނގަމަތީގައި އަތް އެޅިއެވެ. މަންޝާގެ އަޑު މަޑުވުމުން އަނގަމަތިން އެމީހާގެ އަތް ނަގާ މަންޝާގެ މޫނުމަތީ ހޫނު އެތިފަހަރެއް ޖެހިއެވެ.

ވީ ތަދުން މަންޝާއަށް ރޮއިގަނެވުނެވެ. “އައްދޯތް…”

މަންޝާގެ މޫނާ އެމޫނު ގާތްކޮށްލިއިރު މަންޝާއަށް އެއީ ކާކުކަން ވަކިކުރަން އެނގުނެވެ. އެވީ ވަގުތުކޮޅު ތެރޭގައި ކޮޓަރީގައިވާ ކަނު އަނދިރިކަމަށް މަންޝާގެ ލޯ ހޭނިގެން ދިޔައެވެ. މަންްޝާގެ ހަށިގަަނޑުގައި ބީހެމުންދިޔަ މީހާ އެނގުމުން މަންޝާ ހުރީ އާގަމަކަައިފައެވެ. އެ ލިބުނު ހައިރާންކަމުން މަންޝާގެ ދުލުން ބަހެއް ބޭރުވާ ގޮތެއް ނުވިއެވެ. ސިންގާއެއްހެން މަންޝާގެ ގައި މައްޗަށް އަރާ އިށީނދެގެން އޭނާ ބަލަހައްޓައިގެން އިނީ ރުޅިވެރި ގޮތަކަށެވެ.

“ރޯގާ ޖެހިގެން ކާން ގެނެސްދިން ބޭސްތައް މިރޭ ނުކަންދޯ… ދެން ކިހިނެއް ތިވަރުން ރޯގާ ރަނގަޅުވާނީ….. ކަމެއް ކުރާށޭ ބުންޏަސް ބުނާ ގޮތަށް އެއް ކަމެއްވެސް ނުކުރާތި؟…”

ހަސަންބެ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން މަންޝާ އޭނާ ލައިގެން އޮތް ޓީޝާޓް ތިރިކޮށްލިއެވެ. މަންޝާގެ ހަަށިގަނޑުގައި ކުރެހިފައިވާ ވަކިތަކަކީ ކިހިނެއް އައި ވަކިތަކެއްކަން މަންޝާއަށް ޔަގީންވެއްޖެއެވެ. ނަމަވެސް އެފަދަ ކަމެއް ހަސަންބެ ކޮށްފާނެކަމަށް މަންޝާ ދުވަހެއްގެ ކޮޅުންވެސް ހިތަކަށް ނާރައެވެ. ރޯގާ ޖެހުމުން ހަސަންބެ ގެނެސްދިން ބޭސްތަކަކީ ކޮންމެ ރެއަކު ނިދުމުގެ ކުރިން ކާން ހުރި ބޭސްތަކެވެ. އެ ބޭސްތައް ކެއުމުން ވާނުވާ ނޭނގޭހާ މަންޝާގެ ނިދި ގަދަވެގެން ދިޔުމުން ހަސަންބެ އެވަގުތުގެ ނާޖާއިޒް ފައިދާ ނަގަނީއެވެ.

ހަސަންބެގެ އަތުން އަނެއްކާވެސް މަންޝާގެ ގައިގައި ފިރުމަމުން ކަރުދޮށަށް ގުދުވާން މަސައްކަތް ކުރަމުން ދިޔައެވެ. ގަބުއަރާފައިވާ މަންޝާގެ އަތަށް ގެނައި ކުއްލި ހަރާކާތާ އެކީ ހަސަންބެ މޭމަތީގައި އަތް އަޅާ ދުރަށް ޖައްސާލެވުނެވެ.

“މައިތިރިވެގެން އޮވޭ… އެހެންނޫނީ ކަލޭ މަންމައަށް ވުރެއް ބޮޑަށް ކަލޭ ބަދުނާމު ކޮށްލާނަން… އެހެންނޫނީ މުނީރާ އަންނަންވާ އިރަށް ކަލެއަށް ޖެހޭނީ މިގެއިން ނުކުމެގެން ދާން… ހިމޭނުން އޮވޭ… ކަލޭ މިގެއަށް ގެނައީ އަހަރެމެން ބޭނުންވާ ކަންކަން ކޮށްދޭގޮތަށް އެއްބަސްވެގެން… ފައިސާ ފޮއްޗެއް ނުދީ މާލޭގައި ކަލެއަށް ކިޔަވަން ހުރެވޭ އިރު އަހަރުންނަށް ވަނީ ވަކި ކޮން ފައިދާއެއް….”

ހަސަންބެގެ އަނގައިން ނުކުންނަމުން ދިޔަ ހޫނު ބަސްތަކުން ހަދާނެގޮތް މަންޝާއަށް ހުސްވިކަހަލައެވެ. މަންމައަށް މީހުން ކުރަމުންދާ މަލާތްމާތް އޭނާގެ ކަންފަތުގައި ހަރުުލާފަ ހުރުމުން މަންޝާ އެ ފިރުމުންތަކާ ދެކޮޅު ހެދިއެވެ. “ނޫން.. ހަސަންބޭ.. ތިހެން ނުހަދާ…”

“މަށެއް ނޫޅެން ކަލެއަށް ދަރިއެއް ދޭކަށް… މައިތިރި ވެބަލަ…” މަންޝާ ރޮއިރޮއި އޮއްވާ ހަސަންބެ އޭނާގެ ގަޔަށް އަތްފޯރުވަމުން ދިޔައީ އެއީ އޭނާ ކުޅެން ގެނެސް ބާއްވާފައި އޮތް ބުދެއް ފަދައިންނެވެ.

*** *** *** *** *** ***

“ދޫކޮށްލާ… ދޫކޮށްލާ…” މަންޝާއަށް ބާރަށް ރޮއިގަނެވުނެވެ. އެނދުގައި އޮށޯވެގެން އޮތް މަންޝާގެ ހަށިގަނޑުގައި ފަހަތުން ބައްދާލި އަޒީމަށް ސިއްސައިގެން ގޮސް ތެދުވެވުނީ މަންޝާ ސަލާމަތަށް އެދި ރޯން ފެށުމުންނެވެ. މަންޝާ ނިދީގައި އޮވެގެން ސަލާމަަތަށް އެދި ރޮމުން ދިޔައިރު އަޒީމް އޭނާ ހޭ އެރުވޭތޯ ގޮވަމުން ދިޔައެވެ.

އެންމެ ފަހުން މަންޝާގެ ކޮނޑުގައި ހިފާ އަޒީމް ތަޅުވާލިއެވެ. “އޭއި…. ކިހިނެއްވީތަ؟… މަން… މަން ހޭލަބަލަ…”

އަޒީމްގެ އަޑަށް މަންޝާ ދެލޯ ހުޅުވާލަމުން ޗޮކެއް ކަނޑާލިއެވެ. “ހޫން.. އަޒީމް … ކިހިނެއްތަވީ؟… ތަނެއްގަ ރޯވީތަ؟..” އަޒީމްގެ ހަރަކާތް ހުރިގޮތުން މަންޝާ އެހެން ބުނެލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.

“ކިހިނެއްހޯ ވީ… އަދިވެސް މަދޯ މި ގޯސްވީ… މަަން ނިދާފަ އޮވެ ރޯތީ މިގޮވީ…. ކިހިނެއްވީ!.. ބިރުވެރި ހުވަފެނެއް ފެނުނީތަ؟…” މަންޝާއަށް ފެނުނު އެއްޗެއް އޮޅުންފިލުވަން ޝައުގުވެރިވެފައި އިން އަޒީމް އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ.

މަންޝާގެ ލޯ މައްޗަށް ހަސަންބެގެ ނުލަފާ މޫނު ސިފަވެގެން ދިޔައެވެ. ނަމަވެސް އެވާހަކަ އަޒީމް ގާތު ނުބުނެ އޮޅުވާލަން ދޮގެއް ހަދާލިއެވެ. “މަށަކަށް ނޭނގެ.. ހުވަފެނެއް ނުފެނޭ… ތީ އަޒީމަށް ހީވި ގޮތް….”

މަންޝާގެ ބަނޑު ދޮށުގައި އޮތް ފޯނު ނަގާ ގަޑިއަށް ބަލާލީ ބަނޑުހައި ވާހެން ހީވާތީއެވެ. އޭރު ގަޑިން މެންދުރު އެއްގަޑި ބައިވަނީއެވެ. އެނދުން ތެދުވެ މޯޅިއަކަށް ދެމިލާ ހަށިގަނޑު ދަމާލުމަށްފަހު ކޮޓަރިން ނުކުތުމަށް މަންޝާ ހިނގައިގަތެވެ. ކޮޓަރިން ނުކުމެގެން ދިޔަ މަންޝާއަށް ބަލަން އޮތް އަޒީމަށް އަނެއްކާވެސް ދެލޯ މެރި ނިދިއްޖެއެވެ.

އަޒީމަށް ލޯ ހުޅުވާލެވުނީ މަންޝާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަޒީމް ނުހޭލައިގެން މަންޝާ ގޮވަން ފެށުމުންނެވެ. މެންދުރު ފަސްވެއްޖެއެވެ. ރިޔާޒާއި މީރާއާ ބައްދަލުކުރަން ދާ ވާހަކަ ބުނެފައި އޮތުމުން ޑިއުޓީއަށް ދިޔުމުގެ ކުރިން އެކޮޅަށް ދާން މަންޝާ ހަނދާން ކޮށްދިނެވެ. އަދި އަޒީމަށް އެންމެ މީރުގޮތަށް ވަޅޯމަސް އަޅައިގެން ސްޕެގެޓީ ތައްޔާރު ކޮށްފައިވާ ވާހަކަ ބުނުމުން އަޒީމް ފުންމައިގެން ތެދުވެ ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން ނުކުތެވެ.

އަޒީމް ފާޚާނާއިން ނުކުތްއިރު މަންޝާ ހުރީ ޑްރެސިންގް ޓޭބަލް ކައިރީގައި ރީތިވާށެވެ. މޫނުމަތީގައި މަޑުމަޑުން ފުށްމާ ހާކާލުމަށްފަހު އަނދުން އަޅަން ގެންގުޅޭ ފަންސޫރު ނަގާ ލޮލުގެ ރަވައިގަޔާއި އެސްފިޔަމަތީގައި އަނދުން ކުލަ ފާއްދާލިއެވެ. ފާޚާނާއިން ނުކުމެ އަޒީމް ރީތިވާން ފެށުމުން، ކޮޓަރިން ބޭރަށް މަންޝާ ނުކުތެވެ. އަދި ކާމޭޒު މައްޗަށް ކާން ތައްްޔާރުކުރަން ފެށިއެވެ. މަންޝާވެސް ނުކައި މަޑުކުރީ އަޒީމްއާ އެކީގައި ކާށެވެ .

ދެމީހުން އެކީގައި ކައިގެން ނުކުތީ ސައިކަލުގައި ހޮސްޕިޓަލް ދޮށަށް ދިޔުމަށެވެ. މީރާއާ ރިޔާޒާ ބައްދަލު ކުރާށެވެ. އަދި މަންޝާގެ ޕްރެގްނެންސީ ރިޕޯޓްގެ ނަތީޖާވެސް ނަގާށެވެ.

*** *** *** *** *** ***

އަމާންއާއި އީމާންގެ ކިޔެވުން ދަށަށް ދާތީވެ މުނީރާ އެކުދިން ޓިއުޝަނަށް ގެންދަނީ އަތުން ވަރަށް ބޮޮޑު ހޭދައެއް ކޮށްފައެވެ. އެގޭގައި މަންޝާ ނެތުމުން މުނީރާގެ ދަރިންގެ ކިޔެވުމުގެ ކަންތައް ބަލައިދޭނެ މީހަކު ނެތެވެ. މަންޝާ ކޮށްދިން މަސައްކަތް މަތިން މުނީރާ ވަރަށް ހަނދާންވެއެވެ. ސޯފާގައި އިށީންދެގެން މުނީރާ އިނީ ދުފާ ތަބައް އުނގަށް ލައިގެން ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަކަށް ގެއްލިފައެވެ. ހަސަނު އައިސް މުނީރާ ގާތުގައި އިށީންނަމުން ފޯއް ތަބަކުން ފޯއް ފޮއްޗެއްނަގާ އަނގަޔަށް ލާ ކޮލު ދަތްތަކުން ހަފާލިއެވެ.

“އިއްޔެ މަންޝާއާއި ދިމާވި.. އެ މަންޖެ މިހާރު ވަރަށް ފަލަ… އަހަރެން ބުނިން މިގެއަށް އަންނައްޗޭ…” ހަސަނާ ދިމާލަށް ކަޅިއެއް އެއްލަމުން މުނީރާ ވާހަކަ ދެއްކިއެވެ.

މަންޝާގެ ނަން މުނީރާގެ ދުލުން ބޭރުވުމުން ހަސަނަށް މުނީރާއާއި ދިމާލަށް ވަށްކަޅިން ބަލާލެވުުނެވެ. “އެހެންތަ؟… އެ މަންޖެ އެހާ ފަލަވީ ކިހިނެއްވީ؟.. އަނެއްކާ ބަނޑުބޮޑީ ކަންނޭނގެ… އެދެމަފިރިން ރަނގަޅު ދޯ…”

ހަސަނު އޭނާއަށް ފެނުނު ޚިޔާލެއް ދެމުން ސުވާލުކޮށްލިއެވެ. ކުރިން ހިކިކޮށް ހުރި މަންޝާ މިހާރު މަސްޖަހާ ފަލަވެފައިހުރި ވާހަކަ ބުނުމުން ހަސަނަށް އެ މަންޒަރު ސިފަވެގެން ދިޔައެވެ. އަދި އެއްފަހަރު މަންޝާ ގައިގައި ބީހިލަން ލިބޭނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އޮޅުވާލަމުން ފަލަމަސްގަނޑާ ދިމާލުން ފަޓުލޫނުގައި ހިފާ މައްޗަށް ޖައްސާލަމުން ފަޓުލޫނު މަތިން ކުރިމަތިފަރާތް ކަހާލީ ހަސަނުގެ އިހްސާސްތައް ކޮޅުންލާން ފެށުމުންނެވެ.

“އަހަންނާ ދިމާވީ މަންޝާ އެކަނި…. ޓެކްސީއިން ފައިބައިގެން ގެއަށް ދަނިކޮށް ދިމާވީ… މާވެޔޮމަގު ހިސާބުގައި އެމީހުން އުޅެނީ.. ދެން އަނެއްހެން މިގެއަކާ ދުރެއްވެސް ނޫނެއްނު… އެމަންޖެ ގާތު ބުނަން ވެއްޖެ އަމާން މެންނަށް ކިޔަވައި ދޭށޭ…” ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން މުނީރާގެ ވާހަކަ މެދުކެޑުނެވެ. ފޯއް ތަބައް ހަސަނު އަތަށް ދެމުން މުނީރާ ފޯނު ނެގިއެވެ.

“ކީކޭ… މަދީހައްތާ….” ކަންފަތުގައި ފޯނު ޖެހުމާއި އެކީ މުނީރާ ޖަވާބު ދިނެވެ.

“ކިހިނެއްތަ މުނީރާ…. ދަރިންކޮޅު ރަނގަޅުތަ؟…” އާދައިގެ މަތިން މަދީހާ ގުޅައިފިއްޔާ އެންމެ ފުރަތަމަވެސް ބަލާނީ މުނީރާއާއި އެގޭ ކުދިވެރިންގެ ހާލެވެ.

އެންމެންގެ ހާލު ރަނގަޅު ކަމަށް ބުނުމުން މަދީހާ ދައްކަން ބޭނުންވެގެން ގުޅި ވާހަކަ ދައްކަން ފެއްޓިއެވެ.

“ރޭގަ އަހަރެންނަށް ނިދޭ ގޮތެއްނުވި… މަންޝާ ވަރަށް ބަލިވެފައި އޮއްވާ ހުވަފެނުގައި ފެންނަނީ… އެ މަންޖެ މިއިން ދުވަހަކު ދުށިންތަ؟…” މަދީހާ ސުވާލުކުރުމުން ރޭގަ މަންޝާއާ ދިމާވި ވާހަކަ މުނީރާ ބުނެލިއެވެ.

“މަދީހައްތަ ވެއްޖެއްނު އެމަންޖެއަށް ގުޅަން… އޭނަ ކައިވެނި ކުރިފަހުން މިހާރު ހަތް އަހަރުވީ… އަދިވެސް އެކަމާ ހިތްހަމަނުޖެހިފަތަ ތިހުރީ… ދެން މަދީހައްތަ ގޮތްދޫކޮށް އެމަންޖެއަށް ގުޅާބަލަ… މަދީހައްތަގެ އިތުރު ކުއްޖަކުވެސް ހުރީކީ ނޫންވިއްޔަ… ދެން އެކަނިމާ އެކަނި އަމާ ބަލަން ރަށުގަ ތިހެން ހުންނަ އިރު އެމަންޖެ މަތިން މާ ބޮޑަށް ހަނދާންވީމަ ތިކަހަލަ ފާޑުފާޑުގެ ހުވަފެންތައްވެސް ފެންނާނެ…”

ފޯނުން ވާހަކަ ދައްކަން އިން މަދީހާގެ ލޯ ކަރުނުން ފުރިގެން އައެވެ. އޭނާ މަންޝާއާއި ވާހަކަ ނުދައްކާ ހުއްޓަސް މަންޝާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް މަންމަގެ ބަސް ގަބޫލުނުކޮށް އަޒީމްއާ ކައިވެނިކުރީ ތީވެ، މަދީހާ އެ ހުންނަނީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައެވެ. މިހާރު މަދީހާގެ މައި ލަގޮނޑިއަށް ކެތްވަނީކީ ނޫނެވެ. އަދި ރޭގައި އެފެނުނު ހުވަފެނުން މަންޝާގެ ހާލު ރަނގަޅު ނޫނޭ ހިތަށް އަރަމުން ދިޔައެވެ.

ފޯނުން މަންޝާގެ ފޯނު ނަންބަރު ޖަހަމުން ދިޔައިރު މަދީހާ އިނީ ދެޚިޔާލެއްގައެވެ.

*** *** *** *** *** ***

އުމުރުން މިވީހާ ދުވަހެއް އަމިއްލަ ރަށުގައި ހޭދަކޮށްފައިވާ މަދީހާ ދިރިއުޅެމުން އައީ ވަރަށް އެކަނިވެރިކޮށެވެ. މަދީހާގެ ހުރި ހަމައެކަނި ދަރިފުޅު މަތީ ތަޢުލީމް ހާސިލްކުރަން މާލެއަށް ފޮނުވީ އެ ކުއްޖާއަށް ރަނގަޅު ތައުލީމެއް ލިބިި މީހުން ގަދަރުކުރާ ފަަދަ މަގާމެއްގައި ވަޒީފާ އަދާކޮށް އުޅޭތަން މަދީހާ ދެކެން ބޭނުންވާތީއެވެ. ދުނިޔެމަތީގައި އުޅޭ ނުބައި ނުލަފާ މީހުންގެ ލޯތަކުގައި މަންޝާ އަޅައިގެންފާނެތީ އެކަމުގެ ބިރަށެވެ. މުނީރާ ގާތަށް މަންޝާ ފޮނުވާލުމަށްފަހު މަދީހާ އޭނާގެ މަންމައާ އެކީ ރަށުގައި އުޅެމުން ދިޔައީ ވަރަށް އެކަނިވެރިކޮށެވެ.

މަދީހާގެ މަންމައަކީ އުމުރުން ހަތްދިހަ އަހަރުގެ އަންހެނެއްކަމުން މަންމަގެ ކަންތައްތައް ކޮށްދިނުމުގައި އަވަދިނެތި އުޅެމުންދިޔައެވެ. އޭގެ އިތުރުން ރަށުގެ އަންހެނުންގެ ކޮމިޓީގައި ބައިިވެރިވެ ރަށުގައި އަންހެންވެރިން ކުރާ އެކި މަސައްކަތްތަކުގައި ލިބޭ ހުސް ވަގުތުތައް މަދީހާ ހޭދަކުރަމުން ދިޔައީ މަންޝާ މަތިން ހަނދާންވެ ދެރަވަމުން ދާތީއެވެ. މަދީހާ އަކީ ހަމުގެކުލަ ދޮން ވަރަށް ރީތި މީހެކެވެ. މަންޝާ ވައްތަރީ މަދީހާއާ ކަމުގައި ވީނަމަވެސް މަންޝާގެ ހަމުގައި ހުންނަަ މެދުމިނުގެ ކަަޅު ކުލައަކީ އޭނާގެ އަސްލު ބައްޕަގެ ފަރާތުން ލިބިފައިވާ ކުލައެކެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ތިމާގެ ބައެއްގެ ގެއިން ބަނބުކެޔޮތަކެއް ހިފައިގެން މަދީހާ އައިސް ގެއަށް ވަނީ މާދަމާ ހެނދުނު އެ ބަނބުކެޔޮތައް ތެލުލައި މުނީރާމެންނަށް ފޮނުވަން ހަދިޔާތައް ތައްޔާރު ކުރުމަށެވެ. ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯވެލައިގެން އޮތް ހަދީޖާއަށް މަދީހާ ފެނުމުން ވާހަކަ ދައްކަން ފެއްޓިއެވެ. “ދަރިފުޅާ މަދީހާ… ދެންމެ އެފޯނު ވަަރަށް ރިންގް ވި… ފިތަކަށް ފިތާލިތަނުން ފޯނު ކެނޑިއްޖެ….” މަދީހާގެ މަންމަ ވާހަކަ ދައްކަމުން ދިޔައީ ބަދިގެއާ ދިމާލުން ބޭރަށް ހުރި އަށިމައްޗަށް އިޝާރާތް ކުރަމުންނެވެ.

ގޯތިތެރޭގައި ހުރި ބިޔަ އަނބުގަސް ދޮށުގައި ބަނބުކެޔޮތައް ބެހެއްޓުމަށްފަހު އަށިމަތީގައި އޮތް ފޯނު ނަގާ މަދީހާ ބަލާލީ އެ ގުޅި މީހާކު ބެލުމުގެ ބޭނުމުގައެވެ. މަންޝާގެ ކޯލެއްކަމުން މަދީހާ އަވަހަށް އެ ނަންބަރަށް ގުޅާލިއެވެ. ދެބުރަކަށް ފޯނު ރިންގްވީތަނާ އެކޮޅުން ފޯނު ނަގައިފިއެވެ.

“މަންމާ….” މަންޝާގެ އަޑުގައި ވޭނީ ކުކުރުމެއް އެކުލެވިފައި ވެއެވެ. މަދީހާއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަންނާކަށް މާ ގިނައިރެއް ނުނެގިއެވެ. “ކިހިނެއްވީ މަންޝާ…. މަންމަ މިއުޅެނީ ބޯޓު ފުރަންވާ އިރަށް ހަދިޔާކޮޅެއް ތައްޔާާރު ކޮށްލެވޭތޯ…..”

އަނެއްކާވެސް މަންމާއޭ ކިޔާފައި މަންޝާ ގޮވާލިއެވެ. މަދީހާއަށް އޭނާގެ ދަރިފުޅު ކޮންމެވެސް ވާހަކައެއް ނުބުނެވިގެން އުޅޭކަން ފާހަގަވުމުން މަދީހާ އަހާލިއެވެ. “ހޫން… ކީކޭ… މަންމަ މިހުރީ އަޑުއަހާށޭ… ތި އަހަން އުޅޭ އެއްޗެއް ނިކަން އަހާބަލަ…”

“މަންމާ… އަހަރެން މިއުޅެނި މީހަކާ އިންނަން…” މަންޝާ ނުބުނަން ހުރެ އެންމެ ފަހުން ލޯމަރާލާފައި އެބަސްތައް ބޭރުކޮށްލިއެވެ.

“ކީކޭ…. މީހަކާ އިންނާށޭ… ކިޔަވާ ނުނިމެނީސް އިންނަނީތަ؟… އަދި މާ އަވަހެއްނުން… ދެން ދަރިފުޅު ބޭނުން ގޮތެއްދޯ އޮންނާނީ…” ނޫނެކޭ ބުނަން އުޅެފައިވެސް މަދީހާ އެކަމާ އެއްބަސްވާން ހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމުގައި ވީފަދަ ގޮތެއް މަންޝާއަށް ވެދާނެތީއެވެ. މީހަކާ އިންނަން ބޭނުންވި ދުވަހު އެކަމާ ދެކޮޅު ނުހަދާ އިންނާށޭ ބުނީ މަޑުކޮށްފިއްޔާ މަންޝާ ޅަ އެއްޗެއް އަޅާފާނެތީއެވެ.

މަންޝާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މަދީހާއެވެ. “ކޮންރަށަކު ކާކުކަން އިނގޭތަ؟ … މާލެ ކުއްޖެއްތަ؟… ކޮން ނަމެއް ކިޔާ ކުއްޖެއް؟؟…. މަންމައަށް ތި ކުއްޖާ ދައްކާނީ ކޮން ދުވަހަކުން؟؟…”

“މަންމާ… އޭނައަށް ކިޔަނީ އަޒީމް… ހުޅުލޭގަ ވަޒީފާ އަދާ ކުރަނީ…. ވަރަށް ރަނގަޅު ކުއްޖެއް އެއީ…. އޭނާ އެއީ ސީނު ހުޅުދޫ ކުއްޖެއް… އައްޑު އޮތޮޅު…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 25 ވަނަ ބައި

Next

އިންސާފް.. 08 ވަނަ ބައި

Next
April 18, 2016

އިންސާފް.. 08 ވަނަ ބައި

Previews
April 17, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 25 ވަނަ ބައި

29 Comments!

  1. Shaax says:
    April 18, 2016 at 12:40 am

    V reethi..waitingggggggg…

    1. Shax Lyn says:
      April 18, 2016 at 1:18 am

      thanks Shaax…. 🙂

  2. shiff says:
    April 18, 2016 at 1:02 am

    salhi varah… waittin for next part…

    1. Shax Lyn says:
      April 18, 2016 at 1:20 am

      Thank u so much Shif…. wait for Thursday… <3

  3. AAA says:
    April 18, 2016 at 1:07 am

    V kuru.. Seriously shaax mi story gendhaa goi ehaa reecheh noon. Feshithanaahen v kiyaa hiy vi but nw v foohi

    1. Shax Lyn says:
      April 18, 2016 at 1:21 am

      vedhaane maazeege baithakeh annaathee foohi vanee kamah… and kurey bunaathy… aslu komme episode ehves hama dhaadhi ehvvrakah mi upload kuranee… thee heevaa heevumeh…. 🙂 thanks for reading 🙂

  4. Ricky says:
    April 18, 2016 at 2:02 am

    Hi shax.. V dhuvas vejje comment eh nukohlaathaa.. Aslu episode thah nukiyaa bahahtanee gina kohlaafa kiyan.. V reethi vahaka gendhaleh!! Ekam mihaaru inthixaaru mi kuranee roohaanee kanthah gandakah.. Kihaa hisaabakun ekahala kameh fehteynee?? Haadha molhey shax.. Kurin rey kiyaalee kandufen vaahaka.. Biruveri vaahakaeh hoadhamun dhanikoh fenunyma.. V v v habeys.. Eves shax ge story eh dhw?? Keep it up shax.. Insha allah u wil b a great writer!!

    1. Shax Lyn says:
      April 18, 2016 at 10:27 am

      Yess… Kandufen is my story…. im glad u liked it…. ya kommesves varakah pastge bai aumah fahu roohaanee kanthah fashaigannaanee…. mi baithah nugenes dhy vaahaka continue kuranyaaa readers ah vaanuvaaeh neygeyne…. heekuran kuriyah huri baithahves kamudhaane kamah…. 🙂 thank u for the support n love…..

  5. AdduKujjeh says:
    April 18, 2016 at 3:48 am

    reeethi.. noannaanetha hafthaa aku 3 dhuvahu genesdheveykah? dhen mi baithah kuru koffa jinni ge bai bodu kohladheeba <3

    1. Shax Lyn says:
      April 18, 2016 at 10:29 am

      Thanks AdduKujjeh…. according to my busy schedule genesdheveyne varah mi genesdheneee. ekamu balaanan weekly thinndhuvahu genedheveytho… i’ll try inge…. 🙂

  6. Shahi says:
    April 18, 2016 at 5:16 am

    Shaaz v reethi vaahaka kiyakiyaahuhtaa nimihje
    Mihury inthizaaruga keymadhuvefa

    1. Shax Lyn says:
      April 18, 2016 at 10:31 am

      Awwwn… Thanks Shahi…. Thursday annan dhen wait kollaashey buneveyneee…. 🙂 hope u liked it..

  7. Jamy says:
    April 18, 2016 at 5:47 am

    Varah reethi???

    1. Shax Lyn says:
      April 18, 2016 at 10:32 am

      Thanks Jamy 🙂

  8. Aimsithu says:
    April 18, 2016 at 6:43 am

    Aslu vaahaka kuruhen heevany hama kiyaa hithun kiya kiya thibba nimey thy.. aneh hen kuruvegen eh noon.. vaahaka varah reethi

    1. Shax Lyn says:
      April 18, 2016 at 10:33 am

      Thanks Aimsithu…. but i’ll try adhi dhigukoh genesdheyn…. 🙂

  9. princess says:
    April 18, 2016 at 7:12 am

    Vrh rythi..alhe Thursday ge kurin up vaane tha shaaz

    1. Shax Lyn says:
      April 18, 2016 at 10:34 am

      Alhey…. princess ves varah vaahaka kkiyaa hithun dhw… thanks a lot…. yageenkameh nudheveyne… buneveynee thursdayge kurin upload kureveytho balaanamey….. 🙂

  10. ken? says:
    April 18, 2016 at 8:44 am

    miah kiyaanee vaahaka..v v v furihama☺

    1. Shax Lyn says:
      April 18, 2016 at 10:35 am

      Thanks Ken…. 🙂

  11. me says:
    April 18, 2016 at 11:33 am

    varah reethi
    oh my god
    mi story …..

  12. zee? says:
    April 18, 2016 at 1:09 pm

    Yageen..mansha mamma gabooleh nuvaane cox Azeem is from addu…. Ei varah Gina emeehunnah vaa gotheh… Addu meehunge vejjiya rangalhu meehaku nuhunnaaney bunaane…. Vaahaka varah reethi aneh bai kiyaahithun kehmaduvefa. Love thus story bodukoh

  13. Rau says:
    April 18, 2016 at 1:22 pm

    Dhen kon irakun next episod . Waiting .vr reethi ..mansha ge result beynume .☺

  14. Siha says:
    April 18, 2016 at 7:48 pm

    V reethi… dhn kon irakun biruveri baithah genes dheynee..v inthizaaru eba kure…

  15. Shaz ge Fan says:
    April 18, 2016 at 7:49 pm

    Shaz Hardha lahun thi genedheny vaahaka… adhi vvv kuru.. vvv reethi mi vaahaka..waititng for next part…:*

  16. Sharu says:
    April 19, 2016 at 8:17 am

    Varah reethi waing for next part…

  17. neem says:
    April 20, 2016 at 11:26 am

    habeys

  18. Mohammed says:
    April 20, 2016 at 7:56 pm

    V salhi, v thafaathu. waiting waiting

  19. jaxz says:
    May 2, 2017 at 12:49 pm

    v reethi……

Comments are closed.

Next Episodeމަންޝާ (ދިހަވަނަ ބައި)←


All Right Reserved!