Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް.. 09 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
April 21, 2016 11 Mins Read
29 Comments

އަހަރެން ހުރީ ދެލޯ ވަރަށް ބޮޑަށް މަރާލައިގެން ބޮލުގައި ދެއަތުން ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. “އެމަންޖެއާއި ކައިރިނުވާތި” ހީވާގޮތުން ދޮންބެ އުޅުނީ އަހަރެންގެ ކައިރިއަށް އަންނާށެވެ. އެކަމަކު މުހައްމަދުފުޅުގެ އަޑު އިވުމުން ދޮންބެ ހުއްޓުން އެރިއެވެ.

އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލެވޭތޯ މަސައްކަތް ކުރީމެވެ. ދެލޯ ހުޅުވުނު ނަމަވެސް އަހަރެންނަށް ތަންތަން ފެންނަމުން ދިޔައީ ވަރަށް ނުސާފުކޮންނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހަރެންނަށް މަޑުމަޑުން އެތަނަށް ތިރިވެވުނެވެ. “ކޮއްކޯ” ދޮންބެގެ އަޑު އިވުނެވެ. އަހަރެން އެދިމާލަށް ބަލާލީމެވެ. އަހަރެންނަށް ފެނުނީ ހަމައެކަނި މުސްކުޅި ނުރައިން ފުރިފައިވާ މުހައްމަދުފުޅެވެ. ބޮލުގައި ހުރީ ހުސް ހުދު އިސްތައްޓެވެ. ފުދޭވަރެއްގެ ދިގު ހުދު ކުލައިގެ ތުބުޅިއަކާއި މަތިމަހެއް އޭނައަށް ލިބިގެން ވެއެވެ. ލައިގެން ހުރީ ތަންކޮޅެއް ކުރީ ޒަމާނު މީހުން ލާކަހަލަ ހުދު ކުލައިގެ ޓީޝާޓްއަކާއި ހުދު ކުލައިގެ މުންޑެކެވެ. އުމުރުން 70 އަހަރަށް ވުރެއް މަތި ވެފައިވާ އިރުވެސް މުހައްމަދުފުޅު ބަލާލާފައި އެހެނެއް ހިޔެއް ނުވެއެވެ. “އެކޮއި އެމަންޖެ ކައިރިއަށް ގޮސްގެން ނުވާނެ” ދޮންބެއާއި ދިމާލަށް މުހައްމަދުފުޅު ބުނެލި އަޑު އިވުނެވެ. “ކިހިނެއްތަ ކޮއްކޮއަށް އެވަނީ” ދޮންބެގެ އަޑު އިވިގެން ދިޔައެވެ. އަހަރެން ދެއަތުން ބޮލަށް ފިއްތާލީމެވެ. ބޭނުންވަނީ ދެއަތުން ބޮލަށް ފިއްތާ ޗިސްކޮށްލާށެވެ. އޭރުވެސް މިހާރު ވަމުންދާ ތަދަށް ވުރެއް ކުޑަވާނެއެވެ. ބޮލުގެ ނާށިގަނޑު ފަޅާލާފައި ސިކުނޑި ހީވަނީ ނިކުންނަން އުޅޭ ހެންނެވެ.

“ދޮންބެ.. ޕްލީޒް.. ވަރަށް.. ތަދުވޭ” އަހަރެންނަށް ބުނެވުނެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. “އެކޮއި.. ބޭބެގެ އަޑު އިވޭތަ” މުހައްމަދުފުޅު ބުނެލިއެވެ. އަހަރެންނަށް ވާހަކައެއް ނުދެއްކުނެވެ. ދުލުން ބައިވަރު އެއްޗެހި ބުނަން ބޭނުންވިއެވެ. “ކޮއްކޯ” ދޮންބެގެ އަޑުވެސް އިވިގެން ދިޔައެވެ. ބޮލަށް ވަމުން ދިޔަ ތަދު އިތުރަށް ބޮޑުވަމުން ދިޔައެވެ. “އާހް” އަހަރެންނަށް އަނެއްކާވެސް އިސްތަށިގަނޑުގައި ހިފަހައްޓާ ދަމާލެވުނެވެ. އެވަގުތު އޮޅިގެން އަހަރެންނަށް ދޮރުން މަގުމައްޗާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު މަގުމަތީގައި އެގެއާއި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ބަންޝީލް އަހަރެންނަށް ނުލާހިކު ރީއްޗަށް ފެނުނެވެ. ވަރަށް މަސައްކަތުން ދޮންބެ ފެނޭތޯ ބަލާލިއިރު އެމީހުން އަހަރެންނަށް ފެންނަމުން ދިޔައީ ފުސްކޮންނެވެ. އެކަމަކު ބޭރުގައި އަހަރެންނާއި އެހާ ދުރުގައި ހުއްޓިލައިގެން ހުރި ބަންޝީލް އެހާ ރީއްޗަށް ފެންނަމުން ދިޔައެވެ.

އަހަރެންނަށް އެގޭތެރެއިން ވަދެވުނީ ވަރަށް ކުޑަ ތަންކޮޅަކަށެވެ. ވަމުން ދިޔަ ތަދަށް ނުބަލާ އިތުރަށް އަހަރެން ކުރިއަށް ދެވޭތޯ ބެލީމެވެ. އެތަނުގައި އިށީދެއިދެ ދޮންބެއާއި ދިމާލަށް ދެވޭތޯވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އިތުރަށް ކުރިއަށް ޖެހިލާ ކޮންމެ ފަހަރަކު ހީވަނީ ގައިގައި މީހަކު ދޮންދަގަނޑު ޖައްސާހެންނެވެ. ވަކި ހިސާބަކުން ގައިން ދިލަނަގަން ފެށިއެވެ. “ދޮންބެ.. ޕްލީޒް.. އަހަރެން.. މިގެއިން ނެރެދީ” ހިތްވަރާއި އެކު އަހަރެންނަށް ބުނެވުނެވެ. ނަމަވެސް އޭރުވެސް އަހަރެން އިނީ ގައިން ނަގަމުން ދިޔަ ދިލައާއި ރިއްސަމުން ދިޔަ ބޮލުގެ ސަބަބުން ރަނގަޅަށްވެސް ވާނުވާ ނޭނގޭ ހާލުގައެވެ. “މި ބުނީނުން.. އާމިރު އޭނަ ކައިރިއަށް ގޮސްގެން ނުވާނެއޭ” ދޮންބެއާއި ދިމާލަށް މުހައްމަދުފުޅު ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އެކަމަކު މުހައްމަދުފުޅުބެ.. ކިހިނެއްތަ ކޮއްކޮއަށް އެވަނީ” ދޮންބެގެ އަޑުގައިވި ހާސްކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “އެކޮއި.. ބޭބެގެ އަޑު އިވޭތަ.. އިވޭކަމަށްވާނަމަ އާއެކޭ ބުނެބަލަ” މުހައްމަދުފުޅު ބުނެލިއެވެ. އެވަގުތު އަނެއްކާވެސް ކުރިއަށްވުރެއް ބޮޑަށް ބޮލުގައި ރިއްސައިގަތެވެ. އަހަރެންގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. “ބޭބެ” އަހަރެންނަށް އެހެން ބުނެވުނު އިރު އެތަނުގައި އޮށޯވެވިއްޖެއެވެ. “އަހަރެންގެ އަޑުއިވޭތަ” އަނެއްކާވެސް މުހައްމަދުފުޅުގެ އަޑު އިވުނެވެ. އަހަރެން އާއެކޭ ބުނީ ވަރަށް މަސައްކަތުންނެވެ.

“ރަނގަޅު.. އެހެންވީމަ އެކޮއި.. ބޭބެ މިކިޔާ އެއްޗެއް ކިޔާ ދެވޭތޯ ބަލާބަލަ” މުހައްމަދުފުޅު ބުނެލިއެވެ. އަހަރެން މަޑުމަޑުން ދޮރުން ބޭރަށް ބަލާލީމެވެ. އޭރުވެސް އެތަނުގައި ބަންޝީލް ހުއްޓެވެ. އަހަރެންގެ ސިކުނޑި އެތަނުން ބޭރަށް ނިކުންނަން އަހަރެންނަށް ވިސްނައިދެމުން ދިޔައެވެ. އޭރުން ހުރިހާ ތަދެއް ފިލާނެކަމަށް ބުނަމުން ދިޔައެވެ. އެކަމަކު އަހަރެންގެ ހިތް ބުނަމުން ދިޔައީ ކިތައްމެ ވޭނެއް އެޅިޔަސް އެތަނުން ބޭރަށް ނުނިކުތުމަށެވެ. ނަމަވެސް ވަމުން ދިޔައި ކެތްކުރެވޭ ވަރުގެ ތަދެއް ނޫނެވެ. އެހެންކަމުން މަޑުމަޑުން ކޭތެމުން ބޭރަށް ނިކުންނަން ޖެހިލީމެވެ. “އެކޮއި.. ބޭރަށް ނުނިކުންނާތި.. މިއަދު އެކޮއި ބޭރަށް ނިކުމެއްޖެނަމަ.. މި ބޭބެއަކަށް އެކޮއި ސަލާމަތެއް ނުކުރެވޭނެ.. ބޭބެ ބުނާ އެއްޗެއް އަޑުއިވޭތަ” މުހައްމަދުފުޅުގެ އަޑު އިވިގެން ދިޔައެވެ. އަހަރެން އެއަޑު އައި ދިމާލަށް ބަލާލީމެވެ. ފުސްކޮށް ނަމަވެސް ދޮންބެއާއި މުހައްމަދުފުޅު ފެނިގެން ދިޔައެވެ. އަހަރެން އަނެއް ފަރާތަށް ބަލާލީމެވެ. އޭރު ބަންޝީލްގެ މޫނުމަތިން ފެންނަން ހުރީ ނުލަފާ ހިނިތުވުމެކެވެ. “އެކޮއި.. މިބޭބެގެ އަޑު އަހާ.. މިއަދު ފިރުކިފަވިޔަސް ބޭރަށް އެކޮއިގެ އެންމެ އިނގިއްޏެއް ލިޔަސް.. މި ބޭބެގެ ދުވަސްވެސް ދާނެ.. އެކޮއި މަޑުކުރޭ.. ބޭބެގެ އަޑުއަހާ” މުހައްމަދުފުޅުގެ އަޑުގައި ވަނީ ހާސްކަމެވެ. “ކޮއްކޯ.. ދޮންބެގެ އަޑުއިވޭތަ” އަހަރެންނަށް ދޮންބެ ގޮވާލިއެވެ. އަހަރެން ދެއަތް ތިރީގައި ޖައްސާލީމެވެ. ބޮލުން ދޫކޮށްލިއިރު ގައިގައި ނުރިއްސާކަ އެންމެ ކަށިކޮޅެއްވެސް ނެތެވެ. ހީވަނީ މީހަކު އަހަރެންގެ ގައިގައި ހުރި ކަށިތައް، ފަހަރަކު ކައްޓަކުން ފަހަރަކު ކައްޓަކުން ބިންދަމުން ދިޔަ ހެންނެވެ.

“އެކޮއި.. ބޭބެގެ އަޑު އިވޭތަ” އަނެއްކާވެސް މުހައްމަދުފުޅު ސުވާލު ކުރިއެވެ. އަހަރެންނަށް ބޯޖަހާލެވުނީ އަނގައިން ބުނާނެ ހިއްވަރުވެސް ނެތީމައެވެ. ބޯޖަހާލެވުނީވެސް އެހާ ވަރުންނެވެ. “އެހެން ވިއްޔާ ބޭބެ މިކިޔާ އެއްޗެއް ކިޔާ.. އަޑުއަހާ އިނގޭ” މުހައްމަދުފުޅު ބުނެލިއެވެ. އަހަރެން އަނެއްކާވެސް ބޯޖަހާލީމެވެ. މުހައްމަދުފުޅު ނާސި ސޫރަތް ކިޔަވަން ފެށިއެވެ. އެވަގުތު ހީވީ މީހަކު އަހަރެންގެ ގައިގައި އަލިފާން ރޯކުރި ހެންނެވެ. މުޅިގައިން ނަގައިގަތް ދިލަގަނޑުގެ ސަބަބުން އަހަރެންނަށް ރޮއިގަނެވުނެވެ. “އެކޮއި ދެރަނުވޭ.. ބާރަށް ނުކިޔެންޏާމު ހިތުން ކިޔާ..” މުހައްމަދުފުޅު ބުނެލިއެވެ. އަހަރެން ހިތުން މުހައްމަދުފުޅު ކިޔަމުން ދިޔަ ސޫރަތްތައް ކިޔަވަން ފެށީމެވެ. އެއްވެސް އަރާމެއް އަހަރެންނަކަށް ނުލިބެއެވެ. އޭގެ ބަދަލުގައި އަހަރެންނަށް ލިބެމުން ދިޔައީ އިތުރު ވޭނެވެ. މުހައްމަދުފުޅު ތިންވަނަ ފަހަރަށް ސޫރަތްތައް ފެށިކަން އެނގުނެވެ. ނަމަވެސް ދެން އަހަރެންނަށް ވީ އެއްވެސް ގޮތެއް ނޭނގުނެވެ.

ވާނުވާ އެނގެން ފެށިއިރު ދޮންބެ އަހަރެންގެ ކައިރީގައި އިށީދެލައިގެން އިނެވެ. “ކިހިނެއްތަ އެކޮއި” މުހައްމަދުފުޅުގެ އަޑު އިވުނެވެ. އަހަރެން ބަލާލީމެވެ. އޭނަ އަހަރެން ކައިރީގައި ހުރި ގޮޑީގައި އިށީދެލިއެވެ. “އެކޮއި ތިއީ ހިއްވަރުގަދަ ކުއްޖެއް… އަހަރެން ހިޔެއް ނުކުރަން އެވަރު ވީމަ.. އެހެން މީހަކު ނަމަ މިއަދު ގެއިން ނިކުތީސް” މުހައްމަދުފުޅު ބުނެލިއެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. ދޮންބެ ހިނިތުންވެލިއެވެ. “މިހާރު ކިހިނެއް ވާންވީ.. ކީއްވެ އެވަރު އަހަރެންނަށް ވީ” އަހަރެން ސުވާލު ކުރީމެވެ. “އާ.. އަސްލު ކިހިނެއް ވީ” މުހައްމަދުފުޅު އަހާލިއެވެ. “ނޭނގެ.. މިގެއަށް އަންނަ ވާހަކަ ބުނީއްސުރެއް އަހަރެންގެ ބޮލުގައި ރިއްސައިގަތީ… ގެއަށް ވަތްތަނާ ހީވީ ބޯ ނައްޓައިގެން ދިޔަހެން.. ފަހުން ހީވީ ގައިގައި ރޯކޮއްލިގެން.. އެހާވެސް ދިލަނަގަން ފެށި.. ދެން މުޅި ގައިގައި ރިއްސަން ފެށީ” އަހަރެން ކިޔައިދިނީމެވެ. “އެއީ އެވަރުކަމެއް ނޫން.. މިހާރު ހުރިހާ ކަމެއް ރަނގަޅުވާނެ.. އަހަރެން ދޭނަން އާ ތަވީދެއް.. މިހާރު ތި އޮތް ތަވީދު ނަގާ އިނގޭ” މުހައްމަދުފުޅު ބުނެލިއެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. ދޮންބެ ހިނިތުންވެލީ ކޮންމެވެސް ކަމެއް ފޮރުވާ ކަހަލަ ގޮތަކަށެވެ. “މިއަދު ދެން ގެއިން ބޭރަށް ދާކަށް ބޭބެއަކަށް ނުފެނޭ.. އެކޮއި ގެއަށް ގޮސް އަރާމުކޮށްލާ” މުހައްމަދުފުޅު ބުނެލިއެވެ. “އެކަމަކު އަހަރެން އަދި ފުލުސް އޮފީހަށް ދާންޖެހޭ” ކަމެއް ހަނދާންވާ ކަހަލަ ގޮތަށް އަހަރެން ބުނެލީމެވެ. “އޯކޭ.. އެކަމަކު އާމިރު ގޮވައިގެން ދާނީ އިނގޭ.. އެކަނި ދާކަށް ބޭބެއަކަށް ނުފެނޭ” މުހައްމަދުފުޅު ބުނެލިއެވެ.

އަހަންނާއި ދޮންބެ އެގެއިން ނިކުތީ އިރުކޮޅެއް ފަހުންނެވެ. ގެއަށް ދިޔަ މަގުމަތީގައި އެއްވެސް ވަރަކަށް ދޮންބެ ވާހަކައެއް ނުދައްކައެވެ. އަހަރެންވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. އަހަން ބޭނުން ކިތައްމެ ސުވާލެއް ހުއްޓެވެ. ނަމަވެސް އަހާކަށް އަހަރެންނަކަށް ނުކެރުނެވެ. ގެއަށް ދިޔަގޮތަށް އަހަރެން ދިޔައީ ކޮޓަރިއަށެވެ. ނަމަވެސް ކޮޓަރީގައިވެސް އަހަރެންނަކަށް ނުއޮވެވުނެވެ. “ދޮންބެ އަހަރެން ބުނީ” އަހަރެން ކޮޓަރިން ނިކުންނަމުން އެހެން ބުނެލަމުން ހުއްޓުން އެރީ ކޮޅަށް ތިބި މަންމައާއި ބައްޕަ އަދި ދޮންބެ ފެނުމުންނެވެ. ވަރަށް މުހިއްމު ވާހަކައެއް ދައްކަން ތިބެފައި އަހަރެން ފެނުމުން އެމީހުން ހުއްޓާލިއެވެ. އެކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ދޮންބެ..އަހަރެން ބުނީ.. ޖައިޝްގެ ކަންތަކާއި މުހައްމަދުފުޅުބެ ބުނީ ކީކޭތަ” އަހަރެން ތިންމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން ދޮންބެއާއި ސުވާލު ކުރީމެވެ. “މުހައްމަދުފުޅުބެ ބުނީ ރަނގަޅު އެއްޗެއް ހަދާށޯ ޖެހޭނީ.. މިރޭ ބަލާދޭނަމޯ.. މިރޭ ބާރައިގެ ފަހުންނޯ އެނގޭނީ.. ޖައިޝް ސަލާމަތް ކުރެވޭ ކަމަށް ވަންޏާ.. އޭނަ އޭރަށް ދުނިޔޭގައި ހުރެއްޖެނަމަ ކޮންމެވެސް ގޮތެއް ހޯދާނަމޯ މުހައްމަދުފުޅު ބުނި” ދޮންބެ ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. “ހިނގާ ފުލުސް އޮފީހަށް ދާން.. މިހާރު މާ ލަސްވެސް ވެއްޖެ” އަހަރެން ބުނީމެވެ.

އަހަރެން ދޮންބެއާއި އެކު ބޭރަށް ނިކުތީމެވެ. ދޮންބެގެ މިޒާޖު ކޮންމެވެސް ވަރަކަށް ތަފާތުކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ކުރިން ކޮންމެވެސް އެއްޗެކޭ ކިޔާ ވާހަކަ ދައްކާ ދޮންބެ މުހައްމަދުފުޅު ގެއިން އެވީ ކަންތަކަށްފަހު އެހުންނަނީ ވިސްނުމަކަށް ގޮސް ގެއްލިފައެވެ. އަނެއްކާ ދޮންބެ އަހަރެން ދެކެ ބިރުގަތީބާއެވެ. މުހައްމަދުފުޅު ދޮންބެ ކައިރީގައި ބުނީ ކީކޭބާއެވެ. އަހަރެންވެސް ޖެހިލުންވާން ފެށިއެވެ. “ދޮންބެ ކޮންކަމަކާއި ތި ވިސްނަނީ” އަހަރެން ދޮންބެގެ ފަހަތުގައި އިދެ އަހާލީމެވެ. “ދޮންބެ ނުވިސްނަން.. ކޮންކަމަކާ ދޮންބެ ވިސްނަން ވީ” ދޮންބެ އެހުރިހާ ކަމެއް ހިނިތުންވުމަކުން ފޮރުވާލިއެވެ. “އަހަރެންވެސް މި އަހަނީ އެހެންދޯ.. ކޮންކަމަކާހޭ ތި ވިސްނަނީ” އަހަރެން އަނެއްކާވެސް އެހީމެވެ. “ދޮންބެވެސް މި އަހަނީ އެހެންދޯ… ދޮންބެ ކޮންކަމަކާހޭ ވިސްނަންވީ” ހިނިތުންވެލުމެއް ރައްދުކޮށްލަމުން ދޮންބެ ބުނެލިއެވެ. “ހޫމް ދެން އަޅާނުލާ.. އެހެންވިއްޔާ ބުނެބަލަ ކޮންކަމެއް އަހަރެންނަށް ތި ފޮރުވަނީ” އަހަރެން އަނެއްކާވެސް ސުވާލުކޮށްލީމެވެ. “ކޮއްކޮ އަހާ ސުވާލު.. ދޮންބެ ކޮންކަމެއް ކޮއްކޮއަށް ފޮރުވަންވީ” ދޮންބެ ސައިކަލް މަޑުކޮށްލީ ހުސައިން އާދަމް ބިލްޑިން ކައިރިއަށެވެ. “މިއަދު މުހައްމަދުފުޅުބެ ގެއިން ވީ ކަންތައް.. އަހަރެންނަށް އެނގޭ އަހަރެން ހޭ ނެތުނު ފަހުންވެސް ކަންތައްތަކެއް ވީކަން” އަހަރެން ސައިކަލުން ފައިބާ ދޮންބެގެ މޫނަށް ބަލާލީމެވެ. “ކޮއްކޮ ހާދަ މޮޅޭ.. ހޭނެތިފައި އޮންނަ އިރުވެސް ވާ ކަންތައް އެނގޭ.. އެހެން ނޫނަސް އެނގެންޏާ ކީއްކުރަން އަހަނީ” ދޮންބެ ހިގައިގަންނަމުން ބުނެލިއެވެ. ދޮންބެގެ ފަރާތުން މިވަގުތު ޖަވާބެއް ނުލިބޭނެކަން އަހަރެންނަށް ވިސްނުނެވެ. އެހެންކަމުން އެވާހަކަ އެހާ ހިސާބަށް މެދު ކަނޑާލީމެވެ.

އެތެރެއަށް ވަދެ މީހާންއާއި ބައްދަލު ކުރަން ބޭނުންވި ވާހަކަ ބުނީމެވެ. އިރުކޮޅެއް ނުވެ ފުލުހުންގެ ޔުނީފޯމްގައި ހުރި މީހެއް އައެވެ. “އަޅުގަނޑަކީ މީހާން.. ދުރުވޭ” މީހާން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ދޮންބެވެސް އަހަރެންގެ ފަހަތުން ދިއުމަށް ތެދުވިއެވެ. އެވަގުތު މީހާންއެކަން މަނާ ކުރިއެވެ. އެތެރެއަށް ދެވޭނީ އެކަކަށް ކަމާއި ދޮންބެ މަޑުކުރުމަށް މީހާން އެދުނެވެ. އެވަގުތު ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ދޮންބެ ބޭނުންވާނެ.. އަޅުގަނޑުގެ ކައިރީގައި ހުންނަން” އަހަރެން ބުނެލީމެވެ. މީހާން އެއްބަސް ވިއެވެ. އަހަރެންނާއި ދޮންބެ މީހާންގެ ފަހަތުން ގޮސް ލިފްޓަށް އެރީމެވެ. ދޮންބެ ހުރީ ހައިރާންވެފައެވެ. އޭނާއަށް އާ މަންޒަރު ތަކެއް ފެންނާތީ ކަމަށް ވެދާނެއެވެ. އަހަރުމެން މީރާންގެ ފަހަތުން ގޮސްވަނީ އަބަދުވެސް ވަންނަ ރޫމްއަށެވެ. ނާސިރު ބައިންދާފައިވާ ރޫމްއާއި ޖެހިގެން އިން ރޫމްއަށެވެ. “އަޅުގަނޑަށް އައިރް ދަމުން މި ކޭސް ކިޔާދީފައިވަނީ.. ނާސިރު ވާހަކަ ދައްކަނީ އާސީންއާއި އެކަނި ކަމަށް ބުނެފަ އިނީ.. އަޅުގަނޑު މިއަދުވެސް އޭނައާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިން.. އެކަމަކު އޭނަ އަޅުގަނޑުގެ އަޑެއް ނޭހި.. އަސްލު މިވާގޮތަކީ މާދަމާ އަކީ އަޑުއެހުން އޮންނަ ދުވަސް.. އޭނަ ބުނަނީ އެތަނުގައިވެސް ވާހަކަ ދައްކާނީ އާސީން އިނިއްޏާ ކަމަށް.. މިއަދު އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެވެސް ވަރަކަށް ސުވާލު ތަކެއްގެ ޖަވާބް ހޯދަން.. އެހެން ނޫނީ މާދަން އަނެއްކާ ކާޒީ އަޅުގަނޑުމެންނަށް ހުކުމް އިއްވާނެ” މީހާން ހީލަމުން ބުނެލިއެވެ.

“އަޅުގަނޑު އެއްވެސް ހާލަތެއްގައި މާދަމާ އޮންނަ އަޑުއެހުމަށް އާސީން ކައިރީގައި ދާކަށް ނުބުނާނަން.. އެކަމަކު މިއަދު މި ސުވާލު ތަކުގެ ޖަވާބު ހޯދައިދެވިއްޖެނަމަ އަޅުގަނޑުމެންނަށް މާދަން ފަސޭހަވެގެންދާނެ” މީހާން އެދުނެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލަމުން އެކަމަށް އެއްބަސް ވީމެވެ. މީހާންގެ އަތުގައި އޮތް ސުވާލު ގަނޑު އަހަރެން ބަލާލީމެވެ. “އޯކޭ.. އަޅުގަނޑު މީގެ ޖަވާބުތައް ލިބޭތޯ މަސައްކަތް ކޮށްލަފާނަން” އަހަރެން ބުނެލީމެވެ. އަދި އެސުވާލުތައް ހިފައިގެން ބޭރަށް ނިކުތީމެވެ. ބޭރަށް ނިކުމެ ދަބަހުން އަހަރެންގެ ކާޑު ނަގާ އަޅާލީމެވެ. އަހަރެން އެހާ ހިސާބަށް ދިއުމާއި އެކު އެތަނުގައި ހުރި ޕޮލިސް ކުއްޖާ ނާސިރު ބައިންދާފައި އިން ރޫމްގެ ދޮރު ހުޅުވައިދިނެވެ. އަހަރެން ހިނިތުންވެލަމުން އެތެރެއަށް ވަނީމެވެ. “އާސީން” ނާސިރު އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. އަހަރެން އާދައިގެ ގޮތަކަށް އައިސް ނާސިރު ކައިރިއަށް ހުއްޓެލީމެވެ. “އަހަރެން މިއައީ ނާސިރުގެ ބޭކާރު ވާހަކަތައް އަޑުއަހާކަން ނޫން.. އެހެންވީމަ އަހަރެން ކުރާ ސުވާލު ތަކަށް ޖަވާބު ދީ” އަހަރެން ނާސިރުއަށް އަމުރު ކުރީމެވެ. “ހާދަ ހިތްވަރު ގަދަ ވެއްޖެއޭ.. ފުރަތަމަ ދުވަހަށް ވުރެއް ދެވަނަ ދުވަހު މާ ކެރޭ.. މިއަދު އަދި މާ ބޮޑަށްވެސް.. އެއީ މިއަދު މާ ބާރުގަދަ ތަވީދެއް އަޅައިގެން ހުރީމަތަ” ނާސިރު ބުނެލިއެވެ. “އަހަރެން ބުނެފީމެއްނުން.. ބޭކާރު ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫނޭ.. އަހަރެންގެ ސުވާލު ތަކަށް ޖަވާބު ދީ” އަހަރެން ރުޅިވެރިކަމާއި އެކު ފުރަތަމަ ފަހަރަށް ނާސިރުއާއި ވާހަކަ ދެއްކީމެވެ.

ނާސިރުގެ މޫނުމަތީގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. “ބަންޝީލް ބުނީ އާސީންގެ އެންމެ ކަމުދާ ސިފައަކީ ތި ރުޅި އޯ.. އަހަރެން ހިތައް އަރާ.. އަނެއްކާ މިއަދު ބަންޝީލްއާއި ދިމާ ވެއްޖެތަ” ނާސިރު އަހާލިއެވެ. އޭނާގެ ބޭނުންވަނީ އަހަރެން ރުޅި އަރުވާށެވެ. “ބުނަން.. އަހަރެން މިތަނަށް މިއަންނަނީ.. ނާސިރުގެ ތި މޮޔަ ވާހަކަ އަޑުއަހާކަށް ނޫން.. އަހަރެންނާއި ވާހަކަ ދައްކަން ބޭނުން ނޫންނަމަ.. އަހަރެން މިތަނުން ގޮސްދާނަން.. އެކަމަކު އަހަރެން ދިއުމަށްފަހު މިތަނަށް އަހަރެން ގެނައުމަކީ އެއްވެސް މީހަކަށް ވާނެ ކަމެއް ނޫން.. ނާސިރުއަށް އަހަރެންނާއި ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އެނގެއެއް ނުން.. އެހެންވީމަ އަހަރެންނަކީ ބުނާ ބަހުގައި ރަނގަޅަށް ހިފަހައްޓާ މީހެއްކަންވެސް އެނގޭނެ.. އަހަރެން މި ބުނަނީ މިތަނުން ބޭރަށް ނިކުތުމަށްފަހު އަހަރެން މިތަނަކަށް ނުވަންނާނަން. ނާސިރުގެ ދަރިފުޅަށް އިންސާފް ހޯދައިދިނުމުގައި އަހަރެންގެ އެހީ ބޭނުންނަމަ މިހާރު ވާހަކަ ދައްކަން ފަށާ” އަހަރެން އެހެން ބުނުމަށްފަހު ބޭރަށް ނިކުތުމަށް ހިގައިގަތީމެވެ.

“މަޑުކުރޭ” އަހަރެން ދޮރުގެ ތަޅުގައި ހިފެހެއްޓި ތަނާ ނާސިރުގެ އަޑު އިވުނެވެ. އަހަރެންނަށް އަމިއްލަ ނަފްސަށް ހިނިތުންވެލެވުނެވެ. އަހަރެން ނާސިރުއާއި ދިމާލަށް ބަލާލީމެވެ. “އަހަރެން ކުރާ ސުވާލު ތަކަށް ޖަވާބު ދޭން ތައްޔާރުތަ” އަހަރެން ސުވާލު ކުރީމެވެ. ނާސިރު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އޯކޭ.. އެހެންވީމަ ހިގާ ފަށަމާ” އަހަރެން އަވަސް އަވަހަށް އައިސް ނާސިރުގެ ކުރިމަތީގައި އިން ގޮޑީގައި އިށީދެލީމެވެ. އަދި ރިކޯޑަރ ނަގާ ރިކޯޑް ކުރަން ތައްޔާރު ކޮށްލީމެވެ. “އެންމެ ފުރަތަމަ ދުވަހު ނާސިރު އަޑުއެހުމުގައި ބުނެފައިވަނީ ނާސިރުއޭ ހުރިހާ ކުދިންނާއި ދެ ފުލުހުންގެ އިތުރުން އަދި ކާޒީއެއް މަރާލީ.. ނޫންތަ” އަހަރެން ސުވާލު ކުރީމެވެ. ނާސިރު ބޯޖަހާލިއެވެ. “އަހަރެން ބުނީ ޖަވާބު ދޭށޭ.. ބޮލުން އިޝާރާތް ކުރާށެކޭ ނޫން” އަހަރެން ވާހަކަ ދައްކަމުން ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެވެ. “އާ.. އަހަރެން ބުނިން އަހަރެންނޭ އެމީހުން މަރަން ބުނީ” ނާސިރު ބުނެލިއެވެ. “އޯކޭ.. އެހެންވީމަ ފަށަމާ.. ކީއްވެ އެކުދިންތައް މަރާލީ.. ތިން ކުދިން މަރާލީ އެމީހުން ކީއްކުރީ ނާސިރުއަށް” އަހަރެން ސުވާލު ކުރީމެވެ. ނާސިރު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް އިތުރަކަށް ނުބުނިއެވެ. “ސުވާލަށް ޖަވާބުދީ… އަހަރެން ބުނީމެއްނުން.. ކުރާ ސުވާލަށް ޖަވާބު ދޭންޖެހޭނެއޭ” އަހަރެން އަޑު ބާރުކޮށްލީމެވެ.

“ކީންހޭ ކުރީ.. އެކުދިންނަށް ލިބުނު އަބަދު އެއީ އަދި ކުޑަ އަދަބެއް.. އަހަރެން އެމީހުން މަރާލީ އަދި މާ ފަސޭހަ މަރަކުން.. އަހަރެންނަށް އެމީހުން މަރާލެވުނީ މާ އަވަހަށް..” ނާސިރުގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމުގެ ރާގެއެވެ. “ބަލަ.. ހާދަ ރަހުމެއް ނެތޭ ދޯ.. އެމީހުން މަރާލާފަވެސް ތިހެންތަ ކިޔަން ޖެހެނީ.. އެއީވެސް މީހެއްގެ ދަރިންނޭ” އަހަރެން ބުނީމެވެ. “ބަލަ ނަޝްފާ އަކީ ވެސް މީހެއްގެ ދަރިއެކޭ.. އަހަރެންގެ ދަރިއޭ.. އެކަމަކު އެމީހުން އެއްވެސް ރަހްމެއް ކުރިތަ.. ކުށެއް ކުރެވުނީމަ އެކަން ފޮރުވީ.. އެމީހުންގެ މަންމައާއި ބައްޕައަކީ މިރާއްޖޭގެ ބޮޑެތި މީހުން ވީމަ .. އެމީހުން އެ ކުށް ފަސް އަޅާ ފޮރުވީ.. އަހަރެންގެ ދަރިފުޅު މި ފަސްގަނޑު ދަށުގައި ވަޅުލަން ޖެހުނީ އެތިން ފިރިހެނުންގެ ސަބަބުން..” ނާސިރު ރުޅިގަދަ ވަމުން ދިޔައެވެ. “ތިބުނީ ކީކޭ” އަހަރެން އަހާލީމެވެ. “ނަޝްފާ.. އެތިން ފިރިހެނުން ވެގެން އަހަރެންގެ ލޯބި ލޯބި މައުސޫމް ދަރިފުޅާއި ބެހުނީ.. އެކުއްޖާގެ ކޮން ކުށެއް އޮތީ.. އެތިން ފިރިހެނުން އަހަރެންގެ ދަރިފުޅުގެ ދުވަސް ދުއްވާލަން.. އެ ކުއްޖާ އޮތީ މާލޭ މަގު މައްޗަށް އެއްލާލާފައި.. ކުނި އެއްޗެއް ހެން.. އެއްވެސް ރަހްމެއް ނެތް.. ތިން ހަފްތާ ވަންދެން އައި.ސީ.ޔޫގައި ބައްވާފައި… އެކުއްޖާ މަރުވީ.. އެހާ ވޭނުގައި.. ސިކުނޑިއަށް ލޭ އެޅި.. ކުރިމަތި ފަރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި.. މުޅި ހަށިގަނޑުގައި ވަކި އަޅާފައި.. މޭ މައްޗަށް އޭގެން ފިރިހެނެއް އެރުމުގެ ސަބަބުން މޭކަށިގަނޑުތައް ބިންދައިގެން ގޮސްފައި.. ކޮބާތަ މަގޭ ދަރިފުޅުގެ ކުށަކީ” ނާސިރުގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެންނަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.

“އެކަމަކު އެމީހުން އެކަން ފޮރުވީ.. ހުރިހާ ހެއްކެއް ހުރި.. އެމީހުންނާއި ދެކޮޅަށް ލިބިފައި.. އެކަމަކު.. އެމީހުންގެ ބައްޕައިންނަކީ މިނިސްޓަރުން ވީމަ.. މަޖްލީހުގެ މެންބަރުން ވީމަ.. އެކަން ފޮރުވީ.. އެހުރިހާ ކަމެއް އެނގިތިބެ ނޭނގޭކަމަށް ހެދީ.. އެކަން ތަހްގީގު ކުރި ދެ ފުލުހުންނަށް އެހުރިހާ ކަމެއް އެނގޭ.. އެކަމަކު އެހުރިހާ ކަމެއް ސިއްރުކޮށް އަސްލު ހެކި ހުރި ފައިލް އެމީހުން ފޮރުވީ.. ގާޒީއަށް ލާރި ދީގެން އެމައްސަލަ ސާބިތު ނުވާކަމަށް ނިންމީ.. އެފަދަ މީހުންނަށް ދޭނެ އަދަބެއް އާސީން ބުނެބަލަ” އަހަރެންނާއި ދިމާލަށް ނާސިރު ބަލާލިއިރު އެދެލޮލުން ކަރުނަ ފެންނަން ހުއްޓަސް ރުޅިވެރިކަންވެސް ފެންނަން ހުއްޓެވެ. “ހަމަގައިމުވެސް އަހަރެން މީހެއް މަރައެއް ނުލާނަން.. އެއީ އަހަރެންނަށް އެނގޭ އެއްޗަކީ” އެހެން ބުނުމަށްފަހު އަހަރެން އެތަނުގައި އޮތް ރިކޯޑާރ ހިފައިގެން އަވަސް ކަމާއި އެކު ބޭރަށް ނިކުތީމެވެ. ބޭރަށް ނިކުމެ އަހަރެންނަށް މޭގައި އަތް އަޅާލެވުނެވެ. ނާސިރު އެދެއްކީ ތެދު ވާހަކަ ހެއްޔެވެ. އެހެން ވެއްޖެނަމަ އޭނަގެ ދަރިފުޅާއި މެދު ކަންތައް ވެފައިވަނީ ހާދަ ދެރަކޮށެވެ.

އަހަރެން ދިޔަ ގޮތަށް އަނެއް ރޫމްއަށް ވަނީމެވެ. “އާސީން ހާދަ މޮޅޭ.. ހީވަނީ ހަމަ ޕޮލިހެއް ހެން.. ވާހަކަ ދެއްކި ގޮތުން” މީހާން އަހަރެން ވަނުމާއި އެކު ބުނެލިއެވެ. “މި މައުލޫމާތަކީ މުހިއްމު މައުލޫމާތަކަށް ވީ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.. އަޅުގަނޑަކީ އެއްވެސް ވަރަކަށް މިކަހަލަ ކަންތައް އެނގޭ މީހެއް ނޫން.. އެކަމަކު އެއްޗެއް ބުނެލަން ބޭނުންވޭ.. ނާސިރުގެ ކޭސް އަވަހަށް ނިންމަން ބޭނުން ނަމަ ނަޝްފާގެ ކޭސް ވެފައިވާ ގޮތް ރަނގަޅަށް ބަލާ.. އޭރުން އަވަހަށް މި ކޭސް ނިމޭނީ” އެހެން ބުނުމަށްފަހު އަހަރެން ރިކޯޑު ކޮށްފައިވާ އެތި ހަވާލު ކޮށްލީމެވެ. އަދި އެތަނުން ބޭރަށް ނިކުތީމެވެ. ދޮންބެވެސް އަހަރެންގެ ފަހަތުން ބޭރަށް ނިކުތެވެ.

“ނޫނޭ.. ކޮއްކޮ މޮޅު.. އަސްލުވެސް.. ކޮއްކޮ ވާންވީ ޖާނަލިސްޓަކަށް ނޫނޭ.. ޕޮލިސް އޮފިސަރަކަށް.. އިންޓްރޮގޭޝަން ކުރާ މީހަކަށް.. މީހުންނާއި ސުވާލު ކުރާ މީހަކަށް.. ނޫނޭ ގަދަ” ދޮންބެ ބޭރަށް ނިކުމެ ސައިކަލް ކައިރިއަށް ހުއްޓެލަމުން ބުނެލިއެވެ. “ކީކޭ މުހައްމަދުފުޅުބެ ބުނީ.. ދޮންބެ ތިވަރަކަށް ތި ފޮރުވަނީ” އަހަރެން ސުވާލު ކުރީމެވެ. އެވަގުތު ދޮންބެގެ މޫނުމަތީ ހުރި ހިނިތުންވުން ކުޑަވަގުތު ކޮޅަކަށް ގެއްލިގެން ދިޔައެވެ. “ކޮއްކޮ ތިކިޔާ އެއްޗެއް ދޮންބެއަކަށް ނޭނގޭ” ސައިކަލަށް އަރަމުން ދޮންބެ ބުނެލިއެވެ. އަހަރެން ދޮންބެގެ އަތުގައި ހިފެހެއްޓީމެވެ. “ނާސިރުއަށް އެގިއްޖެ.. އަހަރެން އަޅައިގެން މިހުރީ ވަރަށް ބާރުގަދަ ތަވީދެއްކަން.. ކީއްވެ މުހައްމަދުފުޅުބެ އަހަރެންނަށް ބާރުގަދަ ތަވީދެއް ދޭންވީ.. ކީއްވެ އެގެއަށް ވަތް ގަޑީގައި އަހަރެންނަށް އެވަރުވީ.. އަހަރެންނަށް އެނގޭ ދޮންބެއަށް ޖަވާބު އެނގޭކަން.. ޕްލީޒް.. އަހަރެންނަށް ކިޔައިދީ.. ނޫނީ އަހަރެން މިތަވީދު ނަގާފަ.. ބަންޝީލް ކައިރީގައި އަހާނީ” އަހަރެން ބުނެލީމެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އޯކޭ.. ދޮންބެ ހުރިހާ އެއްޗެއް ކިޔައިދޭނަން.. އެކަމަކު މިތާކު ނޫން.. ގެއަށް ހިނގާ..” ދޮންބެ ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. އަހަރެން ދޮންބެއާއި މަލާލީމެވެ. ދޮންބެ ހިނިތުންވެލަމުން ސައިކަލް ފަހަތަށް އިޝާރާތް ކޮށްލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ސައިކަލަށް އެރީމެވެ.

ގެއަށް ގޮސް ވަތް ވަގުތު އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. އަހަރެން ބަލާލީމެވެ. ގުޅަނީ އަހަރެން އެއަޑު އެހުމަށް އެންމެ ބޭނުން މީހާއެވެ. އައިރްއެވެ. އެކަމަކު އަހަރެން ހުރީ ހިންހަމަނުޖެހިފައެވެ. “ސޮރީ” އަހަރެން ފޯނު ނަގާ އެއްވެސް އެއްޗެއް ނުބުނެ ހުރުމުން އައިރް ބުނެލިއެވެ. އައިރްއަށް އަބަދުވެސް އަހަރެންގެ ސިކުނޑީގައިވާ އެއްޗެއް ނަގައިގަނެވެއެވެ. “އަހަރެން ކޮންމެހެންވެސް މިއަދު ތާކަށް ދާން ޖެހުނީ.. އެހެންވެ ނުބުނެވުނީ.. ކުރިން ނުގުޅުނީ… ބިޒީކޮށް އުޅުނީމަ.. ހަމަ ފްރީ ވާއިރަށް މި ގުޅީ” އައިރް އަމިއްލައަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަހަރެން ހިނިތުންވެލީމެވެ. “ގުޑް.. ތިހެން ހިލާފަ ހުރޭ” އައިރް ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އޭނައަށް އެހާ ރީއްޗަށް އަހަރެންގެ ހުރިހާ ހަރަކާތެއް އެނގެނީ ކިހިނެއް ހެއްޔެވެ. “ކިހިނެއް އެނގުނީ.. އަހަރެން ހީލި ކަމެއް” އަހަރެން އަހާލީމެވެ. “އާހް.. ހިންހަމަޖެހިއްޖެ އާސީންގެ އަޑު އިވުނީމަ” އައިރް ބުނެލިއެވެ. “ހޫމް ދެން ބުނޭ ތިހެން.. ކީއްވެ ކޭސް އެހެން މީހަކާއި ހަވާލު ކުރީ.. ކީއްވެ އެހާ ކުއްލިއަކަށް ޗުއްޓީއަކަށް ދިޔައީ.. ކޮންތާކު ތިއުޅެނީ.. ކޮން އިރަކުން އަންނަނީ” އަހަރެންގެ ހިތުގައި ހުރި ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލީމެވެ. “ސާބަސް.. ތީގެން ކޮން ސުވާލަކަށް އަހަރެން ފުރަތަމަ ޖަވާބް ދޭންވީ” އައިރް ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ. އަހަރެން އައިރްގެ ފޯނުގައި ހުރެ އެނދުގައި އޮށޯވެލީމެވެ.

“ދެން.. ޕްލީޒް.. ބުނެބަލަ.. ކީއްވެ..” އަހަރެން އަހާލީމެވެ. “އަހަރެންނަށް ވަރަށް މުހިއްމުކަމެއް ދިމާވީ.. މިގަޑީގައި ބުނެވޭނީ މިވަރަށް.. އެކަމަކު މާދަންރޭ.. ތިގެއަށް ގޮސްފައި އަހަރެން ހުރިހާ އެއްޗެއް ކިޔައިދޭނަން.. ޕްލީޒް.. އިތުރަށް މިކަމާއި ގުޅޭގޮތުން ސުވާލު ނުކޮށްބަލަ..” އައިރް ބުނެލިއެވެ. އަހަރެން އިތުރަކަށް އެވާހަކައެއް ނުދައްކަމެވެ. އެކަމަކު ދެމީހުން ވެގެން ވަރަށް ގިނަ އިރު އެތައް ވާހަކައެއް ދައްކަން ތިބީމެވެ. އެކި ވާހަކައިގައި ހުރެ އަހަރެން ހެމުން ދިޔައީމެވެ. އައިރްއާއި ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. “އާސީން ބުނީމެއްނުން.. ބަންޝީލްއެއްގެ ވާހަކަ” އައިރް ވާހަކައިގެ މެދު ތެރެއިން އަހާލިއެވެ. އަހަރެންގެ މޫޑު ވަގުތުން ބަދަލުވިއެވެ. ހެނދުނު ޖައިޝްގެ އޮފީހުންވި ކަންތައް އަހަރެންގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. މުހައްމަދުފުޅު ގެއިން ވީ ކަންތައް އަހަރެންގެ ކުރިމަތީގައި ސިފަ ވެގެން ދިޔައެވެ.

“އަނެއްކާ އޭނަގެ ފަރާތުން އައިރްއަށް ކަމެއްވީތަ” އަހަރެންނަށް ކުއްލިއަކަށް އެނދުމަތީގައި އިށީދެވުނެވެ. “ނޫނޭ.. އެކަމަކު ތި އެކުވެރިޔާ ރޭގައި އަހަރެންގެ ގެއަށް އިހްތިރާމްގެ ޒިޔާރަތެއް ކޮށްލި.. އެކަމަކު އާސީންގެ ދޮންބެ ދީފައިވާ އޮތް ހަދިޔާގެ ސަބަބުން.. އޭނައަށް އަހަރެންނާއި ކައިރިއެއް ނުވެވުނު..” އައިރް ބުނެލިއެވެ. “ކިހިނެއް ހެދީ.. ކީކޯ އޭނަ ބުނީ.. އޭނަ އެއްވެސް އެއްޗެއް ބުނިތަ” އަހަރެން ހާސްވިއެވެ. “އާސީން ހާދަ ހާސްތިވަނީ.. އޭނައަށް އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވުނު.. އާ.. ވަރަށް ފޮނިވެފަ އެކި ވާހަކަ ދެއްކި.. ބުނި އާސީން އެއީ ތިމަންނަގެ ހައްގެކޯ.. އޭނަ ގައިގައި އަތްވެސް ނުލައްޗޯ.. ބްލާ ބްލާ.. ބްލާ.. ބައިވަރު އެއްޗެހި ކީ” އައިރް ބުނެލިއެވެ. “ޕްލީޒް.. އައިރް.. ވަރަށް ވިސްނައިގެން އުޅޭތި.. ނަމަ ނަމަ ތި ތަވީދު ގައިން ނުނަގާތީ.. ޕްލީޒް..” އަހަރެން އެދުނީމެވެ. އަހަރެން ހާސްވިއެވެ. އޭނަގެ ބާރު އަހަރެންނަށް ވަނީ ފެނިފައެވެ. އޭނަ ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެއެވެ. އަދި އަމުދުން އައިރް މިހާރު ވަނީ އަހަރެންގެ ދިރިއުޅުމުގެ މުހިއްމު ހިއްސާއަކަށް ވެފައެވެ. އެހެންކަމުން އޭނައަށް އެކަމެއް ޓޮލަރޭޓްއެއް ނުކުރެވޭނެއެވެ. އައިރް އަހަރެންނަށް ވިސްނައިދިނެވެ. ބަންޝީލްއަށް އައިރްއާއި ކައިރިނުވެވޭނެ ކަމާއި އަހަރުމެންގެ ދެމީހުންގެ ދޭތެރެއަށް ނުވަދެވޭނެކަން އެކި ފަހަރުމަތިން ބުނެދިނެވެ. އައިރް ފޯނު ބޭއްވީ އަހަރެންގެ ހިތްހަމަޖައްސައިދީފައެވެ. ހިތްވަރުދީފައެވެ. އަހަރެން އެންމެ އުފާވީ މާދަންރޭ އައިރް އަންނާނެ ވާހަކަ ބުނުމުންނެވެ.

ފޯނު ބޭއްވުމަށްފަހު އަހަރެން ހަމަޖެހިލީމެވެ. ކިތައްމެ ހިތްހަމަޖެހުނު ކަމުގައިވިޔަސް އަހަރެންގެ ހިތުގައި ދޮންބެއާއި ކުރަން ހުރި ސުވާލުތައް ހަނދާން ހުއްޓެވެ. ދޮންބެ ފެނޭތޯ އަހަރެން ނިކުތީމެވެ. ދޮންބެ ނިދާ ކޮޓަރީގައި ޓަކި ޖަހާލީމެވެ. ދޮންބެ ހުޅުވަން ބުނުމުން އަހަރެން ވަނީމެވެ. “އާސީން.. ދޮންބެ ހީކުރީ ނިދީކަމަށް” ދޮންބެ އަހަރެން ފެނުމާއި އެކު ބުނެލިއެވެ. “އަހަރެންގެ ސުވާލު ތަކަށް އަދިވެސް ޖަވާބެއް ނުދެވޭ.. އެހެންވެ އޭގެ ޖަވާބު ހޯދަން މިއައީ..” އަހަރެން ބުނެލީމެވެ. ދޮންބެ އެވަގުތު ހާސްވެފައި ބަލާލިއެވެ. އެކޮޓަރީގައި ނިދާފައި ކޮއްކޮވެސް އޮތެވެ. ދޮންބެ އަހަރެންގެ އަތުގައި ހިފައިގެން ސިޓިންރޫމްއަށް ނިކުތެވެ. އޭރު އެތަނުގައި މަންމައާއި ބައްޕަވެސް ތިއްބެވެ. “ކޮންކަމެއްތަ އަހަރެންނަށް ތި ފޮރުވަނީ.. އަހަރެންނަށް އެނގޭ އެންމެން އަހަރެންނަށް ކަމެއް ފޮރުވާކަން.. ބައްޕާ.. ބައްޕަ އަބަދުވެސް އަހަރެންނަށް ހުރިހާ ކަމެއްގައި އިތުބާރު ކުރަމެއްނުން.. ދެން ކީއްވެ މިފަހަރު.. ނުބުނަން ތިއުޅެނީ.. އަހަރެންނަށް އެނގޭ ވަރަށް ބޮޑު ކަމެއް ފޮރުވާކަން އެބަ” ދޮންބެ ދިޔަ ގޮތަށް މަޑުކޮށްލީ މަންމައާއި ބައްޕަ ކައިރީގައެވެ. އެހެންކަމުން އަހަރެން ވާހަކަ ދެއްކީމެވެ. ދޮންބެ ބައްޕަގެ މޫނަށް ބަލާލިއެވެ. ބައްޕަ ބޯ ޖަހާލިތަން ފެނިގެން ދިޔައެވެ. އަހަރެން ދޮންބެގެ މޫނަށް ބަލާލީމެވެ.

“ކޮއްކޮ.. މުހައްމަދުފުޅުބެ ބުނަނީ.. އޭތީގެ ބާރު ކޮއްކޮއަށް ވަރަށް ބޮޑަށް ފޯރައޯ.. އެގެއަށް ވަންނަން ކޮއްކޮއަށް އުދަގޫވުމާއި އެގެއަށް ވަނުމުން ކޮއްކޮގެ ބޮލުގައި ރިއްސުމަކީ ހުސްވެސް އޭތީގެ ކަންތަކޯ.. އޭނަ ބޭނުންވަނީ ކޮއްކޮ އޭނަގެ ކައިރިއަށް ގެންދަން.. އަތް ނުލެވުނަސް އޭތި ދަނީ ކޮއްކޮގެ ސިކުނޑިއަށް ބާރު ފޯރުވަމުން” ދޮންބެ ކިޔައިދިނެވެ. އެއީ އަހަރެންނަށް ނޭނގޭ ކަންތައްތަކެއް ނޫނެކެވެ. ބަންޝީލް އަހަރެންނަށް ބާރުފޯރުވާކަން ވަނީ ގާތްގަނޑަކަށް ޔަގީން ކުރެވިފައެވެ. މި ދެދުވަހުގައި އަހަރެން ބުނަން ބޭނުންނުވާ ކިތައްމެ އެއްޗެއް އަހަރެންނަށް ބުނެވި ކުރަންބޭނުން ނުވާ ކިތައްމެ ކަމެއްވަނީ ކުރެވިފައެވެ. ބޭނުން ނުވާވަރަށް މީހުންނަށް ވަނީ ރުޅިގަނޑު ދެއްކިފައެވެ. އެއީ އަހަރެންގެ ބާރުން ބޭރުގައި ހިގާފައިވާ ކަންތައްތަކެވެ. ކިތައްމެ މަސައްކަތް ކުރި ނަމަވެސް ބައެއް ފަހަރު އަހަރެންގެ ސިކުނޑި އަހަރެންގެ ބާރުދަށުގައި ބަހައްޓަންވަނީ އުދަގޫ ކަމަކަށް ވެފައެވެ. އެހެންކަމުން އެބުނި ކަންތައް ފޮރުވަން އުޅުމުގެ ބޭނުމެއް އަހަރެންނަކަށް ނަގައެއް ނުގަނެވުނެވެ. “ތި ނޫން އެހެންކަމެއްވެސް ދޮންބެމެން އެބަ ސިއްރު ކުރޭ” އަހަރެން ބުނީމެވެ.

“ކޮއްކޯ.. މުހައްމަދުފުޅުބެ ރޭގައި ބެލި ބެލުމުން އެނގިފައިވަނީ.. ނާސިރު ވަނީ ކޮއްކޮ ބަންޝީލްއަށް ހިބައިން ދީފައި..” ދޮންބެ ބުނެލިއެވެ. އަހަރެން ހައިރާންކަމާއި އެކު ދޮންބެއާއި ދިމާލަށް ބަލާލީމެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 30 ވަނަ ބައި

Next

އަހަރެންގެ ވާހަކަ (ނުވަވަނަ ބައި)

Next
April 21, 2016

އަހަރެންގެ ވާހަކަ (ނުވަވަނަ ބައި)

Previews
April 21, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 30 ވަނަ ބައި

29 Comments!

  1. Fantasy says:
    April 21, 2016 at 8:21 am

    kihineh tha hurihaa kudin .. mi baives hurihaa kudin nah kamudhaane kamah heekuran 🙂 hurihaa kudinge comment thakah maruhabaa 🙂

  2. Nee says:
    April 21, 2016 at 8:38 am

    story v rythi…. its jst that i dnt really like horror stories…cox i hv to be out in night al alone…n i feel scared…. bt ur story is jst amazing…

    1. Fantasy says:
      April 21, 2016 at 10:45 am

      niz dear.. fantasy ves v biruganey aslu niruveri vaahaka kiyan.. bt i am trying to write a biruveri story dhoo 😛 thnks dear mi story kiyaalaa thee igey. i really appreciate 🙂

  3. kudhin says:
    April 21, 2016 at 8:46 am

    Hai fantasy..kudhin kolhu hama rangalhey…kihineh tha..heheh..story was awesome…. Nd whn nxt prt…gd luck…tc?

    1. Fantasy says:
      April 21, 2016 at 10:45 am

      fantasy ves v ragalhu iraadha kureviyya 🙂 thnks bodu koh dear 🙂

  4. princess says:
    April 21, 2016 at 8:48 am

    Hey fantasy,……haadha haa ey rythy..hehe rangalhey hama hurihaa kudhin vx dhwwww…fantasy kihineh tha..heheh…story up veythw balabalaa huhtta up mi vy..?….so whn nxt prt…..waiting…. Tc…

    1. Fantasy says:
      April 21, 2016 at 10:53 am

      thnks princess dear 🙂 fantasy ves v ragalhu.. thnks inthizaarugai huryma igey dear 🙂

  5. Niz says:
    April 21, 2016 at 9:11 am

    Gud hurihaa kudhinvx..hw about u…dear story vvv reethi v kiyaa hithun indha nimuny…i love this story…fantasyge story v thafaathu vvv teethi…keep it up..

    1. Fantasy says:
      April 21, 2016 at 10:54 am

      thnks niz dear 🙂 me doing great hama 🙂 v ufaa vejje niz ge lobi coment eh libunyma 🙂

  6. riff says:
    April 21, 2016 at 9:29 am

    wow!

    1. Fantasy says:
      April 21, 2016 at 10:54 am

      thnks riff 🙂

  7. ken? says:
    April 21, 2016 at 10:08 am

    i guess thrz smthn fishy gng on wit airu..hama heevanee supernatural kameii airu ah libugenvaahen..dn neynge vaane gothei…
    feelingcurious#excited#happy#scared#
    ???????????

    1. Fantasy says:
      April 21, 2016 at 11:00 am

      heheh… thks ken dear bodu koh 🙂 for the lovely comment 🙂

  8. Faxoo says:
    April 21, 2016 at 10:33 am

    Air ah kommeves baareh libifa dhw hury, :/ alhey hiba in dhiny ey means?? Maybe Naasir, eyna ge daughter ge badhalah Aaseen beynun kurany dhw. Or Bansheel ah Aaseen kamudhiyaeema Bansheelah help vaan vegen dhw e ulheny 😮 😮 full of mysteries ? i love this story Fantasy! ✨

    1. Fantasy says:
      April 21, 2016 at 11:01 am

      heheh thnks faxoo dear 🙂 fantasy v happy vey thihaa lobi comment koh laathee igey 🙂

  9. Tulip says:
    April 21, 2016 at 10:56 am

    Fantasy is the best..Thanks?

    1. Fantasy says:
      April 21, 2016 at 11:01 am

      thnks tulip dear 🙂

  10. Nicky says:
    April 21, 2016 at 1:25 pm

    Stry v nyc nge….amudhun biruveri stry eh v ma maa rrethi….

    1. Fantasy says:
      April 24, 2016 at 9:29 am

      thnks nicky dear 🙂

  11. aathi says:
    April 21, 2016 at 1:32 pm

    Woa!woa!woa!….its interesting! Keep it up 😉 ?

    1. Fantasy says:
      April 24, 2016 at 9:29 am

      thnks aathi dear bodu koh 🙂

  12. Ellie says:
    April 21, 2016 at 1:55 pm

    Keevve tha? naasir aaseen ge kanthakaa beheni

    1. Fantasy says:
      April 24, 2016 at 9:31 am

      keekey bunaany dear.. fantasy ah ves adhi miulheny keeve kan neygi gen 😛 😉

  13. maashu says:
    April 21, 2016 at 2:42 pm

    woa,…. superness to the max… alhe haafha suspense ekey dhw.. fantasy ham v mmolhu.. i cant wait for the next part… and naasir ah kihineh aaseen hibain banseel ah dheveny? aaseen aky eyna dari eh nooneh nun… and aaseen aa air aa gulhuvaaleema v rrethi.. keep it up..

    1. Fantasy says:
      April 24, 2016 at 9:33 am

      thnks maashu dear 🙂 v happy vejje thihaa lobi comment eh kohleema 🙂

  14. aleena says:
    April 22, 2016 at 12:05 am

    Mibai kiyaafa hama hithah eri, “dnt let ur hot head dominate ur good heart” eyy mihen. Story superb hama. Can hardly wait.

    1. Fantasy says:
      April 24, 2016 at 9:34 am

      dhoo aleena 🙂 aslu ves 🙂 thnks bodu koh dear 🙂

  15. Faxoo says:
    April 23, 2016 at 11:48 am

    Fantasyyyy koba anebbai?? :O on the way dhwwww 😀 😀 😀 😀

    1. Fantasy says:
      April 24, 2016 at 9:35 am

      heheh.. vaahaka up koh fin igey dear 🙂

Comments are closed.

Next Episodeއިންސާފް .. 10 ވަނަ ބައި←


All Right Reserved!