Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 29

Ushaali
April 23, 2016
9 Mins Read
104 Views
33 Comments

“ނާހަމަ ތެދެއްތަ؟ ހުޅުމާލޭގަތަ އޭނަ އުޅެނީ؟ އެހެންވިއްޔާ މަންމަ ބޭނުން އޭނައާއި ބައްދަލުކުރަން. ބަދޫރާ ވެސް ހުރިތަ ކައިރީގައި” ހަރީރާ ސުވާލު ކުރިއެވެ. “މަންމަ ބުރައެއް އުފުއްލަވާނެ ކަމެއް ނެތް. މިރަށުގައި އުޅެންޏާ އަޅުގަނޑު އޭނަ ހޯދާނަން. އެކަމަކު ބަދޫރާއެއް ނެތް ކައިރިއަކު. އެކަނި ހުރީ” ސާރާ އޮޅުންފިލުވަ ދެމުން ދިޔައެވެ. “ތިހެންވިއްޔާ މިހާރުން ފެށިގެން އަހަރެންގެ އިންތިޒާރުކުރަން ފަށައިފި. މާމަގެ ޝިއުނީ އަށް” ހަރީރާއަށް ޖަޒުބާތީ ވެވުމުން ވަރަށް ފަސޭހައިން ރޮވުނެވެ. “މަންމާ ޝިއުނީ ދުނިޔޭގައި ނެތޭ ބުނެފިއްޔާ ކިހިނެއް ހަދާނީ. އަޅުގަނޑުގެ އަމިއްލަ ދަރިން ނޫނަސް އެދެބެން އެއީ ހަމަ އަޅުގަނޑުގެ ދެލޮލުގެ ދެނޫރު. ޝިއުނީ ދުނިޔޭގައި ނެތޭ ބުނާ އަޑު އަހާކަށް އަޅުގަނޑަށް ކެތެއް ނުވާނެ. އެދެބެން މިދުނިޔެއަށް އައިއިރު ޝަޒަން އަށް ވާނީ އެންމެ އަހަރެއް. އަޅުގަނޑުގެ ގާތުން ތިން ދަރިންނަށް ވެސް ހަމަހަމައަށް ދެމުން އައީ. ބަދަލު ހިފުމުގެ ރޫހު ހުރިވަރުން އައިމިނަ އަޅުގަނޑު މެންގެ ޝިއުނީ ވަގަށް ނެގީ. މަންމާ ޝިއުނީ ދުނިޔޭގައި ހުރިނަމަ މިހާރު މަންމަ ކިޔާނީ ބަދޫރާއަށް ދޯ” ސާރާއަށް ރޮވުނެވެ. އިބްރާހީމް އާއި މޫސައަށް ވެސް އިނީ ރޮވިފައެވެ.  “ނޫނޭ.. ހިއްވަރުކުރޭ ދަރިފުޅާ… އެމަންޖެ ދުނިޔޭގައި ހުރިނަމަ އެމަންޖެގެ މަންމައަށް ވާނެ މީހަކީ ހަމަ ތިއީ. އިރާދަކުރެއްވިިއްޔާ ކާމިޔާބު ލިބޭނީ މިކޮޅަށް. މަންމަގެ ހިތް ބުނޭ އެމަންޖެއާއި ވަރަށް އަވަހަށްް ބައްދަލުވާނޭ” ރޮވިފައި އިން ސާރާގެ ބުރަކަށީގައި ފިރުމާލަމުން ހަރީރާ ވާހަކަދެއްކިއެވެ. މޫސަ ވެސް ނަންބަރ އައިނު ނަގާލާފައި ދެލޯ ފޮހެލިއެވެ. އިބްރާހީމް ސާރާގެ އަތުގައި ހިފާލީ ހިތްވަރުދެމުންނެވެ. “މަންމާ ޝިނީ އަށް އޭނަގެ އެއްމާބަނޑު ދައްތަ އެއް ހުންނަ ކަން އެނގުނިއްޔާ ވަރަށް އުފާވާނެ. އެކަމަކު އަޅުގަނޑަކީ އަސްލު މަންމަ ނޫންކަން އެނގުނިއްޔާ ނޭނގެ ވާނެ ގޮތެއް ވެސް” ހަރީރާގެ ބަނޑާއި ހަމައިގާ ބޯޖައްސާލައިގެން އިން ސާރާ ބުންޏެވެ. “ކޮންމެ ކަމެއް ވެސް ވިސްނަންވާނީ އެންމެ ރަނގަޅަށް ދަރިފުޅާ. ޝިފްނީ އާއި ޝިއުނީ މިދުނިޔެއަށް އައި ވަގުތު އެއީ މިއާއިލާ އަށް އުފާވެރިކަމާ އެއްކޮށް ޝޮކެއް ވެސް ލިބުނު ވަގުތެއް. އާގިސާ ވެސް އެންމެ ފަހު ނޭވާ މިދުނިޔެއަށް ދޫކުރީ ޝިފްނީ އުފަންވިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި. ނަސީބު ދެރަކަމުން އެދެބެން ވެސް ބޮޑު އޮޕަރޭޝަނެއް ކޮށްގެން ވަކި ކުރަން ޖެހުނީ. އާގިސާ ބަލިކަމުން ވިހަން ލަންޑަނުގައި ތިބެވުނުކަން އެއީ ހަމަ ﷲ ގެ ރަހްމަތްފުޅު. އެދަނޑިވަޅުގައި ސާރާގެ ބޭބެ އެހީނުވިނަމަ ގެއްލިގެންދާނީ ތިން ފުރާނަ. އެކަމަކު އިބްރާހީމް ދެކެ އާދެވުނު ރުޅީގައި ދަރިންނަށް މަންމަ އާއި ބައްޕަގެ އެހީތެރިކަން އެންމެ ބޭނުންވި ވަގުތު ބާކީ ކޮށްލެވުނީ. މިއަދު އެކަމާއި މަންމަ ވެސް އަދި ބައްޕަ ވެސް ހިތާމަ ކުރަން. އެކަމަކު އެދުވަސްތައް މިހާރު ވަނީ މާޒީއާއި އެކުވެގެން ގޮސްފައި. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި ދަރިފުޅު ވީ ހާލެއް ވާން މަންމަ އާއި ބައްޕަ އަބަދުވެސް ތިބޭނަން” އެންމެ ނާޒުކު ވަގުތުކޮޅު ހަރީރާ ދައްކަންފެށި ވާހަކައަކުން މުޅި މާހައުލު އެކީ ރޮށްވާލިއެވެ. އެންމެ ހިތްވަރުގަދަ މޫސަ ވެސް ތުންފިއްތާލީ ކުޑަކުއްޖެއް ފަދައިންނެވެ. މީގެ އެތަކެއް އަހަރު ކުރިން ހިނގާފައިވާ ހާދިސާ ހިތުން ފޮހެލާފައި ވަނިކޮށް ޖަޒްބާތުގައި ޖެހި މީހެއްގެ ދުލުން އެހާ އަސަރުގައި އެވާހަކަތައް އަޑު އަހަން ޖެހުމުން އިބްރާހީމް އަށް ކެތެއް ނުވިއެވެ. މޫނުގައި ދެއަތް އަޅާލެވުނީ ކޮންޓްރޯލްކުރަން ދަތިވި ވަރުންނެވެ.

އާއެނކެވެ. އާގިސާ އަކީ ވަފާތެރި ، ކިޔަމަންތެރި އަންބެކެވެ. ޖަވާހިރެކެވެ. އިބްރާހީމްގެ ދެކުދިން ޝިފްނީ އާއި ޝިއުނީގެ މަންމަ އެވެ. އިބްރާހީމް ސާރާ އާއި ގުޅުމެއް އޮތް ކަން އެނގިހުރެ އެއްވެސް ޝަކުވާ އެއް ނުކޮށް ފިރިމީހާ އަށް ކިޔަމަންތެރިވި އޯގާތެރި އަންބެކެވެ. ދުވަހެއްގައި ވެސް އިބްރާހީމް އަށް ބާރަށް ބަހެއް ވެސް ދޮގެއް ވެސް ހަދާފައެއް ނުވޭއެވެ. ނަމަވެސް ހިތާމައަކީ އިބްރާހީމްގެ ހިތުން ޖާގަ އާގިސާ އަށް ނުލިބި އެކަން ކާމިޔާބު ކުރީ ސާރާ އަށް ވި ކަމެވެ. އަދި މިދުނިޔެ ދޫކޮށް އެފުރާނަ ދިޔައިރު ވެސް އެންމެ ފަހަރަކު ވެސް ލޯބިވަމޭ ވެސް ކުޑަމިނުން ގަޔާވަމޭ ވެސް އާގިސާ ކައިރީގައި ބުނެވިފައެއް ނުވޭއެވެ. އާގިސާ އާއި އެކުގައި ކިތަންމެ އުޅެން ބޭނުންވިޔަސް އިބްރާހީމް އަށް ސާރާ ދޫކޮށް ނުލެވުނީއެވެ. ސާރާ އަކީ ވެސް ފިރި މަރުވެ ތުއްތު ކުއްޖެއް ބަލަމުންދާ އެކަނިވެރި އަންހެނަކަށް ވުން އެއީ އެއް ސަބަބެވެ. ސާރާގެ ފިރިމީހާ އަކީ އޭރުގައި އިބްރާހީމް އާއި އެކު މަސްވެރިކަން ކުރުމުގައި އެކީގައި އުޅުނު ދެމީހުންނެވެ. އެއްރެއަކު މަހަށް ނިކުމެ އުޅުނު ދޯނީގައި އަލިފާން ރޯވެ އެންމެ ބޮޑަށް ޒަހަމްވެ ނިޔާވި އެކަކީ ސާރާގެ ފިރިމީހާ ޒުބައިރްއެވެ. ހާލަތު ދިމާކުރި ގޮތުން އެދުވަސް ވެގެން ދިޔައީ ވެސް ސާރާގެ އަލަތު ދަރިފުޅު ޝަޒަން މިދުނިޔެއަށް ނޭވާ ލި ދުވަހަށެވެ. ސާރާ އެންމެ ފުރަތަމަ ފެނިލުމާއެކު ވެސް އިބްރާހީމްގެ ހިތުގައި ލޯބި އުފެދުނު އިރު އެއީ ޒުބައިރުގެ އަނބިމީހާ ކަމެއް އެނގިފައެއް ނެތެވެ. ސާރާއަށް ދިމާވި އެންމެ ހިތްދަތިވަގުތުގައި އަތުގައި ހިފީ އިބްރާހީމްއެވެ. އެކަމާއި އެންމެ ދެކޮޅު ހެދީ އެހިސާބުގަނޑުގައި ދިރިއުޅޭ ބަދޫރާއެވެ. ބަދޫރާގެ އެންމެ ބޮޑު ދުޝްމިނުންނަކީ އާގިސާ އާއި ސާރާއެވެ. ސާރާގެ އެއްބަނޑު އެއްބަފާ ބޭބެ ނޫރީ އަކީ ބޯޓްދަތުރު ކުރާ މީހެއް ކަމުން އޭރު ބޯޓް އޮތީ ގުޅައިގެން ހަބަރު ދެވޭނެ ވަރަށް ވުރެ މާދުރުގައި ކަމަށް ވުމުން ސާރާ ބެހެއްޓީ އިބްރާހީމްގެ ބެލުމުގެ ދަށުގައެވެ. ނަތީޖާއަކަށްވީ އިބްރާހީމްގެ ހެއުކަމާއި އޯގާތެރިކަމުގެ ސަބަބުން ސާރާއަށް ވެސް އިބްރާހީމް ދެކެ ހިތުން ނުފިލާވަރަށް ލޯބި ވެވުމެވެ. އާގިސާ ބަލިވެއިނދެ ބަނޑަށް ހަތްމަހުގައި ޑޮކްޓަރުންގެ އެދުމުގެ މަތިން އިނގިރޭސިވިލާތަށް ފުރީ މުޅި އާއިލާ އެކުގައެވެ. ސާރާ ހާލުގަ ޖެހުނު ދުވަހު އިބްރާހީމް އެހީވި ސަބަބަށްޓަކައި ނޫރީ ކޮށްދިން ހެއު ކަމަކީ ދަތުރުގެ ހުރިހާ ހަރަދަކާއި ބޭސްފަރުވާއެވެ. އިބްރާހީމް ދިޔައިރު ސާރާ ވެސް އެކުގައި ގެންދިޔައީ ލޯމަތިން އެދެމައިންގެ ސޫރަ އެެންމެ ހިނދުކޮޅަކަށް ވެސް ގެއްލެން ބޭނުން ނުވާތީއެވެ. ނަސީބުދެރަކަމުން ވިހެއުމަށްފަހު އާގިސާ މިދުނިޔެ ދޫކުރީ އެންމެންގެ ހިތް ރޮށްވާލާފައެވެ. ނަމަވެސް އުފަންވި ދެއަންހެންކުދިންގެ ފައިގެ ފަލަމަސްގަނޑާއި ހަމައިން ގުޅިފައި ތިބުމުގެ ސަބަބުން އެއާއިލާ އަށް ލިބުނީ ބިރުވެރިކަމާއި ހިތާމައެވެ. ކުދިންނަށް އެއްމަސް ވުމާއެކު ޑޮކްޓަރުން މަޝްވަރާ ކުރުމަށްފަހު ކުރި ކާމިޔާބު އޮޕަރޭޝަނަކަށް ފަހު އެއާއިލާއަށް އުފާވެރިކަަން ގެނުވިއެވެ. ނަމަވެސް އިބްރާހީމް ސާރާ އާއި ކައިވެނި ކުރުމުން އެކަމާއި ހިތްހަމަނުޖެހުނު ހަރީރާ އާއި މޫސަ އެނބުރި ރާއްޖެއައީ ހުރި ހަމައެކަނި ދަރިފުޅު އިބްރާހީމް އާއި ގުޅުން ކަނޑާލާފައެވެ. ސާރާގެ މިންނެތް މަސައްކަތުން ތިން ކުދިންގެ ކަންތައް ކޮށްދީ ބަލަމުން އައީ އިބްރާހީމް ހީވެސް ނުކުރާހާ ބޮޑަށެވެ. ޝިފްނީ އާއި ޝިއުނީ ރަނގަޅުވެ އެނބުރި ގައުމަށް ދިއުމުގެ ހުއްދަ ޑޮކްޓަރުން ދިނުމާއި ގުޅިގެން އެމީހުން ރާއްޖެއައީ ދެކުދިންނަށް ތިންމަހުގައެވެ. މާލެ އައިތާ ގިނަ ދުވަހެއް ނުވެ އެއާއިލާ ދެވަނަ ހިތާމައާއި ކުރިމަތިލީ ކުއްލިއަކަށް ޝިއުނީ ވީނުވީއެއް ނޭނގި ގެއްލުމުންނެވެ.  ނަވާރަ އަހަރު ވަންދެން އެއާއިލާ އިންތިޒާރު ކުރަނީ ގެއްލިގެން ދިޔަ ދަރިފުޅަށް ވީގޮތެއް އެނގޭނެ ދުވަހަކަށެވެ. އުއްމީދުގެ ހުޅުކޮޅު ނިވެމުންދަނިކޮށް އެއަށް އާރޯކަމެއް ވެރިވީ ސާރާއަށް މަގުމަތިން އައިމިނަ ފެނުނު ވަގުތުން ފެށިގެންނެވެ.

 

ހަފްތާއެއް ފަހެވެ. ޝިޔާރާގެ އަތުގައި ހިފައިގެން ބޭރުން އައިސްވަން ޒޯހަން އަނެއް އަތުގައި ފައިލެއް އޮތެވެ. ޝިޔާރާގެ ހަމަހުގެ ބަނޑާއެކު ކުޑަކޮށް މަސްޖަހާ ފަލަކޮށް ހުރުމުން ހުންނަނީ ވަރަށް ލޯބިކޮށެވެ. އެކަނި ވެއްޖިއްޔާ ޒޯހަންގެ ކަމަކީ ޝިޔާރާގެ ކޮލުގައި ބޮސްދީހެދުމެވެ. ޝިޔާރާއާއި އެއްތަނެއްގައި އެކަނި ޒޯހަން އަށް ހުރުމަކީ މިހާރު އުނދަގު ކަމެކެވެ. މިއަދު ޒޯހަން އަށް ޑޮކްޓަރ ދިން ހަބަރަކީ ޒޯހަން ވަރަށް އުފާވި ހަބަރެކެވެ. އެއްވެސް ބިރުވެރިކަމެއް ނެތި ޝިޔާރާ އާއި ކައިރިވެލާހިތުން ޒޯހަން އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ ޒޯހަން މިހާރު ބޭނުންވަނީ ކޮންމެ ރެއަކު ވެސް ޝިޔާރާ ކައިރީގައި ނިދާށެވެ. ނަމަވެސް މިރޭ ވެސް މީ ނިއާގެ ރެއެވެ. ނިއާގެ އުނދަގުލާއި މިރޭ ވެސް ކުރިމަތިލާން ޖެހޭނެއެވެ. ނިއާ ކައިރީގައި ޒޯހަން ނިދާ ރޭތަކުގައި ޒޯހަން އަށް ސަލާމަތްވެވެނީ ވަރަށް މަސައްކަތް ކޮށްގެންނެވެ. އެރޭރޭ ތަކުގައި ނިއާ ނިދުމުން ޒޯހަން ގޮސް އޮންނަނީ ސޯފާގައެވެ. ނިދުމަށްފަހު ނިއާ އަކީ އަނެއް ދުވަހު މެންދުރު ވާއިރު ހޭލާ މީހެއް ކަން ޒޯހަން އަށް މިހާރު ކަނޑައެޅިގެން ޔަގީންވެއެވެ.

“ބެލީތަ ކޮންކަހަލަ ބޭބީއެއްތޯ” ބަދިގެއިން ނިކުތް ރާކީ ޒޯހަން ކައިރީގައި އަހާލިއެވެ. އެވަގުތު އެއީ ނިއާ ވެސް ކޮޓަރިން ނިކުތް ވަގުތެވެ. ޒޯހަން ނިއާ އަށް ބަލާލަމުން ދެން ބަލާލީ ރާކީއަށެވެ. ޝިޔާރާއަށް ނިއާ ފެނުމުން ޒޯހަންގެ އަތުގައި ބާރަކަށް ބައްދާގަތެވެ. ޝިޔާރާގެ އެ އަމަލުން ޒޯހަން އަށް ބަލާލެވުނީ ދުރުގައި ހަށަމަށް އަތް ނަގައިގެން ހުރި ނިއާ އަށެވެ. ނިއާގެ ރުޅިވެރި ދެލޯ ޝިޔާރާ އަށް އަމާޒުވެފައިވާތަން ފެނި ޒޯހަން ކައިރިއަށް ނުލަފާ ހިންޏެއްއައެވެ. ނިއާ ރުޅިއައިސް ހުރި އިރު ވެސް ޝިޔާރާ ހުރީ މަލާމާތުގެ ފާޑަކަށް ހީގަނެގެންނެވެ. “ކީއްކުރާނީ ދޮންތާ.. މިކަން ނުކޮށްފިއްޔާ މަށަށް މަންމަ ގެއްލޭނީ.. މިހާރު ވެސް ދުވާލަކު އެތައް ފަހަރަކު މަންމަ ގުޅާ. އަހަރެންގެ ބޯ ފަޅައިގެންދާވަރުވޭ. މީނަގެ ކަންތައް ކުރަންވެގެން މަށަށް ނިއާ އާއި މެދު ފަރުވާކުޑަ ކުރެވެނީ. ސޮރީ ނިއާ…މިކަން ވަރަށް އަވަހަށް ނިމިދާނެ” ޒޯހަން ނިއާ އަށް ބަލާލަމުން ނިކަން ދެރަވާކަމަށް ހެދިފައި ބުންޏެވެ. ނިއާ ވީ އުފަލުން ޒޯހަން ކައިރިއަށް ޖެހިލާ ބައްދާލަން އުޅުނެވެ. ނަމަވެސް ޝިޔާރާ ކޮށްލި ކަމަކުން ނިއާ އަށް ޖެހުނީ ހުރި ހިސާބުގައި މަޑުކުރާށެވެ. ބޮލަށް އެނބުރުން އެރިކަމަށް ޝިޔާރާ ހެދުނީ ނިއާ އަށް ޒޯހަންގެ ގައިގާ ބީހުމުގެ ފުރުސަތު ނުދޭންވެގެންނެވެ. ނިއާގެ ކުރިމަތިން ޒޯހަން ޝިޔާރާ އަތްދަނޑި މައްޗަށް އުފުލާލައިގެން ދިޔައީއެވެ. ރުޅި އައިސްގެން ފަޅައިގެންދާވަރުވެފައި ހުރި ނިއާ ދެއަތް މުށްކަވާލިއެވެ. ޒޯހަންގެ އަތްމަތީގައި އޮތް ޝިޔާރާ ޒޯހަންގެ ކަރުގައި ދެއަތުން ވަށާލާ ބަލާލީ ނިއާ އަށެވެ. އަދި  ނިއާ އަށް އެއްލޯ ކުޑަކޮށްލުމާއެކު ޒޯހަންގެ ކަނދުރާގައި މޫނު ފޮރުވާލިއެވެ.

 

ހަރީރާ ޑޮކްޓަރަށް ދެއްކުމަށްޓަކައި ސާރާ އާއި ހަރީރާ މާލެއަށް އައުމަށް ފެރީއަށް އަރާ އިނެވެ. މީހުން ގިނަ ކަމުން ޖާގަ ލިބުނީ ތަންކޮޅެއް ފަހަތުންނެވެ. އެހެންކަމުން ދަތިހާލުން ނަމަވެސް ކައިރީގައި ދެމައިންނަށް ތިބެވުނެވެ. ފޯނެއް އައުމުން އެކޯލަށް ޖަވާބު ދިނުމަށްޓަކައި ސާރާ ކަންފަތުގައި ފޯނު ޖެހި ވަގުތެވެ. ފޯނުގައި އިން ސާރާގެ ދެެލޯ ކުއްލިއަކަށް ހުއްޓުނީ ކުރިމަތިން ހިނގާލާފައި އައި އައިމިނަ އަށެވެ. އައިމިނަ ވެސް ރައްޓެއްސަކަށް ބަލަމުން އައިސް އިށީނީ ހަރީރާ އާއި ޖެހިގެން އިން ގޮނޑީގައެވެ. ފޯނު ކުރުކޮށްލުމަށްފަހު ސާރާ ހަރީރާގެ ފައިގާ ކޮށްޓާލިއެވެ. ހަރީރާ ބަލާލުމާއެކު އިޝާރާތުން ޖެހިގެން އިން އައިމިނަ ދައްކާލިއެވެ. ހަރީރާއަށް ނަގައިގަންނަން އިރުގަނޑެއް ނެގިއެވެ. ބާރު ދުވެލީގައި ފެރީ މާލޭ ތޮށިގަނޑާއި ކައިރި ކުރަމުން ދިޔައިރު ސާރާގެ ހިތް ނެގިނެގިިފައި ޖެހެމުން ދިޔައެވެ. ލިބުނު ރަނުގެ ފުރުސަތު ނަގާ ނުލުމަށް ހިތް ބުނަމުން ދިޔައެވެ. ފޯނަށް ގެއްލިފައި އިން އައިމިނަ އިސް އުފުލާލި ވަގުތު ކައިރިން މީހަކު ބަލާހެން ހީވެގެން މޫނު އަނބުރާލިއެވެ. އެއާއެކު އައިމިނަގެ ދެލޯ ބޮޑުވިއެވެ. ދާހިއްލަން ފެށުމުން އަވަސް އަވަހަށް ނިއްކުރިމަތީގައި އަތް ހާކާލިއެވެ. ހަރީރާގެ މޫނު މަތިން ހިތްހަމަނުޖެހުން ފެންނަން ހުރިއިރު ސާރާގެ މޫނު މަތިން ހާމަވަނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. އައިމިނަ ބިރުގަތީ ސާރާ ފެނުމުންނެވެ. އިސާހިތަކު އައިމިނައަށް ޖަލުގެ ތޭރިތަކުގެ އެތެރޭގައި އޭނާ ވަނިކޮށް ހިޔާލަށް ފެންނަން ފެށިއެވެ. ރޮވެން ފެށުނީ ދެން ހަދާނެގޮތެއް ނުވިސްނުމުންނެވެ. ފެރީ ތޮށިގަނޑާއި ކައިރި ކުރުމާއެކު މީހުންތައް ފެރީގެ ދޮރާއި ކައިރިވާން ފެށިއިރު ހީވަނީ އެއްފަހަރާ ބަކަރި ކޮށްޓަކުން ބަކަރިތަކެއް ދޫކޮށްލީ ހެންނެވެ. ތަންވަޅު ބަލާ އައިމިނަ ވެސް ގޮނޑިން ބުޑު ހިއްލާލީ ސާރާ އާއި ހަރީރާގެ ލޯމަތިން އަވަހަށް ސަލާމަތްވުމަށެވެ. ނަމަވެސް ސާރާ ހުށިޔާރުކަމާއެކު އައިމިނަގެ އަތުގައި ހިފެހެއްޓިއެވެ. ސާރާ އެކުރީ އައިމިނައަށް ވިސްނާނުލެވިފައި ވާ ކަމެކެވެ. ސާރާގެ އަތް ނެއްޓުވޭތޯ ދެތިން ފަހަރަކު އަތް އަނބުރާވެސް ލިއެވެ. ނަމަވެސް ސާރާ ސާބިތުކަމާއެކު އައިމިނަގެ އަތުގައި ވަނީ ވަރަށް ބޮޑަށް ހިފާފައެވެ. “މިތަނުގައި އަމިއްލައަށް ފަޟީހަތްވާން ބޭނުންނުވާނަމަ މަށާއކު މަޑުމަޑުން ފެރީން ފައިބާ. އެހެންނޫނީ ފަހަތުގައި މިހިރަ ދޮރުން މިފަޅަށް ކަލޭ ވައްޓާލާކަށް ވެސް މަށެއް ފަހެއް ނުޖެހޭނަން” ސާރާގެ އިންޒާރުން އައިމިނަ ބިރުގަތެވެ. އެއްވެސް ބަހެއް ނުކިޔާ އައިމިނަ ސާރާ އާއި ހަރީރާ އާއި އެކު ޓެކްސީ އަށް އެރިއެވެ. އޭޑީކޭ އަށް ގޮސް އައިމިނަގެ ޓެސްޓްތައް ހެދުމަށްފަހު ދެވަނަ ފަހަރަށް ޓެކްސީ އަށް އެރީ ހުޅުމާލޭ ފެރީޓާމިނަލަށް އައުމަށެވެ. ޓެކްސީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިއަށް މަޑުކޮށްލުމާއެކު ސާރާ އައިމިނަ އެތަނަށް ބާލުވާ ދޮރުމަތީގައި މަޑުކުރުވިއެވެ. ހަރީރާ ވެސް ކައިރީގައި ހުއްޓުނެވެ. “އަހަރެން މިއުޅެނީ އައިމިނަ މިތަނަށް ވައްދާކަށް ނޫން. ނަމަވެސް އަހަރެން ކުރާ ސުވާލުތަކަށް ތެދު ބަހުން ޖަވާބު ނުދީފިއްޔާ އެންމެ ކައިރިން މިހިރަ ދޮރުން އެތެރެއަށް ކޮށްޕާލަން އެންމެ ސިކުންތެއް ވެސް ނުނަގާނެ. އިބްރާހީމް ބަދޫރާ އާއި ކައިވެނި ނުކުރީ ލޯބިނުވާތީ. އާގިސާ އާއި ކައިވެނި ކުރިއރު ވެސް އިބްރާހީމް ލޯބިވީ ހަމައެކަނި އަހަރެން ދެކެ. އެކަން ބަދޫރާއަށް ވެސް އައިމިނަ އަށް ވެސް އެނގޭ. ދެން ކީއްވެ މަގޭ ދަރި އާއި މަށާ ވަކިކުރީ. އާން އެއީ މަގޭ އުފަން ދަރިންނެއް ނޫނަސް އެކުދިން ހަމައެކަނި މަގޭ ރަހިމުގައި އޮވެ ބޮޑުނުވާކަމާއި ވިހަން ބަނޑުގައި ނުރިއްސާކަން. އެކުދިން އެންމެ ފުރަތަމަ ކިރުފޮދު ބޯލީވެސް އަހަރެން ކައިރިން. އައިމިނަ ކުރި ކަމެއް މަށަށް ކުރިނަމަ. ކުށެއް ނެތް މައުސޫމް ތުއްތު ފުރާނައެއް މަޔަކާއި ދުރުކުރުވިއިރު ކަލޭގެ ހިތެއް ނެތީތަ؟ ހީނުކުރައްޗެ މިފަހަރު ކަލޭ އެހާ ފަސޭހައިން ސަލާމަތްވާނޭ. އޭރު އެއީ ކަލޭގެ ފަހަރު ވިޔަސް މިފަހަރު މިއީ މަގޭ ފަހަރު. މިހާރު ކަލޭގެ ބޭބެ އެއީ ސުމެއްގެ މީހެއް. މަގޭ ބޭބެ އެއީ މުޅި ރާއްޖެއަށް ނަން މަޝްހޫރު ނޫރީ އަބްދުއްސައްތާރު. ވިޔަފާރިވެރިއެއް އަދި އަދި ކަލޭގެ ބޭބެއާއި  ނުބައްދަލު ނުފޫޒު ގަދަ ބޭފުޅެއް. ބުނޭ…ހަމަ މިހާރު ބުނޭ މަގޭ ޝިއުނީ ވީ ތަނެއް…އެހެންނޫނީ ކުރިމަތިން ފެންނަން މިހުރި ބޮޑު އިމާރާތަށް ކަލޭ މުޅި ދިރިއުޅުން ބަދަލު ކުރަން އެންމެ މިނިޓެއް ވެސް ނުނަގާނަން” ސާރާގެ ކުރިމަތީގައި ހުރި އައިމިނަ ބިރުން ރޫރު އަޅައެވެ. ހުދު އެކުއްޖާވީ ކޮންތަނެއްގައި ކަމެއް ނޭނގެންޏާ އައިމިނަ ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ “މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި. އެކުއްޖާ ވީތަނެއް މިހާރު މަށަކަށް ނޭނގޭ. ވަރަށް ފަހަކާއި ޖެހެންދެން ވެސް އެމަންޖެ ހުރީ މަގޭ ކައިރީގައި. އޭގެ ފަހުން އަހަރެން އެމަންޖެ މުސްކުޅި ފިރިހެނަކަށް ވިއްކާލީ. އެދެމީހުން ކައިވެނި ކުރިކަން އެނގޭ. އޭރުގަ އަހަރެން ފައިސާ އަށް އިންތިހާއަށް ބޭނުންވެފައި ހުރީ. ރިޝްވަތުގެ މައްސަލައެއްގައި ކުށް ސާބިތުވެގެން ބޭބެ އޮތީ ޖަލުގައި. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އިބްރާހީމްގެ ސަބަބުން ރޮއެ ހިތާމަކޮށް މިދުނިޔެ އަޅާ ދިޔައީ އަހަރެންގެ ކުރިމަތީގައި. ސާރާގެ ދަރިފުޅު ވަގަށް ގެންދިޔައީ ބަދަލުހިފުމުގެ ރޫހު ހިތުގައި އޮތްލެއް ބޮޑުކަމުން. ހަމަ ހައްގު ތެދެއް މިބުނި. މިހާރު އެމަންޖެ ވީ ތަނެއް ނޭނގެ. އާނ! ވަރަށް ފަހުން މާލޭ މަގެއްމަތީގައި ވެއްޓިފައި އޮށްވާ އަހަރެން އެމަންޖެ ހޮސްޕިޓަލަށް ގެންދިޔައިން” އައިމިނަ ދައްކަމުން ދިޔަ ވާހަކައިން ސާރާ އަށް ރޮވެމުން ދިޔައެވެ. އަހަރެންގެ ލޯބިވާ ޝިއުނީ އިނދެގެން އުޅެނީ މުސްކުޅި ފިރިހެނަކާ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެމަންޖެ ހާދަ ހިތާމައެއް ކުރާނެއެވެ. މާލޭގައިވެސް އުޅޭނެތާއެވެ؟ އެކަމަކު ހޯދާނީ ކިހިނެެއް ހެއްޔެވެ؟” ސާރާ ރޮވިފައި ހުރީ ހިޔާލަކަށް ގެއްލިފައެވެ. ހިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނީ އައިމިނަ ވާހަކަދެއްކި އަޑަށެވެ. “ސާރާ! އަހަރެން ދެން ދިޔަދީ. އަހަރެން ފުލުހުންނާއި ހަވާލު ނުކުރޭ. އަހަރެން ކުރީ ކުށެއް ކަން މިއަދު އިހުސާސް އެބަ ކުރެވޭ. އެކުށަށް ތައުބާ ވެސް ވެއްޖައިން. ނޭނގެ ކިތައް ފަހަރު ކަމެއް ވެސް. އަހަރެން މިއައީ ބުއްދި ހަމަނުޖެހޭ މޮޔައެއްގެ ގޮތުގައި ގުރާދޫގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައި. އާދޭސްމިކުރީ. އަހަރެން ކުރި ކުށުގެ އަދަބު ލިބިގަނެފިން. ލޯބިވާ އަންހެން ދަރިފުޅު ދެކެ ވެވުނު ކަނު ލޯތްބެއްގެ ސަބަބުން ކުރެވުނު ވަރަށް ދަށުދަރަޖައިގެ ކަމެއް އެއީ. ސާރާ އަށް ޝިޔާރާ ފަކީރު ބައްދަލުވުމަށް އެދި އަހަރެން ދުއާ ކުރާނަން. ﷲ އަށްޓަކައި އަހަރެން ދިޔަދީ” އައިމިނަ ހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔައިރު ވެސް ސާރާ ހުރީ ރޮވިފައެވެ. އެ އަންހެނާއަށް ސާރާގެ ހިތުގައި ރަހުމު އުފެދުނެވެ. ނަމަވެސް ‘ޝިޔާރާ’ ގެ ނަން އައިމިނަގެ ދުލުން ބޭރު ވުމާއެކު ސާރާގެ ކަންފަތް ކޮޅަށްޖެހި އައިމިނަ އަށް ބަލާލެވުނެވެ. ހަރީރާއަށް ވެސް ވީ އެވަރެވެ. “ޝިޔާރާ އޭ… އެއީ މަގޭ ޝިއުނީ ތަ؟” ސާރާ އަހާލިއެވެ. “މަ އެމަންޖެ ވަގަށް ނެގި ރޭގައި ބޭބެ މެދުވެރިކޮށް ކުއްޖަކު ލައްވާ ތިގެއިން ބައެއް ސާމާނު ވަގަށް ނެގިއިރު އުފަންދުވަހުގެ ސެޓްފިކެޓް ފެނުމުން އެނގުނީ އެމަންޖެއަށް ކިޔަނީ ޝިއުނީ ކަން. އެހެންވެ އޮޅުވާލަން ވެގެން ނަން ޝިޔާރާ އަށް ބަދަލުކުރީ. ސެޓްފިކެޓް ވެސް ވާނީ ބަދަލުކޮށްފައި. އެހުރިހާ ސާމާނެއްވީ އެމަންޖެ އަތުގައި. އަހަރެން އެމަންޖެ ކައިރިން ވެސް މާފް ބޭނުން. އުމުރުން ސޯޅަ ސަތާރަ އަހަރު ވީ އިރުވެސް އަހަރެންގެ ފަރާތުން އެމަންޖެއަށް ލިބިފައި ވަނީ އަނިޔާ އާއި ވޭނާ ނަފްރަތު” އައިމިނަ ދެއަތް ޖޯޑުކޮށްގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު ސާރާ އަށް ރޮވެނީއެވެ. ސާރާގެ ކޮނޑުގައި ހިފާ ގާތް ކޮށްލައިގެން ހަރީރާ ރުޅި އައިއްސާ އައިމިނަ އަށް ބަލަހައްޓައިގެން ހުއްޓެވެ. “އައިމިނަ މިއަދު އަހަރެން ކަލޭ މިދޫކޮށްލަނީ މީގެ އަހަރުތަކެއް ކުރިން ހިނގާ ދިޔަ ކަމެއްގެ ބަދަލު ހިފަން ބޭނުންނުވާތީ. ނުވަތަ ކަލޭ ކަހަލަ އިންސާނިއްޔަތު ކަމެއް ނެތް ބަޔަކަށް ވާން އަހަރެމެން ބޭނުންނުވާތީ. އެހެންނޫނަސް މިހާރު އަހަރެމެންނަށް ޔަގީން ވެއްޖެ އަހަރެމެންގެ ދަރި ހެޔޮ ހާލުގައި ދުނިޔޭގައި ހުރިކަން. ކަލޭ ތިކުރި ކުށަށް މާފް ވެސް ކޮށްފިން. އެކަމަކު އަދިވެސް ކަލެއަށް ކަށްވަޅުގައި އޮންނަން ފަސޭހައެއް ނުވާނެ އެމަންޖެގެ މާފު ނުލިބޭހާ ހިނދަކު. އަހަރެމެންނަކީ ކަލެ ހާ ނުލަފާ ނުބައި ބައެއް ނޫން………….ހިނގާ ދަރިފުޅާ” ސާރާ ގޮވައިގެން ހަރީރާ ފެރީ އާއި ހަމައަށް ދިއުމަށް ހިނގައިގަތެވެ. “މަންމާ.. ޝިޔާ އެއީ އަޅުގަނޑުމެންގެ ޝިއުނީ އަށް ވެދާނެތަ؟ ޝިފްނީ އާއި ނުލާހިކު އެއްގޮތް. އެއީ ވެސް އަޅާލާނެ ޔާރެއް ނެތް ނިކަމެތި އަންހެން ކުއްޖެއްގެ ގޮތުގައި  ބޭބޭ ގޭގައި މަސައްކަތް ކުރި ކުއްޖެއް. އިނދެގެން އުޅުނީ ވެސް ބަކުރު ކިޔާ މުސްކުޅިއަކާއި. ޖިންސީ އަނިޔާތަކެއްގެ ޝިކާރަ އަކަށްވެ ވަރަށް ހާލު ދެރަވެ ރާއްޖޭން ބޭރުގައި ވެސް ފަރުވާ ދިން. އަޅުގަނޑުގެ ހިތް ބުނޭ އެއީ ޝިއުނީ އޭ. އެކުއްޖާ ފެނުމުން މިހިތް އަބަދުވެސް ކިޔަނީ އެކައްޗެއް. މަންމާ! ހިނގާބާ ބޭބެ ގެއަށް ގޮސްލާފައި ގެއަށް ދާން. އަޅުގަނޑު ބޭނުން އެމަންޖެ ދެކިލާފައި ދާން” ސާރާގެ ބަހަށް ތާއީދުކޮށް ހަރީރާ ވެސް އެގޮތާއި އެއްބަސް ވިއެވެ. ފޯނު ނަގާ މާލޭގައި ހުރި ޝަޒަން އަށް ގުޅާލުމާއެކު ދިހަ މިނިޓްތެރެ ކާރުގައި ކައިރިކޮށްލިއެވެ. “މަންމަ ރޮއެފަތަ؟ ކީއްވެ ކުރިން ގުޅާނުލީ. އަޅުގަނޑަށް އާދެވުނީސް މާމަ ހޮސްޕިޓަލަށް ގެންދަން ވެސް. ފްރީކޮށް އުޅުނީ” ދުޅަވެފައި ހުރި ސާރާގެ ދެލޯ ފެނުމުން ޝަޒަން ވާހަކަދެއްކީ ކާރު ދުއްވާލަމުންނެވެ. “އޭރު މާމަމެން ފަހަތުގައި އެހެންމީހަކު ޖަހައިގެން އުޅުނީ. އެމީހަކުގެ ސަބަބުން އަހަރެމެންގެ އާއިލާއާއި ގުޅޭ ވަރަށް މުހިއްމު ހަގީގަތެއް އެނގިގެން ހިނގައްޖެ” ހަރީރާ ޝަޒަން އާއި ވާހަކަދެއްކި އިރު ބަސް ހުއްޓިފައި އިނީ ސާރާއެވެ. “އެހެންތަ! މާމާ! މިހާރު އެނގުނީތަ އަޅުގަނޑުގެ ކޮއްކޮ ވީތަނެއް” ކާރު ކުރިއަށް ދުއްވަމުން ޝަޒަން ބުނި އެއްޗަކުން ސާރާ އަށް ތެޅިގަނެވުނެވެ. ހަރީރާ އަށް ވެސް ސާރާ އަށް ބަލާލެވުނީ އަނގަ ހުޅުވިފައެވެ. އެކަކަށް ވެސް ޖަވާބެއް ނުދެވުނެވެ. “މާމާ! ކީއްވެ އެއްޗެއް ނުބުނީ. އަޅުގަނޑުގެ ޝިއުނީ ކޮއްކޮ ވީތަނެއް އެނގިއްޖެހެން ވަރަށް ހީވޭ. އެއަންހެންމީހާ ބުނިތަ؟ މާމާ މިތާ ކާރު މަޑުކޮށްލިއަސް އެންމެ ރަނގަޅުތަ” ޝަޒަން ވާހަކަދައްކަމުން ދިޔައެވެ. މަންމަ އާއި މާމައަށް މިވަގުތު ވާހަކަ ނުދެއްކޭނެކަން ވެސް އެނގެއެވެ. އެހެންކަމުން ބޭނުންވީ އެދެމީހުންނާއި ކުރިމަތި ލައިގެން ވާހަކަދައްކާށެވެ. “މަންމާ! މާމާ! އަޅުގަނޑަށް ދެން ސިއްރު ކުރަން ނޫޅޭ. އަޅުގަނޑަށް ވެސް ހާލީ އަށް ވެސް އެދުވަހު ގޭގައި ދެއްކި ވާހަކަ އަޑު އިވުނު. އަދި މިރޭ އެ އަންހެންމީހާ އާއި ބައްދަލުކުރިކަން ވެސް އެނގޭ. އަޅުގަނޑު ހާލީ ގޮވައިގެން ދަނިކޮށް ފެނުނު މާމަ އާއި މަންމަ އެތަނުގައި އެމީހާ އާއި ވާހަކަދައްކަން ހުއްޓާ. ސޮރީ ވަރަށް ބޮޑަށް” ސާރާ ލޯބިވާ ފިރިހެން ދަރިފުޅަށް އިސް އުފުލާ ބަލާލިއެވެ. މަންމަގެ ލޮލުން ފޭބި ކަރުނަތައް ޝަޒަންގެ ދެއަތުން ފޮހެލަދިނެވެ. “މަންމާ! ބައްޕަ އެއީ އަޅުގަނޑުގެ އަބަދުގެ ވެސް ބައްޕަ. އަޅުގަނޑު ދިރި ދުނިޔޭގައި ހުރިހާ ދުވަހަކު ބައްޕަ ދޫކޮށެއް ނުލާނަން. އަދި މަންމަ ވެސް. ދެކޮއްކޮ ވެސް. އަޅުގަނޑަށް ހަގީގަތް އެނގުނަސް މަންމަމެން ކަންބޮޑުވާނެ ކަމެއް ނެތް. ހިނގާ ދަމާ. މިރޭ ހާލީގެ މަންމަ ބަލިކަމުން އެގެއަށް އައިސް އެބައުޅޭ. ބުނި މަންމަ ކައިރީގައި އަހާލީމޭ. އެގެއިން ހާލީ ނަގައިގެން ދޯ ބޮޑުބެ ގެއަށް ދާނީ” ހަރީރާ ކޮނޑަށް އަތް ލައިގެން ކާރާއި ދިމާލަށް ޝަޒަން ދިޔައެވެ.

“މަންމާ! ތިދެވެނީ ފާޑެއްގެ ގެއަކަށް. އެގޭގައި އުޅޭނެ ބޮޑު ހަންޑިއެއް. މީހުންނާއި ދިމާލަށް ބަލާނީ ވެސް ހަތްބޯރާއްސެއްހެން. އޭނަ ބަލާލާ ގޮތަކުން ވެސް އަނެއް މީހާ ކުކުޅަކަށް ހަދާލަފާނެ. އެގޭގައި އުޅުނަސް އޭނަ އަށް ބަލާނުލާތި” ޝަޒަންގެ ވާހަކައިން ރޮވިފައި އިން ސާރާ އަށް ހެވުނެވެ. ހަރީރާ އެކާކުހޭ އަހާލުމުން އެއީ ޒޯހަން ފަހުން އިން ކުއްޖާއޭ ބުނި އިރު ވެސް ސާރާ އަށް އިނީ ހެވިފައެވެ.

66
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 15..

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 12 ވަނަ ބައި

Next
April 23, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 12 ވަނަ ބައި

Previews
April 22, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 15..

33 Comments

  1. Ushaali says:
    April 23, 2016 at 1:30 am

    lasvi kamahttakai huriha kiyuntheringe arihum nihaayathah maafah edhen…ulhen jehunu gothun mihaa bodah lasvee. vahaka liyanee duty inna gadyga v ma bizi vany. dhn in part liyevunuha avahakah up kohdheynan. insha allah… mi part ves kamudhaane kamah heekuran…

  2. Riph says:
    April 23, 2016 at 2:04 am

    Yayyy!!! Varah reethi.. ?

  3. Zeena says:
    April 23, 2016 at 2:04 am

    Varah reethi

  4. zeen says:
    April 23, 2016 at 2:23 am

    V reethi, dhen in part ves up kodhechey ehaa gina dhuvas nukoh.

  5. Mal mal says:
    April 23, 2016 at 3:06 am

    v nice. witin 4 nxt

  6. princess says:
    April 23, 2016 at 7:00 am

    Finally….. 4dhuvahuge inthizaareh…hehe…..vrh rythi mi part vx…..waiting for nxt prt

  7. Hooo says:
    April 23, 2016 at 7:17 am

    Mihaaru mivaahaka daa got varah reethie.

  8. ken? says:
    April 23, 2016 at 7:42 am

    next partga gossaa shiyaa ge faige fala masgandu check kurey..hope next will up ASAP☺
    BTWthanks thihaa burakoh ulhemun mihaa reethi vaahakei up kohdhetheeve

  9. elsa says:
    April 23, 2016 at 8:24 am

    duty ah makaru hadhany dho. furathamaves thiothy nazaahaaitheri nuvevifa.avahah islaahuvey.

    1. princess says:
      April 23, 2016 at 9:01 am

      E nuvaane makaru hedhumakah

    2. shini says:
      April 23, 2016 at 9:37 am

      Duty ga ulhunas mikahala kanthah kureveyne dhww..free timevx libeyn … So, ehn v ma duty ah makaru hadhany ekey nubuneveyne dhw

    3. Hooo says:
      April 23, 2016 at 10:10 am

      Alhey duty eyiy 24/7 ekamah hus vegen hunan jeyhey kamey nooney. Den free time ves ovey.

    4. ken? says:
      April 23, 2016 at 10:18 am

      duty ga indhegen hama ekani vaahaka liyaanama up kureveyne bunefa inna dhuvahuga…ekam duty ga bxxy v ma dhw ushaali ah time nulibuny vaahaka type kuran..mithaaku nei meehakau nazaahaaitheri nuvevifa ei..shukuru kohbala ehaa bxxy koh ulhemun ves time vee varakun up kuraathyve…
      thnkx ushaali i truly appriciate ur hard work…☺

    5. Ushaali says:
      April 23, 2016 at 11:57 am

      nooney makaru nuhadhan. duty ga libey free gadi thakuga mikan kurany. shift ga ulhey ehen kudhin varah ulheyne ushaly liyaa ehcheh balan. ehenvyma emyhunnah foruvan… so next part maadhama. insha allah…

    6. Yobro says:
      April 23, 2016 at 1:58 pm

      Duty ga ulhey iru makaru hadhaaaa meeehunnna heeevaaneeee eves makaru hen. Be like ushaali dnt be like elsa????

  10. Aimsithu says:
    April 23, 2016 at 8:53 am

    Oh gadha. . So shiya aky hama shifnee ge twin sister dho..

  11. Reesha✔ says:
    April 23, 2016 at 11:14 am

    Next part Avahah up kohdhehchey

  12. Ushaali says:
    April 23, 2016 at 11:58 am

    thankyou 4 da lovely comments 😉

  13. SoMeOnE says:
    April 23, 2016 at 7:48 pm

    Kitheh part innany

  14. meesha says:
    April 23, 2016 at 8:25 pm

    WOWW MY GUESS WAS CORRECT!!! YAYYYYY!!!!!

  15. Minha says:
    April 24, 2016 at 12:56 pm

    Plx up kohdybala avahah ushaleeeeeeee

  16. ken? says:
    April 24, 2016 at 2:41 pm

    i guess mireygahen up vaanee….v inthizaaru kurevey vaahakei mee…hithah araa nunimyne namey…ehaaves reethi…

  17. angle says:
    April 24, 2016 at 2:44 pm

    thnkx ushaa

  18. ifaaa says:
    April 24, 2016 at 5:28 pm

    kbw tha story ushaali….

  19. Aana says:
    April 24, 2016 at 5:42 pm

    Anehbai kobaa

  20. Aish says:
    April 24, 2016 at 6:21 pm

    Kobaahey vaahaka.

  21. nym says:
    April 24, 2016 at 7:56 pm

    ushaa aneh bai kobaa .. bunemehnu miadhu ey nxt part ..plz plz avahah up kohba .. kiyaa hithun hurevey eh noon .. plx mirey 10 ge kurin up kohdhehchey ushaa plz plz plz..

  22. Zaanaa says:
    April 24, 2016 at 8:01 pm

    Haada keyaa hiy veyay avahah up kohdeeba pls pls pls

  23. Aish says:
    April 24, 2016 at 11:02 pm

    Ushaali akah dhn trust eh nukuraanan mihaaru up kohdheynamey kiyaafa mulhin vx dhogu hadhani.

  24. Aish says:
    April 24, 2016 at 11:05 pm

    Vaahaka liyefa up kuran hama Aasi vareh Nethey buneveyni eyna v fahkaa. Ehn jeheyne vaan.

  25. shinee says:
    April 25, 2016 at 12:16 am

    ushaali next time plx dnt tell us wen u ll up…cux bunefa inna dhuvahuga up kureythw readers v balaane…so its better not to let us to check de site often…mibuny story liyefa up kureveyne kamuge yageen.kan nethiyyaa nubuneba miveni dhuvaheiga up kuraanamey…cux ehen bunefa egothah kanthah nukurevenyaa readers foohi vedhaane…hope next time mihen nuvaane kamah…

  26. Ushaali says:
    April 25, 2016 at 12:52 am

    m realy very sorry frndxxx…. try kurany v emme avaheh kuran. maadhama ah up kurevetho mihaaru ves balany mi… again m so sorry 🙁

    1. Fathun says:
      April 25, 2016 at 10:30 am

      Hope this wil nevr hppn again. Cauz mi waahaka kiyan warah gina kudhin keh madhu vefa mithibeny. Dhen huri part thah daily koh genes dheveytho try kuraathi pls pls pls.

Comments are closed.

All Right Reserved!