Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ެއިންސާފް .. 11 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
April 26, 2016 9 Mins Read
30 Comments

ނާސިރު ދެއަތް ފުރަގަހަށް ވާގޮތަށް ބިޑިއަޅުވަފައި ހުރި އިރު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. އޭނަ ވަށިގެން ފަސްވަރަކަށް ފުލުހުން ތިއްބެވެ. އަހަރެންގެ ދަތްޕިލަ ބުރި ވާރަށް އަހަރެންނަށް ބާރު ކޮށްލެވުނެވެ.

މަޑުމަޑުން އަހަރެން އެމީހުންނާއި ކައިރިއަށް ދިޔައީމެވެ. ފުލުހުން އޭނަ ވަށާލައިގެން ތިބެ ހުސައިން އާދަމް ބިލްޑިންއާއި ދިމާލަށް ކުރިއަށް ދިޔައެވެ. ނާސިރުގެ މޫނުަމތީގައިވާ ހިނިތުންވުން ފެނުމުން އަހަރެންގެ އެތެރޭގައި ހިންދައިގެން ހުރި ރުޅިގަނޑު ހީވީ އަހަރެން ފަޅާލާފައި ނިކުންނެވެ. ކިތައްމެ ވަރަކަށް އަހަރެންގެ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުޅުނު ކަމުގައި ވިޔަސް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އަހަރެންނަށް ކުއްލިއަކަށް ނާސިރުއާއި ދިމާލަށް ޖެހިގަނެވުނެވެ. ދިޔަ ގޮތައް އޭނަ ލައިގެން ހުރި އޮރެންޖް ކުލައިގެ ޓީޝާޓްގައި ހިފާ ދަމައިގަތީމެވެ. “ކަލޭގެ މައްސަލައަކީ ކޮބާ.. ބުނެބަލަ.. ކޮބާތަ.. އަހަރެން ކަލެއަށް ކީއްކުރީތަ.. ކަލޭ އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން ތި މަސައްކަތް ކުރަނީ ކީއްވެތަ.. ޖަވާބު ދީބަލަ” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އެތަނުގައި ތިބި ފުލުހުންވެސް ތިބީ އެކަހަލަ ކަމަކަށް ވިސްނައިގެން ނޫންކަމުން އެމީހުންގެ މޫނުމަތިންވެސް ފެންނަން ހުރީ ހައިރާންކަމެވެ. “އަހަރެން މި ހުރިހާ ދުވަހު މި މަސައްކަތް ކުރަނީ ކަލޭއަށް އެހީ ވެވޭތޯ.. އެކަމަކު ކަލޭ.. އަހަރެން ބަންޝީލްއަށް ވިއްކާލާ.. ކޯޓުތަކުގައި އަހަރެން ބަދުނާމް ކުރަމުން ތި ދަނީ ކީއްވެތަ.. ޖަވާބު ދީބަލަ.. ކަލެއަށް އޮތީ ކޮން ހައްގެއްތަ..” އަހަރެން އޭނަގެ ޓީޝާޓްގައި ހިފަހައްޓައިގެން ހުރެ ހަޅޭލަވައިގަތީމެވެ. އޭރު ނާސިރުގެ މޫނުމަތިންވެސް ފެންނަން ހުރީ ހައިރާންކަމާއި ބިރުވެރިކަމެވެ.

“ކަލޭ އަހަރެންނަށް ޖަވާބު ދޭން ޖެހޭނެ.. މިހާރު މިވަގުތު.. ކަލެއަށް އެނގޭނެ އަހަރެން މިއީ ކޮންކަހަލަ މީހެއްކަން.. ކީއްވެތަ ކަލޭ އަހަރެން ބަންޝީލްއަށް ހިބައިން ދިނީ.. ޖަވާބު ދީ.. ކިހިނެއްތަ ކަލެއަށް އެކަން ކުރެވުނީ.. ކަލޭގެ ބޭނުމަކީ ކޮބާތަ.. އަމިއްލަ ދަރިފުޅުގެ ނަން ބޭނުންކޮށްގެން ދޮގުތައް ހަދަމުން ތި ދުވަނީ.. ޖަވާބު ދީބަލަ” އަހަރެންގެ ރުޅިގަނޑު މަޑުވާގޮތެއް ނުވިއެވެ. އެތަނުގައި ތިބީ ހުސް ފިރިހެން ފުލުހުންކަމުން އޭގެން އެކަކުވެސް އަހަރެންގެ ގައިގައި އަތެއް ނުލައެވެ. ނަމަވެސް ނާސިރުގައިގައި ހިފާ އޭނަ އަހަރެންނާއި ދުރުކުރެވޭތޯ ބަލަމުން ދިޔައެވެ. މާގިނަ އިރެއްނުވެ އެތެރެއިން ދެ އަންހެން ފުލުހުން ނިކުމެ އަހަރެން ނާސިރުއާއި ދުރުކޮށްލިއެވެ. ނަމަވެސް އަހަރެން ވަނީ މީގެ ކުރިން ރުޅި ނުއަންނަހާ ބޮޑަށް ރުޅި އައިސްފައެވެ. އެދެފުލުހުން ފޮޅާލާ އަހަރެން އަނެއްކާވެސް ނާސިރުއާއި ދިމާލަށް ޖެހިލީމެވެ. “އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން.. މި ބުނަނީ.. ދުވަހަކުވެސް އަހަރެން ކަލޭ ބުނެގެން ކޯޓަކަށް ނުދާނަން.. އަދި މީގެ ފަހުން ކަލެއަށް އެހީވުންވެސް ނިމުނީ.. ތިހާ އަމިއްލަ އެދުން ބޮޑު ނުލަފާ ޖާހިލަކަށް އެހީވާކަށް އަހަރެންނެއް ނޫޅެއް” އަހަރެން ނާސިރުއާއި ދިމާލަށް އަތް އުކަމުން ދިޔައީމެވެ. ދެ އަންހެން ފުލުހުން މަސައްކަތް ކުރަމުން ދިޔައީ އަހަރެން ނާސިރުއާއި ދުރުކުރެވޭތޯއެވެ. ނަމަވެސް އަހަރެންނަށް ލިބިފައިވާ އާދަޔާ ހިލާފް ބާރުގެ ސަބަބުން އަހަރެން ކޮންޓްރޯލް ކުރުމަށް އެމީހުންނަށްވަނީ އުދަގުލަކަށް ވެފައެވެ.

“އާސީން” ކުއްލިއަކަށް އިވިގެން ދިޔަ އަޑުގެ ސަބަބުން އަހަރެންނަށް ހުއްޓުން އެރިއެވެ. މީހާގެ ހުރިހާ ހިއްސެއް ވަގުތުން އަމިއްލަ މީހާގެ ބާރުގެ ދަށަށް އައެވެ. އަހަރެން ހުއްޓުން އެރުމުން އެ ދެފުލުހުން އަހަރެން ރަނގަޅަށް ހިފެހެއްޓިއެވެ. އަހަރެން މަޑުމަޑުން އެއަޑު އައި ދިމާލަށް އެބުރެލީމެވެ. “އައިރް” އަހަރެންގެ ހިތް މަޑުމަޑުން އެނަން ކިޔާލިއެވެ. ފުލުސް ޔުނީފޯމްގައި ހުރި އިރު އެމޫނުމަތިން ފެންނަން ހުރީ ހިތްހަމަނުޖެހުމުގެ އަލާމާތެވެ. “ކޮންކަމެއްތީ” ރުޅިވެރިކަމާއި އެކު އަހަރެން ކައިރިއަށް މަޑުކޮށްލަމުން އައިރް ބުނެލިއެވެ. އަހަރެން އެތަނުގައި ތިބި އެންމެންނާއި ދިމާލަށް ބަލާލީމެވެ. ފަސްފިރިހެން ފުލުހުންގެ ފުރަގަހުގައި ހުރި ނާސިރުގެ މޫނުމަތިން ފެންނަން ހުރީ ބިރުވެރިކަމެވެ. އޭރު ކުޅިވަރު ބަލަން މީހުން ވަނީ އެއްވެފައެވެ. އަހަރެން އިސްޖެހީމެވެ. “ހަމަމިހާރު ނާސިރު އެތެރެއަށް ވައްދާ.. މިހާރު ގެންދޭ އޭނަ” އެތަނުގައި ތިބި ފިރިހެން ފުލުހުންނަށް އައިރް އަމުރު ކުރިއެވެ. “އާސީން ގެއްދޭ އެތެރެއަށް.. ހަމަ މިހާރު” އަދި އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި ދެފުލުހުންނަށް ބަލާލަމުން އައިރް ބުނެލިއެވެ. “ކަލޭމެން ކޮން އެއްޗެއްތަ ތިބަލަނީ.. މިތަނުގައި މާލޫދު ކިޔަނީތަ ބަލަން ތި ތިބެނީ.. އެބަޔަކު ކުރާ ކަމެއް ކުރަން ދޭ ހަމަމިހާރު” ރުޅިވެރިކަމާއި އެކު އައިރް އެތަނުގައި ތިބި މީހުންނާއި ދިމާލަށް ހަޅޭލަވައިގަތެވެ.

އެދެފުލުހުން އަހަރެން ގެންގޮސް ވެއްދީ ކުޑަ ރޫމްއަކަށެވެ. އެވަގުތު އައިރް އައިސް އެތަނަށް ވަނެވެ. “ލީވް އަސް” އެހެން ބުނުމުން އެދެ ފުލުހުން އެތަނުން ނިކުތެވެ. އަހަރެން މަޑުމަޑުން އަތުގައި ފިރުމާލީމެވެ. އެމީހުން ހިފެހެއްޓި ގަޑީގައި އަހަރެންގެ އަތައް ވަރަށް ތަދުވިއެވެ. ދެލޮލުން ކަރުނަ ހިލުނެވެ. ދެންމެ އެވީ ކިހިނެއް ހެއްޔެވެ. އަހަރެންނަށް އަމިއްލަ ނަފްސް ހަމައަކަށް ނޭޅުވުނީ ކީއްވެ ހެއްޔެވެ. ނާސިރުއާއި އެގޮތަށް ވާހަކަ ދެއްކެންވީ ކީއްވެ ހެއްޔެވެ. “އާސީން” އައިރްގެ އަޑު އިވުނެވެ. އަހަރެންނަށް އައިރްއާއި ދިމާލަށް ބަލާލާކަށްވެސް ނުކެރުނެވެ. އެހާވެސް ބޮަޑަށް އަހަރެން ވަނީ ލަދުގަނެވެ. ދެރަވެފައެވެ. ކުރެވުނު ކަންތަކާއި މެދު ހައިރާން ވެފައެވެ. “ކީކޭ ހިތައް އަރައިގެން ކުރި ކަމެއްތަ އެއީ” އައިރް އަހަރެންގެ ކައިރީގައި ހުރެ އަހާލިއެވެ. “ލުކް.. އަހަރެންނަށް އެނގޭ އާސީން ފްރަސްޓްރޭޓް ވާނެ ވަރު.. އެކަމަކު އެގޮތަކަށް ނޫން ދޯ ކަންތައް ކުރާނީ ކީ.. އެންމެންގެ ތެރޭގައި.. އޭނައަށް އިންޒާރު ދިނުމުގެ ބޭނުމަކީ ކޮބާ.. އެތަނުގައި މީޑިއާގެ މީހުންވެސް ތިއްބޭ” އައިރް ވާހަކަ ދެއްކީ ރީއްޗަށެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. މަޑުމަޑުން ރޮވެން ފެށިއެވެ. “ތިގޮތައް ކަންތައް ކުރާނަމަ.. ކިހިނެއްތަ އަހަރެން އާސީން ސަލާމަތް ކުރާނީ.. ބުނެބަލަ.. “އައިރް އަހާލިއެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. “ދެން ހުއްޓާލާ.. ޕްލީޒް..” އައިރް އޭނަގެ ރުމާ އަހަރެންނަށް ދިއްކޮށްލިއެވެ. “އަހަރެން އާސީންގެ ދޮންބެއަށް ގުޅާނަން.. ބުނާނަން އާސިން ބަލާ އަންނާށޭ” އައިރް ފޯނު ނަގަމުން ބުނެލިއެވެ. އަދި ދޮންބެއަށް ގުޅިއެވެ. އަހަރެން މަޑުމަޑުން އެތަނުގައި ހުރީމެވެ.

އޭގެ ދިހަވަރަކަށް މިނެޓް ފަހުން ދޮންބެ އައެވެ. ދޮންބެގެ މޫނުމަތިން ފެންނަން ހުރީ ހައިރާންކަމެވެ. އަހަރެންނާއި ދިމާލަށް އަވަސްކަމާއި އެކު ދޮންބެއައެވެ. އަހަރެން އިސްޖަހާލީމެވެ. “ކޮއްކޯ.. ކިހިނެއްތަ ތިވީ” ދޮންބެ އަހާލިއެވެ. އަހަރެންނަށް އަނެއްކާވެސް ރޮވެން ފެށުނެވެ. “އާމިރު” އައިރްގެ އަޑު އިވުނެވެ. ދޮންބެ އައިރްއާއި ދިމާލަށް ބަލާލިއެވެ. އައިރް ވެގެން ދިޔަ ހުރިހާ ކަމެއް ދޮންބެއަށް ކިޔައިދިނެވެ. “އާސީން.. އެއީ ތެދެއްތަ.. ކީއްވެތަ އެގޮތަށް ކަންތައް ކުރީ” ދޮންބެގެ މޫނުމަތިން ހައިރާންކަމާއި އެކު ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ގިސްލެވެން ފެށިއެވެ. “ލުކް.. މިވަގުތު އާސީން ގޮވައިގެން ގެއަށް ދޭ.. އަހަރެން ދާނަން މިކޮޅުން ނިމުނުހާ އަވަހަކަށް” އައިރް ދޮންބެގެ ކޮނޑުުގައި އަތްބާއްވާލަމުން ބުނެލިއެވެ. ދޮންބެ ބޯޖަހާލަމުން އަހަރެން ގޮވައިގެން އެތަނުން ބޭރަށް ނިކުތެވެ. އަހަރެން ދެލޯ ފުހެމުން ބޭރަށް ނިކުތީމެވެ.

ހުސައިން އާދަމް ބިލްޑިންއިން ބޭރަށް ނިކުން އިރު މީޑިއަރގެ މީހުންތައް އެތަނުގައި ތިއްބެވެ. އަހަރުމެން ފެންނައިރަށް ދުވެފައި ކަހަލަ ގޮތަކަށް އަހަރުމެންނާއި ދިމާލަށް އައެވެ. “އާސީން… ނާސިރު އާއި އާސީންއާއި އޮތީ ކޮން ގުޅުމެއްތޯ.. ކީއްވެތޯ ނާސިރު ކޮންމެ އަޑު އެހުމަކަށް އާސީން ގެންދަން ބޭނުންވަނީ.. އާސީން މިކަމުގައި އެއްވެސް އެއްޗެއް ބުނާނަންތޯ” މައިކްތައް ދިއްކޮށްގެންތިބެ އެކި މީހުންތައް ސުވާލު ކުރަމުން ދިޔައެވެ. އަހަރެން ހައިރާންކަމާއި އެކު ދޮންބެއަށް ބަލާލީމެވެ. “އެސްކިއުޒް މީ” އަހަރެންގެ އަތުގައި ހިފައިގެން އެންމެން ދުރުކުރަމުން ގޮސް ސައިކަލަށް އަރާ ދޮންބެ ސްޓާޓް ކޮށްލިއެވެ. އޭރުވެސް މީޑިއަރ މީހުން އަހަރުމެންގެ ފަރާތުން އައެވެ. ދޮންބެގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ގެ ކައިރިއަށް ސައިކަލް ޕާކް ކޮށްލި އިރު އެތަނުގައިވެސް މީޑިއަ މީހުން ތިއްބެވެ. އަހަރުމެން ސައިކަލް ޕާކް ކުރާއިރަށް އެމީހުން ދުވެފައި އަހަރުމެން ކައިރިއަށް އައެވެ. “އާސީން.. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން ފުލުސް އޮފީހަށް ގޮސް އާސީން ދަނީ ނާސިރުއާއި ބައްދަލު ކުރަމުން.. އޭނަގެ ކޭސް އާއި ބެހޭގޮތުން ވާހަކަ ދައްކަމުން.. އެއީ ތެދެއްތޯ.. ކީއްވެތޯ އާސީންއަށް ފުލުހުން ނާސިރުއާއި ބައްދަލު ކުރުމުގެ ފުރުސަތު ދިނީ” އެކި މީހުން އެކި ސުވާލު ކުރަމުން ދިޔައެވެ. ދޮންބެ އަހަރެންގެ އަތުގައި ހިފައިގެން ބާރު ހިގުމެއްގައި ދިޔަ ގޮތަށް ލިފްޓަށް އެރިއެވެ.

ގެއަށް ވަދެވުނު އިރު މަންމައާއި ބައްޕަ ސިޓިން ރޫމްގައި ހާސްވެފައި ތިއްބެވެ. “ދަރިފުޅާ..” އަހަރުމެން ފެންނަ އިރަށް މަންމަ ގޮވާލިއެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. ބައްޕަ ވެސް ތެދުވިއެވެ. “އަހަރެންނަށް މިހުރިހާ މަންޒަރެއް ބަލާކަށް ދެނެއް ނުހުރެވޭނެ” ދޮންބެގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމުގެ ރާގެވެ. ބައްޕަ ބޯޖަހާލިއެވެ. “ކޮއްކޮ ބޭރަށް ގޮސްގެން ނުވާނެ ދެނެއް.. ދޮންބެމެން އަންނަން ދެން މަޑު ކުރޭ” އެހެން ބުނުމަށްފަހު އިތުރު އެއްޗެއް އަހަރެންނަށް ނުބުނެވެނީސް ދޮންބެއާއި ބައްޕަ ބޭރަށް ނިކުތެވެ. އަހަރެން މަންމައާއި ދިމާލަށް ބަލާލީމެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރީ ހަމްދަރުދީއެވެ. އަހަރެންނަށް ދުވެފައި ގޮސް މަންމަ ގައިގައި ބައްދާލެވުނެވެ.

ދޮންބެމެން ދިޔަ ފަހުން މިހާރު އެތައް އިރެއް ވެއްޖެއެވެ. ރޭގަނޑު ވުމަށް ކައިރިވަމުން ދަނީއެވެ. އަހަރެން ކޮޓަރިތެރޭގައި ހިނގާލަ ހިނގާލާ ހުރީމެވެ. ނޭނގޭ އުދަގޫތަކެއް އަހަރެންނަށް ވަމުން ދިޔައެވެ. ސިކުނޑިން އަހަރެންނަށް ވަރަށް ބޮޑު ނުރައްކަލެއް އަންނަން އުޅޭ ކަމަށް ބުނަމުން ދިޔަ ނަމަވެސް ހިތުން ބުނެދެމުން ދިޔައީ ހުރިހާ ކަމެއް ރަނގަޅު ވާނެ ކަމަށެވެ. ދޮންބެ ދިޔަ ފަހުން ދޮންބެގެ ހަބަރެއް އަދިވެސް ނުވެއެވެ. އައިރްގެ ހަބަރެއްވެސް އަދިވެސް ނުވެއެވެ. އަހަރެން ހާސްވާން ފެށިއެވެ. ކުއްލިއަށް ދޮރުގައި ޓަކި ޖެހުމަށްފަހު ދޮންބެ ދޮރުހުޅުވާލިއެވެ. “ތައްޔާރުވޭ.. މިހާރު މުހައްމަދުފުޅުބެ ގެއަށް ދާން” ދޮންބެ ބުނެލިއެވެ. އަހަރެން ދޮންބެގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. “އެއީ ކީއްކުރަން” ވަގުތުން ސިކުނޑިން އެއީ ނުރައްކަލެއްކަމުގައި އަހަރެންނަށް ބުނެދިނެވެ. “ދިޔައީމަ އެނގޭނެ.. ތައްޔާރުވެގެން އާދޭ” އެހެން ބުނުމަށްފަހު ދޮންބެ ނިކުތެވެ. އަހަރެންނަށް ކުޑަ އިރުކޮޅެއް ވަންދެން ކުޑިލަންވެސް ނޭނގިފައި ހުރެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ދޮންބެ އަހަރެންނާއި އެގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އަބަދުވެސް އަހަރެންނާއި ވާހަކަ ދައްކަނީ ލޯތްބާއި އެކުގައެވެ. އެކަމަކު މިއަދު އެހާ ހަރުކަށިކޮށް ވާހަކަ ދެއްކުމުން އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ނަމަވެސް ދޮންބެ ބުނި ގޮތަށް ހެދުމަށްޓަކައި ތައްޔާރު ވެލީމެވެ.

ކޮޓަރިން ބޭރަށް ނިކުން އިރު މަންމަ އާއި ދޮންބެ ވާހަކައެއްގައި ތިއްބެވެ. އަހަރެން ފެނުމާއި އެކު އެ ވާހަކަ މެދު ކަނޑާލިއެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލަމުން ގެއިން ބޭރަށް ނިކުތުމަށް ހިގައިގަތެވެ. މަންމައާއި ދިމާލަށް ބަލާލަމުން ހީލުމަށްފަހު އަހަރެން ދޮންބެގެ ފަހަތުން ބޭރަށް ނިކުތީމެވެ. ދޮންބެ ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. އަހަރެން ދޮންބެގެ ފަހަތުގައި ބަސްއަހާ ކުޑަކުއްޖެއް ފަދައިން އިނީމެވެ. “ސޮރީ” ދޮންބެގެ އަޑު އިވިގެން ދިޔައެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. ސައިކަލުގައި ހުރި ލޯގަނޑު ކޮޅުން ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އިސްޖަހާލެވުނެވެ. “ލުކް އާސީން.. ދޮންބެވެސް ބޭނުމެއް ނުވޭ ކޮއްކޮއާއި އެގޮތަށް ވާހަކަ ދައްކާކަށް.. އެކަމަކު” “އިޓްސް އޯކޭ.. އައި އަންޑަސްޑޭންޓް” އަހަރެން ބުނެލީމެވެ. ދޮންބެ ދަނީ ކޮންތާކަށްކަން އަހަރެންނަށް އެނގުނީ ބޮލުގައި ރިއްސައިގަތީމައެވެ. އަހަރެން މަޑުމަޑުން ބޮލުގައި ހިފަހައްޓާލިމެވެ. “މުހައްމަދުފުޅުބެ ގެއަށްތަ މިދަނީ” އަހަރެން އެހެން އަހާލި އިރު ދޮންބެ އެގެ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. އަދި ސައިކަލުން ފައިބާ ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

“ދޮންބެއަށް އެނގޭ ބަންޝީލް ކޮއްކޮގެ ސިކުނޑިއަށް ބާރުފޯރުވާކަށް.. މިއަދު ފުލުސް އޮފީސް ކުރިމަތީގައިވެސް އެއީ ހުސް ބަންޝީލްގެ ކަންތައްކަށް ދޮންބެއަށް އެނގޭ..” ދޮންބެ ބުނެލިއެވެ. “މިރޭ ވަރަށް ބޮޑު ކަމެއް ކުރަން ވެގެން މުހައްމަދުފުޅުބެ ކޮއްކޮގެ އެހީ ބޭނުންވާތީ މިގަޑީގައި މިގެއަށް މިގެނައީ.. ކޮއްކޮ މިރޭ ދެން މަޑު ކުރާނީ މިގޭގައި.. ދޮންބެވެސް އުޅޭނަން..” ދޮންބެ ބުނެލިއެވެ. އަހަރެން ދޮންބެގެ މޫނަށް ބަލާލީމެވެ. އެވަގުތު ދޮންބެ އޭނަގެ ކަނާއަތް ދިއްކޮށްލިއެވެ. އޭރު އެއަތް ތެރޭގައި ހުދު ކުލައިގެ ކުޑަ ކަރުދާސް ކޮޅެއް އޮތެވެ. “މިއަތުގައި ހިފައިފިނަމަ ކޮއްކޮއަށް އެއްވެސް ގެއްލުމެއް ނުވާނެ އެގެއަށް ވަންނަ އިރަކު.. އެކަމަކު އެއީ ކޮއްކޮ ބޭނުންވެގެން ވަންނަ ނަމަ.. ކޮއްކޮ ބޭނުން ނުވެ އެގެއަށް މިއަތުގައި ހިފައިގެން ހުރެ ވަދެއްޖެނަމަ.. ދޮންބެގެ ދުވަސް ދާނެ” ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “މިއަތުގައި ކޮއްކޮ ހިފަންވާނީ ތިކަމުން ކޮއްކޮ ސަލާމަތްވާން ބޭނުން ކަމަށްވާނަމަ.. ދިމާވާ ހުރިހާ އުދަގުލަކާއި ވޭނަކާއި ކުރިމަތިލާނެ ހިތްވަރު ހުރިނަމަ.. އެހެން ނޫނީ މިއަތުގައި ހިފައިގެން ކޮއްކޮއަށް އެއްވެސް ފައިދާއެއް ނުކުރާނެ” ދޮންބެ ވާހަކަ ދެއްކިއިރު ދޮންބެގެ ލޮލުން ކަރުނަގެ އަސަރު ފާޅުވާން ހުއްޓެވެ. އަދި އެދެލޮލުން ބިރުވެރިކަންވެސް ފާޅުވާން ހުއްޓެވެ. އަހަރެންގެ ހިތް ދޮންބެ އެދައްކަނީ ތެދުކަން ބުނަމުން ދިޔައިރު ސިކުނޑި ބުނަމުން ދިޔައީ އެކަމާއި ނުބެހި އަޅާނުލާ އެތަނުން ދިއުމަށެވެ.

އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. “ކޮއްކޮ ބޭނުންވާ ކަމަށް ވަންޏާމު އެތެރެއަށް ދާނީ.. ދޮންބެ ދޮގެއް ނުހަދާނަން.. މިކަމަކީ ފަސޭހަ ކަމެއް ނޫން.. ކޮއްކޮ އެތައް ވޭނަކާއި ކުރިމަތިލާން ޖެހޭނެ.. އެހެންވީމަ ކޮއްކޮ ވިސްނާނީ..” ދޮންބެ ބުނެލިއެވެ. “ކޮއްކޮ ދޮންބެގެ އަތުގައި ހިފައިގެން ހިގައި ގަންނަ ތަކުން ކަމެއް ވެއްޖެނަމަވެސް ކޮއްކޮއަށް ދޮންބެގެ އަތުން ދުލެއް ނުކުރެވޭނެ. ދޫކޮށްލައިފިނަމަ ދޮންބެ އަދައިގެން ދާނެ.. އެކަން ހަނދާން ކުރާތި” ދޮންބެ އަހަރެންނަށް އިންޒާރު ދިނެވެ. އަހަރެން ވިސްނާލީމެވެ. ދޮންބެއަށް ގެއްލުމެއް ވާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. އެކަމަކު އަހަރެންގެ ހިތުގެ އެނދުމަށްވުރެއް ސިކުނޑީގެ ބާރު ގަދަ ވެއްޖެނަމަ ދޮންބެއަށް ގެއްލުން ލިބިދާނެއެވެ. އަހަރެން މަޑުމަޑުން އަތް ނަގާ ދޮންބެގެ އަތުގައި ހިފާލީމެވެ. ދޮންބެ ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ކުރިއަށް ހިގައިގަތީމެވެ.

ވަކި ހިސާބަށް ގޮސްފައި ދޮންބެ ކުއްލިއަކަށް ހަޅޭލަވައިގަތެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭރު ދޮންބެގެ އަނެއް އަތުން ދުންއަރަމުން ދިޔައެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކޮއްކޮ ބޭނުން ނޫނިއްޔާ އެތެރެއަށް ދާނެކަމެއް ނެތް” ދޮންބެ އަހަރެންނާއި ދިމާލަށް އެހެން ބުނެލިއެވެ. އެހެންކަމުން އެއީ އަހަރެންގެ ސަބަބުން ވީ ކަމެއްކަން އަހަރެންނަށް އެނގުނެވެ. އެހެންކަމުން ވަގުތުން އަހަރެން ހުއްޓުނީމެވެ. “ދޮންބެ ސޮރީ.. ޕްލީޒް” އަހަރެން ދޮންބެގެ އެއަތުގައި ހިފެހެއްޓުމަށް އެފަރާތަށް ޖެހިލީމެވެ. “ނޫން..” ދޮންބެ މައިނޭވާ ލަމުން އަހަރެންގެ ދޮންބެގެ އަތުގައި ހިފަހައްޓާފައިވާ އަތް ދައްކާލިއެވެ. “ދޮންބެ އޯކޭ.. ލެޓްސް ގޯ” ދޮންބެ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. އަދި ދެލޯ މަރާ ބާރުކޮށްލީމެވެ. ދޮންބެގެ އަތުގައި ބާރަށް ހިފައިގެން ހުރެ ކުރިއަށް ޖެހިލީމެވެ. އަހަރެން ގެއަށް ވަދެފައި ނޫނީ ދެލޯ ނުހުޅުވަން ހިތުގެ އަޑިން ކަނޑައެޅީމެވެ. އަދި އަހަރެންގެ ފަރާތުން ދޮންބެއަށް އިތުރު ގެއްލުމެއް ނުދެން ކަނޑައެޅީމެވެ.

އަހަރެން ދެލޯ ހުޅުވާލީ މުހައްމަދުފުޅުގެ އަޑު އިވުނީމައެވެ. އޭރު ބައްޕަ ގަނޑުފެން އެއްޗެއް ހިފައިގެން އައިސް ދޮންބެގެ އަތުން ދުންއެރި ތަނުގައި ޖައްސަނީއެވެ. “ތިނެގުނީ މިކަމަށް ނަގަން ޖެހޭ ފުރަތަމަ ފިޔަވަޅު” މުހައްމަދުފުޅުގެ މޫނުަމތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ބައްޕަގެ މޫނުމަތިންވެސް ފެންނަން ހުރީ އުފާވެރިކަމެވެ. ވަމުން ދިޔަ ތަދައް ކެތް ކުރަމުން ދޮންބެވެސް ހީލިއެވެ. އަހަރެން އެތިން މީހުންގެ މޫނަށް ބަލާލީމެވެ. “އަހަރެންނަށް އެނގޭ ކީއްކުރަންކަން ތިއުޅެނީ.. އެކަމަކު އަހަރެން ތިކަމަށް އެއްބަސް ވާނީ ޝަރުތެއްގެ މަތިން” އަހަރެން ބުނެލީމެވެ. އެވަގުތު ތިން މީހުންގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވެގެން ދިޔައެވެ. “އަހަރެންނަށް އެނގޭ ތި މީހުން ތިއުޅެނީ އަހަރެން މެދުވެރިކޮށް ބަންޝީލް ގެނެވޭތޯ ބަލަން ވެގެންކަން.. އަހަރެންނަށް ހެޔޮ އޭނަ ގެނަޔަސް.. އެކަމަކު އޭނައަށް އެއްވެސް އަނިޔާއެއް ދީގެން ނުވާނެ” އަހަރެން ބުނީމެވެ. “ކީކޭ” ހައިރާންކަމާއި އެކު ބައްޕަ ބުނެލިއެވެ. “ކޮއްކޯ. ބަންޝީލްއަކީ މިހާރުވެސް ކޮއްކޮއަށް ބާރުފޯރުވަމުންދާ އެއްޗެއް.. އަދި ޖައިޝްވެސް ހުރީ އޭނަގެ ބަރުގެ ދަށުގައި..” ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެންނަށް އެނގޭ.. ޖައިޝް ހުރީ އޭނަގެ ބާރުގެ ދަށުގައި.. އަދި އަހަރެންނަށް އެނގޭ ބަންޝީލް އަހަރެންގެ ސިކުނޑިއަށް ބާރު ފޯރުވާކަށްވެސް.. އެކަމަކު މިއަދު ފުލުސް އޮފީހުގައި ވީ ކަންތައްތަކީ ހުސް ބަންޝީލްގެ ފަރާތުން ވީ ކަންތައްތަކެކޭ ނުބުނެވޭނެ ދޮންބޭ.. އަހަރެން ހުރީ ނާސިރުދެކެ ރުޅި އައިސްފައި.. އަހަރެން ކީ ހުރިހާ އެއްޗެއްސަކީ އަހަރެންގެ ހިތުގައި ހުރި އެއްޗެހި.. ގަބޫލު ކުރަން އެވަގުތު އަހަރެންގެ ކޮންޓްރޯލްއެއް ނެތް ކަން.. އެކަމަކު އެރުޅި އެއީ އަހަރެންގެ އެތެރޭގައި ހުރި އެއްޗެއް” އަހަރެން އެމީހުންނަށް ވިސްނައިދެވޭތޯ ބެލީމެވެ. “ބަންޝީލްއަކީ ކިހާ ބަރުގަދަ ޖިންނިއެއްކަން ވެސް އަހަރެންނަށް އެނގޭ.. އެކަމަކުވެސް ހެޔޮ.. މިރޭގަ ބަންޝީލްއަކަށްވެސް އަދި ޖައިޝްއަކަށް ވެސް ގެއްލުމެއް ލިބިގެނެއް ނުވާނެ” އަހަރެން ބުނެލީމެވެ.

“ކިހިނެއް ކޮއްކޮއަށް އެނގުނީ އަހަރުމެން ކުރަން އުޅޭ ކަމެއް” ދޮންބެ އަހާލިއެވެ. “މިއަދު މެންދުރު ފަހަށް އެޅީއްސުރެއް އުދަގޫ ތަކެއް ވެފައި އަހަރެން ހުރީ.. މިގެއާއި ހަމައަށް އަންނަންދެން.. ދެން އަހަރެންނަށް އިހްސާސް ކުރެވުނީ ބަންޝީލް ރުޅިގަދަވެފައިވާ ވާރު.. އަހަރެންނަށް އެނގޭ އެކަހަލަ ކަމެއް ކުރަންކަން ތިއުޅެނީ.. އަދި މިހާރު އޭނައަށްވެސް އެނގޭ” އަހަރެންނަށް އެނގުނު ގޮތް ބުނެދިނީމެވެ. “ބަންޝީލްއަކީ ބާރުގަދަ ޖިންނިއެއް.. އެހާ އަވަހަށް ބަލި ގަބޫލު ކުރާނެ އެއްޗެއް ނޫން.. އަހަރުމެން އޭނައަށް ގެއްލުމެއް ކުރިން ނުދީފިނަމަ އޭނަ އަހަރުމެންގެ ދުވަސް ދުއްވާލާނެ” މުހައްމަދުފުޅުބެ ޔަގީންކަމާއި އެކު ބުނެލިއެވެ. “ނޫން.. އޭނަ އެއްވެސް ގެއްލުމެއް ނުދޭނެ.. އޭނަ ގެއްލުން ދިނަސް.. އަހަރުމެން އޭނައަށް އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެ މިރެއަކު.. އަޑު އިވިއްޖެ.. މިރޭ ބޭނުންވަނީ ޖައިޝް ސަލާމަތް ކުރަން.. އިތުރު ކަމެއް ކޮށްގެނެއް ނުވާނެ” އަހަރެން އަމުރު ކުރީމެވެ. މުހައްމަދުފުޅު ބައްޕައާއި ދިމާލަށް ބަލާލިއެވެ. އަދި ބޯޖަހާލިއެވެ. “މައްސަލައެއް ނެތް.. އެކޮއި ބޭނުން ގޮތަކަށް މިކަން ކުރިއަށް ދާނީ..” މުހައްމަދުފުޅު ބުނެލިއެވެ. “ފާތުން.. ފާތުމާ” މުހައްމަދުފުޅު އޭނަގެ ދަރިއަށް ގޮވާލިއެވެ. “އާސީން އަރާމު ކޮށްލާނެ ތަނެއް ދައްކާ.. މިރޭގަ ވަރަށް ގިނައިރު ވަންދެން.. މިގޭގައި އާސީން މަޑު ކުރާނެ” މުހައްމަދުފުޅު އެހެން ބުނެލީ އޭނަގެ ދަރިފުޅު އެތަނަށް އައުމުންނެވެ. ފާތުން ހިނިތުންވެލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން އޭނަގެ ފަހަތުން ދިޔައީމެވެ.

ފާތުން އަހަރެންނާއި އެކު ގޮސްވަނީ ކޮޓަރިއަކަށެވެ. ފާތުން ކުޑަ އިރުކޮޅެއް ވަންދެން އަހަރެންނާއި ވާހަކަ ދައްކަން އެކޮޓަރީގައި މަޑުކޮށްލިއެވެ. މާގިނަ ވާހަކަތަކެއް ފާތުން ނުދެއްކި ނަމަވެސް މިރޭގައި ބޮޑު ކަންތައްތަކެއް ވާނެކަން އެގިގެން ދިޔައެވެ. ފާތުން ދިޔަ ފަހުން އަހަރެން ކޮޓަރީގައި އެކަނި ވިއެވެ. ފޫހިކަމާއި އެކު އަހަރެންނަށް ހަތަރު ފާރަށް ބަލާލެވުނެވެ. އޭރުވެސް ސިކުނޑި ބުނަމުން ދިޔައީ އެތަނުން އަވަހަށް ފިލައިގެން ދިއުމަށެވެ. ނަމަވެސް ހިތް ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. އަހަރެންގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އެ ކޮޓަރީގައި ހުރި ސިންގަލް އެނދުގައި އޮށޯވެލެވުނީ ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެތަނުން ނިކުމެގެން ފިލުން އެއީ ހައްލެއް ނޫނެކެވެ. އަދި އެތަނުން ނިކުމެއްޖެނަމަ ބަންޝީލްއަށް ކާމިޔާބު ލިބޭނެއެވެ. އެއީ އަހަރެން އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއް ނޫނެވެ.

ގަޑިތައް ހިގަމުން ދިޔައެވެ. ގަޑިން ރޭގަނޑު އެގާރަގަޑި ސާޅީސް ހިގީވެސް އަހަރެން އެގޮތަށް ކޮޓަރި ތެރޭގައި ހިގާލަ ހިގާލާ ހުއްޓައެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލަމުން ދޮންބެ ދޮރު ހުޅުވާލިއެވެ. ދޮންބެ ހިނިތުންވެލިއެވެ. އަހަރެން ފުންނޭވާއެއް ބާރުކޮށްލީމެވެ. ވަގުތު ޖެހުނީކަން އަހަރެންނަށް އެނގުނެވެ. ދޮންބެގެ ފަހަތުން ބަސްއަހާ ކުއްޖެއްހެން އަހަރެން ބޭރަށް ނިކުތީމެވެ. ދޮންބެ ދިޔަ ގޮތަށް ނިކުތީ އެގޭގެ އަނެއް ފަރާތަށެވެ. އޭރު އެތަނުގައި މުހައްމަދުފުޅުބެއާއި ބައްޕަގެ އިތުރުން ހަތަރު ފިރިހެނުން އެކި މަސައްކަތް ކުރަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުދު ފޮތިގަނޑެއް ބިންމަތީގައި ބާއްވާފައި އޭގެ މަތީގައި މީހުންނަށް ކިޔެވޭ ގޮތަށް ތައްޔާރު ކޮށްފައި ހުއްޓެވެ. އަދި އެތަނުގެ ކުރި މައްޗަށް ވާ ގޮތަށް ދޮންވެލިން ތިން ވައްބުރު އަޅާފައި ހުއްޓެވެ. ވައްބުރުތަކަކީ ފުދޭވަރަކަށް ބޮޑުކޮށް އަޅާފައި ހުރި ވައްބުރު ތަކެވެ. “އެކޮއ ގޮސް މަޑުކޮށްލާ.. އެތަނުގެ އެއްބުރު ތެރޭގައި..” މުހައްމަދުފުޅު އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އަހަރެން ހީކުރަން އަހަރެންގެ ޝަރުތު ހަނދާން އެބަހުރިކަމަށް” އަހަރެން އަނެއްކާވެސް ޝަރުތުމަތިން ހަނދާން ކޮށްދިނީމެވެ. “ހަނދާން އެބަހުރި.. އެކަމަކު މިކަމުގެ ސަބަބުން އެކޮއިއަށް އަނިޔާ ވާނެ..” މުހައްމަދުފުޅު ބުނެލިއެވެ. “ކުރާ އަނިޔާއެއް އަހަރެންނަށް ކުރިޔަސް އެންމެ ރަނގަޅު.. ޖައިޝް އަދި ބަންޝީލްއަށް އެއްވެސް އަނިޔާއެއް ވެގެން ނުވާނެ” އަހަރެން އަމުރު ކުރީމެވެ. މުހައްމަދުފުޅު ބޯޖަހާލިއެވެ. އަހަރެން މަޑުމަޑުން ހިގާފައި ގޮސް އޭގެ އެއްބުރު ތެރެއަށް ވަނީމެވެ.

“ކޮއްކޯ” ދޮންބެ އައިސް ބޭރުގައި މަޑުކޮށްލިއެވެ. “ކިތައްމެ ގޮތަކަށް ކަންތައް ވެގެން ދިޔަޔަސް ކޮއްކޮ ތި ބުރުގެ ބޭރަށް ނުނިކުންނާތި އިނގޭ” ދޮންބެ ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. މުހައްމަދުފުޅުގެ އޯޑަރަށް އެންމެން ކިޔެވުމަށް ތައްޔާރު ވެލިއެވެ. ދަންވަރު ބާރަ ޖެހުމާއި އެކު ކިޔެވުން ފެށިއެވެ. ރޭގަނޑަކީ އުޑުމަތި ސާފު ރެއެކެވެ. އަހަރުމެން ތިބި ތަނަކީ އުޑުމަތި ފެންނަން އޮތް ހާމަ ތަނެކެވެ. އުޑުމަތިވަނީ ބަބުޅަމުން ދިޔަ ތަރިތަކުން އުޖާލާ ކުރެވިފައެވެ. މުހައްމަދުފުޅު ކައިރީގައި ހުރި ކުޑަ ތއްޔެއް ކަހަލަ އެއްޗެއްގައި އަލިފާން ރޯކޮށްފައި ހުއްޓެވެ. އޭނަ އިނީ ދެލޯ މަރާލައިގެން ތުން ތަޅުވާލަ ތަޅުވާލާއެވެ. ބައްޕައާއި ދޮންބެ އަދި ދެން ތިބި ހަތަރު މީހުން ކިޔަވަމުން ދިޔައީ މުހައްމަދުފުޅު ދައްކާ ތަންތަނެވެ. އިރުއިރު ކޮޅާ ތުން ތަޅުވާލުމަށްފަހު މުހައްމަދުފުޅު އަތުން ކޮންމެވެސް އެއްޗެއް އަލިފާން ގަނޑަށް އަޅާލައެވެ. އަހަރެން ދިޔައީ އެމީހުން ކުރަމުން ދިޔަ ކަންތައްތައް ރަނގަޅަށް ބަލަމުންނެވެ. ކުޑަކޮށް ބިރު ގަތްނަމަވެސް މިކުރެވެނީ ރަނގަޅު ކަމެކޭ ހިތް ބުނަމުން ދިޔައެވެ.

ސިކުންތު ކަށި ހިގަމުން ދިޔައެވެ. ކިޔަވަން ފެށިފަހުން ފަނަރަމިނެޓް ވެގެން ގޮސްފިއެވެ. އަދިވެސް ޖައިޝްގެވެސް އަދި ބަންޝީލްގެވެސް އެއްވެސް އަލާމާތެއް ނުފެނެއެވެ. ނަމަވެސް އަހަރެންނަށް އުދަގޫތަކެއް ވާންފެށިއެވެ. ނޭވާ ހާސްވާއިރު ކުރެވޭ ކަހަލަ އިހްސާސްއެއް އަހަރެންނަށް ކުރެވެން ފެށިއެވެ. މަޑުމަޑުން ވައިބާރު ވާހެންވެސް ހީވަން ފެށިއެވެ. ހަމަޖެހުމައްޓަކައި އަހަރެން ފުންކޮށް ނޭވާލަމުން ދިޔައީމެވެ. ނަމަވެސް އެކަމުން ވީ އެއްވެސް ކަމެއް ނެތެވެ. ރަނގަޅަށްވެސް އަހަރެންނަށް ނޭވާލާން އުދަގޫވާން ފެށިއެވެ. މަޑުމަޑުން އަހަރެންނަށް ކަރުގައި އަތް އަޅާލެވުނެވެ. ހީވަނީ މީހަކު އަހަރެންގެ ކަރުގައި ހިފަހައްޓާފައި ހުރި ހެންނެވެ. “އާހް.. އާހް” ނޭވާ ނުލެވިގެން އަހަރެންނަށް ތެޅިގަނެވުނެވެ. “ކޮއްކޯ” ދޮންބެގެ އަޑު އިވުނެވެ. އަހަރެންނަށް ކަރުގައި ހިފަހައްޓާލައިގެން އިށީދެވުނެވެ. “ކިޔަވަމުން ދޭ.. ހުއްޓާނުލާ” މުހައްމަދުފުޅު ބުނެލި އަޑު އިވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ދީފާ އުފާ 4

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ

Next
ބޭވަފާތެރި ނުވަމޭ ޔާރާއޭ
April 26, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ

Previews
April 26, 2016

ދީފާ އުފާ 4

30 Comments!

  1. Fantasy says:
    April 26, 2016 at 1:19 pm

    mibai ves kamudhaane kamah heekuran 🙂 hurihaa kudinge hiyaal thakah maruhaba 🙂

  2. Khushey'aa says:
    April 26, 2016 at 1:46 pm

    wow

  3. thoo says:
    April 26, 2016 at 1:48 pm

    Fantasy thank you. Vaahaka nukiya mu comment kury. Ekam vaahaka varah reethi vaanekan igey.

  4. shine says:
    April 26, 2016 at 2:35 pm

    Obinesssss❤??.. story kiyaairu hyvany kurimathin hama fnnahn.. Ehaaaaavx rythi… Nxt part kiyaa hithun hureveny ehvx noon.. hithah araa story ehfaharun kiyaalan libeyne namaey.. Bt nama viyya dhww.. Hehehh..
    Waiting 4 nxt.. Upload as soon as possible .. All the best???

  5. ken? says:
    April 26, 2016 at 2:43 pm

    alhey…i guess bansheel is inside aasin’s body…dn dhw maa varakun eyna ah eives geillumei nudheyn bunaathyve hama heevee…btw story hama v v v furihama…kurimathin manzaru sifavaahen heevanee..ur.r super kewlll l..like hama an amazing fantasy…??❤?✌??

  6. kidy says:
    April 26, 2016 at 2:51 pm

    obiness to the max..

  7. Fathun R says:
    April 26, 2016 at 2:58 pm

    V reethi….waiting for next update

  8. Tulip says:
    April 26, 2016 at 3:07 pm

    Awesam thanks for the differance taste?

  9. idiot says:
    April 26, 2016 at 3:10 pm

    kiddy i love you

  10. princess says:
    April 26, 2016 at 3:54 pm

    Fatasy…..kihineh vaan baa mi ulhenii..hope aasyn ahdhera gotheh nuvaane kamah..love it..tc????

  11. haazi says:
    April 26, 2016 at 3:58 pm

    mi vahaka vvvvv reethi.vahaka kiyairu kurimathin fenna hen heewani.
    vvvv furihama

  12. kidy says:
    April 26, 2016 at 4:14 pm

    Love u too idiot..

  13. Anonymous says:
    April 26, 2016 at 6:10 pm

    Thi hen aharemenah nuhadha v dhigu inthixareh aba kurevey aadheys kohfa avahah up kohdhehva???

  14. Anonymous says:
    April 26, 2016 at 6:39 pm

    ==Konmes Kuhjeh==
    Dhn vaany kihineh baa!!
    Fantasy haadha molhey vaahaka liyan?…..gud work??
    Mi prt vs v v v reethi…v kiyaahihvaa hisaabakun mi prt ninmaalaafa iny vs…varah hithah araa dhn vaany kihinakun baa eyy?!!

  15. Niz says:
    April 26, 2016 at 7:01 pm

    Wow vvv super mi part vx

  16. nukko says:
    April 26, 2016 at 8:24 pm

    Heii fantasy… Omg kihinw vaan baa eulheny… ??. Asin au dhera gotheh nahadhacheyy ?? sifa kurun perrct hehe v v v salhi waitin fr de nxt part… ???

  17. Anonymous says:
    April 26, 2016 at 8:25 pm

    ☁??☁??☁
    ???????
    ???????
    ☁?????☁
    ☁☁???☁☁
    ☁☁☁?☁☁☁
    Habeyssssssssss

    1. Faxoo says:
      April 27, 2016 at 11:59 am

      cool 😮

  18. Ali says:
    April 26, 2016 at 9:12 pm

    Vaahskaiga maa haasaru ginaee konme episode ehgaves muhihmu haadhisaaeh hingan jeheyne

  19. Ali says:
    April 26, 2016 at 11:57 pm

    2 dhuvahun 1 dhuvahu episode up kurevey iru ves miadhuga episode ga ves dhonbe athuga hifi vaahaka nun vaahakaeh nei mi vaahaka aku aslu maa bodah thafseelah dhany baeh thanthaa ga.

  20. Faxoo says:
    April 27, 2016 at 11:40 am

    Fantasy Aaseen ah dhera gotheh nahadhacchey 🙁 🙁 ingey. nahadhaanan dhw dhera gotheh ☺ i hope so!! 😀 mibai ves varah reethi… waiting waiting 😉

  21. naxnaxoo says:
    April 27, 2016 at 2:16 pm

    Fantasy ge furathama story mi kiyaalany…v reethi n v biruganey kiyan ves? hehe..ekm ves reethikamun kiyeny..Love this story…n keep the gud work..??

  22. Anonymous says:
    April 28, 2016 at 12:51 pm

    Aadhays

  23. Anonymous says:
    April 28, 2016 at 12:57 pm

    Haadha salhiay aharen nah anme higgimee fanta

  24. Zayn says:
    April 29, 2016 at 9:46 pm

    Fantasy haadhalahay up kureveeley. Mihaaru varahfoohi vegge inthizaaru koh koh mioh maruvany fantasy ge vvaahaka kiyaahivvney haadha foossay 5.min. tun up kuraviggethow ababalay

  25. zara says:
    April 29, 2016 at 10:11 pm

    Plx avaas kohbala update fantasy..

  26. Balgees says:
    April 29, 2016 at 10:42 pm

    Haadhasalhiay fantasy ge vaahakathah hamaheevany aslah hen mihaavarh inthi zaaru kuran nujahsabila haathain thizaareh kuravijjay. Mihaavarhinthizaaru kuravanee fantaseega vaahaka liyu muga molhukamun. Varah dheravay mihisaabun mivaahaka liyun huhta faanethey.
    Aehan nuhadhaanndhow.????????

  27. Balgees says:
    April 30, 2016 at 11:09 am

    99

  28. Maah says:
    April 30, 2016 at 11:28 am

    Haadha nice story alhay haadhalahay upkuraalah veegotheh an gaadhee bila. Kondhuvahakun up koh lavy varuvaanee. Aaseen aai airu ah dharagotheh banseeluge faraathun nuhasdhaathi ingy

  29. Fantasy says:
    April 30, 2016 at 1:57 pm

    hurihaa kudin ge lobi comment thakah varah bodah shukuriyya 🙂 konme kujjeh ge comment ah reply nukurevunas fantasy v happy vejje thi kudinge lobi comment thah fenunyma 🙂 thnks bodu koh 🙂 <3 <3

Comments are closed.

Next Episodeއިންސާފް.. 12 ވަނަ ބައި…←


All Right Reserved!