Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދީފާ އުފާ 2

az000 Level 110 Stories
April 26, 2016 4 Mins Read
0 Comments

 

……………………………………………………………………………………………………..

ރާކިން ކްލާސް ނިންމާލާފައި ކޮލެޖުން ނިކުތްއިރު ދޮރުމަތީ ގައި ފަލަކް މަޑުކޮށްލައިގެންއ ހުއްޓެވެ.ފަލަކް އަކީ އާރާ އާއި އެއްކޮށް ކިޔަވަމުން އައި އާރާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ރާކިންއައި ފަލަކްގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނީ ފަލަކް އާރާ އާއި އެއްކޮށް އެގެއަށް އައިސް އުޅުމުގެ ތެރޭގައެވެ. ނަމަވެސް މިހާރު އެރަހުމަތްތެރިކަންވަނީ ލޯތްބަށް ބަދަލުވެ އެކަކު އަނެކަކާ ދުރުނުވެވޭ ވަރުވެފައެވެ. ފަލަކްގެ ހަމައެކަނި ބިރަކީ ފަލަކްއަކީ އާދައިގެ އާއިލާއަކަށް އުފަން ކުއްޖަކަށް ވުމާއެކު ރާކިންގެ އާއިލާ މީހުން އެމީހުންގެ ގުޅުމަށް ނުޤަބޫލުވެދާނެތީއެވެ.

” ބޭބީ މިތާ ހުންނަތާ ވަރަށް ގިނައިރު ވެއްޖެތަ” ރާކިން ފަލަކްގެ އަތުގައި ހިފާލަމުން ބުންޏެވެ.

” ނޫން ހަމަ ދެންމެގަ މިއައީ… ރާކް އަހަރެން މިއައީ ވާހަކައެއް ދައްކަންވެގެން” ފަލަކް ބުންޏެވެ. ރާކިން ދެކޮޅު ހޯދާލާފައި ފަލަކްގެ އަތުގައި ހިފައިގެން ގެންގޮސް ތަންކޮޅެއް ދުރުގައި ޕާރކް ކޮށްފައި އޮތް ރަތް ކުލައިގެ ކާރާށް އެރިއެވެ.

” ރާކް ބޭނުންވަނީ އަހަރުމެންގެ ގުޅުން އެންމެނަށް ސިއްރު ކުރަންތަ؟ ނުވީތާކަށް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއަށްވެސް ނާންގާ މިއުޅެނީ..  ” ކާރަށް އެރުމާއެކު ފަލަކް ޝަކުވާ ކުރަންފެށިއެވެ.

” ތީ ހަމަ ބޭބީ އަށް ހީވާގޮތް ..އެނގެއެއްނު އަހަރެން ލޯބިވާވަރު… އަހަރެންވެސް ގޭމީހުން ކައިރީގައި ބުނަން ބޭނުން.. އަކަމަކު އަދި ތަންކޮޅެއް އަވަސްހެން ހީވަނީ” ރާކިން ލޯތްބާއެކު ވިސްނަދެވޭތޯ މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް ފަލަކްގެ މޫނުމަތިން އަދިވެސް ފެންނަނީ ޝަކުވާއެވެ.

” ރާކް އަނެއްކާ އަހަންނާ ސީރިއަސްތަ” ވަރަށް ވިސްނަން އިނދެފައި ފަލަކް ސުވާލުކޮށްލިއެވެ.

“ޝައްކު ވަނީތަ” ރާކިންވެސް ކޮށްލީ ސުވާލެކެވެ. ނަމަވެސް ފަލަކްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ރާކިންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

” ފަލަކް ކައިރީ ކިތަށް ދުވަހު ބުނެފިން އަހަންނަށް ޝައްކުނުކުރާށޭ.. އަހަރެން ހުންނާނީ އަހަރެންގެ ގޮތުގައޭ…  ތިހެން ޝައްކު ކުރަންޏާ ކިހިނެއް އުޅޭނީ..” ރާކިން އިސްޖަހާލަމުން ބުންޏެވެ. ރާކިން ދެރަވެއްޖެކަން އެނގުމުން ފަލަކް ހިތުގައި ޖެހުނެވެ.

” ސޮރީ ރާކް.. އަހަރެންވެސް ބޭނުމެއްނޫން ޝައްކު ކުރާކަށް.. އެކަމް ކީއްކުރާނީ.. މިގޮތަށް ސިއްރުން އުޅެންވީމަ ހިތަށް އަރަނީ ވަކިވާން ޖެހިދާނޭ.. ” ރާކިންގެ ކޮނޑުމަތީގައި ބޯއަޅާލަމުން ފަލަކް ވާހަކަދެއްކިއެވެ.

” އިރާދަކުރެއްވިއްޔާ އެކަހަލަ ގޮތެއް ނުވާނެ..” ފަލަކް ގައިގާ ބައްދާލަމުން ރާކިން ބުންޏެވެ.

……………………………………………………………………………………………………..

ޔުއާން އާއި އާރާ ތިބީ އެއަރޕޯރޓް އެރައިވަލްސް ބައިގައެވެ. އޭރު ޔުއާންގެ އަތުގައި މާޒް ޖަހާފައިވާ ބޯޑެއް އޮތެވެ. ޔުއާން އެބޯޑްގައި ހިފައިގެން ހުރެހުރެ ވަރުބަލިވުމުން އެބޯޑްގައި ހިފަނީ އާރާއެވެ. އެގޮތަށް ތިބޭތާ ވިހިވަރަކަށް މިނެޓް ފަހުން އެރައިވަލްސްއިން ނިކުމެގެން އެމީހުންނާ ދިމާއަށް އަންނަ ޒުވާނެއް ފެނުނެވެ. އިސްކޮޅުން ދިގު މި ޒުވާނާ ބައިމަތި ފުޅާވެފައި ރީއްޗެވެ. އެޒުވާނާ އެމީހުންނާ ދިމާއަށް އައި އިރު އެ ހިނގުމުގައި ފިރިހެންވަންތަ ގޮތެއް ހުއްޓެވެ.

” މާޒް” ޔުއާންއަށް ސަލާމަށް އަތް ދިއްކޮށްލަމުން މާޒް ބުނެލިއެވެ. ޔުއާން އަތުގައި އޮތް ބޯޑު ތިރިކޮށްލައި މާޒް އާއި ސަލާމް ކޮށްލިއެވެ. އަދި އަމިއްލަ އަށް ތައާރަފް ވެލިއެވެ. އަދި ކައިރީގައި ހުރި އާރާވެސް ތައާރަފްކޮށްދިނެވެ. މާޒް އާރާއާއި ދިމާއަށް ބަލާލުމުން އާރާ ހީލިއެވެ. ނަމަވެސް މާޒް ހީވެސްނުލާ ޔުއާންއާ އެއްކޮށް ކުރިއަށްދާން ފެށިއެވެ. ފޮނި މީހެކޭ ހިތަށް އެރުމާއެކު އާރާ އަނގައަށް ގޮތެއް ހަދާލިއެވެ. އަދި ޔުއާންމެންގެ ފަހަތުން ދަމުން މާޒް އާ ދިމާއަށް ކުދިކިޔަމުން ދިޔައެވެ.

……………………………………………………………………………………………………..

ހ. އައިސްކޮޓެޖް ޕޯޓިކޯތެރެއަށް ވަދެގެން އައި ކާރުން މާޒް ފޭބިއެވެ. ޔުއާން އާއި އާރާ އައީ ކާރުގެ ފަހަތުންނެވެ.

” ހިނގާ އެތެރެއަށް” އެތެރެއަށް ވަންނަން ދޮރު ދައްކާލަމުން ޔުއާން ބުންޏެވެ.

” މަންމަ ވީ މިވަގުތު މީޓިންގ އެއްގަ.. ބުނީ ނިމިނުހާ އަވަހަކަށް އަންނާނަމޭ.. އާދޭ އަހަރެން މާޒްގެ ކޮޓަރި ދައްކާނަން” ޔުއާން ވާހަކަ ދައްކަމުން މާޒް ގޮވައިގެން މައްޗަށް އެރިއެވެ. އާރާ ސޯފާގައި އިށީނދެލީ ޔުއާން އަންނަން ދެކަށެވެ. ޔުއާން ނައިސް ލަސްވުމުން އާރާ ސިޑިން އަރައިގެން މައްޗަށް ދިޔައީ ޔުއާންގެ ހޯދުމަށެވެ. ޔުއާން ކޮޓަރިއަށް ގޮސް ވަންއިރު ޔުއާން ފެންނާކަށް ނެތެވެ. ފާހަނައިން ފެން އަންނަ އަޑު އިވުމުން ޔުއާން ވީ ފާހާނައިގަކަން އާރާއަށް އެނގުނެވެ. އާރާ ޔުއާންއަށް ޖެއްސުން ކުރުމަށް ފާހާނަ އިގެ ދޮރުގައި ބާރަށް ޓަކި ޖަހަންފެށިއެވެ. އަދި ޔުއާންއަށް ބާރަށް ގޮވަންފެށިއެވެ. އެވަގުތު ކުޑަކޮށް ދޮރު ހުޅުވާލާފައި އެތެރޭން ނެރުނު އަތުން އާރާގެ އަތުގައި ހިފާފައި ކުއްލިއަކަށް އެތެރއަށް ދަމައިގަތެވެ.

” ވަޓް ދަ..” ފެނުނު މަންޒަރުން އާރާއަށް ބުނެވުނެވެ. އަދި އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ހަމައެކަނި ތުވާލި ކޮޅުގައި ހުރި މާޒް އެއްމިޔަކަނުން ހީލިއެވެ.

” ހައު ޑެއަރ ޔޫ.. އަހަރެން ޔުއާން ކައިރީގަ ބުނާނަންް.. އެންޑް ވަޓް ދަ ހެލް ޔޫ އަރ ޑުއިންގ އިން ހިޒް ބާތް ރޫމް.. ” އަނެއް ފަރާތަށް އެނބުރި ހުރެ އާރާ ވާހަކަދެއްކިއެވެ.

” އަހަރެން ހިކުރީ ތިކުއްޖާ މިތަނަށް ވަންނަ ހިތުން ކަމަށް އެވަރަށް ޓަކި ޖެހީ.. އެހެންވެ މިތަނަށް ވައްދަދިނީ.. ” މާޒް ފަހަތުން އައިސް އާރާ ކަންފަތް ދޮށައް ގުދުވެލަމުން ބުންޏެވެ.

” އަހަރެން ގޮވީ ޔުއާން އަށް.. ކަންފަތް ބީރުދޯ… ” އާރާ ބުނެލިއެވެ.

” ވަޓް އެވަރ.. ތިކުއްޖާއަށް އެނގޭ އަހަރެން މިތާ އުޅޭކަން.. އެހެންވެ އެވަރުން މިތަނަށް ވަންނަން އުޅުނީ.. ތިކުއްޖާ އަށް އަހަރެން ފެނުނީއްސުރެ އަހަންނާ އަޅައިގެނެފަ ތިހުންނަނީ” އިތުރަށް ރުޅި އަރުވާލުމުގެ ގޮތުން މާޒް ބުންޏެވެ. އާރާ ކައިރިއަށް އައި ރުޅިން މާޒްއާ ވީ ފަރާތަށް އެނބުރި އިނގިލި ދިއްކޮށްލާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން މާޒް ވާހަކަ ދައްކަން ފަށައިފިއެވެ.

” ބަލާ މިހާރުވެސް އަހަރެން ތުވާލިކޮޅުގަ ހުރީމަ ތިބަލަނީ.. ” ހަށިގަނޑުގައި ދެއަތް ހުރަސްކޮށްލަމުން މާޒް ބުންޏެވެ. އާރާ އައި ރުޅިން އިތުރަށް އެއްޗެއް ނުބުނެ ދަތްކުޑި ވިކާލާފައި ދޮރުހުޅުވާލާފައި އެތަނުން ނިކުތެވެ.

ކޮޓަރިން ނިކުންނަންވެގެން އައި އާރާ ޖެހުނީ ވަންނަންވެގެން އައި ޔުއާން ގައިގައެވެ. ޔުއާން ފެނުމުން އާރާ ރުޅިއައިސްފައި ޔުއާން އަށް ބަލާލިއެވެ.

” ކިހިނެއްވީ..” އާރާގެ މޫނު ފެނުމުން ޔުއާން ސުވާލުކޮށްލިއެވެ.

” ޔުއާންގެ ކޮޓަރި ސޯ ކޯލްޑް މާޒްއަށް ދިނީތަ” އާރާ ސުވާލުކޮށްލިއެވެ.

” އޯވހް.. އެހެންވެ ދޯ ރުޅިުއައިސްގެން މޫނު ރަތްވެފަ ތިހުރީ.. އަނެއްކާ އޭނަ ފެންވަރަން ހުއްޓަ އަހަރެން ކަމަށް ހީކޮށް ޖެއްސުމެއްް ކުރީތަ” ޔުއާންގެ ސުވާލަށް ދޭނެ ޖަވާބެއް އާރާއަކަށް ނޭނގުނެވެ. ޔުއާންއަށް ކިޔައިދޭކަށްވެސް އާރާއަކަށް ނުކެރޭނެއެވެ.

” ކހިނެއްވީ އަނެއްކާ.. އަހަރެން ޔުއާންގެ ޓޮއިލެޓް ބޭނުން ކުރީމަ ހިތްހަމަ ނުޖެހުނީތަ” މާޒްގެ އަޑަށް ދެމީހުން އެދިމާއަށް ބަލާލިއެވެ.

” އަހަރެންގެ ކޮޓަރީ ފާހަނައިގަ މައްސަލައެއް އުޅޭތީ އަހަރެން މިކޮޓަރިއަށް އައީ ޔުއާން ބުނެގެން” އާރާ އާއި ކުރިމަތިލަމުން މާޒް ބުންޏެވެ. އާރާ ބަލާލި ވަގުތު މާޒް އެއްލޯ މަރާލުމުން އާރާ އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލަން ފެށިއެވެ.

” ޔުއާން ހިނގާބާ އަހަރެން ގެއަށް ލައިދޭން” އާރާ ޔުއާންއާ ދިމާއަށް ބަލައިވެސް ނުލާ ހިނގައިގަތުމުން ޔުއާންވެސް މާޒްކައިރީ މާފަށް އެދުމަށްފަހު އާރާގެ ފަހަތުން ދާންފެށިއެވެ.

” ވަޓްސް ރޯންގް ވިތް ޔޫ” ސައިކަލަށް އަރަމުން ޔުއާން އަހާލިއެވެ.

” ނަތިންގް.. ވަރަށް ފޫހި ވައްތަރެއް ހުންނަ މީހެެއް އެއީ” އާރާ އަނގަ ހަދާލާފައި ބުންޏެވެ.

………………………………………………………………………………………………..

އާރާ ގެއަށް އައިސް ވަންއިރުވެސް މާޒްއާއި ދިމާއަށް ކުދިކިޔުން ނުހުއްޓައެވެ. ކޮޓަރިށް ވަންގޮތަށް އާރާ އެނދުމައްޗަށް ވެއްޓިގަތެވެ. ދެންމެ ހިނގާ ދިޔަ ކަންތަކާމެދު އާރާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މާޒް ކަންތައް ކުރީ ދުވަހަކުވެސް މީހަކު އާރާއާއި ދޭތެރޭގައި ކަންތައް ނުކުރާ ގޮތަށެވެ. އެނދުމަތީގައި ވިސްނުމަކަށް ގެއްލިފައި އޮއްވާ ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ދޮރުމަތީގައި ހުރި ނާއިލާ ފެނުމުން އާރާ ހީލެވެތޯ މަސައްކަތް ކުރިއެވެ.

” މަންމަ ކޮންއިރަކު އަޅުގަނޑު ކޮޓަރިއަށް ވަންނަން ހުއްދަ ހޯދަންފެށީ.. ” ތެދުވެ އިށީންނަމުން އާރާ ބުންޏެވެ.

” މިހާރު އާރާ ތީ ބޮޑުކުއްޖެއްނު… އަށާރަ އަހަރުވީމަ އާރާ ޖެހޭނެ ތަންކޮޅެއް ބޮޑު ކުދިން އުޅޭގޮތަށް އުޅެން ދަސްކުރަން..” ނާއިލާ ބުންޏެވެ.

” ކިތަންމެ ބޮޑު ވިޔަސް މީ މަންމަގެ ކުޑަ ކުޑަ އާރާއެއްނު..” ނާއިލާ ގައިގާ ބައްދާލަމުން އާރާ ބުންޏެވެ.

” އާރާ.. އާރާ މިހާރު ތިހުރީ ބޮޑުވެފަ.. އަމިއްލައަށް އުޅެން ދަސްކުރަންޖެހޭނެ.. އަމިއްލައަށް ހަޔާތުގެ ކަންކަން ނިންމަން އެނގެން ޖެހޭނެ.. އަބަދުވެސް ހަނދާންކުރާތި.. މަންމަމެން ނެތް ދުނިޔެއެއްގަވެސް މަންމަމެން ދީފައިވާ ތަރުބިއްޔަތަށް ބުރޫ އަރާފަދަ ކަމެއް ނުކުރާތި.. ކަންތައްތަކުގަ ހިތްވަރު ކުރާތި.. ކާމިޔާބު ވާނީ ކެތްތެރިކަމާއެކު އެކަމަކަށް ގަދައަޅާ މަސައްކަތް ކޮށްގެން..  ” ނާއިލާ ގައިގާ ބައްދައިގެން އިން އާރާ އިސް އުފުލާލާފައި ނައިލާ އަށް ބަލާލިއެވެ.

” މަންމަ މިއަދު ކޮންގޮތަކަށް ތިވާހަކަ ދައްކަނީ.. ތިކަހަލަ ވާހަކަ ނުދައްކަބާ.. އަހަރެން ބިރުގަނޭ”  އާރާ ބުނެލިއެވެ. ނާއިލާ އިތުރު ބަހެއް ނުުބުނެ އާރާ ބޮލުގަ އި ފިރުމާލިއެވެ.

……………………………………………………………………………………………………..

” މަންމަ ބަލި އެނދުގައި އޮތް އިރުވެސް މަންމަގެ އެންމެ ފަހު އެދުމަކީ މަންމަ މަރުވުމަށްފަހު ސޮފާއްތަ ކައިރީގައި ހުރެގެން އަހަރެންގެ ކިޔެވުން ފުރިހަމަ ކުރުން.. ” މާޒް ވާހަކަ ދެއްކި ކުރިމަތީގައި އިން ސޮފާއާއެެވެ.

” އަހަރެން މިކޮޅަށް އައުމުގެ މަގްސަދަކީ ހަމައެކަނި ކިޔެވުމެއް ނޫން.. އަހަރެންގެ ބައްޕަ ހޯދުން..” މާޒް ބުނެލިއެވެ.

” މާޒް ތިވިސްނުން ދޫކޮށްލާ… މާޒްގެ މަންމަ ކުރަން ބޭނުން ނުވި ކަމެއް ކީއްކުރަން މާޒް ކުރަނީ.. ” ސޮފާ ބުންޏެވެ.

” އަހަރެން ބޭނުން އަހަރެންގެ ބައްޕަ ހޯދަން.. އަހަރެން ބޭނުން އަހަރެންގެ ސުވާލުތަކުގެ ޖަވާބު ހޯދަން..” މާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 35 ވަނަ ބައި

Next

ދީފާ އުފާ 3

Next
April 26, 2016

ދީފާ އުފާ 3

Previews
April 26, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 35 ވަނަ ބައި



All Right Reserved!