Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދީފާ އުފާ 4

az000
April 26, 2016
5 Mins Read
52 Views
4 Comments

” އަހަރެން މިއުޅެނީ މޮޔަވެގެންދޯ މާޒް ހޯދަން” އާރާ އިންތަނުން ތެދުވަމުން ބުންޏެވެ. އަދި މަޑު ނުކޮށް ކާރާ ދިމާއަށް ހިނގައިގަތެވެ. އާރާގެ ފަހަތުން ޔުއާން އާއި މާޒްވެސް ހިނގައިގަތެވެ.

…………………………………………………………………………………………………..

އާރާ އެނދުމަތީގައި އިށީނދެލައިގެން އިންއިރު ލޯ އަމާޒުވެފައި ހުރީ ޓީވީ އިން ދައްކަމުންދާ ފިލްމަށެވެ. އުފާވެރި ނިމުމަކުން ނިންމާލި ފިލްމު އާރާ ބަލަން އިނީ ހެވިފައެވެ. އާރާ އެނދުމަތިން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އެވަގުތު އެތެރެއަށް ވަން ފިނި ވައިރޯޅިން އާރާގެ އިސްތަށިގަނޑާ ކުޅެލިއިރު އާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވިހުރުވެމުން ދިޔަ އިސްތަށިގަނޑު ހަމަޔަކަށް އަޅުވާކަށް އާރާއެއް ނޫޅެއެވެ. އެކަމުން އާރާއަށް އުފާވެރިކަން ލިއްބައިދެއެވެ. ދެންމެ ނިމިގެން އެދިޔަ ފިލްމުންވާ ގޮތަށް އާރާވެސް ބޭނުންވަނީ އަރާދެކެ އިންތިހާ އަށް ލޯބިވާނެ މީހެކެވެ. އެއުމުރުގެ އެހެންކުދިންނެކޭ އެއްފަދައިން އާރާއަށްވެސް  ހިތުގެ ރާޖާއަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ. ހިތުގެ ރާޖާއާ ބައްދަލުވާ ދުވަހަކީ އާރާ އެންމެ އުފާވާނެ ދުވަހެވެ. އޭނާ ފެނުމުން އާރާއަށް އެނގޭނެބާއޭ އާރާގެ ހިތަށް އަރައެވެ.

ދޮރުގައި ޓަކި ޖަހާލިއަޑަށް  އެތެރެއަށް ވަނުމަށް އާރާ ބުންޏެވެ. ދޮރު ހުޅުވާލާފައި ވަން މިޝަލް ހެވިދިލިފައި ހުރިތަން ފެނުމުން ކިހިނެއްވީތޯ އާރާ ސުވާލުކުރިއެވެ. ރަޔާން އިންނަން ވެގެން އުޅޭ ކުއްޖާ އައިސްފަ އިން ވާހާކަ ބުނުމުން އާރާ އަވަސްއަވަހަށް އިސްތަށިގަނޑު ރީތި ކޮށްލައިގެން މިޝަލް އާ އެއްކޮށް ތިރިއަށް ފޭބިއެވެ.

ރަޔާން ކައިރީ އިން އަންހެން ކުއްޖާއަކީ ރީތިކަމުގެ މިސާލެކެވެ. އިސްކޮޅުން ކުރުނަމަވެސް ރޫފަ ރީތި ހަށިގނޑެއް ލިބިފައިވެއެވެ. ލާފައިވާ ހެދުމުން އެންމެންގެ އިޙްތިރާމާއި ޤަދަރު ހޯދައިފިއެވެ. ކަޅުކުލައިގެ އަބާޔާ ހެދުމެއް ލާފައިވާއިރު ބޮލުގައި މަޑުކުލައެއްގެ ޝޯލްއެއް އަޅާފައި ވެއެވެ. އެންމެންގެ ނަޒަރު ހަޔާ އަށް ހުއްޓިފައި ވާއިރު ހަޔާ އިނީ ލަދުން ގޮސް ކުރާނެ ކަމެއް ނެތިފައެވެ.

” ތިއްތީ.. ހާދަ ލޯބި ކުއްޖެކޭ.. ހީވަނީ ޑޯލްއެއްހެން” ހަމަހިމޭންކަން ފޫއަޅުވާލާއި އާރާ ބުނެލި އެއްޗަކުން އެންމެނަށް އެއްފަހަރާ ހެވުނެވެ. އެއަށްފަހު ކޮންމެ މީހަކުވެސް އަމިއްލައަށް ހަޔާއަށް ތައާރަފް ވެލިއެވެ.  ނާއިލާ ހަޔާ ކައިރީގައި މައިންބަފައިންނާ ބެހޭގޮތުން ސުވާލުކުރުމުން  ހަޔާ ބުނީ ރަޔާންގެ އާއިލާގެ ހުއްދަ ލިބުނިއްޔާ ހަޔާގެ މައިންބަފައިންވެސް މިގެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް އަނަސް ބުނީީ ހަޔާގެ މައިންބަފައިންނާ ބައްދަލުކުރަން އަނަސް އާއި ނާއިލާ އެގެއަށް ދާނެ ކަމުގައެވެ. ސަމާސާ އާއި މަޖަލުގައި އެތައް އިރެއް ހޭދަ ކުރުމަށްފަހު  އެރޭ ހަޔާ ގެއަށް ދިޔައީ އެންމެންގެ ހިތް އަތުލާފައެވެ. ހަޔާ ގެއަށް ދިއުމުން ބޮޑު މައުލޫއަކަށްވީ ހަޔާގެ ހިތްހެޔޮކަމާއި ރަނގަޅު ކަމުގެ ވާހަކައެވެ. އާރާއަށްވެސް ހަޔާ އެހާމެ ކަމުދިޔައެވެ. ރަޔާން އެކަހަލަ ކުއްޖެއް ހޮވާފާނެ ކަމަކަށް ނާއިލާ އާއި އަނަސް އުއްމީދުވެސްް ނުކުރެއެވެ.

…………………………………………………………………………………………………

ހަޔާ ގެއަށް ލާން ދިޔަ މަގުމަތީގައި މުޅިންވެސް ހަޔާ ދެއްކީ ރަޔާންގެ އާއިލާ މީހުން ހިތްހެޔޮކަމުގެ ވާހަކައެވެ. ހަޔާގެ ވަހަކަތައް އަޑުއަހަން ރަޔާން އިނީ ހެވިފައެވެ. ވާންއުޅޭ  އަނބިމީހާގެ ދުލުން އާއިލާ ރަނގަޅުވާހަކަ އަޑުއެހުމަކީ ކޮންމެ ފިރިހެނަކަށްވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ހަޔާގެ ގެކައިރިއަށް ކާރު މަޑުކޮށްލުމުން ހަޔާ ރަޔާންއަށް ބަލާލިއެވެ.

” ވަރަށް ބޮޑަށް ތެންކްސް އަހަރެން ތިގެއަށް ގެެންގޮސް ދިނީމަ” ހަޔާ ލޯބިވެތި ގޮތަކަށް ބުނެލިއެވެ.

” އަހަރެން ހަޔާއަށް ޝުކުރު އަދާކުރަން އަހަރެންގެ ހަޔާތަށް އައިސް ދިނީތީ.. އަދި އަހަރެންގެ އާއިލާއްާ މެދު ތިގޮތަށް ދެކޭތީ.. އަހަރެން ހަޔާއަށް ޕްރޮމިސް ކުރަން… އަހަރެންނަށް ވެގެންވަންޏާ ދުވަހަކުވެސް ހަޔާ ދެރަވާ ފަދަ ކަމެއް ނުކުރާނަން.. ” ހަޔާގެ އަަތުގައި ހިފައިގެން އިނދެ ރަޔާން ވާހަކަ ދެއްކިއެވެ.

” އަހަރެންވެސް ރަޔާން ޝަކުވާ ކުރަންޖެހޭފަދަ ކަމެއް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުކުރާނަން” ހަޔާވެސް ރަޔާންގެ އަތުގަނއި ހިފާލަމުން ބުންޏެވެ. އަދި އެއަށްފަހު ރަޔާން ގޮވައިގެން ގެއަށްވަދެ ހަޔާގެ މަންމައާއި ބައްޕައަށް ރަޔާން ތައާރަފް ކޮށްދިނެވެ. ރަޔާންވި އެމީހުންނަށް ވަރަށް ކަމުދާ ކުއްޖަކަށެެވެ. ހަޔާވެސް ރަޔާންގެ އާއިލާ މީހުންގެ ރަނގަޅުވާހަކަ މަންމައާއި ބައްޕަކައިރީގައި ބުންޏެވެ. އަދި އެމީހުން ހަޔާގެ މައިންބަފައިންނާ ބައްދަލުކުރަން ބޭނުންވާ ކަމުގައިވެސް ބުންޏެވެ.

ނައިލާ ފާހަނައިން ނިކުތް އިރު އަނަސް އެނދުމަތީގައި އުއްޑުން އޮށޯވެލައިގެން އޮތެވެ. ބޯމަތީގައި އަތްް ބާއްވާލައިގެން އަނަސް އޮތީ ކަމަކާ ވިސްނަންކަން ނާއިލާއަށް އެނގުނެވެ.

” އަނަސް ކޮންކަމަކާ މާވަރަކަށް ތިވިސްނަނީ” ޑްރެސިންގް ޓޭބަލައާއި ކައިރިވެލާ ގައިގާ ލޯޝަން ކޮޅެއް ހާކާލަމުން ނާއިލާ އަހާލިއެވެ.

” މިވިސްނަނީ މިއަދު ސޮފާ ދެއްކި ވާހަކައާ… އެބައުޅެއެއްނު އެގެއަށް ކުއްޖަކު ގެނެސްގެން..މާޒް..” އަނަސް ވާހަކަ ދައްކަން  ފެށުމުން ނާއިލާ އައިސް އަނަސް ކައިރީގައި އިށީނދެލިއެވެ.

” އަހަންނަށް މިއަދު އެނގުނީ އެއީ ބައްރަ ގެ ދަރިއެއްކަން.. ސޮފާ ފުރަތަމަ އަހަންނަށް ސިއްރުކުރީ.. ނާއިލާ ކައިރީ ދެއްކިތަ އެކަހަލަ ވާހަކައެއް” ނާއިލާއަށް ބަލާލަމުން އަނަސް ބުންޏެވެ.

” ބައްރަގެ ދަރިއެކޭ.. އަހަރެން ހީވެސް ނުކުރަން ސޮފާ ބައްރަގެ ދަރިއެއް ގެނެސްގެެން ބަލާފާނެކަމަކަށް.. އެކަމަކު ކޮބާ މިހާރު ބައްރަ..” ނާއިލާ އަހާލިއެވެ.

” ބައްރަ މިހާރު ދުނިޔެއަކު ނެތް… ” އަނަސްގެ ޖަވާބުން ނާއިލާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

” އަނެއްކާ މާޒްއަށް އެނގޭތަ ހުރިހާ އެއްޗެއް.. އޭނައަށް ނޭނގެންޏާމު އަވަހަށް ކިޔައިދޭންވީ ހުރިހާ އެއްޗެއް.. އެހެންނޫނީ ފަހުން މާ ގޯސް ވެދާނެ..” ނާއިލާ ބުންޏެވެ.

” ނާއިލާ.. ކޮންމެ ގޮތެއްވިޔަސް ބައްރަ އަަކީ އަހަރެންގެވެސް އަދި ނާއިލާގެވެސް ގާތް އެކުވެރިއެއް.. އެހެންވީމަ މިއަދު މާޒްއަށް ހެޔޮކޮށް ހިތަން އަހަރުމެންޖެހޭނެ.. މިއަދު މާޒްއަށް އެހީވާން ތިބީވެސް ހަމަ އަހަރުމެން..”

”  އެހެންވީމަ މާދަން މާޒްއަށް ކެއުމަކަށް ދައުވަތުދޭންވީނު.. އޭރުން އަހަރުމެންނާ ގުޅުން ބަދަހިވާނީވެސް” ނާއިލާ މިހެން ބުނުމުން އަނަސް ހީލުމަށްފަހު ނިދުމަށްޓަކައި ދެލޯ މަރާލިއެވެ. ނަމަވެސް ނާއިލާ އޮތީ ފުންވިސްނުމަކަށް ގެއްލިފައެެވެ. ލޮލުން ފެންނަމުން ދިޔައީ ކޮންކަހަލަ އިހްސާސްތަކެއް ކަމެއް  ބުނަން ދައްޗެވެ.

 

މެންދަމުގެ ހަމަހިމޭން ވަގުތުގައި އެންމެން އަރާމުކޮށް ނިދާލާފައިވާއިރު މާޒްއަށް އޮތީ ނުނިދިފައެވެ. ވިސްނެމުން ދިޔައީ ދިރިއުޅުމާ މެދުގައެވެ. ސޮފާ ބުނިހެން މަންމަގެ ހުވަފެން ތެދުހަޤީގަތަކަށް ހަދަން މާޒް ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މާޒްގެ ހިތުގައި ފުނިޖެހިފާއިވާ ސުވާލުތަކަށް ޖަވާބު ހޯދަންވެސް މާޒްް ބޭނުމެވެ. މާޒްގެ ބައްޕައަކީ ކާކުތޯއެވެ. މަންމަ ބައްޕަދެކެ އެހާ ރުޅުއަންނަންވީ ކީއްވެތޯއެވެ. މަންމަ އާއި މާޒް ދޫކޮށްލާފައި ދިޔައީ ކީއްވެތޯއެވެ. މާޒް ކޮންމެހެން ރާއްޖެ އަންނަން ބޭނުންވި ސަބަބަކީވެސް އެއީއެވެ. މަންމަގެ އެންމެ ގާތް އެކުވެރިއަކީ ސޮފާއެވެ. އެހެންވީމަ އެހުރިހާ ސުވާލަކަށް ޖަވާބުދެވޭނީވެސް ހަމަ ސޮފާއަށެވެ.

މާޒް މަޑުމަޑުން ތެދުވެގެން ގޮސް ނިވާލެވިފައިވާ ލައިޓް ޖައްސާލިއެވެ. އަދި ކަބަޑް ތެރެއިން އަލްބަމެއް ނަގައިގެން ގޮސް އެނދުގައި އިށީނދެލިއެވެ. އަލްބަމް ހުޅުވާލުމާއެކު ފުރަތަމަވެސް އިނީ ބައްރަގެ ފޮޓޯއެކެވެ. އެފޮޓޯ ފެނުމާއެކު މާޒްގެ ދެލޯ ފެންކަޅިވިއެވެ. މާޒީގެ ހަނދާންތަކުން މާޒްގެ ހިތުގައި ރިއްސާލިއެވެ. މާޒް ބަލާބޮޑުކޮށް ރަނގަޅަށް ކިޔަވައިދިނުމަށް އެމަންމަ ކުރި މަސައްކަތާއި ވީ ގުރުބާނީތައް މާޒްގެ ހަނދާނުން ދުވަހަކުވެސް ނުފޮހެވޭނެއެވެ.

މާޒް ހަނދާން ހުންނަން ފެށީއްސުރެ މަންމަ ދިރިއުޅެމުން ދިޔައީ އިންޑިއާގެ ބެންގަލޫރުގައެވެ. އޭރު ބައްރަ ކައިވެނިކޮށްގެން އުޅުނީ ދެބައި އުމުރުގެ ފިރިހެނަކާއެވެ.ނަމަކަށް ކިޔާ އުޅުނީ ސޮންޖީބެެވެ. ދިރިއުޅެމުން އައީ ކުޑަކުޑަ ކޮޓަރިގަނޑެއްގެ  ތެރޭގައެވެ. ސޮންޖީބް މަސައްކަތް  ކުރަނީ ފްލެޓްބަރިއެއްގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައެވެ. މާޒްމެން އުޅޭ ކޮޓަރިއަކީ އެފްލެޓް ބަރީގެ އަނެއް ފަރާތުގައި ހުންނަ ތަނެކެވެ.

ގިނަފަހަރަށް ސޮންޖީބް ގެންނަ ކުޑަ ލާރިކޮޅުން އޮންނަނީ ނުވެފައެވެ. އެއްފަހަރު ކެއިއްޔާ އަނެއް ފަހަރު ތިބެނީ ނުކައެވެ. ސޮންޖީބަކީ ރުޅިގަދަ މީހެއްކަމުން ގިނަފަހަރަށް ފެންނަނީ ބައްރައަށް އަނިޔާ ކުރާތަނެވެ. ބައްރަ އަކީ ކިތަންމެ ފަގީރުނަމަވެސް ރީތި އަންހެނެކެވެ. ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެއް ބައްރައަށް ލިބިފައިވެއެެވެ.

ސޮންޖީބް ނިޔާވުމަށްފަހު ބައްރައާއި މާޒް ކުރިއަށްވުރެވެސް އެކަނިވެރިވިއެވެ. ލާރިލިބޭނެ އެއްވެސް ގޮތެއް ނެތުމުން ބައްރަ އަމިއްލައަށް މަސައްކަތްކޮށްގެން ލާރި ހޯދުމަށް ނިންމިއެވެ. ފްލެޓްގެ އެކި އެކި އެޕާރޓްމަންޓްތަކަށް ގޮސް މަސައްކަތްކޮށްދޭންފެށިއެވެ. އެލިބޭ ލާރިން މާޒް ސްކޫލް ސްކޫލްފީ ދައްކާފައި ބާކީ ވާ މަދު އެއްޗަކުން ގޭގެ އެހެން ހަރަދުތައް ހަމަޖައްސާލަނީއެވެ. އެހެން އުޅެނިކޮށް ބައްރަ މަސައްކަތް ކުރާން ދާ ގެއެއްގަ އުޅޭ ފިރިހެނަކަށް ބައްރަ މާ ކަމުގޮސްގެން ބައްރަ އާއި ކައިވެނިކުރީއެވެ. އެފިރިހެންމީހާ ބައްރައަށް ވަރަށް ރަނގަޅެވެ. މާޒްއާއި މެދުވެސް ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މަންމަގެ އެންމެ ފަހުނޭވަޔާ ޖެހެންދެންވެސް އެފިރިހެންމީހާ ކައިރީގައި ހުއްޓެވެ. ނަމަވެސް މާޒް ދޫކޮށްލާފައި ދާންޖެހުނީ ފިރިހެންމީހާ އެހެން މީހަކާ އިނުމަށް އޭނަގެ މަންމަ ބާރު އެޅުމުންނެވެ.

 

މާޒް ދެލޯ ފޮހެލުމަށްފަހު އަދިވެސް އެއްފަހަރު ބައްރަގެ ފޮޓޮއަށް ބަލާލިއެވެ. ދެން އެމަންމަގެ ފިރުމުންތައް ނުލިބޭނޭ ހިތަށް އެރުމާއެކު ދެލޯ ކަރުނުން ފުރުނެވެ. މާޒްގެ ބަލިފަޔަކީ އެއީއެވެ. ލޯބިވާ މީހަކަށް ކަމެއް ވިއްޔާ ވަރަށް ފަސޭހައިން ރޮވޭނެއެވެ. ބައެއް ފަހަރު އެފިނޑިކަންދެކެ މާޒް ވަރަށް ރުޅިއާދެއެވެ. އަލްބަމް އޮތްތަނަށް ލުމަށްފަހު ގޮސް އެނދުގައި އޮށޯވެލީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ނިދިކޮޅެއް ލިބޭތޯއެވެ.

ބަދިގޭގައި ހެންދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ސޮފާ އަވަދި ނެތި އުޅުނެވެ. އަތްމަތި އަވަސްކޮށްލާފައި ވަނީ ޔުއާން އާއި މާޒް ކޮލެޖަށް ދާ ގަޑި ޖެހެން ކައިރިވާތީއާއެކު ސޮފާވެސް އޮފީހަށް ދާ ގަޑި ޖެހޭތީއެވެ. ގޭ ބެލް ޖަހާލި އަޑު އިވުމާއެކު ސޮފާ އަވަހަށް ދޮރުހުޅުވަންދާން އުޅުނެވެ. ނަމަވެސް ހުއްޓުނީ ސިޑިން ފައިބައިގެން އައީ މާޒް އަތުން އިޝާރާތް ކޮށްލުމުންނެވެ. ދޮރުހުޅުވާލުމާއެކު މާޒްގެ ތުންފަތްމައްޗައް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކުރިމަތީގައި ހުރި އާރާ ލޮލުގައި އޮތް އައިނު ނެގުމަށްފަހު މާޒްއާއި ދިމާއަށް ކަޅިއަޅާލިއެވެ.

“ލުކް ސޯ ސެކްސީ އިން ޕިންކް.” އާރާ ދާން އުޅެނިކޮށް އަތުގައި ހިފާފައި ކައިރިއަށް ގެނައުމަށްފަހު ކަންފަތް ކައިރީގައި މާޒް ބުނެލިއެވެ. އެވަގުތު އާރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. މާޒްގެ ގައިން ދުވާ ލުއި މީރުވަހުން ލޯމަރާލަމުން ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އާރާއަށް ވިގޮތް ފެނި މާޒްކައިރިއަށް ހިނިއައެވެެ. މާޒް އާރާ ދުރަށް ޖައްސާލީ ކުއްލިއަކަށެވެ.

” ބުޅަލެއް ދޯ ތީ.. ހީކުރީ ދޯ އަހަރެން މީ މީރު މަސްކޮޅެކޭ” އުޅެވުނު ގޮތުން އާރާ ކުޑަކޮށް ލަދުގަތެވެ. ނަމަވެސް އެކަން ނުދައްކާ ތުން އަނބުރާލުމަށްފަހު ޔުއާންގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އާރާ ޔުއާންގެ ކޮޓަރީ ދޮރުހުޅުވާލިއެވެ. އޭރު ޔުއާން އޮތީ އަދިވެސް ނިދާފައެވެ. އާރާ ދެތިން ފަހަރަކު ޔުއާންއަށް ގޮވާލިއެވެ. ޔުއާން ހުމް އެކޭ ބުނުމަށްފަހު ކުރިއަށްވުރެވެސް ބޮޑަށް ކަންނެޔޮގައި ބައްދާލިއެވެ. އާރާއަށް މޮޅު ހިޔާލެއް އައީ އެނދު ކައިރީ ބަހައްޓާފައި ހުރި ސައިޑް ކަބަޑް މަތީގައި ހުރި ފެންޖަގު ފެނުމުންނެވެ. ދުވެލާފައި ގޮސް ތައްޓަށް ފެން އެޅުމަށް ފަހު ޔުއާންގެ މޫނަށް ފެންއެތި ޖެހިއެވެ. ޔުއާން ސިއްސައިގެން ގޮސް ތެދުވެ އިށީނެވެ. އާރާގެ ލާނެތް ސަމާސާއެއްކަން އެނގުމުން ޔުއާންވެސް ޖަގުހިފައިގެން އާރާއާއި ދިމާއަށް ދިޔައެވެ. އާރާ ޔުއާން އަށް އަތު ނުވާން ދުވަމުން ގެންދިޔައެވެ. ބަދިގެއާއި ދިމާއަށް ދުއްވައިގަތީ ސޮފާކައިރިން ހިމާޔަތް ހޯދާށެވެ. ނަމަވެސް އާރާއަށް ގޮސް ލައްގަނެވުނީ މޭޒު ކައިރީގައި ފެންބޯން ހުރި މާޒް ގައިގައެވެ. މާޒްގެ މޫނު އެހާ ކައިރިން ފެނުމުން އަރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މާޒްވެސް އާރާގައިގާ ވަށާލެވިފައިވާ އަތް ނަގާކަށް ނޫޅެއެވެ. ކަޅިޖަހާވެސް ނުލާ އާރާގެ ކުޑަ ކުޑަ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. ދެމީހުންނަށްވެސް ވަމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެކެވެ. ސިއްސައިގެން ދިޔައީ ޔުއާންގެ އަޑަށެވެ. އާރާ މާޒްއާއި ދުރުވެލަން އުޅުނެވެ. ނަމަވެސް މާޒް އާރާގެ އުނުގަނޑުގައި ހިފާފައި ކުރިއަށް ވުރެވެސް ގާތް ކޮށްލިއެވެ.

މާޒްގެ މި ހަރަކާތުން އާރާއަށް އެއްފަހަރު ޔުއާންއަށް ބަލާލާފައި އަނެއްފަހަރު ސޮފާއަށް ބަލާލެވުނެވެ. ޔުއާންވެސް ހުރީ ހައިރާންވެފައެވެ.

މާޒް ބަލާކަށް ނުހުރެ މާޒްގެ އަތުގައި ހުރި ފެންތަށި އާރާގެ ބޮލަށް އަޅާލިއެވެ. އާރާ ރުޅިއައިސް ރަތްވެފައި މާޒްއަށް ބަލާލިއެވެ.

” ކިހިނެއް ތި ހެދީ މާޒް ގަނޑާ…” އާރާ ދަތްކުޑިވިކާލަމުން ބުންޏެވެ.

“އުޕްސް.. ފެންކުޅި ކަމަށް ހީކުރީ..” ނޭނގޭ ކަމަށް ހަދާލާފައި މާޒް ބުންޏެވެ. އާރާގެ ރުޅިގަނޑު ގަދަވީ ޔުއާން ހޭންފެށުމުންނެވެ.

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

az000

Other Articles

Previous

ދީފާ އުފާ 3

Next

ެއިންސާފް .. 11 ވަނަ ބައި

Next
April 26, 2016

ެއިންސާފް .. 11 ވަނަ ބައި

Previews
April 26, 2016

ދީފާ އުފާ 3

4 Comments

  1. aish says:
    April 26, 2016 at 1:26 pm

    ane part ah v inthixaaru eyba kuran

  2. Hart says:
    April 26, 2016 at 4:37 pm

    kadey..maaz aa Aaaraa nugulhey..gulheny yuaan aa..aishaa b adhu keehve thigothah twist gennanee… kadaey.. ekamves reethi vaahaka eh.!

  3. Khushey'aa says:
    April 27, 2016 at 7:53 pm

    ޚުޝޭ ބުނާނީ ދެން ސަޅި ވާހަކަ އެކޭ… ދެން އަންނަ ބައި އަވަހަށް އަޕްލޯޑު ކޮށްދޭށޭ

  4. Kiyunterieh says:
    April 28, 2016 at 10:22 pm

    Kobaatha dhevana part

Comments are closed.

All Right Reserved!