Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 17..

kamana Level 310 Stories500 Comments100 Comments
April 26, 2016 8 Mins Read
38 Comments

އަތޫޝާ އަށް އިނދެވުނީ އާޝިޔާ ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. މަމްދޫހު ހޭނާރައޭ ބުނުމުން ހިތަށް ފާޑެއްގެ ގޮތެއްވެސް ވިއެވެ. ހިތުގެ ކަނަކުން މަމްދޫހު ކައިރިއަށް ދާން އެދުނީ ކީއްވެކަމެއް އަތޫޝާއަށް ނޭނގެއެވެ.

“މަމްދޫހަށް ކިހިނެއްވީ” އަތޫޝާއަށް އަވަސް އަވަހަށްއަހާލެވުނެވެ. އޭރުވެސް އަތޫޝާގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.

“އެކްސިޑެންޓް ވީ…. އަދިވެސް ހޭނާރާ… ޑޮކްޓަރު ބުނީ މަމްދޫހު ހޭނާރަންވި ސަބަބެއް ނޭނގެޔޯ… އެހެން ދުވަސްވަންޏާ ހޭއަރާނެ ކަމުގެ އުންމީދު ހައްތަހާ ވާނީ ދަށޯ… ޝާޝާ ދާނަންދޯ…. ބުނޭ ދާނަމޭ ދައްތައާއެކީ… ބުނޭ” އާޝިޔާ އަތޫޝާގެ އަތުގައި ހިފައި އާދޭހުގެ ރާގަށް ބުންޏެވެ.

ކީއްވެކަމެއް ނޭނގެއެވެ. އަތޫޝާއަށް ފަހަތް ބަލާލެވުނީ ޝައިމަން އިންތޯއެވެ. ޝައިމަން ފެންނަން ނެތުމުން އަތޫޝާވެސް އާޝިޔާ އަތުގައި ހިފާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

ލޯގަނޑު ކުރިމައްޗަށް ހުއްޓި ބޯ އޮމާންކޮއްލީ ހޮސްޕިޓަލް އަށް ދިޔުމަށެވެ. އެހެން ނަމެވެސް އޭރުވެސް އަތޫޝާ އިނީ ދެވިސްނުމެއްގައެވެ. ޝައިމަންއަށް ނޭނގި ދިޔުން ވާނީ ރަނގަޅު ކަމަކަށް ބާއޭ އަތޫޝާގެ ހިތަށް އެރިއެވެ. ދިޔަކަން އެނގިއްޖެއްޔާވެސް ޝައިމަން ދެރަވާނެއެވެ. “ކީއްވެ ދެރަވާންވީ… ޝައިމަން އަށް ނޭނގޭނެ މަމްދޫހަކީ ކާކުކަމެއް،…..” އަތޫޝާ އަމިއްލަ ނަފްސާ ވާހަކަ ދައްކާލިއެވެ.

ޒައިނަބު ކައިރިން ހުއްދަ ހޯދުމަށްފަހު އަތޫޝާ ހޮސްޕިޓަލަށް ދާން ނިކުތީ އާޝިޔާ އާއި އެކުއެވެ.

………………………

“މަމްދޫހު… ހޭލަބަލަ… މަމްދޫހު ކީއްވެތަ ތިހެން ތި އޮންނަނީ… މަމްދޫހަކަށް ނޭނގޭތަ ރާނީ ދެރަވާނެ ވަރެށް… އެންމެ ރަނގަޅޭ…. މަމްދޫހު ހޭލައިފިއްޔާ ރާނީ ޝާޝާއަށް ހުރިހާ އެއްޗެއް ކިޔާދޭނަން… އައި ޕްރޮމިސް” އެނދު ޖެހިގެން އިން ގޮނޑީގައި އިށީދެގެން އިން ރާނިޔާ މަމްދޫހުގެ އަތުގައި ބޮސްދިނެވެ. ރާނިޔާގެ ދެއަތުން މަމްދޫހުގެ އަތް ފޮރުވާލީ އެއަތް ފިނިކަމުންނެވެ. ރާނިޔާ ދެލޯ ވަނީ ރޮއި ރޮއި ދުޅަވެފައެވެ. ރަނގަޅަށް ނިދި ނުލިބުމުން މީހާގެ ދެލޯ ވަނީ ވަޅުވަދެފައެވެ.

ހޮސްޕިޓަލް އަށް ވަދެވުމާއެކު އަތޫޝާގެ ހިތްބިރުގަންނަން ފެށިއެވެ. މަމްދޫހު ކައިރިއަށް ދުވެފައި ދާން ބޭނުންވިއެވެ. ދެއަތް ތިލަ ވަނީ ފިނިވެފައެވެ. އިރު އިރުކޮޅާ އަތޫޝާ އާޝިޔާ އާއި ދިމާލަށް ބަލާލަނީ އަދިވެސް ޖެހިލުންވެ އިނދެއެވެ.

މަމްދޫހު ބާއްވާފައި އޮތް ކޮޓަރި ދޮރުހުޅުވިގެން ދިޔުމާއެކު ރާނިޔާ ދޮރަށް ބަލާލިއެވެ. ހުރިތަނުން ކޮޅަށް ތެދުވެވުނީ އާޝިޔާ އާއިއެކު ވަދެގެން އައި އަތޫޝާ ފެނިއެވެ. އަތޫޝާއަށްވެސް ވީ ރާނިޔާއަށް ވީ ވަރެވެ. މަމްދޫހުގެ އަތާ އަތް ގުޅުވާލާފައިވާ ރާނިޔާގެ އަތަށް އަތޫޝާ ބަލާލީ ރުޅިވެރި ކަމާއެކީގައެވެ. އެވަގުތުގައި އަތޫޝާއަށް އަމިއްލަ ނަފްސު ދެކެވެސް ރުޅި އާދެވުނެވެ. މިއޮށް ހުރިހާ އިރު އަތޫޝާ އައީ މަމްދޫހުއާއި ދޭތެރޭ ވިސްނަމުންނެވެ. މަމްދޫހަށް ކަމެއްވެދާނެތީ ހިތުގައި ބިރުވެރިކަންވެސް ވީ އެވަރަށެވެ. އެކަމު ފެނުނު މަންޒަރަކުން އެހުރިހާ ކަމެއް ފިލައި ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ރާނިޔާއަށް އަތޫޝާ ބަލާކަން އެނގިގެން މަމްދޫހުގެ އަތުން ދޫކޮއްލައި އިސްޖަހާލެވުނީ ކުއްވެރިއެއްފަދައިންނެވެ.

“ރާނީ މިތާގަ…. ކޮބާ ބޭބެ… ސަނާ ވެސް” އާޝިޔާ އައި ގޮތަށް އާދިލް އާއި ސަނާގެ ވާހަކަ އަހަން ފެށިއެވެ. އެހެންޏާ ރާނިޔާ ފެނުމުން އުފާވާ އާޝިޔާ މިފަހަރު ރާނިޔާ ފެނުމުން ހިތްހަމަ ނުޖެހުނެވެ. އަތޫޝާ އަންނަ ގަޑިއަށް ރާނިޔާ އިންނަން ޖެހޭހޭ އާޝިޔާގެ ހިތަށް އެރިއެވެ.

“ބޭބެ ދިޔައީ ސަނާ ގޮވައިގެން ކާން.. ނުކައި ހުރީމަ… ރާނީ މަޑު ކުރާނެމޭ ބުނީމަ ދިޔައީ..” އާޝިޔާ އިން ގޮތުން ރާނިޔާ ފަސްޖެހުނެވެ. “ދެން ދަނީ…. ދައްތާ..” ރާނިޔާއަށް އާޝިޔާއާއި ވާހަކަ ދައްކަން ވީ އުދަގޫ ކަމަކަށެވެ. އަތޫޝާއަށް ހިނިތުން ވެލަމުން ރާނިޔާ އަވަހަށް ނިކުތީ އެތާ އިނުން އެވަގުތު ރަނގަޅު ނުވާނެތީއެވެ.

“މީހަކު ނެތިގެން ރާނީ އިނީ… އާދޭ އިށިންނަން… ދައްތަ އަންނާނަން ބޭބެމެން ގޮވައިގެން އިނގޭ” އަތޫޝާގެ ކޮނޑުގައި ފިރުމާލަމުން އާޝިޔާ ބޭރަށް ނިކުތީ މަމްދޫހަށާއި އަތޫޝާއަށް ވަގުތު ދިނުމަށެވެ.

އާޝިޔާ ނިކުތުމާއެކު މަޑު ހިނގުމެއްގައި އައިސް އަތޫޝާ މަމްދޫހު ކައިރިއަށް ހުއްޓުނުވެ.

“ޝާޝާ.. އަހަރެން ވާހަކައެއް ބުނަން…. ވަގުތު ކޮޅެއް..” އަތޫޝާއަށް ދޮރާ ދިމާލަށް ބަލާލެވުނީ ރާނިޔާ ވާހަކަ ދެއްކުމުންނެވެ.

“ހޫމް… ހިނގާ ބޭރަށް…” އަތޫޝާ ކިތައްމެ ހިތް ނޭދުނަސް ރާނިޔާގެ އެދުމަކަށް ދެކެޅު ހަދާކަށް ނުކެރުނެވެ.

“ޝާޝާ… އައި އެމް ރިއަލީ ސޮރީ…. އަސްލު.. ރާނީ އަކަށް ނޭނގެ ބުނާނެ ގޮތެއްވެސް… ” ބެލްކަންޏަށް ނިކުމެވުމާއެކު ރާނިޔާ ވާހަކަ ދައްކަން ފެއްޓިއެވެ. ރާނިޔާއަށް ރޮވޭވަރުންވެސް ވާހަކަ ދައްކަންވީ އުދަނގޫ ކަމަކަށެވެ. “ރާނީ” ރާނިޔާ ދެލޯ ފޮހެލީ ހީލަމުންނެވެ.

“އަސްލު ދެންމެ އާޝިޔާ ދައްތަ ބަލާލި ގޮތުންވެސް ރާނީއަށް އެގިއްޖެ… ރާނީ ދެކެ ދައްތަ އެހުރީ ވަރަށް ރުޅި އައިސްފަ… ޝާޝާއަށް އެނގޭތަ… އަސްލު މަމްދޫހު ޝާޝާ ދެކެ ވަރަށް ލޯބިވޭ…. އެރޭ… ޝާޝާގެ ވެޑިންރޭ…..”

*************

ރާނިޔާގެ ވާހަކަތަށް އަޑު އެހުމަށްފަހު އަތޫޝާ މަޑު ހިނގުމެއްގައި އައިސް މަމްދޫހުގެ ކައިރިއަށް ހުއްޓުނެވެ. އެރު އަތޫޝާއަށް އިނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަތޫޝާ ދެލޯ ފޮހެލަމުން ހަމަޖެހިލިއެވެ. އަދި މަމްދޫހަށް ބަލާލިއެވެ. މަމްދޫހުގެ ބޮލުގައި އަދިވެސް ބޮޑު ބެންޑޭޖެއް އޮޅާފައި އޮތެވެ. މޭމަތީގައި ދެތިން ވާގަނޑެއް ގުޅާފައި ވާއިރު މަމްދޫހުގެ ހިތުގެ ވިންދު ބެލުމަށް ވަކިން ހާއްސަ މެޝިނެއް އިނެވެ. އަތޫޝާ އެ މެޝިނަށް ބަލާލުމައްފަހު ގުޅާފައިވާ އައިވީއަށް ބަލާލިއެވެ.

މަމްދޫހު މިހެން އޮންނަތާ ކިހާ ދުވަހެއް ވާނެބާއޭ އަތޫޝާގެ ހިތަށް އެރިއެވެ. މަމްދޫހު ނުފެންނަތާ މިހާރު ހަފްތާއެއް ވާން އުޅޭނެއެވެ. މަމްދޫހުގެ ސިފައަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބައިމަތި ފުޅާ ރީތި ހަށިގަނޑުން މިހާރު ފެންނަނީ ކައްޓެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައެވެ. އަތޫޝާއަށް މަމްދޫހުގެ މޫނުމަތީގައި ފިރުމާލެވުނީ ނޭނގިއެވެ. އަތޫޝާގެ ލޮލުން ފެން އައީ ބޭއިހްތިޔާރުގައެވެ.

“މަމްދޫހު…. މަމްދޫހު ކީއްވެ ތިހެން ތި އޮންނަނީ… މަމްދޫހު ބޭނުންވި ކުއްޖާ ލިބުނީމަވެސް ތިހެންތަ އޮންނަނީ….” އަތޫޝާ ދެލޯ ފޮހެލީ ކަރުނަތަށް ގިނަވަމުން ދާތީއެވެ. ކައިރީގައި އިން ގޮނޑީގައި އަތޫޝާ އިށީނީ މަމްދޫހު އަތުގައި ހިފަމުންނެވެ. އަދިވެސް މަމްދޫހްއާއި ކައިރިވުމުން ގޮތްތަކެއްވެއެވެ. އެކަމަކު އެއީ ކޯޗެއްކަން މިހާރު އަތޫޝާއަށް ނޭނގެއެވެ. މުޅިން އެކުވެފައިވާ އިހްސާސްތަކެއްކަން ޔަގީނެވެ.

އަތޫޝާ މަމްދޫހުއާއި އެހާ ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. މަމްދޫހުގެ އަތުގައި ފިރުމާލަ ފިރުމާލަ އިނީ މަމްދޫހަށް އެ އިހްސާސް ވާނެތީއެވެ. އަތޫޝާއަށް ނޭނގުނަސް އެވަގުތުގައި މަމްދޫހު ކަޅި ހިންގާލިއެވެ. ހީވާކަހަލައެވެ. ލޯ ހުޅުވަން މަސައްކަތް ކުރަނީއެވެ. އެކަމަކު ނުހުޅުވެއެވެ.

އަތޫޝާ އިސްއުފުލާލީ ގަޑީގައި މަމްދޫހުގެ ކަންފަތް ކައިރިން ލާފައި ދިޔަ ކަރުނަތިކި ފެނުނެވެ. މަމްދޫހު އެހާލުގައި އޮވެވެސް ރޯތީ އަތޫޝާ ދެރަވިއެވެ. “މަމްދޫހު ކޮންކަމަކާ ތި ދެރަވަނީ… ތެދުވެ ބުނީމަ ދޯ އެނގޭނީ…” އަތޫޝާ މަމްދޫހުގެ ކަރުނަތަށް ފޮހެލައި ދިނެވެ.

މަމްދޫހު ކައިރީގައި ވަގުތު ހޭދަވިގޮތްވެސް އަތޫޝާއަށް ނޭނގުނެވެ. އަތޫޝާ ވާހަކަ ނުދައްކައި މަމްދޫހަށް ދިޔައީ އެތަކެއް ކަމެއް އަންގައި ދެމުންނެވެ. މަމްދޫހު މިހާލުގައި އޮންނަން ޖެހުނީ އަތޫޝާގެ ސަބަބުންނެވެ. މިކަމުގެ ޒިންމާވެސް ނަގަން ޖެހޭނީ އަތޫޝާއެވެ.

“ޝާޝާ” އަތޫޝާ ސިހުނީ ވަދެގެން އަންނަ ސަނާ ފެނިއެވެ. ދެލޯ ފޮހެލުމައްފަހު އަތޫޝާ ގޮނޑިން ތެދުވިއެވެ.

“ޝާޝާ ބާރަ ޖަހަނީ… ގެއަށް ދާކަށް ނުވޭތަ” ސަނާ އެހެން ބުނުމުން އަތޫޝާ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ. އާއެކެވެ. ބާރަޖަހަނީއެވެ. “ބައްޕަ އާއެކީ ދާންވީނު… އެބަ އިންނެވި ބޭރުގަ… ޝާޝާ ގޮވައިގެން ދާން ކަންނޭގެ އެއިނީ… މަންމަވެސް އިބެން….” ސަނާ އެހެން ބުނުމުން އަތޫޝާ ބޯ ޖަހާލުމައްފަހު ބޭރަށް ނިކުތީ ދަނީ ކަމަށް ބުނެއެވެ. އަތޫޝާ ނިކުމެގެން ދިޔަ ދިމާލަށް ސަނާ ބަލާލިއެވެ. މިރޭ އާޝިޔާ އަތުޝާ ގެނައުމުން އެންމެ އުފާވީ ސަނާއެވެ.

……………………….

ޓެރަހުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝައިމަން ދިޔައީ އިރު އިރުކޮޅާ ގަޑިއަށް ބަލާލަމުންނެވެ. އަތޫޝާ އާޝިޔާ އާއެކީ ނިކުތީން ސުރެން ޝައިމަން އުޅެމުން ދިޔައީ އެފަދަ ހާލެއްގައެވެ. އަތޫޝާގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔަ ޝައިމަންގެ އިންތިޒާރަށް ނިމުމެއް އައީ ގެއަށް އައިސް ވަން އަތޫޝާ ފެނިއެވެ. ބާރު ހިނގުމެއްގައި އަތޫޝާއާއި އެއްވަރު ކުރުމަށް ދިޔަ ޝައިމަން ހުރި ފިޔަވަޅު މައްޗަށް ހުއްޓުނީ ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަން އަތުޝާ ފެނިއެވެ. ޝައިމަންއަށް ހީވީ މީހަކު އެހިތުގައި ވިކައިގަތް ހެންނެވެ. ޝައިމަން މޭމަތީގައި ފިރުމާލީ ހިތަށް ވިސްނައި ދެމުންނެވެ. ވީ ކުޑަ ކުޑަ ތަދެކެވެ. މިތަދު އިތުރަށް ބޮޑު ނުވާނޭ ޝައިމަން ހިތަށް ވިސްނައި ދިނެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަތޫޝާ ދޮރުގައި ލެގިލިއެވެ. ފަހަތަށް ބަލާލެވުނީ ޝައިމަން ހުންނާނެކަން އެނގޭތީއެވެ. އަތޫޝާއަށް ޝައިމަން ފެނުނެވެ. ދުވެފައި ގޮސް އެ ހަށިގަނޑުގައި ބައްދައި ގަންނަން ބޭނުންވިއެވެ. އެ އަތުގެ ހިމާޔަތް ބޭނުންވިއެވެ. އެއަތު ތެރޭގައި އޮވެ ހިތްފުރޭވަރަށް ރޯން ބޭނުންވިއެވެ. އެކަމަކު ނޫނެވެ. އަތޫޝާ ދެލޯ ފޮހެލަމުން ކުރިއަށް ހިނގަތީ އަމިއްލަ ހިތަށް ވިސްނައި ދެމުންނެވެ. މަމްދޫހަށް އަނިޔާ ދިނީ އަތޫޝާއެވެ. މަމްދޫހެއް ނޫނެވެ. މަމްދޫހަށް އެކަމުގެ ބަދަލު ބޭނުންވާނެވެ. ބަދަލު ދޭނަމަވެސް މެއެވެ.

“ޝާޝާ.. ޔޫ އޯކޭ… މަންމަ ބުނި”

“ޝަމްހާއަށް މަމްދޫހު އެހާލުގައި އޮތްކަން އެނގުނީ ކޮން އިރަކު…ނުބުނާތި އެރޭ ޝަމް ލަސްވީ އެހެންވެއޭ… ” ފާހަނައާ ދިމާލަށް މިސްރާބުޖެހި އަތޫޝާ ޝަމްހާއަށް ބަލާލިއެވެ. ޝަމްހާ އިސްޖަހާލުމުން އަތޫޝާ ހިނގައިގަތެވެ. އަދި ހީލެވުނީ އަމިއްލަ ނަފްސަށް މަލާމަތް ކުރަމުންނެވެ. އެރޭ އެއީ އެ ފޮނި ލޯބީގެ ފެށުންވެސް މެއެވެ. ހިނގާފައި ދިޔަ އަތޫޝާ އާއި ދިމާލަށް ޝަމްހާ ބަލާލީ ކުއްވެރިއެއް ފަދައިންނެވެ.

***********

ޖެހެމުން ދިޔައީ ފިނިވައިރޯޅިއެވެ. ފަތިސް ނަމާދަށް ފަހު އާދިލް މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ.

“އާދިލް… ކޮބާ ކިހިނެއްވަނީ” އާދިލް ސައިކަލު މަޑުކޮއްލީ ބާރީ ގޮވާލުމުންނެވެ.

“ރަނގަޅެން ނޫން،… މިދަނީ ހޮސްޕިޓަލަށް….” އާދިލްގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. އުންމީދުގެ އެންމެ ކުލަވަރެއްވެސް ނުފެނެއެވެ. “ރަނގަޅުވާނެ… އާދިލް އެފަރާތަށް އިތުބާރު ކުރޭ…” ބާރީ އާދިލްއަށް ނަސޭހަތްތެރިވިއެވެ. އާދިލްވެސް ބޯޖަހާލީ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށްށޭ ބުނަމުންނެވެ.

“ދަރިފުޅާ… ދަރިފުޅާ” ޒުލޭހާ އައިސް ރާނިޔާގެ މަގަތުގައި އިށީނެވެ. “ހިނގާ ސައިބޯން.. ރޭގަ ނުކައި އޮތީމަ ހައިވާނެ މިހާރު…” ރާނިޔާގެ ކުރު އިސްތަށި ގަނޑުގައި ފިރުމާލަމުން ޒުލޭހާ ބުންޏެވެ. “ނޫން މަންމާ.. ނުކާނަން” ރާނިޔާގެ އަޑުވެސް ވަނީ ކުރަކި ވެފައެވެ. ރޭ ހަތަރު ދަމު ރާނިޔާގެ ކަމަކީ ރުއިމެވެ. “ދަރިފުޅާ ތީ ހިތްވަރު ގަދަ ކުއްޖެއްނު… މަންމަ އުފާވޭ ދަރިފުޅު ކަހަލަ ކުއްޖެއް ލިބުނީމަ… ހަމަ އަސްލުވެސް…” ޒުލޭހާގެ ލޮލުންވެސް ވަނީ ކަރުނަ ނިރާލާފައެވެ. ރާނިޔާގައިގަ ޒުލޭހާ ބައްދައި ގަތީ އަމިއްލަ ދަރިފުޅުގެ ހިތްވަރު ގަދަކަމުންނެވެ. ރާނިޔާވެސް ހިތް ފުރޭވަރަށް ރޮއެވެ.

“މަންމާ.. ރާނީއާއި މަމްދޫހުގެ ކުރީގައި އޮތް ގުޅުން ބޭއްވޭނެ ދޯ…… އެޓްލީސްޓް ބެސްޓް ފްރެންޑްސް އަށް ވެވޭނު… ދޯ މަންމާ” ޒުލޭގައިގަ ބައްދައި ގަނެގެން އޮވެ ރާނިޔާ ކިޔަމުން ދިޔައެވެ. “ކީއްވެ ނުވޭވޭންވީ… ދަރިފުޅުގެ ހިތްވަރެއް ތިކަމުގެވެސް އޮތީ” ޒުލޭހާ ރާނިޔާއަށް ހިތްވަރުލައިދިނެވެ. ޒުލޭހާ ރާނިޔާގެ ބޮލުގައި ފިރުމާލިއެވެ. އަދި ހީލީ ރާނިޔާގެ ހުރި ހިތްވަރަކުންނެވެ.

……………………………….

“ޝައިމަން… އަދިވެސް ސައިބޮނީ… ހިނގާ ދާން… މިއަދު ޖެހެ އެންނު ތިލަފުއްޓަށް ގޮސްލަން… އެތަނުން ނަގާ މުދާ ސީދާ އެރަށަށްނު ގެންދަނީ” ވިޝާލް އައިސް ޝައިމަންއާ ޖެހިގެން އިށީނެވެ. “ހޫމް…” ޝައިމަން ކުރު ޖަވާބަކުން ފުއްދާލިއެވެ.

“މަންމާ… ޝައިމަން ކިހިނެއްވެފަ” އަނގަޔަށް ވައްތަރެއް ޖައްސަމުން ވިޝާލް އަހާލިއެވެ. “ނޭނގެ ހެނދުނުން ސުރެން އެހުނަންނީ އެހެން… ހީވަނީ ކާން ނުދީ ހުންނަ ހެންދޯ” ވިޝާލްގެ ސަމާސާގައި ޒައިނަބުވެސް ބައިވެރިވިއެވެ.

“ޝަމް.. ހާދަ މަޑުން.. ރަނގަޅަކަށް ނޫން މިގޭމީހުންނަށް އިރުއެރީ..” ވިޝާލް އެހެން ބުނުމުން ޒައިނަބު އެއްބަސް ވިއެވެ. “ހިނގާ ދާން… ދެން ކާނެކަމެއް ނެތް” ޝައިމަންގެ އަތުގައި ހިފާ ނަގަމުން ވިޝާލް ބުންޏެވެ. ޝަމްހާއަށް އިރު އިރުކޮޅާ ފަހަތް ބަލާލެވެއެވެ. އަތޫޝާ އާދޭތޯއެވެ. ދޮންބެ އާއި އަތޫޝާ އާއި ދެމެދު ކޮންމެވެސް ކަމެއް ވެއްޖެއެވެ. ޝަމްހާއަށް ތުންފަތުގައި ދަތް އެޅުނެވެ.

ގޭން ނިކުންނަމުންވެސް ޝައިމަން ފޯނަށް ބަލާލިއެވެ. އަތޫޝާއަށް އެތަކެއް މެސެޖް ކުރެވިއްޖެއެވެ. ގުޅިއްޖެއެވެ. އެންމެ ފޯނު ކޯލަކަށްވެސް އެންމެ މެސެޖަކަށްވެސް ޖަވާބެއް ނުދެއެވެ. “ހިނގާބަލަ… ސާބަސް” ވިޝާލްގެ އަޑަށް ޝައިމަން ފޯނު ޖީބަށްލީ ފަހު ފަހަރަށް ބަލާލާފައެވެ.

އެނދުމަތީގައި ބަންޑުން އޮތް އަތޫޝާ ދިޔައީ ފޯނަށް ބަލަމުންނެވެ. ޝައިމަންގެ ލޯބީގެ އެތަކެއް މެސެޖްތަކެއް ހުއްޓެވެ. އެތަކެއް ފަހަރު ގުޅާފައި އެބަހުއްޓެވެ. ދެލޮލުން އަނެއްކާވެސް ފެން އައީ އަތޫޝާގެ އިހްތިޔާރަކާ ނުލައެވެ. “ޝައިމަން އައި އެމް ސޮރީ…. މަމްދޫހު އެހާލުގައި ޖެހުނީ އަހަރެންގެ ސަބަބަން… އަހަރެންނަށް ލޯބި ވެވެންވެސް އެއީ ކުރެވުނު ކުށެއް….” ފޯނު މެއާލާ ބޮނޑިކޮއްލަމުން އަތުޝާ ދިޔައީ ރޮމުންނެވެ.

***********

ކޮންމެ ދުވަހަކު އަތޫޝާ ހޮސްޕިޓަލްއަށް ދަނީ މަމްދޫހު ކައިރީގައި އިނުމަށެވެ. އެގޮތަށް އެތަށް އިރަކު އިނދެ އެކި ވާހަކަ މަމްދޫހު ކައިރީގައި ދައްކައެވެ. އަތޫޝާ ހީހީފައި ވާހަކަ ދައްކަމުން ދިޔެއް ކަމަކު އެދެލޮލުން އަންނަމުން ދިޔައީ ކަރުނައެވެ.

ރާނިޔާ ވަރަށް ހިތްވަރާ އެރު މަމްދޫހު ކައިރިއަށް އަންނަން ފެށީ ޒުލޭހާއާއި އެކުއެވެ. ރާނިޔާ މަމްދޫހު ކައިރިއަށް އަންނަނީ އެހެން ބޭނުމަކު ކަމުގައި ހީކޮށް އާޝިޔާ އިންނަނީ ހިތްހަމަ ނުޖެހިއެވެ. އެހެން ނަމަވެސް ވަގުތު ދިޔަ ވަރަކުން ޒުލޭހާ އާޝިޔާއަށް ޔަގީންކަން ދިނެވެ. ރާނިޔާ ބޭނުންވަނީ ކުރީގައި އޮތް ގުޅުން އަލުން ބަދަހި ކުރާންކަން އަންގައިދިނެވެ. އެކަމާ އާޝިޔާ ހިތްހަމަ ޖެހުނެވެ. ފަހަރެއްގައި ކުރީގެ ހަނދާންތަށް އާވެ މަމްދޫހު ހޭއަރާފާނެތީއެވެ.

ދުވާލު ދާ ހަތަރު ދަމު ޝައިމަން މަސައްކަތާއިގެން އުޅެ ގެއަށް އައިސް ވަންނަނީ އަތޫޝާ ދެކިލުމުގެ އުންމީދުގައެވެ. އެހެން ނަމަވެސް އަތޫޝާ ޝައިމަންއަށް އެފުރުސަތެއް ނުދެއެވެ. އަޅާ ނުލާ ޝައިމަން ފަސްދީ ދަނީ ބީރައްޓެއްސެއްހެންނެވެ.

…………………………..

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ވިޝާލް އާއި ސަނާ ހިނގަމުން ދިޔައީ ބީޗްގައެވެ. ދެމީހުން ދޭތެރޭ ވާހަކައެއް ނުދެއްކުނު ކަމުގައި ވިޔަސް ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމެވެ. ފެންނަމުން ދިޔައީ ވަރަށްވެސް ފުރިހަމަ މަންޒަރެވެ. ދިއްލާފައިވާ ލައިޓްތަކުން މަންޒަރު ވަރަށް ވެސް ފުރިހަމައެވެ. ލޯބިވެރިންނަށް ކަމުދާނެ މާހައުލެއްކަން ކަށަވަރެވެ.

“ވަރަށް އުފާވެއްޖެ…. އަސްލު ސަނާ އާއެކޭ ބުނާނެ ކަމަކަށް ހީނުކުރަން…” ދޮންވެލި ގަނޑު މަތީގައި އިށިންނަމުން ވިޝާލް ސަނާ އަތުގައި ހިފާލިއެވެ.

“މީ ރަނގަޅު ގޮތެއްތަ… ދޮންބެ އަދިވެސް ހޭ ނާރާ….” ސަނާ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ގެއްލުނެވެ.

“ރަނގަޅު ވާނެ.. އެއްވެސް އިމްޕްރޫވްމެންޓެއް ނާދޭތަ…” ވިޝާލް ސަނާ އަތުގައި ފިރުމާލިއެވެ.

“ނޫން… ހަރަކާތް ކުރޭ… ޝާޝާ ވެސް އާދޭ… ވަރަށް ގިނަ އިރު ވަންދެން އިނދޭ.. ނޭނގެ ދެން.. މަންމައަށް ހިތްވަރު ކުރެވޭނެ ބާއޭ ހިތަށް މިއަރަނީ….” ސަނާއަށް ރޮވުނެވެ. ވިޝާލް ސަނާގެ ބުރަކަށީގައި ފިރުމާލިއެވެ. އެތަކެއް ވާހަކައެއްގައި ތިބެފައި ދެމީހުން ގެއާ ދިމަލަށް މިސްރާބު ޖެލީ ލަސްވުމުންނެވެ.

……..

ސޯފާގައި އޮށޯވެލައިގެން އޮތް ޝައިމަން ތެދެވެ ހިނގަން ފެށީ ނިދި ދާނެތީއެވެ. އަތޫޝާ އާއި ކޮންމެހެންވެސް ވާހަކަ ދައްކަން މިރޭ ޝައިމަން ބޭނުމެވެ.

ގޭ ދޮރުހުޅުވުނު އަޑަށް ޝައިމަން ދޮރާ ދިމާލަށް ބަލާލިއެވެ. ކަރުމަތީގައި އަތް އުނގުޅަމުން ވަތް އަތޫޝަގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ޝައިމަން ފެނުމާއެކު އަތޫޝާ ހުރި ފިޔަވަޅަށް ހުއްޓުނެވެ. އަދި އަވަށް އަރުވާލީ ކޮޓަރިއާ ދިމާލަށް ދިޔުމަށެވެ.

“ޝައިމަން… ދޫކޮއްލާ…” އަތޫޝާގެ އަތުގައި ހިފައިގެން ޓެރަހާ ދިމާލަށް ޝައިމަން މިސްރާބު ޖެހިއެވެ.

“ޝާޝާ ކީއްވެ ތިހެން ތި ހަދަނީ” ޓެރަހުގެ މެދަށް އައިސް ހުއްޓެމުން ޝައިމަން އަތޫޝާގެ އަތުން ދޫކޮއްލިއެވެ.

“ކިހިނެއް.. އަހަރެންނެއް ޝައިމަންއަށް ގޮތެއް ނަހަދަން” އަތޫޝާ ޖެހިލުންވިއެވެ.

“އެހެންވެތަ އަހަރެންނަށް ފިލައިގެން ތިއުޅެނީ”

“އަހަރެން ކޮން އިރަކު ފިލީ” އަތޫޝާ ފަހަތަށް ޖެހެލީ ޝައިމަން ކައިރިއަށް އަންނަށް ފެށުމުންނެވެ.

“ޝާޝާ ޕްލީޒް…. އަހަރެން ޝާޝާ ދެކެ ވާ ލޯބި ތިގޮތަށް އިމްތިހާން ނުކުރޭ..” ޝައިމަން ފަސް ދެމުން ބޮލުގެ އިސްތަށި ގަނޑުގައި އަތް ހިނގާލިއެވެ. އަތޫޝާއަށް ޝައިމަން އާ ދިމާލަށް ބަލާލެވުނެވެ.

“ޝައިމަން… އަހަރެންވެސް މިދަނީ އިމަތިހާނަކާ ކުރިމަތި ލަމުން… ހެޔޮނުވާނެ.. މި އިމްތިހާނުން ފާސްވިޔަ ދީ” އަތޫޝާގެ އަޑެއް ނުނިކުތެވެ.

“ޝާޝާ” ޝައިމަން އަތޫޝާ އާއި ދިމާލަށް ބަލާލިއެވެ.

“ޝައިމަން.. ހެޔޮނުވާނެ… އަހަރެން ވަރަށް ވަރުބަލި” ފަސްދީ ހިނގައިގަތް އަތޫޝާގެ އަތުގައި ޝައިމަން ހިފޭއްޓިއެވެ.

“މަމްދޫހުއާ ހެދިތަ… އޭނަ ހޮސްޕިޓަލްގަ އޮތީމަތަ… އޭގަ އަހަރެންގެ ކުށަކީ ކޮބާ… އެހެން ނޫނީ އަދިވެސް ޝާޝާ މަމްދޫހު ދެކެ ލޯބިވަނީތަ” ޝައިމަން ރުޅިއައެވެ.

“އާން.. މަމްދޫހްއާ ހެދި… ލޯބިވެސް ވޭ… އެހެންވީމަ ޝައިމަން ދުރުގަ ހުރޭ… ” އަތޫޝާ ޝައިމަން އަށް ފަސްދެމުން ބުންޏެވެ.

“އަހަރެންގެ ލޮލަށް ބަލަމުން ބުނެބަލަ.. ދެންމެ ތިބުނީ ތެދެއްތަ…” އަތޫޝާގެ ދެކޮނޑުގައި ހިފާ މޫނުކައިރިކޮއްލަމުން ޝައިމަން އަހާލިއެވެ.

“ލޯބިވޭ….( ޝައިމަން ދެކެ ވަރަށް ލޯބިވޭ… ހެޔޮ ނުވާނެ.. ކުޑަ ދުވަސްކޮޅެއް) ” އަތޫޝާ އަޑަށް ބާރުލާފައި ބުންޏެވެ. ހިތުގައި އޮތްބައި ޝައިމަން އަށް އަޑުއިވުނު ނަމައެވެ. ޝައިމަން މަޑުކުރާނަމައެވެ.

އަތޫޝާގެ ގައިން ޝައިމަން ކުއްލިއަކަށް ދޫކޮއްލިއެވެ. “ޝާޝާ އެންމެ ފަހަރަކު… އަޅެ އެންމެ ފަހަރަކު އަހަރެން ކައރީގައި ތިހެން ބުނިނަމަ… ޝާޝާ ހީކުރީ އަހަރެން މީ އަމިއްލަ އެދުން ބޮޑު މީހެއްކަމަށްތަ… ޝާޝާ… ޝާޝާދެކެ އަހަރެންވީ ހަގީގީ ލޯބި.. ކުރިއަށް އޮތް ތާގަވެސް ވާނަން… ޝާޝާގެ އުފަލަކީ އަހަރެންގެ އުފާކަމެއް ނޭނގޭތަ… އައި ނޯ… އައި ނޯ ތި ދެމީހުން މެރީ ކުރަން އުޅުނުކަން.. އައި ނޯ އޭ…. އަޅެ އަހަރެންނަށް ހުރިހާ އެއްޗެއް ކިޔާ ދިންނަމަ… ޝާޝާ ކުޑަކޮށްވެސް އަހަރެންނަށް އިތުބާރެއް ނުކުރަންތަ…. މިރޭ… މިރޭން ފަށައިގެން އަހަރެން މަސައްކަތް ކުރާނަން… މަސައްކަތް ކުރާނަން ޝާޝާ ދެކެ ލޯބި ނުވަން… އެކަމަކު އަހަރެންނަށް އެނގޭ އެއީ ވާނެ ކަމެއް ނޫންކަން… އެކަމް ޝާޝާ…. ޝާޝާ ބޭނުން ކޮންމެ އިރަކު އަންނަންވީ އަހަރެން ކައިރިއަށް… އައި ވިލް ހެލްޕް. ރައްޓެއްސެއްގެ ހައިސިއްތުން…. ” ޝައިމަން އަތޫޝާ އާއި ކުރިމަތި ލަމުން ބުންޏެވެ. ޝައިމަން މާ ކުރިއަށް މިކަމަށް ތައްޔާރު ވެގެން އިން ކަހަލައެވެ. އަތޫޝާގެ ލޮލުން ކަރުނަ އައީ ހިތުގައި ރިހުމުންނެވެ. ޝައިމަންގެ އަތުގައި ހިފާ ހުއްޓުވަން އަތޫޝާ ބޭނުންވިއެވެ. އެކަމަކު ޝައިމަން ހިނގައިގަތީ ބަލާނުލައެވެ.

އަތޫޝާ ރެއިލިންގައި ލެގިލަމުން މޫނުމަތީގައި އަތް އެޅިއެވެ. ޝައިމަން ފަސްދީ އަތޫޝާ އާއި ދިމާލަށް ބަލާލީ ކަރުނުން ފުރިފައިވާ ދެލޮލަލުންނެވެ. ބުނާކަހަލައެވެ.

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ…

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..

ހިތްހެޔޮ ކަމާ، ލޯތްބާ އުފާ ބޭނުންވެފާ ވަމޭ….

ލޯތްބައްޓަކާ، އަހަރެން ހުވާ މަރުވެސް ވެދާނަމޭ…

ޝައިމަން މޫނު ފޮހެލަމުން ޓެރަހުން ފޭބީ އަތޫޝާގެ އުފަލަށް ހުރަސް ނޭޅުމަށެވެ.

އުޑުމަތިން ފެންނަމުން ދިޔައީ ކަޅު އަނދިރި ކަމެވެ. ހަނދުގެ ފަޑު އަލިކަން ފިޔަވައި އުޑުމަތީގައި އެއްވެސް އައްޔެއް ނެތެވެ. މުޅި ހިސާބުގައި ގުގުމާލައިފައިވަނީ މަޑު ގިސްލުމުގެ އަޑެވެ. ރޮއި އޮރި އަތޫޝާގެ ހިތް ހަލާކުވާވަރު ވެއްޖެއެވެ. މަމްދޫހު ހޭ ނާރަނީސް ޝައިމަން ކައިރިއަށް ދާކަށް އަތޫޝާއެއް ބޭނުމެއް ނޫނެވެ. ދެލޯ ފޮހެލަމުން ފަޒާއަށް ބޮޑު ނޭވާއެއް ދޫކޮއްލީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. އިރުކޮޅަކު އެހެން އިނުމައްފަހު އަތޫޝާ ދުއްވައިގަތީ ބޭރަށެވެ.

……..

“މަންމަމެން ދާންވީނު….. އަޅުގަނޑު މަޑުކުރާނެމޭ…” ސަނާ މަމްދޫހުގެ އަތުގައި ފިރުމާލަމުން ބުނީ އާޝިޔާމެން ގެއަށް ފޮނުވުމަށެވެ. “ދަރިފުޅު ގުޅައްޗޭ ކަމެއް ދިމާ ވެއްޖެއްޔާ…” އާޝިޔާ ނިކުންނަމުން މަމްދޫހުގެ އަތުގައި ފިރުމާލިއެވެ.

ދޮރުން ނިކުމެ ނިކުމެ ހުރެ އާދިލް އާއި އާޝިޔާ ސިހުނީ ދުވަފައި އައިސް މަޑުކޮއްލި އަތޫޝާ ފެނިއެވެ. އެހާ ލަސްކޮށް އަތޫޝާ ފެނުމުން ސަނާވެސް ހައިރާން ވިއެވެ. މަރުވެފައިވާ މީހެއް ފަދައިން ދެލޮލުން ކަރުނަ އަންނަ ހާލުގައި އަތޫޝާ މިސްރާބު ޖެހީ މަމްދޫހާ ދިމާލަށެވެ. އަތޫޝާ ހަދާ އެއްޗެއް ބެލުމަށް އެންމެންވެސް ތިބީ ހައިރާންވެފައެވެ.

“މަމްދޫހު ދެން ތެދުވެބަލަ…. މަމްދޫހު ހޭނުލަންތަ ތިއޮތީ…. މަމްދޫހު އަހަރެން ކައިރީގައި ދައްކަން ޖެހޭ ބައިވަރު ވާހަކަ އެބަހުއްޓެއްނު…. މަމްދޫހު ތިއުޅެނީ އަހަރެންނަށް ކިހިނެއް ހަދަން… މަމްދޫހު ހެޔޮނުވާނެ… ތެދުވެބަލަ… މަމްދޫހު ކީއްވެތަ ތިހެން ތި އޮންނަނީ… މަމްދޫހު” އަތޫޝާ މަމްދޫހުގެ މޭމަތީގައި ޖަހާލިއެވެ. ގިސްލަމުން ގޮސް އެންމެ ފަހުން ތިރިވީ މަމްދޫހުގެ މޭމައްޗަށެވެ. އަތޫޝާ ގިސްލައި ކަރުނަ އަޅަމުން ދިޔަވަރަކަށް މަމްދޫހްގެ މޭމަތި ދިޔައީ ތެމެމުންނެވެ. މަމްދޫހުގެ ހިތުގެ ވިންދުގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ.

“ޝާޝާ” އަތޫޝާގެ ހަށިގަނޑުގައި މަމްދޫހު ދެއަށް ވަށާލިއެވެ. އަތޫޝާގެ ގިސްލުމުގެ އަޑު ކެނޑުނީ ކުއްލިއަކަށެވެ.

“ނުނިމޭ…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ

Next

Next
April 27, 2016

Previews
April 26, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ

ބޭވަފާތެރި ނުވަމޭ ޔާރާއޭ

38 Comments!

  1. kamana says:
    April 26, 2016 at 9:44 pm

    Guyxx hope yu all will
    Like this part too. Mistake hurun ekashygnveyy. Thnks alot for all yur supportt. I lov my readers ???????

  2. Kiyuntheriyaa says:
    April 26, 2016 at 9:52 pm

    Love it!!!
    Its amazing.
    Keep it up kamana…
    🙂 🙂 🙂

    1. kamana says:
      April 27, 2016 at 7:31 am

      Thnk yu so much kiyuntheriyaaa. Lov ya?

  3. princess says:
    April 26, 2016 at 10:02 pm

    Hmm hmmmmkamana vareh neih… .vrh rythi mi prt vx…btshaiman aa shaashaa aa ingey…hehe..gd luck..lurv yu

    1. kamana says:
      April 27, 2016 at 7:33 am

      Heheh hingaabala balamaa dhw. Thnkx lov. ???

  4. redish says:
    April 26, 2016 at 10:08 pm

    Wooow.. dhn avahah shaashaa n shaiman gulhuvaa.. ??? wen nxt part? Alhe maadhan up kohdhybr plxxx plxx plxx kamanaa.. ??

    1. kamana says:
      April 27, 2016 at 7:33 am

      Alheyyy miadhu up eh nuvaane. ? Bt will try ingeyy. Thnk u so much lov ya?

  5. mymine says:
    April 26, 2016 at 10:32 pm

    Watt?.. kihineiy thihedhy kamanaaa… Alheyy shiman ah haadha hurt vaane ey.. dhn shaashaavx… Kihineiytha vaan miulheny.?!?!?!?
    Nxt part avahah up kohdhehchey ingey… Story is awesome?❤?❤❤❤

    1. kamana says:
      April 27, 2016 at 7:35 am

      Heheh asluvx dhw. Nxt part ga ingeyne ingeyy? N yes insha allah will try to up as soon as i can ingeyyy. Lov ta?

  6. lovely says:
    April 26, 2016 at 10:38 pm

    noo plxx shaiman aa shasha ingey 🙁

    1. kamana says:
      April 27, 2016 at 7:35 am

      Alheyy. ? Letx see lov wht hppnxx. Thnk u so much lov?

  7. Nee says:
    April 26, 2016 at 10:38 pm

    Alhe shaahaa n shaiman dhuru nukurahchey plxxxx…. Eyrun vaahaka v hadi vaane…

    1. kamana says:
      April 27, 2016 at 7:36 am

      Letx see wht happnsss. May be ham mamdhooh dhekevx yu readers lwbivaan fashaifaanu hehehhe anywayxx thnk u. Lov ya?

  8. Faathun says:
    April 26, 2016 at 11:45 pm

    Shaasha and shaiman gulhuwaba pls.. mamdhoohu and shamha v gulhey..

    1. kamana says:
      April 27, 2016 at 7:37 am

      Shamha aa hama mamdhooh gulheytha. Bt edhemeshuga ehaa kameh vx nuhingaa ? Hehehhe. Btw letx seee. Thnk u n lov ya ingeyy ?

  9. ken? says:
    April 27, 2016 at 12:26 am

    shaashaa n shaiman..❤❤

    1. kamana says:
      April 27, 2016 at 7:41 am

      Hehwhwh ken alhe balamaa vaagotheh. Lov ya n thnkxx ingeyy ?

  10. Phy says:
    April 27, 2016 at 7:03 am

    Whn is the nxt part

  11. Phy says:
    April 27, 2016 at 7:04 am

    Vaahaka hama habeysssss……

    1. kamana says:
      April 27, 2016 at 7:42 am

      Thnk u so much phy. Lov ya. N hope yu willwait for the nxt part too?

  12. naaanu says:
    April 27, 2016 at 7:46 am

    alheyyy kamanaaa…kihineh thi hadhany..mamdhooh ah nuvaane shaashaa dheegen…shiman..alhe nooon nooon..shiman haadha dhera eh vaaney…mamdhooh jeheyny shiman ah shaashaa dhookohllam…

    1. kamana says:
      April 27, 2016 at 9:25 am

      alhe letx see vaa gotheh. Thnk u so much foihikameh nethi mi vAhaka kiyaathy. Lov you ?

  13. Reesha✔ says:
    April 27, 2016 at 7:59 am

    Shaiman ves accidenteh kollaa noony maraalaa.eyrah e athoshaa gandah hithuga ehcheh beyhviyas vaa faidhaa eh neh kan ingeyne ennu

    1. kamana says:
      April 27, 2016 at 9:27 am

      Alhe vedhaane ehnu shaashaa ahvx hithuga othy koacheh kann neygeny kanneyge ehnu. Heheh. Shaiman ah gotheh hadhan vy dhw. ? Thijehuny funkoh visnan heheheh. Thnku so much lov. Lov ya ?

  14. idiot says:
    April 27, 2016 at 10:00 am

    alhey .. shaiman n shaashaa ingey kamanaa .. ebunaaahen vrh hywey mamdhooh n shamha hen gulheynee .. story hama habeys ingey ☺

    1. kamana says:
      April 27, 2016 at 11:08 am

      Hehehhe aslutha. Alhe readers ah mifaharu dhimaa kurevuny rangalhah tho balama dhw. Hehehh thnkx u. N lov ya ?

  15. Sha says:
    April 27, 2016 at 12:25 pm

    Dhen doc bunaanedhw mamdhoohu geh haalu adhi serious v ma dheravaa kahala vaahaka nudhakan..so finally athoosha ah jeheynee mamdhoohu hinhama jasadhen egeya anekaa badhaluvaantha kamanaa…ekam ehen nuhadhchey kamanaaa..

    1. kamana says:
      April 27, 2016 at 1:15 pm

      Heheheh alhe thi enmenn thivarah guess kuraathy vaahaka hama varah liyaa hiyvefa myniii. ?Geah dheveyhaa avahakah liyan fashaanan? Asluvxx heheh. Anywayxx. Thnk u so much. Lov ya?

  16. redish says:
    April 27, 2016 at 4:05 pm

    Awlhey.. kamanaa.. owkew , and bt asap up kohdhehchey plxxx.. n doc lahvaa nubunahchey mamdhooh dhera nukuraahsey kahala ehcheh..?? eyrun anehekka mamdhooh n shaashaa v ma hadi vrne.. we oll want shaashaa n shaiman. Eyrun emme salhi vrny.. ??

    1. princess says:
      April 27, 2016 at 4:57 pm

      Hehe dhogeh vaa noon..kamaaaa ehn nuhadhahchey….eyrun umuru dhuvahu shaaashaa ah hunnan jehidhaane mahmoodh hiyyhama jahssan..?…kamana ehn ulhefa mahumoodh hiyyhama jahssan raaniyaa ah vx havaalu khffaane???

    2. kamana says:
      April 27, 2016 at 5:01 pm

      Hahahah alhe hingaabala balannn dhw vaane gotheh. Nxt partga mamdhooh libeyne myheh hint eh libeyne kanneyge ??

  17. redish says:
    April 28, 2016 at 7:43 am

    Kamanaaaaa.. wen story up venyy?? Cant waittttttttttt..

    1. redish says:
      April 28, 2016 at 12:24 pm

      Vany**** ?

  18. Misty says:
    April 28, 2016 at 8:06 pm

    Varah reethi whn nxt prt?

  19. Maree says:
    April 28, 2016 at 8:32 pm

    This is really a v heart touching story..i loved it

  20. redish says:
    April 28, 2016 at 9:51 pm

    Kamanaaaaa…. alhe up kohdheeeebrr puleeeeeeexxxxx..

  21. idiot says:
    April 29, 2016 at 10:57 am

    kamana loabigandrrrr .. plx story up kohdheebrrr .. plx?

  22. Isheee says:
    April 29, 2016 at 11:05 am

    Alhey vaahaka eh up nuvaa dhuvaheh dhw mi

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 18..←


All Right Reserved!