Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވާ ލޯބި އެގޭނަމަ ކަލާ.. (1 ވަނަ ބައި )

Shaha Level 1
May 6, 2016 2 Mins Read
18 Comments

އޮއްސިގެން ދިޔަ އިރާއެކު ސްވަނާ ފްލައިޓުން ބޭރުބަލާލިއެވެ. އެތައް ދުވަހެއް ފަހުން އަމިއްލަ ވަޒަނަށް އާދެވުމުން ހިތްހަމަޖެހުނެވެ. ސިކުނޑީގައި އެކިއެކި ޙިޔާލްތައް އެބުރެން ފެށިއެވެ. އެންމެ ފަހުން ބައްޕަ ކައިރިޔަށް އައްޑުއަށް އައީ ދޮންބެއާއި އެކީގައެވެ. އެއީ މީގެ ދެއަހަރުު ކުރީގައެވެ. މަންމަ ނިޔާވިފަހުން ބައްޕަޔަށް ސިހުމެއް ލިބުނު ކަހަލައެވެ. ފްލައިޓުން ފޭބުމާއިއެކު ސްވަނާ ވަށައިގެން ތަންތަން ހޯދާލިއެވެ. މާޒީގެ ޙިޔާލަށް ގެއްލުނު ކަހަލައެވެ. ހަމަހޭވެރިކަންވީ ކޮއްކޮ ސްވީކް އަތުގައި ހިފައި ބާރަށް ފިއްތާލުމުންނެވެ. ސްވީކް އަބަދުވެސް ބޭނުންވީ އައްޑޫގައި ބައްޕަ ކައިރީގައި ހުންނާށެވެ. ނަމަވެސް މާމަމެން ބޭނުންވީ އެމީހުންގެ ކައިރީގައި ތިބުމަށެވެ.

“..ތުއްތާ!!! ދިޒް އިޒް ސޯ ސޯ ސޯ ބިއުޓިފުލް…” އުފަލުން ފޮޅިފައި ހުރި ސްވީކް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

“…ހިނގާ…ދައްތަމެން ތިބޭނެ ބަލާ އައިއްސަ..” ސްވަނާ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ހިގައިގަތެވެ.

ލަގެޖް ނެގުމަށްފަހު ސްވަނާ އަދި ސްވީކް އަވަސް ވެގަތީ ޓާރމިނަލް އިން ނުކުމެވޭތޯއެވެ. ނުކުތްތަނާ އެތާ ބޭރުގައި މަޑުކޮށްގެން ހުރި ސާއިމާ ފެނުމުން ސްވަނާ ހަނާއަޅާލިއެވެ. ސާއިމާ ދެކުދިން ފެނުމާއެކު ދެކުދިންގެ ގައިގައި ބައްދައިގަތެވެ.

“..ދަތުރު ކިހިނެތްވަނީ؟؟..” ސާއިމާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ސްވީކް ރަނގަޅޭ ބުނުމުގެ ގޮތުން އަތުން އިޝާރާތް ކޮށްލިއެވެ.

“..ދައްތާ!! ކޮބާ ބައްޕަ؟؟..” ސްވަނާގެ ހިތުގައިވި އެއްޗެއް ބޭރުކޮށްލީ ދެނެވެ.

“..ގެއަށްގޮއްސަ އެއްނު..” ސާއިމާ ކުދިން ގޮވައިގެން ކާރަށް އެރުމަށްފަހު ކާރު ދުއްވާލަން ބުނެލިއެެވެ.

ގެއަށް އާދެވެންދެންވެސް ސްވީކް ހުރީ އޭނަގެ މޮޅެތި ވާހަކަތައް ސާއިމާ އަށް ކިޔައިދޭށެވެ. ސްވަނާގެ ޙިޔާލު ވަނީ އެހެން ތަނަކަށް ހުއްޓިފައެވެ. ކާރު މަޑުކޮށްލުމާއިއެކު ސްވަނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ކާރުން ފޭބުމަށްފަހު ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއީ ބޮޑު ގެއެކެވެ. ގެ ހުރީވެސް ދެބުރިއަށް ނަގާފައެވެ. ރީތި ކުލަތަކުން ޖަރީކޮށްލާފައެވެ. އެތެރެއަށް ވަދެގެން އަންނަ ދޮރުގެ ދެފަރާތުގައި ވަނީ އެކި ވައްތަރު ވައްތަރުގެ މާގަސްތައް ހައްދާފައެެވެ.

“…ހާމިދު… މި ފޮށިތައް އެތެރެއަށް ވައްދަބަލަ..” ސާއިމާ ގޭގައި ގެންގުޅޭ ބޮންދު މީހާއަށް ގޮވާލިއެވެ.

ގޭގެ ސިޓިންރޫމްގައި ހުރި ސޯފާގައި އިށީންނަމުން ސާއިމާ އެގޭގައި ދިރިއުޅޭ ކުދިންނަށް ގޮވާލިއެވެ.

“…މިއީ ސްވަނާ..މިއީ ސްވީކް.. އަހަރެންގެ ބޭބެ ސަވާންގެ ދެ އަންހެން ދަރިން..” ސާއިމާ އެކުދިންގެ ބޮލުގައި ފިރުމާލިއެވެ.

“..މިއީ…” ސާއިމާ ވާހަކަދައްކަން އުޅުނުތަނާހެން ރިޔާން ސާއިމާގެ ވާހަކަ ހުއްޓުވިއެވެ.

“..އައިމް… ރިޔާން.. މިގޭގެ އެންމެ ބޮޑު ދަރިފުޅު.. މިއީ ރުހާން.. ސްވަނާ އާއި އެއް އޭޖެއް… މިއީ ރީން.. ސްވީކް އާއި އެއް އޭޖެއް..” ރިޔާން އެންމެން ތައާރަފް ކޮށްލިއެވެ.

“…އަސްލު އެގޭތަ ސްވަނާމެން ތިއައީ އަސްލު ވަރަށް ރަނގަޅު ވަގުތަކަށް..” ރުހާން ސޯފާގައި އިށީންނަމުން ރިޔާންއަށް އިޝާރާތް ކޮށްލިއެވެ.

“..އެއީ؟؟..ކަމެއް އޮތީތަ؟؟..” ސްވަނާ ސުވާލުކޮށްލިއެވެ.

“…އާނ!! ރިޔާން މީހަކާ އިންނަނީ!!…” ސާއިމާ ރިޔާންއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލިއެވެ.

“..އޯހ..ކޮންގެރްޓްސް…މާ ރަނގަޅަކަށްނު މިދިމާވީ..” ސްވީކް އުފަލުން ރީން އާއި ބައިވެލިއެވެ.

“..އާދޭ..ދައްތަ ކޮޓަރި ދައްކަދޭނަން..” ސާއިމާ ދެކުދިން ގޮވައިގެން ސިޑިންމައްޗަށް އެރިއެވެ. ތިންވަނަޔަށް ހުރި ކޮޓަރި ދޮރު ހުޅުވާފައި މިއީ އެމީހުންގެ ކޮޓަރި ކަމަށް ބުންޏެވެ. ގޭގައި މަސައްކަތް ކުރާ ހާމިދު އެދެކުދިންގެ ފޮށިތައް ހިފައިގެން ކޮޓަރިޔަށް ވެއްދިއެވެ.

“…ދައްތަ އަންނާނަން އިރުކޮޅަކުން.. ދެކުދިން ފެންވަރައި ރީތި ވެލައިގެން އާދޭ ތިރިއަށް.. މިހާރު އެހުރީ އިރުއޮއްސިފައި އެހެންވީމަ މިރޭ ތިކުދިން ގޭގަ މަޑުކޮށްލާ..ދައްތަ މާދަން ހެނދުނު ތިކުދިން ގޮވައިގެން ބައްޕަ ގެޔަށް ގެންދާނަން..” ސާއިމާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

ދޮރު ލެއްޕުމާއެކު ސްވީކް އެ ކޮޓަރިޔަށް ނަޒަރު ހިންގާލިއެވެ. ފުދޭ ވަރެއްގެ ބޮޑު ކޮޓަަރިއެކެވެ. ކޮޓަރި ޒީނަތްކުރެވިފައި ހުރީ ސްވަނާއަށް އެންމެ ރީތި ކުލަ ކަމުގައިވާ ކްރީމް ކުލައިންނެވެ. ސްވަނާ ބެލްކަނީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުތެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅި އާއި އެކު ސްވަނާގެ ހޭވިފައި ހުރި ފަން ދިގު އިސްތަށި ގަނޑު މޫނު މައްޗަށް ފެތުރެން ފެށިއެވެ. ސްވަނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އުޑަށް ބަލާލިއެވެ.

” އައި މިސް ޔޫ މޯމް…” ކަރުގައި އޮތް ފަށުގައި ހިފައި ބާރުކޮށްލުމަށްފަހު ސްވަނާ ދެލޯ މަރާލިއެވެ.

ހެދުނުގެ ނާޝްތާއަށްފަހު ސާއިމާ ސަވާންގެ ގެއަށް ސްވަނާ ގެންދިޔައެވެ. ގޭގެ ބޭރަށް ބަލާފައި ސަވާން ދިރިއުޅެނީ އެކަންޏެކޭ އެކަކަށްވެސް ނޭގޭނެއެވެ. ގޭގެ ބިއްދޮށުގައި ވަނީ ބޮޑު ބަގީޗާއެކެވެ. ސްވަނާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެއީ ހަމަ ސްވަނާ މާޒީގައި ދިރިއުޅުނު ގެއެވެ. އެއްވެސް ތަފާތެއް ނެތެވެ. އެންމެ ފަހުން އެންމެން އެކީ ރޯދައަށްށް ކުލަ ލީގޮތަށް އެހުރީއެވެ. ސްވަނާ ސަވާންގެ ކޮޓަރީގެ ދޮރުގައި ހިފައި ތަޅު އަބުރާލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Shaha

Level 1

Other Articles

Previous

ޝާޔާ (1 ވަނަ ބައި)

Next

ޝާޔާ (2 ވަނަ ބައި)

Next
May 7, 2016

ޝާޔާ (2 ވަނަ ބައި)

Previews
May 6, 2016

ޝާޔާ (1 ވަނަ ބައި)

18 Comments!

  1. firoo says:
    May 6, 2016 at 7:47 pm

    Hrdha faadeiige names thakeii
    Anywayx vrhaka v lwbii

  2. Hooo says:
    May 6, 2016 at 8:15 pm

    Hope upkuraaney kamah daily koh. And Asluveys varah ulhey names.
    But stroy salhi.

  3. Kiyuntheriyaa says:
    May 6, 2016 at 8:59 pm

    Vaahaka varah reethi.. But i feel insted of bondhu u should have used bidheysee. Thats how i feel but ido respect ur thinking.
    Do upload the next part soon..
    Good luck..
    ???

  4. Anonymous says:
    May 6, 2016 at 9:01 pm

    names varah undhagoo. could you plx change it

  5. Phy says:
    May 6, 2016 at 9:03 pm

    Maa vahtharee names thah…heevey v reethi vaanehen..kn dhuvas thakehgga up kuranee mi story

  6. Tedd says:
    May 6, 2016 at 9:10 pm

    Mee dhivehin tha? Ehera nan thah ehaa kamaku nudhey. Dhen anekka “bondhu”. Ehen liyevigen nuvaane. Eyah vure “egeyga ulhey masahkathu meeha” ehen liyun nama ves maa rangalhu vis. Btw hope kuran story reethi vaane kamah adhi regularly upload vaane kamah ??

  7. Kyaan says:
    May 6, 2016 at 9:25 pm

    Vvvv undhagoo name thakeh …. Pls change

  8. ken? says:
    May 6, 2016 at 10:03 pm

    names r too similar….change hem if its possible..

  9. Cat says:
    May 6, 2016 at 10:04 pm

    Mi Aneka roohaanii haali copy kuranii tha?? Varah hyveyy ehn henn vess..

  10. iffa says:
    May 6, 2016 at 10:21 pm

    Dhow firoo bunihen vvv ehenkahala names thake v udhagoo bae faharu olhea but nice storry weiting for nect episode… ? ❤

  11. Fasy says:
    May 6, 2016 at 10:46 pm

    Names tha vv hadi adi heevany beruayaka kiyaa names hen if u can plxx change it

  12. Anonymous says:
    May 6, 2016 at 11:18 pm

    ==Konmes Kuhjeh==
    Suvanaa ge dhonbe aky kaaku??

  13. Anonymous says:
    May 6, 2016 at 11:24 pm

    ==Konmes Kuhjeh==
    Suvanaa ge dhonbe aky kaaku??
    Enme fahun bahpa kairi ah ahdu ah aee dhonbe aai eky ga….mihn iny…dhonbe ge nan nethyma ehnve…

  14. Shaha says:
    May 7, 2016 at 9:26 am

    Thank yuh enmenah thi hurihaa comments thakah..Aslu mihaaru abadhu eh nameh beynun nukuran vegen nan thah ehen liyuny.. I hope adhi fahun adjust vaane kamah.. Eii mi story mii Shaha ge besty ge birthday ah, besty hamajehsi nanthah.. Sorry for the trouble.. But I do respect Yuhr views.

  15. shau says:
    May 7, 2016 at 1:34 pm

    We r muslims ekahala name thakeh nukiyaane muslimunneh next time mikahala name nukiyaane kamah heekuran

  16. Aala says:
    May 8, 2016 at 3:33 pm

    Alhey vaahaka reethi.. Ekam Islaamee name thakeh liyuny yaa varah rangalhu….
    Vaahaka genasfa in goi v reethi

  17. Nabx says:
    May 9, 2016 at 2:44 pm

    Besty….ur stry is v v nice…in shaa allah u will may get success in ur every dream….miss u girl….

  18. virushaan says:
    August 2, 2016 at 11:37 am

    nice stories

Comments are closed.



All Right Reserved!