އަސަރު 3
ތާމިން އިނީ އެނދުމަތީގައި އށީންދެލައިގެން މުޅި ގައިގައި ރަޖާ އަޅައިގެނެވެ. އޭނާގެ މޫނު މަތިން ފާޅުވަމުން ގެންދިއައީ ބިރުވެރި ކަމެވެ. ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައި މީހާ ފެނި އޭނާ ގެ ބިރުވެރިކަން އިތުރުވިއެވެ. އެމީހާ ތާމިން އާ ދިމާއަށް އަންނަމުން ގެންދިއައިރު އޭނާގެ ހިޔަނި ތާމިންގެ ގަޔަށް އެޅެމުން ދިއައެވެ.
**********************************************************************************
“އޭތް.. ކީއްވެފަ ތިއިނީ؟” ސަނާ ތާމިން ގާތު އަހައިލިއެވެ. ސަނާ އާއި ތާމިން އިނީ ހެނދުނު ސައިބޯންށެވެ. ސަނާ އަކީ ތާމިން ގެ އެއްބަނޑު އެއްބަފާ ދައްތައެވެ. މީހަކާ އިނދެގެން އުޅުނު ނަމަވެސް ސަނާ އޭނާގެ ފިރިމީހާ އާ އެކީ އުޅެމުން ގެންދަނީ އޭނަގެ މައިންބަފައިންގެ ގޭގައެވެ.
“ކަމެއް ނުވޭ ދޮންތާ..” ތާމިން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. ނަމަވެސް ތާމިން އިނީ ކޮންމެވެސް ކަމެއްވެފައިކަން އޭނާ އިން ގޮތުން ސަނާއަށް ޔަޤީން ވިއެވެ.
“ނޫން.. ކޮންމެވެސް ކަމެއް ވެފަ ތި އިނީ.. ތަނަކަށް ތަދުވަނީ ތަ؟” ސަނާ އަހައިލިއެވެ. ތާމިން ވަގުތުން ބޯހޫރުވާލިއެވެ.
ސަނާ ގޮނޑިން ތެދުވެގެން އައިސްއަލަމާރި ދޮށަށް ދަނީ ކަމަށް ހަދައިފައި ކުއްލިއަކަށް ތާމިން ގެ ޓީޝާޓު ފުރަގަހުގައި ހިފައި މައްޗަށް ހިއްލައިލިއެވެ. ނުވިސްނާ އިން ތާމިން ތެޅިގަނެފައި ދުރަށްޖެހިގަތެވެ. ނަމަވެސް ތާމިން ގެ ބުރަކަރީގައި ވާ ފިތްގަނޑުތަކާއި ހަންމެށިފައި ހުރި ތަންތަން ސަނާއަށް ރަނގަޅަށް ފެނުނެވެ.
”ކޮން އިރަކު ކީއްވެ މިވަރު ކޮއްލީ؟” ސަނާ ސުވާލު ކުރިއެވެ. ތާމިން ޖަވާބެއް ނުދީ އިސްޖަހައިގެން ހުރުމުން ސަނާ ތާމިންގެ އަތުގައި ހިފަގެން ދަމަމުން ކަހަލަ ގޮތަކަށް އޭނާގެ ކޮޓަރިއަށް ގެންދިއައެވެ. އަދި އެތެރެއިން ދޮރު ތަޅުލުމަށްފަހު ތާމިން ގެންގޮސް އެނދުގައި ބޭންދިއެވެ.
“ދެން ބުނެބަލަ.. އޭނަ ކީއްވެ މިވަރު ކޮށްލީ މި ފަހަރު؟” ސަނާ ތާމިން ގާތު އިށީންނަމުން އެހިއެވެ.
“ފާސް ނުވީމަ..” ތާމިން އިސްޖަހައިގެން އިނދެ ޖަވާބު ދިނެވެ. ސަނާއަށް ބުނާނެ އެއްޗެށްވެސް ނޭނގުނެވެ. އެދެކުދިންގެ ބައްޕަ، ވާފިރަކީ ހިސާބަށް ވުރެ ރުޅިގަދަ މީހެކެވެ. އޭނާ ތާމިން ދެކެ އަދި މާ ރުޅިއާދެއެވެ. ތާމިން އަށް ކިރިޔާ ގޯސްކޮށް ކަމެއް ކޮއްލެވުނަސް އޭނާ ތާމިން ގައިގައި ތަޅާ އަނިޔާ ކުރެއެވެ. އެކަން ގޭ އެންމެނަށް އެނގޭ އިރުވެސް އެކަކުވެސް ވާފިރާ ދިމާއަށް އެއްޗެކޭ ނުބުނަނީ ގޭމީހުން އޭނާ ދެކެ ގަންނަ ބިރެއްގެ ބޮޑު ކަމުންނެވެ.
“ދައްކާ ދޮންތަ ބޭސް އަޅައިދޭނަން..” ސަނާ ބުނެލިއެވެ. ތާމިން ލައިގެން ހުރި ކަޅުކުލައިގެ އަތްދިގު ޓީޝާޓް ބޭލިއެވެ. އޭނާގެ ބުރަކަށިގައި އެކި ވަރުގެ ކޫރުން އެޅިފައި ހުއްޓެވެ. ތަންތަންގަނޑު ދުޅަ އަރާފައި ހުރިއިރު މުޅި ބުރަކަށި ވަނީ ރަތްވެފައެވެ. ސަނާ ބޭސްފުޅި ހިފައިގެން އައިސް ބޭސް ހާކަދޭން ފެށިއިރު އޭނާ ހުރީ ފެންކަޅިވެފައެވެ. އޭނާ ކޮއްކޮގެ ހާލާމެދު ވިސްނާލާ ކޮންމެފަހަރަކު ދެރަވެ ރޮވޭ ގޮތްވެއެވެ.
“އާހްްހްް… ތަންކޮޅެއް މަޑުން ހާކާ ދޮންތާ..” ސަނާގެ އަތް ހަލާކުވެފައި ހުރި ތަންތަނުގައި ޖެހުމުން ތާމިން އަށް ތަދުވިއެވެ.
“ކޮން އިރަކު ބައްޕަ ތެޅީ؟؟” ސަނާ ފެންކަޅިވެފައި ހުރި ހާލު އަހާލިއެވެ.
“ރޭގަ… އަހަންނަށް އޭރުވެސް އިނގޭ އަހަރެން ފާސް ނުވާކަން އެނގޭއިރަށް އަންނާނެކަން.. އެހެންވެ ރޭގަ އޮތީވެސް ވަރަށް ބިރުގަންފަ.. އެހެން އޮއްވަ އައީ…” ތާމިން ކިޔައިދިނެވެ.
“ކޮއްކޮ އެކަމު އަބަދުވެސް ފާސް ވެއެއްނު.. މި ފަހަރު ކިހިނެއްވީ؟” ސަނާ ސުވާލު ކުރިއެވެ.
“ދޮންތާ.. އަހަރެންމީ އެހާ އައިކިޔު ރަނގަޅު މީހެއްނޫނޭ… ހައެއް ހަތެއްގަ އޭ ރިޕޯޓު ހޯދުނަސް މިހާރު ވަރަށް އުނދަގޫ… އަށަކަށް ދިޔަ ފަހުން އަބަދު ލިބެނީ ސީއެއް. އެވެސް ވަރަށް މަސައްކަތްކޮށްގެން… އަހަންނަށް ބޭނުންވޭ ޓީޗަރެއްގެ އެހީ.. އެކަމު އަހަންނަށް އެނގޭ ޓިއުޝަނަކަށް ވެއްދޭ ވަރަށް ބައްޕައަށް ލާރި ނުލިބޭކަން..” ތާމިން ބުނެލިއެވެ. އެވާހަކަ އަޑުއިވުމުން ސަނާ އިތުރަށް ދެރަވިއެވެ. އެކުދިންގެ ބައްޕަ އަކީ އެރަށުގައި ދަނޑުވެރިކަން ކޮށް އުޅޭ މީހެކެވެ. އެ މަސައްކަތުން އާއިލާގެ ބޭނުންތަށް ފުއްދެނީ ކިރިޔާއެވެ. ބައެއްފަހަރު އެކުދިންގެ މަންމަ ހަލީމާ ވެސް ފަންގި ވިދެގެން ލާރި ހޯދައެވެ.
“ބައެއް ފަހަރު ހިތަށްއަރާ ސްކޫލުން ކެނޑިގެން ރިސޯޓަކަށް ދާންވީއޭވެސް..” ތާމިން އެހެން ބުނެފައި ފަހަތް ބަލާލިއިރު ފެނުނީ އޭނާގެ ދޮންތަ ރޮމުންދާ މަންޒަރެވެ.
“ދޮންތާ.. އަހަރެން އޯކޭ އޭ.. އަބަދު އަނިޔާކޮށްކޮށް އެކަމަށް ހޭނިފައޭ މިހުރީ.. އަހަރެން ވަރަށް ސްޓްރޯންގް ވާނޭ..” ތާމިން އޭނާގެ ދޮންތަ ހިތްހަމަޖައްސަދެވޭތޯ އުޅުނެވެ. ސަނާ ހަމައަކަށް އެޅުނީ ތާމިން އެތައް ވާހަކައެއް ދެއްކި ފަހުންނެވެ.
“ދޮންތާ.. ކޮބައިތަ ދޮންތަބޭ؟” ސަނާ ހަމައަކަށް އެޅުމުން ތާމިން އަހާލިއެވެ.
“މިއަދު ހެނދުނު ރިސޯޓަށް ގޮއްސި.. ދެން ނެކްސްޓް ވީކްގައި އަންނާނީ..” ސަނާ ބުންޏެވެ.
“އޯ އެހެން ދޯ..” ތާމިން ޓީޝާޓޫ ގަޔަށް ވައްޓާލަމުން ބުނެލިއެވެ.
“ތާމިން ކޮއްކޯ.. އަދިވެސް ތަންކޮޅެއް ބޮޑަށް ކިޔަވަން އުޅެންވީ އިނގޭ.. އޭރުންނެއްނު ކޮއްކޮގެ ޕަރީ ވެސް އުފާވާނީ…” ސަނާ ބުންޏެވެ.
“ވަޓް؟؟” ތާމިން ނިއްކުރިއަށް ރުލެއް އަރުވާލިއެވެ.
“ވަޓް އެއްނޫން.. މި ދައްކަނީ ތާމިން ރައްޓެހިވެގެން އުޅޭ ޝިކާގެ ވާހަކަ…” ސަނާ އެއްމިޔަކުން ހީލަމުން ބުނެލިއެވެ.
“ކިހިނެއް ދޮންތައަށް އެނގުނީ؟؟” ތާމިން ދެލޯ ބޮޑު ކޮށްލިއެވެ.
“ދޮންތައަށް ނޭނގޭ އެއެޗެއް ނޯންނާނެ…” ސަނާ ފޮނިވެލާފައި ބުނެލިއެވެ.
“ދެން ބުނެބާ ދޮންތާ..” ތާމިން ތުންދަމާފައި ބުންޏެވެ.
“ދޮންތައަށް ފެނުނޭ ތާމިން ގެ ހިސާބު ފޮތްތެރޭގައި އޮތް ޝިކާގެ ފޮޓޮއެއް.. ހެހެ..” ސަނާ ބުންޏެވެ.
“އާން…. މިހާރު އަހަރެންގެ ފޮތްތައް ވެސް ހާވަން ފެށީ ދޯ… އޭތް.. ދޮންތަ ނުބުނައްޗޭ އެއްވެސް މީހެއް ގާތު ތިވާހަކަ…” ތާމިން ބުނެލިއެވެ.
“ދެން އިނގެއެއްނު ދޮންތަ ނުބުނާނެކަން..” ސަނާ ހީލަމުން ބުނެލިއެވެ. “އެއީ ވަރަށް ރަނގަޅު ކުއްޖެއް.. ރަނގަޅަށް ގެންގުޅޭތި..”
“ޔަގީނެއްނު…” ތާމިން މިހެން ބުނެފައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޝިކާގެ މަތިން ހިތަށް އެރުމުން އޭނާގެ މޫޑް މުޅިން ރަނގަޅުވިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ވެސް ފިލައިގެން ދިޔަ ކަހަލައެވެ.
**********************************************************************************
“އޭތް.. ހާދަ ބޮޑު ފިކުރެއްގަ؟؟” ލީރާ ޝިކާ ގާތު އަހައިލިއެވެ. އެދެކުދިން ތިބީ ޝިކާ މެން ގޭގައި ހުންނަ ބޮޑު އުނދޯލީގައެވެ.
“ލީރާ.. ހިތަށް އަރަނީ އަހަރެން ނެކްސްޓް އިޔާގަ މަނަދޫއަށް ގޮއްސިއްޔާ ތާމިން އަހަރެންނަށް ގެއްލިދާނޭ..” ޝިކާ ވިސްނަން އިނދެ ބުނެލިއެވެ.
“އެ ކީއްވެ؟ ތާމިން އެއްޗެކޭ ބުނީތަ؟؟” ލީރާ އަހާލިއެވެ.
“ނޫން..” ޝިކާ ބުންޏެވެ.
“ދެން ކީއްވެ؟؟ ޑޯންޓް ޔޫ ޓްރަސްޓް ހިމް؟؟” ލީރާ ސުވާލުކުރިއެވެ.
“ނޫން… ޓްރަސްޓް ކުރަން.. ރޭގަ ވަރަށް ފާޑެއްގެ ހުވަފެނެއް ފެނުނު.. ވަރަށް ބިރުވެރި… ” ޝިކާ ބުނެދިނެވެ.
“ކޯއްޗެއް ފެނުނީ؟؟” ލީރާ އަހާލިއެވެ.
“ތާމިން އަހަރެން ދޫކޮއްލާތަން ފެނުނީ… ވަރަށް ހިތް ބިރުގަނޭ..” ޝިކާ ކިޔާދިނެވެ. ޝިކާ އެހެން ބުނުމުން ލީރާ ބާރުބާރަށް ހޭން ފެށިއެވެ.
” ޝިކާ އަށް ސާބަސް… ހުވަފެނުގަ ފެންނަ އެއްޗެހި ނުވާނެ ގަބޫލުކުރާކަށް..” ލީރާ އޭނާގެ ހިނިގަނޑު މަތަ ކުރަމުން ބުނެލިއެވެ.
“އެކަމް އަހަރެން ވަރަށް ބިރުގަނޭ…” ޝިކާ ބުންޏެވެ. އެވަގުތު ގޭދޮރު ހުޅުވާލި އަޑާއެކު ރަހީމާ ބޮޑު ކޮތަޅެއް ހިފައިގެން އެތެރެއަށް ވަދެގެން އަންނަތަން ޝިކާއަށް ފެނުނެވެ. އެއާއެކު ދެން އިތުރަށް އެ ވާހަކަ ނުދެއްކުމަށް އޭނާ ލީރާއަށް އިށާރާތް ކޮށްލިއެވެ.
“މަންމަ މިއައީ ހެދިކާ ގަނެގެން… އާދޭ ލީރާ ގޮވައިގެން ސައިބޯން..” ރަހީމާ އެހެން ބުނުމަށްފަހު ބަދިގޭ ފަރާތަށް ހިނގައިގަތެވެ. ޝިކާވެސް ލީރާ އާއެކު ރަހީމާ ފަހަތުން ހިނގައިގަތީ ބަނޑުހައިވެފައި ހުރުމުންނެވެ. ބަދިގެއަށް ގޮސް ރަހީމާ ތައްޓަކަށް ހެދިކާ އަޅަން އުޅުނު އިރު ޝިކާ އުޅުނީ ސައިތަށި ގިރާށެވެ. ލީރާ ގޮނޑީގައި އިށީންދެގެން އިނެވެ.
“ލީރާ ބޭނުމީ ކިރުސައިތަ ކަޅުސައިތަ؟ ނޫނީ ކޮފީއެއްތަ؟” ޝިކާ އަހާލިއެވެ.
“ކަޅު ސައި..” ލީރާ ބުނެލިއެވެ. ޝިކާ ލީރާއަށް ކަޅު ސައި ތައްޓެއް ހަދައިދިނުމަށްފަހު ޝިކާ އަށް ކޮފީއެއް ހަދާލިއެވެ.
” ޝިކާ.. މަ ބުނީ.. ވާނޭ ތާމިން އާ އެއް ފަހަރު ނަމަވެސް މީޓްކޮއްލަން އެ ރަށަށް ދިއުމުގެ ކުރިން..” ރަހީމާ ބަދިގެއިން ނިކުތުމުން ލީރާ މަޑުމަޑުން ބުނެލިއެވެ.
“ބަލާނީ މީޓްވޭތޯ ދޯ… އަސްލު މަންމަމެން ރުޅިއަންނާނެ ފިރިހެނަކާ ވާހަކަ ދެއްކިޔަސް އެހެންވެ…. މަންމަމެންނަށް ނޭނގޭ ގޮތަށް ޖެހޭނީ..” ޝިކާ ވާހަކަ ދެއްކީ ވައިއަޑުންނެވެ.
ސައިބޮއި ނިމިގެން ޝިކާ އޭނާގެ މަންމަ ގާތުން ހުއްދަ ހޯދައިގެން ލީރާއާއެކު ދިއައީ އަތިރިމަށްޗަށެވެ. އެތަނުގަ އިނދެގެން ތަފާތު ވާހަކަތައް ދައްކަމުން ގެންދިއައެވެ.
**********************************************************************************
“މަންމާ..!! މި ދަނީ ފުޓުބޯޅަ މެޗް ކުޅެން..” ތާމިން ބާރަކަށް އެހެން ގޮވައިލުމަށްފަހު އަވަސް އަވަހަށް ބައިސްކަލަށް އަރައިފައި ދުއްވާލިއެވެ. ގައިގަ ހުރި ފާރުގަނޑު ތަކުގައި ކިތަންމެ ވޭނެއް އެޅިޔަސް އޭނާ ފުޓުބޯޅަކުޅެން ނުގޮސްފިނަމަ ޓީމު ކުދިން ރުޅިއަންނާނެކަން އެނގޭތީވެ ދަނީއެވެ. އޭނާ އުޅެނީ ވަރަށް ލަސްވެގެންކަން އޭނާ ގެ ހަރަކާތްތަކަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާ ބައިސްކަލުގައި އަތިރިފަރާތުންލާފައި ދަނޑަށް ދާން ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ތަންކޮޅަކަށް ދެވުނުތަނާ އޭނާ ކުއްލިއަކަށް ހުއްޓުންއެރިއެވެ. ވާނީވެސް އެހެންތާއެވެ. އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިށީންދެގެން އިން ޝިކާ އޭނާގެ ލޮލުގައި އަޅައިގަތީއެވެ. ބައިސްކަލުން ފައިބައިގެން އޭނާއަށް އެދިމާއަށް ހިނގެން ފެށުނީ ބޭއިޚްތިޔާރުގައެވެ. ފުޓްބޯޅަ މެޗުގެ މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ.
(ނުނިމޭ)
46
13 Comments
Comments are closed.
Hi.. Hope you like this part as well…
Hama varah thafaathu..ingey,liaa..saabaheyyy.
Thaanks ihoo 🙂
V reethi
Wow v reethi
vrh kuru …ekm salhi ingey
Nice
Thanks all.. Next part dhigu kureveythw balaanan ingey…
Heii ms liyuntheriyaa vaahaka varah reethi habeys…. thankolheh kuru ingey as always liaa rocks ??? waiting for next part judge kohlaafa marks dhenyaa 100/100 dheyvaruvey keep it up
v reethi…. bt thankolheh kuru .. bt v salhi… waitting for next….
V reethi next part avaskurahchey ingey
Alhe liaa kobaatha next part
Liaa thi hama molhu kuje rozy hitha vara reethi veje mi vahaka
Nice story