Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝާޔާ (2 ވަނަ ބައި)

Shaha Level 1
May 7, 2016 4 Mins Read
17 Comments

“..ކޮބާ ޝާޔާގެ ބެސްޓްފްރެންޑް…މަލަކް ނާންނަ ދުވަހަކީތަ؟؟” ޔޫހާ ބިތައް ލެގިލިއެވެ. ޝާޔާގެ ސަމާލުކަން ހުރީ އޭނަގެ ވާހަކަފޮތަށެވެ.

“…ނޫނޭ….ޝާޔާ މިހާރު ވަރަށް ބޮޑުވެއްޖެ….މިހާރު ކުޑަކޮށް ފަލަ..އެކަން އަދިވެސް ނުލާހިކު ރީތި…މިހާރު ލަނީވެސް ދިގެހެދުން….އެކަމަކު އަދިވެސް ބުރުގާއަޅާކަށް ނޫޅޭ….” ޝިރާ އޭނަގެ ރަހްމަތްތެރިންނަށް ޝަޔާގެ މައުލޫމާތު ފޯރުކޮށްދިނެވެ. އެހެނީ ޝާޔާއަކީ ނުލާހިކު ރީތި ކުއްޖެކެވެ. އޭނަ ފެނިފައ ިދެވަނަފަހަރަށް ނުބަލާ ހަމަ އެކަކާވެސް ދިމާނުވެއެވެ.

“…އެހެންތަ؟؟…ކޮންއިރަކުން ދެން ޝާޔާ މިކޮޅަށް އަންނަނީ…؟؟…ރާއިންވެސް އެހި އަހާލަދޭށޯ….” ކަމްލާ ވެސް ހުރީ ޝާޔާގެ ޙަބަރުތައް ނުލިބިގެންނެވެ.

“..އުނހު…އެއައީނު…..” ޝާޔާ ފޮތް ލެއްޕުމަށްފަހު ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

“…ހައި ޝާޔާ….ފެއާވެލް ޕާރޓީ އެބޮތް ވަރަށް އަވަހަށް…” މަލަކް އަކީވެސް ރީތި ކުއްޖެކެވެ. ނަމަވެސް ގިނަ މީހުންގެ ވިސްނުންވަނީ ރާއްޖެތެރޭވީމަ ބަދަލުވެފައެވެ.

“…އެހެންތަ؟؟…ހިނގާ ދާން…މިއަދު އޮވޭ ކޭކް ޑިޒައިންކުރުންވެސް…ބާއި ޔޫހާ…” ޝާޔާ މަލަކް ގޮވައިގެންހިގައިގަތެވެ.

ކްލާހަށް ވަނުމާއެކު ކުޑަދޮރާއި ކައިރީގައި ހުރި ދެ މޭޒެއްގައި ޝާޔާއި މަލަކް އިށީނެވެ. ޓީޗަރު ވަނުމާއެކު އާ ކުއްޖެއްވެސް ކްލާހަށް ވަނެވެ.

“…އެކްސްކިއުޒް މީ އެވްރީވަން….މިއީ މި ކްލާހަށް އާ ކުއްޖެއް…މިއީ ޔާނާ….ކޮން ކުއްޖެއް ޔާނާއާއެކު އިށީންނާނީ…” ވަރަށް ބޮޑަށް ކްލާހަށް ނަޒަރު ހިންގުމަށްފަހު ޓީޗަރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“…ޝާޔާ…..ޔާނާ ހުންނާނީ މިތާގަ…”ޓީޗަރު ހިނިތުންވެލުމުން ޝާޔާ ބޯޖަހާލިއެވެ. ކްލާސް ފެށުމުގެ ކުރިން ޔާނާ ބީރައްޓެހިގޮތަކަށް ޝާޔާގެ ވާތްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.

“…ހައި!!!….ޔާނާ….މިއީ މަލަކް..އެންޑް އައިމް ޝާޔާ..” ވާހަކަފޮތް މޭޒުގެ އަރިމަތީގައި ބޭއްވުމަށްފަހު ޝާޔާ އަތްދިއްކޮށްލިއެވެ.

“…ހޫމް…ނައިސް ޓު މީޓް….ޔޫ…” ޔާނާ އަޅައިގަތެވެ.

“..އިޓްސް އޯކޭ…ސޯ…ތިއީ..ކޮން ރަށަކުން؟؟” ޝަޔާ ސުވާލުކޮށްލިއެވެ. ޝާޔާގެ މިޒާޖު ހުންނަގޮތުން އެއްވެސް ކުއްޖަކަށް އޮކްވާޑް ފީލް ވެގެން ނުވާނެއެވެ.

“…މިއީ…މާލެއިން….” ޔާނާ ފޮތްތައް މޭޒުމަތީގައި ބެހެއްޓިއެވެ.

“…އެހެންތަ!!…އަިއމް ފްރޮމް މާލޭ ޓޫ….ބަޓް…މަލަކް މީ ހއ….ބަޓް…ޝާޔާ މާބޮޑަށް ހިތްހަމަޖެހޭ ރާއްޖެތެރޭ ކުދިންނަށް…ޗިލް…ޔާނާ ކަމުނުދާ ވާހަކައެއްނޫން….ބަޓް….” ކްލާސް ފެށުމާއެކު ޝާޔާ ވާހަކަދެއްކުން ހުއްޓާލިއެވެ.

ސާނިމް އިރު އިރު ކޮޅާހެން އަތުކުރީއޮތް ގަނޑިއަށް ބަލާލައެވެ. ލަންޗް ބްރޭކަށް ދާންވެގެންނެވެ. އާދައިގެ ދުވަސްތަކެއްހެން އަބަދުވެސް މެންދުރަށް ސާނިމް ޝާޔާއަށް ގުޅާފައި އެތާގެ ކަންތައް އޮޅުންފިލުވައެވެ.

“..އިޓްސް ޓައިމް..ތްރީ ..ޓޫ…ވަން…” ޝާޔާ ހުރީ ފޯން ރިންގްވާނެ އިރަކަށެވެ. ފޯން ރިންގްވުމާއެކު ޝާޔާ ފޯނު ނެގިއެވެ.

“…ހަލޯ…..” ދެކޮޅުންެވެސް އެއްފަހަރާ ހަލޯ ބުނުމުން ދެމީހުންެސް އެކީ ހީގަތެވެ.

“…ރަނާ ކިހިނެތް؟؟؟” ސާނިމްކޮށްލީ ސުވާލެކެވެ.

“…ޑެޑީ….ރަނާ ނުކިޔަފާނަންތަ؟؟؟….އައިމް ގުޑް…” ޝާޔާ މިލްކްޝޭކެއް ހިފައިގައިން އައިސް ކެންޓީނުގެ މޭޒުގައި އިށީނެވެ.

“…ތިއީ ބައްޕަގެ ރަންކޮޅު…އެހެންވެޔޭ އެހެން ކިޔެނީ…އެނީވޭޒް…ކޮންކަމެއްއޮތީ؟؟” ސާނިމް ވެސް އަވަސްެގަތީ އޮފީހުގެ ކެންޓީނުން އެއްޗެއް ގެނެވޭތޯއެވެ.

“…އެބޮތް…ފެއާރވެލް ޕާރޓީ….އެއީ…އެންޑް ޝާޔާގެ ކޭކު ކޯސް މިއަދު އެއްކޮށް ނިމުނީ….އެގޭތަ…ޝާޔާއަށް ނިއު ފްރެންޑެއް ލިބިއްޖެ…ޔާނާ ކިޔަނީ….އެންޑް މޯމް ކޮބާ…ސަލާމް ބުނެދެެއްޗޭ….ދެން މިރޭ ގުޅާނަން…މިއަދު ކުޑަކޮށް…ކުޑަކޮށެއްނޫން..ވަރަށް ބޮޑަށް ބިޒީ…ބާއި ޑޭޑް…” ޝާޔާ ފޯނު ކަޑާލީ ސާނިމް އާއެކޭ ބުނުމުންނެވެ.

ޝާޔާ ބޭރުގެ ބެންޗްގައި ލެޕްޓޮޕް ނަގައިގެން ހުރީ ކޮންމެވެސް ހެދުން ޑިޒައިން ކުރުމަށެވެ. މަލަކް އާއި ޔާނާ އައުމާއެކު އެ ދައްކާލިއެވެ.

“…ވަރަށް ރީތި؟؟؟…ދެން ފަހަންތަ ދޭނީ..؟ ” ޔާނާ މަލަކްއާއި އެއްކޮށް އިށީނެވެ.

“…ނޯވޭ….ޝާޔާ އަމިއްލަޔަށް ފަހަނީ…އެންޑް މިހާރު ޝާޔާ މުޅިންހެން ބޭނުންކުރަނީ އަމިއްލަޔަށް ފަހާ ހެދުންތައް…ކޭން ޔޫ ބްލީވް އިޓް….” މަލަކް ޝާޔާގެ ކޮލުގައި ހިފާލިއެވެ.

“…ސީރިޔަސްކޮށް ” ޔާނާ ގަބޫލުނުކުރެވިގެން ޝާޔާއަށް ބަލާލީ ތެދެއްތޯ އެހުމުގެ ގޮތުންނެވެ. ޝާޔާ ހޫމް އޭ ބުނެ ފުއްދާލީއެވެ.

“…ބުނެބަ….މި ކިހިނެތް؟؟؟…އަޅޭދެން ސާނިމް….”ޝިރާ ސާނިމް ގެއަށް ވަނުމާއެކު ފޮޓޯތައް ދައްކަން ފެށިއެވެ.

“…ޝިރާ!!!…އެ މަންޖެ އަދި ކިޔަވައި ނުނިމެޔޭ…އެންޑް އޭނަވެސް ގަޔާވާ މީހަކާތާ ކައިވެނިކުރުވޭނީ….” ސާނިމް ސޯފާގައި އިށީނދެ ބޫޓު ބޭލިއެވެ.

“…ސާނިމް، ޝާޔާ އަކީ ބޮޑުކުއްޖެއް…ވަޒީފާއަށް ބޭނުންވާ ކޯސް ނިމިއްޖެ މީގެ ހަމަސްކުރިން، ދެން އޭނަ ގެންނަންވީނު މިކޮޅަށް…އޭނަ ފެންނާނީ އަހަރެމެން އެކޮޅަށް ދިޔައްޔާ..”ޝިރާވެސް ސޯފާގައި އިށީނެވެ.

އައު ދުވަހަކަށް އިރުއެރުމާއެކު ޝާޔާ ގުޅީ އޭނަގެ ކޮއްކޮ ޝާއި އަށެވެ.

“…ހެޕީ ބަތްޑޭ ޕްރިންސެސް….މިހާރު އެއިޓީންވީއޭ…ދެން ކޮން ޕްލޭނެއް އޮތީ…” ޝާޔާ ހުރީ ވަރަށް އުފަލުންނެވެ.

“…ސިސް….ކޮއްކޮ ބޭނުމީ ޕައިލެޓަކަށްވާން…ބަޓް..މިހާރު އެބަ ވިސްނަން ބައްޕަގެ ކުންފުނި ރިސޯޓް ދާއިރާއަށޭވެސް…” ޝާއި އޮތީ އެދުމަތީގައި ސީލިންގައި ހަރުކޮށްފަ އޮތް ފަންކާއަށް ބަލަހައްޓައިގެންނެވެ.

“…އެ ވެސް ގޯހެއް ނޫން…ކޮންމެވެސް އެކަކު ހުންނަން ޖެހޭނެތާ ބައްޕަގެ ދާއިރާގަވެސް…ސީކްރެޓެއް ބުނަންތަ؟؟؟” ޝާޔާ އެދުން ތެދުވެ ބެލްކަންޏަށް ނުކުތެވެ.

“…ކޮންކަހަލަ ސީކްރެޓެއް…”ޝާއި ދެލޯ ހަނިކޮށްލިއެެވެ.

“…ނެކްސްޓް ވީކްގަ އެބަ އަންނަން އިނގޭ…..”ޝާޔާގެ ވާހަކަ އިވުމުން ޝާއި އުފަލުން ބާރުބާރަށް ހަޅޭލަވަން ފެއްޓިއެވެ.

“…އެކަމަކު އެއްވެސް މީހަކު ކައިރި ނުބުނާތި…ޓޮޕް ސީކްރެޓް…” ޝާޔާ އިންޒާރު ދިނެވެ.

ޝާޔާ އަވަސްފިޔަވަޅުގައި ކޮލެޖްގެ ކޮރިޑޯއިން ހިގަމުން ދިޔައީ ލައިބްރަރީއަށް ދިޔުމަށެވެ.

“…ބަންދު….” ލައިބްރަރީ ހުޅުވާފައި ނެތުމުން ޝާޔާ އަބުރާ ކްލާހަށް ވަނީ ވަރަށް މޫޑީވެގެންނެވެ. މުޅި ކްލާސް އޮތީ އެއްކޮށް ހުހަށެވެ. މިވީ ކިހިނެތްހެއްޔެވެ؟. ކުދިން ކޮބައިހެއްޔެެެވެ؟. ޝާޔާ އަވަހަށް ނުކުތީ އެސެމްބްލީ ހޯލަށެވެ. ސްކޫލްގެ ޕްރިންސިޕަލް ހުރީ ވާހަކަ ދައްކާށެެވެ. މަލަކް އާއި ޔާނާ ހަނާއެޅުމުން ޝާޔާ އެމީހުންގެ ގާތައް ހުއްޓުނެވެ. ޕްރިންސިޕަލްގެ ވާހަކަ އަޑުއިވިފައި އެންމެންވެސް ތިބީ ފެއާރްވެލް ޕާޓީ ބޭއްވޭ ލަސްކަމުންނެވެ.

“…ވަޓް ޑިޑް އައި މިސް…” ޕްރިންސިޕަލްގެ ވާހަކަ ނިމުމުން ޝާޔާ ބެންޗަށް ހިގައިގަތެވެ.

“ނަތިން މަޗް…އެގެއެއްނު ލިކިއޯޒްސް ކޮލެޖް…”ޔާނާ ބެންޗްގައި ފޮތްތައް ބެހެއްޓިއެވެ. ޝާޔާ ބޯޖަހާލުމުން މަލަކް އަވަހަށް ހިނިތުންވެލިއެެވެ.

“…އެކްސްޗޭންޖް….ފެއާރްވެލް…” މަލަކް ޙިޔާލީ ރާގަކަށް ބުނެލިއެވެ.

“…ވަޓް؟؟؟”ޝާޔާގެ ދެލޯ ބޮޑުވިއެވެ.

“…އަހަރެމެންގެ މި ޖެކްޕޮޓް ކޮލެޖްއާއި ލިކިއޯޒްސް ކޮލެޖް އެއްކޮށް ފެއާރވެލް ބާއްވަނީ…އެންޑް އެއީ މާސްކް އަޅައިގެން…މި ކާކުތަ އެ ސްޕޮންސާރ ކުރަނީ…އެއީ ހޫމް އެއީ މުހައްމަދު ސާނިމް ޝުޖާއު…އޭނަގެ އައިޑިއާއެކޯ…އެގޭތަ އެއީ ކާކު ކަން…” ޝާޔާ އަގަހުޅުވައިގެން ހުރުމުން ޔާނާ ސުވާލުކޮށްލިއެވެ. ޝާޔާ ފޫހި ރާގަކަށް އަތުން ނިތުގައި ބޮޑިއެއް އެޅިއެވެ.

“…އެއީ ޝާޔާގެ ޑޭޑް…” މަލަކް އަވަހަށް ބުނެލިއެވެ.

“…އަސްލުވެސްތަ؟؟.ކޮންމެގޮތެއްވިޔަސް ދެޓްސް އަ ގުޑް އައިޑިއާ..” ޔާނާ ހިނިތުންވެލިއެެވެ.

“…މައި ފުޓް…ޑޭޑް ކީއްކުރަން ކޮންމެހެން ސްޕޮންސާރ ކުރީ…” ޝާޔާ އަވަހަށް އެންމެނަށް ބާއި ކިއުމަށްފަހު އަވަސްވެގަތީ ޔޫހާ އާއެކު ގެއަށް ދާށެވެ.

“..އިޓްސް އޯކޭ…ރަނާ!!!…އެކަމަކު ވަރަށް މަޖާވާނެދޯ…” ޔޫހާ ހުރީ ކާރުގެ ސީޓްބެލްޓާއި ކުޅެލަ ކުޅެލައެވެ.

“ނޭގެ…ހިނގާ ގެއަށް އަވަހަށް..”ޝާޔާ ހުރީ ހިތްހަމަނުޖެހިފައެވެ.

ކޮލެޖްގެ އެންމެންހެން ތައްޔާރުވަމުންދަނީ ފެއާވެލް ޕާރޓީއަށެވެ. ޝާޔާ ކޮޓަރީގައި ހެދުން ފެހުން ނޫން ކަމެއް ނުކުރެއެވެ. ޕާރޓީއަށް ބޭނުންާގޮތަށް ބޭބީޕިންކް އަދި ކަޅުކުލައިން މާސްކް ތައްޔާރުކުރިއެވެ.

“…ވާއު…ވަރަށް ރީތި…ރަނާ….” ކޮޑުގައި އަޅުވާފައި އޮތް ހެދުން ފެނުމުން ޔޫހާ ހެދުމުގެ ފަސްބައިގައި އަތްލިއެވެ.

“…އެހެންތަ….ޔޫހާގެ ފެއާރވެލްއަށް ފަހަންވީމަ ބުނައްޗޭ….ރަނާ ފަހާލަދޭނަން…”ޝާޔާ ހިނިތުންވެލިއެވެ.

“…މިރޭ ދޯ ދަނީ….ބެސްޓް އޮފް ލަކް…ރީތި ކުއްޖަކު ހުރިއްޔާ ސަލާމް ބުނެލަދޭތި..” ނުކުންނަމުން ޔޫހާ ސަމާސާރާގަކަށް ބުނެލިއެވެ.

ޕާރޓީތެރޭގައި ވަނީ ޑިސްކޯ އަޅުވާފައެވެ. މުޅިސަރަހައްދުގައިވެސް ވަނީ މަޑު ރޮމޭންޓިކް ރާގެކެވެ. އެންމެން ހާޒިރުވެ ޕްރިންސިޕަލް ދަސްވެނިންމަން އުޅޭ ކުދިންނަށް މަރުހަބާ ކިއެވެ. ޝާޔާއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ނަމަވެސް ޕްރިންސިޕަލްގެ ސްޕީޗްއާއި ދިމާވިއެވެ. ޝާޔާ އެތެރެއަށްވަނުމާއެކު ގިނަ ކުދިންގެ ލޯތައް އަމާޒުވާން ފެށިއެވެ.މާސްކް އަޅައިގެން ހުރުމުގެ ސަބަބުން ކާކުކަން ނޭގެއެެވެ. ދެ ކުއްޖެއް ޝާޔާގެ ގާތައް އައިސް މަޑުކުރުމުން ޝާޔާ ދެމީހުންނަށްވެސް ހިނިތުންވެލިއެވެ.

“…ވަރަށް ރީތި އިނގޭ….” މަލަކް ޝާޔާގެ އަތުގައި ހިފިއެވެ.

“…ދެމީހުންވެސް ނުލާހިކު ރީތި…ސޯ…ބާރައިގެ ފަހުން ޓީޗާރސް އެންޑް ޕްރިންސިޕަލް ދިޔައިމަ ކުދިންގެ ގަނޑި ދޯ އޮތީ…” ޝާޔާ ހިގައިގަތެވެ.

“…އާނ…ކަޕްލް ޑާންސް އެއް އެބޮތް….” ޔާނާ އެއްބުމަ އަރުވާލިއެވެ.

“…ސީރިޔަސްލީ…އައި ޑޯންޓް ބިލީވް ދިޒް..”ޝާޔާ ކޯކް ތައްޓެއް ނެގިއެވެ. ބާރައިގެ ފަހުން ހުރިހާ ޓީޗަރުން ދާންހިގައިގަތެވެ. ކުދިންނަށް ހުއްދަ ދީފައި އޮތީ ދަންވަރު ދޭއް ޖަހަންދެނެވެ. އެއީ އެކުދިންގެ ގޭމްސްތަކާއި އެއްޗެއްސަށް ފުރުސަތު ދިނުމަށެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ ޑާންސް ފްލޯރްގައި ހުރި ޑީޖޭ މައިކް ނެގުމުންނެވެ.

“..އެޓެންޝަން އެވްރީބަޑީ….މިއުޅެނީ ކްޕްލްސް ޗޫސް ކުރަން…ގާލްސް އެންޑް ބޯއިޒްއަށް އެބަހުރި ދެ ބައުލް….މީގަ ތިބި ކަރުދާހުގައި ފަތްޖަހާފަ މިހުރީ ނަމްބަރުތަކެއް…މިސާލަކަށް ގާލްސްގެ ކޮޅުން އަންހެންކުއްޖަކަށް ޓޫ ލިބިއްޖެއްޔާ އޭނަގެ ޕާރޓްނާއަކީ ބޯއިޒް ނަމްބަރުތަކުން ޓޫ ލިބޭ ބޯއި ކުއްޖާ…އެންޑް…ސޯލް މޭޓްސްގެ ގޮތުގައި މިކޮޅުން އެބޮތް ނަމްބަރެއް ޗޫސްކޮށްފަ…ލެޓްސް ސީ ހޫ ގެޓްސް ދި ސޯލްމޭޓް ނަމްބަރ….ވޯ…..ސޯ އެންމެން ލައިނަށް އެރުމަށްފަހު ކަރުދާސްކޮޅެއް ނަގަންވީ…ޕްލީޒް…..ލެޓްސް ރޮކް ދި ސްޓޭޖް..ވޯ…” ޑީޖޭ ސްޓޭޖުން ފޭބިއެވެ.

-ނުނިމޭ-

 

Share Article

Follow Me Written By

Shaha

Level 1

Other Articles

Previous

ވާ ލޯބި އެގޭނަމަ ކަލާ.. (1 ވަނަ ބައި )

Next

މިއޭ ލޯއްބަކީ..(5)

Next
May 7, 2016

މިއޭ ލޯއްބަކީ..(5)

Previews
May 6, 2016

ވާ ލޯބި އެގޭނަމަ ކަލާ.. (1 ވަނަ ބައި )

17 Comments!

  1. Kyaan says:
    May 7, 2016 at 10:42 am

    Vaanuvaa neygey….

  2. xenn says:
    May 7, 2016 at 11:22 am

    Vaanuvaa eh neyge..ryhcheh noon mi part…

  3. naaanu says:
    May 7, 2016 at 11:23 am

    Vaanuvaaga

  4. aina says:
    May 7, 2016 at 12:04 pm

    Varah foohi vaanuvaaeh neyge

  5. sss says:
    May 7, 2016 at 12:19 pm

    Aslu ves neynge vaanuvaa eh….

  6. 4426 says:
    May 7, 2016 at 12:20 pm

    foohi

  7. Sijaa says:
    May 7, 2016 at 12:22 pm

    V hadi

  8. ken? says:
    May 7, 2016 at 12:48 pm

    kn ranaa eitha…dn aneikkaa dady kiyaane bappa kiyaane…kiyaa ekahchwi keemadha reethivaanee…dn miulhey mewhun ginakamunves ihun bolhun araa…mibuny allof a sudden yoohaa asidhaane ainai thanei neyngi…

  9. anil says:
    May 7, 2016 at 1:04 pm

    Vaanuvaa neyngey… Kurin faharu buni nurse akashey vaan beynumy
    Hama nujehey
    V fooooooohi

  10. Shaayaa says:
    May 7, 2016 at 2:04 pm

    Foohi vaahaka…. vaahaka vaa koh neygey….

  11. meesha says:
    May 7, 2016 at 2:05 pm

    actuli karudaas nueh thibeyne… karu daas hunaani….

  12. Anthy says:
    May 7, 2016 at 4:01 pm

    And but maa ginaee. Hiyeh nuvey dhivehi vaahaka eh heneh ves

  13. maakas says:
    May 7, 2016 at 4:44 pm

    Vvvvvvvvv salhi thi myhun ves visnalagen v hama jehilagen thibe kiyalaba.eyrun vanuva igeyne..mi story hama habeys…love it…when next part…….

  14. Akooo says:
    May 7, 2016 at 9:47 pm

    Foohi.vaanuvaa egeneekeenun.

  15. Anonymous says:
    May 7, 2016 at 10:42 pm

    Vaanuvaa neyngenyaa nukiyaany

  16. Anonymous says:
    May 7, 2016 at 10:44 pm

    ==Konmes Kuhjeh==
    Varah salhi mi prt vs

  17. Nishy says:
    May 13, 2016 at 6:01 pm

    Mi vaahaka stuck vytha?

Comments are closed.



All Right Reserved!