އެއީ ސްވަނާގެ މަންމަ ދިރިއުޅުނު ކޮޓަރިއެވެ. ކޮޓަރިތެރެ ހުރީ ސާފުކޮށެވެ. ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރި ސަވާން ފެނުމުން ސްވަނާގެ ހިތް ބާރަށް ތެޅިގަތެވެ. “..ބައްޕާ!!!…” ސްވަނާ ގޮވާލިއެވެ. ސަވާން ފަހަތަށް އެބުރުނެވެ. ފަހަތުގައި ފެންނަން ހުރީ އޭނަގެ ދަރިފުޅެވެ. ސްވަނާ ސަވާންއެވެ. އިސާހިތަކު ބަލަހައްޓައިގެން ހުރެފައި ސަވާންގެ ލޮލުގައި ކަރުނަ ޖަމާވެގަތެވެ. ބިނަމައްޗަށް މަޑުމަޑުން ތިރިވެ އިސްޖަހައިގެން ރޯން ފެށިއެވެ. ސްވަނާއަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. ސްވަނާ ސަވާންގެ ގާތުގައި އށީނެވެ. ސަވާންގެ ކޮޑުގައި […]
“..ކޮބާ ޝާޔާގެ ބެސްޓްފްރެންޑް…މަލަކް ނާންނަ ދުވަހަކީތަ؟؟” ޔޫހާ ބިތައް ލެގިލިއެވެ. ޝާޔާގެ ސަމާލުކަން ހުރީ އޭނަގެ ވާހަކަފޮތަށެވެ. “…ނޫނޭ….ޝާޔާ މިހާރު ވަރަށް ބޮޑުވެއްޖެ….މިހާރު ކުޑަކޮށް ފަލަ..އެކަން އަދިވެސް ނުލާހިކު ރީތި…މިހާރު ލަނީވެސް ދިގެހެދުން….އެކަމަކު އަދިވެސް ބުރުގާއަޅާކަށް ނޫޅޭ….” ޝިރާ އޭނަގެ ރަހްމަތްތެރިންނަށް ޝަޔާގެ މައުލޫމާތު ފޯރުކޮށްދިނެވެ. އެހެނީ ޝާޔާއަކީ ނުލާހިކު ރީތި ކުއްޖެކެވެ. އޭނަ ފެނިފައ ިދެވަނަފަހަރަށް ނުބަލާ ހަމަ އެކަކާވެސް ދިމާނުވެއެވެ. “…އެހެންތަ؟؟…ކޮންއިރަކުން ދެން ޝާޔާ މިކޮޅަށް އަންނަނީ…؟؟…ރާއިންވެސް އެހި އަހާލަދޭށޯ….” ކަމްލާ ވެސް ހުރީ […]
އޮއްސިގެން ދިޔަ އިރާއެކު ސްވަނާ ފްލައިޓުން ބޭރުބަލާލިއެވެ. އެތައް ދުވަހެއް ފަހުން އަމިއްލަ ވަޒަނަށް އާދެވުމުން ހިތްހަމަޖެހުނެވެ. ސިކުނޑީގައި އެކިއެކި ޙިޔާލްތައް އެބުރެން ފެށިއެވެ. އެންމެ ފަހުން ބައްޕަ ކައިރިޔަށް އައްޑުއަށް އައީ ދޮންބެއާއި އެކީގައެވެ. އެއީ މީގެ ދެއަހަރުު ކުރީގައެވެ. މަންމަ ނިޔާވިފަހުން ބައްޕަޔަށް ސިހުމެއް ލިބުނު ކަހަލައެވެ. ފްލައިޓުން ފޭބުމާއިއެކު ސްވަނާ ވަށައިގެން ތަންތަން ހޯދާލިއެވެ. މާޒީގެ ޙިޔާލަށް ގެއްލުނު ކަހަލައެވެ. ހަމަހޭވެރިކަންވީ ކޮއްކޮ ސްވީކް އަތުގައި ހިފައި ބާރަށް ފިއްތާލުމުންނެވެ. ސްވީކް އަބަދުވެސް […]
ބާރު ހިގުމެއްގައި ކޮޓަރިއަށްވަދެ ތަޅުލެވުނީ ހިތުގެ ހާލު އެކަކަށްވެސް ނޭންގުމަށެވެ. އެދަށްވެއްޓިގަތުމާއެކު އެރީތި ދެލޯ ފެންކަޅިވިއެވެ. އިސާހިތަކު އެދެ ކޯތާފަތް ތެމެންފެށިއެވެ. ” ކިހިނެތް މިހިތަށް ކެތްވާނީ ހުވަފެންތައް ކުދިކުދި ވީމާ އުފަލެއް ދުނިޔޭގައި ދެން ނެތީ ފުން ހިތާމައިން ހިތް ރޮވިއްޖޭ އަދު ކަލާ ބީވުމުން ކިހިނެތްމަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން” ޝާޔާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ނޭގޭ ބާރުމިނެއްގައެވެ. އިރުއޮއްސެން ކައިރިވުމުން ޝާޔާ ބެލްކަންޏަށް ނުކުތީ ހިތްހަމަ ޖައްސާލުމަށެވެ. އިރުއޮއްސޭ މަންޒަރަކީ […]