Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ތޭރަވަނަ ބައި)

Mysterious Angel Level 110 Stories100 Comments
May 6, 2016 5 Mins Read
7 Comments

ޝާޔަންގެ ހަމަހިމޭންކަން ޝިއުޒްއަށް ލޮލުގެ އިޝާރާތުން އަންގާލީމެވެ. އަބަދުވެސް ހިނިތުންވުން ފެންނަ އެ މޫނުމަތިން މިހާރު ފެންނަމުންދަނީ މާޔޫސްކަމެވެ. އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ ތެދުމަގަށް އެޅުމަށް އެންމެ ބޮޑަށް އެހީތެރިވެދިން ކުއްޖާގެ މޫނުމަތިން އުފާވެރިކަން ނުފެންނުމުން ހިތް ވަނީ ނުތަނަވަސްވެފައެވެ. އިރުކޮޅަކު އޯޑަރދިނުމަށްފަހު ޝިއުޒް ދައްކަންފެށި މަޖާވާހަކަތަކުން މާޙައުލު ބަދަލުކޮށްލިއެވެ. ޝިއުޒްއާއި އެއްބައިވެގެން އެވާހަކަތަކުގައި ބައިވެރިވެލީމެވެ. އެންމެންނާއެކީ އުފާވެރި ވަގުތުތަކެއް އެތައް ދުވަސްތަކެއް ފަހުން ހޭދަކުރެވުނެވެ. ޝާޔަންގެ މޫނުމަތިން އެއްވެސް މަޖުބޫރުކަމަކާއިނުލާ އުފާވެރިކަން ފެނުމުން ހިތްހަމަޖެހުނެވެ.

“މަންމަ އެގުޅަނީ ލަސްވެގެން..” ޝާޔަލް ފޯނަށް ބަލާލަމުން ބުނެލިއެވެ. ޝާޔަންވެސް ދަނީއޭ ބުނެލަމުން ތެދުވިއެވެ.

ޝިއުޒްވެސް ގަޑިއަށް ބަލާލަމުން ދެންދާންވީ ދޯއޭ ބުންޏެވެ. ބިލް ދެއްކުމަށްފަހު އެންމެން ގެއަށް ދާން ހިގައިގަތީ އެކީގައެވެ. ޝިއުޒްއާއި ކިއާރާ ކުރީގައި ތިބެގެން ހިގަމުންދިޔައިރު ފޯނަށް ގެއްލިފައިހުރި ޝާލީ އަތުގައި ހިފައިގެން އަހަރެން ދިޔައީ އެމީހުންގެ ފަހަތުންނެވެ. ޝާލީވެސް މިއުވާންއަށް މެސެޖުކުރަނީ ކަންނޭނގެއެވެ. އެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. އެމީހުންގެ އުފާވެރިކަން ފެނި ކައިވެނި ކުރުމުގެ ޝައުޤުވެރިކަން ބޮޑުވިއެވެ. ރަނގަޅު ވަގުތެއް ހޯދައިގެން ޝިއުޒްއާއި މަޝްވަރާކުރަން ނިންމީމެވެ.

“އިޒް އާދެބަލަ..” ކެތްކޮށްލައިގެން ހުރެވުނީ ގެއަށް ވަދެވެންދެނެވެ. އެވަގުތު ކިއާރާގެ މަންމަ ގުޅުމުން އޭނަވެސް އެތެރެއަށް ވަދެއްޖެއެވެ.

“ކިހިނެއްވީ؟” އޭނަގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ޝިއުޒްގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނިކުތީ އެގަޑީގައި އިތުރު މީހަކު ނުހުންނާނެކަން އެނގޭތީއެވެ.

“ވާހަކައެއް ދައްކާލަން ވެގެން..” ކޮއްކޮއެއްގާތު މިކަހަލަ ވާހަކައެއް ދައްކަން ލަދުގަތެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނީމެވެ.

“ކަމުދާ ކަހަލަ ކުއްޖަކު ފެނުނީތަ؟” އިންތިހާއަށް އުފާވެފައިހުރި ޝިއުޒް އަހާލިއެވެ. ނޫނެކޭ ބުނީ އަހަރެންގެ ވިސްނުމުގައި އެއްވެސް އަންހެންކުއްޖަކު ނެތީމައެވެ. ބޭނުންވަނީ ދީންވެރި އަޚްލާޤު ރަނގަޅު ބައިވެރިއެކެވެ. ދެދުނިޔެ ބާއްޖަވެރިކޮށްދޭނެ ފަދަ މާތް އަންހެނެކެވެ.

“ދެން..އަހަރުމެން ތިއްތިއަށް އަންހެންކުއްޖަކު ހޯދަންވީ ދޯ” ހީވީ އަހަރެންގެ ހިތުގައި އޮތް އެއްޗެއް އޭނައަށް އެނގުނީހެންނެވެ.

“ކިއާއާ ވާހަކަ ދައްކަބަލަ.. އެފެމެލީ ކުދިން ކިހާ ރިލިޖިއަސް..” ޖެހިލުންވިޔަސް ބޭނުންވާ ގޮތް ބުނީމެވެ.

“އޯކޭ.. މިހާރު މިދަނީ ތިކަމާ.. އަހަރުމެން ފުރަން ވާއިރަށް ތިކަން ކޮންމެވެސް އެއްކޮޅެއްގަ ޖައްސާނަން އިންޝާﷲ..” ޝިއުޒް އެތެރެއަށް ދިޔައީ ދުވެފައެވެ. އަހަރެންގެ ހިތް ބާރު ބާރު ތެޅެމުންދިޔައެވެ. ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ ކައިވެއްޏަކީ ނުހަނު ބޮޑު ޒިންމާއެކެވެ. މިހާރު އެކަނި އުޅުނުނަސް އޭރުން ތަފާތުވާނެއެވެ.

މީގެ ކުރިން ކައިވެއްޏާ ދޭތެރޭ ޙިޔާލުވެސް ކޮށްނުލާ ކުއްލިއަކަށް އެކަމާ ވިސްނަން ވުމުން ހިތްބިރު ގަންނަންފެށިއެވެ. ނަމަވެސް ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އުންމީދުކޮށްގެންހުރެ ނިދަން އޮށޯތީމެވެ.

ފަތިސްނަމާދަށް ފަހު ޤުރުޢާން ކިޔަވަން އިނދެފައި ޖައްސާލީ ހަޔެއްޖަހާ ބޮޑުވިފަހުންނެވެ. ހޭލުވީ ޝިއުޒް މާވަރަކަށް ގޮވީމައެވެ. ދެލޯ އުނގުޅާލަމުން ތެދުވިއިރު އޭނަ ހުރީ ބައްތިރީސް ދަތް އެއްފަހަރާ ދައްކާލައިގެންނެވެ.

“ކިހިނެއްވީ މާ ހެނދުނަކާ ކޮލްގެޓް އިސްތިހާރުކުރަނީ..” ރަޖާގަނޑު ނަގަމުން ބުނީމެވެ.

“ހިނގާބަލަ ބޭރަށް..” މޫނު ދޮވެލައިގެން މިދަނީ ބުނުމުން ނަސީބަކުން ހިނގައްޖެއެވެ.

“ދަރިފުޅު ނައިސްގެން މިތިބެނީ.. އާދެބަލަ..” މަންމަގެ ކައިރީގައި ހުރި ހުސްގޮނޑި ދައްކާލަމުން އެދުނެވެ.

“ކިހިނެއްވީ މަންމާ..” މަންމަ ގާތު އިށީންނަމުން ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ބުނީމެވެ.

“މަންމަ އަޑުއަހައިފިން ދަރިފުޅު މީހަކާ އިންނަން ބޭނުންވެގެން އުޅޭ ވާހަކަ.. ވަރަށް އުފާވެއްޖެ މިއަދު.. މަންމަ ބުނާ ކުއްޖަކާ ދަރިފުޅަށް އިންނަން ކެރޭނެތަ؟” މަންމަ ވަރަށް ލޯބިން ވާހަކަދެއްކިއެވެ. މަންމަ އަހަރެންނަށްޓަކާ ހޯދައިދޭ އަންހެންކުއްޖަކަށްވުރެ ވަކިން ރަނގަޅު ބައިވެރިއެއް އަހަރެންނަށް ލިބޭނެބާއެވެ. މަންމައަށްވުރެ ބޮޑަށް އަހަރެން އެނގޭނެ އެހެން އިންސާނަކު ނުހުންނާނެއެވެ.

” އެންމެ ރަނގަޅު..” މަންމަގެ އަތުގައި ހިފާލަމުން ބުނީމެވެ.

” ވަރަށް ރަނގަޅު ކުއްޖެއް އެއީ.. އޭނަ އާއި ބައްދަލުކޮށްފަ ދަރިފުޅު ރުހެންޏާ އެއްބަސްވާނީ.. އެހެންނޫނީ ފަހުން މާދެރަ ގޮތެއް ވެދާނެ..” އަހަރެންވެސް ބޭނުންވަނީ އަވަހަށް ކައިވެނިކުރާށެވެ. ކައިވެނިނުކޮށް ރައްޓެހިވެގެން އުޅުމަކީ އިސްލާމުދީން ހުއްދަކުރާ ކަމެއް ނޫނެވެ. ދީނާއި ޚިލާފު ކަންކަމަކީ މިހާރު އަހަރެން ކުރާނެ ކަންކަމެއްނޫނެވެ.

“މަންމަ ބުނޭ ގަޑިއެއް..” ޑިއުޓީއަށް ދާން ޖެހޭ ގަޑި ކައިރިވާތީ އަހަރެން ތެދުވީމެވެ. ހިތުގައި އުފެދުނީ ތަފާތު އިހްސާސެކެވެ. ކުރިމަތިލާން މިއުޅެނީ ބޮޑު އިމްތިހާނަކާއެވެ. މާތްﷲގެ ހަސްރަތުން ކެތްތެރިކަމާއި ސާބިތުކަން ދެއްވުންއެދި އެތައް ފަހަރަކު ދުޢާ ކުރީމެވެ.

ހަވީރު ފަހެއްޖަހާއިރު އަންހެންކުއްޖާގެ ޢާއިލާއާއި ބައްދަލުކުރުމަށް ދިއުމަށް މަންމަ އެދުނެވެ. ދާންވީ ތަން މަންމަ ބުނެދިނެވެ. ގަޑި ކައިރިވަމުން ދިޔަވަރަކަށް ނުތަނަވަސްކަން އިތުރުވަމުންދިޔައެވެ. މަސައްކަތްތައްވެސް ނުކުރެވި ހާސްވެ އަތްފައިން އޮއްދާ ހިތްލަންފެށިއެވެ. ފަހެއް ޖަހަން ފަސްމިނެޓަށް ވެފައިހުއްޓާ ޝިއުޒް ސައިކަލްގައި އަހަރެން ބަލާ އަތުވެއްޖެއެވެ. ދިޔަ މަގުމަތީގައިވެސް ޝިއުޒް އެދުނީ ހަމަޖެހުމަށެވެ. ރެސްޓޯރެންޓަށް ވަދެ އެތެރެއަށް ހިގައިގަތީމެވެ. ހިތްގައިމު މާހައުލަކަށް ވަދެވުނަސް ހިތްވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މަންމަމެން ތިބީ ތަންކޮޅެއް އެތެރޭގައެވެ. މަންމައާއި ދޮންބެގެ އިތުރަށް ޝާލީއާއި އަންހެންކުއްޖާއާއި އޭނަގެ މައިންބަފައިން ތިއްބެވެ.

އެންމެންނާއި ސަލާމުކުރުމަށްފަހު އަހަރެން އިށީނީ މަންމަ ކައިރީ ހުރި ގޮނޑީގައެވެ. އަހަރެން އިސްއުފުލާލާ އަންހެންކުއްޖާއަށް ބަލާލީމެވެ. އިސްޖަހައިގެން އިނުމުން މޫނު ފެންނަވަރެއް ނުވިއެވެ. އޭނަގެ މަންމަ އޭނައަށް ގޮވާލަމުން އަހަރެން ދައްކާލިއެވެ. އަންހެންކުއްޖާ މަޑުމަޑުން އިސްއުފުލާ ބަލާލީ ލުއި ހިނިތުންވުމާއެކީގައެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުގައި އޭނަގެ މޫނުމައްޗަށް ނުރުހުމުގެ އަސަރުވެރިވެއްޖެއެވެ.

“ޝިމާލް..” އެއަންހެންކުއްޖާ ފުންމައިގެން ކޮޅަށް ތެދުވުމުން ދެންތިބި އެންމެންނަށްވެސް ލިބުނީ ހައިރާންކަމެވެ.

“ދަރިފުޅު ދަންނަންތަ ޝިމާލް؟” އޭނަގެ ބައްޕަ ހައިރާންވެފައި ސުވާލުކުރިއެވެ.

“އޭނަ ނުދަންނާނީ ކާކު ބައްޕާ.. ފަހަރަކު އަންހެންކުއްޖަކު ގޮވައިގެން މުޅި ރަށް ކުޑަކޮށްލައިގެން އުޅުނު މީހެއްތީ.. މަނަދޫގަ ނުހުންނާނެ ކަންނޭނގެ އޭނަ ނުދަންނަ އަންހެންކުއްޖެއް.. މާ ދީންވެރި މީހަކަށް ވެގެން ހުއްޓަސް މަށަށް ރަނގަޅަށް އިނގޭ މީނަގެ ގޮތް.. ލިއު ކިހާ ވަރަކަށް ޝިމާލް ގާތު އާދޭސް ކުރި އޭނައާ މެރީ ކުރާށޭ ކިޔާފަ.. އެކަމަކު މީނަ އެއަޑެއް ނޭހި.. އެއްކުއްޖަކު ގެންގުޅެ ފޫހިވީމަ އަނެއްކުއްޖަކު ގޮވައިގެން އުޅުނީ.. ދުވަހަކުވެސް ބަދަލެއް ނުވާނެ ތިކަހަލަ މީހަކު..މަ ކީއްކުރަން އެއްވެސް އަންހެންކުއްޖަކު ބޭނުމެއް ތިކަހަލަ މީހަކާ އިންނާކަށް..”

އިތުރަށް އެންމެ ލަފްޒެއްވެސް އަޑު އަހަން ބޭނުންނުވާތީ ޝިއުޒް އަތުން ސައިކަލް ތަޅުދަނޑި ހިފައިގެން އަހަރެން ހިގައިގަތީމެވެ. ޝިއުޒް ގޮވި އަޑު އިވުނުނަމަވެސް ދުވެފައި އެތަނުން ނުކުމެ ސައިކަލަށް އަރާ ދުއްވާލީ ވަކި މިސްރާބެއް އޮވެގެންނެއްނޫނެވެ. މަންމަގެ ކުރިމަތީގައި މީގެ ކުރިން ދުވަހަކުވެސް މީހަކު އެފަދަ ގޮތަކަށް އަހަރެން ބޭޒާރެއް ނުކުރެއެވެ. މިއަދު މަންމަގެ ނަޒަރުގައި އަހަރެން މީ ވަރަށް ގޯސްމީހަކަށް ވާނެއެވެ. އަހަރެންގެ ސަބަބުން މަންމައަށް އެމީހުންގެ ކުރިމަތީގައި ލަދުގަންނަންޖެހުނީއެވެ. އެހެންމީހުންގެ ނުރުހުމާއި ނަފްރަތާއިވެސް ކުރިމަތިލާންޖެހުނީއެވެ. އަހަރެން މީ ކޮންކަހަލަ ދަރިއެއް ހެއްޔެވެ؟

ކޮންމެ ގޮތެއްވިޔަސް އޭނަ އެދެއްކީ ދޮގު ވާހަކައެއް ނޫނެވެ. އަހަރެންނާހެދި ބަރުބާދުވީ ކިތައް އަންހެންކުދިންގެ ދިރިއުޅުން ކަމެއްވެސް ނޭނގެއެވެ. އެކަމުގެ އަދަބު އަހަރެންނަށް ލިބުން ޙައްޤެވެ. އެއްވެސް އަންހެންކުއްޖަކު އަހަރެންގެ ޙަޤީޤަތް އެނގިހުރެ އަހަރެންނާއި އިންނާކަށް ބޭނުމެއް ނުވާނެއެވެ. ފިރެހެނުން އިއްފަތްތެރި އަންހެންކުދިންނާއި ނޫނީ ކައިވެނިކުރަން ބޭނުންވާއިރު އަންހެންކުދިންނަށްވެސް އެފުރުސަތު އޮންނަންޖެހޭނެ ނޫންހެއްޔެވެ؟ އެއްވެސް ފިރިހެނަކު “ކޫޑި”އަކާއި އިންނަން ބޭނުންނުވާއިރު އަންހެންކުދިންވެސް މާބުރު އުސޫލު ގެންގުޅޭ ފިރެހެނުންނާއި އިންނަން ބޭނުންނުވާނެކަން އަހަރުމެން ވިސްނަންޖެހެއެވެ.

އަހަރެންމީ ހާދަ ނުބައި މީހެކެވެ. ހާދަ ގިނަ ފާފައަށް އަރައިގަނެވިފައި އެބަހުއްޓެވެ. ޝިއުޒްފަދަ ރަނގަޅު މީހަކަށް އަހަރެން ނުވީ ކީއްވެ ހެއްޔެވެ؟ އެހެން ނޫންނަމަ މިއަދު އަހަރެންވެސް އުޅޭނީ ނުހަނު އުފަލުގައެވެ. ގޯސް މަގު ޙިޔާރުކުރީ އަހަރެން އަމިއްލައަށެވެ. އެކަމުގައި އެހެންމީހަކު ކުށްވެރިކުރެވޭކަށް ނެތެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިކަމުގައިވިޔަސް ރަނގަޅު މަގާއި ގޯސްމަގު އިޙްތިޔާރުކުރަނީ އެމީހަކު އަމިއްލައަށެވެ.

މިފަދަ ދުވަހަކާއި ކުރިމަތިލާންޖެހޭނެކަން އޭރު ވިސްނުނުނަމައެވެ. އޭރުން މިއަދު މަންމައާއި އާއިލާގެ އެހެންމީހުންގެ ކުރިމަތީގައި ލަދުގަންނާކަށް ނުޖެހުނީހެވެ. އެހެންނަމަވެސް މިއަދު ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. ވީކަމެއް ވެދިޔައީއެވެ. ކިތަންމެ ބޭނުންވިޔަސް ހިތްއެދުނަސް މާޒީވެ ގޮސްފައިވާ ކަންތައްތަކެއް އަހަރުމެންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. އުޅެވިފައިހުރި ގޮތުން މިފަދަ އެތައް ކަމަކާއި ކުރިމަތިލާންޖެހޭނެއެވެ. އެހުރިހާކަމަކަށް އަހަރެން ކެތްތެރިވާންޖެހޭނެއެވެ.

ސައިކަލުގައި އިނދެ އެތައް ވަރަކަށް ވިސްނުމަށްފަހު އަހަރެން މިސްރާބުޖެހީ އޮފީހަށްދިއުމަށެވެ. މާޒީވެ ދިޔަ ކަންތައްތައް ބަދަލު ނުކުރެވުނަސް ކުރިއަށްއޮތްތަނުގައި ކަންތައްތައް ރަނގަޅުކުރުމަށް އަހަރެންނަށް މަސައްކަތްކުރެވިދާނެއެވެ. ރަނގަޅު މަގުން ހިނގަން އަހަރެން ޖެހިލުންވާންވީ ކީއްވެހެއްޔެވެ؟ އެއްވެސް މީހަކަށް އަބަދަކު ހިތާމައެއް ނުލިބޭނެއެވެ. އޮފީހަށް ވަދެ ފޯނުބަލާލިއިރު ޝިއުޒްގެ ފަނަރަ މިސްކޯލު އޮތެވެ. އޮފީހުގައި ކަމަށް ބުނެ މެސެޖުކޮށްލީ އެއްވެސް މީހަކާއި ކުރިމަތިލާނެހާ ހިތްވަރު ނެތިގެންނެވެ. ފާޚާނާއަށް ވަދެ މޫނުދޮވެލައިގެން މަސައްކަތައިގެން ކުރިއަށް ދިޔައިރުވެސް އެއަންހެންކުއްޖާގެ ބަސްތައް ސިކުނޑީގައި އެނބުރެމުންދިޔައެވެ.

ޑިއުޓީ ނިމުމުންވެސް ގެއަށް ނުގޮސް އެތައް އިރަކު އިނީމެވެ. އެންމެންގެ ސުވާލުތަކާއި ކުރިމަތިލާންޖެހޭނެއެވެ. އަހަރެންނަށް އެމީހުންގެ ސުވާލުތަކަށް ޖަވާބުދެވޭނެ ހެއްޔެވެ؟ މަންމަ ބުނާނެކަންނޭނގެއެވެ. ޝުހާދުއާއި ޝިއުޒްވެސް ބޮޑުވީ ޝިމާލްއާއި އެއްޙާލެއްގައެވެ. އެމީހުން ނުހިނގި މަގަކުން ޝިމާލް ހިނގަންޖެހުނީ ކީއްވެހެއްޔެވެ؟

އެތައް އިރަކު އަމިއްލަ ނަފުސަށް ވިސްނައިދިނުމަށްފަހު ގެއަށްދާން ހިގައިގަތީ ބާރަ ޖަހާ ބޮޑުވިފަހުންނެވެ. ގެއަށްވަތްއިރު މުޅި ގޭތެރޭގައި ރަސްކަންކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. މަޑުމަޑުން ހިގާފައި ކޮޓަރިއަށް ވަތްއިރު ޝިއުޒްއާއި ޝާލީ ކޮޓަރިތެރޭގައި އުޅެއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ކޮއްކޮމެންގެ ކުރިމަތީގައި މިއަދު އަހަރެންގެ އަގު މިވަނީ ވެއްޓިފައެވެ. ނަމޫނާ ދައްކަންހުރި ބޭބެ މިވަނީ ލަދުން އިސްއުފުލާލަށް ނުކެރިފައެވެ.

“ތިއްތީ..” އަހަރެން ހަމަ ފެންނައިރަށް ޝާލީއައިސް ބައްދާލިއެވެ. އަހަރެން އިސްޖެހުނު ގޮތަށް އިސްއުފުލާލަންވެސް ނުކެރިފައިހުރީމެވެ.

“މިހާރު ވަރަށް ލަސްވެއްޖެ ޝާލް ދޭ ނިދަން..” ޝިއުޒް އެދުނެވެ. “ގުޑް ނައިޓް” އޭ ބުނެލަމުން ޝާލީ ދިޔައީއެވެ. ދެންވެސް އެއްޗެއް ބުނަން ޖެހިލުންވެފައިހުރީމެވެ.

“މަންމަ އަހަރެން ދެކެ ހިތްހަމަ ނުޖެހިފަ ދޯ ހުރީ..” ވަރަށް އުދަނގުލުން އަހާލީމެވެ.

“އެއްވެސް މީހަކު ތިއްތިދެކެ ރުޅިއެއް ނާދޭ..” އަހަރެންގެ ކޮޑަށް އަތްވައްޓާލައިގެން ޝިއުޒް ނިކުތީ ސިޓިންގރޫމަށެވެ. ލައިޓްޖައްސާލުމަށްފަހު ދެކޮފީ ހިފައިގެން އައިސް އަހަރެންނަށް ތައްޓެއް ދިއްކޮށްލިއެވެ.

“މަންމަ ކީކޭ ބުނީ؟ ބުނި ދޯ މީރާއާ މަށާ އެއްވެސް ތަފާތެއްނެތޭ” ތަށީގައި ހިފަމުން އަހާލީމެވެ.

“ކީއްވެ އެއްގޮތް ވާންވީ؟ ތިއްތިއަށް ކުރިން އުޅެވުނު ގޮތާ ދޭތެރޭ މިހާރު ދެރަވާކަން އަހަރުމެން އެންމެންނަށްވެސް އިނގޭ.. މަންމަ ބުނީ މަންމަ ފަޚުރުވެރިވޭ ތިއްތި ތީ މަންމަގެ ދަރިއަކަށް ވީމަ.. އެމީހުންނަށް ކިޔާދިން ތިއްތިއަށް އެހެން ވީ ކީއްވެކަން؟” ޝިއުޒް ކިޔާދިނެވެ.

“ދޮންބެއާ އިޒް އޭރު އަހަރެންނަށް ވިސްނާދިން ނަމަ.. ދެން މަށާ އިންނާނެ ރަނގަޅު ކުއްޖަކުވެސް ނުވާނެ..” އަހަރެންނަށް ބުނެވުނެވެ. އޭރު އެއްވެސް މީހަކަށް އެއީ ގޯސްގޮތެކޭ ބުނެނުދެވުނީ ކީއްވެހެއްޔެވެ؟ އޭރު އަހަރެންނަށް ވިސްނާދޭނެ މީހަކު ހުރިނަމައެވެ. މިދުވަސް ދެކޭކަށް ނުޖެހުނީސްކަން ޔަޤީނެވެ. އެއްވެސް މީހަކު އަޅާނުލާ އަހަރެން ބޭނުން ގޮތަކަށް އުޅެން އޭރު ދޫކޮށްލީއެވެ. މިއަދު މުޅި ދުނިޔެވެސް ކުށްވެރިކުރާނީ އަހަރެންނެވެ. އަހަރެންނާއި ދޭތެރޭ ކަންތައްވި ގޮތް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ކޮފީތަށި މޭޒުމަތީ ބެހެއްޓުމަށްފަހު އަހަރެން އަވަހަށް ކޮޓަރިއަށްވަދެ ތަޅުލީމެވެ. އެހެން ރޭރެއާއި ޚިލާފަށް އެރޭވީ ނިދިން މަޙްރޫމުވިރެއަކަށެވެ.

ހެނދުނެވެ. ފެންވަރާލައިގެން ނިކުތްއިރު މަންމައާއި ކިއާރާ ބަދިގޭގައި އުޅެއެވެ. އަހަރެން މޭޒުކައިރީގައި އިށީންތަނާ ދޮންބެވެސް އަތުވެއްޖެއެވެ. އަހަރެން ހަމައެކަނި ހިނިތުންވެލަމުން ސައިބޮއެގެން ނިކުތީ ގޭތެރޭގެ މާޙައުލާއި ދުރަށް ދިއުމަށެވެ. މިއުވާން ގުޅާފައި ބައްދަލުކުރަން ބޭނުންވާކަމަށް ބުންޏެވެ. އަހަރެން ގަސްތުކުރީ ހުޅުމާލެއަށް ގޮސް އޭނައާއި ބައްދަލުކުރުމަށެވެ. ދެމީހުން ދިޔައީ ހުޅުމާލޭގެ ހިތްފަސޭހަ އަތިރިމައްޗަށެވެ.

“އަހަރުމެންގެ ޅިއަނަކަށް ވާން އުޅޭއިރުވެސް އަންގާވެސް ނުލަމެއްނު..” މިއުވާންއާއި ދިމާކޮށްލީމެވެ.

“ޝިމާލްއަށް އިނގޭތަ؟” އޭނަގެ މޫނުމަތީގައިވީ ހައިރާންކަމެވެ.

“ޝާލް ކިޔާދޭ ހުރިހާ އެއްޗެއް.. ޝީ ލައިކްސް ޔޫ..” އަހަރެން ހިނިތުންވެލަމުން ބުނީމެވެ. ރަނގަޅު މީހުންނަށް ރަނގަޅު ކުދިން ލިބޭނެއެވެ.

” ތިއެއް ނޫނޭ ވާހަކައެއް ދައްކާށޭ މިގެނައީ..” މިއުވާން ދައްކަމުންދިޔަ ވާހަކަތައް އަހަރެން ހުރީ ޤަބޫލުނުކުރެވިފައެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟

“ސީރިޔަސް ވާހަކައެއްތަ ތީ؟” ހަމަ ޤަބޫލުނުކުރެވިގެން އަހާލީމެވެ. އެއީ ހަމަ ތެދެއް ހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 20..

Next

ޝާޔާ (1 ވަނަ ބައި)

Next
May 6, 2016

ޝާޔާ (1 ވަނަ ބައި)

Previews
May 6, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 20..

7 Comments!

  1. firoo says:
    May 6, 2016 at 6:16 pm

    Nyc

  2. Hooo says:
    May 6, 2016 at 6:37 pm

    Den eyiy kon vaahaka ey tha.

  3. FrnDđ¥ÿýyyy says:
    May 6, 2016 at 7:00 pm

    Heiy Angel.. Haadha lahunney thi up kurany… bt stroy hama habeyss ingey… Miahvure avahah story kiyaalaakah nulibeynethaaa??!!!?!?

  4. ammadey says:
    May 6, 2016 at 7:09 pm

    AdHi thankolheh dhigu kollan feney, mi part ves reethi,

  5. Misty says:
    May 6, 2016 at 11:10 pm

    Varah reethi.. Whn nxt prt?

  6. Zaee says:
    May 7, 2016 at 8:57 am

    V nice ????

  7. Ba says:
    May 7, 2016 at 8:30 pm

    V nice : )

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ސާދަވަނަ ބައި)←


All Right Reserved!