Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

inthixaaruga hurin…. 5

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
May 19, 2016 6 Mins Read
29 Comments

 

ސުމާ ބުރުގާ އަޅާލަމުން ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ ރީހަންއެވެ. ރީހަން އެތެރެއަށް ވަދެގެން އައީ ސުމާ ވަނުމަށް ދައުވަތު ދިނުމުންނެވެ. “ރީހަން…ކޮބާ އަލްކޮ؟؟؟” ދޮރު ލައްޕާލަމުން ސުމާ އަހާލިއެވެ. “އޭނާ އަދިވެސް ރެޑީވަނީ…. މިއައީ ޒިން ބަލައި އޭރަށް ވާއިރަށް.. އަލްކޮވެސް އެއީ ގެންްދެވޭވަރު ކުއްޖެއްނޫން…. މިސްކިތުގައި އޭނާގެ ސަކަރާތް މާ ގަދައީ…” ރީހަން ސޯފާގައި އިށީނދެލަމުން ބުނެލިއެވެ. “ހެހެހެ ދެން އެއީ ކުޑަކުދިންނެއްނު.. އެހެންވެސް ވާނޭ..” ސުމާ ޒިން ފަހުފަހަރަށް ރީތިކޮށްލަމުން ބުނެލިއެވެ. “ނޫނޭ… އެއީ އޭނާ އުޅޭ ގޮތް.. ޒިންވެސް މިހިރީނު.. އަހަރެން ހަމަ ގެންދާ ހިތުން ގެންދަނީ…. މާ ޝާ ﷲ… އޭނާ ވަރަށް ބަސްއަހާނެ….” ރީހަން ޒިންގެ ތައުރީފްކޮށްލިއެވެ. ސުމާއަށް ޒިންއާއި ދިމާ ބަލައިލެވުނީ ލޯބިންނެވެ. “އާނ .. ރީހަން!! އަދި މި ޒިން ބޭނުމީ ޤުރުއާން ކިޔަވާލަންށޯ މިސްކިތުގައި އިނދެގެން އެހެން ކުދިން ކިޔަވާހެން..މިތާ ހުރެގެން އެބުނީ ހުތުބާ ފެށެންވާއިރަށް ކުދިން ޤުރުއާން ކިޔަވައޯ ޒިންވެސް ބޭނުމޯ ކިޔަވަން.. އެހެންވެ އެބަ ވިސްނަން އޭނަގެ އައްމާފޮތް ގެންދަން… ރަނގަޅުވާނެތަ އެގޮތް؟؟.” ސުމާ އެހެން ބުނެލީ ޒިން ގެ ގަމިހަށް ކުޑަކޮށް ދަމާލަމުންނެވެ. “ހެހެހެ އަސްތުލަ ޒިންބޭބީ ބޭނުން ގޮތެއްނު އެހެންވީމަ ހަދަން ޖެހޭނީ… އަސްލު ތަންކޮޅެއްކުރިން ދަނީވެސް ތަން ނުލިބޭތީ އަލްކޮމެން ގޮވައިގެން ގޮސް ތަން ނުލިބިއްޖެއްޔާ ވާނެ ގޮތް އެނގޭނު ދެން އެވަގުތު މީހުން ތިބެނީ ކިޔަވަން އެހެންވެ އެހެން އެބުނީ… އަހަރެންނަށް ތިގޮތް ރަނގަޅު.. ޒިންބޭބީއަށް ކިޔަން އިނގެއެއްނު އެހެންވީމަ ހަމަ ގެންދަން ރަނގަޅުވާނެ..” ރީހަން އޭނާއަށް ފެންނަ ގޮތް ބުނެލިއެވެ. “އާނ އިނގޭނެ…. އެކަމު އަސްރު ސޫރަތާއި ހަމާލަށް އިނގޭނީ ތަރުތީބުން ކިޔަން…. ހެހެ… ދެން އެއަށްފަހު އޯކޭވާނެ ފޮތް ލައްޕާފަ އޭނާ ބައިންދާ..މިވަރު އިރުން ފަށައިގެން އެކަހަލަ ކަންކަމަށް ޝައުގުވެރިކަން ބަހައްޓަންޖެހޭނެއެއްނު ދޯ. ޒިންވެސް ބޭނުންވޭ ވިއްޔަ…” ސުމާ އެހެން ބުނެލުމަށްފަހު ކޮޓަރިއަށްވަނީ ޒިންގެ އައްމާފޮތްބަލައެވެ.

“ސުމް އަސްލު ތިކުރަނީ ވަރަށް ރަނގަޅު ކަމެއް.. ސުމްއަށް ހެޔޮ ރަހުމަތް ލައްވާށި… ސުމްގެ ދޮންތަ ވަރަށް އުފާވާނެ.. އަހަރެންނަށް ޔަޤީން އެމީހުންނަށްވެސް މިގޮތަށް ޒިންއެއް ބޮޑެއް ނުކުރެވޭނެކަން.. ޕްރައުޑް އޮފް ޔޫ… އަސްލުގަވެސް އަހަރެންގެ އަލްކޮ އާއި ޒިންއާއި އަޅާވެސް ނުކިޔޭނެ…. އެހާވެސް ތަފާތު… ވަރަށް އަހްލާގް ރަނގަޅު….” ސުމާ ދިން ފޮތުގައި ހިފާލަމުން ރީހަން އެހެން ބުނެލިއެވެ. ސުމާ ބޯޖަހާލާ ހިނިތުންވެލިއެވެ. ޒިންގެ އަވި އައިނު އަޅުވާލުމަށްފަހު ޒިންގެ ކޮލަށް ސުމާ ބޮސްދިނެވެ. ޒިން ގެ އަތުގައި ހިފައިގެން ރީހަން ހިނގައިގަތެވެ. “ބައި ބޭބީ….. ބަސްއަހަންޗޭ…” ސުމާ ދޮރު ލައްޕާލުމަށްފަހު ހިނިތުންވެވުނެވެ. ރީހަންގެ ބަސް އަޑުއިވެމުން ދިޔައެވެ. އިރާދަކުރެއްވީތީ ޒިން ބޮޑުވެގެން ވެސް ވާނީ ރަނގަޅު ދީންވެރި ކުއްޖަކަށެވެ. ސުމާ ބެލްކަނީއަށް ނިކުމެލިއެވެ. މަގުގައި ދުއްވަމުން ދިޔަ ސައިކަލުތަށް ގިނަވާންފެށިއެވެ. ކުދިންގޮވައިގެންނާއި އެކަނި ވެސް ރީތިވެގެން ފިރިހެން ދާތަން ފެނެއެވެ. ސުމާ އަށް ފުސްކޮށް ނަމަވެސް ފެނުނީ ޒިންއެވެ. އެހާ ރަނގަޅަށް ފާހަގަވީ ފެހި ކުލައިގެ ގަމިސްއިންނެވެ. ރީހާން އޭނާގެ ސައިކަލަށް އަލާން އެރުވުމަށްފަހު ރީހަންގެ ކޮއްކޮ ރިލްވާންގެ ސައިކަލުގެ ފަހަތަށް ޒިން އެރުވުމަށްފަހު ނައްޓާލިއެވެ. ސުމާ ދެން ދިޔައީ ހުކުރު ނިމިގެން ޒިން އަންނަން ވާއިރަށް މީރު އެއްޗެއް ހަދާލަންށެވެ.

———–

މާޒިން އޭނާގެ ސައިކަލަށް އަރާ ނައްޓާލިއެވެ. އޭނާ އެހެންޏާ މިސްކިތަށް ދާ މިޝްރާބް ބަދަލުކޮށްލިއެވެ. އެއަށްފަހު ދުއްވާފައި ދިޔައީ ސުމާމެންގެ ގެ ހުންނަ މަގަށެވެ. މާޒިންގެ ހިތް ތެޅެމުން ދިޔައީ އެތަކެއް ދުވަހެއްފަހުން އެ މަގުން ދުއްވާލަން ދާތީއެވެ. މީގެ ކުރިންވެސް މި މަގުން ދުއްވިއެއް ކަމަކު މިއަދު އޭނާގެ ބޭނުން އެހެން ދުވަސްތަކާ ހިލާފެވެ. އެ މަގަށް އެޅުމާއި އެކު މާޒިންއަށް މައްޗަށް ބަލައިލެވުނީ އެންމެ މަތީ ފޮލޯރ އަށެވެ. މީހަކު ނެތެވެ. ނަމަވެސް އޭނާގެ ހިތް އެދުނީ އެތާ އިނދެލުމަށެވެ. އެހެންކަމުން ސައިކަލު ޕާކްކޮށްލުމަށްފަހު ސައިކަލު މަތީ އިށީނދެއިނެވެ. އޭނާގެ ނަޒަރު ވަނީ އެ ހަތްވަނަ ފުލޯރގެ ބެލްކަންޏަށެވެ.

———–

ސުމާ އަތްދޮވުމަށްފަހު އަވަސްއަވަހަށް އަތް ހިއްކާލާ ދިޔައީ މެޝެނުގައި އެއްޗެހި ހުރިކަން ހަނދާންވެގެންނެވެ. އެއްޗެހި ވަށިގަނޑަށް އެޅުމަށްފަހު ބެލްކަންޏަށް ނުކުމެލީ އެ އެއްޗެހި ހިއްކަން އަޅުވާށެވެ. ބުރުގާ ނާޅަ ނިކުތީ ބެލްކަންޏޭ ހިތާއެވެ. އެ ފަން އިސްތަށިގަނޑު ވަޔާއި ވިހުރެން ފެށިއެވެ. ސުމާ ވަށިގަނޑު ބަހައްޓާލުމަށްފަހު ހަރުގަނޑު ނެރެލިއެވެ. އަވި ދޭ ހިސާބަށެވެ. އެއަށްފަހު އެއްޗެހި ތަށް ހިއްކަން އެޅިއެވެ. ވަށިގަނޑު ހިފައިގެން އެނބުރިލަމުން ސުމާ ރެއިލިންގ އާއި ކައިރިވެލިއެވެ. ސައިކަލްތަށް ޕާކު ކުރިތާ މީހަކު އިންހެންހީވިއެވެ. ފެހި ގަމިހެއްފެނުނެވެ. ސުމާ ރެއިލިންގައި ހިފަހައްޓައިގެން ހުރެ ތިރިއަށް ބަލަމުން ދިޔައެވެ. އޭނާވެސް ބަލަނީ މިދިމާލަށޭ ހިތަށް އެރިއެވެ. ސުމާ ހުރީ ބުރުގާނާޅާ ކަން ހަނދާންވުމާއި އެކު އަވަހަށް އަނެއްފަޅިއަށް އެނބުރުގަޑީގައި ރެއިލިންގައި އިން ދަނގަނޑުކޮޅުގައި އޭނާގެ ކެވެލިކޮޅު އަޅައިގަތެވެ. އެއަށްފަހު އެ ނައްޓާލާ ވެއްޓުނެވެ. ސުމާއަށް ވަގުތުން ތިރިބަލައިލެވުނެވެ. “ޒިން…” އޭ ވައި އަޑުން ބުނެލުމަށްފަހު ސުމާ ދުއްވައިގަތެވެ. ސުމާ އަވަސް އަވަހަށް ބުރުގާ އަޅާލުމަށްފަހު ދޮރު ހުޅުވާލި އިރު ހުރީ ދެވަރުން އެއްވަރުވެފައެވެ. ލިފްޓަށް ފިތާ ފިތާ ވެސް ލިފްޓެއް ނައެވެ. ލިފްޓް އިނީ ގުރައުންޑް ފްލޯރގާ ކަމަށްވެފައި މިގަޑީގައި މިސްކިތަށް މީހުންދާނެތީ ލިފްޓްގެ ބޭނުން ދިޔައީ ކުރެވެމުންނެވެ. އެތަށްއިރަކު އެހެން ހުރުމަށްފަހު ސުމާ ސިޑިއާއި ދިމާ ބަލާލުމަށްފަހު ސިޑިންފައިބަންފެށިއެވެ.

—-

މާޒިންއަށް އެ ފްލޯރ އިން މީހަކު ފެނުނެވެ. ފެންނަނީ ސާފްކޮށްނޫނަސް އެ ކުއްޖާ ހުރީ ބުރުގާ ނާޅާކަން އިނގުނެވެ. ކުއްލިއަކަށް އެކުއްޖާ އެނބުރިފައި ފަހަތް ބަލައިލި ވަގުތު މަގުމައްޗަށް އެއްޗެއް ވެއްޓުނެވެ. މާޒިންއަށް އެދިމާލަށް ބަލައިލެވުނެވެ. މާޒިން މަގު ހުރަސްކޮށް އެ އެތިކޮޅު ވެއްޓުނުތަން ހޯދަމުން ދިޔައެވެ. އޭނާގެ ދެލޯބޮޑުވިއެވެ. އަޅައިގެން ހުރި އަވި އައިނު ނަގާ ބަލާލީ ޔަޤީންކޮށްލާށެވެ. އެއީ އެ ކެވެލިކޮޅެވެ. މާޒިން ސުމާއަށް ދިން ކެވެލިކޮޅެވެ. މާޒިން އެ ނެގިއެވެ. އަދި އޭގައި އަތް ހާކާލިއެވެ. އެހެންވީމަ އެއީ ސުމާ ބާއެވެ؟ ސުމާ އެކަމު އުޅެނީ ބުރުގާ އަޅައިގެންނެވެ… ސުމާ ނޫންނަމަ އޭނާގެ އަތުގައި މި ކެވެލި ކޮޅު އޮތީ ކީއްވެހެއްޔެވެ؟ މީހަމަ މާޒިން ދިން ކެވެލިކޮޅުބާއެވެ؟ ނުވަތަ އެހެން މީހެއްގެ ބާއެވެ.؟ ސުމާ އަދިވެސް ލޯބިވަނީ މާޒިން ދެކެ ބާއެވެ.؟ އެއީ ސުމާހެއްޔެވެ؟ ސުމާ ސުމާ ސުމާ ސުމާ………..

މާޒިން ބޯ ފަޅައިގެން ދިޔައެވެ. އޭނާ އެތާ ހުރީ އެ ބަލައި ކުއްޖަކު ފައިބާނެ ކަމަށެވެ. ނަމަވެސް އެހެން ހުއްޓާ އިވުނީ ބަންގި ގޮވި އަޑެވެ. ހުތުބާ ފެށުމުގެ ކުރިން މާޒިން ދާންޖެހޭނެއެވެ. އެހެން ކަމުން އަވަސް އަވަހަށް ސައިކަލަށް އަރާ ދުއްވާލީ އެ ކެވެލިކޮޅު ޖީބަށް ލާފައެވެ. ސައިކަލު ގެންގޮސް ޕާކު ކޮށްލީ ސުމާމެންގެ ގެއާއި އެންމެ ކައިރި ހުރި މިސްކިތަށެވެ.

————-

ސުމާ ތިރިއަށް ފޭބިއިރު ހުރީ ވަރުބަލިވެފައެވެ. އައި ގޮތަށް އައިސް މުޅިތަން ހޯދަން ފެށިއެވެ. ކެވެލި ކޮޅެއް ނުފެނުނެވެ. ސުމާއަށް ރޮވޭގޮތްވިއެވެ. އެއީ މާޒިންގެ ފަރާތުން އޭނާއަށް ލިބުނު ހަމައެކަނި ހަދިޔާއެވެ. ސުމާ އެތަށް އިރަކު އެ ހޯދަ ހޯދަ ނުފެނުމުން ކަރު އެލުވާލައިގެން ހުރެ އެތެރެއަށް ވަނެވެ.

 

—-

މާޒިން މިސްކިތުން ފޭބިތަނާހެން ފެނުނީ ދޮރުމަތީގައި ހުރި ޒިންއެވެ. އެއީ އެކުއްޖާކަން އޭނާއަށް ޔަގީނެވެ. ޒިން ލައިގެން ހުރީވެސް މާޒިންއާއި އެއްވައްތަރު އެއްޗެއްސެވެ. އޭރު ރީހަން އަލާންއާއި ޒިންގެ އަތުގައި ހިފައިގެން މިސްކިތުގެ ދޮރުމަތީ ހުއްޓެވެ. މާޒިން އައިސް ޒިންގެ ބޮލުގައި އަތް ހާކާލިއެވެ. ޒިން އިސްއުފުލާ ބަލާލިއެވެ. “ބޭބޭ…..” ޒިން ހިނިތުންވެލަމުން ގޮވާލިއެވެ. “ހާދަ ބަސްއަހާ ކުއްޖެކޭ ދޯ… ހުކުރަށްވެސް އައީތަ..” މާޒިން ޒިން އާއި ވާހަކަދައްކަމުން ދިޔައެވެ. ރީހަން ހުރީ ކަމަކާ ކަންބޮޑުވެފައިކަން މާޒިންއަށް އޭނާގެ މޫނުމަތިންވެސް ފާހަގަވިއެވެ. “ލައްބަ.. ޒިން ކިޔެވިންވެސްމެ.. ބަލާ މިއޮތީ ޒިންގެ ފޮތް…. އައިންންން… ވީ…… ޒިންއާއި ބޭބެ އެއްކުލަ އޭ ދޯ…” ޒިންއަށް މާޒިންލާފަ ހުރި އެއްޗެހި ފާހަގަކުރެވޭއިރަށް ބުނެލެވުނެވެ. “ހެހެހެ ދޯ….” މާޒިން ހީލަމުން ބުނެލިއެވެ. “ބައްޕީ. ކިހިނެއްވެ މިތިބީ.. ކޮބާ ރިލްބެ؟؟” އަލާން ރީހަން އާއި ސުވާލުކޮށްލިއެވެ. “ރިލްބެ ތާކަށް މާ އަވަހަށް ދާން ޖެހިގެން ދިޔައީ…. ޒިން ލާފަ ދާންވާއިރަށް ލަސްވާނެތީ… ބައްޕިއަށް ދެމީހުންނެއް ނޭރުވޭނެ…އެހެންވެ މިހުންނަނީ” ރީހަން ބުނެލިއެވެ. “ބައްޕި ދާން ދާން ދާން…” އަލާން ރީހަންގެ އަތުގައި ހިފައިގެން ދަމަންފެށިއެވެ. “ހެލޯ.. އަޅުގަނޑު ގެންގޮސްދީފާނަން ޒިން…” މާޒިން ބުނެލިއެވެ. ރީހަން މާޒިންއާއި ދިމާ ބަލައިލިއެވެ. “ރީހަންބެ.. ޒިން ގޮސްދާނަން މި ބޭބެ އާއި އެކު….” ޒިންވެސް ބުނެލިއެވެ. އިތުރުގޮތެއް ނެތުމުން ރީހަންވެސް އާއެކޭ ބުނެލިއެވެ. ސުމާގެ އެކުވެރިއެއް ކަމަށް ހީކޮށެވެ. މާޒިން ޒިންގެ އަތުގައި ހިފައިގެން ގެންގޮސް އޭނާގެ ސައިކަލަށް އެރުވިއެވެ. އެއަށްފަހު ރީހަންގެ ސައިކަލު ނެރެންދެން ހުރީ އެ ސައިކަލުގެ ފަހަތުން ދާށެވެ. “ބޭބެއާއި ވެސް ވަރަށް ގުލޭ ދޯ ގްރީން..” ޒިން އޭނާގެ އައިނު އަޅާލަމުން ބުނެލިއެވެ. “ހެހެހެ…. ޒިންއާއި ވެސް އެބަ ގުޅެއެއްނު….” މާޒިން ސަައިކަލުު ފަހަތަށް ޖައްސަމުން ބުނެލިއެވެ.

“ފޮތް ގެނޭ ލައިދޭނަން ވަށިގަނޑަށް..” މާޒިން ޒިންގެ އަތުގައި އޮތް އައްމަފޮތް ނަގާ ވަށިގަނޑަށްލިއެވެ. ޒިން މާޒިންގެ ގައިގާ ހިފަހައްޓާލިއެވެ. “ބޭބެއަށް އިނގޭތަ ޒިން ބުނީ މަންމި ކައިލި ބޭބެ ގޮތަށް ސްޕައިކް ޖައްސާސޭ.. އެހެންވެ މަންމި ޖައްސައިދިނީ..” ޒިން ބުނެލިއެވެ. “ހެހެހެ އަސްލުތަ.. ޒިންއާއި ވަރަށް ގުޅެއޭ.. މިއަދު ހުސް ބޭބެގޮތަށޭ ދޯ…. ބަލާބަ އެއްކުލަކަންވެސް..” މާޒިން ސައިކަލް ސްޓާރޓްކޮށްލަމުން ބުނެލިއެވެ. ރީހަންގެ ފަހަތުން މާޒިން ދާދި ކައިރިން ދުއްވަމުން ދިޔައެވެ. “ކޮން ގެއެއްތަ؟” މާޒިން އަހާލީ މި އެންމެންގެ ތެރެއިން އޭނާއަށް ރީހަން ގެއްލި ދާނެ ދިމާ ނޭނގިދާނެތީއެވެ. ރީހަން ބުނި އެޑްރެސްއަކުން މާޒިން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނަމަވެސް މަގުމަތީ ކަމުން އަމިއްލަ ނަފްސް ހަމަޔަކަށް އެޅުވިއެވެ. “ޒިން….. ކާކުތަ އަސްލުބުނީ ގްރީން ލާށޭ…” މާޒިންއަށް އިހްތިޔާރަކާ ނުލާ އަހާލެވުނީ ސުމާގެ ހިޔާލުގައި އިންތަނާއެވެ. “މަންމި ޓޯލްޑް.. ޒިންއާއި ވަރަށް ގުލެއޯ ގްރީންކުލަ… އަދި އެނގޭތަ ބޭބެ.. ނައު ގްރީން އިޒް މައި ފޭވްރިޓް..” ޒިން އޭނާގެ ވާހަކަތަށް ދައްކަމުން ދިޔައެވެ. މާޒިން ހެމުން ހެމުން ވާހަކަ ދައްކަމުން ދިޔައެވެ.

އެގޮތުގައި ދަނިކޮށް ގެއަށް އާދެވުނެވެ. “ކޮން ފްލޯއެއްތަ އުޅެނީ މިތަނުން..” ރީހަން ކައިރި މާޒިން އަހާލިއެވެ. “6 ގަ…. ކިހިނެއްވީ؟” ރީހަން ޖަވާބު ދެމުން ސުވާލުކޮށްލިއެވެ. “ކުރިން ރައްޓެއްސަކު އުޅެނީ މިތާނގަ އެހެންވެ ދެން އަދި މިއަދު…………” މާޒިން ސުމާގެ ވާހަކަ އަހަނިކޮށް އޭނާ ހުއްޓާލަން މަޖްބޫރުވީ ވައިބްރޭޓް ވަމުން ދިޔަ އޭނާގެ ފޯނުގެ ސަބަބުންނެވެ. “ހެލޯ.. ލައްބަ މިދަނީ…. ހެހެހެ އޯކޭ.. މާއްކޮ ކައިރި ބުނެލަންޗޭ މަޑުކުރާށޭ….” މާޒިން ފޯނު ކަނޑާލި އިރު ރީހަން މެން ދަނީއޭ ބުނެލިއެވެ.. އަދި މާޒިންއަށް ޝުކުރުވެސް އަދާކުރިއެވެ. މާޒިން ޒިންއަށް ބައި ކިޔާލިއެވެ. ޒިންވެސް ބައި ކިޔާލިއެވެ. މާޒިން އޭނާގެ ސައިކަލު ދުއްވާލީ އިސްއުފުލާ 7ވަނަ ފްލޯރ އަށް ބަލާލުމަށްފަހުގައެވެ. އެކަކުވެސް އެތާކު ނެތެވެ.

ރީހަން ޒިންގެ ގެއަށް ލުމަށްފަހު އޭނާގެ ގެއަށް ދިޔައެވެ. ޒިން އައި ގޮތަށް އައިސް އޭނާއަށް އިއްޔެ ފެނުނު ބޭބެ މިއަދު މިސްކިތުން ފެނުނޭ ބުނެ ބޭބެއާއި އެކު ސައިކަލުގައި އައި ވާހަކަވެސް ބުނެލިއެވެ. ސުމާ އެހެންހޭ ބުނެލައި ވާހަކަ ހިންދާަލިއެވެ.

ޒިންގެ އެއްޗެހި ބޭލުވުމަށްފަހު އާދައިގެ އެއްޗެހި ލެއްވިއެވެ. “މަންމީ ކިހިނެއްވެ ސޭޑްވެފަ ތިހުރީ؟؟” ޒިން ސުމާގެ މޫނުމަތީ އަތްޖައްސާލަމުން ބުނެލިއެވެ. ސުމާއަށް ލުއި ހިނިތުންވުމެއް ދެވުނެވެ. އެއަށްފަހު ޒިން ގޮވައިގެން ކާ މޭޒުމަތީ އިށީނދެލީ ޒިންއަށް ކާންދިނުމަށެވެ. “ދެން ބުނެބަ މަންމީ…”ޒިން ގޮތްދޫނުކުރަންވެގެން އެހެން ބުނެލިއެވެ.

“މަންމި ބުނީމެއްނު ދޯ މަންމި ގެ ވަރަށް ގާތް ފްރެންޑެއް ދިން ކެވެލިކޮޅެއް އިންނާނޭ… މަންމި އަތުން އޭތި ތިރިއަށް ވެއްޓުނީ…. ދެން… ދެން މަންމި ދިޔަ..އިރު ނެތް.. ގެއްލުނީ…” ސުމާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަމުން އެހެން ބުނެލިއެވެ. “މަންމީ.. ޒިން ހޯދައިދޭނަން މަންމިއަށް އެއްޗެއް އިނގޭ… ދެން މަންމި ސޭޑް ނުވަންތޭ..” ސުމާ ޒިން އެހެން ބުނެލުމާއި އެކު ބޯ ޖަހާލިއެވެ. އަދި ޒިންއަށް ކާންދޭންފެށިއެވެ.

………..

“މާއްކޮ.. މާއްކޮ….” މާޒިން ގެއަށް ވަދެގެން އައިސްވެސް ގޮވަންފެށީ މާހާއަށެވެ. މާހާ ކާން އިނދެފައި ފުންމައިގެން ތެދުވެ ދޮރާއި ދިމާލަށް އައީ މާޒިންގެ އަޑުގައިވާ ނުތަވަސްކަން އޭނާއަށް ނަގައިގަނެވުމުންނެވެ. މާހާ ދެލޯބޮޑުކޮށްލަމުން މާޒިން އާއި ދިމާލަށް އައެވެ. “ކިހިނެއްވީތަ؟؟” މާހާ ހަމަ އެ ސިހުމުގައި އަހާލިއެވެ. “ބަލާ….” މާޒިން އޭނާގެ ޖީބުން ސުމާގެ ކެވެޅިކޮޅު ނަގަމުން ބުނެލިއެވެ. އޭރު ކާން އިން މަރީނާއާއި މާޒިންގެ ބައްޕަ އަދުހަމް ވެސް ދޮރުމަތީ ބަލަން ތިއްބެވެ. “އޭ ނޮޓް ނައު.. ލޭޓަރ…” މާޒިން ސިއްރުން އެހެން ބުނެލުމަށްފަހު ހަމަޖެހިލިއެވެ. އަދި ކެވެލިކޮޅު ޖީބަށް ލިއެވެ. މާހާވެސް ހަމަޖެހިލިއެވެ. “ހަހަހަ މީހަކު އަލަށް ކެއުން ދޫކޮށްލާފަ އެހެންމީހަކާއި ދިމާލަށް އެއައީ..” މާޒިން ކާ ގެއާއި ދިމާލަށް ދަމުން ބުނެލިއެވެ. މާހާ ލޯ އަޅާލަމުން މާޒިންގެ ފަހަތުން ދިޔައެވެ. އަދުހަމްއާއި މަރީނާ ހެމުން ހެމުން އެތެރެއަށްވަދެ ކެއުމާއިގެން ކުރިއަށް ދިޔައެވެ. “އަވަހަށް ޒިން އަންނަން ވާއިރަށް ކާންފެށީ އޭ ދޯ އެންމެންވެސް..” މާޒިން ބުނެލިއެވެ. “މީނދަ ކޭމާޓާ ހެދި ވާ ކަންތަކޭ…” މާޒިން ތަށްޓަށް ޕާސްތާކޮޅެއް އަޅަމުން މާހާއާއި ދިމާކޮށްލިއެވެ. މާހާ ދެންން އޭ ބުނެލިއެވެ.

ކައި ނިމުމަށްފަހު މާޒިން މާހާ ގޮވައިގެން ޓެރެހަށް ދިޔައެވެ. “ބަލާބަ…. މިއީ ޒިން ސުމްކޮއަށް ދިން ކެވެލިކޮޅެއް.. އެން މިއަދު ފެނުނީ އެ ފްލޯރ އިން މީހަކު ބަޓް ސުމްކޮ އުޅެނީ ބުރުގާ އަޅައިގެން އެތާ ހުރި މީހާ ބުރުގާ ނާޅަ ހުރީ… ސާފުކޮނެއް ނުއެއް ފެނޭ އެކަމްވެސް އިސްތަށިގަނޑު ފެނުނު… މާއްކޮ.. މި ވެދާނެތަ ސުމްކޮގެ ކަމަށް؟؟” މާޒިން ސުވާލުކޮށްލިއެވެ. މާހާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. “ޒިން.. ސީ..! އައި ނޯ އައި ޝުޑް ނޮޓް ސޭ ދިސް ބަޓް އަސްލު ޒިން އެގޭ ކައިރިއަކަށް ދާކަށް ނުޖެހޭނެ…. އައި ނޯ ހައު ޔޫ ފެލްޓް އޭރު އެކަމް ރިޝްއަށް މިއިން އެއްކަމެއްވެސް އިނގިއްޖެއްޔާ އިނގޭނު ވާނެގޮތް..ޔޫ ޝުޑް ފޯކަސް އޮން ހަރ އެން ފިއުޗަރ… މާއްކޮ ކޮންމެހެން ބޭނުމެއްނުވޭ ތިމީހުން ދޭތެރޭ އެއްވެސް ޕްރޮބްލަމް އެއް ޖެހޭކަށް.. ރިޝް މާއްކޮގެ ފްރެންޑަަކަށް ވީމައެއްނޫން.. މާއްކޮއަށް އޭނާއަށްވުރެ ޒިން މުހިންމު މިހާރުވެސް އަދި އަބަދުވެސް.. މާއްކޮ މިހެން މިބުނީވެސް ޒިންއަށް ޓަކާ.. ޔޫ ނީޑް އަ ލައިފް ނައު.. ސީ ނައު ޔޫއަރ 26… ސުމްކޮ ލޯބިވާނަމަ ޒިން ހޯދީހެއްނު.. ހަބަރެއްވިތަ؟ ނުވެއެއްނު… މާއްކޮ ބުނަން ބޭނުމީ މިހާރު ދެން ހަމައެކަނި ވިސްނާށޭ ރިޝްއާއި ދޭތެރޭ….. ނަތިންގް އެލްސް.. އެން މި ކެވެލިކޮޅު.. މި ވެދާނެ އެހެން މީހެއްގެ ކަމަށްވެސް.. ނޫނީ ހަމަ ސުމްގެ ކަމަށްވެސް. ގޯޑް ނޯސް.. ” މާހާ މާޒިންއަށް ވިސްނައިދިނެވެ. މިހާރު އޭނާ ހަމައެކަނި ވިސްނަންޖެހޭނީ ރިޝްފާއާއި މެދުގައެވެ. ރިޝްފާއާއި އެކު ފަށަން އުޅޭ އާ ދިރިއުޅުމަށެވެ. މާޒިން މާހާގެ ވާހަކަ ގަބޫލުކުރިއެވެ. އަދި އަޒުމް ކަނޑައެޅީ ރިޝްފާއާއި ވީހާވެސް އަވަހަށް ކައިވެނިކޮށް އާ ދިރިއުޅުމެއް ފެށުމެވެ.

 

-ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ…( 9 ވަނަ ބައި)

Next

ކޮންމެ ވިންދެއްގައި… (3 ވަނަ ބައި)

Next
May 19, 2016

ކޮންމެ ވިންދެއްގައި… (3 ވަނަ ބައި)

Previews
May 18, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ…( 9 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

29 Comments!

  1. Ryn says:
    May 19, 2016 at 9:40 am

    hey guys sry fr late… hwp mi prt vx rythi vaane kamah… thnkyw fr readin…. enjoy n i wil uplwd nxt prt asap… ?????

  2. Masw says:
    May 19, 2016 at 9:58 am

    Vrah varah varah reethi❤️❤️❤️❤️❤️❤️❤️

  3. hgjhgj says:
    May 19, 2016 at 9:59 am

    nice..

  4. ken? says:
    May 19, 2016 at 10:16 am

    aawwnnnnn rynx…..keetha thi kureee….i was holding my breath n thought this time they both will meet…?? adhi ingeytha kiyamun dhiyairuga image ves kurevunu zin n maazin ekeega gos suma menege door ga knock kureema suma open kuri iruga her facial expressions…..?? dn faharakun ehen nahaadhaathi ingey…? mibuny meet kuruvaaathi…ok vaane adhi kudakoh dramatic n unexpected gothakah meet veema…it ll b fun…? ahahah?? alhey dn kihineibaa dat bracelet sumaa ah libeynee…ryn plx make it happen like in an unforgettable way…? hehehe….
    btw mi vaahaka up veythw bala balaa indha hama up kohladhineema v happy…n thnkz to u 4 de lovely story ☺ ❤ ? ? ✌ ?. …waiting for next part….good luck…??

  5. laimaan says:
    May 19, 2016 at 10:53 am

    Nuuun. Edhemyhun dhimaa kuruvaba avahah. V salhi mi part vs. Kon irakun dhen aneh part. Waiting ingey

  6. Xoya says:
    May 19, 2016 at 11:11 am

    V v v v reethi mi prt vx avahah nxt prt up kohlahchey

  7. Shyher says:
    May 19, 2016 at 12:31 pm

    Varah varah varah salhi.. kyp it up rynn.. xin maahaa bunaa goii nahadhaathi.. :p sumaa hoadhan try kohbalaaa… waitin 4 nxt prt..
    luv yuh n miss yuh ryn.. ? tvvvgc… c ya soon…

  8. Sana says:
    May 19, 2016 at 1:11 pm

    Suma and mazin dhimaa vejje ehnu 1st part ga. Ehaa loabivaa iru ves 2 meehunnah neygun vakikuraakah. Dhe meehun nufennatha ves nuvey kanneyge sifa handhaan nethey haa dhuvaheh. Adhi e ves emme loabivaa meehaage. 2 meehun ulhe bodu v ekyga. So ethan ehaa hama eh nujehey. Overall koh story reethi dhen.

  9. Raina says:
    May 19, 2016 at 1:18 pm

    Alheyy haadha salhi AAA mi vaahaka…..adhivess dhigu kohllabaa varah reethi..maa sha Allah ☺☺
    Hithaama akyy ehaa kiyaa hithun huttaa nimeythy ????
    Ryn sumko akahh xinn haadha dhehcheyy..tgc ??

  10. Shyhaa says:
    May 19, 2016 at 1:36 pm

    Mi part vesss habeyxxx. nxt part kon irakunnnn
    Luv yuh n miss yuh alttt rynn…

  11. SoMeOnE says:
    May 19, 2016 at 2:22 pm

    Ryn
    Kitheh part.tha innany

  12. SoMeOnE says:
    May 19, 2016 at 2:23 pm

    Btw story hama habeysss
    One of mah fvrt author

  13. Saamidh says:
    May 19, 2016 at 3:34 pm

    Story v v nice… next part avahah up kollahchey… keep it up

  14. zoya says:
    May 19, 2016 at 4:18 pm

    story vara lobi

  15. shima says:
    May 19, 2016 at 4:38 pm

    Like always Salhi mi part Wes. ..

  16. Faxoo says:
    May 19, 2016 at 6:23 pm

    alhey varah salhi mibai ves 😀 faxu ves hyykury suma and mazin dhimaavaane kamah 🙁 but so sad. ekam adhi fahun dhima vaane dhw Ryyn 😉 God knws better 😀 mibaives vrh salhi. waiting waiting……………..

    1. Zaanaa says:
      May 20, 2016 at 7:25 pm

      Faxoo kokky kobaa story yeh nule yan tha

  17. mashy says:
    May 19, 2016 at 7:42 pm

    Vvvvvvvv nice strty ehhh…. zin nudhehcheyy ehnn meeehakahh. Sum ahh fiyavaa. Baby aky sis ge kid ehh kann angadheeee

  18. Appy says:
    May 19, 2016 at 8:08 pm

    Alheyy haadha rychey abadhu mi story ah wait kureveny

  19. kiyuntheriyaa says:
    May 19, 2016 at 11:33 pm

    ehaa reethi eh nun

    1. Kiyuntheriyaa says:
      May 22, 2016 at 1:43 pm

      Ryn, this is not me.. I promise. This is too much meehakaa nameh liefa comment kurevey vareh noon.. hama en an beynun kogen liyutheriyaa aai hadi koh vara gina faraithakun vaahaka dhakkan vany faahangakurevifa.

  20. Lily says:
    May 20, 2016 at 9:37 pm

    Hureemey inthixaaruga

    1. sjjsjsjs says:
      May 20, 2016 at 11:17 pm

      gui lily

  21. Rian says:
    May 21, 2016 at 7:33 pm

    V v v nice… please upload soon

  22. Saeedha Mohamed says:
    May 22, 2016 at 9:31 am

    Mivaahaka maa lasvanee.

  23. Kiyuntheriya says:
    May 22, 2016 at 1:59 pm

    Mi bai ves vara reethi ingey. By the way ryn this k ingey. As some others are using my name I have registered to this site. And please note that here after ill be logged in if I’m commenting. ☺

  24. Rai says:
    May 22, 2016 at 4:55 pm

    Varah salhi story..waiting for the next part.. Please upload soon ryn..

  25. Zaanaa says:
    May 22, 2016 at 6:12 pm

    Ryn haada inthizaarekay thi kuruvanee story keyaa hethun kehmadhuvefaaaaaaaaaa

  26. Stupid ? says:
    December 9, 2016 at 10:56 pm

    Nice…

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން 6←


All Right Reserved!