Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭނުންވަނީ ކަލާ (ފުރަތަމަ ބައި)

Zeek Level 1
May 21, 2016 2 Mins Read
16 Comments

“ދަރިފުޅާ… ދެންހޭލަބަ… މިހާރު އެހަތެއް ޖެހީ… މިއަދުވެސް އެހެންނޫނީ ސައިނުބޮވެ އޮފީހަށް ދާާންޖެހޭނީ…” ޒަލަފްގެ ކޮޓަރި ދޮރުގާ ޓަކިޖަހަމުން އަޒްމާ ގޮވަމުން ދިޔައެވެ. އިރުކޮޅަކުން ޒަލަފް ކޮޓަރި ދޮރުހުޅުވާލުމަށްފަހު މަންމާ މިހޭލީއޭ ބުނެ ތުވާލިނަގާ ކޮނޑަށް ލަމުން ފާހަނައަށް ވަނެވެ.

ޒަލަފްއަކީ މާހިރުއާއި އަޒްމާގެ އެންމެ ހަގުދަރިއެވެ. ޒަލަފްގެ ބޮޑަށް ހުންނަ ޒިޔާން އުޅެނީ އޮސްޓްރޭލިއާ ކުއްޖަކާ އިނދެގެން އޮސްޓްރޭލިއާގައެވެ. އެހެންވެ އަޒްމާއާއި މާހިރު ޒަލަފް ގެންގުޅެނީ ކުޑަކުއްޖެއްހެންނެވެ.

އުމުރުން ތޭވިސް އަހަރުވިޔަސް ޒަލަފްގެ ގިނަ ކަންތައްތައް ކޮށްދޭނީ އަޒްމާއެވެ. ކޮންމެދުވަކު އެއްގަޑިއަކަށް އޮފީހަށްދާން ޖެހުނަސް އަޒްމާ ގޮވަންދެން ޒަލަފް ނިދަން އޮންނާނެއެވެ. އަދި އަޒްމާ ގޮވީމަވެސް ކަންނެތްވެފަ ނުތެދުވަން އޮންނާތީ ގިނަދުވަސް ދުވަހު އޮފީހަށް ދާންޖެނީ ސައިވެސްނުބޮއެއެވެ.

އަޒްމާގެ އެދުމަށް މާލޭގައި ހުރި ދިހަބުރީގެ އިމާރާތް ކުއްޔަށް ދޫކޮށް އެކުޑަ ކުޑަ އާއިލާ ހުޅުމާލެއަށް ބަދަލުވީ ހިތްފަސޭހަ މާހައުލެއްގާ ދިރިއުޅުމުގެ ބޭނުމުގައެވެ. ނަމަވެސް ޒަލަފްއާއި މާހިރު އޮފީހަށްދާން ޖެހެނީ މާލެއަށެވެ. އެހެންކަމުން ޒަލަފްވެސް ކޮންމެ ދުވަކު ހެނދުނު ކުރިން ތައްޔާރުވެގެން ބަސް ސްޓޮޕަށް ދާންޖެހެއެވެ. ޒަލަފްއަށް މާހިރު ހުޅުމާލޭގައި ދުއްވަން ސައިކަލެއް ގަނެދޭން އުޅުމުންވެސް ޒަލަފް އެކަމާ އެއްބަސްނުވީ އޭނާދާންޖެހޭ މާގިނަ ތަންތަން ނެތުމާއެކު މާލޭގައި ދުއްވާނެ ސައިކަލެއް ހުންނާތިއެވެ.

“ދަރިފުޅާ… އަޔާނީ… މަންމައަށް ފެންތަށްޓެއް ގެނެސް ދީބަ” ލޯގަނޑު ކައިރީ ރީތިވާންހުރި އަޔާނީއަށް އޭނާގެ މަންމަގެ އަޑުއިވުމާއެކު މަންމައަށް ފެންތަށްޓެއް ގެނެސްދިނެވެ. އޮފީހަށްދާން ލަސްވާތީ އުޅުނަސް އަޔާނީއަށް އޭނާގެ މަންމަގެ ކަންތައްތައް މާމުހިންމެވެ. ވާނީވެސް އެހެންތާއެވެ. ބޯޓު ދަތުރުކުރަންގޮސް އުޅެނިކޮށް ބައްޕަ ނިޔާވިފަހުން އަޔާނީއަށް ކިޔަވާދީ އަޔާނީގެ ހުރިހާކަމެއް ބެލެހެއްޓީ އެމަންމަ އެކަނިމާ އެކަންޏެވެ. ގޭގޭގައި މަސައްކަތް ކޮށްގެން ރައްޓެއްސެއްގެ ގެއިން ކުޑަ ކޮޓަރިއެއްގައި ހުރެވެސް އަޔާނީގެ މަންމަގެ ބުރަ މަސައްކަތުން މިއަދު އަޔާނީ އެވަނީ ބިޒްނަސް ދާއިރާއިން ޑިޕްލޮމާއެއް ފުރިހަމަކޮށް ރަނގަޅު ވަޒީފާއެއް ހޯދާފައެވެ. ނަމަވެސް މާލޭގައި ދިރިއުޅުނު ކުޑަ ކޮޓަރި ހުސްކުރަން އެންގުމުން މިހާރު އަޔާނީއާއި އާނާގެ މަންމަ ދިރިއުޅެމުންދަނީ ހަތަރުހާސް ރުފިޔާދީގެން ހުޅުމާލެއިން ކުއްޔައް ނެގި ކުޑަ ކޮޓަރިއެއްގައެވެ.

ސައިބޮއެނިމުމާއެކު ދުވަމުން ދުވަމުން ޒަލަފްގެއިން ނިކުތީ ބަސް ސްޓޮޕްއަށް ބަސް އައުމުގެ ކުރިން ދެވޭތޯއެވެ. ނަމަވެސް ޒަލަފްއަށް ދެވުނީ ބަސްނައްޓާލަން އުޅެނިކޮށެވެ.

އަވަހަށް ބަހަށް އަރާއިށީންނަން ބަލާލިތަނާ ޒަލަފްއަށް ފެނުނީ ކުރިމަތީ އިންގޮނޑީގައި އިން އަންހެން ކުއްޖެކެވެ. އެކުއްޖާފެނިފާ ޒަލަފްއަށް އިތުރަށް އެހެންދިމާލަކަށްވެސް ބަލާވެސް ނުލެވުނެވެ. އެދޮންއަންހެންކުއްޖާގެ މޫނަށް ކަޅިޖަހާނުލާ ބަލަން ހުއްޓާ ޒަލަފްއާ ދިމާލަށް އެއަންހެން ކުއްޖާބަލާލިއެވެ. އެވަގުތު ޒަލަފްގެ މެއަށްހީވީ އެތައަހާސް ތިރެއް އެއްފަހަރާ ހަރާލިހެނެވެ. ނަމަވެސް އެއަންހެން ކުއްޖާބަލާލީ ކީއްވެކަން ޒަލަފްއަށްއެނގުނީ މާފަހުންނެވެ. ހަގީގަތުގައި ޒަލަފްއަށް ހުރެވުނީ ފެރީޓާމިނަލްއަށް ބަސްހުއްޓުނު އިރުވެސް ނޭނގިފައެވެ. ގަތްލަދުން އެކުއްޖާ ފޭބުމަށް ތަންކޮޅެއް ދައްކާލުމަށްފަހު ޒަލަފް ގަޑިއަށް ބަލާލިއެވެ.އެވަގުތު ފައިގާ އެއްޗެއް ޖެހުނުހެން ހީވެގެން ޒަލަފްއަށް ތިރިޔަށް ބަލާލެވުނެވެ. ޒަލަފްގެ ފަޔާދިމާލަށް ބަލާލިއިރު  ވެއްޓިފަ އޮތީ އޭފޯސައިޒްގެ ސިޓީއުރައެކެވެ. ކާކުއަތުން ވެއްޓުނު އެއްޗެއްތޯ ބަލާލިއިރު ފެނުނީ ބަހުން ޒަލަފްއަށް ފެނުނުއަންހެން ކުއްޖާއަތުގާ އޮތްފައިލެވެ. އިތުރުމީހެއް އަތުން އެކަހަލަ އެއްޗެއް އޮތްތޯ ޒަލަފް ބަލާލިއެވެ. ނަމަވެސް ފައިލެއް ނޫނީ ފޮތެއް ހިފައިގެން މީހަކު ހުރި ތަނެއް ނުފެނުނެވެ. އެހެންވީމާ އެ ސިޓީއުރައަކީ އެއަންހެން ކުއްޖާގެ އެއްޗެއް ކަމަށް ނިންމާ އެ ހަވާލު ކުރަން ވެގެން ޒަލަފް ބަލާލި ވަގުތު އެއަންހެން ކުއްޖާއެއް ނުފެނުނެވެ. ދެން ލަސްވާތީ ފެރީޓާމިނަލް ތެރެއަށް ކުޑަކޮށް ބަލާލުމަށްފަހު އަވަހަށް މާލެދެވޭތޯ ޒަލަފް އުޅުނެވެ.

ފެރީއަށް އަރާ ހަމަޖެހިލެވުމުން ޒަލަފް އެސިޓީއުރައަށް ބަލާލިއެވެ. އެވަގުތު ޒަލަފްއަށް އެސިޓީއުރައިގެ ބޭރުގާ ފަންސުރުން ޖަހާލާފައިވާ ނަން ފެނުނެވެ. “އަޔާނީ”.. އެނަން ކިޔާލުމަށްފަހު ޒަލަފްގެ ތުންފަތް މައްޗައް ފަނޑު ހިނިތުންވުމެއްވެރި ވިއެވެ.

Share Article

Follow Me Written By

Zeek

Level 1

Other Articles

Previous

ޤުރުބާންވުމީ މިހިތުގެ އުފާ 20 ވަނަ ބައި

Next

ވާނޭހެ ދުނިޔޭގާ (3)

Next
May 21, 2016

ވާނޭހެ ދުނިޔޭގާ (3)

Previews
May 20, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 20 ވަނަ ބައި

16 Comments!

  1. Kudu says:
    May 21, 2016 at 1:14 am

    V nice vaanehen hyvey mivaahaka .. nxt prt vx avahah up kohlahchey..

  2. Rifa says:
    May 21, 2016 at 2:58 am

    Woww this trailer is amazing. Keep up the good work. Plzz update soon and regularly. I believe that this will be a very good story. Much love ?

  3. pinky says:
    May 21, 2016 at 6:58 am

    Zeek. Haadha molhey mi str v v v v salhi nxt prt avahah up kollachea

  4. Ushaa says:
    May 21, 2016 at 7:10 am

    Masha allh. Trailer vrh salhi.. Stwriivx miah vure reethi vaane kamah unmeedhu kuran… Gud luck…

  5. Ushaa says:
    May 21, 2016 at 7:11 am

    *Allah*

  6. mal says:
    May 21, 2016 at 9:31 am

    Mii story varah salhii…
    Nxt part up kohla dhiny aa rangalhii avahahhah…

  7. zoya says:
    May 21, 2016 at 9:55 am

    Mi Story vara reethi
    Next part waiting

  8. Nuzzi says:
    May 21, 2016 at 10:47 am

    vrh reethi vaane hen heevey

  9. ny says:
    May 21, 2016 at 12:18 pm

    Haada kurey. ……bt heevany reethi vaanehen. ………?

  10. Umey says:
    May 21, 2016 at 5:55 pm

    Mi trailer ehtha…. Nuny vaahaka feshifatha miothy

  11. mishu says:
    May 21, 2016 at 8:22 pm

    ok dhen. but sifakurun ehaa kamaku nudhey. vaahkaige sifakurun reethi v ma vaahaka furihama vaani. mi furathama bai tha nooni hama liyelaafa tha? vara kuru.

  12. Lotus says:
    May 21, 2016 at 9:13 pm

    Vrh reethi mi episode. .?????

  13. Zeek says:
    May 21, 2016 at 10:39 pm

    Vaahka miothy feshifa.. but zeek ge first story veema mistakes ves hunnaane.. thank you all for the ideas and comments.. your ideas can make me a better writer.. insha allah… i will upload next part as soon as possible.. adhi try kuraanan thankolheh dhigukoh genesdheveytho..?

    1. Ok ok says:
      June 16, 2016 at 1:18 am

      Kuriyah nudhanytha??

  14. laika says:
    May 23, 2016 at 1:36 am

    Varah reethi mi baives. Heekuran kuriyah huri baithah ves reethi vaane kamah??

  15. Suma says:
    February 17, 2018 at 9:19 am

    …………Nicely written story

Comments are closed.



All Right Reserved!