Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބޭވަފާތެރި ނުވަމޭ ޔާރާއޭ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ.. ( 10 ވަނަ ބައި)

Ushaa Level 310 Stories500 Comments100 Comments
May 20, 2016 5 Mins Read
27 Comments

ލައިޝަމްއާއި ދިމާލަށް ބަލައިލާ ނިދާފައި އޮތުމުން ނަޝާޔާ ނިކުމެގެން ދިޔައެވެ. އޭރުވެސް އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ބޮނޑިވެއްޖެއެވެ. ސާއިމްއާއި އެންމެ ފުރަތަމަ ދިމާވި ދުވަހުއްސުރެ  އޭނާގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެހިތް އާދޔާ ހިލާފަށް ތެޅެނީ ކީއްވެ ހެއްޔެވެ. އުމުރުން 24 އަހަރު ވީއިރު މިފަދަ އިހްސާސެއް އޭނާޔަކަށް ނުކުރެވެއެވެ.  ހަމަ މިހެން ހިތަށް އެރުމާއިއެކު ނަޝާޔާއަށް ހަނދާންވީ އޭނާގެ ފޯނުގައި ޗާރޖު ނެތް ކަމެވެ. އަދި އަނެއްކާވެސް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. އޭރު ސާއިމް އުޅެނީ ރީތިވެލައި ސެންޓް ޖަހައި ހަދާ ލައިގެން ނިކުންނަންށެވެ. ސާއިމްގެ ގަޔަށް ޖެހި ޕާފުއިމްގެ ވަސް އޭނާގެ ނޭފަތުގައި ހަރުލައިފިއެވެ.

” އަނެއްކާ މިހާރު ކީއްކުރަން މިކޮޓަރިޔަށް؟” ލޯގަނޑު ކުރިމަތީ ހުރި ސާއިމްއަށް ދޮރު ކައިރީ ހުރި ނަޝާޔާ ފެނިފައި އަހައިލެވުނެވެ.

” ތި ސުވާލު އަހަރެންނަށްވެސް ކުރެވިދާނެ ކަންނޭނގެ؟ ” ފޯނު ޗާޖަށް ޖަހަމުން ނަޝާޔާވެސް ކޮށްލީ ހަމަ އެސުވާލެވެ.

” އަހަރެން ފޯނު ޗާރޖަށް ޖަހަންވެގެން. ސާއިމް ކީއްކުރަނީ މިކޮޓަރީގަ. ސާއިމްއާ އުނޫއާ ދެމީހުންނަށްވެސް ކޮޓަރިއެއް ދިނެއްނު.” ލުއި ހިނިތުން ވުމަކާއިއެކު ނަޝާޔާ އަނެއްކާވެސް އަހައިލިއެވެ.

” މިކޮޓަރި ފިޔަވާ ހުރިހާ ކޮޓަރިއެއްވެސް ތަންޑު ލާފަ ތަޅުދަނޑި ހިފާގެން އެލާމިއުވެސް އެއުޅެނީ. ލައި އޮތީމަ މިކޮތަރިވެސް ހުޅުވާފަ މިހުރީ. ނަސީބެއް ފޮށިތައް މިކޮޓަރީގަ ހުރިކަން. އަހަރެން އައީ އެއްޗެއް ގަޔަށް ސީ ލައިގެން ފެންވަރާލަން.” ހިނިތުންވުމެއްވެސް ނުދީ މިހެން ބުނެލަމުން ސާއިމް ނިކުމެއްޖެއެވެ. ނަޝާޔާއިމެދު އެހައި ފަރުވާ ކުޑަކޮށް ކަންތައް ކުރުމުން އޭނާގެ ހިތް ރިއްސާލީ ކީއްވެކަމެއްވެސް އޭނާޔަކަށް ނޭނގެއެވެ.

އެދުވަހުގައި އެކީހެން ނަޝާޔާއަށް ބެލެމުން ދިޔައީ ސާއިމްއާއި ދިމާލަށްށެވެ. ކީއްވެކަމެއް ނޭނގެއެވެ. އެއްވެސް އިހްތިޔާރަކާއި ނުލާ އޭނާގެ ދެލޯ ސާއިމްއާއި ދިމާލަށް ދަތުރުކުރަނީއެވެ. ސާއިމްގެ ލޮލަކީ ދަގަށްފާނު ބާރެއްފަދަ ދެލޮލެކެވެ. ނޫނެކެވެ. އޭނާ ސާއިމްއާއި ދިމާލަށް ބަލައިގެންނުވާނެއެވެ. އޭނާއަކީ އުނޫޝްގެ ހައްގެކެވެ. އެހެން މީހަކާއި ދިމާލަށް ބެލުމަކީ އޭނާޔަށް ހުއްދަ ކަމެއް ނޫނެވެ.

ރޭގަނޑުގެ ވަގުތެވެ. އޭރު މެންދަންވެ 2 ޖަހައިފިއެވެ. މުޅި ދުވަސް މަޖަލާއި ސަކަރާތުގައި ހޭދަ ކޮށްލާފައި ހުރިހާ އެންމެންވެސް އެމީހެއްގެ ކޮޓަރިޔަކަށް ވެރިވެ ގަތެވެ.

އީނާޝްވެސް ކޮޓަރިއަށް ވަދެ ފާހަނަޔަށް ވަނީ ހެދުން ބަދަލު ކޮށްލާ ހަދާ ލާންށެވެ. އޭރު އަދި ނަޝާޔާއެއް ނާދެއެވެ. އީނާޝް ފާހަނައިން ނިކުތް އިރު ދެފައި ދަމާލައިގެން ފޯނާއި ކުޅެލަ ކުޅެލާ ނަޝާޔާ އޮތެވެ. އީނާޝްވެސް ނަޝާޔާ ކައިރީ އެނދުގައި އޮށޯވެލިއެވެ.

” އީނޫ ބަލާބަ މިޔޮއް ކަމެއް.” ލޯމަރައިގެން އޮތް އީނާޝް ސިހިގެން ދިޔައީ ނަޝާޔާގެ އަޑަށްށެވެ. އަދި ނަޝާޔާއާއި ކައިރިވެލާ ބަންޑުން އޮށޯއްވެލިއެވެ.

” ކިހިނެއްވީ؟” އީނާޝްއަށް އަހައިލެވުނެވެ.

” ބަލާބަ.” ފޯނު ދިއްކޮށްލަމުން ނަޝާޔާ ބުންޏެވެ. ފޯނުން ފެންނަމުން ދިޔަ މަންޒަރުތަކުން އީނާޝްގެ ހިތް ކުދިކުދި ކޮށްލި ފަދައެވެ. ފޯނުގައި ހުރީ ހުސް ނަޝާޔާއާއި އުނޫޝް ގައިގޯޅިވެގެން ނަގާފައިވާ ފޮޓޯތަކެވެ. ބަލާލާއިރު ހީވަނީ ދެމަފިރިން ހެންނެވެ. ވަރަށް ރީއްޗޭ ބުނަމުން އީނާޝް ނަޝާޔާއަތަށް ފޯނު ދިއްކޮށްލިއެވެ. ނަމަވެސް އަނެއްކާވެސް “އަދި އެބަ ހުއްޓޭ” ކިޔައި ނަޝާޔާ ފޯނު ދިއްކޮށްލިއެވެ. ދެން ދެއްކީ ހުސް އެދެމީހުން ކޮށްފައިވާ ލޯބީގެ މެސެޖް ތަކެވެ. އީނާޝްގެ ލޮލުން ކަރުނަތަށް އޭގެ މަގާމް ދޫކޮށް ފައިބާ ގަތެވެ.

ހަމައެވަގުތުގައި ފޯނަށް މެސެޖެއް އައެވެ.

” ބޭބީ ނިކުމެބަ ޕްލީޒް. ނުނިދެގެން މިއުޅެނީ. ” އެމެސެޖް ކިޔައިލިއިރު ނާޝްގެ ލޮލުން ކަރުނަ ނުހިކެއެވެ. އޭނާ އަތުގެ ނުފުށުން ކަރުނަތަށް ފުހެލާފައި ނަޝާޔާ އަތަށް ފޯނު ދިނީ މެސެޖެއް އައިއްސިއޭ ބުނަމުންނެވެ. އޭރު އީނާޝް ރޮއްވައި ރޮއްވައި ނަޝާޔާގެ ހިތް ފުރެއްޖިއެވެ. އީނާޝް ރޮއްވައިގެން އޭނަޔަށް ލިބެނީ ކޮން ފައިދާ އެއް ހެއްޔެވެ؟

” އަޅެ! އުނޫ ކިހާ ސްވީޓްތަ؟ ބަލާބަ. އަހަރެންގެ މޫނު ނުފެންނަނީސް ނުވެސް ނިދޭ. ހީ ލަވްސް މީ އަ ލޮޓް. ޓްރޫ ލަވްސް ނެވާ ސިމްޕްލީ އެންޑްސް. ” ހުވަފެނެއް ދެކޭ ފަދައިން ނަޝާޔާ ބުނަމުން ދިޔައެވެ.” އަންނާނަން އުނޫ ކައިރިއަށް ގޮސްލާފަ. އީނާޝް ނިދާލާ އިނގޭ. ގުޑް ނައިޓް.” މިހެން ބުނަމުން ނަޝާޔާ ނިކުމެގެން ގޮއްސިއެވެ. އީނާޝްއަކަށް ކެތެއް ނުކުރެވުނެވެ. އަދި ވަގުވަގުން ނަޝާޔާ ފަހަތުން ނިކުންނަން ފެށިއެވެ.

އޭނާޔަށް މާ އާދަޔާ ހިލާފް ކަމެއް ނުފެނެއެވެ. ފެނުނީ ހަމަ އެހެން ފަހަރުފަހުރެކޭވެސް އެއްގޮތަށް ނަޝާޔާއާއި އުނޫޝް ބައްދާލާ ހެދިތަނެވެ. ނަމަވެސް އެއިން ކޮންމެ އަމަލެއްވެސް ދިޔައީ އޭނާގެ ހިތަށް އެތައް ޒަހަމްތަކެއް ދެމުންނެވެ. އެހުރިހާކަމެއްވެސް އެހެން މީހަކަށް ހިއްސާ ނުކޮށްފިނަމަ އެހިތަށް ފިނިކަމެއް ނުލިބޭނެކަން އެނގުމާއިއެކު އީނާޝް ސާއިމްއަށް ގުޅައިލިއެވެ. ފަހުމާޔަށް ލައިޝަމްއާއި ލާމިއު ދޫކޮށްފައި އަންނަން އުނދަގޫ ވެދާނެކަން އެނގޭތީއެވެ.

” ވަޓް؟ ނަޝާޔާ އެހާ ހަޔާތް ކުޑަ ވީތަ؟ އަމިއްޔައަށް އަމިއްލަ މީހާ ފެނިފަ އެހުންނަނީ. އުނޫޝް އެހެން މީހުންގެ އަތުން ފެލާލާފަވެސް ހިތްހަމައެއް ނުޖެހޭ. އެވަރަށް ދޮގު ހަދާފަވެސް ހިތްހަމައެއް ނުޖެހޭދޯ. އައި ޕްރޮމިޒް އޭނަ އަހަރެންގެ އަތުގަ ޖެހިއްޖެއްޔާ ހަން ނޮޅާލާނަން.  ” އީނާޝް ހުރިހާ ވާހަކައެއް ކިޔައިދިނުމާއިއެކު ރުޅި އައިސްގެން ގޮސް ދަތްކުޑި ވިކާލައިގެން ހުރެ ސާއިމް ބުނަމުން ދިޔައެވެ. އޭނާޔަށް ވާހަކަވެސް ދެއްކެމުން ދިޔައީ އެންމެ ރީތި ބަހަކުން ނޫނެވެ. އީނާޝް އެވަރަށް ރޮއްވާފައެއް ނަޝާޔާއަކަށް އުފަލަކު ނޫޅެވޭނެއެވެ.

” ނޫން ސާއިމް. ތިކަހަލަ އެއްޗެހި ނުކިޔާ. އެމީހަކު ބުނި ބަހެއް އެމީހަކަށް. ބަދު ދުއާ ނުކުރޭ. އަހަންނަށްޓަކާ. ނަޝާ ދޮންތަޔާ ދިމާލަށް އެކައްޗެކޭވެސް ނުބުނަށްޗޭ. އަހަރެން މިހާރު ބޭނުމެއް ނޫން އުނޫޝްގެ ވާހަކަ ދައްކަކަށްވެސް. ނަޝާ ދޮންތަޔާ އުނޫއާ އެކިގަ އުޅެން ދޫކޮށްލާ. އެދެމީހުން އެކެއް އަނެކެއް ދެކެ ވަރަށް ލޯބިވޭ. އަހަރެމެން އެދޭތެރެޔަށް ނުވަނީމަ އެނިމުނީނު. އަހަރެން ބޭނުން އުނޫ މަތިން ހަނދާން ނައްތާލާފަ ސާއިމްއާއެކު އުޅެން.” ގިސްލަމުން އީނާޝްއަށް ވާހަކަ ދައްކަންވެސް އުނދަގުލެވެ.

” އޯކޭ. މިފަހަރު އީނޫއަށްޓަކާ އަހަރެން މަޑުން ހުރެ ދާނަން. އެކަމް ދެން ފަހަރަކު މިހެން ކަންތައް ކޮށްފިއްޔާ ނަޝާޔާއަށް ހެދޭ ނުހެދޭ ގޮތެއްވެސް ނޭނގޭނެ.” ސާއިމް މިހެން ބުނީ ރުޅި މައިތިރިކުރަމުންނެވެ. ހަގީގަތުގައި އީނާޝްގެ ކުރިމަތީގައި ރުޅި އަންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ރުޅި އާދެވުނީވެސް އީނާޝްދެކެ އޭނާޔަށް ވެވޭ ލޯއްބެއްގެ ސަބަބުންނެވެ.

ކުރިޔަށް އޮތް ދެދުވަސްވެސް ދިޔައީ އެފަދަ ގޮތަކަށްށެވެ. ތަފާތަކީ ސާއިމް ނަޝާޔާއަށްޓަކައި އުފަންކޮށްފައިވާ ރުޅިއެވެ. އަދި ނަޝާޔާގެ ހިތުގައި ސާއިމްއަށްޓަކައި އުފަންވަމުންދިޔަ ލޯއްބެވެ. އެލޯބި ދިޔައީ ނަޝާޔާއަށް އަންގާވެސް ނުލާ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ސާއިމްދެކެ ލޯބިވެވޭ ސަބަބެއްވެސް އޭނާޔަކަށް ނޭނގެއެވެ.

ފުރަން އޮތް ދުވަސް އައިއްސިއެވެ. ހުރިހާ އެންމެންވެސް ބޭނުންވީ ރަށަށް ދިއުމުގެ ކުރިން އެންމެ ފަހު ފަހަރަށް ނަމަވެސް މޫދަށް އެރިލާންށެވެ. ނަމަވެސް ނަޝާޔާއެއް މޫދަށް އެރޭކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވީ ދުނިޔޭން އެންމެ ފުރަތަމަ ފަހަރަށް އަމިއްލަ ހަޔާތާއިމެދު ވިސްނާލާންށެވެ. ކުރެވުނު ފާފަތަކާއި ކުރެވުނު އަޅުކަންތަކަށް ވިސްނާލާންށެވެ. ސާއިމްގެ ރުޅި އޭނާޔަށް މިހުރިހާ ކަމަކާއިމެދު ވިސްނުމަށް މަޖްބޫރު ކުރުވައިފިއެވެ. ދޯބައްޓާ ހެދުމެއްގައި އޭނާ އިންއިރު މިއީ ހަޔާތުންވެސް އޭނާގެ މޫނުމަތިން މައުސޫމްކަން ފާޅު ވި ފުރަތަމަ ފަހަރެވެ. ލުއި މޭކަޕާއި ދޯބައްޓާ ހެދުން އޭނާޔަށް ވަރަށް ގުޅެއެވެ.

****

މޫދުގައި ތިބި އެންމެން މަޖާ ކުރަމުން ދިޔައެވެ. ފަހުމާމެންގެ ދެމަފިރިން އެމީހުންގެ ކުއްޖާ ގޮވައިގެން މަޖާ ނަގަމުން ދިޔައިރު އީނާޝްއާއި ސާއިމްވެސް ކަކޫތާ ފެނުގައި ކޮންމެސް އެއްޗެކޭ ކިޔައި މަޖާ ކުރަމުން ދިޔައެވެ. އަދި މިހައި އަވަހަށް ފުނަށް ދާކަށް އީނާޝް ބޭނުމެއް ނުވިއެވެ. އުނޫޝް ހުރީ ނުތަނަވަސްވެފައެވެ. ނަޝާޔާ ނެތީމައެއް ނޫނެވެ. އީނާޝް ސާއިމްއާއިއެކު އުޅޭތަން އަމިއްލަ ދެލޯ ކުރިމަތިން ބަލަން ޖެހޭތީއެވެ. އޭނާ ފެނުމަތީގައި އުއްޑުން އޮށޯއްވެލީ ގައިގެ ވަރު ދޫކޮށްގެންނެވެ. އަދި ދެލޯ މަރާލުމާއިއެކު ފެންނަމުން ދިޔަ އޭނާގެ ނާޝްގެ ހިނިތުންވުމަށް ގެއްލިފައި އޮވެވުނީއެވެ. ނާޝްއެވެ. ތިއުޅެނި ކޮންތާކު ހެއްޔެވެ؟ އަހަރެން އެކަނި ކޮށްފާ ދިޔައީ ކޮންތާކަށް ކީއްކުރަން ހެއްޔެވެ؟ އަވަހަށް އަހަރެން ކައިރިއަށް އަންނާށެވެ. ނާޝްއާއި ނުލާ އަހަރެން އުޅޭ ގޮތް އެނގޭ ހެއްޔެވެ؟ އެންމެ ފަހުން ލައިބްރަރީ ތެރެއިން ނާޝްއޭ ކިޔައި ދައުވާ ކުރީ އެހެން މީހެއް ދޯއެވެ. އަހަރެން ލޯ ހުޅުވާލުމުން ފެންނަނީ ނާޝްއެއް ނޫން ދޯއެވެ. އޭނާ ދެލޯމަރާލައިގެން އޮތް އިރު ހީވަނީ ލޯ ނުހުޅުވަން ހުވާ ކޮށްގެން އޮތްހެންނެވެ. ލޯ ހުޅުވާލުމާއިއެކު ފެންނަނީ އޭނާގެ އަސްލު ނާޝް އެއް ނޫނޭ އެހިތް ބުނާތީއެވެ.

އީނާޝް އާއިއެކު އުޅެފައި ސާއިމް ގެއްލިއްޖެއެވެ. ދިޔަ ތަނެއް ނޭނގުނެވެ. އީނާޝް ފޫހިވެގެން ގޮސް އަނެއް ފުށަށް އެނބުރެލި ހިދު ޖެހުނު ބާރު ވައިރޯޅިއަކާއިއެކު އޭނާގެ ބޮލުގައި އިން ބުރުގާ އުދުއްސައިގަތެވެ. އެހައި ފަސޭހައިން ބުރުގާ ބޮލުން ލުހިގެން ދިޔައީ އޭރުގައި އަދި ބުރުގާ ނެތެމޭތީއެވެ. އީނާޝްއަށް މިޔޮއް ހުރިހާ އިރު ހުރެވުނީ ހަމައެކަނި ކަކޫ ތެއްމައިގެން ކަމުން އޭނާގެ ކަުލުން މައްޗެއް އަދިއެއް ނުތެމެއެވެ. އީނާޝް ބަލަބަލާ ހުއްޓާ މާ ދުރަށް ބުރުގާ ގޮއްސިއެވެ. އެހީއަކަށް އެދި  ފަހުމާޔަށް ގޮވަން އުޅުނުއިރަށް ފަހުމާގެ ކައިރީގައި ހުރި ލާމިއު ފެނިފައި ލަދުގަތެވެ. އެއްވެސް ހިލޭ ފިރިހެނަކަށް އޭނާގެ އައުރަ ދައްކާކަށް އީނާޝް ބޭނުމެއް ނޫނެވެ. އީނާޝް ގޮސް ދުރުގައި އޮތް ދޯނީގެ އަނެއް ފުށަށްގޮސް ނިވާވެލިއެވެ.

****

ހަމަ އެވައިރޯޅިއާއިއެކު އެރަށުގެ އެއްގަމުގައި ގާގަނޑެއްގެ މަތީގައި އިން ނަޝާޔާގެ ކަރުގައި އޮޅާލެވިފައިވާ ދޯބައްޓާވެސް އުދުހިގެން ކަހަލަ ގޮތަކަށް ދިޔައެވެ. އެ ދޯބައްޓާ ވެއްޓުނީ އެއްގަމަށް އަރަމުން ދިޔަ ސާއިމްގެ މޫނަށްށެވެ.

***

މޫދުގައި މިނިވަންކަމާއިއެކު އޮށޯއްވެލައިގެން އޮތް އުނޫޝްގެ މޫނު މައްޗަށް ފޮތި ކޮޅެއްފަދަ މަޑު އެއްޗެއް ވެއްޓުނެވެ. އޭނާ ތެދުވެލައި އެފޮތިކޮޅު ނަގައި ކޯއްޗެއްތޯ ބަލައިލިއެވެ. އެއީ ދެވަނަ އެހެން އެއްޗެއް ނޫނެވެ. އީނާޝްގެ ބުރުގަލެވެ. އޭނާޔަށް އީނާޝް ފެނޭތޯ މުޅި ސަރަހައްދު ވަށައި ހޯދަން ފެށުނެވެ. އޭރު ދޯންޏާއި ނިވާވެގެން ހުރި ނާޝްގެ އަތް އުނޫޝްއަށް ފެނުނެވެ. އަދި އަވަސް ވެގަތީ އީނާޝް އަތަށް ބުރުގާ ދިނުމަށްށެވެ. ބުރުގަލާއި ނުލާ ނާޝް އުޅޭނެ ގޮތެއްވެސް ނޭނގެއެވެ.

****

މޫނަށް ވެއްޓުނު ދޯބައްޓާ ދުރުކޮށްލަމުން އެއީ ކޯއްޗެއްތޯ ސާއިމްއަށް ބަލައިލެވުނެވެ. އެއީ ކާގެ ދޯބައްޓާއެއް ކަމެއް އޭނާޔަކަށް ނޭނގުނެވެ. ނަމަވެސް އެއްގަމުގައި ގާ މަތީގައި އިން ނަޝާޔާ ފެނުމުން އެއީ އޭނާ އަޅައިގެން ހުރި ދޯބައްޓާކަން ނަގައިގަނެވުނެވެ.

އިސްޖަހާލައިގެން ހުރި ނަޝާޔާއާއި ދިމާލަށް ސާއިމް ކަރުކެހިލިއެވެ. ނަޝާޔާގެ ނަމުން ގޮވަން އޭނާ ބޭނުމެއް ނޫނެވެ. އީނާޝްއާއިމެދު ނަޝާޔާ ކަންތައް ކުރިގޮތެއް އޭނާއެއް ހަނދާނެއް ނުނެތޭނެއެވެ.

ނަޝާޔާ އިސްއުފުލާ ބަލައިލިއެވެ. އަދި ސާއިމްގެ އަތުގައި އޮތް ދޯބައްޓާގައި ހިފާލައި ” ތެންކް ޔޫ” އޭ ބުންޏެވެ.

” އަމިއްލަޔަށް ދޯބައްޓާ އަޅައިގެން ނުގެން ގުޅެވެންޏާ ނާޅާނީ. ” މޫނު ހަދައިގެން ހުރެ ސާއިމް ބުންޏެވެ.

” ތިގޮތަށް އަބަދު ދޯބައްޓާ ހިފައިގެން އަންނަންޔާ މައްސަޔަކީ ކޮބާ.” ބޭއިހްތިޔާރުގައި ނަޝާޔާއަށް ބުނެވުނެވެ. އެއީ އޭނާ ބުނި އެއްޗެއް ނޫނެވެ. އޭނާގެ ހިތް ބުނި އެއްޗެކެވެ.

” ކީކޭ؟” ސާއިމްއަށް ވެސް އަހައިލެވުނެވެ. ނަޝާޔާ ބުނަން އުޅުނު އެއްޗެއް މާރަނގަޅަށް ދޭހަ ނުވުމުންނެވެ.

” އައި މީން ދޯބައްޓާ ގެނެސްދިން ކަމަށްޓަކާއި ތެންކް ޔޫ އޭ.” ވާހަކަ އޮޅޫވައިލަމުން ނަޝާޔާ ބުންޏެވެ. ސާއިމް އެންމެ ހިނދުކޮޅަކުވެސް މަޑު ނުކޮށް އެތަނުން ގޮއްސިއެވެ.

****

އުނޫޝް ގޮސް ނާޝް ނިވާވެގެން ހުރި ދޯނީގެ އަނެއްފުށުގައި މަޑުކޮށްލިއެވެ.  އޭނާ އަނެއްފުށަށް ގޮސް ފިނަމަ ނާޝްއެއް ހިތްހަމައެއް ނުޖެހޭނެއެވެ. އަނެއްކޮޅުން ހައްގަކާއިނުލާ އަންހެން ކުއްޖެއް ލަދު ގަންނުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ.

” ނާޝް”

އުނޫޝްގެ ދުލުން ބޭރުވި މިލަފްޒުވެގެން ދިޔައީ ނާޝްއަށް ގަބޫލް ކުރަން ދަތި ލަފްޒަކަށްށެވެ.  ހަމަގައިމުވެސް އެއީ އުނޫޝްގެ އަޑެވެ. އަދި ދެފަރާއި ހޯދާލެވުނީ އުނޫޝް ފެނޭތޯއެވެ. އޭރު މިއީ ހުވަފެނަކަށް ނުވުމަށް އެތައް ފަހަރަކު ދުއާވެސް ކުރެވުނެވެ.

” ނާޝް. ތިހުރިތާގަ ހުރޭ. އަހަރެން މިހުރީ ދޯނީގެ އަނެއްފުށުގަ. އަހަރެން އަތުގަ އެބަ އޮތް ބުރުގާ. އަހަރެން މިއެއްލަނީ ބުރުގާ. ހިފައްޗޭ.” އުނޫޝް ބުންޏެވެ. ނާޝްއަށް އަމިއްލަ ބުރުގާ ނެތްކަންވެސް ހަނދާންވީދެނެވެ.

އަދި އުނޫޝް އެއްލުމާއިއެކު އޭނާގެ ސީދާ އަތަށް ވެއްޓުނު ބުރުގާ އަޅާލައި ރީތި ކޮށްލަމުން ފަތައިލާ މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އުނޫޝްވެސް އޭރު ފަތާފައި ތަންކޮޅެއް ދުރަށް ގޮއްސިއެވެ. ނާޝް ދެން ބަލައިލީ ފަހުމާމެންނާއި ދިމާލަށްށެވެ. އޭރު ފަހުމާޔާއި ލާމިއު ސަކަރާތް ޖަހަމުން ދިޔައެވެ.  ލައިޝަމް ކައިރީގައި ނެތުމުން އީނާޝް ދެކޮޅު ބަލައިލިއެވެ. އޭރު ވަރަށް ދުރުގާ ގެނބެމުން ދިޔަ ލައިޝަމް ފެނުމާއިއެކު ” ލައި” އޭ ކިޔައި ގޮވާ ލެވުނެވެ. ފަހުމާޔާއި ލާމިއުވެސް ސިހިފައި އީނާޝްއާއި ދިމާލަށް ބަލައިލެވުނީ އެވަގުތުއެވެ. އޭރު ގެބެމުން ދިޔަ ލައިޝަމް ފެނިފައި ފަހުމާގެ ހެޔަށް ގޮތްވެ ވެއްޓޭން ދަނީއެވެ. ލާމިއު ފަތައިގަތީ ލައިޝަމް ސަލާމަތް ކުރެވޭތޯއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

މަންޝާ (އަށާރަވަނަ ބައި)

Next

ޤުރުބާންވުމީ މިހިތުގެ އުފާ 20 ވަނަ ބައި

Next
May 20, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 20 ވަނަ ބައި

Previews
May 19, 2016

މަންޝާ (އަށާރަވަނަ ބައި)

27 Comments!

  1. Ushaa says:
    May 20, 2016 at 10:13 am

    Thakolheh lahun kanneynge mi up kurevnyvx.. Sry 4 that.. Adhi 11 vana bai up kureveyny 1 hafthaa fahun. Sry 4 that 2..
    Hope kuran mibaivx kamudhaane kamah..
    Once again SORRY….

    1. Ushaa says:
      May 20, 2016 at 10:55 am

      Happy Friday 2 all…

  2. Aimsithu says:
    May 20, 2016 at 10:31 am

    Wow.. mihaaru eba rangalhu vey.. ekam naash ge buruga themifa ovvaa ves vayaa ehllaa leetha…

    1. Ushaa says:
      May 20, 2016 at 10:49 am

      Eyruga adhi burugalheh nuthemeyey.. Aimsithu..
      Thnkxx…

  3. Masw says:
    May 20, 2016 at 11:45 am

    Ushee varah varah reethi mi part ves waiting waiting ❤️❤️?❤️❤️

    1. Ushaa says:
      May 20, 2016 at 12:51 pm

      Thnkxx… Kyp waitin..

  4. Nash says:
    May 20, 2016 at 11:46 am

    V v reethi mi story.

    1. Ushaa says:
      May 20, 2016 at 12:51 pm

      Thnk yu Nash…

  5. Xoa says:
    May 20, 2016 at 12:02 pm

    Story is getting nice day by day. Can’t wait for the next part. Keep it up ushaa.

    1. Ushaa says:
      May 20, 2016 at 12:52 pm

      Thnk yuh… Ky p waitin Xoa..

  6. Zoaya* says:
    May 20, 2016 at 12:08 pm

    Ei waterproof burugaa ekey dw….ushaa

    1. Ushaa says:
      May 20, 2016 at 12:56 pm

      Hehehehe.. Ushaayah mihaaru Stwryaa medhu visnaanula dhw up kureveny.. Nxt prtaai medhu visnaalafa up kuraany insha allah..
      Anyways Mihaaru water proof burugaavx huryey dhw Zoaya…
      BTW ThNkXxXxXx…

  7. Anonymous says:
    May 20, 2016 at 1:21 pm

    Ushaaaaaaa. Welldone.

    1. Ushaa says:
      May 20, 2016 at 1:28 pm

      Thnk yuh.. Anonymoussssss..

  8. Phy says:
    May 20, 2016 at 2:48 pm

    V reethi story…hama kiyaa hithun nxt part…

    1. Ushaa says:
      May 20, 2016 at 2:50 pm

      Thnk yuh.. Kyp waitin…

  9. am says:
    May 20, 2016 at 2:58 pm

    Weldone

    1. Ushaa says:
      May 20, 2016 at 3:05 pm

      Thnk u am….

  10. zeen says:
    May 20, 2016 at 3:10 pm

    wow! keep up

    1. Ushaa says:
      May 20, 2016 at 3:13 pm

      Thnkxx zeen…

  11. aff says:
    May 20, 2016 at 7:28 pm

    Ushaa .. story hama suparb ingey.. alhey laisham baby ahh dheragotheh nuhadhahchey ushaa ???..well done..☺☺☺

    1. Ushaa says:
      May 20, 2016 at 7:56 pm

      Laisham babyah vaagotheh hoadhn nxt prt kiyaalahchey…
      BTW Thnk yuh so much….

  12. thiths says:
    May 20, 2016 at 10:09 pm

    enash moodhuga ulhunu iru ves buruga nuthemeneetha? and hindhi drama copy koffa huri kan fahaga kurevey. kasauti kulhefa…

    1. Ushaa says:
      May 20, 2016 at 10:48 pm

      Aslu confuse vey dw ethankolhu. Ushaa mihaaru ethankolhu rangalhu kollawifin.. Nd mivaahakayaa effadha dramayeh ushaayeh nubalan.. Faharegga ihtifaagakahvx vedhaane.. I m really sorry ingey thiths..
      SORRY ND THNKXXX… INSHA ALLAH DHN EHNEH NUVAANE…

  13. laika says:
    May 21, 2016 at 3:58 pm

    Mi vaahakaige furathama bai libeyne gotheh innaane tha. Furathama bai nufenigen.

  14. laika says:
    May 21, 2016 at 4:11 pm

    Furathama bain feshigen nukiyaathey vaahakaige vaagotheh neygey. Heyvey varah nice vaahakeh hen. Pls tell

    1. Ushaa says:
      May 22, 2016 at 8:21 pm

      E kyve nufennany.. Ushaayah feney… U can go to the column of autors and follow Ushaa.. Egothahx nuvanya search kollaba stwrii ah..
      BTW Thnk yu…

Comments are closed.

Next Episodeބޭވަފާތެރި ނުވަމޭ ޔާރާއޭ..( 11 ވަނަ ބައި)←


All Right Reserved!