ވާނޭހެ ދުނިޔޭގާ (3)
ކުޑަކުޑަ އަވީން ގޮވައިގެން އާސިޔާ އުޅެން ފެށުމުން އާމިރުގެ ހިތުގައިވެސް އަވީނަށް ލޯބި ޖެހެން ފެށި ކަހަލައެވެ. އާސިޔާ އަންޖުމް ބަދަލު ކުރީ އޭނާގެ ވަރަށް ގާތް ރަހުމަތް ތެރިއެއްގެ ގެއަށެވެ. އެހާލުގައު އަންޖުމް އެގޭގައި ބާއްވަން އާސިޔާ ބޭނުން ނުވީއެވެ. އަންޖުމްއަށް ގޮވާލަން ވިލިގިއްޔަށް ދިޔައިރު އާސިޔާ ދިޔައީ އަވީންވެސް ގޮވައިގެންނެވެ. އެކުޑަ ކުއްޖާއަށް މަންމަ ރޮއެގަނެފައި އައިސް ބައްދާލައިފިއެވެ. ނަމަވެސް އަންޖުމްގައި އަވީންގެ ކޮލުގައި ބޮސްދޭހައި ހިތްވަރެއްވެސް ނެތެވެ. އެއަށްވުރެ އެފަކީރުވަނީ ވަރު ދެރަ ވެފައެވެ. އާސިޔާއާއި ޔުސްރިއްޔާ ތިބީ ބޭރުގައެވެ. ވާރޭ ވެހިފައި ހުރުމުން ގަސްތަކުގައި އަދިވެސް ވާރޭގެ އަސަރު ހުއްޓެވެ.
“ޔުއާން… ޔަމީން… ބަލަ ދެކުދިން އާދެބަލަ އަވަހަށް މިކޮޅަށް” ޔުސްރިއްޔާ ޔުއާންއާއި އޭނާގެ ބޭބެއަށް ގޮވާލުމުން ދެކުދިންވެސް އަތުވެއްޖެއެވެ.
“މަންމަ އަޅުގަނޑު ކާން ބޭނުވީ..” ޔަމީން އެހެން ބުނެލާފައި ގެއާއި ދިމާލަށް ދުއްވައިގަނެފިއެވެ. ނަމަވެސް ޔުއާން ހުރީ ޔުސްރިއްޔާއާއި ދިމާލަށް ލޯ ހަދާލައިގެން ހުރީއެވެ.
“ޔުސް… އާނު ރުޅި އަރާދޯ ޔުސްދެކެ” އެތަނުން ދުރަށް ދިޔަ ޔުއާނަށް އިޝާރާތް ކޮއްލަމުން އާސިޔާ ބުނެލިއެވެ.
“އާނު ހީކުރަނީ އަހަރެންނާ ހެދި ކަމަށް އެސޮރު މަންމަ މަރުވީ.. ޔަމީންއަށް ބޮޑު ކުއްޖާވީމަ އޭނާއަށް ވިސްނޭ” ޔުސްރިއްޔާ ދެރަ ވެލާފައި ބުނެލިއެވެ.
“ބޮޑު ވީމާ އެސޮރަށް ވިސްނޭނެ.. އަހަރެންގެ އަވީވެސް ނޫޅޭ އެވަރުން އަންޖުމް ހޯދާކަށް” ކުޑަކުޑަ އަވީނަށް ބަލާލަމުން އާސިޔާ ބުނެލިއެވެ.
“އަހަރެންގެ ޔަމީ ބޭނުންވަނީ ޑޮކްޓަރަކަށްވާން… އެސޮރު ދާނެ ވަރަށް އަވަހަށް ބޭރަށް” ފަހުރު ވެލާފައި ޔުއްސިއްޔާ ބުނެލިއެވެ.
އާސިޔާ މާލެ ދިޔައީ އަވީން ނިދަން ރޯން ފެށުމުންނެވެ. އެކުޑަ ކުއްޖާ ގޮވައިގެން އައިސް ގެއަށް ވަދެނވުނު ތަނާހެން ޔުސްރިއްޔާ ގުޅައިފިއެވެ. އަންޖުމް ދުނިޔެ ދޫކުރި ހަބަރު ލިބުމުން އަސިޔާ ވަރަށް ދެރަވިއެވެ. ހީވަނީ އަވީންއާއި ބައްދަލު ކޮއްފައި މަރުވާން އޮތްހެންނެވެ. އެފަކީރަށް ލިބެމުން ދިޔަ އަނިޔާތަކަށް ކެތް ނުކުރެވުނީ ކަންނޭނގެއެވެ. އަވީން ނިންދެވުމަށްފަހު އާސިޔާ އަވަހަށް ދިޔައީ އެތަނަށެވެ. އެތަނުން ނިކުމެގެން އައިސް އާސިޔާ ދިޔައީ އާމިރު ކައިރިއަށެވެ. އޭނާ މިއަދު ކިތަންމެ ބިރު ގަތަސް އާމިރުއާއި ބައްދަލު ކުރާނެއެވެ. އެފަދަ އަނިޔާއެއް އެއްވެސް މީހަކަށް ދޭކަށް ނުވާނެއެވެ. ގޭގެ މަތީބަޔަށް ދާން ހުންނަ ސިޑިން އަރައިގެން ދިޔަ އާސިޔާގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެ ދާނެ ހެންނެވެ.
ދޮރާއި ހަމައަށް ދިޔަ ތަނާއި އެތެރެއިން އެހެން މީހާކު ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ. އެއީ އާމިރުގެ ކޮއްކޮ އިޒާންގެ އަޑެވެ. އާމިރު އެންމެ ލޯބިވާ ކޮއްކޮއެވެ. އެދެމީހުން ވާހަކަ ދައްކަމުން ގެންދިޔައީ އަންޖުމް އާއި ބެހޭ ގޮތުންނެވެ. އެހެން މީހުނާއި ހިލާފަށް އިޒާންއަކީ ވަރަށް އެހެން ކަހަލަ ގޮތެއް ހުންނަ މީހެކެވެ. ބޭނުންވާ ކޮންމެ އެއްޗެއް ހޯދާނެއެވެ. ބައެއް ފަހަރު މޮޔައެއްހެންވެސް ހީވާ ފަހަރު އާދެއެވެ.
“ބޭބެ ކީއްވެތަ އަންޖުމް ގެންދިޔަ ދިނީ.. އެއީ އަހަރެންގެ މީހެކޭ ބޭބެ ބުނީ މެއްނު” ފާޑަކަށް ބޯ އަރި ކޮއްލަމުން އިޒާން އާ ގަނެފައި ވާހަކަ ދައްކަން ފެށިއެވެ.
“އިޒާން… ދަރިފުޅު ދޭ ނިދާލަން.. ބޭބެ އެހެން ކަމެއް ހަމަ ޖައްސާނަން” އާމިރު ވަރަށް ލޯބިން އިޒާންގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ކުޑައިރުއްސުރެވެސް އިޒާނަކީ އޭނާ ބޭނުންވާ ކަމެއް ކުރަމުން އަންނަ މީހެކެވެ. އަށާރަ އަހަރު ވީއިރު މިހާރު އެކަން އެވަނީ ބައްޔަކަށް ބަދަލު ވެފައެވެ. މިހާރު އޭނާ ބޭނުންވަނީ ތަންތަނުން ރީތި އަންހެނުންނެވެ. އެންމެ ފަހުން ކޮއްކޮ ދެކެވާ ލޯބިން އަމިއްލަ އަނބިމީހާވެސް އާމިރު ދިނީއެވެ. މިހާރު އެކަމާ އޭނާ ދެރަވެއެވެ.
“ބޭ.. ބޭބެ.. އަހަރެން ބޭނުން.. އަވީ… އަވީ… އަވީންދީ… އަވީ ހީވަނީ އަންޖުމް ހެން ” ވަރަށް އުނދަގުލުން އިޒާން ބުނެލިއެވެ. ބޭރުގައި ހުރެފައި އާސިޔާ އެތެރެއަށް ދެމިގަތީ އާމިރު އެއްޗެކޭ ބުނުމުގެ ކުރިންނެވެ.
“އަވީންއޭ… ކަލޭއަށް އިނގޭ އެކުއްޖާއަށް ވީ ކިތައް އަހަރުކަން… އެއީ އެންމެ ތިން އަހަރުގެ ކުއްޖެކޭ” އާސިޔާ އަރާފައިވާ ރުޅިން ހީވަނީ އިޒާން މޫނުގެ ހަންގަނޑު ނޮޅާލައިފާނެހެނެވެ.
“ދަރިފުޅު… އެތެދެއް.. ބޭނުން އެހެން ކޮންމެ އެއްޗެއް ބުނޭ… އަވީންއަކީ ބޭބެގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު” އާމިރުގެ ހިތުގައި އިޒާންއަށްޓަކައިވާ ލޯބި އެކަމުންވެސް އާސިޔާއަށް ހާމަވެގެން ދިޔައެވެ.
އިޒާން އެތަނުން ދިއުމުން އާސިޔާގެ ރުޅިވީ އިތުރެވެ. ނަމަވެސް އާމިރާއި ވާހަކަ ދެއްކުމަށްފަހު އެމީހުން ނިންމީ އިޒާން ބޭރަށް ފޮނުމުވަށެވެ. އާމިރަށްވެސް އިޒާންގެ ބައްޔެއް ހުންނަކަން އެނގެއެވެ. އެކުއްޖާދެކެ ވާލޯބިން އަމިއްލަ މީހާއާއި ދުރު ކޮއްލަން ނުކެރެނީއެވެ. އާސިޔާ ބޭނުންވީ ވީހާވެސް އަވަހަކާއި އިޒާން ބޭރަށް ފޮނުވުމަށެވެ. އަދި އޭނާގެ ބައްޔަށް ފަރުވާ ހޯދުމަށެވެ. އިޒާން ފުރަން ހަމަޖެހުމުން އާސިޔާއާއި އާމިރުގެވެސް ކައިވެނި ހަމަޖެހިގެން ހިނގައްޖެއެވެ. ކައިވެނި ކުރެވުމުން އާސިޔާއަށް ބޮޑަށް އަވީންއާއި އަޅާވެސް ލެވޭނެއެވެ. އަވީން ގޭތެރޭގައި ދުވެދުވެފައި އުޅޭތަން ބަލަންއިން އާސިޔާއިނީ ހެވިފައެވެ. އޭނގެ ހިނިތުންވުން ފނަޑުވީ އިޒާންއައިސް އަވީން ނެގުމުންނެވެ.
“ބަހައްޓާ… މިހާރު ބަހައްޓާ..” އާސިޔާ ދުވެފައި އައިސް އަވީން ޖަހައި ގަންނަމުން ބުނެލިއެވެ.
“ދައްތާ… އަހަރެންގެ މީހެކޭމީ..” އަވީނާއި ދިމާލަށް އަތް ގެންދަމުން ބުނެލިއެވެ. އާސިޔާއަކަށް ދެން އިތުރަށް ކެތެއް ނުވިއެވެ. އަތް ދަމާލާފައި އިޒާންގެ މޫނުގައި ޖަހާލައިފިއެވެ.
“ބުނަން؟ އަހަރެން ރަނގަޅު ވެގެން އައިސް އަންޖުމްއަށް ހެދިހެން މި ކުއްޖާއަށްވެސް ހަދާނަން..” އިޒާން ބޯ އެއްފަރާތަށް އަރި ކޮއްލަމުން ބުނެލިއެވެ.
“ކަލޭ ބައްޔެއްވެސް ނޫން… ނުބައީ މިނައް ވުރެން” އެހެން ބުނުމަށްފަހު އާސިޔާދިޔައީ ކޮޓަރިއަށެވެ.
އަވީނަށް ފަސްއަހަރު ވީފަހުން އާސިޔާ އެކުއްޖާއާއި ދުރު ވެއްޖެއެވެ. މިއަދު އަވީނާއި ކައިރި ވެއްޖެނަމަ މާދަމާ އެކުއްޖާއާއި ދުރުވާން އުނދަގޫ ވެދާނެއެވެ. އިޒާން މިކޮޅަށް އައުމުގެ ކުރިން އޭނާ އަވީން އެގެއިން ފޮނުވާލާނެއެވެ. އެކަމުން ރަނގަޅު ވާނީ ހަމަ އަވީނަށެވެ. އަބަދު އަވީން އޭނާގެ ފަހަތުން އުޅޭތީ އާސިޔާ ހިތުގައި ވަރަށް ޖެހެއެވެ. އަވީނަށް އަޑުލާ ހަދާފައި އެކުއްޖާ ރޯތަން ފެނުމުން އާސިޔާވެސް ކޮޓަރިއަށް ވަދެ ރޮއެވެ. އިޒާން އައިސްފިނަމަ އަންޖުމްއަށް ޖެއްސި ހާލު އެކުއްޖާ ފުޅަށްވެސް ޖައްސާނެއެވެ. ނަމަވެސް ކައިވެނި ކުރުމުން ދެން އެހެނެއް ނުހެދޭނެއެވެ. އޭނާ އުއްމީދު ކުރަނީ އެހެންނެވެ.
# # # # #
އާސިޔާއަށް ސިއްސައިގެން ދިޔައީ ގޭގެ ކޮޓަރީގައި މީހަކު ޓަކި ޖެހުމުންނެވެ. ލޯ ފުހެ ލުމަށްފަހު އާސިޔާ އެދިމާއަށް ހިނގައިގަތީ ކާކުތޯ ބަލާލުމަށެވެ. ދޮރުމަތީގައި ހުރީ އާމިރުގެ ބޮޑު ފިރިހެން ދަރިފުޅެވެ. އެންމެ ފުރަތަމަވެސް އަހާލީ އަވީން ކޮބައިތޯއެވެ. އާސިޔާ ރީތިކޮށް އަވީން ކައިވެނި ކޮއްގެން ވިލި ގިއްޔަށް ބަދަލު ވި ވާހަކަ ބުނެލައިފިއެވެ. ޒާމިން ރުޅި އައި ނަމަވެސް އާސިޔާއާއި ދިމާލަށް އެއްޗެކޭ ނުބުނެއެވެ. ޒާމިން ދެން ބަލާލީ އަވީންގެ ފޯނަށް ގުޅޭތޯއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. އެހެން ވުމުން ޒާމިން މަޑުކުރީ އާސިޔާއާއި ވަހަކަ ދެއްކުމަށްފަހު އެގެއަސް ދާށެވެ.
އަވީން އިނި ލައިބްރަރީ ތެރޭގައެވެ. ލައިގެން އިން ކުރު ސޯޓު ކޮޅުން އެރީތިފައި އޮތީ ފެންނާށެވެ. ގޭތެރޭގައި އަޑު ގަދަވާހެން ހީވުމުން އަވީން ކޮޓަރިއަށްވަދެ ސްކިނީއެއް ލައިގެން އައިސް ސިޑީގެ ހަރުފަތް މަތީގައި އިށީނދެއްޖެއެވެ. އޭރު ގޭތެރޭގައި ޔުއާންއާއި އޭނާގެ ދެރަހުމަތް ތެރިން މަޖާ ކޮއްފައި އުޅެއެވެ. ހީގަނެގެން ހުރި ޔުއާން ފެނުމުން އަވީންގެ ހިތުގެ ވިންދު އަވަސްވިއެވެ.
“އާނު… ކޮން އިރަކުން ތަ ކަލޭ ދޮންބެ އަންނަނީ؟” ބަދިގެއިން ކޯކު ފުޅިތަކެއް ހިފައިގެން އައި ފިރިހެން ކުއްޖާ ބުނެލިއެވެ.
“ދޮންބެ ކިޔަވާ ނިމޭމީ އަންނަ މަހު ކަންނޭނގެ.. ” ޔުއާން ސޯފާއަށް ޖެހި ގަންނަމުން ބުނެލިއެވެ.
“އާނު.. ކޮބާ ފަހަރި؟ އަދި ދައްކައެއްވެސް ނުލަމެއްނު” ޝާމިން އެހެން ބުނެލުމުން ޔުއާންގެ މޫޑު ސަކަރާތް ވެއްޖެއެވެ. ސިޑިން ފައިބައިގެން އައި އަވީންގެ ފަޔަށްވެސް މަޑު ޖެހުމެއް އަތު ވެއްޖެއެވެ. އޭނާވެސް ތިރިއަށް އައީ ބަނޑުހައި ވެފައިވެސް ހުރުމުންނެވެ.
“ހެހެހެ.. އެހާ ކަޅު މީހެއް މިތަނަށް އަޔަސް ނޭނގޭނެ..” ޝާމިން ލޮލުގެ އިޝާރާތުން ފަހަތް ދައްކާލުމުން ޔުއާން ބަލާލައިފިއެވެ. ދެލޯ ބޮޑު ކޮއްލައިގެން ލަދުން ހުރި އަވީން ފެނުމުން ފުރަތަމަ ފަހަރަށް ޔުއާން ދެރަ ވެއްޖެއެވެ. ލަދުން ގޮސް ކިރިޔާ ނުރޮވި ހުރި އަވީން އެންމެ ފަހުން ފައިބައިގެން ދިޔައީ ބަދިގެއާއި ދިމާލަށެވެ.
“އަވީން… އާދެބަ ބޭރަށް…” ޔުއާން އައިސް އަވީންގެ ފަހަތުގައި މަޑު ކޮއްލަމުން ބުނެލިއެވެ. ބޮލަށް އަތް މަހާލައިގެން ހުރި ގޮތުން ހީވަނީ އެހެން ބުނެވުނީމާ ލަދުން ހުރި ހެންނެވެ.
“އަހަރެން ހީކުރީ އަހަރެން ނުފެންނާނެ ކަމަށް..” އަވީންވެސް މިފަހަރު ޔުއާންއަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ޔުއާން
ހިނިތުން ވެލީ އަވީންވެސް އޭނާއާއި ވިއްދާލާފައި އެއްވެކޭ ބުނުމުންނެވެ. ޔުއާން ނިކުމެގެން ދިއުމުން ފުރިޖުން ސޭންޑް ވިޗްތަކެއް ހިފައިގެން ހިނގައްޖެއެވެ. ބޭރުގައި ތިބި މީހުންގެ އަތަށް އެދެމުން އަވީން ހިނިތުން ވެލަމުން ދިޔައީ ބޭރަށެވެ. ޝާމިން އޭރުވެސް ހުރީ ކަޅި ޖަހާ ނުލާ އަވީނަށް ބަލާށެވެ. އެމަންޒަރު ފެނުމުން ޔުއާން ހުރީ ހިތްހަމަ ނުޖެހިފައެވެ.
“އެއީ އަހަރެންގެ އަންހެނުން އިނގޭ..” ޝަމިންގެ ކޮނޑުގައި ޖަހާލަމުން ޔުއާން ބުނެލިއެވެ.
“ކަލޭ ބުނިހާ ކަޅެއްވެސް ނޫން ދޯ… އެހެން ނޫނަސް މީހުންގެ ރީތިކަން ހާމަވަނީ ކަޅާއި ދޮނަކުންނެއް ނޫން.. އަހަންނަށް މާރީތި އެކުލައިގަ ތިބޭ ކުދިން” ޝާމިން ތަށިން ސޭންޑް ވިޗެއް ނަގަމުން ބުނެލިއެވެ.
“އެގެއިން.. ޝީ އިޒް މައި ވައިފް.” ޔުއާން މިފަހަރުވެސް ބުނެލިއެވެ.
“އާނު ކީއްކުރަންތަ ސިފައިންގޭގަ ތިއުޅެނީ.. އަހަރެން ނަމަ އެމް. އޭ ހިފައިން އަމިއްލަ ބިޒްނަސް އެއް ފައްޓާނީ” ޝާމިންއާއި ޖެހިގެން އިން ކުއްޖާހެން ވާހަކަ ފެށިއެވެ.
ދެގަޑީރު ވެގެން ދިޔައިރުވެސް އަވީން ގެއަކަށް ނުވަދެއެވެ. ބަގީޗާ ތެރޭގައި ގަސްތަކުގައި ހިކިވެފައި ހުރި ފަތްތައް ނައްޓަން އިނީއެވެ. ޔުއާންގެ ރަހުމަތް ތެރިން ދިއުމުން އޭނާވެސް ނިކުމެލީ ބޭރަށެވެ. ފަހަތުން އައިސް ޔުއާންވެސް ގަސްތަކުގެ ފަތްތައް ނައްޓަން ފަށައިފިއެވެ. ދުރުގައި އެމަންޒަރު ބަލަންއިން ޔުއްރިއްޔާވެސް އިނީ ހިނިތުން ވެފައެވެ. ޔުސްރިއްޔާ ދިޔަކަން ޔަޤީން ވުމުން ޔުއާން އަވަހާއި އަތް ފޮޅާލަމުން ތެދުވެއްޖެއެވެ.
“އަވީން… އަހަރެން ވާހަކައެއް ދައްކަން ވެފައި އެބަ އޮތް” ޔުއާން އަތް ފޮޅާލަމުން ބުނެލިއެވެ.
“ހޫމް… ދައްތަ ބުނި..” އަވީންވެސް ޔުއާންއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.
“އަހަރެން ބޭނުމެއް ނޫން މިކަހަލަ ކައިވެންޏެއްގައި މުޅި ދިރިއުޅުން ދުއްވާލާކަށް… އަވީން ރެޑީވީ އިރަކުން ވަރިވާންވީ” ޔުއާން ދެބުމަ ކައިރި ކޮއްލަމުން ބުނެލިއެވެ.
“ހޫމް..” ދެންވެސް އަވީން ބުނީ ހޫމް އެކޭއެވެ. އެހެން ބުނުމަށްފަހު އަވީން އެތަނުން ދާން ހިނގައި ގަނެފިއެވެ. ޔުއާންއަށް އެކަން ބަލައެއް ނުގަނެވުނެވެ. އަރާފައި ހުރި ރުޅީގައި ޔުއާން އަވީންގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް ދަމައި ގަނެފިއެވެ. އެކަހަލަ ކަމަކަށް ތައްޔާރު ނުވެ ހުރި އަވީން ދިޔައީ ސިއްސައި ގެންނެވެ. ޔުއާންގެ މޭގައި އައިސް އަވީން ޖެހުމުން ދެމީހުންވެސް ވެއްޓީ ޖެހުނީ ވިން ގަސްތައް މައްޗަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.


Wow Vara sali
Next parta waiting
Vrh salhi… Kon irakuntha nxt prt.. Waintin.. waitin… Gud luck Nuzzi…
Vara reethi
Next part avaha up kola
Nice..waiting 4 next part….
day after tomorrow ga up kuraanan.. abadhuves one day break akah fahu up vaany..
Kehve tha ehaa kuri. But story v rythi….
next part ga dhigu kuraanan in shaa allah.. thank you all
Vaahaka varah reethi ????
Vv reethi. Ekam thankolheh kuree. Nxt prt thankolheh dhigu kohlachea
V salhi but thankolheh kuree
Varah reethie
Vara lobi story
Next part thankolheh dhigu kohlachea
Wow.asluvx haadha reehchey story..varah beynun avahah kiyan..??
Reethi .. ekam maa kuru v ma dheraee 🙁
Story vv nice..ekam haadha kurey…waitin for the nxt part..
V nice story waiting for the next part. V loabi.. story.
Hama habas ? ?
Next part dhigu kohlachea
All the best for next part NUZZI ??
VARA LOBI STORY SO NICE
So beautiful
I love the story
V nice story
alhugandu vrh balive miulheny.. aneh part maadhan up kohlaanan
Get well soon
Maadhamaya inthizaru kuran
Next part Waiting
Konirakutha next part
Pls konirakutha next part
kiya ithun huravaniki nun
Update vaaleh v v v slow …
Nuzzi mi story up kohlan v nu
Varah salhi story eh ingey
Waitin for nxt part