Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 20 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
May 20, 2016 14 Mins Read
25 Comments

އެރޭ ނަސީރު ގާތު ޖަންނަތުއާއި ކައިވެނި ކުރަން ބޭނުން ވާހަކަ އަބްޔާން ބުނުމުން ނަސީރުއަށް ލިބިގެން ދިޔަ އުފާވެރިކަން މޫނުމަތިން ފެނުނެވެ. ހީވީ ނަސީރު މާ ކުރިންވެސް އެދި އެދި ހުރި ކަމެއް ހާސިލްވީ ހެނެވެ.

“ހަމަ ތެދެއް މިބުނީ ބައްޕަ ވަރަށް އުފާވެފަ މިހިރީ. އަބަދުވެސް ބައްޕަ ހިތުގަ އޮވޭ އަބީ ނޫނީ ޔާން ނަމަވެސް އެމަންޖެ މިގެއަށް ގެންނަ ނަމައޭ.” ނަސީރު ނިކަން ހެވިފައި އިނދެ ބުންޏެވެ.

“މަންމަ ގާތު މިވާހަކަ ބައްޕަ ދައްކަވާނަން ދެއްތޯ؟”

“އާން… މަންމަ ގާތު އަދި ބުނާނީ ތަންކޮޅެއް ފަހުން. އެހަށް އަބީގެ ކޮޓަރި ތައްޔާރުކޮށްލަން ވީނު. ކައިވެނި ކުރަންޏާ ބައްޕަ ބޭނުންވަނީ އެންމެ ކުރިން އަބީގެ ކޮޓަރި ރީތިކޮށްލަން. ފަރުނީޗަރު ވެސް އާކޮށްލާ ހަދާލަން.”

ނަސީރު އެހެން ބުނުމުން އަބްޔާން ނިކަން އުފަލުން ހިނިތުން ވެލި އެވެ. އެއީ އަބްޔާން ވެސް ކުރަން ބޭނުން ކަމެކެވެ.

 

ހެދުނާ ޖަންނަތު އޮފީހަށް އައި އިރު ލާމިޔާ ނިކަން ފާޑަކަށް ޖަންނަތުއަށް ބަލަން އިނެވެ. ޖަންނަތު އަޅާ ނުލާ ލާމިޔާ ހުރަސްކޮށްފައި ދިޔަ އިރު ލާމިޔާ ބުނި އެއްޗެއް ޖަންނަތުއަށް ނީވުނެއް ކަމަކު އެ ބުނީ ރަގަޅު އެއްޗެއް ނޫންކަން އިނގުނެވެ.

މެންދުރު ވާން އުޅެނިކޮން ޖަންނަތުއާއި މާޒިދް ކެބިންގައި ތިއްބާ ލާމިޔާ އައިސް ދޮރުން ވަނެވެ. އޭރު ޒައިދާން ވީ ބޭރަށް ގޮހެވެ.

“މީހަކަށް ދެރައެއް ދީފައެއް ޖަންނައަކަށް ވެސް އުފަލުގައެއް ނޫޅެވޭނެ. ބަލަން ހުންނައްޗޭ… ޖަންނަގެ ދިރި އުޅުން ހަލާކުވެގެން ދާ ދުވަހު އަހަރެން ހޭނަން. ތެދެއް މިބުނީ.” ލާމިޔާ އެހެން ބުނުމުން ޖަންނަތުއަށް ތެދުވެ ވުނެވެ. އަދި މާޒިދުވެސް ތެދުވި އެވެ. ދެމީހުންވެސް ތިބީ ލާމިޔާއަށް ބަލަހައްޓައިގެނެވެ.

“ލަމިޔާ.. އަހަރެން ކާކަށް ދެރައެއް ދިނީތަ؟” ޖަންނަތު ނިކަން ދެރަ ވެފައި އަހާލި އެވެ.

“އަހަންނަށް.” ލާމިޔާ ނިކަން ބާރަށް ބުންޏެވެ. “އަހަރެންގެ އަބްޔާން ކަލޭ ޖަހައި ގަތީ. އަހަރެން އޭނަ ދެކެ ލޯބިވާކަން އިނގޭ އިރުވެސް ކަލޭ އޭނަޔާ ރައްޓެހިވީ.” ޖަންނަތުއަށް މިފަހަރު ދޭނެ ޖަވާބެއް ނޭގުނެވެ. ޖަންނަތު އިސްޖަހާލި އެވެ.

“ނޭގުނެއްނު ދޯ ދޭނެ ޖަވާބެއް. ތިގޮތަށް މާ ގިނަދުވަހަކު ނޫޅެވޭނެ. ހަދާން ކުރާތި.” ލާމިޔާ އެހެން ބުނެލާފައި ނިކުމެގެން ހިގައްޖެ އެވެ. މާޒިދު ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު އިސްޖަހާލައިގެން އައިސް ގޮނޑީގައި އިށީނެވެ.

“އަބީ މީ ހާދަ ކާމިޔާބު މީހެކޭ ދޯ.” މާޒިދު ގޮނޑިން ތެދުވަމުން ބުންޏެވެ. “އެހާ ގިނަ އަންހެން ކުދިން އަބީއަށް މަށަށް މަށަށް ކިޔަ ކިޔަ ތިއްބާ އެންމެން ތެރޭން ވެސް އަބީ ޗޫސް ކުރީ ޖަންނަ. ޔޫ އާރ ސޯ ލަކީ ގާރލް.” މާޒިދު އެކުވެރި ގޮތަކަށް އެހެން ބުނެލާފައި އައިސް ޖަންނަތުގެ މޭޒު ކައިރީ ހުއްޓުނެވެ. “އެގޮތަށް ޖޭވެގެން އުޅޭ ކުދިން ކިޔާ އެއްޗިއްސައް ބީރު ކަންފަތް ދިނީމަ ރަގަޅު ވާނެ.”

ޖަންނަތު މާޒިދުއަށް ބަލައިލި އެވެ. މާޒިދު ހިނިތުން ވެލި އެވެ.

“ތޭންކްސް.” ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ.

“އެނީ ޓައިމް.” މާޒިދު ބުނެލި އެވެ. އަދި ގޮސް މޭޒުކައިރީ އިށީދެފައި މަސައްކަތް ކުރަން ފެށި އެވެ.

 

އޮފީސް ނިންމާފައި ޖަންނަތު ގޮވައިގެން އަބްޔާން އައިސް ގޭދޮށަށް ސައިކަލު މަޑުކޮށްލި އިރު ޔަޒަން ގޮވައިގެން ޒައީމާ ނިކުންނަނީ އެވެ. ޔަޒަން ޤުރުއާން ކްލާހަށް ލާން ދާށެވެ. ޖަންނަތު ޔަޒަންގެ ކޮލުގައި ލޯބިން ހިފާލި އެވެ. ޔަޒަން ހިނިތުން ވެލަމުން ޒައީމާ އަތުގައި ހިފައިގެން ފުމެމުން ފުމެމުން ދިޔަ އެވެ.

ޖަންނަތު އެތެރެއަށް ވަންނަން އުޅެނިކޮން އަބްޔާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ.

“ގެސް ވަޓް؟” އަބްޔާން ނިކަން ހެވިފާ އަހާލި އެވެ.

“ވަޓް؟” ޖަންނަތު ވެސް ކޮނޑު އަރުވާލަމުން ބުނެލި އެވެ.

“ބައްޕަ ގާތު ބުނެފިން… ބައްޕަ ވަރަށް އުފާވެފަ ހުންނެވީ. ބައްޕަ ހިތުގައި ވާކަމެކޯ އަހަންނަށް ބުނެވުނީ.” އަބްޔާން ނިކަން އުފާވެފައި ބުނެލި އެވެ.

“އަސްލުތަ؟” ޖަންނަތުއަށް ވެސް ލިބުނު އުފާވެރި ކަމަކުން އެއްކޮން ދަތްތައް ފެންނަވަރަށް ހިނިތުން ވެލި އެވެ.

އަބްޔާން އާއި ނަސީރު ދެއްކި ހުރިހާ ވާހަކައެއް އަބްޔާން ޖަންނަތުއަށް ކިޔައިދިނީ ވަރަށް އުފާވެފައި ހުރެ އެވެ. ޖަންނަތުއަށް ލިބުނު އުފާވެރިކަން ބުނެދޭން ވެސް ނޭގުނެވެ.

“ދެން… ޖަންނައަކަށް މަށާ ދުރަކަށް ނުދެވޭނެ.” އަބްޔާން ޖަންނަތުގެ އަތުގައި ހިފާ ދަމާލަމުން ބުންޏެވެ.

“މަ ނޫޅެމޭ އަބީއާ ދުރަށް ދާކަށް.” އަބްޔާންގެ މޫނު ޖަންނަތުގެ ކޮލުގައި ބީހިލި ވަގުތު ބުންޏެވެ. އެދެމީހުން ތިބި ގޮތުން ދޮރުމަތީ އަބްޔާން ހުރި އިރު އަބްޔާން އާއި ނިވާވެފައި ހުރި ޖަންނަތުއެއް ބޭރުންދާ މީހުނަކަށް ނުފެނެއެވެ.

“ހެޕީތަ؟” އަބްޔާން ނިކަން މަސްތީ ގޮތަކަށް ޖަންނަތުގެ ކަންފަތް ދަށުގައި އަހާލި އެވެ.

“ވަރަށް ބޮޑަށް.” ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ. އަބްޔާން ޖަންނަތުގެ ތުންފަތަށް ބޮސް ދިނެވެ.

“އަދި އެއްފަހަރު.” ޖަންނަތު ކުޑަކޮން ދުރަށް ޖެހިލުމުން ޖަންނަތުގެ އުނަގަނޑާ ދިމާލުން އަތް ވަށާލަމުން ކައިރިއަށް ގެނެސް އަބްޔާން ބުންޏެވެ.

“އަބީ، ދެން މަ ފެންވަރަން ދާން ވެއްޖެ.” ޖަންނަތު އުޅުނީ މީހަކަށް ފެނިދާނެތީ އެވެ. “މީހަކަށް ފެނިދާނެ.”

އަބްޔާން އަނެއްކާ ވެސް މޫނު ކައިރިކޮށްލި އެވެ.

“އަބީ! އަބީ!” ތޫލި އަޑަކުން ބާރަކަށް އަންހެން ކުއްޖަކު ގޮވާލުމުން ހާސްވެފައި ޖަންނަތު ގައިން ދޫކޮށްލާ އަނެއް ފަރާތައް އަބްޔާން އެނބުރުނެވެ. އައި ނައި ތަނެއް ނޭގި އެ އަންހެން ކުއްޖާ އައިސް އަބްޔާން ގައިގައި ބައްދައި ގަތެވެ. އަބްޔާން ފަހަތައް އަރިއަޅާލި ނަމަވެސް ހިފަހައްޓާލެވުނީ ކިރިޔާ އެވެ. “އަބީ! އައި މިސް ޔޫ ސޯ މަޗް.” ކަކުލާއި ހަމައަށް އަންނަ ވަރުގެ ޖީންސް ފޮތީގެ ސޯޓަކާއި ކުރު މަތިކޮޅެއް ލައިގެން ހުރި އެ އަންހެން ކުއްޖާ ބުންޏެވެ.

ޖަންނަތު ހައިރާން ވެފައި އެދެމީހުނަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އަބްޔާން ވެސް ހުރީ ކުއްލި ޝޮކެއް ޖެހިފަ އެވެ. ދޮރުމަތިން އަހްޔާން ފެނުމުން އަބްޔާން ލޮލުގެ އިޝާރާތުން ކޮންމެސް އެއްޗެއް ބުންޏެވެ. އަހްޔާން ވެސް ކޮނޑު އަރުވާލަމުން ލޮލުގެ އިޝާރާތުން ރައްދު ދިނެވެ. ޖަންނަތުއަށް އެދެމީހުންގެ އިޝާރާތްތައް ފެނި އަދި އިތުރަށް ހައިރާން ވިއެވެ.

“އަބީ… ސަރޕްރައިސް ވެއްޖެ ދޯ…” ރާޅުބާނީ އިސްތަށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާ އަބްޔާންގެ ކޮލަށް ދޮނެއް ދިނެވެ. އަދި އަބްޔާންއާއި ދުރު ވެލި އެވެ. “އަދިވެސް ތިހިރީ ބިލީވް ނުކުރެވިފަ ދޯ.” އެވަގުތު އެކުއްޖާއަށް ޖަންނަތު ފެނުނެވެ.

“ހޭތް… އައި ނޯ ޔޫ.” އެކުއްޖާ ހިނިތުން ވެލައިގެން ހުރެ ޖަންނަތުއާއި ދިމާލަށް އިނގިލި ދިއްކޮށްލައިގެން ހުރެ ކައިރިއަށް ޖެހިލި އެވެ. “ޔޫ މަސްޓް ބީ ޖަންނަ. ދޯ.” އޭނާ އެހެން ބުނުމުން ޖަންނަތު ހައިރާން ވެފައި އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން އޭރު ހުރީ ޖަންނަތުއަށް ބަލަން ބުނާނެ އެއްޗެއް ނޭގިފަ އެވެ. ޖަންނަތު ގަދަކަމުން ހިނިތުން ވެލި އެވެ. “ސީ… ހަމަ ފެންނަ އިރަށް އިނގިއްޖެނު.” އޭނާ އަބްޔާންއަށް ބުންޏެވެ. “މީ ކާކުކަން ޖަންނައަށް އިނގިއްޖެތަ؟” އެއަންހެން ކުއްޖާ އަމިއްލަ މޭގައި އަތްލަމުން އަހާލި އެވެ. ޖަންނަތު މަޑުމަޑުން ބޯ ހޫރާލި އެވެ. އަދި އަބްޔާންއަށް ބަލައިލި އެވެ.

“އަބީ… ތީ ކޮންކަހަލަ މީހެއް؟ އަބީގެ ބެސްޓް ފްރެންޑޯ ޖަންނައަކީ އެކަމު ޖަންނައަކަށް ނޭގެ އެކައްޗެއްވެސް….” އެކުއްޖާ ޖަންނަތު ކައިރިއަށް ޖެހިލި އެވެ. “ޖަންނަގެ ވާހަކަ އަބަދު އަބީ ދައްކާނީ… ހެދުނު ހޭލީން ސުރެން އިރު އޮއްސެން ދެން. އެގޮތަށް ދައްކާ ދައްކާ ތަނާއަށް މިހާރު ޖަންނަ ދަސްވެފަ.”

“ތަނާ؟” ޖަންނަތު ހައިރާން ވެފައި އެހި އެވެ. ކޮންމެސް ތާކުން އެނަން ޖަންނަތުއަށް އަޑު އިވުނެވެ. ޖަންނަތު ވިސްނާލަން ހުއްޓެވެ.

“ޔެސް ތަނާއޭ މީ. އިނގިއްޖެ ދޯ. އަބީގެ ގާރލް ފްރެންޑް.” ތަނާ އެހެން ބުނުމާއި އެކު އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. އަބްޔާންގެ އަތް މުއްކެވުނެވެ. ދަތްތައް ވެސް ބާރުކޮށްލެވުނީ ރުޅި އައި ވަރުންނެވެ. ޖަންނަތުއަށް ލިބިގެން ދިޔަ ނުތަނަވަސްކަމު ތެރެއިން އަބްޔާންއާއި ޖަންނަތުގެ ހަތަރުކަޅި ހަމަވި އެވެ. އަބްޔާން ބޯހޫރާލި އެވެ. ޖަންނަތު އަބްޔާންގެ ހަރަކާތައް ބަލަން ހުއްޓެވެ. ހީވަނީ އެ އަންހެން ކުއްޖާގެ ވާހަކަ ގަބޫލު ނުކުރާށޭ ބުނަނީ ހެނެވެ.

 

“ކަމް ތަނާ! ލެޓްސް ގޯ.” އަބްޔާން ކުއްލިއަކަށް ތަނާ އަތުގައި ހިފައިގެން ނުކުތެވެ. އަދި ސައިކަލަށް އަރައިގެން ތަނާ ގޮވައިގެން ދުއްވާލި އެވެ. އަހްޔާން ވެސް އެދެމީހުން ދިޔަ ދިމާއަށް ބަލަން ހުރެފައި ޖަންނަތުއަށް ބަލައިލި އެވެ. ހާސްވެފައި ހުރި ޖަންނަތު ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ.

“ޖަންނާ…” ހިމޭން ވަގުތު ކޮޅަކަށް ފަހު އަހްޔާން ވަހަކަ ދައްކަން ފެށި އެވެ. “ތަނާ އެހެން ބުންޏަސް ބިލީވް ނުކުރައްޗޭ. އަބީ ޖަންނައާ ދުރަކަށް ނުދާނެ. ޖަސްޓް ގިވް ހިމް ސަމް ޓައިމް.” އަހްޔާން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ.

“އެއީ ކާކު؟” ޖަންނަތުއަށް އަހްޔާން ގާތު އަހާލެވުނެވެ. އަހްޔާންއާއި ޖަންނަތުއަކީ މާވަރަށް ވާހަކަ ދައްކާ އުޅޭ ބައެއް ނޫނެވެ. ނަމަވެސް މިއަދު ޖަންނަތުގެ ހިތަށް ކުރި އަސަރުން އެހެން ވެސް އަހާލެ ވުނީ އެވެ.

“އެއީ އަބީގެ އެކްސްއެއް، އޭނަ ހިތުން އަދިވެސް އަބީއާ ރައްޓެހި ވެގެން އުޅެނީ. އަބީ އެކަމު އޭނަޔާ ގުޅުން ކަނޑާލިތާ ކިތަންމެ ދުވަހެއް. އެކަމެއް ތަނާ އަދިވެސް ގަބޫލެއް ނުކުރެ. އަބީ އެ އުޅެނީ އޭނަ ކައިރިން ސަލާމަތް ނުވެވިގެން. ޖަންނަގެ އެއްބާރުލުން އަބީއަށް ބޭނުން…” އަހްޔާންއަށް ޖުމްލަ ފުރިހަމަ ނުވަނީސް ޖަންނަތު ވާހަކަ ދައްކަން ފެށި އެވެ.

“ތަނާ… ތަނާ!” އެއްޗެއް ވިސްނާ ފަދަ ގޮތަކަށް ޖަންނަތު ބުންޏެވެ. “އެއީ ސިންގަޕޯރގަ އުޅޭ ކުއްޖެއް ތަ؟…” ޖަންނަތު ހަދާނަށް އައެވެ. އަބްޔާން ޖަންނަތުއާއި ފޯނުން ވާހަކަ ދައްކަން އިނދެފައި ތަނާ އޭ ބުނެފައި ފޯނު ކޮނޑާލި ދުވަހެވެ. ޖަންނަތު ވިސްނަން ފެށުމުން އަހްޔާން ޖަންނަތުގެ ކޮނޑުގައި ހިފައިގެން ގެނެސް އެގޭ ޖޯލީގައި ބެއިންދި އެވެ.

އަހްޔާން ޖަންނަތުއާއި ވާހަކަ ދައްކަން ކިތަންމެ ޖެހިލުން ވިޔަސް މިއަދު އަހްޔާން ބޭނުން ވަނީ ޖަންނަތުއަށް އަބްޔާންއާއި ތަނާގެ ވާހަކަ ކިޔައި ދޭށެވެ. ޖަންނަތުއާއި އަބްޔާންގެ ގުޅުމަށް ބުރުލެއް އަރާކަށް އަހްޔާން ބޭނުމެއް ނޫނެވެ. އެހެން ކަމުން އަބްޔާންއާއި ތަނާގެ ވާހަކަތައް ޖަންނަތުއަށް ކިޔައިދޭން ފެށި އެވެ. އެދެމީހުން ގުޅުނު ގޮތާއި ތަނާގެ އާއިލާގެ ވާހަކަތަކާއި ތަނާގެ ހަޔާތުގެ ހިތްދަތި ވާހަކަ ޖަންނަތުއަށް އަހްޔާން ކިޔައިދިނެވެ. އެހާ ބޮޑު ވާހަކައެއް އަބްޔާން ޖަންނަތުއަށް ނުކިޔަދީ އޮތުމުން ޖަންނަތުގެ ހިތުގައި ޝަކުވާ އުފެދުނެވެ. ވަރަށް ހިތަށް އަސަރު ކުރި އެވެ. ލޮލުން ކަރުނަ ނިރާލި އެވެ.

“ޖަންނާ.. ޕްލީސް. ނުރޮއެ.” ޖަންނަތު ލޯ ފޮހެލިތަން ފެނިގެން އަހްޔާން ބުނެލި އެވެ.

“ނުރޮމޭ..” ޖަންނަތު އިސްޖަހާލި އެވެ. “ތޭންކްސް.” އިރުކޮޅެއް ފަހުން ޖަންނަތު އަހްޔާންއަށް ބަލައިލަމުން ބުންޏެވެ.

“އިޓްސް އޯކޭ… އަސްލު އަހަރެން ބޭނުމެއްނޫން ޖަންނައާ އަބީއާ ދުރުވާކަށް. އަބީ ޖަންނަދެކެ ވަރަށް ލޯބިވޭ. މަށަށް ވުރެން ބޮޑަށް އަބީ އިނގޭނެ މީހެއް ނުހުންނާނެ. އަބީއާ ޖަންނަ ވަކިވެއްޖެއްޔާ އޭނަ މޮޔަވެދާނެ. އެތައް ކަމެއް އިސްލާހުކޮށްގެން އެ އުޅެނީ ޖަންނަ ހާސިލް ކުރަން. ޕްލީސް އަބީ ދެކެ ރުޅި ނާންނައްޗޭ… މިދުވަސްކޮޅު އަދި އަމުދުން ތަނާއާއި ހެދި ޖަންނަ ދެރަވާކަހަލަ ވަރަށް ގިނަ ކަންތައް ވެސް ވެދާނެ. މަށަށް ތަނާގެ ގޮތް ވެސް އިނގޭތީ މި ބުނަނީ… ތަނާގެ އެ ބަލި ހުންނާތީ މައްސަލައަކީ. ޕްލީސް އަބީއަށް ޓްރަސްޓް ކުރާތި. ފެންނަ މަންޒަރު ތައް ބައެއް ފަހަރު ދޮގު ހަދާނެ. އެކަހަލަ މަންޒަރުތަކަށް ލޯމަރައިގެން އުޅޭނީ.” އަހްޔާން ޖަންނަތުގެ ލޮލަށް ބަލައިލި އެވެ. ބޭނުން ވަނީ އެލޮލުން ވެސް އަހްޔާން ދައްކާ ވާހަކަ ޖަންނަތު ގަބޫލު ކުރިކަން ދެނެގަންނާށެވެ.

“ޔާން.. އަހަރެން އަބީއަށް ޓްރަސްޓް ކުރަން. އެކަމަކު… އަހަންނަކަށް ނުވިސްނެ ތަނާއަށް ނުވިސްނެނީ ކީއްވެ ކަމެއް. ތަނާއަކީ ސައިކޯ ކުއްޖެއްތަ؟” ޖަންނަތު އެހެން ބުނި ވަގުތު ޒައީމާ އައިސް ވަނެވެ.

“އަހަ.. ޔާން؟” ޒައީމާއަށް އަހްޔާން ފެނުމުން ހައިރާން ވެފައި ހުއްޓުނެވެ. އަހްޔާންއާއި އަބްޔާން ވަކި ކުރަން މިހާރު ވަރަށް ފަސޭހަ އެވެ. އަހްޔާން ހުންނަނީ ބޯ ތުނިކޮން ކޮށާފަ އެވެ. ތުނބުޅި މަތިމަސް އެއްކޮން ބާލާފަ އެވެ. އެއާ ހިލާފަށް އަބްޔާންގެ ބޯ މިހާރު ހުރީ އަނެއްކާވެސް ކަންފަތާއި ހަމައަށް ދިގުވެފަ އެވެ. އަދި އަބަދުވެސް ބަހައްޓާފައިވާ ތުނި ތުނބުޅިން ވެސް އަބްޔާންކަން އިނގެ އެވެ. “އެކޮއެ ކޮން އިރަކު ރަށަށް އައީ؟”

“މިއަދު… ދެންމެ.” އަހްޔާން ތެދުވަމުން ބުންޏެވެ. “އަބީ ހޯދަން އައީ… ދެން އެހަށް ދަނީ.” އަހްޔާން ހިނިތުން ވެލަމުން ބުނެލި އެވެ. އަދި އެގެއިން ނިކުމެގެން ހިގައްޖެ އެވެ.

 

“އަބީ… ޕްލީސް…” ތަނާ ދެރަވެފައި ބުންޏެވެ. އަބްޔާންއާއި ތަނާ ތިބީ އާލިޔާ ކޮޓަރި ތެރޭ އެވެ. އޭރު އެދެމީހުންގެ ހަމަނުޖެހުންގަނޑު އަޑު އަހަން، އާލިޔާ ވެސް އެނދުގައި އިށީދެގެން އިނެވެ. “އަހަރެން އެހާ ދުރުން އައިމަ ވެސް އަބީ އަދި އަހަރެން ދެކެ ރުޅިތަ އަންނަނީ. އަހަރެން އެޔޮއް ދުރުން މި އައީ އަބީ ކައިރިއަށް. އަބީދެކެ ލޯބިވާތީ.”

“އެކަމު އަހަރެން ލޯތްބެއް ނުވެޔޭ. އަދި އެންމެން ކައިރީ ނުޖެހޭ ދޯ ބުނާކަށް ތީ އަބީގެ ގާރލް ފްރެންޑޭ. ތީ މަގޭ ގާރލް ފްރެންޑެއް ނޫނޭ… އަހަރެން ތަނާ ދެކެ ލޯތްބެއް ނުވެޔޭ. ކިތައް ފަހަރު ބުނީމަތަ ގަބޫލު ކުރާނީ؟” އަބްޔާން ހުރީ ވަރަށް ރުޅި އައިސްފަ އެވެ.

“އަބީ… އަބީ ކިތަންމެ ވަރަކަށް ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަން. އަބީއަށް އަހަރެން ނޫން މީހެއްދެކެ ލޯތްބެއް ނުވެވޭނެ. އަދި އަހަރެން އެގޮތަށް އެހެން ވިޔަކަ ނުވެސް ދޭނަން.” ތަނާއަށް ރޮވެން ފެށުނެވެ. އާލިޔާއަށް ކޮޅަށް ތެދުވެވުނީ ތަނާ ރޯން ފެށީމަ އެވެ.

“ދެން ތި ހުރިހާ ކަމެއް ހަމަވީ… ރޯން ފެށީމަ ދެން އެ ނިމުނީނު.” އަބްޔާން ތަނާއާއި ދިމާއަށް ބަލައިލާފައި އެކޮޓަރިން ނިކުތެވެ. އިތުރަށް ތަނާއާއި ދިމާއަށް އެއްޗެއް ބުނެވިދާނެތީ އެވެ.

އަބްޔާން އެކޮޓަރިން ނުކުމެ ޖަންނަތުގެ ފޯނަށް ގުޅަމުން އެގެއިން ބޭރަށް ނުކުތެވެ. ޖަންނަތު ފޯނު ނުނެގުމުން އަނެއްކާވެސް ގުޅާލި އެވެ. ދެން ވެސް ފޯނެއް ނުނެގި އެވެ. އަބްޔާން ހާސްވި އެވެ. ޖަންނަތު ގެއްލިދާނެތީ އަބްޔާން ދެރަވެ އެވެ. ތަނާގެ ކަންތައް ޖަންނަތުއަށް ވިސްނައިދޭން އަބްޔާން ބޭނުން ވި އެވެ. އެހެން ކަމުން ސައިކަލަށް އަރައިގެން އަވަހަށް ޖަންނަތު ހޯދަން އެގެއަށް ދިޔަ އެވެ. އަބްޔާން ވަން އިރު ޔަޒަން ކާޓޫން އަޅުވައިގެން ޓީވީ ކައިރީ އިނެވެ. އަބްޔާން ގޮސް ބަދިގެއަށް ވަނެވެ. އޭރު ޒައީމާ އުޅެނީ ޔަޒަންއަށް ކިރުތައްޓެއް ގިރާށެވެ.

“ކޮބާ ޖަންނަ؟” ހާސްވެފައި ހުރި އަބްޔާން އަހާލި އެވެ.

“ކޮޓަރީގަ… އަނެއްކާ ކަމެއް…” ޒައީމާއަށް ޖުމްލަ ފުރިހަމަ ނުވަނީސް އަބްޔާން އަވަހަށް ގޮސް ޖަންނަތު އުޅޭ ކޮޓަރި ކުއްލިއަކަށް ހުޅުވާލީ ހާސްވެފައި ހުރި ވަރުން ޓަކިވެސް ޖަހާލުމެއް ނެތި އެވެ. އޭރު ޖަންނަތު ހުރީ ނަމާދަށް އަރަ އެވެ. އަބްޔާން މަޑުމަޑުން ދޮރު ލައްޕާލި އެވެ. ޖަންނަތު ފޯނު ނުނެގީ ކީއްވެކަން އަބްޔާންއަށް ވިސްނިގެން ހިތަށް ހަމަޖެހުން ލިބިގެން ދިޔަ އެވެ. ޖަންނަތު ނަމާދުން ނިމިގެން ނިކުންނަން ދެން އަބްޔާން އެގޭގައި މަޑުކޮށްލައިގެން އިނެވެ. ޒައީމާ އިރުކޮޅަކާ އަބްޔާންއަށް ބަލައިލަ އެވެ. ކޮންމެސް ކަމެއް ވެއްޖެ ކަމުގެ އިހުސާސް ޒައީމާއަށް ވިއެވެ.

ޖަންނަތު ކޮޓަރިން ނުކުތީ ފޯނަށް ބަލަމުންނެވެ. އަބްޔާން ގުޅާފަ އިންކަންވެސް ޖަންނަތުއަށް އިނގުނީ އެވަގުތު އެވެ. ޖަންނަތު އަބްޔާންއަށް ގުޅަން އުޅެނިކޮން އަބްޔާން އައިސް ޖަންނަތު ކުރިމައްޗަށް ހުއްޓުނެވެ.

“އޭ، އަބީ.” ޖަންނަތު ހނިތުން ވެލި އެވެ. “އަހަރެން އަބީއަށް ގުޅަން އުޅެނިކޮން ތި އައީ.”

އަބްޔާން ޖަންނަތުގެ ލޮލަށް ބަލައިލި އެވެ. ޖަންނަތުގެ ލޮލުން ކޮންމެވެސް ކަމެއް ހޯދަން ބޭނުން ވެފައި ވާގޮތަށެވެ. ޖަންނަތު ހިނިތުން ވެލަމުން ނިއް އަރުވާލި އެވެ.

“ކިހިނެއްވީ؟” އަބްޔާން ބަލަން ހުރި ގޮތުން ޖަންނަތު އަހާލި އެވެ. “ޔާން ކިޔައިދީފި…” ޖަންނަތު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. “ތަނާގެ ހުރިހާ ވަހަކައެއް ޔާން ކިޔައިދިނީ… އަހަރެން ހީކުރީ އަހަންނަށް އަބީގެ ހުރިހާ ސީކްރެޓް ތަކެއް އިނގޭ ކަމަށް. ބެސްޓް ފްރެންޑް އެއީ ނަމެއްގަ ގެންގުޅުން އެއްޗެއްކަން ދެން މިއަދު ވިސްނިއްޖެ.” ޖަންނަތު ހުރީ އަބްޔާން އެވާހަކަ ނުބުނީތީ ދެރަވެފަ އެވެ.

“ޖަންނާ… އައި އޭމް ސޮރީ…” އަބްޔާން ވެސް ދެރަވި އެވެ. “އަހަރެން ޖަންނައަށް އެވާހަކަ ނޫން ހުރިހާ ވާހަކައެއް ކިޔައިދިނިން. ހުދު އަހަންނަށް ވެސް ނޭގެ އެވާހަކަ އަހަރެން ޖަންނައަށް ސިއްރުކުރީ  ކީއްވެ ކަމެއް. އައި އޭމް ސޮރީ ޖަންނާ..” އަބްޔާން ވަރަށް ދެރަވެފައި ހުރިކަން އަބްޔާންގެ މޫނުމަތިން ވެސް އިނގުނެވެ. އެކަމާ ޖަންނަތު ހިތްހަމަ ޖެހުނެވެ.

“އެއީތަ ފަރސްޓް ލަވް އަކީ؟” އަބްޔާން އާއި ދިމާލަށް ބަލަން ހުރި ޖަންނަތު އަހާލި އެވެ. އަބްޔާން ވެސް ޖަންނަތުގެ ލޮލަށް ބަލައިލަމުން ވާހަކަ ނުދެއްކިފައި ހުއްޓެވެ. “ބުނީމެއްނު ސަމް ވެއަރ ފާރ އަވޭ… ބުނީމެއްނު ޖަންނައަކަށް ނޭގޭނެޔޭ ވެސް.” ޖަންނަތު އަބްޔާންގެ މޫނަށް ބަލަން ހުރެފައި ހިނިތުން ވެލި އެވެ. “ހަހަހަހަ… ބަލާލަ ތިހިރަ މޫނެއް.” ޖަންނަތު ހިނިގަނޑެއް ޖަހާލި އެވެ. އަބްޔާން އެހާ ދެރަވެ މާޔޫސް ވެފައި ހުންނަތަން ފެންނާކަށް ޖަންނަތު ބޭނުމެއް ނޫނެވެ.

“ޖަންނާ… ސީރިއަސްލީ… ޖަންނަ ރުޅިއެއް ނާދޭތަ؟” އަބްޔާން ހައިރާން ވެފައި އަހާލި އެވެ. ޖަންނަތު އެތަނުން ގޮސް ސޯފާގައި އިށީނެވެ. އޭރު ޔަޒަން އެތާ ކާޓޫނު ބަލަން އިނދެގެން ކިރުތައްޓަށް ބިސްކޯދެއްލާ ފޯކޮށްލައިގެން ކާން އިނެވެ. “ޖަންނާ… ރުޅިއެއް ނާދޭތަ؟” އަބްޔާންއަށް އަނެއްކާވެސް އަހާލެ ވުނެވެ. އަދި އެކަކަށް އިނދެވޭ ސޯފާގައި އިށީނެވެ.

“ރުޅިއަށް ވުރެން ބޮޑަށް ދެރަވީ. އަހަރެން ދެރަވީ އަބީ އެވާހަކަ އަހަންނަށް ނުކިޔަ ދިނީމަ. އެކަމަކު އަހަރެން އަބީއަށް މާފުކޮށްފިން. އަބީ ގަސްތުގައި އެގޮތަށް ކަންތައް ނުކުރާނެހެން އަހަންނަށް ހީވަނީ.” ޖަންނަތު އަބްޔާންއަށް ބަލައިލަމުން ހިނިތުން ވެލި އެވެ.

“އަސްލުވެސް ޖަންނާ… އަހަރެން ޖަންނައަށް އެވާހަކަ ކިޔައިދޭން ހިތައް އަރާފަވެސް ޖެހިލުން ވަނީ…” އަބްޔާން ވާހަކަ މެދުކަނޑާލީ ޒައީމާ އެތަނަށް އައިމަ އެވެ.

“ޖަންނާ… ޔަޒަން ކައި ނިމުނީމަ އޭނަ ތުން ދޮއްވާލަ ދެއްޗޭ… މިއަދު ޒައިދާން ނޫޅެ އަންނާކަށްވެސް ހާދަ ލަސްވެއްޖެޔޭ.” ޒައީމާ ގަޑި ބަލައިލަމުން ބުންޏެވެ. އޭރު ފަސްގަޑި ބައިވަނީ އެވެ. އާމުގޮތެއްގައި ހަވީރުގެ އެގަޑިއަކީ ޒައީމާ ޝިޔާމާ މެންގެއަށް ދާ ގަޑި އެވެ.

“މިއޮއް އައީ އަހަރެން.” އެވަގުތު ޒައިދާން އައިސް އެގެއަށް ވަނެވެ. “ޔަޒަން… ދަރިފުޅާ! ހިނގާ ދާން.” ޔަޒަންއަށް ޒައިދާން ގޮވާލުމުން ޔަޒަން ތެދުވިއެވެ. ޖަންނަތު ވެސް ތެދުވީ ޔަޒަންގެ ތުން ދޮށްވާލަ ދޭށެވެ. ނަމަވެސް ޒައީމާ ޔަޒަން ގޮވައިގެން ބަދިގެއާއި ދިމާލަށް ހިގައިގަތުމުން ޖަންނަތު އަނެއްކާވެސް އިށީނެވެ.

ޒައީމާ ޔަޒަން ގޮވައިގެން އައިސް ޔަޒަންގެ ދަބަސް ޒައިދާންއާއި ހަވާލުކޮށްލި އެވެ.

“ބާއި ބޮޑުއްތާ… ބާއި ޖަންނަދައްތާ… ބާއި އަބީބޭ.” ޔަޒަން އަތް ހޫރަމުން އެންމެނާ ދިމާލަށް ބުނެލަމުން ޒައިދާން އަތުގައި ހިފައިގެން ނުކުތެވެ. އެދެބަފައިން ދިއުމުން ޒައީމާ ވެސް އެމީހުން ފަހަތުން ނިކުތީ ބޭރަށެވެ. މިއަދު ސާރާ ވެސް ސްކޫލްގައި ކުޑަކުދިން ދުވަސް ފާހަގަ ކުރާތީ އަދި ގެއަކަށް ނާދެ އެވެ.

 

“ހޫން ދެން ބުނެބަލަ އަހަރެން ގާތު އެވާހަކަ ބުނަން ޖެހިލުން ވަނީ ކީއްވެޔޭ؟” ޖަންނަތު އައިސް ޖަންނަތު ކުރިންވެސް އިން ތާގައި އިށީންނަމުން އެހި އެވެ. އަބްޔާން އިން ތަނުން ތެދުވެގެން އައިސް ޖަންނަތު ގާތު އިށީނެވެ.

“އަހަރެން އަދިވެސް ޖެހިލުންވޭ… އެކަމަކު އަހަރެން ދެން އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުންމެއްނޫން. އަހަރެން ޖަންނައަށް ހުރިހާ ވަހަކައެއް ވެސް ކިޔައިދޭން ބޭނުން.” އަބްޔާން ޖަންނަތުގެ އަތުގައި ދެއަތުން ހިފާލި އެވެ.

“ކިޔާބަލަ! އަހަރެން މީނީ އަޑުއަހާށޭ.” ޖަންނަތު ބުނެލި އެވެ.

“ރުޅިއެއް ނާންނާނަން ދޯ.” އަބްޔާން ފާޑަކަށް ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ.

“ތި ވާހަކަ ބުނީމަނު އިނގޭނީ… އަނެއްކާ ރުޅި އަންނަ ވަރުގެ ކަމެއް ކުރީތަ؟”

“ޖަންނާ.. އަހަނަށް ޓްރަސްޓް ކުރަން ދޯ. އެއީ އަހަންނަށް އޭރު ނުވިސްނޭތީ ކުރެވުން ކަމެއް. މަށަށް ފޮގިވް ކުރާނަން ދޯ.”

“ދެން އަބީ… ކިޔާބަލަ.. އޭރުންތާ އިނގޭނީ.”

“ޖަންނާ… އަހަރެން ތަނާ..” އަބްޔާންއަށް އެހިސާބަށް ބުނެވުން ތަނާ އަބްޔާންގެ ފޯނު ރިންގުވާން ފެށި އެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލާފައި ޖީބުން ފޯނު ނަގާ ބަލައިލި އެވެ. ގުޅަނީ އާލިޔާ ކަމުން އަބްޔާން ފޯނަށް ޖަވާބު ދިނެވެ.

“ކީކޭ އާލިޔާ؟” އާދައިގެ ގޮތަކަށް އަބްޔާން ބުނެލި އެވެ. “ވަޓް؟ ކޮބާ މިހާރު؟” އަބްޔާން ހާސްވެފައި ކޮޅަށް ތެދުވި އެވެ. ޖަންނަތުއަށް ވެސް ކޮޅަށް ތެދުވެވުނެވެ. “އާން މަޑުކުރޭ އަހަރެން އެބަދަން… އެހެން މީހެއްކައިރީ އަދި ނުބުނާތި؟” އަބްޔާން އެހެން ބުނެފައި ފޯނު ކަނޑާލާފައި ޖީބަށް ލިޔެވެ. އަބްޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ފެނިފައި ޖަންނަތު ހުރީ ކަންބޮޑު ވެފަ އެވެ.

“އަބީ؟ ކިހިނެއްވީ؟” ޖަންނަތުއަށް އަހާލެ ވުނެވެ.

“އެއީ އާލިޔާ… ތަނާ ރުއީމަ ހާސްވެގެން އުޅޭތީ އެ ގުޅީ. އަހަރެން އަންނާނަން.” އަބްޔާން އެހެން ބުނެފައި އަވަހަށް ނުކުމެގެން ހިގައްޖެ އެވެ. ޖަންނަތު ޖެހި ބުދެއްހެން ހަދާނެ ގޮތެއް ނޭގިފައި ހުއްޓެވެ.

 

އަބްޔާން އަވިއްސެއް ހެން ގެއަށް ވަދެ އެދިޔަ ބާރުމިނުގައި ގޮސް ވަނީ އާލިޔާ ކޮޓަރިއަ ށެވެ. އޭރު އާލިޔާ ތަނާއަށް ފެންތައްޓެއް ބޯން ދެނީ އެވެ. އަބްޔާން ފެނުމުން ތަނާ އަނެއްކާ ވެސް ރޯން ފެށި އެވެ.

“ތަނާ! ވައި ކާންޓް ޔޫ އަންޑަސްޓޭންޑް؟” އަބްޔާން އައިސް ބުންޏެވެ. “މިއަދު ބޭސް ނުކައިތަ ތި އުޅެނީ؟” އަބްޔާން އުނަގަނޑުގައި އަތް ވިއްދާލަމުން އަހާލި އެވެ.

“ތަނާ … ތަނާ ބޭހެއް ނުގެންނަން…. ތަނާ ހީކުރީ…. މިގޮތައް… ނުވާނެ … ނުވާނެ…” ތަނާއަށް އުޅެނީ ވާހަކަ ނުދެއްކިގެނެވެ. ގިސްލެވެނީ އެވެ. އަބްޔާން އައިސް ތަނާ ގާތު އިށީނެވެ. ތަނާ ކުއްލިއަކަށް އަބްޔާން ގައިގައި އޮޅުލައި ގަތެވެ. “ޕްލީސް އަބީ… ތަނާއަށް… ތަނާއަށް ތިހެން… ނަހަދާ ޕްލީސް… އަބީ… އަބީ ބުނޭ ތަނާ… ތަނާ ދެކެޔޭ… ތަނާ ދެކެޔޭ ލޯބިވަނީ… ޕްލީސް.” ތަނާ ގިސްލަމުން ވާހަކަ ދައްކާ ގޮތުން ކައިރީ ހުންނަ މީހަކަށް އަސަރު ނުކޮށެއް ނުދާނެ އެވެ. އާލިޔާ ވެސް އެތާ ފެންކަޅި ވެފައި ހުރީ އެވެ. އަބްޔާން އަނގައިން ނުބުނެ އިނެވެ. އަބްޔާން އިނީ ހަދާނެ ގޮތެއް ނޭގިފަ އެވެ.

“އަބީބޭ… ދެން ތަނާއަށް ތިހިން ނަހަދަ ބަލަ. އަބީބެ އޭރު އެހާ ލޯބިން އުޅެފަ މިހާރު ކިހިނެއް ވެގެންތަ ތި އުޅެނީ؟” އާލިޔާ އެހި އެވެ. ތަނާއަށް ވަމުން ދާ ގޮތުން އާލިޔާއަށް ކެތް ނުކުރެވުނީ އެވެ. ތަނާއަކީ އާލިޔާގެ ނުލާހިކު ގާތް އެކުވެރިއެކެވެ. އަދި އަނެއްކޮޅުން ޖަންނަތުއާއި އަބްޔާންގެ ގުޅުމުގެ ވާހަކަ ވެސް އާލިޔާއަށް އޮތީ ވަންހަނާ ވެފަ އެވެ.

“ދެން ހުއްޓާލާ… އަހަރެން މީނީނު ތަނާ ގާތު… އިޓްސް އޯކޭ… ދެން ހުއްޓާލާ.” އަބްޔާން ތަނާ މަސަލަސް ކުރަން އުޅެން ފެށި އެވެ. ނަމަވެސް ތަނާއަށް އަނެއްކާ ވެސް ރޮވެން ފެށުނެވެ.

 

އަބްޔާން އާދޭތޯ ޖަންނަތު އެރޭ އެތައް އިރަކު އިނެވެ. އަބްޔާން ނައުމުން އަބްޔާންއަށް ގުޅުމުން ފޯނެއް ވެސް ނުނެގި އެވެ. ތަނާގެ ހާލު މާ ބޮޑުވީ ކަންވެސް ނޭގެ އެވެ. ޖަންނަތު ހާސްވެފައި ހުއްޓެއް ކަމަކު ރޭގަނޑު ވުމުން އެގެއަށް ދާކަށް ޖަންނަތުއަކަށް ނުކެރުނެވެ. އެންމެ ފަހުން އަބްޔާންއަށް މެސެޖެއް ފޮނުވާފައި ޖަންނަތު ނިދަން އެރި އެވެ. އުޅެ އުޅެ ވެސް ނިދޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން އަހްޔާންއަށް ގުޅާލަން ޖަންނަތު ހިތަށް އެރިއެވެ. ނަމަވެސް ދުވަހަކުވެސް އަހްޔާންއަށް ނުގުޅާތީ ގުޅަން ނުކެރިފައި ދެހިޔާލެއް ގައި ޖަންނަތު އިނެވެ. އެހެން އިނދެފައި ވެސް އަހްޔާންގެ ނަންބަރަށް ގުޅާލި އެވެ. ދެފަހަރަކު ރިންގުވީތަނާ ފޯނު ކަނޑާލަން ޖަންނަތު ހިތަށް އެރިވެގުތު އަހްޔާން ފޯނަށް ޖަވާބު ދިނެވެ.

“ހެލޯ!” އަހްޔާންގެ އަޑު ފޯނުން ހީވަނީ ހަމަ އަބްޔާންގެ އަޑު ހެނެވެ. ޖަންނަތުއަށް ވާހަކަ ދައްކަން ނުކެރިފައި އިރުކޮޅަކު ހުރެވުނީ އެވެ. “ހެލޯ! ކާކު؟” އަނެއްކާވެސް އަހްޔާން ބުންޏެވެ. އަހްޔާން ފޯނުގައި ޖަންނަތުގެ ނަންބަރު ނެތުމުން ކާކުކަމެއް ނޭގުނެވެ.

“ހެލޯ!” ޖަންނަތު މަޑުމަޑުން ބުންޏެވެ.

“ހެލޯ؟ ޖަންނާ؟” އަހްޔާންއަށް ޖަންނަތުގެ އަޑު ޖެހުމާއި އެކު އިނގުނެވެ. “ހެލޯ؟ ޖަންނައެއް ނޫންތަ ތީ؟” ނަމަވެސް އިތުރު އެއްޗެއް ނުބުނުމުން އަހްޔާންގެ ހިޔާލު ބަދަލު ވިއެވެ.

“މީ ޖަންނަ. މީ.. އަބީ ފޯނު ނުނަގާތީ…” ޖަންނަތު ޖެހިލުން ވެފައި ހުރެ ވާހަކަ ދައްކަން ފެށި އެވެ.

“އަބީ… އަބީ ގޭގަކަންނޭގެ ވީ. އަހަރެން އޭރު ޖަންނަމެންގޭން ނިކުތް ގޮތަށް އަދި ގެޔަކަށް ނުދަމޭ. އެކަމަކު ގެއަށް މިހާރު މިދަނީ. ގޮއްސަ ހަބަރެއް ދޭނަން އިނގޭ.”

“އޯ.. އޯކޭ. ތޭންކްސް.” ޖަންނަތު ފޯނު އަވަހަށް ކަނޑާލި އެވެ. އަނެއްކާ މިވަނީ ކިހިނެއް ހެއްޔެވެ. އަހްޔާން ގުޅާނެ ކަމަށް އޮވެ އޮވެ އަހްޔާން ވެސް ނުގުޅި އެވެ. ޖަންނަތުއަށް އެންމެ ފަހުން ނިދުނީ އެވެ.

 

ޖެހިގެން އައި ދުވަހު އޮފީހަށް ލައިދޭން ދާން ވެސް އަބްޔާން ނާދެ އެވެ. ޖަންނަތު އަބްޔާން ފޯނަށް ގުޅި އިރު ފޯނު އޮތީ ނިވާލާފަ އެވެ. ވީ ގޮތެއް ވެސް ނޭގި ހުރުމުން ޖަންނަތު ހުރީ ކަންބޮޑު ވެފަ އެވެ. އޮފީހުގައި އިނދެގެން ވެސް އަބްޔާން ފޯނަށް ގުޅަން އެތައް މަސައްކަތެއް ޖަންނަތު ކުރި އެވެ. އެންމެ ފަހުން މެންދުރު ވަމުން އައި އިރު އަހްޔާންއަށް އަނެއްކާ ވެސް ޖަންނަތު ގުޅާލީ ދެން އެހެން ގޮތެއް ނެތީމަ އެވެ.

“ހެލޯ! ޖަންނާ!” ފުރަތަމަ ރިންގުން އަހްޔާން ފޯނަށް ޖަވާބު ދިނެވެ. “ވަރަށް ބޮޑަށް ސޮރީ އިނގޭ.. ރޭގަ އެގަޑީގަ ގެއަށް އައި އިރު ތަނާގެ ހާލު ވަރަށް މައްޗަށް ގޮސްގެން އުޅެނީ… އެހެންވެ އެވަގުތު ނުގުޅުނީ. ދެން ފަހުން ހަދާންވެސް ނެތުނީ… ވަރަށް ބޮޑަށް ސޮރީ އިނގޭ.”

“މިހާރު ތަނާ ކިހިނެއް؟” ޖަންނަތު އަހާލި އެވެ.

“މިހާރު ނިދިފަ ކަންނޭގެ އޮތީ… ފަތިސް ވީ ފަހުންހެން ހީވަނީ ނިދުނީ… އާލިޔާ ބުނި އެހެން.” އަހްޔާން ބުންޏެވެ.

“އަބީ….. އަބީ ކޮބާ؟” ޖަންނަތު އެންމެ ފަހުން އަހާލިއެވެ.

“އަބީ ވެސް ނިދާފަ. އަބީއަށް ވެސް ނިދުނީ ފަތިސް ވީފަހުންނޭ. ތަނާ އަބީ ހިފަހައްޓާލައިގެން އުޅުނީ.” އަހްޔާން ބުންޏެވެ. “ޖަންނާ…. އަހަރެން ބުނީމެއްނު… މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ އަދި. ޖަންނަ ވާނެ އަންޑަސްޓޭންޑްވާން. ޕްލީސް.” އަހްޔާން ބުންޏެވެ. ޖަންނަތު އެއްޗެއް ނުބުނެ ހުއްޓެވެ. “ޖަންނާ! އާރ ޔޫ ދެއަރ؟”

“އާން… އޯކޭ. ބާއި.” ޖަންނަތު އަވަހަށް ފޯނު ކަނޑާލި އެވެ.

 

މުޅި ދުވަހު ޖަންނަތު ހުރީ ވިސްނުމެއްގަ އެވެ. އޮފީހުގެ މަސައްކަތްތައް ވެސް ރަގަޅަށް ނުކުރެ ވުނެވެ. ކުރާހިތް ނުވެސް ނެތީ އެވެ.

ޖަންނަތު ކަންބޮޑުވެފައި ހުރެ ގެއަށްދާން ނުކުތެވެ. އެވަގުތު ޖަންނަތުއަށް ހިދާޔާ ގުޅަން ފެށި އެވެ. ފުރަތަމަ ރިންގުން ޖަންނަތު ޖަވާބު ދިނެވެ.

“ޖަންނާ، އެކޮއެ… މިއަދު މިގެއަށް އައިސް ދެވޭނެތަ؟ އަބީގެ އެއްޗިހި އިސްތިރި ކުރަން. ބައިވަރެއް އެބައޮތް. އަހަރުމެން ނެތް އިރު އަބީ ނުބުނޭދޯ ޖަންނަ ކައިރީ އިސްތިރިކުރަން އަންނާކަށް؟”

“އާން ހިދާޔާއްތާ… އަބީ ނުބުނޭ.”

“މިއަދު އައިސް ދޭނަން ދޯ. ޔާންގެ ވެސް އެތިކޮޅެއް ކޮއްލަދޭން ވާނެ. މިއަދު އެކަނި ނުވެސް ވާނެ.”

“އާން ހިދާޔާއްތާ.. ގެއަށް ވަދެލާފަ ނަމާދުކޮށްލައިގެން މިދަނީ އިނގޭ.” ޖަންނަތު އަވަހަށް ގެއަށް ދިއުމަށް މިސްރާބު ޖެހި އެވެ. ކުޑަ ހިތްހަމަ ޖެހުމެއް ލިބުނީ އަބްޔާންމެންގެއަށް ގޮސް އަބްޔާން ގާތު ވީގޮތް އޮޅުން ފިލުވޭނެތީ އެވެ.

 

ގްރީން ވިލާއަށް ޖަންނަތު ގޮސް ވަންނަން އުޅެނިކޮން އާލިޔާ ތަނާ ގޮވައިގެން ބޭރަށް ނިކުންނަނީ އެވެ. ތަނާ މޭކަޕު ކޮށްފައި ވާ އިރުވެސް މޫނުމަތިން ނިކަން ގިނައިރު ރޮއެފައި ހުރިކަން ކޮންމެވެސް ވަރަކަށް ފާޅުވާން ހުއްޓެވެ. އާލިޔާ ވެސް ހުރީ ގަދަޔަށް މޭކަޕު ކޮށްލާފަ އެވެ. އާލިޔާ އައި ފަހުން ޖަންނަތުއަށް އާލިޔާ އެ ފެނުނީ އަދިކިރިޔާ އެވެ.

“އޭ، ޖަންނާ…. ކިހިނެއްތަ؟” އާލިޔާ ނިކަން އެކުވެރިކޮން ޖަންނަތުއާއި ސަލާންކޮށްލި އެވެ. ޖަންނަތުވެސް އިޖާބަދިނީ ހިނިތުން ވުމަކާ އެކު އެވެ.

“ކޮންތާކަށް ތި ދަނީ؟” ޖަންނަތުއަށް އަހާލެ ވުނެވެ.

“މި ދެން ތަނާއަށް ރަށުތެރެ ދައްކާލަން ދަނީ… ” އާލިޔާ ތަނާ ދައްކާލަމުން ބުންޏެވެ. ތަނާ ޖަންނަތުއަށް ބަލައިލާފައި މޫނަށް ފާޑެއްގެ ގޮތެއް ހަދާލައިގެން ހުއްޓެވެ. ކުރިން ދުވަހު ތަނާގެ ހުރި އެކުވެރި މަޖާ މިޒާޖެއް މިހާރަކު ނެތެވެ.

“ޖަންނަ ކީއްކުރަން ތި އައީ؟” އާލިޔާ ވެސް އަހާލި އެވެ.

“ހިދާޔާއްތަ ބުނެގެން.” ޖަންނަތު އެވަރަށް ބުނުމުން އެއީ ކީއްކުރަންކަން އާލިޔާއަށް އިނގެ އެވެ.

“އޯކޭ! ދަނީ އިނގޭ… މިދިމާލުގަ ހިނގާލަން މިދަނީ.” އަތުން އިޝާރާތް ކޮށްލަމުން އާލިޔާ ބުނެލި އެވެ. ޖަންނަތު ވެސް އެމީހުނަށް ތަން ދެމުން ގޭތެރެއަށް ވަނެވެ.

 

ޖަންނަތު ގެއަށް ވަން އިރު އަންނައުނުތައް ސޯފާ މައްޗަށް އަޅާލައިގެން ހިދާޔާ އިނެވެ. ޖަންނަތު ފެނުމާ އެކު ތެދުވި އެވެ.

“އެކޮއެ.. ޖަންނާ… މިހިރީ އަބީގެއާ ޔާނުގެ އިސްތިރި ކުރަން ޖެހޭ އެއްޗިހި… އަދި މިއަދު ބަލައިލި އިރު އަބީގެ އަލަމާރިވެސް އޮތީ މުޅިން އެގޮތް މިގޮތް ވެފަ… އެކޮއެ ވާނެ އެ އަލަމާރިވެސް ރަމަތަކޮށްލަން…” ހިދާޔާ ނިކަން އޮމާންކޮން ހިތްހެޔޮކަމާ އެކު ވާހަކަ ދައްކަމުން ދިޔަ އެވެ. “އެކަމަކު ނިކަން މަޑުމަޑުން އުޅޭތި. އަބީ އަދިވެސް ނިދާފަ އޮތީ. ފަތިހު ނަމާދުކޮށްގެން ނިދި މީހެއް އެއީ… ޔާނު ބުނީ ކޮންމެސް މަސައްކަތަކު އުޅެފަ އަބީ ނިދީ ފަތިހުޔޭ… މަށަކަށް ނޭގެ މިހާރު މާވަރަކަށް މަސައްކަތް ކުރޭ… ކުރިން މަސައްކަތް ނުކޮށްގެން އުޅުނީ ދޯ؟” ހިދާޔާ ހިނިތުން ވެލަމުން ޖަންނަތުއަށް ދޯ ލިޔެވެ. ޖަންނަތުވެސް ހިނިތުން ވެލި އެވެ. “މެންދުރު ނަމާދަށް ވެސް ތެދުވިހެން ހީވަނީ. ދައްތަ ބަލައިލި އިރު ކޮޓަރީ މުސައްލަ އަޅާފަ އޮތީ. އެއްކަމެއް ނުކުރިޔަސް މިހާރު ކުރާކަމެއް އެއީ. ކިހާ ރަގަޅު ދޯ.” ހިދާޔާ އެހެން ބުނެފައި ހިދާޔާގެ ކޮޓަރިއަށް ގޮސް ވަނެވެ.

ޖަންނަތު އިސްތިރިކުރަން ފެށި އެވެ. ވަކިވަރަކަށް ކޮށްފައި އަހްޔާންގެ އެއްޗިހި ގެންގޮސް އެކޮޓަރި އަލަމާރީ އެޅުވި އެވެ. އޭރު އަހްޔާން ގޭގައި ނޫޅޭއެވެ. ޖަންނަތު އައިސް އަބްޔާން ކޮޓަރިއަށް ވަނީ އަބްޔާންގެ އެއްޗިހި އަޅުވާށެވެ. އޭރު އަބްޔާން ނިދާފައި އޮތުމުން އުޅުނީ ވަރަށް މަޑުން ނެވެ. ޖަންނަތު އެއްޗިހި އަޅުވާފައި ނުކުންނަނިކޮން ހިދާޔާ އައިސް މަޑުމަޑުން އަބްޔާން ކޮޓަރި އަށް ބޯދިއްކޮށްލި އެވެ.

“ޖަންނާ. ދައްތަ މިދަނީ ބޭރަށް. އެކޮއެ އިސްތިރިކޮށް ނިމިގެން ދަމުން ގެ ތަޅުލާފަ ތަޅުދަނޑި އަލި މަނިކު ފިހާރައަށް ލާ. އޭގެ ކުރިން އަބީ ހޭލައިފިއްޔާ ބުނާތި ކާން. ދައްތަ މިދަނީ ކާން ހަދާފަ.” ހިދާޔާ ވާހަކަ ދެއްކީ ނިކަން މަޑުންނެވެ. އަބްޔާން ނިދާފައި އޮތުމުންނެވެ. ހިދާޔާ ދިއުމުން ޖަންނަތު ވެސް ހިދާޔާ ފަހަތުން ނުކުތެވެ. ޖަންނަތު އަނެއްކާވެސް ބާކީ ހުރިބައި އިސްތިރި ކުރަން ފެށި އެވެ.

 

“އާލިޔާ؟ ޖަންނަ ތިގެއަށް އެ ދިޔައީ ކިއްކުރަންތަ؟” ތަނާއާއި އާލިޔާ އަތިރި މަތީ ހިގަމުން ދިޔަ އެވެ. ތަނާގެ ހިތުގައި ޖަންނަތުއަށް ނަފްރަތު އުފެދުނީ ރޭގެ ފަހުންނެވެ. އަބްޔާންގެ އަނގައިން ޖަންނަތު ދެކެ ލޯބިވާ ވާހަކަ ބުނުމުންނެވެ.

“އެއީ އެއްޗިހި ދޮވެ، އިސްތިރިކޮށް، ނޫނީ ކޮންމެސް ކޮޓަރިއެއް ރީތިކޮށްލާ.. އެކަހަލަ ކޮންމެސް ކަމެއް ކުރަން އެ ދިޔައީ.” އާލިޔާ ބުނެލި އެވެ.

“އެއީ ތިގޭ މެއިޑްތަ؟” ތަނާ ހިނގުން ހުއްޓާލަމުން ބުންޏެވެ.

“ނޫނޭ… އެއީ މެއިޑެއްނޫން. އަސްލު ވީ ގޮތަކީ ކުރިން ހުރިހާ ކަމެއްވެސް މަންމަ ކުރަނީ. ދެން މަންމަގެ އުނަގަނޑުގެ މައްސަލަ ހުންނާތީ ޑޮކް ބުނީ މަސައްކަތް ނުކުރަން. އެހެންވެ ޖަންނަ ގާތު ބައްޕަ އެވާހަކަ ބުނުއްވީމަ ޖަންނަ އަމިއްލައަށް އެއްބަސް ވެގެން އެކަންތައްތައް ކޮށްލަދޭން އަންނަނީ. އެއީ މެއިޑެއްނޫން… އަނެއްކާ މެއިޑަކަށް ނުވެސް ހެދޭނެނު… މިހާރު އެގޭ ކުދިން އެއީ ބައްޕަގެ ބިޒްނަސް ޕާރޓްނާސް.” އާލިޔާ ހުރިހާ ވާހަކަ ތަކެއް ތަނާއަށް ކިޔައިދެމުން ދިޔަ އެވެ.

“އެހެންތަ… ” ތަނާ ވިސްނާލަމުން ބުނެލި އެވެ.

“އޭ.. ހިނގާ ލީކްސް ރެސްޓޯރެންޓަށް ދާން. ކޮފީއެއް ބޯލަން. އެތާ އުޅޭނެ އާލިޔާގެ ފްރެންޑްސް ވެސް.” އާލިޔާ ކުއްލިއަކަށް ބުންޏެވެ. ތަނާވެސް ނިކަން އަވަހަށް އެއބަސް ވެލި އެވެ.

އަބްޔާންގެ ގަމީސްތައް އިސްތިރި ކޮށްގެން ކޮނޑުގައި އަޅުވައިގެން ޖަންނަތު އައިސް އަބްޔާން ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް މީހަކު ޖަންނަތުގެ އުނަގަނޑުގައި ހިފަހައްޓާލި އެވެ. ޖަންނަތުއަށް ހަޅޭއް ލަވައި ނުގަނެވުނީ ކިރިޔާ އެވެ.

“އަބީ… ހިތް އެއްކޮން ބޭރަށް ނިކުމެފަ އެވަނީ… ސިއްސައިގެނޭ ދިޔައީ.” ޖަންނަތު ބުންޏެވެ. އަބްޔާން ޖަންނަތުގެ ކަންދުރާއަށް ބޮސްދިނެވެ. އަދިވެސް ދޫނުކޮށް އަބްޔާން ހުރީ ޖަންނަތު ހިފަހައްޓައިގެނެވެ. “އަބީ ދެން ދޫކޮށްލަ ބަލަ. މީހަކު އައިސްދާނެ.” ޖަންނަތު ބުންޏެވެ.

“އެކަކުވެސް ނާންނާނެ. މަ އޮތީ ހޭލަޔޭ… މަންމަ ދެންމެ އެ ދިޔައީ ބޭރަށް… ޔާނު ވީ މަހަށްގޮސް…” އަބްޔާން ޖަންނަތު ގައިން ދޫކޮށްލި އެވެ. ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން ހުރީ ތިރިން ސޯޓެއް ލައިގެނެވެ. ހުސްގަޔާ ހުންނައިރު އަށިގަނޑުގެ ވަރުގަދަކަން ފާޅުވާން ހުއްޓެވެ. ޖަންނަތު އަވަހަށް އަލަމާރީ އެއްޗިހިތައް އަޅުވާލި އެވެ. އަބްޔާން އައިސް ދޮރުކައިރީ މަޑުކޮށްލާފައި ދޮރު އެއްކޮން ލެއްޕި އެވެ.

“ކީއްކުރަން ދޮރުލެއްޕީ؟” ޖަންނަތު ހާސް ވެފައި އެހި އެވެ. ހިނިތުން ވެލައިގެން ހުރެ އަބްޔާން ޖަންނަތު ގާތަށް އައިސް ހުއްޓުނެވެ.

“ޖަންނާ… އައި އޭމް ސޮރީ.” އަބްޔާން ބުންޏެވެ.

“ކޮން ކަމަކާ؟”

“ރޭގަ އަސްލު ތަނާއާ ހެދި ނުދެވުނީ… ޔާން ކިޔައިދިންތަ؟”

“ހޫން… ޔާން ކިޔައިދިން.” ރުންކުރު ރާގަކަށް ޖަންނަތު ބުނެލި އެވެ.

“ރުޅި އައިސްފަތަ؟” އަބްޔާން ޖަންނަތުއާއި ނުހަނު ގާތަށް އައިސް ހުއްޓެމުން އެހި އެވެ. ޖަންނަތު ބޯ ހޫރާލަމުން އިސްޖެހި އެވެ. އަބްޔާން ޖަންނަތުގެ ދަތްދޮޅީގައި ހިފާ އުފުލާލި އެވެ. ޖަންނަތުގެ ލޮލުގައިވީ ޖާޒުބީ ވިދުވަރަށް އަބްޔާންއަށް ބަލަން ހުރެވުނީ އެވެ. އަދި ހަމަ އެ ޖަޒުބާތުގައި ހުރެ ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލެވުނެވެ. ޖަންނަތުއަށް އަބްޔާންގެ މަސްތީ ދެލޯފެނި މުޅިގައިން ވާގިދޫވި ކަހަލަ އެވެ. ލޯމަރާލެވުނީ ބޭ އިހުތިޔާރުގަ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ.. ( 10 ވަނަ ބައި)

Next

ބޭނުންވަނީ ކަލާ (ފުރަތަމަ ބައި)

Next
May 21, 2016

ބޭނުންވަނީ ކަލާ (ފުރަތަމަ ބައި)

Previews
May 20, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ.. ( 10 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

25 Comments!

  1. aish says:
    May 20, 2016 at 6:27 pm

    Wow nice anepart up kuraanee kon iraku

  2. Fathimath Inaa Yaa says:
    May 20, 2016 at 6:38 pm

    Kyvve sitah nuvadheveny

  3. Shinaa says:
    May 20, 2016 at 6:41 pm

    Hus haasaru… varah foohi

  4. Xoa says:
    May 20, 2016 at 6:45 pm

    Varah nice. Waiting for the next part.

  5. Isheee says:
    May 20, 2016 at 6:57 pm

    Alhey janna ah dhera gotheh nahadhaathi igey. Varah reethi vaahaka

  6. Thukko says:
    May 20, 2016 at 7:00 pm

    Next part avahah up koh dhehcheyy n by the way story was nice ?????????

  7. Zaanaa says:
    May 20, 2016 at 7:19 pm

    Haada lahay me story up kuraaleh v keyaahiyy vay story reethi veema

  8. Mar Sha Marsha says:
    May 20, 2016 at 7:36 pm

    Vv rythi mi vaahaka.. aneh baige inthizaaruga….

  9. Appy says:
    May 20, 2016 at 7:50 pm

    Misunderstanding ehga maa Gina dhuvahu thibefa maagina aharu thakeh kohfa libunyma v hadi vaane mi story ga ehen nahadhahchey …

  10. flwr says:
    May 20, 2016 at 8:55 pm

    mi vaahaka kiyaa hurihaa kudhin..
    I think mi stry ga janna loabi gurubaan kuraany thanaa ah takaa … mi stry ge name in ingey knmeves ehkaku loabi gurubaan kuraanekan… so janna ahky hih heyo ragalhu myhaka vumun janna loabi gurubaan kuraany….
    arghhh I hate that thanaa… maa foniboduvegen e ulheny.. aasi plxxx thanaa ah abee nudheytheee… jannaaaa loabi gurubaan nukuraathy… anyway stry vrh reethi…

  11. Faathun says:
    May 20, 2016 at 9:27 pm

    Alhe abee and janna gulhuwahchey pls.. e thana ah nudheythi abee.. v hadi waane eyrah..

  12. Me says:
    May 20, 2016 at 9:52 pm

    Dont let anyone come in at this moment!!! Aaaarrrrrgg!!! The feels went all over the place!! ♥♥♥♥♥ dies!

    1. sjjsjsjs says:
      May 20, 2016 at 10:28 pm

      mee adhi haadha foni meehekey

  13. mal says:
    May 20, 2016 at 10:13 pm

    v v loabi vahaka eh……

  14. sjjsjsjs says:
    May 20, 2016 at 10:26 pm

    ahchee..heevanii goreh hen..

    1. aff says:
      May 21, 2016 at 12:07 pm

      kaley hama tha ?..thi kahala bahuruwaen vaahaka dhahkaakah nujehe dhow..????

  15. Shaai says:
    May 20, 2016 at 11:26 pm

    V rythi but thanaa aima v foohi …

  16. Fasy says:
    May 21, 2016 at 7:46 am

    Vvvv reethi story.plx up fast

  17. Princess says:
    May 21, 2016 at 11:14 am

    Hey…comment eh mi khlly vrh dhuvas khllaafa…..hw yu oll…aasi ..mi prt v rythi…avahah up khdhehchey

  18. Mishy says:
    May 21, 2016 at 11:27 am

    Thanaa ah abee libuneema hadivaane. Plz janna ah abee libey gothah liyahchey. Ehen noonee kiyanvx foohivaane. Mihaaruvx efoohi thanaa aeema hadivehje. Plz plz abee aai janna aa gulhuvahchey. Nice story

  19. Mishy says:
    May 21, 2016 at 11:45 am

    Jannage loabi gurubaankoh abee aai thanaa aai gulhuvaafa, jannaya zaidhaan aa gulhuvantha thiulhenee, ehen nuhadhahchey

  20. aff says:
    May 21, 2016 at 12:05 pm

    janna gulheyny xaidhan noony ahyaan ah.. balahchey.. knme ekakehge loabi gurubaan kuraane.. thanaa ah abee libunaku nudheythi.. ehen myhakah abee libunas thanaa ah libunyma hadi..

  21. leesh says:
    May 22, 2016 at 9:28 am

    huh.. that thaana is here to ruin everything. hate her much..
    aasi plz janna and abee gulhuvahche..
    janna thaana ah abee ge loabi gurubaan kohfa yaanu and janna eky ulhey goyy nuhadhahche. eyrun vrh dhera vane..
    btw love this story. thank you for writing this. you are a wonderful writer.

  22. Appy says:
    May 23, 2016 at 10:29 pm

    Janna loabi .Gurubaan kuryma hadi vaane …plx ehen nahadhahchey

  23. rosy says:
    May 24, 2016 at 9:26 pm

    Next parta waiting

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 21 ވަނަ ބައި←


All Right Reserved!