Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (އަށާރަވަނަ ބައި)

Mysterious Angel Level 110 Stories100 Comments
May 24, 2016 5 Mins Read
16 Comments

“ވިލް ޔޫ މެރީ މީ؟” ހުރިހާ ކުދިންތައް ދިއުމުން ރަތްކުލައިގެ ފިނިފެންމަލެއް ޝާޔަލްއަށް ދިއްކޮށްލަމުން އަހާލީމެވެ. އޭނަ އަނގަމަތީގައި އަތްއަޅައިގެންހުރީ ގަބޫލުނުކުރެވިފައިކަންނޭނގެއެވެ. މިނެޓެއްވެގެންދިޔައިރުވެސް އެއްވެސް ޖަވާބެއްނުދީ އެގޮތަށް އޭނަހުރީއެވެ. ތެދުވަން ހީކޮށްލިތަނާ އަތުގައި އޮތް ރަތްފިނިފެންމަލުގައި އޭނަ މަޑުމަޑުން ހިފާލިއެވެ. އެއާއެކު ޝާލީ އައިސް ޝާޔަލްގެ ގައިގާ ބައްދާލިއެވެ. އުއްބައްތީގެ އަލީގައިވެސް ޝާޔަލްގެ މޫނުމައްޗަށްވެރިވެފައިވާ ލަދުވެތިކަން ހާމަވެއެވެ.

“ޝާޔަލް ޤަބޫލިއްޔާ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން..” އިސްޖަހާލައިގެންހުރި ޝާޔަލްއަށް ބަލާލަމުން އަހަރެން ބުނީމެވެ.

“މާދަމާ ބައްޕަމެން އަންނާނެ..” ލަދުންހުރުމުން އޭނަގެ އަޑުގައިވެސް މަޑު ތުރުތުރެއްވެއެވެ.

“އޯކޭ.. މާދަމާ އަހަރެން ޝާޔަލްގެ ބައްޕައާއި ބައްދަލުކޮށްލަން ދާނަން އިންޝާﷲ..” ޝާލީމެން އެތެރެއަށް ވަނުމަށް އައުމުން އެމީހުންގެ ފަހަތުން ވަނީމެވެ.

އަހަރެންގެ ހިތުގައި ޝާޔަލްއަށް ވަކި ޚާއްސަ މަޤާމެއްދެވިފައިނުވިޔަސް އޭނަ އަހަރެންދެކެ އިންތިހާޔަށް ލޯބިވާތީ ޝިއުޒްވެސް ޙިޔާލުދިނީ އަވަހަށް ކައިވެނިކުރުމަށެވެ. ދެމީހުން އެކުގައި ވަގުތު ހޭދަކުރަންފެށުމުން ވަގުތާއެކީ ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް އޭނަ ކިޔާދިނެވެ. އެރޭ އަހަރެން ހޭދަކުރީ ދަމުނަމާދުކުރުމުގަޔާއި ޤުރުޢާންކިޔެވުމުގައެވެ. ފަތިސްނަމާދުކޮށްލައިގެން ގެއަށްވަތްތަނާ ފޯނަން މެސެޖެއް އައިސްއޮތެވެ.

“މުޅި ހަޔާތުގައިވެސް އަހަރެންނަށް މިވަރުގެ ބޮޑު އުފަލެއް ނުލިބޭ.. ތޭންކްސް ޓު ޔޫ.. ލަވް ޔޫ މައި ހީރޯ..” ޝާޔަލްގެ މެސެޖުކިޔާލުމުން ހިނިވެސްއައެވެ. ދޮންބެއައިސް ރޭގައި ކަންތައްވީ ކިހިނެއްތޯ ސުވާލުކުރިއެވެ.

“ވަރަށް ނާވަސްވޭ އެބަ.. އެއީ ކިހާ މުއްސަނދި ބައެއް.. އެފެމެލީ މީހުން މެރީއެއް ނުކުރެއެއްނު އާދައިގެ މީހަކާ..” ޝާޔަލްގެ ބައްޕައަކީވެސް މާލޭގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެއާއިލާގެ ގިނަ މީހުން އުޅެމުންދަނީވެސް ރާއްޖޭން ބޭރުގައެވެ. ކުރިން ޝާޔަންވެސް ކިޔަވަމުންދިޔައީ ބޭރުގައެވެ. ކައިވެއްޏަށްފަހު އޭނަ މާލެއަށް ބަދަލުވީއެވެ. އަހަރެން ކަހަލަ އާދައިގެ އާއިލާއަކަށް އުފަން މީހަކު އެމީހުން ޤަބޫލުކުރާނެބާއެވެ؟

“އެއީ މާކުރީގެ ވިސްނުމެއް.. މިހާރު ހުރިހާކަމެއްވެސް ބަދަލުވެއްޖެ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ދޮންބެ ހިތްވަރުދިނެވެ. އަހަރެންވެސް އުންމީދުކުރަނީ އެހެން ކަންތައްވުމަށެވެ. ޖޫސްތައްޓެއް ބޯލައިގެން ނިދަން ޖައްސާލީ ރޭގަނޑު ޑިއުޓީއަށް ނިކުންނަން ޖެހޭތީއެވެ.

ހަށިގަނޑަށް ހޫނުވެގެން ހޭލެވުނުއިރު އެގާރަވެސް ޖަހައިފިއެވެ. އަވަސް އަވަހަށް ފޯން ބަލާލިއިރު ޝާޔަލްގެ މެސެޖެއް އިނެވެ. މެންދުރު ކެއުމަށް އެގެއަށް އައުމަށް ދަޢުވަތުދީފައި އޮތެވެ. އަހަރެންގެ ހިތް ބާރު ބާރު ތެޅެމުންދިޔައެވެ. ރަނގަޅު ގޮތަކަށްވާނެކަމަށް އުންމީދުކޮށްލައިގެން ހުރީމެވެ. މެންދުރު ނަމާދަށްފަހު އަހަރެން ތައްޔާރުވެލީމެވެ. އެކަނިދާން ބޭނުންނުވާތީ ދިޔައީ ދޮންބެ ގޮވައިގެންނެވެ. އެގެއިން މަރުޙަބާކީ ޝާޔަލްގެ ބައްޕައެވެ. އޭނަ ރީތި ހިނިތުންވުމަކާއިއެކީ އެތެރެއަށްވަނުމަށް ދަޢުވަތުދިނެވެ. އަހަރުމެން އެތެރެއަށްވަތްއިރު ޝާޔަންމެންގެ ދެމަފިރިންނާއި ޝާޔަންގެ ކާފަވެސް އިނެވެ. ކެއުމުގެ ތެރޭގައި ތަފާތު ވާހަކަ ދެކެވުނެވެ. ވާހަކައިގެ ތެރެއިން މުހިއްމު ކަމަކު ޒައިކް ސިންގަޕޫރަށް ދާން އުޅޭކަން އެނގުނެވެ. ކަންތައްތައް ވަމުންދިޔަ ގޮތުން އަހަރެން އިނީ ހިތްހަމަޖެހިފައެވެ.

“ޝާން ބުނި އަހަރުމެން ރަށު ކުއްޖެކޭ.. ކާކުގެ ދަރިއެއްތަ ތީ؟” ޝާޔަންމެންގެ ކާފަ އެހިއެވެ. މަންމަގެނަމާއި ބައްޕަގެ ނަން އިވުމާއެކީ ކާފަގެ ނިތްކުރިމައްޗަށް ރޫތައް ގިނަވިއެވެ.

“ޔާލް.. މުޅި ރާއްޖެއިން ފިރެހެނުން ހުސްވީތަ ދަރިފުޅާ.. ހަނިމާދޫގަ ހުރި އެންމެ ގޮތެއްފޮތެއްނެތްމީހާގެ ދަރިއަކާ އިންނަން ތިއުޅެނީ..” އިށީނދެގެން އިން ގޮނޑިން ނުތެދުވެވުނީ ދޮންބެ އަތުގައި ހިފީމައެވެ.

“ކާފަ ކީކޭ ތިކިޔަނީ؟” ޝާޔަލްގެ މޫނުމަތީގައިވީ ހައިރާންކަމެވެ.

“މިއީކީ އަހަރުމެންނާ އެކަށީގެންވާ ބައެއްނޫން.. މީހުން ކިހާ މަލާމާތެއް ކުރާނެ ދަރިފުޅު އެކަހަލަ އާއިލާއަކާ ގުޅުނީމަ.. އަހަރުމެންގެ އަބުރަށްވެސް ހުތުރުނެއްނު.. އަހަރުމެން އާއިލާގެ ކުދިން ކައިވެނިކުރާނީ އަހަރުމެންނާ އެއްފެންވަރެއްގެ ކުދިންނާ.. މިމީހުންގެ ބައްޕައަކީ ކޮންކަހަލަ މީހެއްކަން އެނގޭތަ؟ އުމުރުގެ ބޮޑުބައި އޭނަހުރީ ޖަލުގަ.. މަސްތުވާތަކެތި ބޭނުންކޮށް ވިއްކާކަމުގެ ކުށުގަ.. ދަރިންވެސް އުޅޭނީ މައިންބަފައިން އުޅޭ ގޮތަށް..” ކެތްކޮށްލައިގެން އިނދެވުނީ ކިރިޔާއެވެ.

“ހުއްޓާލާ.. އަހަރެންނާ ދިމާލަށް ކިޔާނެ އެއްޗެއް ކިޔާ..” މިހުރިހާ ދުވަހު ޝާޔަންމެންގެ ކާފައަށް ކުރަމުން އައި ޤަދަރާއި އިޙްތިރާމު އެންމެ ސިކުންތެއްގެ ތެރޭގައި ގެއްލިގެން ހިގައްޖެއެވެ. ޒައިކްއާއި ޝާޔަންއެއްފަރާތެއްގައިހުރި އިރު ޒައިކްގެ މޫނުމަތިން އަހަރެންނަށް ސިފަވީ މަލާމާތުގެ ކުލަވަރެވެ. ޝާޔަން އިސްޖަހާލައިގެން ހުއްޓެވެ.

“ދަރިފުޅަށްވެސް ފެނިއްޖެއެއްނު އެމީހުންގެ ފެންވަރު.. ބޮޑެތި މީހުންނަށް އިޙްތިރާމުކުރުމުގެ ސިފައެއްވެސްނެތް.. ބަލާބަލަ ޒައިކްއަށް.. އޭނަ ކިހާ ރަނގަޅު.. ކާފަ ބޭނުންވަނީ ދަރިފުޅަށްވެސް ޒައިކްފަދަ ފިރިއެއް ލިބުމަށް..” އޭނަގެ ކިބައިގައިވަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އިންސާނާއަކީ އެއްވެސް އާރެއް ބާރެއްނެތް މީހެއްކަން އެމީހުން ހަނދާން ނެތުނީ ހެއްޔެވެ؟ މުއްސަނދިކަމަކީ ކުޑަހިނދުކޮޅެއްގެ ތެރޭގައިވެސް ނެތިގެން ހިގައިދާނެ ކަމެއްކަންވެސް ހަމަ ނުވިސްނެނީ ހެއްޔެވެ؟

“އައި ލަވް ހިމް ކާފާ.. އަހަރެންނަށް ލިބުނު ކުޑަ ކުޑަ އުފާވެސް ފޭރިގަންނަންތަ ތިއުޅެނީ؟ އެކަކުވެސް ބޭނުމެއް ނުވޭ މަށަށް އުފަލެއް ލިބޭކަށް.. ޝިމާލްމެންނަށް އިންވައިޓްކޮށްގެން ގެންނަން ބުނީ އެންމެންގެ ކުރިމަތީގައި އޭނަ ހިއުމިލޭޓް ކުރަންދޯ.. އައި ހޭޓް ޔޫ ދޮންތާ އައި ޔަސްޓް ހޭޓް ޔޫ..” ރުޅިވެރި ނަޒަރަކުން ޝާޔަންއަށް ބަލާލަމުން ޝާޔަލް ކޮޓަރިއަށްވަދެ ތަޅުލިއެވެ. އެތާނގައި ހުންނަން ބޭނުންނުވެގެން އަހަރެން ބާރު ބާރަށް ހިގާފައި ބޭރަށް ނިކުތީމެވެ.

އަބަދުވެސް އަހަރެންނާ ދޭތެރޭގައި މިގޮތަށް ކަންތައް މިވަނީ ކީއްވެހެއްޔެވެ؟ އަންހެންކުއްޖާގެ އާއިލާ އަހަރެންނާމެދު ރުހެންޏާ އަންހެންކުއްޖާ އަހަރެންނާމެދު ހިތްހަމައެއްނުޖެހެއެވެ. ޝާޔަލް އަހަރެންދެކެ ލޯބިވާއިރު އޭނަގެ އާއިލާ އަހަރެންނަށް ނަފްރަތުކުރެއެވެ. ކައިވެނިދެކެވެސް ނަފްރަތުކުރެވެން ފަށައިފިއެވެ. އެގެއަށް ދެވުނުކަމުގެ މޮޔަ ހީވެއެވެ. ދޮންބެ ހީކުރާނީ ކީކޭ ހެއްޔެވެ؟ ގެއަށްވަންނަން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ޝިއުޒް ހުއްޓެވެ. ފުޅާ ހިނިތުންވުމެއް ތުންފަތްމައްޗަށްވެރިކޮށްލައިގެން ހުރެ އަހަރެންގެ ގައިގާ ހިފައިގަތެވެ.

“އައިއެމް ސޯ ހެޕީ ބުރޯ..” އަހަރެންގެ ކަންފަތްދޮށުގައި އޭނަ ބުނެލިއެވެ.

“އިޓްސް އޯވާރ..” ޝިއުޒްގަޔާ ދުރުކޮށްލަމުން ބުނީމެވެ. ޝާޔަންގެ ކާފަގެ ބަސްތައް ކަންފަތުގައި ގުގުމަމުންދިޔައެވެ. އަހަރުމެންނަށް އަހަރުމެންގެ ފެންވަރު ރަނގަޅަށް އަންގައިދީފިއެވެ. ހަނދާންނައްތާލަން މަސައްކަތްކުރިނަމަވެސް ކޮންކަހަލަ ބައްޕައެއްގެ ދަރިންކަން ހަނދާންކުރަން މަޖުބޫރުކުރުވައިފިއެވެ.

“ޑޭމް އިޓް..” ފާރުގައި ގޮށްމުށުން ޖަހާލެވުނީ ކިހާބާރަކަށްކަން އިހުސާސްވެސް ނުކުރެވުނެވެ. ޝިއުޒް އައިސް އަތުގައި ހިފަހައްޓާލިއެވެ. އޭރު އަތުން ލޭ އޮހޮރެމުންދިޔައެވެ.

“ތިއްތީ ޕްލީޒް ކާމް ޑައުން..” ޝިއުޒް ބުންޏަސް އަހަރެންނަށް މަޑަކުންނެއްނުހުރެވޭނެއެވެ.

“ނުވާނެ.. އަހަރުމެންނަކީ ކިހާ ފެންވަރެއްގެ ބައެއްކަން ވަރަށް ރަނގަޅަށް އަންގައިދީފި.. އޭނަ ހަނދާނެއްނެތް އަހަރުމެންނަށް ނިޢުމަތް ދެއްވަނީ ކޮންފަރާތަކުންކަމެއްވެސް.. ހީވާކަހަލަ އޭނަ އަމިއްލައަށޭ ހުރިހާ އެއްޗެއް ހޯދައިގަތީ..” ސިކުނޑީގައި ތަފާތު އެތައް ޙިޔާލުތަކެއް އެނބުރެމުންދިޔައެވެ. ޝިއުޒް ފަރުވާތެރިކަމާއެކީ އަތުގައި ބޭސް އަޅައިދިނެވެ.

” ﷲ އިރާދަކުރެއްވިއްޔާ ތި އިސްމާއިލް އާދަމް އަންނާނެ އޭނަގެ ކާފަދަރިފުޅަށްޓަކައި ތިއްތީގެ ކައިވެއްޏަށް އެދި އާދޭސްކުރަން.. އަހަރެން ދުޢާވެސް ކުރާނަން..” ވަރުގަދަ އަޒުމާއެކީ ޝިއުޒް ބުނެލިއެވެ.

ޝާޔަލްގެ އެތައް ކޯލަކާއި މެސެޖެއް އައިނަމަވެސް އަހަރެން ފޯނެއް ނުނަގަމެވެ. އެއްވެސް މެސެޖެއްވެސް ކިޔާކަށްބޭނުމެއްނުވިއެވެ. އޮފީހުން ގުޅާފައި ވަރަށް މުހިއްމު ބައްދަލުވުމަކަށް މިރޭ އަށެއްޖަހާއިރު އައުމަށް ބުންޏެވެ. އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟ ޝާޔަލްގެ ކާފަ އަނެއްކާ އަހަރެންގެ ވަޒީފާވެސް ފޭރިގަތީ ހެއްޔެވެ؟ މީހަކު ކޮންމެފަދަ ގޮތަކަށް އުޅުނަސް ތަނަވަސްކަން ލިބުނީމަ ވީ ހެއްޔެވެ؟ ބައެއް މީހުންގެ ވިސްނުންކޮށިކަމާއެވެ.

އަށެއްޖަހަންވީއިރު އަހަރެންހުރީ މަޝްވަރާ ބައްދަލުވުންތައް ބޭއްވޭ ހޯލުގައެވެ. ބައްދަލުވުންކުރިއަށްދިޔައިރުވެސް އަހަރެންގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެމުންދިޔައެވެ. ވެރިޔާގެ ފަރާތުން އިވުނު ބަސްތަކުން އަހަރެން އުފަލުންފުރުނެވެ. އަހަރެންގެ މަސައްކަތްތަކަށް ބަލައި ކްރައިމް ޑިޕާރޓްމެންޓަށް ބަދަލުކޮށްދިނީއެވެ. އެންމެންގެ ފަރާތުން މަރުޙަބާއާއި ހެޔޮ ދުޢާތައް ލިބެމުންދިޔައެވެ. އަލްޙަމްދުލިއްލާޙި.. ހެއްދެވި ފަރާތަށް ޝުކުރުހުއްޓެވެ. ބައްދަލުވުން ނިންމާލާފައި އަހަރެން ގެއަށްދިޔައީ ޕިއްޒާއަށް އޯޑަރދީފައެވެ. ގޭތެރޭގެ މާޙައުލު ބަދަލުކޮށްލަން މިއަށްވުރެ ރަނގަޅު އެހެން ގޮތެއް ނެތެވެ. ގެއަށް އައިސް ފުރަތަމަވެސް ލިބުނު ކާމިޔާބީއަށް ޝުކުރުއަދާކުރުމުގެ ގޮތުން ދެރަކްއަތުގެ ނަމާދެއްކުރީމެވެ. މަންމަމެންނަށް އެޚަބަރުދިނީ އޭގެ ފަހުގައެވެ.

“އަލްޙަމްދުލިއްލާލި.. މަންމަ އަބަދުވެސް އެދެނީ ދަރިފުޅުމެންނަށް ކާމިޔާބީ ލިބުމަށް..” އުފަލުން މަންމަގެ ދެލޯ ކަރުނުން ފުރުނެވެ.

“ކޮންގްރޭޓް ތިއްތީ..” ޝިއުޒް އުފާވެރިކަމާއެކީ އަހަރެންގެ ގައިގާ ބައްދާލިއެވެ.

“އެންޑް އައި ހޭވް ސަމްތިން ފޯރ ޔޫ ޓޫ.. އަހަރެންނަށްވެސް ޕްރޮމޯޝަން ލިބިއްޖެ މިރޭ.. ” ޝިއުޒްގެ ޖުމްލަ އިވުމުން ގޭތެރޭގައި އިތުރަށް ފޯރިގަދަވިއެވެ. އެއްކަމެއް ބީވެދާއިރު އަނެއްކަމެއް ފުރިހަމަވެއެވެ. މީހަމަ ދުނިޔޭގެ އާދައެވެ. ހުރިހާ ކަމަކީވެސް އަހަރުމެން އިންސާނުން އިމްތިޙާނުކުރެއްވުމަށް ކުރިމަތިވާ ކަންކަން ޤަބޫލުކޮށް ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. ޝާޔަލް ވާހަކަދައްކަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެންހުރީ އެހާ ފަސޭހައިން މާފުދޭ ގޮތަކަށް ނޫނެވެ. ބައްޕަ އުޅެފައިހުރި ގޮތުން އަބަދުވެސް އަހަރުމެން ލަދުވެތިވާން މިޖެހެނީ ކީއްވެހެއްޔެވެ؟ ޑިއުޓީ ނިންމާލުމަށްފަހު ގެއަށްދިއުމަށް ސައިކަލަށް އަރާ ދުއްވާލަން އުޅެނިކޮށް ކުރިމައްޗަށް އައިސް އެރީ ޝާޔަލްއެވެ. ރީތިކޮށް ކުރިމަތިން ދުރަށް ދިއުމަށް އެދުން ނަމަވެސް އޭނަ ހުރިގޮތަށްހުރީއެވެ.

” ޝިމާލްއަށް ޖެހޭނީ އަހަރެން ދައްކާ ވާހަކަ އަޑުއަހަން..” މަގުމަތީގައި “ސީން”އެއް ކްރިއޭޓްކުރާކަން އަހަރެން ބޭނުމެއްނޫނެވެ. ކައިރީގައިހުރި ކޮފީޝޮޕަށް ގޮސް ވާހަކަދައްކާނީ އޭ ބުނުމުން އޭނަ އެއްބަސްވިއެވެ. އެތެރެއަށްވަދެ އެންމެ މީހުންނާއި ދުރުގައި ހުރި މޭޒުގައި ޖައްސާލުމުން އޭނަވެސް އިށީނދެއްޖެއެވެ.

“ކިޔާބަލަ.. އަޑުއަހަން މިއިނީ..” އަހަރެން އިސްޖަހާލައިގެން އިނީ އެމޫނަށްވެސް ބަލާހިތްނުވެގެންނެވެ.

“ފުރަތަމަ އަހަރެން މާފަށް އެދެން ބޭނުމީ.. އެދުވަހު ކާފަ ދެއްކި ހުރިހާ ވާހަކައަކަށް.. އިނގޭ މިހެން ބުނާއިރުވެސް ބުނެލާ ބަސްތަކަކުން ހިތަށް ލިބިފައިވާ ޒަޚަމުތަކެއް ނުފިލާނެކަން އެހެންވިޔަސް އަހަރެންނަށް މާފަށް އެދެވޭނީ.. އައި އެމް ރިއަލީ ސޯ ސޮރީ..” އަހަރެންގެ އަތުގައި ހިފާލުމުން ފޮޅުވާލެވުނީ ސިއްސައިގެންދިޔަވަރުންނެވެ.

“ޝާޔަލް އަހަރެންގެ ފަރާތުން މާފަށް އެދެންޖެހޭވަރުގެ ކަމެއްވީކަމެއް ނުދެނަހުރިން.. އަހަރެން ބުނެލަން އޮތީ އަހަންނަށް އަހަރެންގެ ފެންވަރު ވިސްނެއޭ.. ޝާޔަލްވެސް ވިސްނައިގެން އުޅޭށޭ..” އަހަރެން ދާން ތެދުވީމެވެ.

” ލޯތްބަކީ ވަކިވަރެއްގެ ވަކި ކުލައަކަށް ބަލައިގެން ވާއެއްޗެއް ނޫނޭ ޝިމާލް.. އަހަރެން ވަރަށް ލޯބިވޭ ޝިމާލް ދެކެ.. މަންމަމެންނާ ދެކޮޅަށްވިޔަސްވެސް އަހަރެން ބޭނުން ޝިމާލްއާއި މެރީ ކުރަން..”  ދާން އުޅުމުން އޭނަ އަހަރެންގެ އަތުގައި ހިފާ އިށީނުމަށް އެދުނެވެ. މީހުންގިނަވުމުން އިށީންނަށް މަޖުބޫރުވިއެވެ.

“ލުކް.. އަހަރެންނަށްވެސް އިނގޭ ޝާޔަލް އަހަރެންދެކެ ވަރަށް ލޯބިވާކަން.. އެކަމަކު އަހަރެންނާ މެރީ ކުރަން ޝާޔަލްގެ މައިންބަފައިންނާ އާއިލާ ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން.. މައިންބަފައިންގެ ރުހުން ނުވާކަމެއްގަ ﷲ ބަރަކާތެއް ނުލައްވާނެ..” އެ އަންހެންކުއްޖާ ހިތުގައި ޖައްސާކަށް ނުކެރުނެވެ.

“ވިލް ޔޫ މެރީ މީ ޝިމާލް؟” މޭޒުމަތީގައި ހުރި މާޖަހާއެތިން މަލެއްނަގާ ދިއްކޮށްލަމުން އޭނަ އަހާލިއެވެ. އެދެލޮލުގައި ވަނީ އާދޭހެވެ.

“އިރާދަކުރެއްވިއްޔާ އަހަރެން މެރީ ކުރާނީ ޝާޔަލްއާ.. އެކަމަކު އެއީ ޝާޔަލްގެ ބައްޕަ އައިސް އަހަރެންގެ ގާތު އެދުނީމަ..” އަހަރެންގެ ނިންމުން އަހަރެން ހާމަކުރީމެވެ. ފަހަރުގައި އަހަރެންދެކެ އެހާ ލޯބިވާ ކުއްޖެއް ނުވެސް އުޅޭނެއެވެ.

“އޯކޭ.. ފައިން..” ދުލުން ހާމަނުކުރިޔަސް އަހަރެން ދިން ޖަވާބުން އޭނަ ހިތްހަމަނުޖެހުނުކަން އެނގުނެވެ. ނަމަވެސް އަހަރެންގެ ނިންމުން ބަދަލުކުރާކަށް ނުވިސްނަމެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނަ ބޭރަށްނިކުމެގެންދިޔައީއެވެ. އަތުގައި އޮތް މަލަށް ބަލާލުމުން ނޭނގޭ އިޙްސާސެއް ހިތުގައި އުތުރިގަތެވެ.

“ތިއްތީ..” ގެއަށް ވަނުމާއެކީ ޝާލީ އައިސް އަތުގައި ހިފާލިއެވެ. އޭނަގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ.

“އަނެއްކާ ކިހިނެއްވީ؟” ނަމަވެސް އޭނަ އެއްވެސް ޖަވާބެއްނުދިނެވެ. ލަދުރަކި ގޮތަކަށް ހިނިތުންވެލައިގެންހުރީއެވެ.

“ކުއްޖަކަށް ކޯސް ލިބުނީނު…” ބަދިގެއިން ނިކުމެގެން އައި ކިއާރާ ބުނެލިއެވެ.

“ސީރިޔަސްލީ.. ދެން އަހަރުމެންގެ ޕްރިންސެސް ނުފެންނާނެދޯ..” މެލޭޝިޔާގެ ޔުނިވާރސިޓީއަކަށް އޭނަ ކޯހަށް އެޕްލައިކުރިތާ ދުވަސްކޮޅެއްވެއްޖެއެވެ. ޝާލީ އެކަނި ފޮނުވާކަށް އަހަރެންގެ ހިތެއް ނޭދެއެވެ.

“މިސްވާނެ ވަރަށް.. އެކަމަކު އައި އެމް ސޯ ހެޕީ..” ޝާލީގެ މޫނުމަތިން މިހާރު އުފާވެރިކަން ފެނުނަސް އެންމެންނާއި ދުރަށް ދިއުމުން އޭނަވެސް ދެރަވާނެއެވެ.

“މަށަށް ފެންނަނީ މަންމަވެސް ޝާލް ގޮވައިގެން ދާން.. އެހެންނޫނީ މަންމަ އަބަދުވެސް ވިސްނާނީ އޭނައާ ދޭތެރޭ..” މަންމަ ކައިރީގައި އިށީނަމުން ޝިއުޒްބުނެލިއެވެ.

“އެކަމަކު މަންމަ ދިޔައީމަ ނޫރުއަށް ކިހިނެއްވާނީ؟” މަންމަ އެބުނީވެސް ދޮގެއްނޫނެވެ. ޝާލީއަށްޓަކައި ނޫރުގެ އުފާތައް ޤުރުބާނެއް ނުކުރެވޭނެއެވެ. އަހަރުމެންނަށް ނޭނގުނަސް އިޙްސާސްނުކުރެވުނަސް އެމައުސޫމު ކުއްޖާފުޅަށްވެސް މަންމަގެ ލޯބި އިންތިޙާއަށް ބޭނުންވާނެއެވެ.

“ދެން ކިހިނެއް ހަދާނީ؟ ޝާލްވެސް އެކަނި ފޮނުވާކަށް ބޭނުމެއްނޫން..” ޝިއުޒް އިނީ ވިސްނުމުގެ ތެރެއަށްގޮސް ގެއްލިފައެވެ.

“އަދުހަމްއާ ވާހަކަ ދައްކާލަންތަ؟” އަދްހަމްގެ ދައްތަ ދިރިއުޅެމުންދަނީ މެލޭޝިޔާގައެވެ. އަދްހަމްގެ އާއިލާގެ އެހެން މެންބަރުންނެކޭ އެއްގޮތަށް އޭނަވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. އެއާއިލާއަކީ މަންމަމެންވެސް ދަންނަ އިތުބާރު ކުރެވޭ އާއިލާއެކެވެ. އޭރުން ޝާލީއަށްވެސް ދުރުބައެއްގެ ތެރޭގައި އުޅޭވޭކަމުގެ އިޙްސާސެއްނުކުރެވޭނެއެވެ. މަންމަވެސް ނުހަނު ފަސޭހައިން އެއްބަސްވިއެވެ.

 

 

ޖެހިގެންއައި ދުވަހެވެ. އާދައިގެމަތިން އަހަރެން އުޅުނީ ޑިއުޓީގައެވެ. ކައިރީގައި ހުރި ފޯން ރިންގުވާނެ ފެށުމުން އަތްގަނޑުނަގާ ކަންފަތުގައި ޖައްސާލީމެވެ.

“ހަލޯ…. ހުޅުމާލޭ ހަދަންފަށާފައިވާ އިމާރާތެއްގެ ތިރިން އަންހެންކުއްޖެއްގެ ހަށިގަނޑު ފެނިގެން މިއުޅެނީ..” އެކޮޅުން ވާހަކަދެއްކި މީހާގެ އަޑުގައި މަޑުމަޑު ތުރުތުރެއްހުއްޓެވެ. ބޭނުންވާ މަޢުލޫމާތުތައް ނޯޓުކުރުމަށްފަހު އަހަރެންގުޅީ ޑިޕާރޓްމެންޓުގެ ވެރިޔާއަށެވެ. ތަފްސީލު ކިޔައިދިނުމުން ފޮނުވަންވީ ޓީމް ކިޔާދިނެވެ.

ހާދިސާ ހިގައިގެން އުޅޭ ތަނަށް ދެވުނުއިރު މީހުންތައް އޮތީ ތޮއްޖެހިފައެވެ. މީހުންތައް ދުރުކުރަމުން ވަތްއިރު ހަދަންފަށާފައިވާ ފަސްބުރީގެ އިމާރާތުގެ އެއްފަރާތުގައި ބަންޑުން އޮތް އަންހެންކުއްޖެއްއޮތެވެ. އެކުއްޖާގެ އޮތް ގޮތުން މޫނެއް ނުފެނެއެވެ. ލިބިފައިވާ ޒަޚަމުތަކުން މުޅިހަށިގަނޑުވަނީ ލެއިން ތަތްތެޅިފައެވެ. ފުރާނަހުރިކަމެއް ނޫނީ ނެތްކަމެއްވެސް ނޭނގެއެވެ. އަންހެންކުއްޖަކަށްވުމުން އީވާއަށް އިޝާރާތްކޮށްލުމުން އޭނަ އަންހެންކުއްޖާ އަނެއް ފަރާތަށް އަނބުރާލިއެވެ. ލެއިންތަތްތެޅިފައިވާ މޫނުފެނުމުން އަހަރެންނަށް ހީވީ މީހަކު ހިތުގައި ފިއްތާލާ ބާރުކޮށްލިހެންނެވެ. ކަރުނައިން ފުސްވަމުންދިޔަ ދެލޮލުން އޭނަގެ މޫނު ފެންނަމުންދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

އިންސާފު.. 18 ވަނަ ބައި

Next

މަގޭ ލޯބިމަގޭހައްގު..3

Next
May 24, 2016

މަގޭ ލޯބިމަގޭހައްގު..3

Previews
May 24, 2016

އިންސާފު.. 18 ވަނަ ބައި

16 Comments!

  1. Sama says:
    May 24, 2016 at 1:07 pm

    Alheyyy shaayal Mary v…. Haadha dhera ey

    1. Mysterious Angel says:
      May 24, 2016 at 1:31 pm

      Adhi neygey kaakukame maru v k?

  2. Zeev says:
    May 24, 2016 at 1:16 pm

    Wow. Mee v reethi story eh. V kiyaahithun in dhaa nimuneetha. Avahah aneh bai genes dhehchey.

    1. Mysterious Angel says:
      May 24, 2016 at 1:32 pm

      In Shaa Allah… Thnks for the comment 🙂

  3. princess says:
    May 24, 2016 at 1:30 pm

    Alhey no..shaayal maruvy e….plz avahah up khdhrhchey

    1. princess says:
      May 24, 2016 at 1:41 pm

      No shaayan hen vx hyvey…maruvy

  4. aff says:
    May 24, 2016 at 1:55 pm

    i also think thats shaayan.. alheyyy.. next prt varah kiyaahih veheje… story hama suparb ingey.. girl thee varah molhu kuhjeh.. OmG.. mi story mee kiyaahithun kiyaalevey story eh.. ehaavex habeys.. next prt avaha upkohdhehche Girlooo.. Keep going☺

  5. aff says:
    May 24, 2016 at 1:57 pm

    Oh sorry Angel dhw.. Angel Girl same dhw..??

  6. kudy says:
    May 24, 2016 at 2:04 pm

    Alheyy…….
    Shaayal eh noon Maru v!! Shaayann e maru v, hama yaeen!! ??

  7. Zee says:
    May 24, 2016 at 3:13 pm

    V salhi

  8. Rish says:
    May 24, 2016 at 3:25 pm

    Shaayan dhw e maruvi v reethi mi partves

  9. malko says:
    May 24, 2016 at 3:25 pm

    Shaayal ge family myhun shayal ah gothehh hedhy kanneyge ennu.. shimal a marry kuran ulheytht
    This my fav story..

  10. rafa says:
    May 24, 2016 at 7:31 pm

    Omg…kaakubaa maruvy..soo curious ?

  11. kiddyކިޑީ ދައްތަ says:
    May 24, 2016 at 8:50 pm

    Heevany kurin shimal ah ehchehi kiaalafa malaamaih kohfa dhiya girl hen ey..merry nukuraanamey kiaafa. I guess.. v salhi vaahaka. Up vaaleh lasveema dheraee..

  12. Maishy says:
    May 25, 2016 at 10:35 pm

    My heart says that girl is shayaan… Masha Allah Nice story… Keep it up dear… Hope that you will update next part soon 🙂

  13. aff says:
    May 28, 2016 at 6:34 pm

    alhey next prt kn irakuntha up kurany .. plxxxx angel awahah upload kohdhyba..??

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ނަވާރަވަނަ ބައި)←


All Right Reserved!