” ކަލޭ ހަނދާން ކުރާތި. މިއަދަށްފަހު މަގޭ ދަރިފުޅު ހޯދަންވެސް ނާންނާތި. ދެކިލަންވެސް ނާންނާތި. އަލުން މާފަށް އެދިގެންވެސް ނާންނާތި. މިއަދު ކަލޭ ތިކަންތައް ކުރި ގޮތުގެ ޖަޒާ އަބަދަށްވެސް ކަލޭއަށް ލިބޭނެ. ތީ ހަމަ ތާކު ހުރި ދައްޖާލެއް.” މިހެން ބުނަމުން ނަޝީދު ފަހުމާ ނަގައި ގެޔަށްދާން ހިނގައިގަތެވެ. ފަހަތުން ނަޝާޔާއާއި އީނާޝްވެސް އާދެއެވެ. އޭރުވެސް ފަހުމާގެ ގިސްލުމުގެ އަޑު މުޅި ފަޒާގައި ގުގުމަން ފަށައިފިއެވެ. އީނާޝްއާއި ނަޝާޔާއަށްވެސް ރޮވެމުން ދިޔައެވެ. ނަމަވެސް އެހެން މީހަކަށް އަޑު ނީވޭނެ ފަދައިންނެވެ. ފަހުމާގެ ހިތްވަރު އެލިދާނެތީއެވެ.
***
” ފަހޫ. ދެން ހުއްޓާލަބަލަ. ޕްލީޒް ކާ އެތިކޮޅެއް ކާލަބަލަ. ތިހެން އަބަދު ރޮންޏާމު ލައި ބޭބީގެ ރޫހަށް އުފަލެއް ލިބޭނެތަ؟ އަމިއްލަ މަންމަ ތިގޮތަށް ރޮންޏާ އޭނާޔަށް ކިހިނެއްތަ ވާނީ؟ ޕްލީޒް ފަހޫ. ” އެނދުގައި އިށީނދެލަ ފައިގެ ކަކުލުގައި ބޯ އަޅައިގެން ރޯން އިން ފަހޫމަޔަށް ނަސޭހަތް ދެމުން ނަޝާޔާ ބުންޏެވެ. އޭރު ގާތުގައި ކާއެއްޗެހި ހިފައި އީނާޝްވެސް ހުއްޓެވެ. ދޮރު މަތީގައި ފަހީމާމެންވެސް ތިބީ ވާނުވާ ބަލާންށެވެ. އެމީހުންގެ ލޮލުންވެސް ކަރުނަ އޮހޮރެމުން ދިޔައެވެ. ކުރިމަތީގައި ދަރިފުޅުގެ ދިރިއުޅުން ބަރްބާދް ވާތަން ފެންނަ އިރު އެމީހުނަށް ކެތްކުރެވޭ ހެއްޔެވެ؟ ނަޝާޔާއާއި އީނާޝްވެސް ކިތަންމެ ވަރަކަށް ކެތްކޮށްގެން ހުއްޓެއް ކަމަކު އިރު އިރު ކޮޅާއި އެމީހުންގެ ލޮލުންވެސް ކަރުނަ ވެރެއެވެ. ނަމަވެސް ކޮންމެ ފަހަރަކު އަތުގެ ނުފުށުން ފޮހެލަނީ ފަހުމާޔަށްޓަކައިއެވެ. ސާއިމްވެސް ސިޓިން ރޫމްގައި މަޑުކޮށްލައިގެން ހުއްޓެވެ.
” ހުއްޓާލާށޭ. އަހަރެންނަށް ހުއްޓާލެވޭނެތަ؟ އެންމެ ސައުވީސް ގަޑީއިރުގެ ތެރޭގަ އަހަރެންގެ ހަޔާތުގައި ނުވަނީ ކޮން ކަމެއް؟ ކޯއްޗެއް ދެން އަހަރެންގެ ހަޔާތުގަ އޮތީ ވާން. ތިބުނީ މިގޮތަށް ރޯން އޮތީމަ ލައިގެ ރޫހަށް އުފަލެއް ނުލިބޭނެޔޭ. މީހުން ބުނެއުޅޭ މަރުވެފަ އޮންނަ މީހުން ކަފުން ކޮށް މޫނު ބަލާ ގަޑިގަ އަޑު އިވޭނެޔޭ. އެހެންމާ އޭގެ މާނަޔަކީ ލައިއަށްވެސް ހުރިހާ އެއްޗެއް އަޑުއިވޭނޭތަ؟ އޭނާޔަށް އަމިއްލަ މަންމަޔާއި ބައްޕަ ވަކިވި ހަބަރް ލިބުމުން އެރޫހަށް ހިތްހަމަ ޖެހުން ލިބޭނެތަ؟ ” ކޮޅަށް ތެދުވަމުން ފަހުމާ ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައި ވަނީ އެތައް ގުނަ ވޭނެކެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެއްކޮޅުން އަމިއްލަ ދަރި މަރުވީއެވެ. އަނެއްކޮޅުން ލާމިއުވެސް ވަކިވީއެވެ. މިވަގުތުގައި އޭނާޔަށް އެންމެ ބޭނުންވާނީ ލާމިއުގެ ލޯއްބެއް ނޫން ހެއްޔެވެ؟ ނަމަވެސް އެއޯގާތެރިކަމުގެ ބަދަލްގައި ލާމިއުވެސް އޭނާޔަށް ދިނީ އަނިޔާއެވެ. ނަޝާޔާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. މިއޮއް ހުރިހާ އިރު ހިންދަމުން ދިޔަ ކަރުނަތަށް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް ބަންޑުންވިއެވެ. ނަމަވެސް އަދި ހިތްވަރު އެލުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ.
” ފަހޫ ޕްލީޒް….” ނަޝާޔާ ބުނަން ބޭނުންވި ޖުމްލަ ފުރިހަމަ އެއްނުވިއެވެ.
” ދޮންތާ ޕްލީޒް. ޕްލީޒް. އަހަރެން ކުޑަ ވަގުތު ކޮޅަކަށް އެކަނި ވެލަން ދޫކޮށްލާ. ޕްލީޒް ދޮންތާ. މާތް ރަސްކަލާނގެއަށްޓަކާ. ޕްލީޒް.. ޕްލީޒް..” މިވަރަށް ބުނެވުނު އިރަށް ފަހުމާގެ ގައިގެ ވަރު ދެރަވެއްޖެއެވެ. އޭނާއަށް ތަޅުންގަނޑު މަތީގައި އިށީނދެލުމަށްފަހު އަނގައިގާ ބާރަށް އަތްއަޅާލައި ބާރަށް ރޮން ފެށުނެވެ.
” ބަޓްޓްޓް…” ނަޝާޔާ އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަނެއްކާވެސް “ޕްލީޒް”އޭ ކިޔައި ފަހުމާ އާދޭސް ކުރަން ފެށުމުން އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތެވެ. އީނާޝްވެސް ކޮޓަރީގެ ދޮރު ލައްޕަމުން ނިކުތީއެވެ. އޭރު ސިޓިން ރޫމްގައި އެންމެން ތިބީ ގޮތް ހުސްވެފައެވެ. އީނާޝްގެ މަންމަމެންވެސް ތިއްބެވެ.
” އަހަންނަކަށް ނޭނގެ ފަހޫއަށް ވިސްނައިދޭނެ ގޮތެއްވެސް. ” ކޯތާފަތް މައްޗަށް ބޮނޑިވެފައިވާ ކަރުނަތަށް ފޮހެލަމުން ފަހީމާ ބުންޏެވެ. ” އެހެން ދޯ ވާނީވެސް. ފަހޫއަށް އެދިމާވީ އަހަރެމެން ހިތަށްވެސް އަރުވާ ނުލެވޭ ހާ ބޮޑު ކަމެއް.” އަމީނާވެސް އެއްބައިވެލިއެވެ. ” މަންމަމެން ތިބޭ ގޮތްހުސްވެފަ. އެކަމް އަނގަ މަޑުން ލައިގެންނެއް އަހަންނެއް ނުހުންނާނަން. ” މިހެން ބުނުމަށްފަހު އެންމެ ހިނދު ކޮޅަކުވެސް މަޑު ނުކޮށް ދުއްވައިގަތް ނަޝާޔާ ފެނުމުން އެންމެންނަށްވެސް ” ނަޝާ” އޭ ކިޔައި ގޮވައިލެވުނެވެ. ސާއިމް ބާރަށް ދުއްވައިގަތީ އެތާގައި އޭނާޔާއި ނަޝީދު ނޫން އެހެން ފިރިހެނެއް ނެތުމުންނެވެ. ނަޝީދުވެސް ދުއްވައިގަތެވެ. ނަމަވެސް އޭނާޔަކަށް މާބާރަކަށް ނުދުވެވެއެވެ. އެއީ ރޭގަނޑުގެ ވަގުތެއް ކަމުން ފުދޭވަރަކަށް އަނދިރިއެވެ.
****
” ލާމީ. ލިސަން. އަޅެ ވޭތުވެދިޔަ އެއްވެސް ކަމެއްގަ ފަހުމާގެ އެއްވެސް ކުށެއް އެބަ އޮތްތަ؟ ޝީ އިޒް އިނޮސެންޓް. ލައި ގޮވައިގެން ދަތުރު ދިޔައިރު އޭނަޔަކަށް ނޭނގޭނެ ދޯ މިހުރިހާ ކަމެއް ވާނެކަމެއް. އޭނައެއްވެސް ބޭނުމެއް ނުވާނެ….” ލާމިއުމެންގޭ ޖޯލި ފަތީގައި ހުރެ އުނޫޝް މަސައްކަތް ކުރަމުން ދިޔައީ ލާމިއުއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ލާމިއުގެ ސަބަބުން އޭނާގެ ވާހަކަ ފުރިހަމަ ވާގޮތެއް ނުވިއެވެ. ” އުނޫ. ޕްލީޒް. އައި ޑޯންޓް ވޯންޓް ޓު ލިސަން ޑޯސް ނޮންސެންސް. އުނޫވެސް އަހަރެންނަށް އެހީ ވާން ބޭނުމިއްޔާ އަނގަ މަޑުން ލައިގެން ހުރޭ.” ލާމިއު ބުނަމުން ދިޔައެވެ. އުނޫޝްއަކަށް އިތުރަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަދި ފަހުން ވިސްނައިދޭން ނިންމައިގެން އޭނާ ހުރީ އަނގަ މަޑުން ލައިގެންނެވެ. މިވަގުތުގައި ލާމިއުއަށް ނުވިސްނޭނެކަންވެސް އެނގޭތީއެވެ. ލާމިއުއަކީ އަޅާލާނެ އިތުރު ީހަކު ނެތް ކުއްޖެއްކަން ހަނދާން ކޮށްފައެވެ. ލާމިއުގެ މަންމަމެންވަނީ ލާމިއުއަށް އެންމެ 3 އަހަރުގައި މިދުނިޔޭން ވަ” ލާމިއު..” ޖޯލިފަތީގައި ތިބި ލާމިއުމެން ސިއްސައިގެން ދިޔައީ ނަޝާޔާގެ އަޑަށްށެވެ. ” ލާމިއު ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް. އަހަންނަށް އެނގޭ ލާމިއު ފަހޫދެކެ ލޯބިވާވަރު. އަދި ލައި ދެކެ ލޯބިވާވަރުވެސް އެނގޭ. މިހާރު ތިހެން ބުންޏަސް އަހަންނަށް އެނގޭ ލާމީވެސް ފަހޫ ހޯދަން އަންނާނެކަން. އެނގޭތަ؟ ފަހޫ ނުވެސް ކައި. ގެޔަށް ދިޔަފަހުން އަދި ފެން ފޮދެއްވެސް ނުބޯ. ދޭބަލަ ލާމީ. ގޮސް އޭނަޔަށް ވިސްނައިދީބަލަ. ލާމީ ނޫން އެހެން މީހަކު ބުނާ ބަހެއްވެސް އޭނާ ގަބޫލެއްވެސް ނުކުރޭ. ލާމީ.. ” އޭރުގައި ސާއިމްވެސް ތަންކޮޅެއް ދުރުގައި ވާނުވާ ބަލަން ހުއްޓެވެ.
” ފަހޫ. ފަހޫ.. ފަހޫ. ބްލާ.. ބްލާ.” ޖޯލި ފަތިން ތެދުވަމުން ލާމިއު ކިޔަމުން ދިޔަ ފަތިވަރުން އެންމެންވެސް ހައިރާން ވިއެވެ. ” ނަޝާޔާވެސް އަހަރެންގެ ޕާސަނަލް ލައިފްއާ ބެހެންޏާމު އެތިވަރެއް ޖަހަން ޖެހިދާނެ އިނގޭ.” ލާމިއުގެ މިޒާޖު ދިޔައީ ސުކުންތަކަށްވުރެ ސުކުންތެއް ބަދަލް ވަމުންނެވެ. ” އަހަރެމެން ހީ ކުރީ ތީ ވަރަށް ރަނގަޅު މީހެއް ކަމަށް. އެކަމް އަދި ކިރިޔާ އަސްލު ކުލަ މިފެނުނީ. ޗީޑި. ބަންގާލިއެއްވެސް ކަލެއަށް ވުރެ…” ނަޝާޔާއަށް މިފަހަރު ފުރިހަމަ ނުކުރެވުނީ އޭނާގެ ކޯތާފަތް މަތީގައި ލާމިއު ޖަހައިލުމުންނެވެ. މިފަދަ ހަމަލާޔަކަށް ވިސްނައިވެސް ނުލައި ހުރި ފަހުމާ ވެއްޓުނީ ބިން މައްޗަށްށެވެ. އަނެއްކާ އެއީ ލާމިއު ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ލާމިއުއަކީ މީހުންނަށް ރަހުމް ކުރާ ކުއްޖެކެވެ. އުނޫޝް ނަޝާޔާއާއި ކައިރިއަށް ދިއުމަށް އެޅި ފިޔަވަޅު ހުއްޓުނީ ލާމިއުގެ އެންމެ ޖުމްލަޔަކުންނެވެ.” ނަޝާޔާގެ ގައިގާ އަތްލުމަށްފަހު އަހަރެން ކައިރިއަށް ނާންނާތި.” ނަމަވެސް ސާއިމްއަކަށް ކެތެއްނުކުރެވުނެވެ. އަންހެނަކަށް އެގޮތަށް އަނިޔާ ކުރާތަން ފެނުމުން އޭނާގެ ހިތަށް ކެތެއް ނުކުރެވުނީއެވެ. އިސާހިތަކު އުމުރުން ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި ނަޝާޔާއަށްޓަކައި ހަމްދަރްދީ އުފަންވެގެން ދިޔައެވެ. އޭނާ ދިޔަގޮތަށް ގޮސް ނަޝާޔާގެ އަތުގައި ހިފައި ނެގިއެވެ. ހަމަ އެވަގުތުގައި ނަޝާޔާ އޭނާގެ ގައިގާ އޮޅުަލައިގަތެވެ. ސާއިމްއަށް ހުރެވުނީއެވެ. އޭރު ނަޝާޔާގެ ހިތް ނެގި ނެގިފައި ރޮނީއެވެ. އޭނާޔަކަށް ދުރު ކުރާކަށްވެސް ނުކެރުނެވެ. އުނޫޝްވެސް ހުއްޓެވެ. ނަމަވެސް އޭނާގެ ހިތަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. އެއަށްވުރެ މިއަދު އޭނާޔަށް ލާއިމް މާ މުހިއްމު ފަދައެވެ.
” ލާމިއު. ކަލޭގެ ވާ ހިތެއް އޮވޭތަ؟ މިހާރު އެއްއަންހެނަކަށް އަނިޔާ ކޮށްފަ އަނެއް އަންހެނަކަށްވެސް އަނިޔާ ކުރަން ތި ދިމާކުރަނީ. އެކަމް އެހެން ކަންތައް ވިޔަ ދޭނޭ ހިތަށް ނާރުވައްޗޭ. ދެން ދުވަހަކުވެސް ކަލޭ އަންހެނަކާ ވައި އަޅާލިޔަވެސް ﷲ އިރާދަކުރެއްވެއްޖިއްޔާ ނުދޭނަން. ތީ ހާދަ މުޑުދާރު މީހެކޭ ދޯ. ދެން އުނޫ ކަލޭވެސް… އަހަރެންނަށް ގަބޫލްވެސް ނުކުރެވޭ. އަހަރެން ހީއްކުރީ ތީވަރަށް މާތް އިންސާނެއްކަމަށް. ބަޓް ޔޫ ނޯ ޔޫ އަރ ނޮޓް. މިއަދު ތިނުލަފާ މީހާގެ ކުރިމަތީގަވެސް ނަޝާއަކީ ކަލޭއަށްޓަކައި އެއްވެސް އެއްޗެއް ނޫން ދޯ. އަހަރެން ހިތަށް އަރާ ތިކަހަލަ މީހަކު ނަޝާޔާ އިންނަން އުޅެނީ ކީއްވެ ބާއޭ.” ސާއިމްގެ ވާހަކަ ހުރިގޮތުން އުނޫޝް ލަދު ގަންނަ ގޮތް ވިއެވެ. އޭނާޔަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އޭނާޔަށްވެސް އެނގެއެވެ. އަދި އެހެން އެވީ ނަޝާޔާދެކެ ލޯބި ނުވެވޭތީ ކަންވެސް އެނގުނެވެ.
ގިސްލަމުން ދިޔަ ނަޝާޔާ ދުރު ކޮށްލައި ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ. އުނޫޝްވެސް ފަސް އެނބުރި ދާން ހިނގައިގަތެވެ. ލާމިއު ދާށޭ ބުނުމުންނެވެ. ނަމަވެސް ދިއުމުގެ ކުރިން އޭނާ އެންމެ ފަހު ފަހަރަށް ފަސްއެނބުރި ލާމިއު ކޮބާތޯ ބަލައިލިއެވެ. އޭރު ގޭގެ ވަލު ދޮރާށިން ނިކުމެގެން ދިޔަ ލާމިއު ފެނިފައި އޭނާ ހައިރާންވިއެވެ. ލާމިއު ވަލު ދޮރާށިން ދިއުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. އަނެއްކޮޅުން އެގޭ ވަލު ދޮރާށިން ދެވޭނީވެސް އަތިރިއަށްށެވެ. އަދި އެދިމާ ނުލާހިކު އަނދިރިވެސް ވާނެއެވެ. އުނޫޝް ސިއްރު ސިއްރުން ލާމިއުގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް ވަލު ދޮރާށިން ނިކުތުމާއިއެކު ލާމިއު ގެއްލިއްޖެއެވެ. އުނޫޝް ގަތީ ބިރެވެ. އަނެއްކާ އޭނާޔަށް ފެނުނީ ޖިންނިއެއް ހެއްޔެވެ؟ އުނޫޝްގެ ހިތަށް މިހެން އެރުމާއިއެކު އޭނާޔަށް ހިނިތުންވެވުނީ އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ. އެވާނީ އޭނާޔަށް ހީވި ގޮތަކަށްށެވެ. ލާމިއު މިޔޮއް ރޭގަނޑު އަތިރިއަށްދާނެ ހެއްޔެވެ؟ ލާމިއުވާނީ ކޮޓަރީގައެވެ. މިހެން ހިތަށް އަރުވާލައި ހިތަށް ފިނިކަން ގެނުވަމުން އޭނާ ހިނގައިގަތީ ފަހުމާމެން ގެއަށް ދާންށެވެ.
****
މުޅި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ ކަޅު އަނދިރިކަމެވެ. އަނދިރިކަމުން ކައިރީގައި ހުންނަ މީހާވެސް ނެނގޭނެއެވެ. ނަމަވެސް ފަނުން ރާނާފައިވާ އެކުޑަކުޑަ ކޮޓަރީގެ ކަނެއްގައި އުފެދިފައިވާ ބައުކޮޅުން ސަނދުރަ ވިލޭރޭގެ ހަނދުގެ އަލި ފޭދިފައިވެއެވެ. އެއަލި ފޭދިފައިވަނީ ކޮޓަރީގެ މެދަށް ވާނެހެން ގެނޑިއެއްގައި އައްސާފައިވާ މީހެއްގެ މޫނަށްށެވެ. އަނދިރިކަމުން އެއީ ކާކުކަމެއް ނޭނގެއެވެ. ނަމަވެސް ވައްތަރީ ފިރިހެނަކާއިއެވެ. އޭނާ ވާތަށް މޮހެލުމަށްޓަކައި އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. ނަމަވެސް ކާމިޔާބު ވާގޮތެއް ނުވެއެވެ. އެވަގުތު ދޮރު ހުޅުވުނު އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. ބޭރުން ވަތް މީހާދެކެ ބިރުން ކަންނޭނގެއެވެ.
” މާ ހުށިޔާރު ވާން އުޅެންޏާ ކަލޭގެ އަންހެނުންނާ އުމުރަށް ދުރުކޮށްލާނީ. އޭރުން މާކަށް ރިއްޗެއް ނުވާނެ. ” ނުލަފާ ހިނިތުން ވުމަކާއިއެކު އެމީހަކު ބުންޏެވެ. އަދި އެތައް އިންޒާރުތަކެއް ދެމުން ނިކުތެވެ. ގޮނޑީގައި އިށީނދެގެން އިން މީހާއަށް ބުނެވުނީ ހަމަ އެންމެ 3 ލަފްޒެވެ.
” އައި ލަވް ޔޫ”
*****
” ލާމިއު އެހާ ނުލަފާވީތަ؟ އަހަރެމެންގެ ކުދިންގެ ގައިގަ ޖަހަން އޭނާގެ ލަދާއި ހަޔާތް ކޮބާ؟ އޭނަ ހީކުރީ ދޯ އެގޮތަށް ގޮތްދޫނުކޮށް ހުރެގެން އަހަރެމެން އޭނާ ފަހަތުން ސަލާން ޖަހަން ދުވާނެކަމަށް. ނުދުވާނަން. ހަނދާން ކުރާތި. އޭނާގެ ކައިރިއަށް އެކަކުވެސް ގޮސްގެން ނުވާނެ. ފަހުމާއެއް ދެން އޭނާގެ ކައިރިއަކަށް ނުދާނެ. ހަމައެހެންމެ އޭނަ ސަލާން ޖެހިޔަސް އަހަރެމެންނެއް އޭނަޔަކަށް ފަހޫއެއް ނުދޭނަން. މިހާރު އޭނާގެ ކަންތައް އެދަނީ މާމައްޗަށް.” ރުޅި އައިސް ދަތް ކުޑި ވިކާލައިގެން ހުރެ ނަޝީދު ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އެގެޔަށް ހުރިހާ އާއިލާ މީހުންވެސް އެއްވެފައިވެއެވެ. ހުރިހާ އެންމެންވެސް ތިބީ ހަބަރު ދަބަރު ބަލަން އައިސްއެވެ. އެމީހަކު އެމީހެއްގެ ހިޔާލެއް ހުށަހަޅަމުން ގޮސް ނަޝީދު ނިންމީ ކައިރި މުސްތަގްބަލެއްގައި ފަހުމާ އެހެން މީހަކާއި ކައިވެނި ކުރުވަންށެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައީ ހުރިހާ އެންމެންގެ ލޮލުންވެސް ކަރުނަ ނުހިލޭ ހާލުގައެވެ. ލައިޝަމް ނިޔާވުމުގެ ހިތާމަޔާއި ކޮންމެ މީހެއްގެވެސް ހަޔާތުގެ ކަންތައްތަކާއިމެދު ވިސްނަމުންނެވެ. ނާޝް ހިތާމަ ކުރަމުން ދިޔައީ އާދައިގެ މަތިން އުނޫޝްގެ ލޯއްބަށް އެދިއެވެ. ނަޝާޔާ ހިތާމަކުރަމުން ދިޔައީ ސާއިމްގެ ލޯއްބަށް އެދިއެވެ. އުނޫޝްގެ ހިތް ގޮވަމުން ދިޔައީ ނާޝްއަށްށެވެ. ސާއިމް އެދެމުން ދިޔައީ އީނާޝްއަށްށެވެ. ލައިޝަމް މަރުވި ދުވަހު ކޮޓަރިއެއްގައި ބަންދުކުރެވިފައިވާ ފިރިހެން ކުއްޖާވެސް އެދެމުން ދިޔައީ އޭނާގެ ލޯއްބަށްށެވެ. ހަމައެފަދައިން އެންމެ ބޮޑުވަރުވީ ފަހުމާއަށްށެވެ. އޭނާގެ ލޯބި އޭނާގެ އަތުން ބީވެގެން ދިޔައީ ނުވެސް ވިސްނައި ހުއްޓައެވެ.
ކޮންމެ މީހެއްގެ ހިތުގައިވެސް ހަރުލަމުން ދިޔައީ ހަމަ އެއްބަސްތަކެކެވެ. އެންމެންގެ އަތުންވެސް ލޯބި ބީވެ ދިޔައީއެވެ. ބޭވަފާތެރިޔެއް ނެތެވެ.
ހަނދުވަރު މަތީގައި ހުރިހާ ހިޔާލެއް
ވީރާނާ ވީތީ މީ ބަދު ނަސީބޭ
ދެން ރޮންވީހޭ، މީ ތަގްދީރޭ
އެދުވަސް ފަސްދީ އަނިޔާ ލިބުނީ
އެކި ރޭ އުނގުގާ ހެކިކޮށް ވީހާ
ވައުދޭ އެފަނާ ވީތީ ރޮވެނީ
ފިރުމީ އުފަލުން މިވަނީ ލޯބިން
ހީވީ ދުނިޔޭން އެކުގާ ލިބުނީ
ދަންވަރުވޭ އެހިޔާލީ
ގަނޑުވަރު ރީތި ބިނާކޮށް
ވޭމަލުގެ މަސަންދު ރަތުރަން ކުލައިން
ކުރަހާ މަންޒަރު ސިފަކޮށް އެދުލުން
ފުނޑު ފުނޑުވެގޮސް
ކުރި ތަދްބީރު ހިޔާލީ
ބީހުނީ އޮޔާއޭ ޖެހުނީ މަރޯޝޭ
6 މަސް ފަސް
22
40 Comments
Comments are closed.
Ushaa
May 24, 2016 at 4:09 pmRead it.. Nd tell me hw u feel by leaving a cmmnt..
Aimsithu
May 24, 2016 at 4:19 pmNice… kaaaku baa e kotareega assaafa eyee…waiting waiting
Ushaa
May 24, 2016 at 5:09 pmLet c dw… Kuriah huri prtah kiyaaly ma ingeyne e ee kaakukan..
Thnxx….
Hart
May 24, 2016 at 4:21 pmmaa kuree ey… vaanuvaa eh neygunu..thankolheh dhigu koh genesbia..
Ushaa
May 24, 2016 at 5:09 pmYa i ll try my bst hart… Thnxxx
princess
May 24, 2016 at 4:23 pmHeyushaa..stwry habeys..this is one of myfav…..whn nxt prt
Ushaa
May 24, 2016 at 5:10 pmThnkxx a lot princess… Nxt prt vvv avahah insha allah….
unknown
May 24, 2016 at 4:32 pmV reethi..avahah upkohlahchey…i wish you will do it tomorrow
Ushaa
May 24, 2016 at 5:12 pmYa.. I will try my bst… faharegga nxt prt tmmrwgavx up kurevidhaane… Neigey bunaakah…
Thnk yuh….
aff
May 24, 2016 at 4:47 pmreethi.. kotaryga assafa oi myhaa loabivany fahuma dheke kanney.. mi ort ehaa bodakah vaanuvaaeh neynge.. next prt thankohlheh dhigukohlahche.. keep goin ushaa.. ☺☺
aff
May 24, 2016 at 4:49 pmprt*
Ushaa
May 24, 2016 at 5:14 pmKuriah huri prtah kiyaalyma ingeyne e ee kaaku kan… I ll try my bst 2 up fast nd long… Kyp waintin… Thnk yuh..
aff
May 24, 2016 at 4:48 pme ee kiyaan dhw.. laamiu fahuma gaiga jehi dhuvahu gos vettuny kiyaan ge aiy mahchashennuu.. i think thats kiyaan.. ☺☺
Ushaa
May 24, 2016 at 5:15 pmKiyaanahvx vedhaane. Kiyaalymaka ennnu ingeyny… Nxt prt kiyaalaa…Thnkxx….
Soabi
May 24, 2016 at 5:03 pmHoom laamiu ge badalhugaa miulheny jinieh dho laamiu dho badefa foaruvafa ehurey mihaaru v heyveyey ehen dhen kihineh baa vaaney nice story waiting waiting. …..
Ushaa
May 24, 2016 at 5:16 pmJinni akahvx vedhaane…. Kyp waitin… Thnkxxx….
mesw
May 24, 2016 at 5:45 pmALHEY HAADHA SALHI EY USHEE LOVE YU WAITING WAITING
Ushaa
May 24, 2016 at 6:17 pmTHNXXXXXX VVVVVV BODU KOH… LUV U 2… KYP WAITIN….
Rasiy
May 24, 2016 at 6:26 pmVvvvv nyv.. kyp it up ushaa
Ushaa
May 24, 2016 at 6:28 pmThnk yuh Rasiy….. Rangalhu kuran kameh othyya bunelahchey… Eyrun miahvurevx nyc vaanennu dw….
Rasiya
May 24, 2016 at 6:27 pmV touching story.. now ushàge exams nimunytha… waiting for da next
Ushaa
May 24, 2016 at 6:30 pmNooney… Nxt weekga nimeyny… Aslu mi year aky ushaage lyfge vrh imprtant year.. So avahakah exmeh nunimeyne… Effaharah nimey irah anekka fesheyne….Btw thnk yuh nd kyp waitin….
Rish
May 24, 2016 at 7:13 pmV v reethi avahah up kndhenchey
Ushaa
May 24, 2016 at 7:31 pmThnk yuh Rish… Insha allah nxt prtvx avahah up kuraanan…
meesha
May 24, 2016 at 7:34 pmWow!!! Varahvarah fab!!! Nxt prt varah kiyaahivey eba so plx up it ASAP:-) n kotareega e ini real laamiu kanneynge… Fahu varikuri fake eh dhoa??? May b a jinni o hix lost twin o som 1 who had plastic surgery to becom similer to laamiu… 😉 its just a guess.. Really curious to no hoo he ix.. This is really good….:-D
Ushaa
May 24, 2016 at 7:48 pmNyc guesses… Read till de end 2 know…. Thnk yuhhhh so so much ingey…. U meant so much 4 me…. Once again thnxxxx….
Xoa
May 24, 2016 at 7:47 pmStory is very nice. Waiting for the next part. Bt little bit early. Okay. Well done ushaa…
Ushaa
May 24, 2016 at 7:49 pmThnk tuh Xoa… U know that I up fast s possible… Kyp waitin… Thnkkkkkk uuuuuu….
Phy
May 24, 2016 at 8:09 pmDhathuru therein jinni eh avaleetha…heheh…heevanee aslu laamiu hen room ga e innanee..anyways vaahaka hama v reethi…nxt part ah waitting…avahah up kohllahchey…
Ushaa
May 24, 2016 at 8:25 pmheheh… Jinni evvx avalaafaane… nyc guess.. Kyp waitin n readin…. Thnkxxxxxxx Phy….
am
May 24, 2016 at 9:13 pmNice
Ushaa
May 24, 2016 at 9:18 pmThnkxx am….
rosy
May 24, 2016 at 9:26 pmvvvv reethi
Ushaa
May 24, 2016 at 9:31 pmThnkxxxx..
Ainthu
May 24, 2016 at 11:41 pmV.reethi.. ushaa kiyavany koncheh ..
Ushaa
May 25, 2016 at 5:45 amThnkxxxxxx…. I wanna bcome a doctor….
seenu
May 25, 2016 at 6:50 amI think ahsaafaa laamiu kahneyge. ….nd mihaaru laamiu sifaiga jinni eh dhw……hehe ushyy vvvv rewethi mi storyyy….waiting fr da next part….
Ushaa
May 25, 2016 at 7:18 amhehehe… Asluvx jinni akah vedhaane…. Kiyaalee ma ennnu ingeyny…. Kyp waitin.. Thnkxxx…..
shiu
May 25, 2016 at 12:09 pmomg .. jinni laamiu hehe .. kotaryga ahsaafa e iny laamiu dhw shaa .. 6 months ltr .. hmm interesting .. wnt to nw wht happens nxt .. vvvvvvvvvv rythi mi bai vess .. this is one of my fav stry .. mi stry up vefa in tho konme dhuvahaku beley hehe .. n cmnt nukuriyas mi vaahaka kiyan .. v rythi mi vaahaka .. ots diffrnt .. hy nukkuraa goiy goiy vany hehe .. laisham maruvyma ekm v sad .. anyways stry ga innany kithah prts tha shaa? v dhigu vaane tha? .. btw ok dhw shaa kiyas? dhn kon irakun aneh bai .. curiously waiting fr nxt part .. n yah gud luck fr ur exams .. wish u all the bst 🙂 😉
Ushaa
May 25, 2016 at 3:00 pmThnkxxx Shiu… hehhehe… Ushaa kihaa naseebu gadha dw… Vaahaka liyan feshi fahun reethi reethi cute cute nw names thah libeyny… Shaa… I luv de name.. Thnkxx 4 such a lovely nd nw name… Ya Shaa kiyas hama ok… Thnkkkxxxxxxxxxx a lot…….