ނޯޓް: މިބައިގައި އުޅޭ މޫނު ނުފެންނަ ދެމީހަކަށް ” ޑެވިލް” އަދި ” އެލޯން” މިދެނަން ބޭނުން ކުރެވިފައިވާނެއެވެ.
6 މަސް ފަސް
ކުޑަދޮރުގެ ބިއްލޫރިގަނޑުން ފުރޭނެމުން އައި އަލިން ހެނދުނުގެ ހިތްގައިމުކަން އިހްސާސްކުރެވެން ފެށިއެވެ. ނަމަވެސް މިހިތްގައިމު ވަގުތުގައިވެސް ނިދާ މީހުން ނިދަނީއެވެ. ބަދިގޭ ތެރޭ މަސައްކަތް ކުރާ މީހުން މަސައްކަތް ކުރަނީއެވެ. ކުނި ކަހާ މީހުން ކުނި ކަހަނީއެވެ. ބަނޑުވަތަށް އޮށޯއްވެގެން އޮތް އީނާޝްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. އާފުރިލައި ކަންނެތް ގޮތަކަށް ދެއަތް މައްޗަށް ދަމައިލަމުން އީނާޝް ދެލޯ ތަގުޅި ކޮށްލީ އެނދުމަތީގައި އޮތް ފޯނު ނަގަމުންނެވެ.
” ކީކޭ؟ ވަޓް؟ ތިހެނެއް ނުވާނެ. އަހަރެން މިހާރު މިދަނީ. އޭނަ އެހެން ހެދިޔަ ނުދެއްޗޭ. ޔޫ ގާއިޒް ހޭވް ސްޓޮޕް ދެޓް.. އަހަރެން މިދަނީ ވަރަށް އަވަހަށް.” ދޮރު ފޮތިތަށް ކަހައިލައި ބޭރަށް ނަޒަރު ހިންގާލަމުން ފޯނު ނެގި އީނާޝްގެ ލޮލުން ނިދިވެސް ފިލައިފިއެވެ. ފޯނުން ދެއްކި ވާހަކައިން ކޮންމެސް ކަމެއް ގޯސްވީ ކަން ދޭހަވެއެވެ.
ފާހަނައަށް ވަދެ މޫނު ދޮވެލައި ބުރުގާ ބޮލަށް މަހައިލަމުން އީނާޝް ދުވެފައި ނިކުތީ ލައިގެން ހުރި ކަކުލާ ހަމައަށް އަރާ ޓޮޕަކާއި ޖިންސެއްގައެވެ. ހާސްވެފައި ހުރިވަރުން އެއްޗެހި ބަދަލް ނުކޮށް ދުވެފައި ގެއިން ނިކުންނަން ހިނގައިގަތެވެ. މިސްރާބު ހުރީ ހޮސްޕިޓަލަށްށެވެ. އީނާޝް ދުވެފައި ނިކުންނަތަން ފެނިފައި އަމީނާމެންވެސް ފަހަތުން ދުއްވައިގަތެވެ. އޭރު އާޔަން އޮތީ ނިދާފައެވެ.
***
” ހޭ އެލޯން. އެކަނިވެރިވަނީދޯ. ދެރަވަނީ ދޯ. ލޯބި މަތިން ހަނދާން ވަނީ ދޯ. ހެޔޮނުވާނު ދޯ އެހެން ހަދާކަށް. ތިވެސް އިންސާނެކޭ ދޯ. އެކަމް ހާސް ކަނޑާ ނުލާ އަހަރެމެންގެ މަގްސަދު ހާސިލްވީމަ ކަލޭގެ ލަވް ކައިރިއަށް ފޮނުވާ ދޭ ނަން އިނގޭ.” ގޮނޑީގައި އައްސައިވާ ޒުވާނާއާއި “އެލޯން”ގެ ނަމުން މުހާތަބް ކުރަމުން އެތެރެއަށް ދެމިގަތް މީހަކު ވާހަކަ ދައްކަން ފެށިއެވެ. އޭރު އޭނާ އެލޯންގެ ނަމުން މުހާތަބް ކުރި މީހާ ޝައްގްވެރިކަމާއިއެކު ބަލަން ފެށިއެވެ. އެތެރެއަށް ވަތް މީހާ ހުރީ މޫނުގައި ސްކާފެއް އަޅައި ނިވާ ކޮށްގެން ކަމުން ކާކުކަމެއް ހިޔާލަށްވެސް ނުގެނެވެއެވެ. ހަމަ އެފަދައިން “އެލޯން” އަކީ ކާކު ކަމެއްވެސް މީހަކަށް ހިޔާލަށް ނުގެނެވޭނެކަން ގައިމެވެ. ތުނބުޅި ދިގުވެގެން ގޮސް ކަރު ނިވާވެއެވެ. އަނެއްކޮޅުން މޫނު މައްޗަށް ވެއްޓިފައި އޮތް އިސް ތަށިގަނޑުން ނިތްކުރި ނިވާވެފައެވެ. މުޅި ގައިވެސް ވަނީ ދާ ހިތްލާ ފޯވެފައެވެ. އަދި މޫނުގައި އެތައް ބައިވަރު ބިހިތަކެއް ފަޅާފައިވެއެވެ. ލައިގެން ހުރި ހެދުމުގައި ލޮނު ދާ ހިއްލާ ތަން ތަންކޮޅު ބައުކޮޅު ކޮޅު އުފެދިފައިވެއެވެ. ހީވަނީ އެމީހާ އެތަނުން ނިކުންނަން މަސައްކަތް ކުރަން ހަދައިގެން ހެދުން ހަލާކުވެފައި ހުރިހެންނެވެ. އަނގަ މަތީގައިވެސް ވަނީ ހަޅޭއްލަވައިގެން ފާނެތީ ފޮތި ކޮޅެއް އަޅާފައެވެ. ހިކި އަނަރޫފަވެފައިވާ އެހަށިގަނޑު ފެނުނަށް މީހެއްގެ ހިތަށް އަސަރު ކުރާނެއެވެ.
” އޯ. ސޮރީ. އަހަރެންގެ މޫނު ނުފެނިގެން ދޯ ތިއުޅެނީ. އަހަރެން މީ ކާކުތޯ ހޯދަން. ނުވާވަރު ކަންތައް ނުކުރަން ނޫޅޭ. 6 މަސް ދުވަހު ތެރޭގަ ނުވީ ކަމެއް މިއަދުގަ ވަކި ވާނެތަ؟” ނުލަފާ ހިނިތުން ވުމަކާއިއެކު އަނެއްކާވެސް އެމިހާ ވާހަކަ ދެއްކިއެވެ.
” ދެން އެކަމް ތިހާ ވަރަކުން އަހަރެން މީ ކާކު ތޯ ހޯދަން އުޅެންޏަ ބުނެފާނަން. އެކަމް މޫނެއް ނުދެއްކޭނެ. އަހަރެންނަސް ކިޔަނީ ޑެވިލް. ހެހެހެހެ.. ޑެވިލް. ދައްޖާލް. އިބިލީސް. އެހުރިހާ އެއްޗެހިންގެވެސް އިބިލީސް. ހެހެހެހެ. އިނގޭތަ؟ އަހަރެންގެ ބަފާބެ ބުނީ އަހަންނަކީ ދައްޖާލެކޭ. އެހެންމާ ޔޫ ކޭން ކޯލް މީ ދައްޖާލް.. އޯ ޑެވިލް. ހެހެހެހެހެ..” އަނެއްކާވެސް އެމީހާ ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު އެލޯން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ޑެވިލް ގޮސް އެލޯންގެ އަނގަ މަތީގައިވާ ފޮތި ކޮޅު ނަގައި ދިނެވެ.
” ކަލޭ އަކީ ޑެވިލް އަކަސް ދައްޖާލަސް މަށަށް ހެޔޮ. ކަލޭ ކޯއްޗެއް ބޭނުން ވެގެންތަ ތިއުޅެނީ؟ ކޮން މަގްސަދެއްގަތަ މައްސޫމް އަންހެން ކުއްޖެއްގެ ދިރި އުޅުން ތި ބަރްބާދް ކުރަނީ. ލުކް. ޔޫ ކޭން ޑު އެނީތިން ޔޫ ވޯންޓް ޓު މީ. ބަޓް ޕްލީޒް. ފަހުއާ ނުބެހިބާ. ހެޔޮނުވާނެ. އާދޭސް ކުރަން. ” އިސްޖަހައިލައިގެން ހުރެ އެލޯން ވާހަކަ ދައްކަން ފެށިއެވެ. ” ޔޫ ބެޓާ ޝަޓް އަޕް. ކަލޭ ކޮން ދެރައެއްތަ ވާނީ؟ އެއީ މަގޭ އަންހެނުންނޭ. މަށެއްނު ދެރަވާން ވީ. މަގޭ އަންހެނުން. ހެހެހެހެ. މައި ވައިފް.. ހެހެހެހެ..” އަނެއްކާވެސް ޑެވިލް ވާހަކަ ދައްކަން ފެށިއެވެ. އަދި ނުލަފާ ވައްތަރަށް ހީލަމުން އައިސް އެލޯންގެ އަނގަ މަތީގައި ފޮތި އަޅައިލަމުން ނިކުގެން ގޮއްސިއެވެ.
*****
ހޮސްޕިޓަލް ތެރޭގައި މީހުން ހަލަބޮލި ވާން ފެށިއެވެ. އަދި ހަމަ އެވަރަށް ހަޅޭއް ލަވާ އަޑުވެސް އިވެއެވެ. ހީވަނީ މީހަކު މަރުވެގެން އުޅޭ ހެންނެވެ. ހުރިހާ މީހުންގެ ތެރެއިން އަވަސް ފިޔަވަޅުތަކެއްގައި އީނާޝް ވަނެވެ. އީނާޝް ދިޔަ ގޮތަށް ގޮސް ވޯޑްގެ ދޮރު ކުރިމަތީގައި ހުއްޓެލިއެވެ. އެހިނދު އޭނައަށްވެސް ހަޅޭއްލަވައި ގަނެވުނީއެވެ. ވަޅި އަތުގައި އަޅުވައިގެން ހުރި ފަހުމާގެ ސަބަބުންނެވެ. އޭނާ ހުރީ ވޯޑްވެސް ތަޅުލައިގެންނެވެ. ސާއިމް މަސައްކަތް ކުރަމުން ދިޔައީ ދޮރެއް ފުނޑާލެވޭތޯއެވެ. އޭރު ނަޝީދުވެސް ސާއިމްއަށް އެހީ ވެދޭވޭތޯ އުޅެއެވެ. ވޯޑްގައި ހުރި ބިއްލޫރި ކުޑަދޮރުތަކުގައި ބޯ ޖަހައިގެން މީހުން ހަޅޭއްލަވަމުން ދިޔައެވެ. އީނާޝްވެސް ދޮރުތަކުގައި ތަޅަމުން ހަޅޭއް ލަވަމުން ދިޔައެވެ. ” ފަހޫ. ނޯ. ފަހޫ. ޕްލީޒް ސްޓޮޕް. ފަހޫ. ” އީނާޝް ގޮވަން ފެށިއެވެ. ނަމަވެސް ދެލުލުން ކަރުނަތަށް ބައިލަމުން ފަހުމާ ދިޔައީ އޭނާގެ އަތުގައި ވަޅި އަޅުވަން ތައްޔަރު ވަމުންނެވެ. ” ބާއި އޯލް. އަހަރެން ދެން ނާންނާނަން. ބާއި ފޯރ އެވަރ. ” އަތުގައި ވަޅި އަޅައިލައި ދެލޯ މަރަމުން ފަހުމާ ބުންޏެވެ. އަދި ވަގުތުން ވެއްޓިއްޖެއެވެ. ސާއިމްއަށް ދޮރު ފުނޑަލެވުނީ އެވަގުތުގައެވެ.
” ނޯ”
އެންމެންނަށް އެއްފަހަރާ ބުނެވުނެވެ. އީނާޝް ވަގުތުން ގޮސް އެތެރެއަށް ދެމެ ގަތެވެ. އަދި އަތުގައި ހިފާ ވިންދު ޗެކް ކޮށްލަމުން ބޯ ހަލުވާލި މަރެއް ނުވެޔޭ ބުނަމުންނެވެ. ސާއިމް އައިސް ފަހުމާ އުފުއްލާލައި އޮޕަރޭޝަން ރޫމަށް ވެއްދިއެވެ. ފަހުމާއަށް ފަރުވާދެވެމުން ދިޔައީ ވަރަށްވެސް އެމެޖެންސީ ކޮށްށެވެ. ފަހުމާގެ އަތް ކަނޑައިގެން ގޮސްފާ ވާލެ ބޮޑުކަމުން އެއްވެސް ހުއްޓުމެއް ނެތި ލޭ ފައިބަމުން ދިޔައެވެ. އީނާޝް ބޭނުންވީ ނަޝީދުއާއި ވާހަކަ ދައްކަންށެވެ. އޭރު އީނާޝްގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައީ ހާސްކަމެވެ. އީނާޝް އޭނާގެ ރޫމްގައި ހުއްޓައި ނަޝީދު އައިސް ވަނެވެ.
” ދޮންބޭ. ” ވަރަށްވެސް މަޑުމޮޅިކޮށް އީނާޝް ބުންޏެވެ. ” އީނޫ. ކިހިނެއްތަ ވީ؟ އަޅެ ބުނެބަ. ފަހޫއަށް ކިހިނެއްތަ ވާން އެއުޅެނީ؟ “ގޮތްހުސްވެ ހުރެ ނަޝީދު ބުންޏެވެ. ” ދޮންބޭ. އަހަންނަށް ހީވަނީ ހުރިހާ އެންމެންނަށް ހަގީގަތް ހާމަކޮށްދެންވީ ވަގުތު އައިއްސިހެން.” އޭނާގެ ކައިރީގައި އޮތް ގަލަން އަނބުރަމުން އީނާޝް ވާހަކަ ދެއްކިއެވެ. ” ނޫން. އަދި ނުވޭ. އޭނަ ހަޔާތެއް ނުފަށަނީސް އެއްވެސް މީހެއް ކައިރީ ނުބުނާތި. ޕްލީޒް. ދެން ބުނެބަ. މިއަދު ކަންތައް ވީގޮތުން ފަހޫއަށް ކަމެއް ވީތަ؟” އަނެއްކާވެސް ނަޝީދު ވާހަކަ ދެއްކިއެވެ. އޭނާ ކޮންމެސް ކަމެއް ފޮރުވަން އުޅޭކަން އެމޫނުމަތިން ހާމަވެއެވެ. އީނާޝްގެ ލޮލުން ކަރުނަތަށް އޮހެން ފެށިއެވެ. ކޮންމެސް ކަމެއްވެއްޖެކަން ނަޝީދުއަށް ދޭހަވިއެވެ. ” ދޮންބޭ. ފަހޫ ސަލާމަތް ކުރެވޭނެ ހެނެއް ހިޔެއް ނުވޭ. ” ހިތްވަރުކޮށްފައި އީނާޝް ބުންޏެވެ.
” ނުވާނެ އެހެނެއް. ދެން ބުނެބަ. ބޭބީއަށް ނުރައްކާތަ؟ ކީއް ކޮށްދެން ވީ؟” ނަޝީދު ގަބޫލެއް ނުކުރިއެވެ. ” ބޭބީއަށް ނުރައްކާވެދާނެކަމުގެ ބިރު އެބަ އޮތް .ފަހޫގެ ގަޔަށް ލޭ އަޅަން ޖެހޭނީ. ” ތުންފަތުގައި ދަތް އަޅާ ކަރުނަތަށް ހިނދަން މަސައްކަތް ކުރަމުން އީނާޝް ބުންޏެވެ. ނަޝީދުގެ ހިތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ފަހުމާއަކީ ބީ ނެގެޓިވް ލޭ ހުންނަ ކުއްޖެކެވެ. އެގްރޫޕްގެ ލެޔަކީ ރާއްޖެއިންވެސް ހޯދަން އުނދަގޫ ލެއެކެވެ. ފަހުމާ ޑޮކްޓަރަކަށް ދައްކައިފިނަމަ ކޮންމެ ޑޮކްޓަރަކުވެސް ތަކުރާރުކޮށް ދޭ ނަސޭހަތަކީ ފަހުމާއަށް ލޭ އަޅަން ނުޖެހޭ ފަދަ ގޮތަކަށް ގެންގުޅުމެވެ. ނަމަވެސް މިއަދު ހަދާނީ ކިހިނެއް ހެއްޔެވެ؟
” މަސައްކަތް ކުރެވޭނެ އެއްނު. އިނޫ ހާސްނުވޭ. ދޮންބެ ހޯދާނަން ލޭވެސް. ” ކޯތާފަތް މަތީގައި ބީހިލި ކަރުނަތިކި ފޮހެލަމުން ނަޝީދު ބުންޏެވެ. އީނާޝްވެސް ބޯޖަހައިލަމުން އަވަސް ކުރާށޭ ބުންޏެވެ. އަދި އޭނާވެސް ރޫމުން ނިކުތީ ބޭރުގައި ތިބި އާއިލާ މީހުންނަށް ހިތްވަރު ދިނުމަށްޓަކައެވެ. އޭރު ހޮސްޕިޓަލުން ބޭރަށް ނަޝީދު ދަނީއެވެ. އީނާޝްގޮސް ބޭރުގައި ތިބި މީހުން ގާތު ފަހުމާގެ ހާލަތު ވަރަށް ސީރިއަސް ވާހަކަ ބުނެ ހިތްވަރު ކުރުމަށް ނަސޭހަތްތެރިވިއެވެ.
ސާއިމް އިށީނދެގެން އިނީ ނަޝާޔާއާއި ޖެހިގެން އިން ގޮނޑީގައެވެ. ފަހުމާ ބަލިވިފަހުން އީނާޝްއާއިއެކު އެގެޔަށް ގޮސްގޮސް މިހާރު ސާއިމްއާއި ނަޝާޔާ ދެމީހުންގެ ގުޅުން ވަރަށް ބަދަހީ ވެއްޖެއެވެ. ސާއިމް ނަޝާޔާ ކައިރިއަށް އަންނަނީ އަންނަ ހިތަކުން ނޫނެވެ. ނާޝްއާއި އުނޫޝްއާއި ދެމީހުން އެކީގައި ވަގުތު ކޮޅެއް ހުސްކޮށް ދިނުމަށްޓަކައެވެ. އޭނާ ވަރަށް އީނާޝް ކައިރިއަށް ދާން ބޭނުމެވެ. ނަމަވެސް ކެތްތެރިވަނީ އޭނާގެ ވައުދު މަތިން ހަނދާން ވުމުންނެވެ. އުނޫޝްއާއި ނާޝްއާ ދެމީހުން ގުޅުވުމަށް އޭނާއަށް ވައުދުވެވިފައި ވާތީއެވެ. ނަމަވެސް މިހާރަކަށް އައިސް ނަޝާޔާއާއިމެދު އޭނާއަށް ހަމްދަރްދީ ވެވެނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަޝާޔާ ރޯތަން ފެނުމުން އޭނާގެ ހިތަށް އަސަރް ކުރެއެވެ.
” ތިހާ ވަރަށް ރޮންޏާ މޫނު ހަޑިވާނެ.” މޫނުމަތީގައި އަތް އަޅައި ރޯން އިން ނަޝަޔާއަށް ސިހުމެއް ލިބުނީ ސާއިމްގެ އަޑަށްށެވެ. އޭނާގެ ރޮއެ ރޮއެ އޮތް ހިތް ވަގުތުން ނަށައިގަތެވެ. މިހާރަކަށް އައިސް ސާއިމްގެ ފަރާތުން ލިބޭ ހަމްދަރްދީ ދަނީ އިތުރުވަމުންނެވެ. މިއީ މީގެ ކުރިން އުނޫޝްއާއިއެކު އުޅުނު އިރު އޭނާޔަށް ތަޖްރިބާ ނުކޮށްލެވޭ ހަމްދަރްދީއެކެވެ. ސާއިމްވެސް އޭނާދެކެ ލޯބިވެޔޭ އެހިތް ބުނެއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއް އިންސާނަކަށް ދެމީހުންދެކެއެއް ލޯއްބެއް ނުވެވޭނެއެވެ. އޭނާއަށް ލޯބި ވެވެންވާނީ އުނޫޝްދެކެއެވެ. އަދި ސާއިމްވެސް ލޯބިވާނީ ނާޝްދެކެއެވެ. ނަޝާޔާގެ ހިތް ހީވަނީ ދެކޮޅަށް އެނބުރޭ ސަމުގާ އެއް ހެންނެވެ. ހިނދުކޮޅަކަށް ނަމަވެސް އެހިތުން ހިތާމަތަށް ފިލާދިޔައެވެ.
” ކޮންމެ ބޭފުޅެއްވެސް ވަޑައިގަންނަވާ. އަދި ލޭގެ ޓެސްޓްތަކެއް ހެދުމަށްފަހު ނަސީބުވެރިއަކަށް 2 ލައްކަ ރުފިޔާ. ހަމަ ކުޑަ ކުޑަ ކަމެއް ކޮށްލައްވައިގެން 2 ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު. އަވަހަށް ވަޑައިގަންނަވާ.” ހޮސްޕިޓަލްގައި ތިބި ހުރިހާ އެންމެން ސިހިގެން ދިޔައީ ބޭރުން އިވިގެން ދިޔަ ނަޝީދުގެ އަޑުންނެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތެވެ. އޭރު އަޑުގަދަކުރާއެއް ހިފައިގެން ނަޝީދު ކިޔަމުން ދިޔައީ ހަމަ އެކައްޗެކޭއެވެ. ކައިރީގައި މޭޒެއް ބެހެއްޓިފައިވާއިރު މޭޒުމަތީގައި ލޭގެ ޓެސްޓުތައް ހެދޭނެ އިންތިޒާމްތައް ތައްޔާރު ކުރެވިފައިވެއެވެ. ނަޝީދު ފަދަ ރަށުގެ އިސްމަގާމެއްގައި އުޅޭ މީހަކު އެގޮތަށް މަގު މަތީގައި ލޭ ފޮދަކަށް އެދުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ނަޝީދު އެހުރީ އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޖާންވެސް ދޭންށެވެ. ފަހީމާމެންގެ ކޮންމެ މީހެއްގެ ލޯވެސް ތެމެން ފެށިއެވެ. މިފަހަރު އުފަލުންނެވެ. ބައްޕައެއް ދަރިފުޅަށްޓަކައި ނިކުމެ އުޅޭ ތީއެވެ. އަދި އެމީހުންވެސް ނަޝީދުއާއި ބައިވެރިވެލިއިރު ހިތަށް ކުޑަ ވަރެއްގެ ފިނިކަމެއް ލިބެއްޖެއެވެ. ހިތުގައި ކުޑަވަރެއްގެ އުންމީދެއް އާލާވާން ފެށިއެވެ.
” އޭ ކިޔާން އާދެބަލަ. ލޭގެ ޓެސްޓެއް ކޮށްލަން. ހެޔޮނުވާނެ.” މަގުމަތިން ދިޔަ ކިޔާންވެސް ޓެސްޓް ހެދިއެވެ. ނަމަވެސް ލޭގެ ގްރޫޕް ދިމާވާ ގޮތެއް ނުވިއެވެ. ” ބޭބޭ. އަހަރެން އެހީވާނަން. ތިޔަ ލޭގެ މީހެއް ހޯދޭތޯ ބަލާނަން.” މިހެން ބުނެލަމުން ކިޔާން ގޮއްސިއެވެ. އަދި ތަންކޮޅެއް ދުރަށް ޖެހިލައި ފޯނު ނަގައި ނަންބަރަކަށް ގުޅައިލިއެވެ.
***
އެއްކަލަ ފަން ގެގަނޑުގައި ހުރި ޑެވިލްގެ ފޯނު ރިންގުވާން ފެށިއެވެ. އޭރު އެލޯން އޮތީ ދެލޯ މަރައިގެންނެވެ. ނަމަވެސް އޭނާ އޮތީ ނިދާފައެއް ނޫނެވެ. މަކަރު ޖަހައިގެންނެވެ. އަނގައިން ފޮތިކޮޅުވެސް އޭރު އޮތީ ނައްޓާފައެވެ.
” ހަލޯ. ކަލޭ އަދިވެސް ލާރި ނުދެއޭ. ހަމަ ހުވާ ތިހެން މަށަށް ލާރި ނުދީ ހިފައްޓަންޔާ އެއްކަމެއްވެސް ނުކޮށްދޭނަން. އެމީހާވެސް ދޫކޮށްލާނީ. ކަލޭވެސް ހައްޔަރު ކުރާނީ. މަފޮނި ނުވެބިއަ.” ޑެވިލް ދައްކަމުން ދިޔަ ހުރިހާ ވާހައެއް ކަނުލައި އަޑު އަހަން އޮތް އެލޯންއަށް އެއްޗެއް ދޭހަވިއެވެ. އެހެންވީމާ އޭނާ ހައްޔަރު ކުރެވުނީ ބައެއްގެ ނުބައި ރޭވުންގަނޑެއްގައި ހެއްޔެވެ؟ ދެން އެކޮޅުން ކޮންމެސް ވާހަކައެއް ދެއްކިއެވެ. ކީއެއްޗެއް އެލޯންއަކަށް އަޑެއް ނީވެއެވެ. ” ކަލޭ މަންޖެއެއްނުނޭ. ލެޔެއް ނޫނޭ. ލާރި ކޮބާހޭ؟ މަގޭ ގައިގަ ހުރޭތަ ބީ ނެގެޓިވް ” އަނެއްކާވެސް ޑެވިލް ވާހަކަ ދެއްކިއެވެ. ” ކަލޭއަށް އިތުރު ލާރިދޭނަން ބީ ނެގެޓިވް ލޭ ހޯދާ އަވަހަށް.” ދެންވެސް އެކޮޅުން ވާހަކަ ދެއްކުމަށްފަހު ފޯނު ބާއްވައިފިއެވެ. އެލޯންއަކަށް އެކޮޅުން ދައްކާ އެއްވެސް ވާހަކައެއް ސާފެއް ނުވެއެވެ. ޑެވިލްވެސް ބޭރަށް ދާން ނިކުންނަން ހިނގައިގަތެވެ.
” އޭ ޑެވިލް. މަގޭ ގައިގަ ހުރޭ ބީ ނެގެޓިވް ލޭ. މަ ކަލޭގެ ފްރެންޑަށް ލޭ ދޭނަން. ކަލޭ ފަހޫގެ ދިރިއުޅުމުން ދުރަށް. ” ކުއްލިއަކަށް ޑެވިލްގެ ފިޔަވަޅު ހުއްޓުނީ އެލޯންގެ އަޑުންނެވެ. ” ހެހެހެހެ. ކަލޭ ހާދަ ހުށިޔާރު ވެއްޖޭދޯ. އަވަސް ކުރޭ ކަލޭގެ ލޭ މަށަށް ދީ. އޭރުން މަވެސް މުއްސަނދިވާނެ. ކަލޭގެ ފަހޫވެސް ރަނގަޅު ކޮށްދޭނަން. އަވަހަށް ތައްޔާރުވޭ. އަދި ހަނދާން ކުރާތި؟ މަގޭ އަތްދަށުން ފިލަން މަސައްކަތް ކޮށްފިނަމަ ހީނުކުރާ ވަރުގެ ބޮޑު ލަގާއެއް ފަހުމާއަށް ލިބޭނެ. ” ޑެވިލް ބުންޏެވެ. އެއްމަސްފަހުން ފުރަތަމަ ފަހަތަށް އެލޯންއަށް ފެންވަރައިލާނެ ފުރުސަތު ލިބުނެވެ. ޑެވިލް އޭނާ ކޮންމެސް ތާކަށް ގެންގޮސް ފެންވެރޭނެ އިންތިޒާމް ހަމަ ޖައްސައިދިނެވެ. ނަމަވެސް ތުނބުޅިއާއި އިސްތަށިގަނޑު ކޮށިއަކަ ނުދިނެވެ. އޭނަޔަކީ ކާކުކަން މީހަކަށް އެނގެދާނެތީއެވެ.
” ކޮބާ އޭނަ؟ ” ގޭތެރެއަށް ވަތް ގޮތަށް ކިޔާން ޑެވިލް ކައިރީ އަހައިލިއެވެ. ” ކޮޓަރިގަ. ދޭބަލަ ބަލައިލަން. ކަލޭވެސް ނުބުނާނެ އެއީ އިނޮސެންޓް އިނޮސެންޓް ލާމިއުއެކޭ. ވަރަށް ތަފާތު ވާނެ. ” ޑެވިލް ބުންޏެވެ. ކޮޓަރިއަށް ދެމިގަތް ކިޔާން ފެނިފައި އެލޯން ވީ އަންތަރީހެވެ. އެއީ އެލޯންއެއް ނޫނެވެ. ލާމިއުއެވެ. 6 މަސް ދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލްތަކުން މީހަކަށް ނޭނގެނީއެވެ. ލާމިއު ވަގުތުން ގޮސް ކިޔާންއާއި ކައިރިވެލައި އާދޭސް ކުރަންފެށިއެވެ ” ކިޔާން. ޕްލީޒް. އައި އެމް ލާމީ. މިމީހުން އަހަރެން ހައްޔަރު ކޮށްގެން އެއުޅެނީ. ހެލް ޕް މީ. އަހަރެން މިއުޅެނީ ބައެއްގެ ނުބައި ރޭވުންގަނޑެއްގައި ޖެހިގެން. އަޅެ. ޕްލީޒް. ޕޮލިހުންނަށް ގުޅަން ފޯނު ދީބަލަ.”
” ހަހަހަހަ… މީހެއްގެ ރޭވުންގަނޑެއްގައޭ.. ހަހަހަހ. ކަލޭ ތިއުޅެނީ މަގޭ ރޭވުންގަނޑެއްގެ ތެރެއަށް ވަދެވެގެން. ” ނުލަފާ ހިނިތުންވުމަކާއިއެކު ކިޔާން ބުނަމުން ދިޔަ ބަސްތައް ދިޔައީ ލާމިއުގެ ހިތަށް ތީރު ހޮރަމުންނެވެ. ” ވަޓް؟ ވަޓް ޑޫ ޔޫ ނީޑް؟ ޕްލީޒް ކަލޭ ބޭނުން ވަރަކަށް އަހަރެން ފައިސާވެސް ދީފާނަން. ” ގަބޫލް ނުކުރެވި ހުރެ ލާމިއު އާދޭސް ކުރަން ފެށިއެވެ ” އައި ވޯންޓް އޮން ލީ ފަ ފަ ހޫ… ” ލަސްލަހުން ކިޔާންގެ ދުލުން ބޭރުވި ކޮންމެ ބަހެއް ހީވީ ލާމިއުގެ މޫނު މަތީގައި ޖަހައިލި އެތިފަހަރެއް ހެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.




Mi baiga Ushaa beynun koffa hunnane “devil” nd “alone”.. So never mind abt it.. If u have any problem Plx tell me.. Nd yes ur welcome 2 leave cmmntx….
oh soo lamee ge badalu ga jinni eh dhw mi ulhey nee waiting waiting usheee mi vaahaka nukiyunrrya dhuvas dhaanee varah kada koh pls pls avahah upkoh dhee
Neingey… Jinni akah vx vedhaane.. Asluvx thr… Thnxxx. Btw can u tell me ur real name.. If u dont mind Ushaa beynun mesw ah nick nameh hadhan… can i? Thnkxxxx alot
my name is maashy
v.reethi mibaives 🙂
Thnxx..
fahoo pregtha.. n laamiu ge baby akahthah fahoo preg ee
Kiyaalyma ennu ingeyny dw… Prgvx vedhaane… Thnkxxx…
Lamiu aa fahoo ge dhari maruvi iru ehury,kn lamiu eh ? vahaka v salhi mihaaru edhaagoiy. V thafaath vahakaeh ?
Lets c dw who is he… Thnkxx lamiu….
i get a feeling meega meenee korean “kill me or heal me” ga va gothah hen mi vanee..emeehehgge ethah emetion eh aiss aissa dhanee…maybe..or jinni…something like that..ekm dhen interesting varah…hope to read next part also soon.. 🙂
Noney… Ushaayeh English nd korean filmx nubalan… faharegga ihthifaagakah vedhaane… BTW thnkxxx gurl
OMG.. ALhey mi vee kihineh .. laamiu dhw kidnap kohgen e ulheny.. alhey ma heekury kiyan kamah.. bloody kiyaann haadha goahey dhw eyna..foruvifaa vaa sihru thakeh ebahurihen hyvey.. next prt varah kiyaa hithun mihury.. alhey ushee.. next prt awahah upkolla dhechey..keep goin☺☺
Hmmm.. Kiyaaneh noon e ee.. Lamiu… Lts c dw aff… Thnkxx… Yes Ushee ah veehavx avahakah up kuraanan insha allah…
Thnkxxxxx a lot…
vvvvvv reeethi……..next partt vr avahah up kohdhehcheyyy ushyyyy babyyy….hehe
Thnk yuh so so so so so much…. hehehe… U guys r really funny…. Ya.. Insha allah vrh avahah up koh dheynan…. Thnxx..
Varah reethi mi part.. waiting for the next part..
Thnkxx Zeek… Kyp waitin…
OMG!!!!! E laami??? Dhen e devil aki kaakubaa??? Mi bai varah shoking… But varah varah fab… Egerly waiting fo da nxt part… N if not laamiu dhen kaaku fahu varikuri??? N fahu preg dhoa??? But 6months vaairu meehunnah neyngi hunaani kihine??? Tummy nukunnannun??but hama habeys n whn nxt part… Plx up ASAP..hama fab… Ushaa r awsom…
U mad so many questions dw…. U will get de answrs later… Jxt kyp waitin…. Nxt prt vrh avahah… Thnkkkk yuhhhh meesha….
Mis story varah salhi and it is different form others.
Thnkxxxx…. Hooo…
Vvv dfrnt story eh.. raasiya image kuri gothakah nun story mi part mi iny.. bt v habeys.. love read ur stories.. gud job ushaa..
Thnkxx a lot Rasiya…
..vv reethi Ushaa varah molhu ingea. I’m so intresting. Varah ufaavejje ehaa avahah up veema. Koniralun tha nxt prt up vaany. I cant waot to read. Asl ushaa varah molhu stry liyan. I like it
Thnkxx… Aslu ushaa improve vehjiyya eyge sirraky u readrs… Adhivx thikudhin thi gothah ebbaarulun dhenya Insha allah ushaa vrh molhu liyuntheriakah vaane… All thnkxx 2 u guys… Thnkxxx… Pinky..
Adhi laamiu aa fahoo gulhenethaa dhw…v salhi…hama nxt part kiyaalaa hiyvanee…avahah up ingey….
Usha!! V reethi ingey.. Dhen oiyy bai kiyaahithun kehmadhuvefa.. 🙂
mivaahaka mihaaru dhaagoi v salhi.
makaru nueh jahaane. makaru hadhaanee kannenge.
Thnkxx all..