Skip to content
އެސްފިޔަ

އިންތިހާއަށް އާދޭސް…

“ޗީ ޗީ.. އައްޗީ ފަކުރުކަން… ތި ޗޮނި ބޭލުން ހުއްޓޭނީ މީހާ ބޮޑުވީމަތަ؟..” ޝީރީން އުރައިގެން އިން ތިން އަހަރުގެ އަންހެން ކުއްޖާ ޖޯލިފަތީގި ބައިދަމުން ބުންޏެވެ. “ޗީ ދެން ވަރަށް ވަރަށް ފަކުރު… މަންމާ.. މަންމާ ނިކުމެބަލަ….” ޝީރީންގެ އަޑު ގަދަވުމުން ތިން އަހަރުގެ ތުއްތު ކުއްޖާ ތުން ފިއްތައިލަމުން ރޯން ފެށިއެވެ. ތުއްތު ކުޑަކުޑަ ކުއްޖާ ރޮމުން ދިޔައީ އެތަކެއް އުދަގުލުންނެވެ.

“ޝީރީން….. ކޮންތާކަށް ތިދަނީ މިމަންޖެ އެވަރަށް ރޯއިރުވެސް..” ކާގެއިން ނިކުތް ޝިޔާމާ ނަލަ ހެދިލައިގެން އިން ޝީރީން ފެނި އަހާލީ ތުއްތު ކުއްޖާ އުރާލަމުންނެވެ. “މަންމަ ދެން ކީއްކުރަން އަހަރެން ދާތަނެއް ބަލަނީ… ބަލާބަލަ މިހިރަ ކުއްޖެއް.. އަހަރެން އަންނަން ވާއިރަށް ރީތިކޮއްދެއްޗޭ.. ދެން ވަރަށް ފަކުރު އަދިވެސް އަނގައިން ދަވަ ބާލާ.. ވަރަށް ފޫހިވޭ…” ޝީރީން ގެއިން ނިކުންނަމުންވެސް ދިޔައީ ޗުސްތަޅަމުންނެވެ.

“މަންމާ ކޮންތާކަށް ޝީރީން އެދިޔައީ” ނަލަ ހެދިލައިގެން ގޭން ނިކުތް ޝީރީން ފެނި މަނިކު އަހާލިއެވެ. “މަށައްތަ އެނގޭނީ… މަނިކު ނުވާވަރުން ދަރިން ހޯދަނީ ކީއްކުރަންތަ… މި މަންޖެ ޗޮނި ބާލަނީ އަމިއްލައަށްތަ…. މީ ކުޑަ ކުޑަ ކުއްޖެކޭ… އަހަރެން ހަމަ މޮޔަވޭ.. މީ ބަލި ކުއްޖެއްކަން އެނގުނު ދުވަހުން ފަށައިގެން ޝީރީން އެއުޅޭވައްތަރު.. މި މަންޖެ ގައިގަ އަތްލަންވެސް ފަކުރުން އެއުޅެނީ…”

ޝިޔާމާ ކިޔަމުން ދިޔަ އެއްޗެހި އަޑުއަހަން މަނިކު ހުރީ އިސްޖަހައިގެންނެވެ. އިސްއުފުލާލާނެ ހިއްވަރު ގައިގަ ނެތް މީހެއް ފަދައިންނެވެ.

“ބައްޕަގެ އަޔާނާ” މަނިކު ޝިޔާމާ އަތުގައި އިން އަޔާނާ އުރާލަމުން ލޯބިން ގޮވާލިއެވެ. ޝިޔާމާ އަތުގައި އޮތް ރުމާކޮޅު އަތުލުމައްފަހު ކުޑަ ކުޑަ އަޔާނާގެ ތުންފަތް ފޮހެލަދިނެވެ. “ބައްޕިގެ އަޔާނާ” އަޔާނާ ގައިގަ ބައްދާލަމުން މަނިކު އެ މަޑު ދޮން ކޮލުގައި ވަސްގަނެލިއެވެ. އޭރު ރޮއި އޮރި އިން އަޔާނާގެ ތުންފަތުގައި ކުޑަ ހިނިތުންވުމެއްވިއެވެ. އަދި މަނިކުގެ ކޮނޑުމަތީގައި އޮށޯވެލީ ރައްކާތެރިކަން އިހްސާސް ވުމުންނެވެ.

 

“ނުނިމޭ”

Comments (19)

  1. Isheee

    Haavani varah reethi vaane hen. Dhen faharaku dhigu koh up kohdhee please

  2. meesha

    Varah reethi mibai… Nxt prt ah waithin… 🙂

  3. naaanu

    Yes yes.kamana is back ?avas up kuran fashaaa vaahaka ??kiyaahithunnnn

  4. Hooo

    Kamana is back. ?
    So haappy. Hope kuran abahaa up kuraane kamah.

  5. soba

    Vv rythi. Next part avahah up koladhey thi…

  6. aff

    kamanaaa u back tha.. OMG .. love u kamanaa.. all the best.. keep going…☺☺☺

  7. munee

    nice

  8. Aphy

    V thafaathu vaahakaeh hen heevey feshun kiyaaleema…avahah up kohlladhechey…kamanaa ge vaahakeh viyyaa v reethi vaane…

  9. Ushaa

    Vrh rethi vaanehen hyvany… Avahah up kohdhehchey… Waintin..

  10. Emy

    Yeyy..kamana is back…??
    Varh reethi vaane heh heevany… Avhah up khdeythi… ??
    Waiting ga mhury ??

  11. naaf

    v nice mi part..tankolheh kuree.

  12. Sha

    Waiting for next part…☺

  13. Faxoo

    waiting fr the next part 🙂 vrh reethi vaane hen hyyvany
    😀 gud luck!

  14. princess

    Hey love kolhaa…haadha thihthi trailer eh…rythi vqqnekan yagyn hqma..love yu bigggg kh..nd welcome back ???

    1. princess
      princess

      Vaanekan*…hama*?

  15. Mutha/ S.Hithadhoo

    Vaahaka reethi vaanehen hivani, prologue is good, best of luck with the story Kamanaa 🙂

    1. aff
      Mutha/ S.Hithadhoo

      heii muthaa.. muthaa ge story eh kn irakun tha libeyny kiyaalan .. ☺☺

  16. Appy

    Hyvany rythi vaane hen gud luck kamana n happy to c u ??

  17. Ushaa

    Kamana.. Kn irakun thrr fashanyyy mistwrii.. I dnt have anyy patience 2 read dis stwriii…

Comments are closed.