ޖެހިގެން އައި ހުކުރުދުވަހު އިޒްޔާން ހުކުރުން ފައިބައިގެން ގެއަށްގޮސް މައިޝާއަށް ގުޅާލިއެވެ. “ހަލޯ. އަހަރެން ދާންވީތަ ތިގެއަށް؟” މައިޝާ ފޯން ނެގުމުން އިޒްޔާން އަހާލިއެވެ. “ސާބަސް. ތީދެން އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު. އަވަހަށް އާދޭ. އިޒްޔާން އައީމަ އެންމެން އެއްކޮށް ކާން ފަށަންވެގެން މިތިބީ. އައިސް ތިންވަނަ ފްލޯރ ގެ އެންމެފުރަތަމައަށް ހުންނަ ދޮރުގަ ޓަކިޖަހާލާ.” މައިޝާ ބުނެލިއެވެ. “އޯކޭ.” މިހެންބުނެފައި ފޯން ބޭއްވުމަށްފަހު އިޒްޔާން ގެއިން ނުކުމެގެން ދިޔައީ އޭނާގެ ކާރާއި ދިމާލަށެވެ. ކާރަށް އަރާފައި […]
އިޒްޔާން ކަޅިޖަހާނުލާ އެއަންހެންކުއްޖާއާއި ދިމާއަށް ބަލަން އިނެވެ. ދަންނަ ކުއްޖެއްހެން ހީވާތީއެވެ. އިރުކޮޅަކުން ވެއިޓަރ، އިޒްޔާން އޯޑަރ ކުރި އެއްޗެހިތައް ގެނެސް މޭޒުމަތީގައި އަތުރާލިއެވެ. އިޒްޔާން، ވެއިޓަރ އަށް ޝުކުރުއަދާކޮށްފައި ކާންފެށިއެވެ. ކަމުން ދިޔައިރުވެސް އިޒްޔާން އެ އަންހެންކުއްޖާއާއި ދިމާއަށް ވަރަށް ބެލިއެވެ. އެކުއްޖާގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމާއި ހިތާމައިގެ އަސަރުތަކެވެ. ދެންފެނުނީ ކުއްލިއަކަށް އެކުއްޖާ ރޯންފެށިތަނެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށުމުން މޭޒުމަތީގައި ބޯއަޅައިލިއެވެ. އިޒްޔާންއަށް މިމަންޒަރު ބަލަން އިންނާކަށްކެތެއް ނުކުރެވުނެވެ. އެކުއްޖާއާއި […]
ޑިއުޓީ ނިންމާލާފައި އިޒްޔާން އޮފީހުން ގެއަށްދާން ނުކުތް ތަނާހެން ވާރޭ އޮއްސާލައިފިއެވެ. ހަނދާންނެތި ކާރު ނުލާ އާދެވުމުން ނުތެމި ދެވޭނެ އެއްވެސް ގޮތެއް އިޒްޔާންއަކަށް ނުފެނުނެވެ. އެހެންކަމުން އަވަސްއަވަހަށް ފޯން ނަގާ އޭނާގެ ރައްޓެއްސެއްކަމަށްވާ ޖައުދަންއަށް ގުޅާލިއެވެ. އަދި އޭނާ ބަލާ އައުމަށް އެދުނެވެ. ޖައުދަން އަންނަންދެކަށް އިޒްޔާން އޮފީހުގެ ލޮބީގެ ތެރޭގައި މަޑުކޮށްލިއެވެ. ކުޑައިރުކޮޅެއްފަހުން ޖައުދަންގެ ކާރު އައިސް އޮފީސް ކައިރިއަށް މަޑުކޮށްލި މަންޒަރު އިޒްޔާންއަށް ފެނުނެވެ. އިޒްޔާން ދުވެފައިކަހަލަގޮތަކަށް ގޮސް ކާރަށް އެރިއެވެ. އޭރުވެސް […]