Skip to content
އެސްފިޔަ

އަސަރު 6

ޝިކާ ހިފައިގެން ހުރި ފޮތް ބަންޑެލި އުސްކަމުން އޭނާއަށް ކުރިމަތި ފެންނަނީވެސް ކިރިޔާއެވެ. އޭނާ އެފޮތްތައް ބެލެންސް ކުރަމުން މަޑުމަޑުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު ވަރަށް ބާރަށް ގޭތެރެއިން ނިކުންނަން އައި މީހެއްގެ ގައިގައި އަޅައިގަނެފައި ޝިކާއަށް ފޮތްތައް ބެލެންސް ނުވެގެން ތިރިއަށް ވެއްޓުނެވެ. ފޮތްތައް ވެސް މުޅި ސިޓިންގރޫމް ތެރެއަށް ވިއްސަވިއްސައިގެން ދިއައެވެ. ޝިކާ މަތި ބަލައިލި ވަގުތު ފެނުނީ ގަދަ ރަތް ކުލައިގެ ގަމީހެކެވެ. ދެން ރުޅިވެރި ދެލޮލެވެ………………

“ތަންކޮޅެއް ބަލާލައިގެން އުޅެބަލަ އިނގޭ….” އެ މީހަކު ރުޅިވެރިކަމާއެކު ބުނެލިއެވެ. ޝިކާ ރީތިކޮށް އެމީހަކާ ދިމާއަށް ބަލާލިއެވެ. އޭނާގެ ގައިގެ ކުލަ މާ ދޮން ނޫނަސް ލިބިފައިވާ ބުޅި އިސްތަށިގަނޑުގެ ސަބަބުން ވަރަށް “ސްމާޓް” ކަމަށް ދައްކައެވެ. ކަޅުކަން ގަދަ ދެބުމަ ގޮށްޖެހިފައި ވާއިރު އޭނާ ހުރީ ވަރަށް ރުޅިގަދަ ވެފަކަން އެނގެއެވެ. ލައިގެން ހުރި ރަތް ގަމީހުގެ އަތުކުރި ވަނީ އުޅަނބޮށްޓާ ހަމައަށް އޮޅާފައެވެ.

“ބަލަ ތި ދޮރުމަތިން އެއްފަރާތްވެބަލަ…!” އެ މީހަކު ރުޅިވެރި ރާގަކަށް ބުންޏެވެ. ޝިކާ ވެއްޓުނު ގޮތަށް އިނދެވުނީ ނިކުންނަ ދޮރުމަތީގައި ކަން ވެސް އޭނާއަށް އެނގުނީ އެވަގުތެވެ. އޭނާ އަވަސް އަވަހަށް ތެދުވުމަށްފަހު އެއްފަރާތަކަށް ޖެހެލިއެވެ. އެއާއެކު އެމީހަކު ބާރުބާރަށް ހިނގާފައިގޮސް ގެއިން ބޭރަށް ނިކުމެއްޖެއެވެ. ޝިކާ އަވަސް އަރުވާލައިފައި ގޭތެރެއަށް ވެރިފައި ހުރި ފޮތްތައް ހޮވަން ފެށިއެވެ. އެވަގުތު މަންޒަރު ބަލަން ކޮޓަރީގެ ދޮރުކައިރީގައި ހުރި ރަނާ އައިސް ޝިކާއަށް އެހީވާން ފެށިއެވެ.

“ޝިކް… އަޅާނުލާތި އޭނާ ކިޔާ އެއްޗެއްސައް… އެއީ ހިސާބައް ވުރެ ރުޅިގަދަ ފިރިހެނެއް….” ރަނާ ޝިކާ ގާތު ބުނެލިއެވެ.

“އެއީ ކާކުތަ އަސްލު؟؟” ޝިކާ އަހާލިއެވެ.

“އެއީ މިގޭ ކިޔަވަން ހުންނަ ކުދިންގެ ތެރެއިން އެކަކު…. 11 އަށް މިއަހަރު ދާނީ…. ވަރަށް ރުޅި ގަދަ ބޭފުޅެއް… އަހުސަން ކިޔަނީ…. މިދިޔަ އަހަރުވެސް ހަމަ އެގޮތައް އުޅުނީ…. މަޖާ ވެއްޖެއްޔާ އެހާ މަޖާ ވާނެ.. މަޖާވެގެން ގޮސް އޯވާ ވެސް ވާނެ…. އެކަމު އެއޮއް ގަދަ ރުޅިއަކަށް މަވާ ސަލާމް…” ރަނާ ކިޔައިދިނެވެ.

“ރަނާ މިދިޔަ އަހަރުވެސް އުޅުނީ މިރަށުގަ މިގޭގަތަ؟؟” ޝިކާ އަހާލިއެވެ.

“ހޫމް…. މަގޭ ތިއްތަ ވެސް، މިގޭގަ މިހާރު އުޅޭ ހުރިހާ ކުދިންވެސް ހަމަ ލާސްޓް އިޔާގަ އުޅުނީ މިގޭގަ…. ދެން ޝިކް ތީ މިއަހަރު އައި މިޔު ކަމަރ..” ރަނާ ބައެއް ފޮތްތައް ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ޝިކާ ވެސް ހީލަމުން ރަނާގެ ފަހަތުން ހިނގައިގަތީ ބާކީ ހުރި ފޮތްކޮޅު ހިފައިގެންނެވެ.

ޝިކާއަށް ފެންވަރައި ތާޒާވެލައިގެން ނިކުތް އިރު 8 ޖަހަނީއެވެ. ދަތުރު ކުރުމުގެ ސަބަބުން އޭނާ ހުރީ ވަރުބަލިވެ ބަނޑުހައިވެސް ވެފައެވެ. ބޮލުގައި ތުވާއްޔެއް އޮޅާލައިގެން އޭނާ އުޅުނީ ފޮށީގައި ހުރި އަންނައުނުތައް ފައްޖަހައި އަލަމާރިއަށް އެޅުމުގެ މަސައްކަތުގައެވެ. ނަމަވެސް ވަކި ހިސާބކަށް ގޮސްފައި އޭނާ ހުއްޓާލީ ބޮލުގައި ރިއްސަން ފެށުމުންނެވެ. އަލަމާރީގެ ކައިރީގައި ފޮށި ބެހެއްޓުމަށްފަހު އޭނާ ގޮސް އެނދުގައި ޖައްސާލިތަނާހެން ނިދިއްޖެވެ.

*************************************

ޝިކާއަށް ހޭލެވުނުގޮތަށް އޭނާ ބަލާލީ އަތުގައި އޮތް ގަޑިއަށެވެ. ހެނދުނު 8 ޖަހަނީއެވެ. އޭރު ރަނާ އޮތީ ގަދަނިދީގައި ގުގުރިގަމާށެވެ. ޝިކާ އަވަސް އަވަހަށް ރީތިވެލައިގެން ބޭރަށް ނިކުމެލިއެވެ. އޭރު ބަދިގޭގައި ރޮށިފިހުމުގެ މަސައްކަތުގައި ހަލީމާ އުޅެއެވެ.

“އަހާ …. ޝިކާ ހޭލީތަ؟؟ ރޭގަ ނުވެސް ކައެއްނު ދޯ ނިދީ… ދައްތަ ބަލާލަން ދިޔައިރު އޮތީ ނިދިފަ… އެހެންވެ ނުގޮވީ…” ހަލީމާއަށް ޝިކާ ފެނުމުން ބުނެލިއެވެ. ޝިކާ އެއްޗެކޭ ނުބުނެ ހީލިއެވެ.

“ބުނަން، ދައްތަ އަށް މިޔަދު ހޭލެވުނީ ވަރަށް ލަހުން… ނުނިމެގެން މިއުޅެނީ…. ޝިކާ އަންނަންވީނު މި ހުނިކޮޅު ގާނާލަދޭން…” ހަލީމާ ބުނެލިއެވެ. ޝިކާ ހަލީމާ ދިއްކޮއްލި ދެ ކާށި ކިބައިގައި ހިފިއެވެ. އަދި ފާރުގައި ލައްކޮއްލާފައި ހުރި ހުނިގޮނޑި ނަަގައިގެން ހުނިގާނަން ފެށިއެވެ. އެވަގުތު އެތަނައް ލިވާން އައެވެ.

“ދައްތާ.. ވަރަށް ބަނޑުހައިވެއްޖެ،،،” ލިވާން އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް ބުނެލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ހުނިގާނަން އިށީންދެގެން އިން ޝިކާއަށެވެ.

“ލިވާން… މަޑުކުރޭ.. ދައްތަ މި ރޮށި ފިހެ ނިމުނީއޭ… ދޭ އަހުސަނުވެސް ގޮވައިގެން އަންނަން ސައިބޯން..” ހަލީމާ އަވަސް އަރުވާލައިފައި ބުނެލިއެވެ. އެއާއެކު ލިވާން އެނބުރި ކޮޓަރިއަށް ހިނގައިގަތެވެ.

“އޭތް…. ބުރޯ… ހޭލަބަލަ…!” ލިވާން ކޮޓަރިއަށް ވަދެ ގަދަނިދީގައި އޮތް އަހުސަނަށް ގޮވަން ފެށިއެވެ. އަހުސަން ކުކުރާލުމަށްފަހު ފޮރޮޅިލިއެވެ.

“އޭތް!!!” ލިވާން އަހުސަނުގެ ގައިގައި ހިފއި ތަޅުވައިގަތެވެ.

“ކީއްތަވީ؟؟ ސާބަސް… އަދި ފަތިސްނަމާދު ބަންގިވެސް ނުގޮވައެއްނުު…. ދުރައްދޭ..” އަހުސަނު ނިދީގައި އޮވެގެން ލިވާން ދުރަށް ކޮއްޕާލިއެވެ.

“އޭތް.. އެނގޭތަ… މަށަށް ހީވަނީ ދައްތަ މިގެއަށް މަސައްކަތް ކުރަން ގެންގުޅޭ ކުއްޖަކު ގެނައީހެން… އެބައިން އެކުއްޖާ ހުނިގާނަން..” ލިވާން ބުނެލިއެެވެ.

“އޭން!! އާކުއްޖެކޭ؟؟؟” އަހުސަނު ފުންމައިގެން ތެދުވީ އިއްޔެ އެގެއަށް ފޮތްތަކެއް ހިފައިގެން ވަންނަން އައި ކުއްޖާގެ މަތިން ހަނދާންވުމުންނެވެ.

“އާ ކުއްޖެއް ނޫނޭ… މަސައްކަތު ކުއްޖެއް… ހުރީ މަސައްކަތު މީހުން ލާކަހަލަ ކަޅު ދިގު ހެދުމެއް ލާފަ…. ކަޅު ބުރުގާ އަޅާފަ…” ލިވާން ކިޔައިދިނެވެ.

“އާން… އިއްޔެވެސް މަށާ ދިމާވި ތިކުއްޖާ އާ… މަ ގައިގަ އެކްސިޑެންޓް ވެފަ ދިއައީ..” އަހުސަނު ބޯކަހާލަމުން ބުނެލިއެވެ.

“އޭތް… ތިއެއް ނޫނޭ.. ދައްތަ ބުނީ ސައިބޯން އަންނާށޯ..” ލިވާން އެހެން ބުނުމުން އަހުސަނު ތެދުވެ ފާހާނާއަށް ވަދެއްޖެއެވެ.

އަހުސަނުމެން ކާގެއަށް ދިޔައިރު ހަލީމާ ހުރީ ސައިހަދާފައެވެ. ރިހާކުރު ކުޅިކޮއްފައި ހުރިތަން ފެނުމުން އަހުސަނު ގެ ކުޅު ދިޔާވެގެން ދިއައެވެ. ކާމޭޒު ދޮށުގައި އިށީނުމަށްފަހު އޭނާ ހޯދާލީ “މަސައްކަތު ކުއްޖާ” ފެނޭތޯއެެވެ. އޭރު ޝިކާ އުޅުނީ ހަލީމާ ބުނެގެން އުނދުން މަތީގައި ހުރި އެއްޗެއް ހަލާށެވެ.

“ދައްތާ… ދައްތަ ހަދާ ރިހާކުރު ހާދަ މީރޭ…” އަހުސަން އަނގައަށް ރިހާކުރުގައި ޖެއްސި ރޮށި ކޮޅެއް ލާފައި ބުނެލިއެވެ.

“އައްދޭ…. ދެން ހަމަ ތި ދައްތަ ގޯނި ފުލަށް ލަނީ…” ހަލީމާ ބުނެލިއެވެ. މޭޒުގެ އަނެއްފަރާތުގައި ސައިބޯން އިން ލިވާން ހިނިގަނޑެއް ޖަހާލިއެވެ. އޭރުވެސް އަހުސަނު ގެ ނަޒަރު ހުއްޓިފައިވަނީ ޝިކާއަށެވެ.

“ދައްތާ…. ހާދަ މުރާލި މަސައްކަތު ކުއްޖެކޭ ގެނެސް ގެން ތިއުޅެނީ…” އަހުސަނު ބުނެލިއެވެ. އެއާއެކު ޝިކާ އަހުސަނާ ދިމާއަށް ބަލާލިއެވެ. އޭނަ ހުރީ އަހުސަނު ކުރިންދުވަހު ރުޅިވެރިކަމާއެކު އޭނާއާ ވާހަކަ ދެއްކުމުން ވަރަށް ޖެހިލުންވެފައެވެ. އަހުސަނު ޝިކާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމުން އޭނާ ވަގުތުން އިސްޖަހާލިއެވެ.

“ސާބަސް އަހުސަނަށް… އެއީ މިގޭގައި ކިޔަވަން ހުންނަން އައި ކުއްޖެއް… މިއީ ޝިކާ… މަނަދޫ ކުއްޖެއް..” ހަލީމާ އަހުސަނާ ދިމާއަށް ބުނެލިއެވެ. އެއާއެކު އަހުސަން ބަލާލީ ލިވާން އަށެވެ. ފެންތަށި ބޯން އިން ލިވާން ކޮށިއެރިއެވެ.

“އެކަމް ހާދަ ވައްތަރޭ މަސައްކަތު ކުއްޖަކާ….” އަހުސަނު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު ހަލީމާ އަހުސަނާ ދިމާއަށް ލޯއަޅާލިއެވެ. އެއާއެކު އަހުސަނު ހިމޭން ވިއެވެ. އިރުކޮޅެއް ފަހުން އާ ފުރެމުން ކޮޓަރިން ނިކުމެގެން ރަނާ އަތުވެއްޖެއެވެ. އައިސް މޭޒު ދޮށުގައި ޖައްސާލިއެވެ.

“ޕިސް ޕިސް ޕިސް… ނިދާލާ މީހެކޭދޯ… އަދި ކިރިޔާ ވިއްޔަ އެ ހޭލީ…” އަހުސަނު ރަނާ އާ ދިމާކޮއްލިއެވެ. ދަންނަ މީހަކު ފެންނައިރަށް ދިމާކޮއްލުމަކީ އަހުސަނުގެ އާދައެވެ. އޭނަގެ ހުންނަ ސަކަ މިޒާޖުގެ ސަބަބުން މީހުން އޭނާގެ ވާހަކަތަކަށް ވަަރަށް ސަމާލުކަން ދެއެވެ. ނަމަވެސް އޭނާ އަކީ ރުޅިގަދަވެއްޖެނަމަ އެހާ ރުޅިގަދަ ވާ ކުއެޖެކެވެ.

“ރޭގާ ވަރަށް ލަހުން ނިދުނީ…” ރަނާ ހާ ފުރެމުން ބުނެލިއެވެ.

“ކޮން އިރަކުން ރީނާ އަންނަނީ މިކޮޅަށް؟؟” ހަލީމާ ރަނާ ގާތު އަހާލިއެވެ. ރީނާ އަކީ ރަނާގެ އެއްބަނޑުއެއްބަފާ ދައްތައެވެ. ބޮޑު ޗުއްޓީގައި ރީނާ ރަށަށް ގޮސްފަ އަދި ނާދެއެވެ. ނަމަވެސް ރަނާ މަނަދޫއަށް ތަންކޮޅެއް އަވަހަށް އައީ އޭނާ ހަދަންޖެހޭ ޕްރޮޖެކްޓެއް ނިންމުމަށެވެ.

“މިޔަދު އަންނާނެހެން ހީވޭ…” ރަނާ ކަމުން ކަމުން ބުންޏެވެ.

“އެހެންތަ؟ މިއަދު އަމީން ވެސް އަންނާނެ…” ހަލީމާ ބުނެލިއެވެ. އަމީން އަކީވެސް އެގޭގައި ކިޔަވަން ހުންނަ ކުއްޖެކެވެ. ހަލީމާ ޝިކާ ގާތު ސައިބޯށޭ ބުނުމުން އޭނާ ރަނާ ގާތުގައި ހުރި ގޮނޑީގައި އިށީނދުނެވެ. ކަންދިމާކުރި ގޮތުން އޭނާއަށް އިނދެވުނީ އަހުސަނުގެ ކުރިމަތީގައެވެ. ސައިބޮމުން ދިޔައިރުވެސް ޝިކާ ބެލީ އަހުސަނުއާ ހަތަރުކަޅި ހަމަނުވޭތޯއެވެ.

ސައިބޮއި ނިމެގެން ޝިކާ ކޮޓަރިއަށް ވަދެ އަހުސަނު ބުނި ބަހާ މެދު ފުންކޮށް ވިސްނާލިއެވެ. “އެކަމް ހާދަ ވައްތަރޭ މަސައްކަތު ކުއްޖަކާ….” ޝިކާ ކަޅު ބޮޑު ހެދުން ލާފައި ހުންނާތީ ވަރަށް ގިނަ މީހުން އޭނާ އަށް މަލާމާތް ކުރާކަން އޭނާއަށް އެނގެއެވެ. ނަމަވެސް މީހަކު އޭނާއާ ދިމާއަށް މިފަދަ ބަހެއް ބުނި މިއީ ފުރަތަމަ ފަހަރެވެ. އޭނާ ގޮސް ކޮޓަރީގައިވާ ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާ ހަމައަސްލުވެސް މަސައްކަތް ކުރަން ގެންގުޅޭ ކުއްޖަކާ ވައްތަރުބާއޭ ހިތަށް އަރަމުން ދިއައެވެ. އެވަގުތު ކޮޓަރިއަށް ވަދެގެން އައި ރަނާ އާ ދިމާއަށް ޝިކާ ފުންކޮށް ބަލާލިއެވެ. ރަނާ ލައިގެން ހުރި ގަޔަށް ބާރު ރީނދޫ ކުލައިގެ ޓޮޕުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބައްޓަން ރީތިކޮށް ހާމަވާން ހުއްޓެވެ. އަޅައިގެން ހުރި ކުޑަ ބުރުގަލުން އޭނާ އަކީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ރަނގަޅަށް ހާމަވެއެވެ. ޝިކާއަށް ރަނާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކޮށްލިއެވެ. ދެން އަނެއްކާވެސް ލޯގަނޑުގައިވާ އޭނާ ގެ ސޫރައަށް ނަޒަރުހިންގާލިއެވެ. އޭނާ އަކާ ރަނާ އަކާ އެޅިގެންވެސް ނުވެއެވެ. ހާއްސަކޮށް އޭނާ ލައިގެން ހުރި ގަޔަށްދޫ ކަޅު ހެދުމުގެ ސަބަބުންނެވެ. އޭނާ އަށް އެވަގުތު އޭނާ ޖަހަނީ ހަމަ މަސައްކަތު މީހެއް ވައްތަރޭ ހިތަށް އެރުމުން އެދެލޮލުން ކަރުނަ ހިލުނެވެ.

****************************

ޝިކާ ދިޔަތާ ވީ އެންމެ ދުވަހެއް ނަމަވެސް ތާމިންއަށް ޝިކާގެ މަތިން ހަނދާން ނުވާ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ދެން ޝިކާ ފެންނާނީ ކޮން ދުވަހަކުންބާއޭ އޭނާ ހިތަށް އަރަމުން ދިއައެވެ. ޖޯލިފަތީގައި ޖައްސާލައިގެން އިން އިރު އެމޫނުމަތިން ފެންނަމުން ދިއައީ މާޔޫސް ކަމެވެ.

“ތާމިނޫ… ހާދަ ބޮޑު ފިކުރެއްގަ..؟ ޝިކާ ފަކީރު ދިޔައީމަ ހިތާމަ ކުރަނީ ދޯ…” ސަމާ އައިސް ތާމިން އަށް މަލާމާތްކޮއްލިއެވެ.

“ދެން ދެރަވާނެ ދޯ އޭނަ ދިއައީމަ… ނުވެސް ފެންނާނެ ދެން އަވަހަކަށް… އޭނަ އަތުގަ ފޯނެއްވެސް ނޯވޭ… ދެން ކިހިނެއް އަހަރެން އޭނައާ ވާހަކަދައްކާނީވެސް….” ތާމިން ބުނެލިއެވެ.

“ތިބުނީވެސް ތެދެއް ދޯ…” ސަމާ ވިސްނާލަމުން ބުނެލިއެވެ.

************************

“ޝިކް ރަނގަޅަށް ސައިވެސް ނުބޮއެއްނު ތިއައީ…. ލަދުގަތީތަ މޭޒު ދޮށުގަ ބޯއީސް ތިބީމަ؟؟” ރަނާ ކޮޓަރިއަށް ވަންނަމުން އަހާލިއެވެ. ދޮރުލެއްޕި ގޮތަށް އޭނާ އަޅައިގެން ހުރި ބުރުގާ ނަގައި އެނދުފަޑީގައި އަޅުވާލުމަށްފަހު އެނދަށް ވެއްޓިގަތެވެ.

“ނޫން.. ރަނގަޅަށް ބުއިން…” ޝިކާ ދޮގުހެދިއެވެ. އެތަނުގައި ފިރިހެންކުދިން، ހާއްސަކޮށް އަހުސަން އިނުމުން ޝިކާއަށް ކާން ވަރަށް އުނދަގޫވިއެވެ.

އިރުކޮޅަކުން ބާރަކަށް ދޮރުހުޅުވާލައިފައި އެތެރެއަށް އަންހެންކުއްޖަކު ވަނެވެ. ޝިކާ އެއަޑަށް ސިއްސައިގެން ގޮސްފައި ބަލާލިއިރު ދޮރުމަތީގައި ހުރީ ރަނާއެކޭ އެއްފަދައިން ގައިގެ ކުލަ ދޮން، “ސްޓައިލިޝް” ކުއްޖެކެވެ. ލޮލުގައި ބޮޑު އަވިއައިނެއް އަޅާފައިވާއިރު އަޅައިގެން ހުރި ފިޔާތޮށި ކުލައިގެ ޝޯލް އޭނާގެ ދޮން މޫނާ ނުލާހިކު ގުޅެއެވެ. ތުންފަތުގައި ރަތް ލިޕްސްޓިކް ޖައްސާފައި ހުރިއިރު އެއް ކޮނޑުގައި ދަބަހެއް އަޅުވާލާފައި ހުއްޓެވެ. އެކުއްޖަކު ހިނގަމުން އައިސް ހުއްޓުނީ ޝިކާގެ އަލަމާރި ކައިރިއަށެވެ. ޝިކާ އެތަނުގައި ބަހައްޓާފައި ހުރި ފޮއްޓާ ދިމާއަށް ބަލާލުމަށްފަހު އަވި އައިނު ނެގިއިރު އެމޫނުގައި ވަނީ ނުރުހުންވުމުގެ އަސަރެވެ.

“މިއީ ކާކުގެ ފޮއްޓެއް، މީހުންނަށް މިތަނުގަ ހިނގަން އުނދަގޫވާ ގޮތަށް ބަަހައްޓާފަ؟؟؟ މީ މަށަށް ޖެއްސުމައްތަ؟؟؟؟” އެކުއްޖާ ބާރަކަށް ހަޅޭލަވައިގަތުމުން ޝިކާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެނދުގައި އޮށޯވެގެން އޮތް ރަނާވެސް ތެދުވެފައި އެދިމާ ބަލާލިއެވެ.

“ތިއްތާ… ތީ ޝިކާގެ ފޮށްޓޭ… އޭނާ އިއްޔެ އެއައީ…” ރަނާ އަށް އޭނާގެ ތިއްތަ، ރީނާ ވާހަކަދެއްކި ގޮތް ކަމުނުދިޔައެވެ.

“ރަނާ ހުރެބަލަ އަނގަމަޑުލައިގެން!! އެހެންނޫނީ އަނގަ އަށް ފިތާލަން ޖެހިދާނެ…” ރީނާ ރަނާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ހަޅޭއްލަވައިގަތެވެ. “ކަލޭ!! ކަލޭ ހީކުރަނީތަ ކަލޭ ބޭނުންހާ ގޮތަކަށް މިކޮޓަރީގަ އުޅެވޭނެއޭ؟؟؟ ބޭނުންހާ ތަނެއްގަ އެހެން މީހުނަށް އުނދަގޫވާ ގޮތަށް އެއްޗެސް ބަހައްޓަނީ ތި؟؟؟” ރީނާ ޝިކާ އާ ދިމާއަށް އިނގިލި ދިއްކުރަމުން ބުނެލިއިރު އޭނާ ހުރީ ދަތްކުނޑިވިކާފައެވެ. ދުވަަހަކުވެސް މީހަކު ޝިކާއާ އެފަދަގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެން ކަމުން އޭނާ ހުރީ ބިރުން ވިރިވިރިއެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ.

“އަދި އެބަ ރޮޔެއްނު!! ހުރެބަލަ ނިކަން!!” ރީނާ ހަޅޭއްލަވައިގަތެެވެ. އަދި ޝިކާ އާ ދިމާއަށް ހިނގައިގަތީ ބާރުބާރެވެ. ބިރުން ފިތް ކަނޑައިގެން ދާ ވަރުވެފައި ޝިކާ ހުރީ އޭނާ އެދިމާއަށް ހިނގާފައި އަންނަތަން ބަލާށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. Liaa

    Heekuran mibai ves reethivaane kamah….

  2. aff

    reethi .. keep going liaa☺☺

    1. Liaa
      aff

      Thank u aff 🙂

  3. aff

    me first dhw!!!!Yayyy☺

  4. Soabi

    Hadaha Lahey up vaaleh v intizaaru koahfin mihaaru koah ireh tah kolheh avahah up koah lahchey salhi story ☺??

    1. Liaa
      Soabi

      Thanks Soabi 🙂
      Up vaaleh las vee midhuvas kolhu liaa kudakoh bali koh ulhunyma… Nw anehkaa exam days veema v busy.. sory fr tht 🙁

  5. kudu

    V nice mi prt vx… nxt prt avahah up kohlahchey

    1. Liaa
      kudu

      Thanks kudu..
      Veehaaves avahah up kureveythw balaanan 🙂

  6. Shaai

    V rythi mi part. Avahah up kohlahche… I’m waiting…. Liaa keep up?…

    1. Liaa
      Shaai

      Thank u Shaai 🙂

  7. irushaa

    VVVV SALHI VAAHAKAEH ….LIAA KEEP IT UP……..

    1. Liaa
      irushaa

      Thankss irushaa 🙂

  8. Amm

    Next part avahah up kohdheebalaa

  9. pinky

    Vvv salhi. Ekam thankolheh kuree. Nxt part dhigu kohlachey Liaa anyways. Varah intresting. Waiting for da nxt prt Reenaa haadha goahey dho.. dhen kihinehbaa vaany ves. Varah kiyaa hihvea

    1. Liaa
      pinky

      Thanks pinky

  10. yoyo

    wOAH!! I hate that REENAA… x(
    V V reethi mi part liaa 🙂 waiting…………………………

  11. harry

    Mi bai ves varah habeys hama liaa.. alhey first kiyeyne kamah hury story ekam v lahun mi kiyunyy.. next part kiyaanan igey first … nxt part ge inthizaar gai hureemeve… ?

  12. Nnn

    mee haadha lhahun up kuraa vaahaka ekey

  13. Nern..

    varah las dhn haadha kurey..?

  14. asaru

    hmmm v v v v v v reethi mi bai vex liaaa keep it up. ekam thankolheh avahaha aneh bai apload kurachey waiting for that……..

  15. irushaa

    Haadha Lahey I am waiting for that???

  16. Liaa

    Thanks all… i uploaded the nxt part 🙂

Comments are closed.