Skip to content
އެސްފިޔަ

ކުއްޅަވަށްފާ2

މޭގަނޑު އަތަށް ނައީ ކިރިޔާއެވެ.ހުޅުވާފައި ހުރި ކުޑަދޮރުގައި ދެއަތް ވިއްދައިގެން އެއޮތީ އަންހެނެކެވެ.ބޮލުގެ އިސްތަށިގަނޑުވަނީ ހާވާލާފައެވެ.މޫނުގެ ތަންތަންގަނޑުވަނީ ފަޅައިގެންގޮސްފައެވެ. އެ ޒަހަމްތަކުން ކަޅުރަތް ކުލައިގެ ލޭފައިބައެވެ.ދެލޯ ހުރީ ގަދަ ފެހިކުލައަކުން ދިއްލިފައެވެ.އަނގަވަނީ ތަންމިނަށް ހުޅުވާފައެވިެ.ހެދުމެއް ލާފައި ހުރިހެނެއް ހިޔެއްނުވެއެވެ.މުޅި ހަށިގަނޑު ނިވާވެފައިވަނީ ޗަކައިންނެވެ..            ލިބުނު ސިހުމުގައި އަޑުގައި ހުރިބާރެއް ލާފައި ހަޅޭއް ލަވައި ގަނެވުނެވެ.ވިދާލި ވިދުވަރާއި އެކު އެ ސޫރަ ލޯމަތިން ގެއްލުނީ ކުއްލިއަކަށެވެ.އޭރު މަންމަ އާއި ކަޮއްކޮވެސް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.އަހަރެންނަށް ބަލާލެވުނީ މާމަ އާއި ދިމާލަށެވެ. މާމަ ބޯޖަހާާލީ އަހަންނަށް އެއްޗެއް ވިސްނަދޭ ގަތަކަށެވެ.. “ދަރިފުޅާ ރަޝީާ!. މާމަ އާއިދެމީހުން ހަޅޭއްލެވުމުގެ މުބާރާތެއް ބާއްވައިގެންތަ ތިއުޅެނީ!އާނ އެހެންޏަ ހީވަނީ ގެވެސް ވައްޓާލަން އުޅޭހެންވިއްޔަ!. މާމަ ބިރުން އުޅޭއިރު ރަޝާ ހައްލަވައިގަތީމަ މާމަ މާބޮޑަށް ބިރުގަންނާނެއެއްނު..! ކޮޓަރީގައި އުއްބައްތިއެއް ދިއްލަމުން މަންމަ ވާހަކަ ދައްކަމުން ދާިޔައެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ.ތެދައްބުނާނަމަ އެއްޗެކޭ ނުބުނެވުނީއެވެ. ހަމަ އެވަގުތު ކަރަންޓުވެސް އައިސްފިއެވެ. މަންމަ ބަދިގެއަށްގޮސް މާމައަށް ކާންދޭން ބަތްމޮޑެގެން އައިސް ކާންދޭން ފެށުމުން އަހަރެންވެސް ބެލީ އަވަހަށްޅް ކޮޓަރިއަށްގޮސް ޖައްސާލެވޭތޯއެވެ. މިރޭ ނުކާނަމޭ މަންމަ ގާތު ބުނެފައި އެކޮޓަރިން ނިކުމެގެން ދިޔައީ  މާދަމާ، މާމަ ގާތު އަހައިގެން ހިތުގަ އުތުރި އަރަމުންދާ ސުވާލުތަކަށް ޖަވާބެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެން ހުރެއެވެ.             އަހަރެންގެ އުމުރުން އެންމެ ހަތަރު އަހަރުގައި ބައްޕަވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ.ކޮއްކޮއަށް އޭރު ވާނީ އެންމެ އަހަރެކެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ގޭގައި އުޅެނީ އަހަރެމެން ތިންމައިންނާއި ބައްޕަ ފަރާތު މާމައެވެ. ގެއަކީ މާމަގެ ގެއެވެ. ރަށަކީ ބޮޑު ރަށެއްކަމުން އަހަރެމެން އުޅޭ ގްަޯތިވެސް ވަރަށް ބޮޑެވެ.އެހެންކަމުން ގޯތިތެރޭގައި ފުދޭވަރަކަށް ގަސްތައް ވެސް ހުރެއެވެ. ގެއާއި ބަދިގެ ހުންނަނީ ވަކިންނެވެ. އަހަރެމެންނަކީ އާދައިގެ ދިރިއުޅުމެއްއުޅޭ އާއިލާއެކެވެ.                    ނަމަވެސް ކޮންމެ އާއީލާއެއްގެ ތެރެޭގައިވެސް ހިތާމަތަކެއްވާ ފަދައިން އަހަރެމެންގެ އާއިލާއަށް ދިމާވެފައިވާ އެންމެ ބޮޑު ހިތާމައަކީ މާމައަށް ކުއްލިއަކަށް ވާހަކަ ނުދެއްކުމެވެ. ބައްޕަ ގެއްލުނު ކަމަށް ބުނާ ރެއިންފެށިގެން މާމައަކަށް ވާހަކައެއް ނުދެއްކެއެވެ. ވީގޮތެއް އަދިއަދަށް ދާންދެންވެސް އެނގޭ މީހަކުނެތެވެ. އެހެން ނަމަވެސް މިރޭ އެ ފެނުނު އަންހެން މީހާއާއި މި ކަންތައްތަކާއި ގުޅުންތަކެއް ވާކަން ޔަގީނެވެ.                   މިފަދަ ހިޔާލުތަކެއްގައި އޮއްވާ އިޝާ ނަމާދަށް ގޮވާ އަޑު އިވިގެންދިޔައެވެ. އަވަހަށްގޮސް ނަމާދު ކޮއްލުމަށްފަހު ނިދާހެދުން ލައިގެން އޮށޯވެއްޖައީމެވެ. މިރޭ ދިމާވި ކަންތަކުގެ ސަބަބުން އަދިވެސް އަހަރެން މިހުރީ ވަރަށް ބިރު ގަނެފައެވެ. އެހެންނަމަވެސް ގޭގައި ހިތްވަރުކުރަންވެސް ހުރި މީހަކީ ހަމަ އަހަރެންނެވެ. މިވީ ވިހި އަހަރު ތެރޭގައިވެސް މާމައަށް އެ އެއްޗެއް ދިމާކުރަމުން ދާނެކަން ޔަގީނެވެ. އެކަމަކު މިރޭ އޭތި އަހަރެންނަށް ފެނުމުގަ ކޮންމެވެސް ސަބަބެއް އޮންނާނެޔޭ ހިތަށް އަރަމުންދިޔައެވެ.އަހަރެންނާއި އެ ޖިންނި ބައްދަލު ކުރަން ބޭނުން ވީބާއެވެ؟ އެވަގުތު ހިނިވެސް އައެވެ. މޮޔަ އެއްޗެހި ހިތަށް އަރާތީއެވެ. ދަންނަންޏާ ދަންނަހާ ހެޔޮ އެއްޗެއް ކިޔައިގެން ލޯ މަރާލީ ނިދޭތޯއެވެ.     ލޯ ހުޅުވާލެވުނީ ފިނިވެގެންނެވެ. ކޮޓަރި ވަނީ އެއްކޮއް އަނދިރިވެފައެވެ. އަޮތްގޮތަށް އިރުކޮޅަކު އޮތުމަށްފަހު ފުރޮޅެލީމެވެ. ގައި ދަށުގައި ކޮންމެވެސް އެއްޗެހިތަކެއް އެބަހުއްޓެވެ. އަތް ޖައްސާލީމެވެ. ހީވަނީ ގޮއްގަނޑު ގަނޑުހެންނެވެ. ހައިރާންވިއެވެ. މި އޮވެވުނީ ކޮޓަރިއަކު ނޫނެވެ. ބިންމަތީގައެވެ. ތެދުވުމަށްޓަކައި ބިންމަތީ އަތް ޖައްސާލުމާއި އެކު ތަެތް އެއްޗެއްގައި އަތް ތަތް ލާހެން ހީވިއެވެ. ތެދުވެވޭތޯ އުޅެއުޅެ އެކަމެއްނުވިއެވެ.ފައި ކައްސާލަނީއެވެ. ވަށައިގެން ބަލާލާލެވުނީ ދެނެވިެ..ހުރިހާ ދިމާއަކުންވެސް ފެންނަންހުރީ ގަސްތަކެވެ. ކުއްޅަވައް ގަސްތަކެވެ. އާއެކެވެ. އަހަރެންނަށް މި އޮވެވުނީ ކުއްޅަވައްފަލުގައެވެ.. ބިރުންގޮސް ގުޑިލަންވެސް ނުކެރިފައި އެއޮތްގޮތަށް އޮތީމެވެ. ގައިން ހީބިހި ނަގަމުންދެއެވެ. މަޑުމަޑުން ރޮވެން ފެށުނެވެ. އެރުއިން ގިސްލުމަކަށްވެ ރުއިމުގެ އަޑު ބާރުވެގެންދިޔައީ ބޭއިހުތިޔާރުގައެވެ..      ކުއްލިއަކަށް އަހަރެންގެ ދެއަތާއި ދިމާ ބިންމަތިން އިނގިލިތަކެއް ފެންނަންފެށިއެވެ.. ބިރުން ތެދުވެވޭތޯ އުޅެއުޅެ ނުތެދުވެވުނެވެ.. އެއީ މީހެއްގެ ދެއަތެވެ.އެ ދެ އަތުން އަހަރެންގެ ދެ އަތުގައި ހިފާ އެ ޗަކަ ގަނޑުތެރެއަށް ގެންދެވޭތޯ ދަމަންފެށިއެވެ. ދެކޮޅު ހަދަމުން މަންމާއޭ ކިޔާ ހަޅޭއްލަވަން ފެށީމެވެ…..                      “އޭތް! ދަރިފުޅާ.. ރަޝާގާ. ހޭލަބަލަ. ކިހިނެއްވީތަ؟ އޭތް! ބަލަ ދަރިފުޅާ؟ ރަޝާ. މިއީ މަންމަ އޭ. ހޭލަބަލަ!،، މަންމަ އައިސް އަހަރެންގެ ދެ ކޮނޑުގައި ހިފާ ތަޅުވަމުން ގޮވަންފެށިއެވެ. ދެލޯ ހުޅުވާލި އިރު މަންމަގެ މޫނު ފެނުމުން ވީގޮތް ސާފުވެއްޖެއެވެ. ފެނުނީ ބިރުވެރި ހުވަފެނެކެވެ. މަންމަ ގައިގަ އޮޅުލައި ގަންނަމުން ރޯން ފެށުނީ ބިރުގަތްފައިވާލެއް ބޮޑު ކަމުންނެވެ.. މަންމަ ވަރަށް ވަރުން އޭތިމީތި ކިޔައިގެން އަހަރެން ހަމައަކަށް އެޅުނެވެ. ނަމަވެސް ހުވަފެން ކިޔައެއް ނުދެމެވެ.. އަހަރެންގާތުގައި ޝަހާދަތް ކިޔައިގެން ނިދުމަށްފަހު މަންމަވެސް އަހަރެން ގާތު އޮށޯވެއްޖެއެވެ.. ހިތަށް ލިބުނު ހަމަޖެހުމާއި އެކު ނިދޭތޯ އޮވެއޮވެ ނުނިދުނެވެ. ފަތިސް ނަމާދަށް ގޮވީވެސް އެހެން ހޭލާ އޮއްވައެވެ….           ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. leem

    މިބައިގަ ކުއްޅައްފާ ގެ ބަދަލުގައި އާއްމުކޮށް ކިއާ އުޅޭ ގޮތަށް ކުއްޅަވަށްފާ މިގޮތަށް ވާހަކައިގެ ނަން ވާނީ ބަދަލު ކުރެވިފައެވެ. މިބައިވެސް ކަމުދާނެ ކަމަށް އުއްމީދު ކުރަން..

  2. ainth

    Aslu reygandu nukereyne mikiyaakah biru ganejje. Vr reethi

  3. leem

    Thanks ainth.. ehenveema dhuvaalu kiaa lache mivaahaka..

  4. Haazi

    V nice..ekam mirey dhn nuwes nidheyne..v biruganehje

  5. Anonymous

    Vaahaka dhevana faharah check nukoh laafa hurigen heevany… Typing mistakes… Anekkolhun ehaa kuru….

  6. Anonymous

    Vaahaka dhevana faharah check nukoh laafa huri hen heevany… Typing mistakes… Anekkolhun ehaa kuru….

  7. leem

    Aslu leem story mi liyany phonun.phonge in keyboardge gothun mistakeh jehunas nufohevey. Ehrnve vaagotheh e ee. Check kuran kithanme faharakuves. V bodah sorry anonymous…

  8. leem

    Thanks shaai

  9. Aru

    Vaahaka kuru v maabodah.. Ekm v salhi story..

  10. leem

    Dhigukoh genesdheveythw balaanan ingey. Dhen part.. inthixaarukurache vaahaka ah. Ingey aru. Thanks for the comment..

  11. deyha

    Midhen vahakaehbaa

  12. Asurumaa

    Leem ur srory is awesome??varah salhi dhen v kihinehthia balaalan intrestvefa avahah up kurahchey

    1. leem
      Asurumaa

      Thanks asurumaa.

  13. unkown

    Vaahakaige nan ves change vey. Emme kada story. you better stop writing this one

  14. leem

    Thanks for the comment. Dheyha and unknown..?

  15. kokaa

    vv reethi mi waahaka…..v interesting.. ???

  16. Minmi

    Wow nice storu leem keep the gud work 😀

Comments are closed.