Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނޭހެ ދުނިޔޭގާ (5)

Nuzzi
May 28, 2016
6 Mins Read
31 Views
10 Comments

އިޒާން ހުރީ ރާއްޖެ އަންނަށް ފްލައިޓަށް އަރައެވެ.  ކާން އިނދެފައި އިނދިލި ކައިރިން ލޭ ފެނުމުން އަވަހަށް އެތަން ފުހެލައިފިއެވެ. އަދި ފާޑަކަށް ބޯ އަރި ކޮއްލަމުން ނޭފަތް ދަމާލައިފިއެވެ. ހީވަނީ ކަމަކާ ރުޅި އައިސްފައި ހުރި ހެންނެވެ.

“އަވީން.. އަމް ކަމިން ބޭބީ..” އިޒާންގެ މޫނު މައްޗަށް ވެރި ވެގެން ދިޔައީ ޝައިތޯނީ ހިނިތުން ވުމެކެވެ.

ތިރީގައި އިށީނދެގެންއިން އަވީން ބަލަމުން ދިޔައީ އޭނާގެ ފޯނަށެވެ. ޔުއާންގެ ނަންބަރުގައި އޭނާ ޖަހާނީ ކޮން ނަމެއް ހެއްޔެވެ؟ އެހެން އިންދައި ރުކާޔަތު އައިސް ފޯނު އަތުލައިފިއެވެ. އަވީން ހިނިތުން ވެލަމުން ފޯނު ދިނުމަށް ބުނެލިއެވެ. ދެމީހުން ސަކަރާތުގައި ތިއްބައި އެތަނަށް ޔުއާން އައި ކަމެއްވެސް އެމީހުނަކަށް ނޭނގުނެވެ. ކަރު ކެހިލަމުން އަވީން އެނދަށް އަރާ އިށީނދެލީ ޔުއާން ހިނގުމަށް ތަން ދެއްކުމުގެ ގޮތުންނެވެ. ޔުއާންވެސް އައިސް އިށީނީ އަވީނާއި ޖެހިގެންނެވެ. ހީވަނީ ޖެއްސުން ކޮއްލަން އުޅުނު ހެންނެވެ. އެނދުގައި އިށީނދެ އަވީގެ ކައިރީގައި އޮތް ފޯނު ނަގައި އޭގާއި ފިރިމީހާ ޖަހައި އޭނާގެ ނަންބަރު ސޭވް ކޮއްލިއެވެ.

“ދެން އަހަރެން ގުޅީމަ ފޯނު ނެގޭނެ އެއްނު..” އަވީންގެ އަތަށް ފޯނު ދިއްކޮއްލަމުން ބުނެލިއެވެ.

“އައްދޭ… އާނު ހާދަ ލަދެއް ތި ގަތީ..” ރުކާޔަތު ހީލަމުން ޔުއާންގެ ކޮނޑުގައި ޖަހާލިއެވެ. އޭރު އަވީނަށްވެސް ކައިރީގައި އިނދެގެން ހެވެނީއެވެ.

“ރުކޫއަށް ކީއް؟؟ ރުކޫވެސް މެރީ ކޮއްބަލަ” ޔުއާން އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އަދި އަވީންގެ މޫނަށް ބަލާލިއެވެ. ޝާމިން ބުނީ ތެދެކެވެ. މިކުއްޖާއަކީ އިންތިހާ ދަރަޖައިގެ ރީތި ކުއްޖެކެވެ.

“އެތެދެއް ބައެއް މީހުން ވަރަށް މޮޅުވާނެ އެއްޗެހި ފޮރުވަން…” އަވީންވެސް ބަހަކުން ޖަހާލިއެވެ. ހަމައެކަނި ބަހުން ޖެހެނީ ޔުއާނަކަށް ނޫނެވެ.

“އެހެންތަ؟؟ ރުކޫ ތިއްތިއަށް ފެން ފުޅިއެއް ގެނެސް ދީބަ..” ޔުއާން މޭޒުމަތީގައި ހުރި ފެންފުޅި ފޮރުވަމުން ބުނެލިއެވެ.

“އޯ.ކޭ..” ދުވެފައި ރުކާޔަތު އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

ޔުއާން ވާޅަށް ދެމިލާފައި އައިސް އަވީންގެ އަތުގައި ހިފާލައިފިއެވެ. ކައިރިވާން ބޭނުން ނުވި ނަމަވެސް ޔުއާނަށް ދުރުގައެއް ނުހުރެވުނެވެ. ޖެއްސުން ކޮއްލާހިތް މާބޮޑަކަށް ވަނީއެވެ. އަވީން ދުރަށް ޖެހިލަމުން ކައިރީގައި އޮތް ބާލީސް ނަގައި ޔުއާންއާއި ދިމާލަށް އެއްލައިފިއެވެ. އަދި ވައިބްރޭޓް ވަމުން ދިޔަ އޭނާގެ ފޯނަށް ބަލާލައިފިއެވެ. ފޯނުގެ ސްކިރީނަށް އަރާފައި އިޝާލީގެ ނަން ފެނުމުން އޭނާ ހައިރާން ވިއެވެ. އޭނާގެ އިޝާލީ ކިޔާ އެއްވެސް ރަހުމަތްތެރިއެއް ނުހުންނާނެއެވެ. ޔުއާން ހިނިތުން ވެލައިގެން އޭރު އަވީނާއި ދިމާލަށް ބަލަހައްޓައިގެން އޮތެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ހަލޯއޭ ބުނެލައިފިއެވެ.

“އާނޫ… ބޭބީ ކޮންތާކު ތިއުޅެނީ؟؟” އެކޮޅުން ވާހަކަ ދެއްކީ ތުއި އަންހެން ކުއްޖެކެވެ. އެއާއެކު އަވީން ރަނގަޅަށް ފޯނަށް ބަލާލައިފިއެވެ. ޔުއާންއާއި ދެމީހުންގެ އެއްވައްތަރެއްގެ ފޯނު ގެންގުޅޭތީ އޭނާއަށް ނޭނގުނީއެވެ.

“އާނޫ އޭ؟؟…” އަވީން ތަންކޮޅެއް ބާރަށް އެހެން ބުނުމުން ޔުއާން ތެޅި ގަނެފައި އަވީންގެ އަތުން ފޯނު އަތުލައިފިއެވެ.

“ކިހިނެއްވީ؟؟ މިގަޑީގަ ތި ގުޅީ…” ޔުއާން ކުއްވެރި އެއްހެން ހުރެ ވާހަކަ ދައްކަން ފަށައިފިއެވެ.

ޔުއާން އެއަންހެން ކުއްޖާއާއި ވާހަކަ ދައްކަން ފެށުމުން އަވިން ނިކުމެގެން ހިނގައްޖެއެވެ. އޯކިޑް ގަސްތައް ކައިރީގައި ހުއްޓިލި އަވީންގެ ނޭވާވަނީ އަވަސްވެފައެވެ. މެޔާއި ދިމާލުން ހީވަނީ ފިތޭހެންނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ޔުއާނާއި އެހެން އަންހެން ކުއްޖެއް ވާހަކަ ދައްކާތަން ފެނުމުން އޭނަ ދެރަވާންވީ އެއްވެސް ސަބަބެއް އޮންނާކަށް ނުޖެހެއެވެ. އޭނާއާއި ޔުއާންގެ ކައިވެނި ކުރެވިގެން ދިޔައީ ދެމީހުންވެސް ލޯބި ވެގެނެއް ނޫނެވެ. އެހެންވުމުން އަވީން ޤަބޫލް ކުރާ ގޮތުގައި ޔުއާން ކޮންމެ މިހަކާވެސް ވާހަކަ ދެއްކުމުގެ ހައްޤު ލިބިގެންވެއެވެ.

ގިނަ ދުވަސް ވީވީހެން އަވީންގެ ހިތުގައި ޔުއާނަށް ޖަހަމުންދިޔަ ވިންދު ދިޔައީ ގަދަވަމުންނެވެ. އަވީންގެ މިޒާޖުން އެކަން ޔުއާނަށްވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް އޭނާ އަވީނާއި ކައިރި ވާކަށް ބޭނުމެއް ނުވެއެވެ. އަވީން އިތުރަށް ކިޔަވަން ބޭނުން ވުމުން އޭނާއަށް ކިޔަވައި ދޭން ނިންމީ ޔުސްރިއްޔާއެވެ. ކޯސް ލިބުމާއެކު ކޮންމެ ދުވަހަކުވެސް އަވީން ރުކާޔަތާއިއެކު ދާން ފަށައިފިއެވެ. ޔުއާން ބައެއްފަހަރު ލޮލަށް ނުފެންނަ ދުވަސްވެސް އާދެއެވެ. އެވަރުން ޔުއާންވެސް ނޫޅޭތީ އަވީންވެސް ކޮންމެހެން އެވަރަކުން ނޫޅެއެވެ. ކުލާސް ނިންމާލާފައި އަވީން މިއަދު ފެރީ ތެރޭގައި އިނީ ވަރަށް ބިރުންނެވެ. ވިއްސާރަވެ އެހާމެ ކަނޑުވެސް ގަދައެވެ. ފަހަތުގައި ޔުއާން އަވީންއަށް ވަމުން ދިޔަ ގޮތްތައް ބަލަން ހުއްޓެވެ.

މާލެ އައި ފަހުން އިޒާން މަޑުކޮއްގެން ހުރީ ފައިވް ސްޓަރ ހޮޓަލެއްގައެވެ. ޔޫ.ކޭގައި އުޅުންއިރު އެއްކޮއްފައި ހުރި ހުރިހާ ރުފިޔާއެއްހެން ހިފައގެން އޭނާއައީ އެކޮޅަށް އަނބުރާ ދެން ނުދާން ގަސްތު ކޮއްގެންނެވެ. ދިޔަ ކަމުގައި ވިޔަސް އޭނާއަށް ކުރި ނުލިބިދާނެ ހެން ހީވާތީއެވެ. ވިއްސާރަ ވުމާއިއެކު އޭނާ މިއަދު ގަސްތު ކޮއްގެން ހުރީ ވިލިގިއްޔަށް ދާށެވެ. ކަނޑު ގަދަވެފައި ފެރީ ތެރޭގައި އަންހެންވެރިންގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމުން އިޒާން ހުރީ ވަރަށް ހިނި އައިސްފައެވެ. ނަމަވެސް އިޒާންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާއައި ޖެހިގެން ހުރި ބެންޗްގައި ހުރި އަންހެން ކުއްޖާއަށެވެ. ދެލޯ މަރާ ތަގުޅި ކޮއްލައިގެންހުރި އެއަންހެން ކުއްޖާ ހުރީ ވަރަށް ބިރުންނެވެ. ބުޅި ބުޅި އެދިގު އިސްތަށިގަނޑުވަނީއެއްކޮއް ދޫކޮއްލާފައެވެ. އިޒާނަށް އެކުއްޖާގެ މޫނުމަތިން ދަންނަ ވައްތަރު ޖެހި ނަމަވެސް ކާކު ކަމެއް ނޭނގުނެވެ.

ވައި ގަދަވާން ފެށުމުން ރާޅުތައްވެސް ބޮޑުވެއްޖެއެވެ. ޔުއާން ފަހަތުގައި އިނދެގެން އަވީންއަށް ވަމުން ދިޔަ ގޮތްތައް ބަލަމުން ދިޔައީ ދެހިތެއްގައި އިނދެގެންނެވެ. ޔުއާން އެހެން ހުއްޓައި އިޒާން އަވީނާއި ދިމާލަށް ބަލާތަން ފެނުމުން އޭނާގެ ލޭ ކެކޭ ގޮތްވިއެވެ. އެމީހާ ނަޒަރިއްޔާތު ހުރީ ރަނގަޅަށް ނޫންކަން ޔުއާނަށްވެސް ޔަޤީންވިއެވެ. އިޒާން އިންތަނުން ތެދުވުމުގެ ކުރިން ޔުއާން އައިސް އަވީންގެ ޖެހިގެން އިނށީދެއްޖެއެވެ. އަވީންގެ އަތުގައި މީހަކު ހިފާލިހެން ހީވުމުން އަވަހަށް ދެލޯ ހުޅުވާލާފައި ބަލާލައިފިއެވެ.

“އާނު… އަމް ސްކެއަރކް..” ޔުއާންގެ ކޮނޑުގައި ބޯ އަޅާލަމުން އަވީން ބުނެލިއެވެ. އޭރު ދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ މައުސޫމު ކަމެވެ.

“އެވަރު ކަމެއް ނޫނެއްނު.. އަހަރެން މިހިރީނު..” އަވީންގެ އަތަށް ފިއްތާލަމުން ޔުއާން ބުނެލިއެވެ. އެމަންޒަރު ބަލަންހުރި އިޒާންގެ ލޭކެކި ގަނެއްޖެއެވެ. އެއަންހެން ކުއްޖާ ފުރަތަމަ ފެނުނީ އޭނާއަށެވެ. ނަމަވެސް މިދެން ކޮން ފިރިހެނެއް ހެއްޔެވެ؟ މާލެއައީ އަވީން ހޯދާށެވެ. ނަމަވެސް ކުއްލިއަކަށް މިކުއްޖާ މާރީތި ވެފައި ބޭނުން ވެއްޖެއެވެ.

“އަވީން.. ދެން ދޫކޮއްލަބަ އަތުން..” ފެރީ ކައިރި ކޮއްލުމުން ޔުއާން ބުނެލިއެވެ. އަވީން އަވަހާއި އަތުން ދޫކޮއްލަމުން ހިނގައި ގަނެފިއެވެ. މީހުންތަކުގެ ތެރެއިން އަވީނާއި ޔުއާން ގެއްލުމުން އިޒާންގެ ރުޅިވީ އިތުރެވެ.  ވިލިގިލިން އޭނާ އެކުއްޖާ ހޯދާނެއެވެ. އަދި އަނބުރާ މާލެ ދާނެ ނޫން ހެއްޔެވެ؟

ގެއަށް ވަދެވުނުއިރު އަވީން ހުރީ ބޯ އަނބުރާފައެވެ. ޔުއާންވެސް ހުރީ ފާޑަކަށެވެ. އިޝާލީދިން ޖޫސްތައްޓެއް ބުއި ފަހުން އޭނާގެ ބޮލުގެ ރިހުން ނުފިލައެވެ. އެތަށިން އެހެން ކަހަލަގެ ރަހައެއް ލީހެންވެސް އޭނާއަށް ހީވެއެވެ. ޔުއާނަށް ނޭގުނީ އޭގައި އަމަލު ވާކަހަލަގެ އެއްޗެއް އެއްކޮއްފައި ހުރިކަމެވެ. ކޮންމެ ރެއަކުވެސް އަވީނާއި އެއް ފެރީއަކުން އަންނާތީވެ މީރޭގައިވެސް ޔުއާން އަންނަން ބޭނުންވީއެވެ. އެހެން ނޫންނަމަ ޔުއާންގެ ބޭނުން އިޝާލީ ހިފާނެއެވެ. އަހަރުމެންގެ މުޖުތަމައު ޤަބޫލު ކުރާގޮތުގައި ހަމައެކަނި ބޭނުން ހިފޭނީ އަންހެނުންގެއެވެ. ނަމަވެސް އަޅުގަނޑުމެނަށް ނޭނގުނު ކަމުގައިވިޔަސް ނިކަމެތި ހާލުގައި އުޅޭ ފިރިހެނުން މަދެއް ނޫނެވެ.

ފެން ވަރާލުމުން ޔުއާންގެ ބޮލުގައި ތަދު މާބޮޑު ވާން ފަށައިފިއެވެ. ބޯހިއްލާވެސް ނުލެވުނެވެ. އަވީންވެސް ފެންވަރާލައިގެން އައިސް އުޅުނީ ޔުއާންގެ ފުރަގަހުގައި ހުރި ބާލީސްތައް ނަގާށެވެ. ނަމަވެސް ޔުއާންގެ ބާރުގަދަ އަތުން އަވީންގެ ބުރަކަށީގެ ހިފާ އޭނާއާއި ދިމާލަށް ދަމާލައިފިއެވެ. އަވީން ދެލޯ ބޮޑުކޮއްލަމުން ޔުއާނާއި ވީ ފަރާތައް އެނބުރިލިއެވެ. އެރީތި މޫނު އެހާ ކައިރިން ފެނުމުން އަވީންގެ ހިތް ހީވީ މޭފަޅާ ނިކުމެ ދާނެ ހެންނެވެ. އޭނާއަށް ނޭނގުނީ ޔުއާން ކޮންމެވެސް ވަރަކަށް އަމަލު ވެފައި ވާކަމެވެ.

“އަވީ.. ބޭބީ ހާދަ ރީއްޗޭ..” އަވީންގެ ކޮނޑަށް ބޮސްދެމުން ޔުއާން ބުނެލިއެވެ.

“އާ.. އާ…. ޔުއާން..” އަވީންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ޔުއާން އަދިވެސް ބޮޑަށް އަވީނާއި ކައިރިވެލިއެވެ. އަވީނަކަށްވެސް ދުރަކަށް ނުދެވުނެވެ. ހައްތަހާ ބޮޑަށް ވެވުނީ ކައިރިއެވެ.

“އަވީ… ” މަސްތުވެފައިވާ ގޮތަކަށް ޔުއާން އަވީންއަށް ގޮވާލެވެ. ދެން އެދެމެދުގައި ހިނގަމުންދިޔަ ގުޅުމަކީ ވަރަށްވެސް މާތް ގުޅުމެކެވެ. އެހާ އަރާމު ލިބިގެންވި އެއްވެސް ކަމެއް އަވީންއެއް އަދި ތަޖުރިބާ ކޮއްފައެއް ނުވެއެވެ. އެމާތް ގުޅުން ހިންގުމަށް ކައިވެނި ލައްވާފައިވަނީވެސް މިކަހަލަ ސަބަބު ތަކައްޓަކައެވެ. އެންމެފަހުން އަވީންއާއި ޔުއާނާއި ދެމީހުންނަށްވެސް ވަރުބަލި ވެގެން ނިދުނީއެވެ.

ބާރަ ޖަހަން އުޅެނިކޮށް ފެރީއިން ފައިބައިގެންއައި ރުކާޔަތު ހުރީ ފުދޭވަރަކަށް ނުތަނަވަސް ވެފައެވެ. އަވީން ފޯނު ނުނެގުމުން އޭނާ ހޯކޮއްގެން ހުރީ މާލޭގައި މަޑުކުރީ ކަމަށެވެ. އެކަނިމާއެކަނި ހިނގަމުން އަންނަނިކޮށް ފަހަތުގައި ފިރިހެން ގުރޫޕެއް އަޅުވާލައިފިއެވެ. ލައިފައި ހުރި ކުރު އެއްޗެހިން އޭނާގެ ކޮނަޑުމަތިން ބޮޑުބައެއް ވަނީ ފެންނާށެވެ. ރުކާޔަތު ހެނދުން ރީތި ކޮއްލަމުން ތަންކޮޅެއް ބާރަށް ހިނގައި ގަނެފިއެވެ. ނަމަވެސް ފަހަތުން އައި ފިރިހެން ކުއްޖާ ހިފީ އޭނާގެ އަތުގައެވެ. ތޫލި އަޑަކުން ހަޅޭލަވައި ގަތުމާއެކު އެ ކުއްޖާ ރުކާޔަތު ދޫއްކޮއްލައިފިއެވެ. ފަހަތަށް ދިޔަ ރުކާޔަތު ޖެހުނީ މީހެއްގެ ގައިގައެވެ. އެއާއެކު އޭނާ މޫނުގައި އަތް އަޅައިފިއެވެ. އެމީހާވެސް އެކުދިން ފޮނުވާލީ އޭގެ އެއް ކުއްޖެއްގެ މޫނުގައި ޖަހާލާފައެވެ.

މަޑުމަޑުން މޫނާއި އަތް ދުރު ކޮއްލަމުން ކުރިމަތީގައި ހުރި ފިރިހެން މީހާއަށް ރުކާޔަތު ބަލާލިއެވެ. ރީތި ކަމުގެ ދެވަނައެއް ނުވާ މިސާލެކެވެ. އުމުރުންވާނީ 33 ވަރަކަށް އަހަރެވެ. ފިރިހެނެއްގެ އެނެމ ޒުވާން ދުވަސްވަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެރީތި މޫނުގައިވާ ހިނިތުން ވުމުން ރުކާޔަތު ފިދާވެއްޖެއެވެ.

“ޝުކުރިއްޔާ.. އަޅުގަނޑަކީ ރުކޫ..” ހިނިތުން ވެލަމުން ރުކާޔަތު ސަލާމަށް އަތް ދިއްކޮއްލިއެވެ.

“ހައި ރުކޫ.. އަމް އިޒާން..” އިޒާން ހިނިތުން ވެލުމުން ކޮލަށް އެޅިގެންދިޔަ އަޑިކޮޅުން އެރީތިކަން ދެގުނައަށް ދެއެވެ. ރުކާޔަތަށް ނޭނގެނީ އިޒާންގެ ހަޤީޤަތެވެ. މީހަކު ކިތަންމެ ރީތި ވެދާނެއެވެ. ނަމަވެސް ދުރު ނުވެވޭ ވަރަށް ކައިރިވާކަށް ނުވާނެއެވެ.

“މާޝާ ﷲ.. ” އިޒާން ހިނިތުން ވުމުން ބޭއިޙްތިޔާރުގައި އޭނާއަށް ބުނެލެވުނެވެ.

“ހިނގާ… އަޅުގަނޑު ދާނަން ރުކޫ ގެއަށް ލާން…” އިޒާން ވަގުތުން އޭނާގެ ސިކުނޑީގެ ބޭނުން ހިފާލައިފިއެވެ.

“ތޭންކްސް” ރޔކާޔަތުވެސް ފަރިކޮށް ހިނިތުން ވެލަމުން ބުނެލިއެވެ.

“މިހާ ދަންކޮށް އަންހެން ކުދިން އެކަނި ބޭރަށް ދޭތަ؟؟ އަދި އަމުދުން ތިކަހަލަ އެއްޗެހި ލައިގެން..” ކުޑަކޮށް ކަރުކެހި ލަމުން އިޒާން ބުނެލިއެވެ. އެފަދަ މާތް އެއްޗެކޭ ބުނުމުން ހިނދު ކޮޅަކަށް ނަމަވެސް އެނުބައިކަން އޭނާގެ މޫނުމަތިން ފިލާ ދޮޔަ ކަހަލައެވެ.

“ހެހެހެ.. އެހެންނާ ފަހަރި އާއެކު އަންނަނީ.. މިރޭ ފަހަރި ވީ ތަނެއް ނޭނގެ… އިޒާން ދިވެހިން ވާހަކަ ދައްކާއިރު ވަރަށް އޮޑު ގޮތެއް ހުރޭ” އަވީން މަތިން ހަނދާން ވުމުން އޭނާ ބުނެލިއެވެ.

“އެހެންތަ؟ 15 އަހަރު މިވަނީ ޔޫ.ކޭގަ އުޅޭތާ.. ހީކުރީ ފާހަގަ ނުވާނެ ކަމަށް..” އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި އިޒާން ބުނެލިއެވެ.

“އެހެންތަ؟؟ ރުކޫވެސް ކިޔެވީ ބޭރުން ބަޓް މިހާރު މަންމަ ބޭނުންވާތީ މިކޮލޫގަ މިހުންނަނީ..” ރުކާޔަތުވެސް އޭނާގެ މާޒީން ތަންކޮޅެއް ކިޔައިދިނެވެ. ނުވެސް ދަންނަ މީހެއް ކައިރީގައި އެވަރުގެ ވާހަކައެއް ބުނެވުމުން ރުކާޔަތު ފާޑަކަށް ލަދުވެސް ގަތެވެ.

“މިއޮށް އައީ ރުކޫ މެންގެ… ދެން ދަނީ އިނގޭ.. އިޒާންއަށް ވަރަށް ބޮޑަށް ތޭންކްސް..”  ރުކާޔަތު ސަލާމަށް އަތް ދިއްކޮލަމުން ބުނެލިއެވެ. އިޒާން އެއަތުގައި ހިފާލަމުން ދިޔައީ ސިއްސައި ގެންނެވެ. ރުކާޔަތުގެ އަތް ހީވަނީ ފިނިކަމުން ގަނޑުފެން ކޮޅެއް ހެންނެވެ. އޭނާ ހަނދާންވީ އަންޖުމް މަތިންނެވެ. އަވަހަށް އެއަތުން ދޫކޮއްލަމުން ކުރިއަށް ހިނގައި ގަނެފިއެވެ. ރުކާޔަތިވެސް ގެއަށް ވަދެވަދެފައިވެސް އަނެއްކާ ނިކުމެ އިޒާންއަށް ގޮވާލައިފިއެވެ.

“އައި އޯ ޔޫ.. ކޮންމެވެސް އިރަކުން ވާނެ ކާން ދާން.. ދީ ނަންބަރ” ރުކާޔަތު އޭނާގެ ފޯނު ދިއްކޮއްލަމުން ބުނެލިއެވެ. އިޒާންވެސް ދެތިން ފަހަރަކު ރުކާޔަތުގެ މޫނަށް ބަލާލަމުން އެފޯނުގައި އޭނާގެ ނަންބަރ ޖަހާލައިފިއެވެ.

“އަހަރެން އުއްމީދު ކުރަން އަދި ދިމާވާނެ ކަމަށް..” އިޒާން ވަރަށް މަޑުން ބުނެލިއެވެ.

މީހަކު އެވަރުން އުޅެންޏާ އިޒާންވެސް ވަކި ދުރުގައެއް ނުހުންނާނެއެވެ. މިކުއްޖާއަކީވެސް ހަޑި ކުއްޖެއް ނޫނެވެ. އެ ދޮންކަމާއި ހަންގަނޑުގެ ތުނި ކަމުން ކޮންމެ  މީހަކުވެސް ހިތް ލަނބުވާލާނެއެވެ. ނަމަވެސް މިއަދު ފެރީ ތެރެއިން ފެނުނު އަންހެން ކުއްޖާ ދޮން ނޫން ނަމަވެސް އެކުއްޖަ މާ ފުރިހަމައެވެ. އިޒާނަށް އެކުއްޖަގެ ނަމާއި އެއްޗެހި ނޭނގުނު ކަމުގައި ވިޔަސް އަދި ހީދާނެއެވެ. އިރު ކޮޅަކަށް ނަމަވެސް އަވީންގެ ނަން އެ ސިކުނޑިން ފުހެވިގެން ހިނގައްޖެއެވެ. އެހެން ހުރުމަށްފަހު އިޒާން ހިނގައިގަތީ ފެރީ ޓާރމިނަލްއާއި ދިމާލަށެވެ.

 

އިޒާންއަދި އާސިޔާ ކައިރިއަށްވެސް ދާން ޖެހޭނެއެވެ. މިހާރު އަވީނަށް 18 އަހަރު ވެދާނެއެވެ. އޭނާ އެންމެ ބޭނުންވާ އުމުރަށް އަވީން ހުންނާނީ އެޅިފައެވެ. އާސިޔާގެ ހިތް ފަތަހަ ކުރުމަކީ މިހާރު އޭނާ ބޭނުންވާ އެންމެ ބޮޑު ކަމެވެ. ފެރީއަށް އެރިއިރު ހުރީ އެކެއް ޖަހާފައެވެ. އެހެން ވުމުން އިޒާންހުރީ ވަރަށް ވަރުބަލިވެސް ވެފައެވެ. ނަމަވެސް މިރޭ ވިލިގިލިން ދިމާވި ދެކުދިންނަކީ އެހާމެ ފުރިހަމަ ކަމެއް ލިބިގެންވީ ދެކުދިންނެވެ. އެކަން ހަނދާންވުމުން އިޒާން މޭގައި އަތް ޖައްސާލިއެވެ. އޭނާ ކިހާ ކާމިޔާބު ހެއްޔެވެ؟ އެހެން ފިރިހެނަކަށް އެފަދަ ރީތިކަމެއްވެސް ލިބިފައެއް ނުވާނެއެވެ.

ޔުއާނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގިގެ އަޑަށެވެ. ވާޅަށް ދެމިލަން އަތް ހަރަކާތް ކޮއްލިތަނުން އަތުގައި އެއްޗެއް ޖެހިއްޖެއެވެ. ބިރުން ހުރެ ޔުއާން ކުއިލްޓް ހިއްލާފައި ބަލާލައިފިއެވެ. ކައިރީގައި އެއްވެސް އެއްޗެއް ނުލާއޮތް އަވީން ފެނުމުން އޭނާގަތީ އަމަޝަކު ބިރެއް ނޫނެވެ. އަވަހަށް އަމިއްލަ މީހާގެ ގައިގައި އަތް ހާކާ ލެވިއްޖެއެވެ. ނޭނގުމުގެ ތެރޭގައި މިކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އިނގުނީ އަދި ކިރިޔާއެވެ. ޔުއާންއައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން ތެދުވެ ގައި ތުވާލި ކޮޅެއް އޮޅާލައިފިއެވެ. އަދި ބޮލުގައި އަތް ހާކާލަމުން އޭނާ އިށީނދެއްޖެއެވެ. ރޭގައިވި އެއްވެސް ކަމެއް އޭނާ ހަނދާނެއް ނެތެވެ. އެތި އެތި ކޮޅުން ކޮންމެވެސް ވަރަކަށް ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ.

“އަވީން.. ” ޔުއާންގެ ރުޅިވެރި އަޑު މުޅި ކޮޓަރީގައި ގުގުމައިގެން ހިނގައްޖެއެވެ. އަވީނަށްވެސް ހޭލެވުނީ ސިއްސައިގެން ގޮހެވެ.

“ކަލޭ އަހަރެންނަށް ކޯއްޗެއް ދިނީ… ބުނޭ މިހާރު؟؟؟” ޔުއާން ތިރިވެ އަވީންގެ ކޮލުގައި ހިފަމުން ބުނެލިއެވެ. ނަމަވެސް އަވީނަށް ތަދު ވުމުގެ ކުރިން އޭނާ ދޫކޮއްލައިފިއެވެ. މިވަނީ ކިހިނެއް ނޭނގިއިން އަވީނަށް ރޮވުނީއެވެ. ގައި ބޭޑްޝީޓް އޮޅާލަމުން އޭނާ ދުއްވައިގަތީ ފާހާނައާއި ދިމާލަށެވެ.

ނުނިމޭ

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Nuzzi

Other Articles

Previous

ޤުރުބާންވުމީ މިހިތުގެ އުފާ 22 ވަނަ ބައި

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 52

Next
May 28, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 52

Previews
May 27, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 22 ވަނަ ބައި

10 Comments

  1. Nuzzi says:
    May 28, 2016 at 9:55 am

    Alhugandu abadhuves upload kuraany one dayge break akah fahu.. and story picture upload nuvi.. i think there’s some problem

  2. beeeee says:
    May 28, 2016 at 10:02 am

    wow varah reethi an iam 1

  3. rish says:
    May 28, 2016 at 10:14 am

    V reethi waiting for next part

  4. Rish says:
    May 28, 2016 at 10:15 am

    V v reethi

  5. harry says:
    May 28, 2016 at 10:34 am

    Nuzzi v molhu. V v salhi

  6. Anonymous says:
    May 28, 2016 at 11:41 am

    Nice story

  7. naaf says:
    May 28, 2016 at 11:51 am

    ❤..v nice waiting for next part

  8. Phy says:
    May 28, 2016 at 2:14 pm

    V reethi…nxt part ah waiting..

  9. Shaai says:
    May 28, 2016 at 3:32 pm

    Mihaaru enme kiyaa hihva eh story me. Vvvvvvvvvv rythi.

  10. ruhyyyyyy says:
    May 29, 2016 at 11:26 pm

    wow varah salhi story, varah kiyaa hithun kiyaa levenee

Comments are closed.

All Right Reserved!