Skip to content
އެސްފިޔަ

ކުއްޅައްފާ

އިރުއޮއްސި އަނދިރިވަނީއެވެ.ވަގުތުގެ ގޮތުންވެސް ތޯއްޗެކެވެ.އަތިރިމަށްޗަށްވަނީ އާދަޔާއި ހިލާފު ފަޅުކަމެއް ގެނުވާފައެވެ.އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ނަގަމުން އައި ވިލާގަނޑާއި އެކު ވިދަމުންދިޔަ ވިދުމުންވެސް ރެއަކީ ވިއްސާރަ ރެއަކަށްް ވާނެކަން ދޭހަ ކޮއްދެއެވެ.  “ކޮއްކޯ ތި ތަންކޮޅެއް ބާރަށް އާދެބަލަ! ވިއްސާރައިގައި ނުޖެހި ގެއަށް ނުދެވިއްޖެއްޔީ މާދެރައެއްނު.” ފައިން ބޯޅައިގަ ތަޅަމުން އައި ކޮއްކޮއަށް ގޮވާލަމުން އަހަރެން އެހެންބުނީ، ފުރޮޅުލީ ގޮނޑީގައި އިން މާމަ އަށް ބަލާލަމުންނެވެ. މާމަ އިނީ ކަމަކާ ވަރަށް ފިކުރު ބޮޑުވެފަހެން ހީވެގެން ކުރިއަށްވުރެވެސް ބާރަށް ގޮނޑި ދުއްވަން ފެށީމެވެ. “މާމާ! ކަންބޮޑު ނުވައްޗޭ! އިރާާދަކުރެއްވިއްޔާ ވިލާގަނޑުގެ ކުރިން ގެއަށްދެވޭނެ.” އަހަރެން އެވަގުތު މަސައްކަތް ކުރީ މާމަ ހިތްހަމަ ޖައްސައި ދެވޭތޯއެވެ.   ކޮންމެ ހުކުރު ދުވަހަކީ އަހަރެންނާއި ކޮއްކަޮ މާމަ ގޮވައިގެން ރަށުގެ ޕާކު ސަރަހައްދަށް ހިނގާލަންދާ ދުވަހެވެ. މިއަދަކީވެސް ހަމަ އެފަދަ ދުވަހެކެވެ. މިފަދަ ކޮންމެ ދުވަހަކީ މާމަގެ މޫނު މަތިން އުފާވެރިކަން ފެންނަ ދުވަހެކެވެ. މާމައަށް ވާހަކަ ނުދެއްކުނަސް މާމަގެ ހިނިތުންވުމާއި ފިރުމުންތަކުން އެ އުފާވެރިކަމަށްން މާމަ އެދޭ މިންވަރު ހާމަވެއެވެ.                  ގެއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ވާރޭގެ ބޮޑެތި ކަނިތައް އޮއްސާލައިފިއެވެ.އޭރު މަންމަވެސް އަހަރެމެން ނައިސްގެން ކަންތައް ބޮޑުވެފައި ހުއްޓެވެ.ގެއަށްވަދެ މާމާ ގަވައިގެންމާމާ ކޮޓަރިއަށް ގޮސް މާމައަށް ނަމާދު ކުރަން ތައްޔާރު ކޮއްދިނުމަށްފަހު އަހަރެންވެސް ދިޔައީ ނަމާދު ކޮއްލުމަށްޓަކައި އަހަރެންގެ ކޮޓަރިއަށެވެ. ނަމާދުކޮއްގެން ގުރުއާން ކިޔަވާލުމަށްފަހު، އެނދައް އަރާ ވައިބަރ އޮން ކޮއްލީީމެވެ. އެކުވެރިއެއްގެ މެސެޖެއް އައިސްފަ އޮތެވެ. މިއީ ސުކޫލް ޗުއްޓީއަށް ވުމުން، މާލޭގަ ކިޔަވަންތިބި ވަރަށް ގިނަ ކުދިން މާދަން ބޯއްޓުން ރަށައް އަންނަނީއެވެ. އުފަލުން ނަށާލެވުނެވެ.     ކުއްލިއަކަށް ޖަހާލި ބާރު ގުގުރި އާއި އެކު މުޅި ރަށުން ކަރަންޓު ހިނގައްޖެއެވެ.އެއާއި އެކު އިވުނީ މާމަ ބިރުން ރަޮަޮއެގަތް އަޑެވެ. އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ މާމަ، އަނދިރިވުމުން އެ ގަންނަ ބިރަކީ އަޖައިބެކެވެ..  ފޯނުގެ ލައިޓު ޖައްސަމުން ދުވެފައި ކަހަލަ ގޮތަކަށް މާމަ ކޮޓަރިއަށް ވަންއިރު މާމަ ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. އަހަރެން ފެނުމާއިއެކު އަތުން އިޝާރާތްކޮއް ބޭރަށް ހުޅުވާފައި ހުރި ކުޑަދޮރުާާދިމާ ދައްކާލިއެވެ. މޭގަނޑު އަތަށްނައީ ކިރިޔާއެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. leem

    މިއީ ލީމް މީގެ ސާދަ އަހަރުކުރިން ލިޔަންފެށި ވާހަކައެއް.އެކަމް މި ޒަމާނަށް ފެތޭގޮތަށް ވާހަކައަށް ބަދަލު ގެނެސްފައިވާނެ. ހޯޕްކުރަން ހުރިހާ ކުދިންނަށްވެސް މިވާހަކަ ކަމުދާނެކަމަށް. މިފަހަރު ތަންކޮޅެއް ކުރުކޮއް ގެނެސްދެވުނަސް ދެވަނަ ބައި ތަންކޮޅެއް ދިގުކޮއް ގެނެސްދޭނަން. އިންޝާ

  2. shue

    Feshun v furihama… thankolheh kureee.. v kihyaaa hithun indha… okay dhen genesdhey baiii thankolheh dhigu kohlahchey….

    1. leem
      shue

      Thanks shue…

  3. meesha

    Varah varah reethi mibai vex.. 🙂

    1. leem
      meesha

      Thanks meesha

  4. shaai

    Vissaraigaa nujehi geah nudhevinjenyyaa maadheraehnnu…aee mistake ehtha leem..BTW story v salhi.hope kurah v reethi vaane kamah..bst of luck

    1. leem
      shaai

      Yea. Thats a mistake. Rangalhu gothakee vissaaraigai jehi geah nudhevijjeyya. Thanks for the comment shaai

  5. kamana

    haaadha kurukohshey thi genesdhiny

  6. leem

    ދެވަނަ ޕާރޓު ތަންކޮޅެއް ދިގުކޮށް ގެނެސް ދެވޭތޯ !ބަލާނަން އިނގޭ ކަމަނާ

    1. Shaai
      leem

      Vvvvvvvvvv rythi… avahah up kohlaba. Dhen vaane gotheh balaala hivany…

  7. Yoyo

    Nice….

  8. Aru

    Dhen alheyy… haadha kurey.. Haadhahaa kiyaa hithunney mi othy ?

  9. Yaaz

    Varah salhi vaane heh heeve geh mi vaahaka kiyan mi start kuree..gud luck

    1. leem
      Yaaz

      Thankx yaaz

Comments are closed.