ޤުރުބާންވުމީ މިހިތުގެ އުފާ 22 ވަނަ ބައި
ޖަންނަތު ކައިރިއަށް ސާރާ އައިސް ޖަންނަތު ކޮނޑުގައި އަތްޖައްސާލި އެވެ. ޖަންނަތު ސާރާއަށް ބަލައިލާފައި ޖަންނަތުއަށް ރޯން ފެށުނެވެ. އަދި ސާރާ ގައިގައި ބައްދާލެވުނެވެ. އަހްޔާންއާއި ޒައިދާންއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި އެއްޗެއް ނުބުނެ އެތާ ތިއްބެވެ.
ލޮރީ އައުމުން ހުރިހާ ފިރިހެން ވެރިން އެއްޗިހި ލޯރިއަށް އެރުވި އެވެ. އެއްޗިހި އެރުވުމަށްފަހު ހުރިހާ އަންހެނުން ލޯރިއަށް އެރި އެވެ. ލޮރީގެ ކުރިއަށް އެރީ ހިދާޔާ އެވެ. އެހެން އެންމެން އެރީ ފަހަތަށެވެ. ޖަންނަތުވެސް ލޯރިއަށް އަރާ ހިފަހައްޓާލީ ކުރިމަތީ ހުރި ސާރާގެ ގައިގަ އެވެ. އެންމެ ފަހުން ލޯރިއަށް އެރި އަބްޔާން ޖަންނަތު ކައިރީ ޖެހި ފިތިގެން ސާރާ ހިފަހައްޓައިގެން ހުރި ދަގަނޑުގައި ހިފަހައްޓާލި އެވެ. އަރިއަޅާލިޔަސް ޖަންނަތު ނުވެއްޓޭނެ ހެނެވެ. އާލިޔާ އާއިއެކު ފަހަތުގައި އިށީދެގެން އިން ތަނާ ބޭނުންވީ އަބްޔާން ކައިރިއަށް ދާށެވެ. ނަމަވެސް ދެވޭނެ ގޮތެއް ނެތުމުން އެތާ އިންނަން ޖެހުމުން އިނީ ފޫހިވެގެން މޫނު ހަދައިގެނެވެ.
“ޖަންނާ! ސޮރީ!” ލޯރީގައި ތިބި އިރު އަބްޔާން ދޭތެރެއަކުން ޖަންނަތުގެ ކަންފަތް ދޮށުގައި ބުނެލަ އެވެ. ޖަންނަތު އަޅާ ވެސް ނުލާ ހުންނަނީ އެވެ.
ފަހަރަކު ގެއަކަށް ބަޔަކު ބާލަމުން ލޮރީ އައިސް ޒައީމާމެންގޭ ދޮށުގައި މަޑުކޮށްލުމާ އެކު އަބްޔާން ފުންމާލި އެވެ. އަދި ޒައީމާމެންގޭ ސާމާނު ބޭލުމަށް އެހީވުމަށްފަހު އެގޭގައި އަބްޔާން މަޑުކުރީ އެވެ.
“ވެއިޓް! އަބީ ނުލާ މިދެވެނީ!” އަބްޔާން ލޯރިއަށް ނާރަނީސް ލޯރި ދުއްވާލުމުން ތަނާ ގޮވާލި އެވެ.
“އަބީބެ ގަސްތުގަ ނޭރީއޭ… ހީ ވިލް ކަމް ލޭޓާރ.” ތަނާ ގައިގާ ޖަހާލަމުން އާލިޔާ ބުނެލި އެވެ. ތަނާ އިނީ ނޭވާ ހާސްވާގޮތް ވެފަ އެވެ.
“ޒައީމާއްތަ ދޭ ފެންވަރަން.. އަހަރެން ތި އެއްޗިހި ހަމަޖައްސާލާނަން.” ޒައީމާ އުޅުނީ ސާމާނުތައް ތަރުތީބު ކުރާށެވެ. ނަމަވެސް ޖަންނަތު އެހެން ބުނުމުން އަވަހަށް ޒައީމާވެސް ޖަންނަތުއާއި ހަވާލުކޮށްފައި ވަނީ ކޮޓަރިއަށެވެ. ޖަންނަތު ހުރިހާ އެއްޗެއް ހިފައިގެން ބަދިގެއަށް އައިސް އެތަކެތި ދޮވެފައި އެ ލާން ޖެހޭ ތަންތަނަށް އެއްޗިހިލާން އުޅެ އެވެ.
މުޒައްފަރުއާއި އަބްޔާން ވާހަކަ ދައްކަން ހުރެފައި މުޒައްފަރު ވެސް ކޮޓަރިއަށް ވަނުމުން އަބްޔާން އައީ ބަދިގެއަށެވެ. އޭރު ޖަންނަތު އުޅެނީ ނިކަން އަވަސް ކޮށްލާފަ އެވެ.
“ޖަންނާ!” އަބްޔާން އައިސް ހުއްޓިލަމުން ޖަންނަތުއަށް ގޮވާލި އެވެ. “ހިނގާބަލަ ވާހަކަ ދައްކަން.”
“މިގަޑީގައެއް ނުދެއްކޭނެ.” ޖަންނަތު ބުނެލި އެވެ. “އަހަރެން ކަމެއް ކުރަނީނު.”
“ހާދަ ރޫޑުކޮންނޭ ތިބުނީ!” އަބްޔާން ދެރަވެލާފައި އެހެން ބުނުމުން ޖަންނަތުވެސް މަޑުޖެހިލާފައި އަބްޔާންއަށް ބަލައިލި އެވެ. ދެމީހުންގެ ހަތަރުކަޅި ސީދާވިވެގުތު ޖަންނަތުއަށް އަބްޔާންގެ މޫނުމަތިން ފެނުނު މޮޅިވެރި ކަމުން ޖަންނަތުގެ ހިތް މަޑުވެ އަބްޔާންއަށް ޓަކާ ގޮވަންފެށި ކަހަލަ އެވެ.
“އަހަރެން މިތާ މަޑުކޮށްލާނަން، ޖަންނަ ނިމެންދެން.” ޖަންނަތު އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު އަބްޔާން ބުންޏެވެ. އަބްޔާން މޭޒުކައިރިން ގޮނޑިއެއް ދަމާލަމުން އިށީނެވެ. އަދި ޖަންނަތުގެ ހަރަކާތްތަކަށް ބަލަން އިނެވެ. ޖަންނަތު އަބްޔާންއަށް ބަލަން ހުރެލާފައި އެއްޗެއް ނުބުނެ ޖަންނަތު ކުރާކަމެއް ކުރަމުން ދިޔަ އެވެ.
އެއްޗިހިތައް ތަންތަނަށްލާ ހުރިހާ ކަމެއް ކޮށް ނިމުމުން ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން އިޝާރާތުން ޖެހިގެން އިންގޮޑީގައި އިށީނުމަށް ޖަންނަތު ކައިރިން އެދުނެވެ.
“ރުޅި އައިސްސަތަ؟” ޖަންނަތު އިށީނދެ ހަށަން ބަދެލުމުން އަބްޔާން އަހާލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ އަބްޔާންއަށް ބަލައިލި އެވެ.
“ޖަންނާ… ވާހަކަ ދައްކައިގެން ކޮންމެ ކަމެއްވެސް ހައްލުވާނީ. އަހަރެން ގަބޫލުކުރަން އަހަރެންނަށް ގޯސް ހެދިއްޖެކަން… އެހެންވެ އަހަރެން އިރުކޮޅަކާ މި މާފަށް އެދެނީ. އަހަންނަށް މާފެއް ނުކުރާނަންތަ؟ އަހަންނަށް އިތުބާރެއް ނުކުރަންތަ؟” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ ހަމަ އިނީ އެވެ. “ޖަންނާ… ކުރިން ޖަންނަ ރުޅިއައިމަ އަހަންނަށް މަޖާ ވިޔަސް މިހާރު މަޖައެއް ނޫނޭ… ޕްލީސް…… ރުޅިނާދެ މަށާ ވާހަކަ ދައްކަބަލަ… ކޮންމެސް އެއްޗެއް ބުނެބަލަ.” އަބްޔާން ނިކަން ދެރަވެފައި އާދޭސް ކުރި އެވެ.
“އަހަރެން ކީކޭތަ ބުނަންވީ؟ އަހަރެން ބުނަން ޖެހޭ އެއްޗެއް މިހާރު ބުނެފީމެއްނު… އިތުރަށް ބުނާނެ އެއްޗެއް ނެތޭ.”
“ޖަންނާ… އައި އޭމް ސޮރީ!”
“ސޮރީ ބުނީމަ ނިމުނީތަ؟ ތަނާ އަބީއާ އެހާ ކްލޯސްވާ އިރުވެސް އަބީއަށް މަނައެއް ނުކުރެވޭތަ؟ އަބީވެސް ފުރުސަތު ދޭތީނު ތަނާ އަށް އެގޮތަށް އެ އުޅެވެނީ.” ޖަންނަތުގެ ރާގުގައި ރުޅީގެ އަސަރު ނެތަސް އަދިވެސް ޖަންނަތު އިނީ ހިތްހަމަ ނުޖެހިފަ އެވެ.
“އާން.. ޔެސް… ޖަންނަ ތިބުނީ ތެދެއް.. އެކަމު ތަނާ ކުއްލި ކުއްލިއަށް އައިސް އެހެން އުޅޭތީ އަހަންނަށް ވެސް ތަނާ ދުރަށްލާން ހިތަކަށް ނާރަޔޭ… އެކަމު.. މީގެ ފަހުން އަހަރެން ވަރަށް ވިސްނާނަން. އަހަރެން ތަނާއާއި ޑިސްޓަންސް ބަހައްޓާނަން… ޖަންނަ ހިތުގަ ޖައްސާކަށް އަހަރެން ދުވަހަކުވެސް ނޭދެން. ޖަންނަ ދެރަވީމަ އަހަރެން މާދެރަވޭ… ޖަންނަތީ އަހަރެންގެ ހިތުގެ ވިންދު… ޕްލީސް ޖަންނާ އެންމެ ފަހަރަކަށް ވިޔަސް މާފެއް ނުކުރެވޭނެތަ؟” އަބްޔާންގެ ލޯ ފެންކަޅިވެފައި ވާތަން ފެނުމުން ޖަންނަތުވެސް ދެރަވި އެވެ. ޖަންނަތު އަބްޔާންއަށް ބަލަން އިރުކޮޅަކު އިނެވެ. ޖަންނަތުގެ ހިތައް މަޑުމޮޅިކަން ވެރިވެގެން ދިޔަ އެވެ. އަބްޔާންއާއި ވަކިން ޖަންނަތުއަށް ނޫޅެވޭނެކަން ޖަންނަތުއަށް އިނގެ އެވެ. ދެމީހުނަށް ދުރުނުވެވޭނެ ކަންވެސް ޖަންނަތުއަށް އިނގެ އެވެ. އެންމެ ފަހުން މޭޒުމަތީ އޮތް އަބްޔާންގެ އަތުގައި ޖަންނަތު ހިފާލި އެވެ. އަދި އަބްޔާންއަށް ބަލައިލި އެވެ.
“އަބީ… އަހަރެން އަބީއަށް މާފުކޮށްފިން…” ޖަންނަތު އަބްޔާންއަށް ހިނިތުން ވެލި އެވެ. އެވަގުތު އަބްޔާންގެ މޫނަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ. ލިބުނު ހިތްހަމަ ޖެހުމުން ޖަންނަތުއަށް އެއަށްވުރެން ބޮޑަށް ހިނިތުން ވެވުނެވެ. އަބްޔާން ޖަންނަތުގެ އަތް ނަގާ އަބްޔާންގެ ތުންފަތުގައި ޖައްސާލި އެވެ.
“ތޭންކްސް ޖަންނާ… އެންޑް ޕްރޮމިސްމީ ވަން ތިންގ”
“ކޮންކަމެއް؟”
“އަހަރުމެން ދެމީހުން ދުރުވާން ތަނާ މެދުވެރިއަކަށް ނުހަދަން… ތަނާގެ ސަބަބުން ޖަންނައާ އަހަންނާ ދުރުވާން އެއްވެސް ކޮޅެއް ނުދެއްކުން. ތަނާއަކީ ޕާސްޓް… ވެ ނިމިފަ އޮތް ކަމެއް. އައި ވިލް ނެވަރ ލުކް ބެކް. ޖަންނަ އަހަންނަށް ނުލިބުނަސް އަހަރެން ތަނާއާއި ދިމާލަކަށް ނުދާނަން. ޖަންނާ… ޕްރޮމިސް މީ… ތަނާއާއި ހެދި ޖަންނަ އަހަންނާ ރުޅި ނުވާނަންކަމަށް. ޕްލީސް.”
“އަބީ… ތަނާ އުޅޭ ގޮތުން އަހަންނަށް ރުޅި އާދެވިދާނެ… އެކަމަކު އަހަރެން އަބީއާ ވަކިވާކަށް ހިޔާލެއް ނުކުރަން… އަދި އަމުދުން ތަނާގެ ސަބަބުންނޭ ކިޔާފަ އަހަރެން އަބީއާ ދުރަކަށް ނުދާނަން… އައި ޕްރޮމިސް.” ޖަންނަތު ކުނޑަވާ އިނގިލި އަބްޔާންގެ ކުޑާވާއިނގިލީ ޖައްސާ ލަންބާލަމުން ޖަންނަތު ބުނެލި އެވެ. އަދި ހިނިތުން ވެލަމުން ތެދުވެ އަބްޔާންގެ ކޮލަށް ބޮސްދިނެވެ.
“ތޭންކްސް.” އަބްޔާން ވެސް ހިނިތުން ވެލަމުން ތެދުވެ ޖަންނަތުއަށް ބަލައިލި އެވެ. “މާދަމާ ވެސް އަދި ދަތުރު ދާން ޖެހޭނެނު… އަދި ގެއަށްގޮސް ފެންވަރައިގެން އެކަމާ އުޅެން ޖެހޭނެ.” އަބްޔާން ބުންޏެވެ.
“ދޭ އަވަހަށް ފެންވަރަން… އަހަރެން ފެންވަރައިގެން ނިދާނީ.” ޖަންނަތު އަބްޔާންގެ ބަނޑުގައި އަތްލާ ކުޑަކޮން ކޮށްޕާލަމުން ބުނެލި އެވެ.
“އޯކޭ… އެހެންވިއްޔާ އަހަރެން ދަނީ.” އަބްޔާން ޖަންނަތުގެ ކޮލުގައި ފިރުމާލަމުން ބުނެލި އެވެ. “ގުޑްނައިޓް.” އަބްޔާން ހިނިތުން ވެލަމުން ޖަންނަތު ގަޔާ ކައިރިކޮށްލަމުން ނިތްކުރިއަށް ބޮސް ދިނެވެ.
ޔަޒަން ފެންވެރުވުމާއި އެކު ވެފައި ހުރި ވަރުބަލިން ޔަޒަން ނިދައިފި އެވެ. ޒައިދާން ބެލްކަންޏަށް ނިކުމެ ސިނގިރޭޓެއް ރޯކޮށްލަމުން ބޭރުބަލައިލި އެވެ. އޭރު އިރުއޮއްސެނީ އެވެ. ގްރީން ވިލާ ކުރިމަތީ ހުރި ޖޯލިފަތިން ޖޯއްޔެއްގައި އަހްޔާން އިނެވެ. ޒައިދާން އިރުކޮޅަކު ބޭރު ބަލަން ހުރެފައި ތިރިއަށް ފައިބައިގެން ގެއިން ނުކުމެގެން ގޮސް އަހްޔާން ކައިރީ ޖޯލީގައި ޖައްސާލި އެވެ.
“ހާދަ އިރެއްވެއްޖޭ މިތާ އިންނަތާ. ކޮންކަމަކާ ތި ވިސްނަނީ؟” ޒައިދާން އަހްޔާން ގާތު އަހާލި އެވެ.
“އަބީއާ ދޭތެރޭ މިވިސްނަނީ…” އަހްޔާން ޒައިދާންއަށް ބަލައިލި އެވެ. “އަބީ ޖަންނަ ދެކެ ވަރަށް ލޯބިވޭ… ތަނާ އަހަންނާ އެކު ގެނެވުނީމަ އަހަރެން މިހުންނަނީ އެކަމާ ބޯ ގޮވާފަ. އަހަރެން އަސްލު ބޭނުންވީ ތަނާއަށް އަބީއާ ޖަންނަ ލޯބިވާވަރު ދައްކަން… އެދެމީހުންގެ ލޯބި ފެނި ތަނާއަށް އެއްޗެއް ވިސްނޭތޯ… އެކަމަކު ކަންތައް މިވީ މުޅިން އެހެން ގޮތަކަށް… ތަނާއާ ހެދި އަބީއާ ޖަންނައާ ދުރުވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ. އަހަންނަށް މިކަމުގަ ބްލޭމް ކުރެވޭނީ ހަމަ އަހަރެން.”
“ޔާން… އަސްލު ތިކަމުގަ އަހަރެން ކުއްވެރި ކުރާނީ އަބީ… އަބީ ތަނާއަށް ފުރުސަތު ދޭތީ ތަނާއަށް އެގޮތަށް އުޅެވެނީ… އަބީ ޖަންނައާ އެކު އުޅޭނަމަ ތަނާއަށް ފުރުސަތެއް ނުލިބޭނެ.”
“އާން… ތީވެސް ތެދެއް.. އެކަމަކު ތަނާގެ ގޮތް ޒައިދާންއަކަށް ނޭގޭނެ. އެއީ ފާޑެއްގެ ސައިކޯ ކުއްޖެއް… އަބީ މިހާރު ކިތައް ފަހަރު ވިސްނަދީފި… އެކުއްޖާ ނޫޅެ ގަބޫލު ކުރާކަށް. އޭނަ ހިތުން އޭނަނޫން އެހެން މީހަކަށް އަބީ ލިބިގެން ނުވާނެ. އަދި އަބީ ލޯބިވެސް ވާން ޖެހޭނީ އޭނަ ދެކޭ… އެހެން އޭނަ ބުނަނީ… އަހަރެންވެސް ވިސްނައި ދީފިން.”
“ވަރެއްގެ ކުއްޖެއްނު ތީ.”
“އާން… އަސްލު އޭނައަކީ ދެމަފިރިއަކު އެޑޮޕްޓް ކޮށްގެން ގެންގުޅުން ކުއްޖެއް. މުއްސަނދި ދެމަފިރިން ކަމުން ބުނިހާ އެއްޗެއް ގަނެދީ ބުނިހާ ކަމެއް ކޮށްދީގެން ގެންގުޅުން ސްޕޮއިލްޑް ކުއްޖެއް… ދެމަފިރިން މައްސަލަ ޖެހިގެން ދެމަފިރިން ވަކިވުމުން ތަނާއަށް ހުރިހާ ދެރައެއް ލިބުނީ… އަސްލު އަބީއަށް ވެސް އޭނައާއި ރައްޓެހިވެވުނީ ބޮޑަށް ސިމްޕަތީ ވެވިގެން.” ތަނާގެ ވާހަކަތައް އަހްޔާން ޒައިދާންއަށް ކިޔައިދިނެވެ. ޒައިދާން ވިސްނާލަމުން އަމިއްލަ މޫނުގައި އަތްހާކާލި އެވެ. އަދި ފުންނޭވާއެއް ލިޔެވެ.
“ތިކަމުގަ ތަނާއަށް ވިސްނަދޭން ޖެހޭނީ އެހެން ގޮތަކަށް.” ޒައިދާން އަހްޔާން ގާތު އެހެން ބުނި އިރު އަބްޔާން އައިސް ޖޯލިފަތި ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.
“ކޮންގޮތަކަށް؟” އަބްޔާން ބުމަ އަރުވާލަމުން އަހާލި އެވެ. އަހްޔާންއާއި ޒައިދާންއާއި ދެމީހުން އަބްޔާންއަށް ބަލައިލި އެވެ.
“އާދެބަލަ އިށީންނަން.” ޒައިދާންއާއި ޖެހިގެން އިން ޖޯއްޔަށް އިށާރާތް ކޮށްލަމުން ޒައިދާން ބުނެލި އެވެ.
“ޖަންނަ އޯކޭ ވެއްޖެތަ؟” އަހްޔާން އަހާލި އެވެ.
“އަލްހަމްދުލިލާހި… ވަރަކުން ޖަންނަ އޯކޭ ވެއްޖެ.” އަބްޔާން ނިކަން ހިތްހަމަ ޖެހިފައި އިނދެ ބުނެލި އެވެ.
“އަސްލު އަހަރެން ހިތައްވެސް ނާރާ އިނގޭ ޖަންނަ ފައިޓް ކުރާނެކަމަކަށް. އަހަރެން ހީކުރީ ޖަންނައަކީ ހުރިހާ ކަމެއް އެތެރެއަށް ހިންދައިގެން ހުންނަވައްތަރު ކެތްތެރި ކަމަނާއެއް ކަމަށް.” އަހްޔާން ބުންޏެވެ.
“އަސްލު ޖަންނަ ހަމަ ރުޅިއައުން ހައްޤު… ނޫންތަ؟” އަބްޔާން އަހާލި އެވެ.
“އާން.. ޖަންނަ ރުޅިއައިވަރު މަޑީ… ބައެއް ކަންތަކުގަ ޖަންނައަކީ ކެތްތެރި ކުއްޖެއް… އެކަމަކު އަބީއަށް ޓަކާ އޭނަ ފައިޓް ކުރީމަ އަހަރެން ވެސް ހައިރާންވި… އެއީ ވަރަށް ތަފާތު ކުއްޖެއް.. އަސްލުވެސް.” ޒައިދާން ބުންޏެވެ.
“ހޫނ.. ދެން ބުނެބަލަ ކިހިނެކޭ ހަދަންވީ ތަނާއަށް ވިސްނަދޭން.” އަބްޔާން އިނދެފައި ބުނެލި އެވެ.
“ތަނާއަށް އަބީ ޖެހޭނީ އަމަލުން ވިސްނަދޭން… މިހާރު ތަނާ ކައިރީ ބުނެވިއްޖެނު އަބީ ލޯބިނުވާ ވާހަކައާ ޖަންނަދެކެ ލޯބިވާ ވާހަކަ.” ޒައިދާން ބުންޏެވެ.
“އަމަލުންނޭ؟ ހައު؟” އަބްޔާން ހައިރާން ވެފައި އަހާލި އެވެ.
“އަބީ ޖެހޭނީ ޖަންނައާ ކްލޯސްކޮން އުޅޭތަން ތަނާއަށް ދައްކަން.. ތަނާ އެއްކޮން އިގްނޯރ ކުރަން… ތަނައާ ޑިސްޓަންސް ބަހައްޓަން… ތަނާއަށް ފެންނަ ތަންތާ ޖަންނައާއި ވަރަށް ކްލޯސްވާން.” ޒައިދާން ބުންޏެވެ.
“އޭރުން އޭނަ ހާދަ ދެރަވާނެޔޭ.” އަބްޔާންއަށް ބުނެވުނެވެ.
“އަބީ.. ދެރަވިޔަސް އެހެންދެން އޭނައަށް ވިސްނޭނީ… ޖަންނަވެސް މިއަދު ކިހާދެރަވި… ކާކު ދެރަވީމަ އަބީ ބޮޑަށް ދެރަވާނީ؟” އަހްޔާން އިނދެފައި އަހާލި އެވެ. “މާދަމާ ދަތުރުގަ އަބީގެ ޖޮބަކީ މުޅި ދަތުރުގައިވެސް ޖަންނައާއި އެއްކޮން އުޅުން… އެންމެ އިރުކޮޅަކަށްވެސް ޖަންނައާ ދުރުގަ ނުހުރުން.”
“އެއީ ތެދެއް… މިޝަންއެއް އެއީ… މިފަހަރު ކާމިޔާބު ކުރަންވާނެ.” ޒައިދާންވެސް ބުނެލި އެވެ. “އޭ… އަހަރެން މިދަނީ ގެއަށް.. ޔަޒަން އެކަނި އޮންނަނީ ނިދާފަ… އަހަރެން ފަހުން އަންނާނަން ދަތުރުގެ ކަންތަކާ.”
“ޔަޒަން ބަލަން މޫނިސާބިޓު އައިމަ ދޯ.” އަބްޔާން ޒައިދާންއާ ދިމަކޮށްލި އެވެ.
“ވަޓް؟” އަހްޔާން ހައިރާން ވެފައި އަހާލި އެވެ. “މޫނިސާ ބިޓޭ؟”
“ހަހަހހަ… އާން.. އެއީ ޒައދިާންމެންގެ ކުނިކަހަން އާދޭނު އުތުރުއަވަށު އަންހެނެއް. ޒައިދާން ރޭގަނޑު ފިހާރައަށް ދާންޖެހޭތީ ޔަޒަން ކައިރީ އިންނަން ގެންނާނެ އޭނަ.. މިހާރު މޫނިސާ ބިޓު ހުރީ ހުއްސަރި ބަޔަށް… އެހެންވީމަ އޯކޭނު… ކިހާ ރަގަޅު ފުރުސަތެއް އެލިބުނީ.” އަބްޔާން ޒައިދާންއާ ދިމާކުރަން ފެށި އެވެ.
“އަބީ މިހާރު ހާދަ ކަންތައް އެބަހުއްޓޭދޯ… މިހާރު މަމީ ބޮސް ނޫން ވީމަދޯ މަށަށް ރެސްޕެކްޓް ނުކުރަނީ؟ އެހެންޏާ ލައްބަ އަޅުގަނޑު ކިޔައިގެން ވާހަކަ ދެއްކި މީހެކޭ މީ.” ޒައިދާން އަވަހަށް ވާހަކަ ބަދަލުކޮށްލެވޭތޯ އުޅުނެވެ.
“ވާހަކަ ބަދަލު ކުރާނެ ކަމެއްނެތް… ބޮސްއަށް ވުމުގެ ކުރިން ވެސް އަހަރެން ޒައިދާންއާ މިހެން ވާހަކަ ދެއްކީ… ހަމަ އެކަނި ވަޒީފާގަ އުޅުން އިރު އެގޮތަށް އަހަރެން ވާހަކަ ދެއްކީ.” އަބްޔާން ހިނިިއައިސްފައި އިނދެ ބުންޏެވެ. “ދެން މޫނިސާއަށް ޕްރޮޕޯރސް ކުރަންވީނު.”
“ކިހާދެރަކަމެއް އަބީ… އެއީ ޒައީމާއްތަ ވަރުގެ އަންހެނެއް.. މަށަށް ވުރެން އެތައް އަހަރެއް ދޮށީވެސް މީހެއް.” ޒައިދާން ކުޑަކޮން ނުރުހިފައި ބުނެލި އެވެ.
“ޔާން.. އަހަރުމެން މިހާރު ވެއްޖެ މީނައަށް އަންހެނެއް ހޯދަން… މީނަގެ އެކަނިވެރިކަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ.” އަބްޔާން ބުނެލި އެވެ.
“އަބީ.. ދޭ ފެންވަރަން… ކަލޭ ތިހެން އިންދާ ދެން އިޝާނަމާދަށް ގޮވާނީ.” ޒައިދާން ކުއްލިއަކަށް ޖޯލިން ތެދުވި އެވެ. އަދި ގެއާ ދިމާލަށް ހިގައި ގަތެވެ. އަބްޔާން ހިނިއައިސްފައި ޒައިދާންއަށް ބަލަން އިނެވެ.
“އަސްލުވެސް… ޒައިދާންއަށް ބިޓެއް ހޯދަންއުޅޭ.” އަހްޔާން ވެސް ޒައިދާން ދިޔަ ދިމާލަށް ބަލަން އިނދެފައި ބުނެލި އެވެ.
ޖަންނަތު ކޮޓަރިން ނުކުމެ ފެންޑާއަށް އައި އިރު ޒައީމާއާއި ސާރާއާއި ވާހަކަ ދައްކަން ސޯފާގައި ތިއްބެވެ. ޖަންނަތު ފެނުމުން ޒައީމާ ޖަންނަތުއަށް ގޮވާލި އެވެ.
“ޖަންނާ… މިގަޑީގަ ފިހާރައަށް ދެވޭނެތަ؟” ޒައީމާ އަހާލި އެވެ. ޖަންނަތު ގަޑިއަށް ބަލައިލި އެވެ. ފިހާރަތައް ލައްޕާގަޑި ވަނީ ވަރަށް ކައިރިވެފަ އެވެ. ސާރާއާއި ޒައީމާ ތިބީ ނިދަންލާ އެއްޗިހި ލައިގެނެވެ. ބޭރަށް ނިކުމެވޭ ގޮތަށް ހުރީ ޖަންނަތު އެވެ.
“މިގަޑީގަ ކޯޗެއް ގަންނަން؟” ޖަންނަތުއަށް އަހާލެ ވުނެވެ.
“މާދަމާ ޔަޒަން މިގެއަށް ލާފަޔޯ ޒައިދާން ދަތުރުދަނީ.. އެހެންވެ އެސޮރަށް ބޭނުންވާ އެތިކޮޅަކާ ދެން މާދަމާ ފަތިހު ތެދުވެ އެބަޖެހޭ ދަތުރު ގެންދަން ރިހާކުރުކޮޅެއް ތެއްލަން… ފިޔާވެސް ގަނެގެން އެކަންވެސް ވާނީ.”
“ޒައީމާއްތަ ނުދަންތަ؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ.
“އާން.. ޝިޔާމާ ނުދާތީ އަހަރެންވެސް ނުދާން ނިންމީ… ކުރިންވެސް ޒުވާނުންނާ އެއްކޮން މަ އެކަނި ދިޔައިމަ ވީ ފޫހި މަށަށް މިހާރު ފެނިއްޖެ.”
“ހިދާޔާއްތަ ވެސް ނުދޭތަ؟” ޖަންނަތު އަހާލި އެވެ.
“އާން.. އެއްވެސް ސީނިއަރ މީހެއް ނުދޭ.. ހުސް ޒުވާނުންގެ ދަތުރެއް. ނުވިތާކަށް ޒައިދާންބެ ބުނެފި ގެސްޓް ހައުސްއިން މެންދުރު ކެއުންވެސް ރެޑީކޮށްގެނޯ ދަނީ… ޖަންނަމެނަށް ކައްކާ ހަދާކަށްވެސް ނުޖެހޭނެނު.. ޒައިދާންބެ މުޅި ދަތުރު ހިފާލައިފި.” ސާރާ ބުނެލި އެވެ.
“ހަމަ ތެދެއްތަ؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ. “ތިހެން ވިއްޔާ ކޮން ރިހާކުރެއް؟”
“މި ސާރާއަށް. ކޮންމެ އެއްޗެއް ހުއްޓަސް ތެއްލި ރިހާކުރު ހުންނަން ޖެހޭނެޔޯ ދަތުރެއް ވިއްޔާ.” ޒައީމާ ސާރާއާ ދިމާލަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. “ދޭބަލަ އަވަހަށް. ފިހާރަ ބަންދުކޮށްފާނެ.”
ޖަންނަތު ފިހާރައަށް ވަންއިރު ޒީނަތް އިނީ ކައުންޓަރުގަ އެވެ. ފިހާރާގައި މޫސަ ވެސް އުޅެ އެވެ. ޖަންނަތު ބޭނުންވާ އެއްޗިހި ނަގައިގެން އައިސް ކައުންޓަރުގައި އަތުރާލި އެވެ. އެވަގުތު ފިހާރަ ތެރެއަށް އާލިޔާ ވަންތަން ފެނުނެވެ. އާލިޔާއާއެކު ތަނާ ހުންނާނެކަން ޖަންނަތުއަށް އިނގުނެވެ.
“އޭ.. ޖަންނާ.” އާލިޔާ ނިކަން ހެވިފައި ޖަންނަތުއަށް ގޮވާލި އެވެ. “އަދި މިއަދުޔޭ މަށަށް އިނގުނީ އަބީބެޔާ ޖަންނައާ ރައްޓެހިވެގެން އުޅޭކަން.”
“އަސްލުތަ؟” ކައުންޓަރުގައި އިން ޒީނަތު އަހާލި އެވެ. “ކޮބާ އެއުޅޭ މަންޖެ؟”
“އެހެރީ ބޭރުގަ… އެއީ ބޮޑު މުސީބާތެއް. ތެދެއް މިބުނީ.” އާލިޔާ ބުނެލި އެވެ. “ދެރައީ ޔާންބެ އޭނަ ގޮވައިގެން އައިމަ. ޖަންނައާ އަބީބެގެ ރިލޭޝާން މަށަށް ކުރިން އިނގުންނަމަ ތަނާ ގެންނަން އަހަރެން ބާރެއް ނޭޅީމުސް… އަހަންނަށް ކީއްވެތަ ނޭންގީ؟”
“ނޭގޭ ކަމެއް އިނގޭނެތަ؟ މުޅި ރަށުގެ އެންމެނަށްވެސް އިނގޭ ވިއްޔަ.” ޒީނަތު ބުނެލި އެވެ.
“ހޫނ ދެން… އެނީވޭސް.. އަހަރެން ވަރަށް އުފާވި ޖަންނަ ކަހަލަ ކުއްޖެއް އަބީބެއަށް ލިބުނީމަ… ވިސްނާލަބަލަ.. އަބީބެއަށް ޖަންނަ ލިބުނީ… ހަހަހަ… ގަބޫލު ކުރެވޭތަ؟” އާލިޔާ ހެމުން ހެމުން ބުނެލި އެވެ. އަދި ޖަންނަގައިގައި ބައްދާލި އެވެ. “އައި އޭމް ސޯ ހެޕީ… އަސްލުވެސް.”
“ހެހެހެ.. ދެން ބޭރުގަ އެހެރަ މީހާއަށް މަގޭގައިގައި ތިހެން ބައްދާތަން ފެނުނީމަ ރަގަޅެއް ނުވާނެ… މިހާރުވެސް ޖޭވެގެން ގޮސް ވިރިވިރި އޭނަ އެ ހުންނަނީ.” ޖަންނަތު ބުނެލި އެވެ.
“އަސްލުވެސް…ދޯ.” އާލިޔާ ހިނިގަނޑެއް ޖަހާލި އެވެ. “ޖަންނާ… ޖަންނަ ވެޑިންގަ އަހަރެން އިނގޭ މޭކަޕް ކޮށްދޭނީ.” އާލިޔާ ބުނެލި އެވެ.
“އޮފްކޯސް… ހެހެހެހެ.” ޖަންނަތު ހީލަމުން ކޮތަޅުތައް ހިފައިގެން ނުކުތެވެ. ތަނާ ލޯބޮޑުކޮށްލައިގެން ޖަންނަތުއާއި ދިމާއަށް ބަލަން ހުއްޓެވެ.
“ޖަންނާ!” ތަނާއަށް ފުރަގަސް ދެމުން ދާން އުޅެނިކޮން ތަނާ ގޮވާލި އެވެ. ޖަންނަތު ހުއްޓިފައި ތަނާއަށް ބަލައިލި އެވެ.
“ޔޫ ނޯ ނަތިން ހާ؟” ތަނާ އައިސް ޖަންނަތު ކުރިމައްޗަށް ހުއްޓުނެވެ. “ޖަންނައަށް އިނގޭތަ ތަނާއާ، އަބީއާ އޮންނަނީ ކިހާ ކްލޯސް ރިލޭޝަންޝިޕެއްކަން؟ ނޭގެދޯ… އާން.. ނޭގޭތީނު ތިހެން ތި އުޅެނީ.” ތަނާ ކިޔާ އެއްޗަކާއި މެދު ވިސްނާލަން ޖަންނަތު ހައިރާން ވެފައި ހުއްޓެވެ. “ޖަންނައާ އަބީ ކްލޯސް ނުވާވަރަށް އަބީ ތަނާއާ ކްލޯސްވި.. ތަނާމެން އެއްކޮން އުޅުނިން ހަ މަސް ވަންދެން… އިނގޭތަ ހަމަސް ވަންދެން އެއްކޮން އުޅުނީ ކިހިނެއްކަން؟ ތަނާމެން ކައި ބޮއެ ނިދާ އުޅުނީ އެއްކޮން… އޭގެމާނަ އިނގޭތަ؟ ތަނާއާ، އަބީއާ އެއްކޮން ކޮންމެ ރެއަކު އަބީގެ އަނދުގަ ނިދަނީ.. އަބީއާ ތަނާއާ ހަސްބަންޑް އެންޑް ވައިފް ގޮތައް އުޅުނީ ފުލް ސިކްސް މަންތްސް ވަންދެން… ވިސްނާލަބަލަ.. އަބީއަށް ތަނާއާ ވަކިވެވޭނެތަ؟ އަބީއަށް ތަނާ ހަދާން ނައްތާލެވޭނެތަ؟ ތަނާއަށް އަބީއާ ދުރުގަ ހުރެވޭނެތަ؟ ވިސްނާލަބަލަ… މިހާ ލޯބިން އުޅުން ދެމީހުން ދޭތެރެއަށް ޖަންނަ ވަދެގެން ތި އުޅެނީ ކީއްކުރަން؟ އަބީއަށް ޖަންނަދެކެ ލޯތްބެއް ނުވެވޭނެ. އަމުދުން ތަނާ ދެކެ ލޯބިވީވަރަށް ނުވެވޭނެ.” ތަނާގެ ކޮންމެ ޖުމްލައަކުން ތަދުވަނީ ޖަންނަތުގެ ހިތަށެވެ. ހިތުގައި މީހަކު އެއްޗެއް ވިއްދާލާފައި ވާކަމުގެ އިހުސާސް ޖަންނަތުއަށް ކުރެވެން ފެށި އެވެ. އަބްޔާންއާއި ތަނާގެ ގުޅުން އެހާ ވަރަށް އޮތްކަމެއް ޖަންނަތުއަށް އިނގިފައެއް ނެތެވެ. ޖަންނަތުގެ ލޮލުން ކަރުނަ ނިރާލި އެވެ. ނަމަވެސް ތަނާ ކުރިމަތީ ދެރަވެ ނިކަމެތިވާކަށް ޖަންނަތު ބޭނުމެއް ނޫނެވެ. ތަނާއަށް ޓަކައި އަބީއެއް ދޫކޮށެއް ނުލެވޭނެ އެވެ. އަބީކައިރީ ވައުދުވެސް ވެފައި ވަނީ އެގޮތަށެވެ.
“ތީ ތަނާއަށް ހީވާ ގޮތް… އަބީ މިހާރު ތަނާދެކެ ލޯތްބެއް ނުވޭ.” ޖަންނަތުގެ އަޑުގައި ވޭން އެކުލެވިފައިވާ ހާލުގައި ތަނާއާއި ދިމާއަށް ޖަންނަތު ބުނެލި އެވެ.
“ހެހެހެ… ޕްރޫވްކޮށްބަލަ… މިއަދު ވެސް ފެނުނެއްނު ޖަންނައަށް… ތަނާ ދެކެ ލޯބި ނުވާނަމަ، އަބީ ތަނާއާ ދުރައް ދިޔައީހެއްނު… އަބީ ތަނާ ދެކެ ލޯބި ނުވަންޏާ ތަނާ އިގްނޯރ ކުރާނެނު… ތަނާ ބުނާ އެއްޗެއް އަޑެއްވެސް ނާހާނެނު… އެކަމު އަބީއެއް އެހެނެއް ނުހަދާނު.. ޖަންނަ އާއި އެކު ލޯބިން އުޅޭތަނެއް ތަނާ ނުދެކެން … ކިހިނެއް މީހަކު ގަބޫލު ކުރާނީ؟ އަބީ ޖަންނަދެކެ ލޯބިވާހެން ތަނާއަކަށް ހިޔެއް ނުވޭ… ޖަންނަ ކައިރީ ތަނާ ކުރިން ވެސް ބުނީމެއްނު ތީ އަބީގެ ފްރެންޑެކޭ.. ބީ ލައިކްއަ ވަން. ނޮޓް މޯރ ދެން ދެޓް.” ތަނާ އެހެން ބުނެފައި ފިހާރަ ތެރެއަށް ވެނެވެ. ޖަންނަތު މާޔޫސްވެފައި ހުރެ ވިސްނަމުން ގެއާދިމާލަށް މަޑުމަޑުން ހިގަމުން ދިޔަ އެވެ.
ޖަންނަތު އައިސް ޒައީމާ އަތައް ކޮތަޅުތައް ދީފައި ހިޔާލަކަށް ގެއްލިފައި ހުރެގެން މަޑުމަޑުން ކޮޓަރިއަށް ދިޔަ އެވެ. ޒައީމާ ޖަންނަތުއަށް ފުންކޮން ބަލައިލާފައި ސާރާއަށް ނިތް އަރުވާލި އެވެ. ސާރާ ކޮނޑު އަރުވާލި އެވެ. ދެމީހުން ވެސް ތިބީ ޖަންނަތުއަށް ވެފައި ހުރިގޮތެއް ނޭގިފަ އެވެ.
“ސާރާ ގޮސް އަހާލަބަލަ.. އަނެއްކާ މަގުމަތިން ކޮންމެސް ކަމެއް ދިމާވީ ކަންނޭގެ.” ޒައީމާ އެހެން ބުނުމުން ސާރާ ތެދުވެގެން ޖަންނަތު ކޮޓަރީ ޓަކިޖަހާލި އެވެ. ހަބަރެއް ނުވުމުން ސާރާ ތަޅުގައި ހިފާލި އެވެ. ދޮރު ހުރީ ތަޅު ނުލާކަމުން ދޮރު ހުޅުވުނެވެ. ސާރާ މަޑުމަޑުން އެތެރެއަށް ބޯދިއްކޮށްލާ ބަލައިލި އެވެ. އެނދުގެ ބޯލާކޮޅުގައި ލެނގިލައިގެން ދެފައި ކުރުކޮށްލާ މޭގާ ކަކޫ ޖައްސާލައިގެން ދެފައިގައި ބައްދާލައިގެން ޖަންނަތުއިން އިރު ކޯތާފަތްމަތިން ލައިގެން ކަރުނަ ފައިބަމުން ދިޔަ އެވެ.
“ޖަންނާ؟” ސާރާ ހައިރާންވެފައި ހުރެ ގޮވާލަމުން ޖަންނަތު ކައިރިއަށް އައެވެ. ޖަންނަތު ސިހިފައި އަވަސް އަވަހަށް ކަރުނަތައް ފޮހެލި އެވެ. “ޖަންނާ؟ ކިހިނެއްވީ؟ ކީއްވެތި ރޮނީ؟”
“ކަމެއްނުވޭ…” ޖަންނަތު އަވަސް އަވަހަށް ބުނެލި އެވެ. އަދި ގަދަކަމުން ހިނިތުންވެލި އެވެ.
“ދެން ކަމެއްނުވެޔޭ ބުންޏަސް ޤަބޫލުކުރަންވީތަ؟ ބުނެބަލަ ވީގޮތެއް.”
“އެއީދެން އެހާ ކަމެއް ނޫނޭ… މަންމަ މަތިން މާބޮޑަށް ހަދާންވީ… އާޔަތު، އާޒަތު މަތިން ހަދާންވެގެން ދެން ރޮވުނީ.” ޖަންނަތު އަވަހަށް ބުނެލި އެވެ. “ދޮންތައާ ވާހަކަދައްކާލާފަ އަންނަމުން އެންމެން މަތިން ހަދާންވީމަ އެހެން ރޮވުނީ.”
“އެހެންތަ.. މަންމަވެސް އެބަހުރި ކަންބޮޑުވެފަ ޖަންނަ ފާޑަކަށް އައިސް ކޮޓަރިއަށް ވަނީމަ. އަހަރުމެން ތިއްބާ ޖަންނަ ތިއުޅެނީ ލޯންލީ ވެގެން. ހިނގާބަލަ ޓީވީ ބަލައިލަން އެތާ މަޑުކޮށްލަން. އޭރުން މަންމަ ވެސް އުފާވާނެ.” ސާރާ ޖަންނަތުގެ އަތުގައި ހިފާލަމުން ބުންޏެވެ. ޖަންނަތު ވެސް ސާރާއާއި އެކު ބޭރު ފެންޑާއަށް ނުކުތެވެ. ސާރާ ޒައީމާ ގާތު ޖަންނަތު ބުނި ވާހަކަ ބުންޏެވެ.
“ޖަންނަ ދެރަވާނެތާ… އަހަރުމެން ވެސް ނުލާހިކު ދެރަވޭ ޒާހިރާއްތަ މަތިން ހަދާންވީމަ… މިއަދު ދުނިޔޭގަ ހުރިނަމަ ޒާހިރާއްތަ ނިކަން އުފާވާނެ… ޖަންނަ ކަހަލަ މުރާލި ހިތްވަރުގަދަ ދަރިއެއް ޒާހިރާއްތަގެ ހުރީތީ.” ޒައީމާ ޖަންނަތު ކައިރީ އިށީންނަމުން ޖަންނަތު ގައިގައި ފިރުމާލި އެވެ. ޖަންނަތުއަށް ރޮވެން ފެށި އެވެ. ޖަންނަތުގެ މަންމަ ހަދާންވީ އެވެ. އާޔަތުއާއި އާޒަތު މަތިން ވެސް ޖަންނަތު ހަދާން ވިއެވެ. އަބީއާއި ތަނާގެ އެހާ ގާތް ގުޅުމެއް އޮތްވާހަކަ ޖަންނަތު ގާތު ނުބުނީތީ ވެސް ޖަންނަތުގެ ހިތުގައި ޝަކުވާ އުފެދުނެވެ. ޒައީމާ ޖަންނަތުގެ ގައިގައި ބައްދާލި އެވެ. ޖަންނަތުއަށް ބާރަށް ރޮވެންފެށި އެވެ. ޒައީމާގެ ހެޔޮކަމުން ވެސް އިތުރަށް ޖަންނަތު ދެރަވި އެވެ. ޖަންނަތު ޒައީމާ ކޮނޑުގައި ބޯ އަޅާލި އެވެ.
“ތިގޮތައް ދޭތެރެއަކުން ރޯލީމަ ހުރިހާ ތަދުތަކާއި މާޔޫސްކަން ހިތުން ފިލާނެ… ތިހެން ރޯލުމަކީ ހަމަ އެންމެ ރަގަޅު ކަމެއް. ބޮޑަށް ރޯލާ.” ޒައީމާ ޖަންނަތުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ސާރާ ވެސް އައިސް ޖަންނަތު ކައިރީ އިށީދެލައިގެން އިނެވެ.
އިރުކޮޅެއް ފަހުން ޖަންނަތު ތެދުވެ ލޯފޮހެލި އެވެ. ޖަންނަތުގެ މޫނުމަތިވަނީ ދުޅަވެފަ އެވެ. އެވަރަށް ރުއިމުގެ ސަބަބުން ދެލޯ އެއްކޮން ވަނީ ރަތްވެފަ އެވެ.
“ޒައީމާއްތާ… އަހަރެން ނިދާލަން މިދަނީ.” ޖަންނަތުގެ ކުރެހިފައިވާ އަޑުން ބުނެލި އެވެ. އަދި ގޮނޑިން ތެދުވަމުން މޫނުގައި އަތްހާކާލި އެވެ.
“އާން… ދޭ އަވަހަށް. ވުޟޫކޮށްލައިގެން ދުޢާކޮށްލައިގެން ނިދާލާ… އިރާދަކުރެއްވިއްޔާ ޖަންނައަށް ހިތްހަމަ ޖެހުން ދެއްވާނެ.” ޒައީމާ ނިކަން ލޯބިން ޖަންނަތު ގާތު ބުނެލި އެވެ.
ޖަންނަތު ކޮޓަރިއަށް ވަންނަންދެން ސާރާއާއި ޒައީމާ ބަލަން ތިއްބެވެ. ދެމީހުން ވެސް ގޮނޑީގައި ހަމަޖެހިލި އެވެ.
“ކަމަކާ ވަރަށް ދެރަވެގެން ޖަންނަ އެއުޅެނީ.” ޒައީމާ ވިސްނަން އިނދެފައި ބުނެލި އެވެ.
“ޖަންނަ އެބުނީނު މަންމަމެން ހަދާންވާތީއޭ.” ސާރާ ބުންޏެވެ.
“އާން… އެހެން ބުނީ.. އެކަމަކު މަށަކަށް ހިޔެއްނުވޭ އެކަމާ ހެދި ޖަންނަ އެވަރަށް ރޯނެހެނެއް. މަށަށް ހީވަނީ އެހެން ކަމެއް ވެގެންހެން.” ޒައީމާ ވިސްނާލި އެވެ. “ނިކަން ދެރަވީމަ އޭނަ ރޯނީ.” ޒައީމާއާއި އެއްބަސް ވެލަމުން ސާރާ ވެސް ބޯޖަހާލި އެވެ.
އެވަގުތު ޒައިދާން އައިސް އެގެއަށް ވަނެވެ. ޒައިދާން އަތުގައި ހިފާލައިގެން ހުރި ޔަޒަން ފެނުމުން ޒައީމާ ހައިރާންވެގެން ތެދުވި އެވެ.
“އައްދެ ދަދަން؟”
“މީނަ އިރުއޮއްސުން އިރު ނިދާފަ ދެން ހޭލި ގޮތައް ނުނިދި… މިރޭ ނޭގެ އަވަހަށް ނިދާނެކަމެއްވެސް.” ޒައިދާން ކޮނޑުގައި އަޅުވައިގެން ހުރި ދަބަސް ސޯފާ މަތީ ބޭއްވި އެވެ.
“މިހާލަހުން ނިދާފަ ހެދުނާ ނުވެސް ހޭލާނެ… އެހެންވެ މިގެނައީ.” ޒައިދާން ބުންޏެވެ.
“ބޮޑެތި ކުދިން ދާ ދަތުރުގަ ބައްޕައަށް ނުދެވިދާނެތީ އެއުޅެނީ.” ޔަޒަން ބުނެލި އެވެ. ޒައީމާ ހިނިތުންވެލަމުން އައިސް ޔަޒަންގެ ބޮލުގައި ފިރުމާލި އެވެ.
“ޔަޒަން ދާނީ ކުޑަކުދިންދާ ދަތުރެއްގަ ދޯ… ބޮޑޫއްތަޔާ އެކީ.” ޒައީމާ ޔަޒަން އުރާލަމުން ބުނެލި އެވެ. ޔަޒަން ނިކަން ހިނިއައިސްފައި ބޯ ޖަހާލި އެވެ.
ހެދުނާ ހޭލައިގެން ޒައީމާ ރިހާކުރު ތެއްލަން އުޅޭތީ ޖަންނަތުވެސް ޒައީމާއަށް އެހީވެދޭން އުޅުނެވެ. އެއަށް ފަހު ޖަންނަތު މަސްހުނިކޮޅެއް ހަދާލަދިނީ ޔަޒަން އެގޭގައި ނިދާފައޮތް ވާހަކަ ބުނުމުންނެވެ.
“ޔަޒަންއަށް ނިކަން މީރުވާނެ. މިއަދު ފަސްވަރަކަށް ރޮށިވެސް ކާލަފާނެ.” ޒައީމާ ހެމުން ހެމުން ބުންޏެވެ. “ދެންދޭ އަވަހަށް ދަތުރަށް ރީތިވާން.” ޖަންނަތު ހުދު މަތީކޮޅަކާއި ހަރުވާޅެއް ލައިގެން ހުރިތަން ފެނިފައި ޒައީމާ ބުނެލި އެވެ.
“ޒައީމާއްތާ… އަހަރެން ދަތުރެއް ނުދަމޭ.”
“އެޔޯ؟ އަނެއްކާ ކިހިނެއްވީ؟”
“ދެން ދާހިތެއް ނެތް… އަނެއްކާ ޒައީމާއްތަ އެކަނި ޔަޒަން ގޮވައިގެން އުޅޭއިރު ކިހާ އުނދަގޫވެސް ވާނެ. އެހެންވެ ހިތައް އެރީ ހަމަ މަޑުކުރާނީޔޭ.”
“ނޫނޭ ޖަންނާ. ޒައީމާއްތައަށް އުނދަގުލެއް ނުވާނެ… މީ އަލަކަށް ކުރާކަމެއް ނޫންވިއްޔަ. އެކޮއެ ވާނެ ދަތުރު ދާން.. ހުސް ޒުވާން ކުދިން މިދަތުރު އެދަނީ. ކިހާ މަޖާ ވާނެ.
“ޒައީމާއްތާ… އަސްލުވެސް އަހަރެން ދާހިތް ނެތީޔޭ.” ޖަންނަތު އަނެއްކާ ވެސް ބުންޏެވެ. ޒައީމާ ޖަންނަތުއަށް ބަލައިލާފައި ބުމައަރުވާލަމުން ބޯހޫރާލި އެވެ. ކިތަންމެ ވަރަކަށް ބުންޏަސް ނުދާނެކަން ޒައީމާއަށް ވިސްނުނީ އެވެ.
މަގުމަތި ކުނިކަހަން ޖަންނަތު އޮއްވާ ސާރާއާއި މުޒައްފަރު ނިކުތީ ދަބަސް އަޅުވައިގެން ދަތުރުދާށެވެ.
“އޭ، ޖަންނަ ނުދަންތަ؟” ސާރާ ހައިރާން ވެފައި އަހާލި އެވެ.
“އާން… އަހަރެން ނުދަން… ޒައީމާއްތަ އެކަނި އުޅޭ އިރު އަހަރެން ދެން މިދަތުރު މަޑުކޮށްލާނީ ގޭގަ.” ޖަންނަތު އިލޮށިފަތި ރަގަޅު ކޮށްލަމުން ބުންޏެވެ.
“ޖަންނާ… މަންމައަށް އޯކޭ ވާނޭ… ހިގާބަލަ ދެން ދާން.” ސާރާ ބުންޏެވެ. “މިދަތުރު އެހާ ގިނަ މީހުނެއްވެސް ނުދޭ… ކިހާ މަޖާވެސް ވާނެ. އަހަރުމެންއެކަނި މިދަނީވެސް.”
“އަޅެ ސާރާމެން ދެން ދޭބަލަ. އަހަރެން ހަމަ ދާހިތްވެސް ނެތީޔޭ.” ޖަންނަތު ބުނެލި އެވެ. ސާރާ ޖަންނަތުއަށް ބަލައިލާފައި މޫނަށް ފޫހިގޮތެއް ހަދާލަމުން މުޒައްފަރުއާއި އެކު ހިގައި ގަތެވެ. އެމީހުން ދާތަން ބަލަން ހުރެލާފައި ޖަންނަތު އަނެއްކާވެސް ކުނި ކަހަން ފެށި އެވެ.
“ކޮބާ ސާރާމެން؟” ދުވެފައި ކަހަލަ ގޮތަކަށް ޒައީމާ ދޮރުމައްޗަށް ނިކުމެ އަހާލި އެވެ.
“އެ ދިޔައީ. ކިހިނެއްވީ؟”
“މި ބަހައްޓާފަ އެދިޔައީ.” ޒައީމާ ރިހާކުރު ފުޅި ޖަންނަތުއަށް ދައްކާލި އެވެ. “އެވަރުން ތެލުލީމަ.” ޒައީމާ އިތުރަށް ބުނެލި އެވެ.
“މިހާރު ނޭގެ ނައްޓާ ނުލާ ކަމެއްވެސް.” ޖަންނަތު ބުނެލި އެވެ.
“އަޅެ ދޭބަލަ މި ހިފައިގެން އަތިރިއަށް. ނައްޓާލައިފިއްޔާ އާދޭ ތި ހިފައިގެން.” ޒައީމާ ޖަންނަތު އަތައް ރިހާކުރު ފުޅި ދިނެވެ. ޖަންނަތު ޒައީމާއަތައް އިލޮށިފަތި ދީފައި ދުވަމުން ކަހަލަ ގޮތަކަށް އަތިރިއަށް ނުކުތެވެ. އޭރު ލޯންޗަށް އެއްބަޔަކު އަރާ ތިބި އިރު ދެމީހަކު ނައިސްގެން ސާރާއާއި މުޒައްފަރު އެތާ ހުރި ކާނިގަސް ދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ.
“ތޭންކް ގޯޑް.” ޖަންނަތު އައިސް އެމީހުން ކައިރިއަށް ހުއްޓެމުން ބުނެލި އެވެ. “މިނުލާނު ތިއައީ… އަހަރެން ހީކުރީ ފުރާފާނެކަމަށް.”
“އޭ… މަގޭ ރިހާކުރުކޮޅު… ނަސީބެއްނުދޯ.”
“ހެހެހެ. އާން.” ޖަންނަތު ހިނިގަނޑެއް ޖަހާލަމުން ރިހާކުރުފުޅި ސާރާއަތައް ދިނެވެ. އަދި އައި ކޮޅަށް ހިގައި ގަތެވެ. އެވަގުތު އެތާހުރިގޭ ޖޯލިފަތީ އިން ހަދީޖާ ގޮވާލުމުން ޖަންނަތު ހުއްޓުނެވެ. ހަދީޖާ ޖަންނަތުއާއި ވާހަކަ ދައްކަން ފެށި އެވެ. ޖަންނަތު އެތާ ވާހަކަ ދައްކާލަން މަޑުކޮށްލައިގެން ހުރީ އެވެ.
މީހުން ހަމަވެގެން ސާރާމެނަށް ގޮވަން ފެށުމުން ސާރާމެން އެދިމާލަށް ހިނގައި ގަތެވެ. ދަމުން ޖަންނަތުއަށް ހަނާއަޅާލި އެވެ.
އަބްޔާން އައިސް ލޯންޗަށް އަރާ ދިމަދިމާ ހޯދާލީ އެންމެ ކުރިންވެސް ޖަންނަތު ފެނޭތޯ އެވެ. ލޯންޗުގައި ޖަންނަތު ނެތުމުން އަބްޔާން ލޯންޗުން ފޭބުމަށް ދާން ފެށި އެވެ. އެވަގުތު ސާރާއާއި މުޒައްފަރު އައިސް ލޯންޗަށް އެރި އެވެ.
“ސާރާ، ކޮބާ ޖަންނަ؟” އަބްޔާން ސާރާ ގާތު އަހާލި އެވެ.
“ޖަންނަ ނާދޭނު… ބުނީ ނުދާނަމޭ.” ސާރާ ބުނެލި އެވެ.
“ވަޓް؟” ހައިރާން ވެފައި އަބްޔާންއަށް އަހަލެވުނެވެ.
“ކީއްވެ ޖަންނަ ނުދަނީ؟” އޭރު ވަލުގައި ހިފަހައްޓައިގެން ހުރި އަހްޔާން ވެސް އަހާލި އެވެ.
“ނޭގެ… އޭނަ ބުނީ މަންމަ އެކަނިވާނެތީ މަޑުކުރާނީޔޯ.” ސާރާ ބުންޏެވެ.
“ކޮންމެސް އެހެން ކަމެއްވެގެން ތި ނުދާން ހިފާލާނީ.” އެތާހުރި ޒައިދާން ބުނެލި އެވެ. އެވަގުތު އަބްޔާން ލޯންޗުން ފޭބި އެވެ.
“އަބީ! ކޮންތާކަށް؟ މިހާރުވެސް މާބޮޑަށް ލަސްވެއްޖެ.” އަބްޔާން ފޭބިތަން ފެނުމުން މޫސަ ގޮވާލި އެވެ.
“އެބައަންނަން.”
“އަބީ! ޖަންނަ އެބަހުރި ތިތާ ހަދީޖާއްތައާ ވާހަކަ ދައްކަން.” ސާރާ ބުނެލި އެވެ.
“އަހަރެން އަންނަން ވާއިރަށް ވާ ނަގައިގެން ތިބޭތި. މޫސާ… އަހަރެން އައިސް އަރާއިރަށް ނައްޓާލައްޗޭ.” އަބްޔާން އެހެން ބުނެފައި ދުއްވައިގަތެވެ.
ކާނިގަހާއި ނިވާވެފައި ހުރުމުން ޖަންނަތު ހުރިތަނުން އަބްޔާން އެދިމާލަށް ދުވެފައި އައި ތަނެއް ނުފެނެ އެވެ. އަބްޔާން އައި ގޮތަށް އައިސް ޖަންނަތު އުރާލައިގެން ދުއްވައި ގަތެވެ.
“އަބީ!” ލިބުނު ސިހުމާއި އެކު ޖަންނަތުއަށް ހަޅޭއްލަވައި ގަނެވުނެވެ. އެތާއިން ހަދީޖާވެސް އިނީ އެންމެ ކުރިން ހައިރާން ވެފަ އެވެ. ނަމަވެސް ފަހުން އިނީ ހިނިއައިސްފަ އެވެ. “އަބީ! އަހަރެންނަކަށް ނުދެވޭނެޔޭ! އަހަރެން ބަހައްޓަބަލަ… އަބީ!” ޖަންނަތު ގޮވަމުން ދިޔަ އެވެ. ނަމަވެސް އަބްޔާން ޖަންނަތު ކިޔާއެއްޗަކަށް ނުބަލަ އެވެ. ދުވެފައި އެދިޔަ ބާރުމިނުގައި ގޮސް ލޯންޗަށް އެރުމާއި އެކު ލޯންޗު ނައްޓާލި އެވެ. އަބްޔާން މަޑުމަޑުން ޖަންނަތު ބިންމަތީ ބަހައްޓާލިއެވެ. އަދި ހިނިތުން ވެލަމުން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު އަބްޔާންއަށް ބަލަން ހުރީ ރުޅިއައިސްފަ އެވެ.
ލޯންޗުތެރޭ އެހެން މީހުން އަތްޖަހާފައި އަބްޔާންއަށް ތަޢުރީފު ކުރަމުން ދިޔައެވެ. ސާރާ ވެސް އަވަހަށް ޒައީމާއަށް ގުޅާލާފައި ޖަންނަތުވެސް ދަތުރު ދާކަމުގައި ބުނެލި އެވެ. އަބްޔާން ޖަންނަތު އަތުގައި ހިފައިގެން ފަހަތުގައި ހުސްކޮން ހުރި ސީޓާ ދިމާލަށް ހިގައި ގަތެވެ. އެވަގުތު އަބްޔާންގެ އަނެއް އަތުގައި މީހަކު ހިފުމުން ބަލައިލި އިރު އާލިޔާ ކައިރީ އިށީދެގެން އިންތަނާ ހެވިފައި އިނެވެ.
“އާދޭ އަބީ!… މިތާ ތަނާ ކައިރިއަށް އާދޭ.” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. އަބްޔާން ހުރީ ޖަންނަތުގެ އަތުގައި ހިފައިގެނެވެ. އަބްޔާން ތަނާއަށް ބަލައިލި އެވެ. ތަނާ އިނީ އަބްޔާންގެ އަނެއް އަތުގައި ހިފަހައްޓައިގެނެވެ. ޖަންނަތުވެސް އަބްޔާންއަށް ބަލަން ހުއްޓެވެ. އެވަގުތުކޮޅު ހީވަނީ އަބްޔާންއަށް ގޮތެއް ނުނިންމިފައި ހުރިހެނެވެ. ކުޑަ ހިނދުކޮޅެއް ތެރޭ އަބްޔާން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ. ޖަންނަތުގެ ހިތަށް އެވަގުތު ހީވީ ތޫނު ތަދެއް ވީހެނެވެ. އަބްޔާން ތަނާގެ އަތުގައި އަނެއް އަތުންވެސް ހިފެހެއްޓި އެވެ. ޖަންނަތުގެ ލޯ ފެންކަޅިވި ވަގުތު ތަނާއަށް ހިނިތުން ވެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



So sad.please next part avaha.ahnna ves rovijje. V.dheraveje. abi kihineba hadhaany. DAT ediotic thana kairy tha ishynaany
Yess…
I think that abi thanaa ge ai nattaalaafa dhaaany kanneynge janna govaign
i dont think he will sit thanaa kairy becase already the plan was made
Ane part
Thnkolheh lahy story up vaaaleh..thankolheh avahah genesla dhyba…mihaaru vrh kiyaa hih vaaa hisaabegga ey miulheny mi vaaahaka.
Avahah up kobba
Thankolheh lahy up vaaleh! V reethi story
Mi bai ehn site akun kiyaifin iyye…next part avahah up kohdhyba aaaaaaasiiiiii…kurin enme avahah story up kohdhey writer aaasiii thyy…ekam mihaaru haadha lahey …avahah up kohdheyne kamuge ummmeedhu ga mihury…mi part varh habeys…hama obiness to the maxxxxxx
V v v reeethi?????????????❤❤?
aasi, I need to contact you regarding something.. can u call or msg me on 7997991. thanks -admin-
Kbaaaa tha vaahaka. Alhey kiyaahithun nuves nidhey. Aasi avas kohbala.:'(
Haadha lahey
Haadha lahey
Kbr nxt part
Waitit waitin
Avas waiting for the next part
Mi vaahaka ves huhtuneetha
Story varah reethi… Avahah next part upkohdhybala….