Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކުއްޅަވަށްފާ 4ވަނަ ބައި

leem Level 110 Stories100 Comments
June 2, 2016 5 Mins Read
25 Comments

“ދެން މި ފަށުގަ ނުހިފަންތަ ތިހުންނަނީ؟ އަހަރެން އަވަސްއަވަހަށް ފަށުގައި ހިފީމިެވެ. ރަޝާ އަހަންނަށް އެނގޭ ރަޝާ ތިހުންނަނީ އަހަންނަށް އެވާހަކަތައް އަޑުއިވުނީމަ ކަންތައް ބޮޑުވެފަކަން. އެކަމް އަހަރެން ބުނަންއޮތީ އަހަރެންނަށް އިތުބާރު ކުރާށޭ. އިރާދަކުރެއްވިއްޔާ ރަޝާއަށް ދެރަވާގޮތަކަށް އަހަރެން ކަމެއް ނުކުރާނަން..” ނާދްގެ ވާހަކައިން އަހަރެންގެ ހިތަށް ބުނަންނޭންގޭ ކަހަލައިގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައި ނާދް އަހަރެމެންނަށް އޭނައާއި ބެހޭގޮތުން ބައެއް ކަންކަން އޮޅުން ފިލުވައިދިނެވެ. ނާދް އަކީ މާލޭގައި އަމިއްލަ ބިޒްނަސްއެއް ހިންގާމީހެކެވެ.ނާދް އަހަރެމެންގެ ރަށަށްއައީ ބޮޑުއީދުތެރޭގައި ރަށުގައި ބާއްވާ ފުޓްސަލް މުބާރާތުގައި މިރަށު ޓީމަކަށް ކުޅެދޭށެވެ.ބިޒްނަސްގެ ކަންތައްތައް އެއްބަނޑުއެއްބަފާ ކޮއްކޮ އާއި ހަވާލު ކުރުމަށްފަހު ނާދް އެއައީ ރާއްޖެތެރޭގެ ހިތްގައިމު މާހައުލުގައި ދުވަސްކޮޅެއް ހޭދެ ކޮއްލުމަށްޓަކައާއިވެސް އެކުގައެވެ.

އެހެންވީމަ ދެން ހިނގާބަލަ ހާދީބެއަށް ގުޅަން.އެއީ ނާދްމެން ރަށުމީހެއް. އަވަށްޓެރިއެއް. އަސްލުއެއީ ވަރަށް މޮޅުމީހެއް.ނާދް ދަންނަ އެކަހަލަ ފަންޑިތަ ޒާތުގެ ކަންކަން ކުރާމީހުންތެރެއިން މޮޅުމީހެއް ހާދީބެ އަކީ.. އަން މީނީ ހާދީބެ ނަމްބަރު.. ގުޅާބަލަ.. ނާދް ހުރީ އަހަރެންނަށް އެހީތެރިވާން ވަރަށް ބޭނުންވެފައިކަން އޭނާގެ ވާހަކައިންވެސް އެނގުނެވެ.އަހަރެން ފޯނުނަގާ އެ ނަމްބަރަށް ޑަޔަލް ކޮއްލީމެވެ. ދެތިންފަހަރަކު ރިންގުވިތަނާ ފޯނުނަގައިފިއެވެ.     އައްސަލާމްއަލައިކުމް.. އެކޮޅުން އިވުނީ ބަރު ފިރެހެން އަޑެކެވެ.އަހަރެން ފިނިވާގޮތްވެ ވާހަކަ ދައްކަން އުނދަގޫވެ މަޑު ތުރުތުރެއްލާން ފެށިއެވެ.ނަމަވެސް ހިތްވަރުކޮއްލާފައި ވާހަކަދައްކަންފެށީމެވެ. ވައަލައިކުމުއްސަލާމް.. މި އަބޫބަކުރު ހާދީ އާއި ބައްދަލުކޮއްލަން މިގުޅާލީ… އަހަރެން ބުނީމެވެ.. އާދެ.ކޮންކަމަކުތޯ އަޅުގަނޑު؟ އެކޮޅުން ބުންޏެވެ..މިއީ ވަރަށް ބޮޑުކަމެއް ދިމާވެގެން އަޅުގަނޑު މިއުޅެނީ..ދެން އަޅުގަނޑު މާމަ ބުނުއްވީ ބޭބެ އާއި ބައްދަލުކުރަން..ދެން ރައްޓެއްސެއްގެ އެހީގައި ބޭބެ ނަމްބަރު ހޯދައިގެން މިގުޅީ….އަނެއްކާވެސް އަހަރެން ބުނީމެވެ.. އެހެންތަ؟އެކޮއި ކޮންރަށެއްތަ؟އެބޭބެ އަހާލިއެވެ..އަޅުގަނޑު ކ.ކާށިދޫ.. އަނގައިގަ ބަސްއޮއްވަ އެކޮޅުން ސުވާލުކުރީ ހާސްވެފައި ހުރެއެވެ…. ކީކޭ ކާށިދޫއޭ. އެކޮއި މާމައަށް ކިޔާނަންބުނެބަލަ.. އޭރު އެ އަޑުގައި ހައިރާންކަމެއް ހުއްޓެވެ.. ހައްވާ އިބްރާހީމް. މީހުން ކިޔާއުޅެނީ ހައްވައްތަ… އަހަރެން އަވަސްގޮތަކަށް ބުނެލީމެވެ… ކޮއެފުޅާ. އަވަހަށް ކިޔައިދީ ތިވެގެން އުޅޭގޮތެއް.ބޭބެގެ ހިތްދޮގެއްނުހަދާނެ. ތިއީ ހައްވައްތަގެ ދަރި އަލީގެ ދަރިއެއްދޯ؟އަލީ ގެއްލުނީ އެކޮއި ވަރަށް ކުޑައިރުދޯ..ހައްވައްތަ ވަރަށް ހެޔޮވާނެ މަގޭ އާއިލާއަށް.އަލީ ގެއްލުނުއިރު ބޭބެ ހުރީ ތިރަށުގަ.އެކަމަކު ބޭބެގެ ބައެއް ފޮތްތައްނެތުމާއި ބޭބެ މި މަސައްކަތް ފެށިތާ ކުރީކޮޅުކަމުން އެކަމުގައި ބޭބެއަށް ކުރި ނުލިބުނީ.. އޭނާ ވާހަކަދެއްކީ ވަރަށްވެސް ގާތްމީހެއްފަދައިންނެވެ.. ބޭބެ ތިބުނީ ކޮންކަމަކުން ކުރި ނުލިބުން ވާހަކަތަ؟ އަހަރެން ހިތުގައި އުފެދުނު ސުވާލު ކޮއްލީމެވެ. އެހަށް އެވާހަކަ ބާއްވާފަ އެކޮއި ދައްކަންއުޅޭ ވާހަކަ ދައްކަމާ ހިނގާދޯ.. އެ ބޭބެ ބުންޏެވެ.އަރަރެން ކަންތައްތައްވީގޮތް ކިޔައި ދިނީމެވެ.އަހަރެން ވާހަކަތައް ކިޔައިދެމުން ދިޔައިރުގަ އެކޮޅުން އެއްވެސް ސުވާލެއް ނުކުރެއެވެ.ވާހަކަތައް ކިޔައިދީ ނިމުމުން ވަރަށް ފުންނޭވާއެއްލާފައި އެބޭބެ ވާހަކަ ދައްކަން ފެށިއިެވެ… އެކޮއި މާބޮޑަށް ހާސްނުވައްޗޭ.ބޭބެ ތިކޮޅަށް ގޮސްގެން ތިކަންތައްތައް ހަމައަކަށް އެޅުވޭނީ. އޭތި އެކިގޮތްގޮތުން އެކޮޔާ ދިމާކުރާނެ. ބިރުނުގަންނާތި. ގާތްމީހެއްގެ ސިފައިގަވެސް އައިސްފާނެ.އެކި ގޮތްގޮތުން މިކަން ހުއްޓާލަންވެސް ބާރުއަޅާނެ. ހޭވެރިވެ ހްންނާތި.އޭތީގެ ކަމެއްކަން އެނގޭ ހިސާބުން ބޭބެ މިބުނާ އާޔަތްތައް ކިޔާފައި ވާތްފަރާތަށް ފުމެލާ.. އޭރުން ވަގުތުން ދުރަށްދާނެ. އެހެންވީމަ އެންމެއަވަހަށް މާލެޭކޮޅަށް ފުރާ ބޯއްޓަކުން ބޭބެ ދާނަން ތިކޮޅަށް.. ބޭބެ އިރުޝާދު ދީފައި އޮތްގޮތަށް ކަންތައްތައް ކުރާތި. މާމައަށް ވަރަށް ސަލާމްބުނާތި. ބޭބެ ދެން މިވަގުތު މިދަނީ އަސުރުވާންވާއިރަށް ފެންވަރާ ތައްޔާރުވާން.. އެކޮޅުން ބުންޏެވެ. އާދެ. އިެންމެ ރަނގަޅު. އަޅުގަނޑު އަދި ގުޅާނަން ބޭބެއަށް.. އެހެންބުނެ އަހަރެން ފޯނު ކަނޑާލީމެވެ.. އޭރު ނާދް އާއި އިޝާ ތިބީ އަހަރެންނާއި އެބޭބެ ދެއްކިވާހަކަތައް އޮޅުންފިލުވަން ކެތްމަދުވެފައެވިެ. އަހަރެން ވާހަކަތައް ކިޔައިދިނީމެވެ… އިރުކޮޅަކު ވިސްނަންއިނދެފައި ނާދް ވާހަކަ ދެއްކިއެވެ. ރަޝާ ބައްޕަ ގެއްލުނީ ކީއްވެބާ؟ ގައިމުވެސް ހާދީބެއަށް އެނގޭނެ.މަންމައަށްވެސް އެނގޭނެއެއްނު. މަންމަ ނުކިޔާދޭތަ؟ރަޝާ މާމައަށް މާބޮޑަށްވެސް  ކަންތައްތައް ވީގޮތްއެނގޭނެހެން ހީވަނީ. އެކަމް މާމައަށް ކިޔައިނުދެވޭނެއެއްނު ދޯ ވާހަކަ ނުދެއްކެންޏާ.. އަހަރެންވެސް އިޝާވެސް އެކަމާއި އެއްބަސްވެލާ ބޯޖަހާލީމެވެ.

އޭތް އިޝާ… މިހާރު އެއޮއް ދެގަޑި ބައިވަނީ.. ދެން ހިނގާ ގެއަށްގޮސް ބޯއްޓުދޮށަށްދާން ރެޑީވާން.. ނާދް ކޮންއިރަކުން ގެއަށް ދަނީ؟ އަހަރެން އިސްވެ ނާދްއާއި ވާހަކަ ދެއްކީމެވެ… ދެން ދާންވީ. އެކަނި މިތާ ހުންނަނީ ކީއްކުރަންތަ.. ހިނގާދަމާ.ތިކުދިންގެ ގެއާއި ކައިރީ ހުރި ގެއެއްގައެއްނު މިއުޅެނީ އަހަރެންވެސް… ނާދް ބުނެލިއެވެ. އަހަރެން އުޅޭގެ ހުންނާނީ ތަންކޮޅެއް ދުރުގަ. މި އިޝާމެން ގެއާއި ކައިރިވާނެ ތިއުޅޭގެ.. އަހަރެން ބުނީމެވެ. އޯކޭ.. އެހެންވީމަ ވާނުވާ އަންގައްޗޭ މަށަށްވެސް.. ގުޅާލިޔަސް އޯކޭ. މިއޮތީ އަހަރެންގެ ނަމްބަރ.. ނާދް ވޮލެޓުން ކުޑަ ކާޑެއްނަގާ އަހަރެންނަށް ދިއްކޮއްލިއެވެ. އަހަރެން އެ ހިފައިގެން އަވަހަށް ގެއަށް އައީ އެވާހަކަތައް މާމައަށް ކިޔައި ދޭށެވެ.. ހާދީބެ އައުމުގެ ކުރިންވެސް މާމަގެ ފަރާތުން އިތުރު އެއްޗެއް އޮޅުން ފިލާތޯއެވެ..

އަހަރެން ގެއަށް އައިސް ވަންއިރު، ބޭރުގައި ހުރި ޖަނބުރޯލިގަސް ދަށުގައި މާމަ އިނެވެ. މާމަގެ މޫނުގައިވާ އަސަރެއް ދެނެގަންނާކަށް އަހަރެންނަކަށް ނޭންގުނެވެ. އަހަރެނަް މާމަ ކައިރިއަށް ހުޓިލީމެވެ. އަދި މާމަ ގޮވައިގެން ޖޯލިފަތި ކައިރިއަށްގޮސް ޖޯލީގައި އިށީންނީމެވެ..  މާމާ.. އަހަރެން މިއަދު ހާދީބެއަށް ގުޅައިފިން. އަސްލު އެރަށު ކުއްޖަކާއި ދިމާވީ މިއަދު މިރަށުން. އެހެންވެ އެހާ ފަސޭހައިން ނަމްބަރ ލިބުނީވެސް.. ހާާދީބެ ވަރަށް ރަނގަޅަށް މި އާއިލާ ދަނޭދޯ. މާމަގެ ރައްޓެއްސެއްތަ އެއީ… މާމަ ހީލަމުން ބޯޖަހާލިއެވެ..ހާދީބެ ބުނި ކޮންމެވެސްކަމަކުން ބައްޕަ ސަލާމަތް ނުކުރެވުނިއްޔޭ.ވަކިކަމެއް ނުބުނި.އެކޮންކަމެއްތަ މާމާ؟އަހަރެން ކުޑަކުއްޖެއްފަދައިން އަހާލީމެވެ. މާމަގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާންހުއްޓިެވެ. ވާހަކަ ދައްކަން މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް އަެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އަހަރެންގެ ނުވިސްނޭކަމެވެ.ވާހަކަ ނުދެއްކޭ މީހަކު އެހާބައިވަރު ވާހަކަތަކެއް ހަރަކާތުންވެސް ކިޔާދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެން މާމަ ގާތުން މައާފަށް އެދުމަށްފަހު ގެއަށްވަނުމަށްޓައި ހިނގައިގަތީމެވެ..        ހަވީރުގެ ހިތްގައިމު ވަގުތެވެ. ބަނދަރުމަތިވަނީ މީހުނައިގެން ތޮއްޖެހިފައެވެ. މާލެއިން އައި ބޯޓުން ވަރަށްގިނަ މީހުންއައެވެ.ރަށުމީހުންގެ އިތުރުންވެސް ނުދަންނަ މީހުންވެސް އެހާބައިވަރު ތިއްބެވެ.އަހަނެންނާއި އިޝާވެސް ބޯޓުން ކައިރީ ތިބީ އެކުވެރިންގެ އިންތިޒާރުގައެވެ,.  “އޭތް.ރަޝާ އެއޮޔޮއް އަންނަނީ ފާތުން.. ކުލަފުޅި ރެޑީތަ؟ އިޝާ މަޑުމަޑުން އަހަރެން ކައިރީ އެހެންބުނުމުން އަހަރެން އެ ކުލަފުޅި ހިފައިގެން ފާތުންނާއި ދިމާއަށް ހިނގައިގަތީމެވެ.ނަމަވެސް ފާތުންނާއި ވަރަށް ކައިރިއަށް ދިޔަފަހުން ފާތުންނަށް އަހަރެން ފެނިއްޖެއިެވެ. އަހަރެން ދެއަތް ފުރަގަހަށް ލައިގެން ހުރުމުން އަހަރެން ސަހަލުކަމެއް ނުކުރާނެކަން ފާތުންނަށް ވިސްނި، އަހަރެންނާއި ދުރަށް ދުއްވައިގެންފިއެވެ.އަހެރެންވެސް ދެރަނުވާންވެގެން ފާތުން ފަހަތުން ދުއްވައިގަތީމެވެ.މީހުން ގިނަކަމުން މީހުންގައިން ރެކެމުންދަނިކޮށް ގައު ކޮޅަކަށް އެރިފައި އަރިއަޅާލައިފިއެވެ.އެވަގުތު ނުވެއްޓުނީ އެންމެގާތުގައި ހުރިމީހާގެ ގައިގައި ހިފެހެއްޓުނު ކަމުންނެވެ. އޫޕްސް.. ސޮރީ.. އަހަރެންނަށް އެހެންބުނެވުނީ އަތުގައި އޮތް ކުލަފުޅި އެމީހާގަޔަށް ބަންޑުންމުވުންނެވެ.ދުރުގައި ހުއްޓިހުރެ ފާތުން ހޭންފެއްޓިއެވެ.އިޝާވެސް އަނގަމަތީ އަތްއަޅާގެން ހޭންހުއްޓެވެ.އޭރު ނާދް ހުރީ ހިނިއައިސްފައި އަހަންނާއި ދިމާއަށް ބަލާށެވެ.”މިރަށުގަ މިހާމީހުން ގިނައިރުގަވެސް ރަޝާ އެކްސިޑެންޓުވާން ހުރީ ހަމައެކަނި އަހަރެންތަ؟ނޫނީ ދުވާލަކު ތިކަހަލަ ކިތައް ހާދިސާ ހިނގާތަ.އެދުވަހު ފަށެއް ދިނީ، މިޔަދު ކުލަފުޅިއެއް.އެހެންވީމަ މީއްޗިހި ދޮންނަން ގެންދާނަން”.. ނާދް ހުރީ ވަރަށް މަޖާވެފައެވެ.އަހަރެން ގަތްލަދުން ގެއާއި ދިމާއަށް ދުއްވައިގަތީމެވެ.އޭރުވެސް ބައެއްމީހުން އަހަރެންނާއި ދިމާއަށް ބަލަންތިއްބެވެ. 

ދަރިފުޅާ..ކިހިނެއްވީތަ ދުވެފައި ތި އައީ؟ އަނެއްކާ ބޮޑުކަމެއް ދިމާވީތަ.ތިހިރަ މާނޭވާ ލެވެނީވިއްޔަ. އަހަރެން ގެއަށް ވަންނަނިކޮށް މަންމަ ބުންޏެވެ. މީ މަންމާ. މިއައީ ބޯޓު ލެފިތަނަށް ގޮސްފަ.. އެހެންބުނުމަށްފަހު އަވަހަށް އަހަރެން ކޮޓަރިއަށް ވަނީމެވެ. އަހަރެންނަށް މިވަނީ ކީއްހެއްޔެވެ؟މިއަދު ދިމާވި މީހަކާއި ދޭތެރޭ ވިސްނެންވީ ކީއްވެހެއްޔެވެ؟އެހާބޮޑަށް އިތުބާރުވެސް ކުރެވިއްޖެއެވެ. އަހަރެންނަށް ހިތާއި ދިމާ މޭގައި އަތް ޖައްސާލެވުނެވެ.އެވަގުތު ހިތަށްއެރި އެއްޗަކުން މޫނުގައި އަތް އެޅިއްޖެއެވެ..އަހަންނަށް ނާލް ވަރަށް ކަމުދެއެވެ.އެކަމަކު ނާދް ދެކެނީ ކިހިނެއްބާއެވެ.؟

ފޯނު ރިންގްވާންފެށި އަޑަށް އަހަރެބްގެ ހިޔާލީ ދުނިޔެއިން ހަމަބިމަށް އާދެވިއްޖެއިެވެ.ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ.އަނެއްކާ ނާދް އަހަރެންގެ ނަމްބަރު ހޯދައިގެން ގުޅަނީބާއެވެ؟ އެހެންވާންވީ ކީއްވެހެއްޔެވެ؟ނާދް އަހަރެންނާއި މެދު ދެކެނީ ރައްޓެއްސެއް ގޮތަށެވެ.މޮޔަވެގެން މިއުޅެނީ އަހަންނެވެ..ކޮންމެމީހަކަސް ހެވެވެ.އަހަރެން އަވަސްއަވަހަށް ފޯނުނެގީމެވެ.. ވަރަށް އުފަލުންދޯ ތިހުރީ ފިރެހެނެއް ގަޔަށް ކުލަޖަހާފަ އޭނަގައިގަ ތަތްވެގަނެގެން ހުރެވުނީމަ.ހީނުކުރައްޗޭ އެހެން މީހަކާ ގުޅެވިދާނެކަމަށް..ނުވާނެ އެކަމެއް. ތިއީ މަގޭ ހައްގެއް.. ފޯނުނެގުމާއި އެކު އިވުނީ ނުވެސް ދަންނަ މީހެއްގެ އިންޒާރުގެ ބަސްތަކެކެވެ.. ކާކު؟ އަހަރެން އަހާލީމެވެ. ނަމަވެސް ޖަވާބެއްނައެވެ. ފޯނު ކަނޑާލީއެވެ. އަހަރެން ކުޑަކޮށް ހާސްވިނަމަވެސް އަޅައެއް ނުލަމެވެ.އަހަރެން ކޮންމެމީހަކާއި ވާހަކަދެއްކިޔަސް އެމީހަކަށް ކޮންބެހޭކަމެއް ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުން ދެއެވެ. އެދުވަހުގެ ފަހުން ތިންދުވަސްވީއެވެ.ނާދްއެއް ނުފެނެއެވެ.. ފާތުންމެންނާއި އެއްކޮއް އުޅެންޖެހުމުން ނާދް އުޅޭ ގޭދޮށަށްވެސް ދާނެ ވަގުތެއް ނުލިބުނެވެ.އަދި ހާދީބެއަށްވެސް ގުޅާނުލެވި މިއުޅެނީ އޭތީގެ އިތުރު އުނދަގުލެއްވެސް ނުވާތީއެވެ.. ނަމަވިސް މިރޭ ވަގުތެއް ހޯދައިގެން ނާދްއަށް ގުޅަން ނިންމީމެވެ.ލަދަކާއިހުރެ ތަދެއް ނުފިލާނެކަން އެނގޭތީއެވެ.އޭގެކުރިން ހާދީބެއަށްވެސް ގުޅަން އެބަޖެހެއެވެ.

އެރޭ ހާދީބެއަށް ގުޅީމެވެ.މާދަންނޫން އަނެއްދުވަހު މިރަށަށް އަންނާނެވާހަކަވެސް ބުންޏެވެ.ހުކުރުވިލޭރޭ ކޮންމެހެންވެސް މަސައްކަތް ފަށަންޖެހޭނެ ކަމަށާއި އެހެންނޫނީ އަނެއްކާވެސް އޭތި އަހަރެންނާއި ދިމާކޮށްފާނެކަމަށްވެސް ބުންޏެވެ.އަދި މިރަށަށް އައުމަށްފަހު ހުރިހާކަމެއްވެސް ކުރަންވާގޮތް ކިޔައިދޭނެ ވާހަކަ ބުންޏެވެ.. އަހަރެން ފޯނު ބޭއްވުމަށްފަހު ވަރަށް ވިސްނީމެވެ.ސުވާލުތައް ފުނިޖެހުން ނޫންކަމެއް ނުވިއެވެ.. އެންމެފަހުން ހިތްހަމަޖައްސާލުމަށްޓަކައި ފޯނު ހިފައިގެން ނިކުތީ ޖޯލިފައްޗަށެވެ. އަދި ނާދްގެ ނަމްބަރު ފޯނުން ހޯދުމަށްފަހު ގުޅާލީމެވެ… ރިންގް ވެއެވެ.އެކަމަކު ނުނަގައެވެ.ދެވަނަ ފަހަރަށްވެސް ގުޅާލީމެވެ.ދެތިންފަހަރަކު ރިންގްވިފަހުން ފޯން ނަގައިފިއެވެ..

ހަެލޯ.. ނާދް.. ކިހިނެއްތަ؟ ނުވެސްފެނޭ މި ދެތިން ދުވަހު.. އެކޮޅުން އެއްވެސް ޖަވާބެއް ދިނުމުގެ ކުރިން އަހަރެން ވާހަކަ ދެއްކީމެވެ. އެއަޑު އަހާލާ ހިތުން ކެތްމަދުވެފައި ވާވަރުންނެވެ… ނާދް.. ހެލޯ..ކީއްވެ ވާހަކަ ނުދައްކަނީ؟ އަނެއްކާވެސް އަހަރެން ވާހަކަ ދައްކަންފެށީމެވެ..  “ކަލޭގެ ނާދްއެއް ދެން ކަލެއަކަށް ނުފެންނާނެ.. ދުވަހަކުވެސް ނުފެންނާނެ..ހަހަހަހާ.ހަހަހަހާ.. އެކޮޅުން އެ އިވުނުއަޑުން އަހަރެން ސިހިގެން ދިޔައެވެ.. އެއީހަމަ އެއަޑެވެ.. އެ ހުނުމުންވެސް އޭނާގެ ނުރައްކާތެރިކަން އަހަންނަށް އިހުސާސް ކުރެވެއްޖެއެވެ.. އިންތަނުން ފުންމައިގެން ތެދުވެވުނެވެ.އަހަރެންނަށް، އަހަރެން އެންމެ ހިތްއެދޭ ފަރާތްގެއްލެނީބާއެވެ؟ ހަމަހިލާ އެހެންވިޔަކަ ނުދޭނަމެވެ… ނަމަވެސް ކިތަންމެ ދެރަވެ ހާސްވިޔަސް އެވަގުތު އަހަރެންނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަފަދައެވެ.. ނާދް ހާސިލްކުރުމަށް ހިތުގައި އޮތްއެދުން ބޮޑުކަމުންވެސް ތޯއްޗެކެވެ؟ މަގޭ ނާދްއަށް ކިހިނެއް ހަދައިގެން ކަލޭތިއުޅެނީ؟ އަހަރެންނަށް ވާހަކަ ދެއްކުނީވެސް ވަރަށް ބާރަށްށެވެ.   ” ހާދައަވަހަށް ކަލޭ، މީހުން އަމިއްލަ ކޮއްލައޭދޯ؟ އެކޮޅުން ހަމަ އެރާގުގައި ބުންޏެވެ.އަހަރެންނަށް ދަތްކުނޑިވިކައިގަނެވުނެވެ.. ބުނޭ.މިހާރު ބުނޭ ނާދް ވީތަން.ނޫނީ ޕޮލިހަށް އަންގާނަން. އަހަރެން ހަމަ ހަގީގަތުގަވެސް ރުޅިއައިސްފިއެވެ. ނޫން.ނޫން. ހެޔޮނުވާނެ ޕޮލިހަށް ނުގުޅާތި.އަހަރެން ބިރުގަނެއްޖެ.ގަޔަށް ހީސްނުލެވުނީ ކިރިޔާ.. އެހެން ނަހަދައްޗޭ ޑާރލިންގ.. އޭނާ ޖުމްލަ ނިންމާލިގޮތުންވެސް އެކުރީ މަލާމާތެއްކަން އެނގުނެވެ.އަހަރެން އިތުރު އެއްޗެއް ބުނުމުގެ ކުރިން އެކޮޅުން ފޯނު ކަނޑާލައިފިއެވެ.. ދެން އެ ނަމްބަރަށް ގުޅާއިރު ފޯން އޮންނަނީ ނިވާލާފައެވެ. އަހަރެން ކަންބޮޑުވެ ދެކޮޅަށް ހިނގަންފެށީމެވެ.ހަދާނެގޮތެއް ނުވިސްނުނެވެ.ހަމަ ހަގީގަތުގަވެސް ބަޔަކު ނާދްއަށް ކަމެއްކުރީބާއެވެ؟..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leem

Level 110 Stories100 Comments

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(16 ވަނަ ބައި)

Next

ައަސަރު 8

Next
June 2, 2016

ައަސަރު 8

Previews
June 2, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(16 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

25 Comments!

  1. leem says:
    June 2, 2016 at 9:15 pm

    !ކުދިންނޭ.miothy fourth part. V mistakes hurikan engey.bt leem ulheulhe nufohevey key boardge gothun. V v bodah sorry.. vaahaka kamudhaane kamah hope kuran. Adhi ekujegge hiyaalu faalhukollaafa comment koliyya leem v ufaavaane. Thank you.❤❤

  2. Shaa xee says:
    June 2, 2016 at 9:34 pm

    Dhen kihineh baa vaanee……. next part avahah up koh dhehchey……

    1. leem says:
      June 2, 2016 at 9:37 pm

      I will try ingey shaa xee

  3. Shaa xee says:
    June 2, 2016 at 9:35 pm

    Dhen kihineh baa vaanee……. next part avahah up koh dhehchey……..

  4. Shaa xee says:
    June 2, 2016 at 9:39 pm

    V nice story ?

    1. leem says:
      June 2, 2016 at 10:29 pm

      Thank u shaa xee

  5. mai says:
    June 2, 2016 at 10:01 pm

    Naadh kill kohlaigen dho eulheny varah sad story eh vvvv salhi ☺☺

    1. leem says:
      June 2, 2016 at 10:30 pm

      Dhen storyge fifth part liyaalymaves engidhaane e vaagoi

  6. ifu says:
    June 2, 2016 at 10:08 pm

    Leem a ingeatha aslu v reethi mi storry and ifu v like vea biruveri story.. Mi storry aslu heekurivarahvure maaboda ves reethi … So leem plx update next episode soon.. Love u ?

    1. leem says:
      June 2, 2016 at 10:33 pm

      Thank u ifu.next episode may be sunday.. cox im so busy with my baby. N roadhamasves annaathy r eku.kehkohlaathi kudakoh ingey. Love u too❤❤

  7. Naaz says:
    June 2, 2016 at 10:34 pm

    Vara interesting reethi story eh. Thanku leem.

    1. leem says:
      June 2, 2016 at 11:20 pm

      Thanks naaz

  8. Anonymous says:
    June 2, 2016 at 11:17 pm

    Avahah upp kohdhybaa …leem v rythi vaahaka eh so excited ….

  9. leem says:
    June 3, 2016 at 9:19 am

    Thankx anonymous.. i will try ingey

  10. Musli says:
    June 3, 2016 at 11:53 am

    Vaahaka v reethi…. e jinni Naadhuge sifaiga dhen annaany….haah haaah haaa

  11. leem says:
    June 3, 2016 at 2:08 pm

    Thankx musli.. lets c .. ?

  12. someone says:
    June 3, 2016 at 3:34 pm

    Owwhh… Sw nyc…kaashidhoo, my island ow ..heheh….waiting for the next part…

  13. leem says:
    June 3, 2016 at 4:49 pm

    Kaashidhoo is next to my island… hehe.. Anyways thank u…..

  14. zara says:
    June 3, 2016 at 10:50 pm

    Naadh maraa nulachey plz.. Anyways v salhi ingei.. Totally love it.. Avaha up kohbala plz…

  15. leem says:
    June 4, 2016 at 8:29 pm

    Naadh maruvikameh noony nuvaakamehves engeyne ad hi kuriyah huri baithah kiyaalyma. Thanks Zara.

  16. ishaa says:
    June 5, 2016 at 8:37 am

    story varah reethi

  17. liyun theriyeh says:
    June 5, 2016 at 11:26 am

    ލީމް، ލީމްގެ މިވާހަކަ ހުސަހަޅައިދެމުން ތިއަންނަ ގޮތް ވަރަށް ފުރިހަމަ . ނަމަވެސް ކުދި ކުދި ބައެއް ކުށް ހުރީމަ ރަނަގަޅު ކޮށްލަދޭނަން. ސަބަބަކީ އަޅުގަނޑަކީ މިވާހަކަ ގަވާއިދުން ކިޔާ މީހަކަށް ވެފައި ލީމް އަށް މިރޮނގުން ކުރިއެރުން އެދޭތީ. އުންމީދު ކުރަން ފާހަގަ މިކޮށްލާ ކަންތައްތައް ވަރަށް ޕޮސިޓިވް .ކޮށް ނަގަަނެ ކަމަށް
    . “ދެވަނަ ޕެރެގްރާފްގައި އިން “އެކޮޅުން އިވުނީ ބަރުފިރިހެނެއްގެ އަޑެކެވެ
    “.އަސްލު ރަނަގަޅުގޮތަކީ ” އެކޮޅުން އިވުނީ ފިރިހެނެއްގެ ބަރުއަޑެވެ.
    “ހަތަރުވަނަ ޕެރެގްރާފްގައިވާ “އަހަރެން ގެއަށް އައިސް ވަންއިރު
    “ރަނގަޅު ގޮތަކީ “އަހަރެން ގެއަށް އައިސް ވަތް އިރު
    އެބަހުގައި ނޫނު ސުކުނެއް ޖެހުމުން ބަހުގެ މާނަ ދޭހަވަނީ ކިއްލި އެއްޗެހި ތަޅަން ގެންނގުޅޭ ވަނަކަށް. ސުކުން ޖަހާއިރު ވިސްނާލަން އެބަ ޖެހޭ.
    މިގޮތަށް އަދި އިތުރު ސުކުނުގެ މައްސަލަތައް ވަރަށް ފާހަގަ ކުރެވުން.
    މިކަހަލަ ކުދި ކުދި ކަން ކަންކަން ރަނގަޅުކޮށްލަނިކޮށް ވަރަށް ފުރިހަމަވާނެ. ލީމް އަށް މިކަމުގައި ވަރަށް ފާގަތި މުސްތަގުބަލަކަށް އެދެން

  18. leem says:
    June 5, 2016 at 1:37 pm

    Thank u liyuntheriyaa. Leem v ufaavejje thikahala commented kuryma. Iraadhakureviyya v try kuraanan mistakes thah madhu kureveythw. Leem beynunvany hamaekani positive commenteh nun. Thanks again.

  19. leem says:
    June 6, 2016 at 2:18 am

    Thanks ishaa.thy anekka storyga ulhey ishaatha?

  20. champa says:
    June 17, 2016 at 3:06 pm

    V v salhi

Comments are closed.

Next Episodeކުއްޅަވަށްފާ (5ވަނަ ބައި)←


All Right Reserved!