ކޮންމެ ދުވަހަކުވެސް ކަންތައްތައް ދާނީ މިގޮތައް ކަމަށްވަންޔާ އެންމެ ދުވަހަކުވެސް ޒެކަން ގެ މޫނު ފެނިނުލާނެކަން އެނގި ޔަލަކްގެ ހިތައް ތަދުވެއްޖެއެވެ. އެހެނަސް ހިޔާލުތަކުގައިހުރެ ކޮފީ ހަދާނިންމާލުމަށްފަހު ބަދިގެއިން ނިކުމެ ކޮނޑުގައި އަޅުވައިފައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ގެއިން ނިކުންނަން ހިގައިގަތެވެ. އެހެނަސް ދޮރާހަމަޔަށް ދިޔުމަށްފަހު ޔަލަކް ހުއްޓުނީ ކަމެއްފާހަގަވެގެން ކަހަލަގޮތަކަށެވެ.
ފަސްއެނބުރި ޔަލަކް ބަލާލިއިރު މަސައްކަތު މީހަކު ހުރީ ޔަލަކްއަށް ބަލަހައްޓައިންނެވެ. ސުވާލުގެ ނަޒަރަކުން ޔަލަކް އެމީހާއަށް ބަލާލުމުން ވަރަށް އަދަބުވެރިކަމާއެކު އެމީހާ ބުނެލީ ޒެކަން އެދިފައިއޮތީ ޒެކަންގެ ކޮޓަރިއަށް ކޮފީ ގެންދިޔުމަށްކަމަށެވެ. އެހާހިސާބުން ޔަލަކްއަށް ހަމަ ރަނގަޅަށްވެސް އޮޅިއްޖެއެވެ. ބަދިގޭގެ ކަންކަން ކިޔައިދޭން އައި މީހާ ބުނެފައިދިޔައީ ބަދިގޭ މޭޒުމަތީގައި ބެހެއްޓުމަށެވެ. ސުވާލުން ފުރިފައިވި މޫނަކާއިގެން ޔަލަކް އެމީހާއަށް ބަލަންފެށުމުން ކުށްރަނގަޅުކުރެވޭތޯ އެމީހާ މަސައްކަތްކުރިއެވެ. “މާފްކުރައްވާ. އަހުމަދު ކައިރީގައި ކުރިން ޒެކަން ބުނުއްވީ އެހެން. ފަހުންއައިސް އޭނާ ނުފެނިގެން އަޅުގަނޑު ކައިރީގައި ބުނުއްވީ މިގޮތައް. ޒެކަންގެ ކޮޓަރި ހުންނާނީ މަތީގައި.” މައްޗަށް އިޝަރާތްކޮށްލަމުން ޔަލަކްއަށް އޮޅުންފިލުވައިދިނުމަށްފަހު އެމީހާ ދާންހިނގައިގަތެވެ.
ޔަލަކްގެ ހިތް ނެގިނެގިފައި ޖެހެންފެށީ އެހިސާބުންނެވެ. ހާސްވީވަރުން ނިތްކުރިމަތިން ދާތިކިތައްވިދަންފެށީ ސިކުންތުކޮޅެއްގެތެރޭގައެވެ. ކޮފީ ހިފައިގެން ޒެކަންގެ ކޮޓަރިއަށްދާން ކެރޭނެހެއްޔެވެ؟ އަނެއްކާ ޒެކަން އެއުޅެނީ ކީއްކުރަންބާއެވެ! އެހިޔާލުން ޔަލަކް އިތުރަށް ބިރުގަނެއްޖެއެވެ. އެހެނަސް ހިތްވަރުގެ މައްޗަށް ހިތްވަރުކުރަމުން ދެފަޔަށް އެތައްބާރެއްލައިގެން ޔަލަކްއަށް ކުރިޔަށް ހިނގައިގަނެވުނީ ނުހަނު މަސައްކަތުންނެވެ.
ބަދިގެޔަށްވަދެ މޭޒުމަތީގައި ހުރި ކޮފީތަށީގައި އަތްޖައްސާލިއިރު އަދި އެވެސްހުރީ ފުދޭވަރަކަށް ހިހޫވެފައެވެ. ހާސްކަމުން ފުރުގެންވި ހިތަކާއެކު ކޮފީތަށި ސިންކަށް އަޅާލުމަށްފަހު ޔަލަކް އަލުން ކޮފީހަދައި އާޓްއަޅައިލިއެވެ. އެޔަށްފަހު ކޮފީތަށި ހިފައިގެން ޔަލަކްބަދިގެއިން ނިކުތެވެ. އެހެނަސް ކުޑަތަންކޮޅަކަށްދެވުމާއެކު ޖެހުނީ ހުއްޓިލާށެވެ. ޔަލަކްގެ އަތް ތުރުތުރު އަޅަނީއެވެ. ވަތުތަށީގައި ކޮފީތަށި ތެޅުވޭއަޑުން މުޅިތަނުގެ ހިމޭންކަން ނަގާލައިފައި ވިޔެވެ. އަދި ސިޑިންއަރާއިރު ކިހާވަރެއްވާނެބާއެވެ. ޔަލަކް އިރުކޮޅަކު ހަމަޖެހިލުމަށް މަސައްކަތްކޮށްލުމަށްފަހު އަނެއްކާވެސް ކުރިޔަށް ހިނގައިގަތީ ފުންނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލުމަށްފަހުގައެވެ.
ސިޑިން އަރަމުންދިޔައިރު ފަހަރަކަށްވުރެ ފަހަރެއް ޔަލަކްގެ ހިތުގެ ތެޅުންދިޔައީ ބާރުވަމުންނެވެ. ޒެކަންފެނުމުން އަދި ވާނީ ކިހާވަރެއްބާއެވެ. ޔަލަކް ހިތާހިތާ އަމިއްލަނަފްސައް އެއްޗެހި ގޮވަމުން ސިޑިންއަރައި ކުރިމަތިން ފެންނަންހުރި ތިން ދޮރާދިމާއަށް ބަލައިލީ ހައިރާންވެހުރެއެވެ. އަނެއްކާ މިޖެހުނީ އަނެއް ހަ ކަންތަކެވެ. ޔަލަކް ހާސްވެފައިހުރިވަރުން އެމީހާ ކުރެން މިތަނުން ކޮން ކޮޓަރިއެއްތޯވެސް އަހާނުލެވުނެވެ. ދެންމިޖެހުނީ އަނެއްކާ ކޮންފަދަކަމެއް ހެއްޔެވެ؟ ކޮންފަދަބަޔަކު އުޅޭ ކޮޓަރިތަކެއް ކަމެއްވެސް ނޭނގެއެވެ. އެކަމަކު އަނެއްކާ އަލުން އެމީހާ ހޯދައިގެން ސުވާލުކޮށްގެން އަންނައިރު ކޮފީވެސް ހިހޫވާނެއެވެ. ހިތާހިތުން އަމިއްލަނަފްސާ ވާހަކަދައްކަމުން ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް ޔަލަކް ގޮސް ހުއްޓިލީ މެދަށް ހުރިކޮޓަރީގެ ދޮރުކައިރީގައެވެ. ދޮރުހުޅުވާލުމަށްޓަކައި ފިނިވެފައިވާ ޔަލަކްގެ އަތްތިލަ އުފުލާލުމަށްފަހު ތަޅުގައި ހިފާލަން އުޅެނިކޮށް އެތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑުއިވުނުހެން ހީވިއެވެ. ބިރުން ތެޅިގަނެވުނު ގޮތަކުން ޔަލަކްއަތުން ކޮފީތަށި ބަންޑުންނުވީވެސް ހަމަކިރިޔާއެވެ. ހިތާދިމާއިން މޭގައި އަތްއަޅާލުމަށްފަހު ޔަލަކް އެތަނުން ދުރަށްޖެހިލައި ދެންހުރި ދެކޮޓަރިއަށް ބަލައިލީ ވިސްނާލާފަދަ ގޮތަކަށެވެ. އެހެނަސް އެހެން ކިތަންމެ އިރަކު ހުއްޓަސް އެތަނުން ޒެކަންގެ ކޮޓަރި ނޭނގޭނެތީ ހިތް ބުނެލި މިސްރާބަށް ފިޔަވަޅެއްއަޅައިލީ ބިރުންހުރެއެވެ. އަނެއްކޮޅުން ލަސްކޮށްފިނަމަ ކޮފީ ހިހޫވާނެއެވެ. އެހެން ހިތައް އެރުމާއެކު ޔަލަކްގެ ހަރަކާތްތައް ކުޑަކޮށް އަވަސްވިއެވެ. ޔަލަކް ހުއްޓުނީ ސިޑިން އެރިއިރު އެންމެ ފުރަތަމަޔަށް ހުރި ކޮޓަރީގެ ދޮރުކައިރީގައެވެ.
ތެޅިތެޅިއޮތް ހިތަކާއެކު ޔަލަކް ދޮރުފަތުގައި ކަންފަތް ޖަހައިލިއެވެ. އެތެރެއިން އެއްވެސް އަޑެއްނީވުމުން ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ކޮޓަރީގެ ތަޅުގައިހިފާލިއިރު އަނެއްކާވެސް ހިތުގެ ތެޅުން ދެގުނައަށް އިތުރުވެއްޖެއެވެ. ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނިކުންނަން އުޅޭހެންނެވެ. އަނެއްކާވެސް އަތުގައި މަޑުތުރުތުރެއް އުފެދިއްޖެއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުކުޑަކުޑަކޮށްހުޅުވާލިއިރު ޔަލަކްއެކޭ މަރުވެފައިހުރި މައްޔިތެކޭ ތަފާތެއްނެތެވެ.
ވަގުލޮލުން ކޮޓަރީގެ ތެރެއަށް ނަޒަރުހިންގާލިއިރު އެބޮޑު ކޮޓަރީގެ ތެރެއިން މީހަކު ފެންނަން ނެތުމުން އަވަހަށްކޮޓަރިތެރެއަށް ދެމިގަނެފައި ދޮރުފަތް ލައްޕާލައިފިއެވެ. އެޔަށްފަހު އެނބުރި ބަލާލާފައި ޔަލަކް އަވަދިނުވީ ކިރިޔާއެވެ. އަތުގައި ހުރިކޮފީތަށި ސަލާމަތްވީ ކާކުގެ ނަސީބަކުންކަމެއް ނޭނގެއެވެ. އަލުން އެނބުރި ކޮޓަރިން ނިކުންނަންވެސް ޔަލަކްގެ ހިތައް އަރައިފިއެވެ. ހާސްވީވަރުން ނޭވާތާށިވިހެން ޔަލަކްއަށް ހީވިއެވެ. އެހެންނުވާނީވެސް ކީއްވެހެއްޔެވެ؟ ކިންގްސައިޒް އެނދުގައި އަރާމުކޮށްނިދާލާފައި އެއޮތީ ޒެކަންއެވެ.
ވަރަށް ހިތްވަރުކޮށްފައި ޒެކަންހޭލުމުގެ ކުރިން އެތަނުން ސަލާމަތްވުމައްޓަކައި ޔަލަކް ފިޔަވަޅެއް ކުރިޔަށް އަޅައިލީ އެނދާ ދާދި ކައިރީގައިހުރި ސައިޑްޓޭބަލްއާއި ދިމާއަށެވެ. ޒެކަން ހޭލަފާނެތީ ޔަލަކްހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އިނގިލިތަކުގެ ކުރިޖައްސައިގެން ވަގުވަގުން ހިނގާލައިފައިގޮސް ސައިޑްޓެބަލްމަތީގައި ކޮފީތަށި ބައިންދާލެވުމާއެކު ޔަލަކްއަށް ހީވީ ބޮލުން ބޮޑުބުރައެއް ނެތިގެންދިޔަހެންނެވެ. އެހެނަސް އަދިވެސް ހިތް ހަމަޔަކަށް ނޭޅެނީ ކޮޓަރިން ނުނިކުމެވެނިސް ޒެކަން ހޭލަފާނެތީއެވެ. އެހިޔާލުގައި އެނބުރިލާފައި އެއްލުނު ކަޅިއަކުން ޒެކަން ފެނުމާއެކު ޔަލަކް ހުއްޓުން އަރައިފިއެވެ. ހިނދުކޮޅަކަށް ނަމަވެސް ޔަލަކް އެކޭ ހިލައިގެ ބުދެކޭ އެއްފަދަވެއްޖެއެވެ. އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ޔަލަކްއަށް ހުރެވުނީ ޒެކަންގެ ފުރިހަމަ ހަށިގަނޑު ހާމަޔަށް ފެނުމުންނެވެ. ބެޑްކަވަރާއި ގުޅޭގޮތައް އޮތް ފެހިކުލައިގެ ބޯ ރަޖާ ޒެކަންގެ އުނަގަނޑާހަމަޔަށް އޮތުމުން އެ ކަސްރަތީ ހަށިގަނޑު ވަނީ ހާމަޔަށެވެ. މޭމަތީގައި އެންމެރީތިކޮށް އެތުރިލާފައިވާ މަސްތަކުން ދޭހަކޮށްދެނީ ޒެކަން ކަސްރަތައް ބަހައްޓާ ފަރުވާތެރިކަމެވެ. ޔަލަކް ގެ މެޔަށް ފިނިވެގެންދިޔައީ އާދަޔާޚިލާފުގޮތަކަށެވެ. ހިތާހިތުން އެހަށިގަނޑަށް ތައުރީފުކޮށްލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އެމޭގައި ބޯއަޅާލަން ޔަލަކްގެ ހިތައް އެރީ ކީއްވެކަމެއް ނޭނގެއެވެ. އެހެންހިތައްއެރުމާއެކު ޔަލަކްގެ ގައިގަ ހުރިއްޔާހުރި ލޯލިތައްކޮޅަށްޖެހިގެންދިޔައީ އެއީ މީގެކުރިން ދުވަހަކުވެސް ޔަލަކްގެ ހިތަށް އައިސްފައިވާފަދަ އެއްޗެއްނޫންވީމައެވެ. އެހެނަސް އެހެންދިމާއަކަށް ކަޅިހިންގާލަން ނޭނގިފައި ޔަލަކްއަށް ހުރެވުނީއެވެ. އެހެންހުއްޓާ ޔަލަކް ސިހިގެން ދިޔައީ ޒެކަން ހަރަކާތެއްކޮށްލަން އުޅޭހެންހީވުމުންނެވެ. އެބަރު އެސްފިޔަތައް ތަޅުވާލިގޮތުން ލޯހުޅުވާލަން އުޅެނީއޭ ހީވުމާއެކު ޔަލަކްއަށް އަމިއްލަ އިޚްތިޔާރުއައިސްގެން ކޮޓަރިން ނިކުންނަން ފާޑަކަށް ދުއްވައިގަނެވުނީއެވެ.
ހާސްވެފައިހުރިވަރުން ޔަލަކްއަށްގޮސް ޖެހިގަނެވުނީ ދޮރުކައިރީގައި އެއްފަރާތަކަށްވާގޮތައް ހުރި ބޮޑު ޕްލާސްޓިކް މާގަހުގައެވެ. އަރިއަޅާލި ޔަލަކްގެ ހަށިގަނޑު ބެލެންސް ނުކުރެވިގެންގޮސް ޖެހުނީ ޓައިލްސްތައްމަތީގައެވެ. އެހެނަސް އެޔަށްވުރެ އަވަހަށް ތެދުވެ އެކޮޓަރީގެ ދޮރު ލައްޕާލިއިރު އެހަނި ދާއިރާއިން ޒެކަން ބޯހިއްލާލިތަން ޔަލަކްއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ. ދުވެފައި ކަހަލަގޮތަކަށް ސިޑިން ފައިބައި ހަމަޖެހިލަން މަސައްކަތްކުރީ ގޭތެރޭގައި އެތައް މީހަކު މަސައްކަތުގައި އުޅެމުންދާތަންފެނުނީމައެވެ. ޔަލަކް ބޭނުންވީ ފެންފޮދެއްބޯލާށެވެ. އެހެންހިތައި ބަދިގެޔަށްވަދެ ފްރިޖް ހުޅުވާލާފައި ފެންފުޅިއެއްނެގުމަށްފަހު މޭޒުމަތިން ބިއްލޫރިތައްޓަކަށް ފެންއަޅާފުރާލިއެވެ. ޔަލަކް ފެނަތަށި އެއްނޭވާއިން ހުސްކޮށްލުމަށްފަހު ތަށިބަހައްޓަފައި ފެންފުޅި އަނބުރާ ފްރިޖައް ލަމުން ވަށައިގެން ކަޅިހިންގައިލިއެވެ. އޭރު ބަދިގޭގައި ކެއްކުމުގައި ދެތިންމީހަކު މަސައްކަތްކުރަމުންދިޔައެވެ. ޔަލަކް ހައިރާންވިއެވެ. އޭނަ މިގެޔަށް އައިފަހުން އަދި މިގެއިން އަންހެނަކު ނުފެނެއެވެ. ގޭތެރޭގައި އެތައް މީހަކު އެތައް މަސައްކަތެއް ކުރަމުންދިޔައިރުވެސް އުޅެނީ ހުސް ފިރިހެނުންނެވެ. ނުވިތާކަށް ބަދިގޭގައި ކައްކަން އެއުޅެނީވެސް ހުސް ފިރިހެނުންނެވެ. ކީއްވެހެއްޔެވެ؟ ކިތަންމެ ނޯކަރުންގިނަ ގެޔަކަސް އޭގެތެރޭގައި އަންހެނަކު ނުހިމެނޭ ގެޔެއް ނުހުންނާނެކަން ޔަލަކްއަށް ޔަގީނެވެ. ވީއިރު މިގޭގައި އަންހެނެއްގެ ނިޝާނެއްވެސް ނެތީ ކީއްވެގެންހެއްޔެވެ؟
އެ އާދަޔާ ޚިލާފު ހިޔާލުގައިހުރެ ޔަލަކް ބާރުހިނގުމެއްގައި ގޮސް ގެއިން ނިކުމެފައި ފުންނޭވާއެއް ދޫކޮށްލީ މިހުރިހާއިރު ނޭވާ ނުލާހުރި މީހެއްފަދައިންނެވެ. ގޯތިން ނިކުންނަން ދޮރާށީގައި ބާރަށް ހިފާލުމާއެކު ޔަލަކްއަށް އިހުސާސްވީ އަތައް ތަދުވާކަމެވެ. ނޭފަތުގައި ފިރުމާލެވުނީ ނޭފަތްވެސް އައްސިވެފައިވާހެން ހީވެގެންނެވެ. ވެއްޓުނުއިރު ލިބުނު އަނިޔާކަން އެނގުމާއެކު ޔަލަކްއަށް ބޯހޫރާލެވުނެވެ. އޭނައަށް އެވަރުވީ އެތެރޭގައި ހުއްޓާ ހަމަ ޒެކަންއަށް ހޭލެވިދާނެތީހެއްޔެވެ؟ އެހެންނުވާނެގޮތެއްވެސް ނެތެވެ. އެގަޑީގައި ޒެކަން ހޭލިނަމަ ހީކުރާނީ ޔަލަކް ވައްކަންކުރަން އުޅެނީކަމަށެވެ. ޒެކަންއަށް ނުފެންނަކަމެއްވެސް ނޭނގެއެވެ. އޭނަ އެއައީ ގައިމު ވަރުގަދަ ބޮނޑިއެއް ބޮއެގެންނެވެ. އަޑުފަށްގަނޑުވެސް ގަދަވާނެތާއެވެ. އަނެއްކާ އެހުރިހާއިރު ޒެކަން އޮތީ ހޭލާކަމަށްވެސް ވެދާނެއެވެ. ޔަލަކް އުޅޭނޫޅޭގޮތްބަލަން ނިދާފައިކަމަށް ހެދިގެން އެތެރެއިން ހީލަހީލާވެސް އޮވެދާނެއެވެ. އެހިޔާލު އައުމާއެކު ޔަލަކް އަނެއްކާވެސް ހާސްވެއްޖެއެވެ. އެހުރިހާ ކަމެއް ޒެކަންއަށް އިނގޭނަމަ އޭނައަށް ދެން ޒެކަން ފެންނަ ހިސާބަށްވެސް ދާންނުކެރޭނެއެވެ. ލަދުން މަރުވާވަރުވެއްޖެއެވެ. މާތްކަލާކޯއެވެ. މިޖެހުނީ ކިހާބޮޑުކަމެއްހެއްޔެވެ؟ ދެފަރާތައް ބޯހޫރާލަމުން ޔަލަކް ނިކުމެ ޓެކްސީއެއް ހުއްޓުވާފައި އެޔަށްއަރައި ދާންވީތަން ޑްރައިވަރަށް ބުނެދީފިއެވެ.
-ނުނިމޭ-
1255 Comments
Comments are closed.
amy
June 2, 2016 at 10:16 pmvvvv. salhi mi story <3
Mishal
June 2, 2016 at 10:16 pmthnkyu amy,, 🙂
Anonymous
June 3, 2016 at 7:56 amAmy kihineh? Mi story v reethi
Mishal
June 2, 2016 at 10:16 pmI’m so swrii mihaa lahun up kurewunyma,, miadhu alhugandu vrh bxy koh ulhen jehunyma las v,, 🙁 once again swrii,,
Mishal
June 2, 2016 at 10:18 pmbt, hope mi part vx hurihaa kudhinnah kamudhaane kamah,,
aff
June 2, 2016 at 10:43 pmwow mishalooo.. Story hama varah habbu ingey … thee varah molhu kuhje story liyan.. ekam thankolheh kury? next prt dhigukohlahchey… keep going ☺☺☺???
Mishal
June 3, 2016 at 12:31 pmHehe,, sweet sweet aff,, thnkyu so much,, In Sha Allah next part aff hiyhamajeheyhaa dhigu kohlaanan inge,, once again thnkyu so much,, 🙂 🙂
Pinkish
June 2, 2016 at 10:47 pmVarah kuru… dn faharakun dhigu kohlahchey… very nice story…. keep it up mishal….
Mishal
June 3, 2016 at 12:31 pmThnkyu Pinkish,, In Sha Allah next part dhigu kohlaanan inge,, 🙂
Faxoo
June 2, 2016 at 10:54 pmvarah reethi mibai ves 🙂 desperately waiting fr the nxt prt! 😀
Mishal
June 3, 2016 at 12:32 pmThnkyu Faxoo,, 🙂
aff
June 2, 2016 at 10:54 pmwowh mishalooo..its awesome ingey..ekam thakolheh kury 🙁 .. story varah habbu ingey… next part awahah up kohla dhehchey mishaloo.. mishal thee varah molhu kujje story liyan..keep going ☺☺☺
Mishal
June 3, 2016 at 12:33 pmHehe,,okay aff,, awahah upkohdheweythoa v try kuraanan inge,, btw thnkyu so much,, 🙂
Appy
June 2, 2016 at 10:57 pmV interesting. ….v rythi mi story kuriyah dhaagoii ..bt thankolheh kuru dhw …..sorry shakuvaa kureveythy ekam vx hama kiyaa hiyy vaathy ve ..☺
Mishal
June 3, 2016 at 12:37 pmHehe,, its okay Appy,, hama shakuvaa vx kuran v,, alhugandu balaigannaanamey,, i don’t take anything negatively,, n In Sha Allah Appy thigothah shakuwaa kohlyma next part dhigukohladheynan inge,, thankyu so so much,, 🙂
Appy
June 3, 2016 at 4:57 pmAwww thanks
Mishal
June 3, 2016 at 7:50 pmU r most welcome,, 🙂
chwity
June 2, 2016 at 11:13 pmMii hama ekani aharenge kiyr vahakaige copy eii tha??
Mishal
June 3, 2016 at 12:39 pmchwity hama ehaa wahtharu tha mi story e story aa alhe?
Anonymous
June 2, 2016 at 11:20 pmV nice. eagerly waiting for the next part. All the best
Mishal
June 3, 2016 at 12:39 pmThnkyu so much Anonymous,, 🙂
laimaan
June 2, 2016 at 11:21 pmV nice. eagerly waiting for the next part. All the best
Mishal
June 3, 2016 at 12:40 pmThnkx laimaan,, 🙂
reem
June 2, 2016 at 11:41 pmEnme scene eh.pis pis. Dhn boduvaru thy.
mimmi
June 3, 2016 at 1:21 amVarah nice ingey mi part vx mishal..☺
Mishal
June 3, 2016 at 12:41 pmThnkyu my luvly besty,, n thnkx alot to u too,, ???
Ellie
June 3, 2016 at 4:43 amHaha zekan ah heylevunu nama haadha maja veehey ? varah reethi mi part ves ❤
Mishal
June 3, 2016 at 12:42 pmHehe,, dhw Ellie,, btw thnkyu so much inge,, 🙂
munee
June 3, 2016 at 8:08 amhaadha kurey ekamaku story vv nice
Mishal
June 3, 2016 at 12:44 pmThnkyu munee,, alhugandu v bxy koh ulhemun time eh hoadhaigen liyewuny last night ga,, thursday ga up kuran bunewifa othyma alhugandu konmehen vx up kuran beynun v,, so swrii mi part kuru v ma,, 🙁 bt thnkx alot,,
ainy
June 3, 2016 at 11:45 amStory picture was extremely bueatifully edited.n it matches the story well..although the concept of the story is also fabulous. hatss off to ur innovative idea..
Mishal
June 3, 2016 at 12:47 pmThnkyu so much ainy,, i wnt to thnkx to my sweet besty mimmi for the great help in this chance,, she made the pic,,❤ btw,, thankyou so much for the lovely comment,, 🙂
rosy
June 3, 2016 at 11:46 amVvvvvvv lobi mibaivas
Mishal
June 3, 2016 at 12:48 pmThnkyu rosy,, 🙂
shif
June 3, 2016 at 1:24 pmMi story ge concept hama the girl he nevr noticed ga vas gothah. Btw dhivehin genes dhey goii varah nice
Mishal
June 3, 2016 at 2:51 pmThnkyu
eeamy
June 3, 2016 at 2:04 pmAlhe mishal haaaadha molhey…mi story vvvvvvvvvvvv reeethi hama bunaaaane ehcheh neii….but thankolhehlahy up vaaaleh..mi v nice story eh…..??✌?
Mishal
June 3, 2016 at 2:52 pmThnkyu eeamy,, alhugandu bxy v ma awahah up nukureweny,, swrii for that inge,, thnkyu 🙂
Phy
June 3, 2016 at 3:00 pmWow mishal…story hama v obi…v kiyaa hithun mihiree nxt part vs…v dhigu story eh thamee…dhn free veehaa avahakah thankolheh dhigu koh up kohdhehchey….hehe
Mishal
June 3, 2016 at 5:07 pmHehe,, yess Phy,, mi dhigu story eh,, Phy like wany kuru v ma tha? Labba,, n In Sha Allah next part dhigu kohdheynan inge,, Thankyu so much,, 🙂
Phy
June 3, 2016 at 11:09 pmAvahah story nimeytho e ee…eyrahthaa mishal ge ithuru story eh anehkkaa kiyaalan libeynee dhw….nd thnx alott nxt prt dhigu koh genesdheyn buneema…
Mishal
June 4, 2016 at 2:35 pmHehe,, ehentha,, In Sha Allah alhugandu ge ehen story thah vx fennaaney Phy,, n welcome inge,, 🙂
love
June 3, 2016 at 6:29 pmVvvv reethi
Mishal
June 3, 2016 at 7:52 pmThankyu love,, 🙂
Ushaa
June 3, 2016 at 8:06 pmVrh salhi… Ushaayah bxy kamun cmmnt nukurevunas mi stwriivx kiyan… Its fantastic… Kyp it up…. Mishal…
Mishal
June 4, 2016 at 2:29 pmThnkyu so much Ushaa,, v happy wehje Ushaa alhugandu ge story kiyaakan ingunyma,, thnx alot, 🙂
ruhy
June 3, 2016 at 8:07 pmwow! varah salhi
Mishal
June 4, 2016 at 2:30 pmThnkyu ruhy,,
ruhy
June 3, 2016 at 8:13 pmkonme dhuvahakuves iru iru kolhaa balaalevey thi story up vetho. keehkuraane, hama kiyaa hithun nuhurevenee
Mishal
June 4, 2016 at 2:31 pmHehe,, aslu vx tha ruhy? V happy wehje alhugandu ge story ah thihaa interest hunnakan ingunyma,, thnkyu so much inge,, 🙂
mary
June 4, 2016 at 2:14 pmthe girl he never noticed ge concept dho……hama ekani aharen ge adhi mi story ves e concept in nagaafai miothee…reethi concept eh ovegen balailaaairu mivanee english story eh eh ge concept akah veema dhera vey hehe….ekam mi story thah dhivehi genedhenineema v rethi
Mishal
June 4, 2016 at 2:32 pmThnkyu,,
aathu
June 4, 2016 at 8:03 pmMishal ge storythah v reethi kiyaa hithun mihunnany ken madhuvefa
Varah avahah kiyan libeyne kamah heekuran story v salhi ingey.
Mishal
June 5, 2016 at 6:09 amThankyou so much aathu,, awahah up kohdheweythoa v try kuraanan inge,, 🙂
lai
June 7, 2016 at 7:39 pmhi mishal.. vaahaka v rythi ..ekam myge concet the girl he never noticed aa v vahtharu .. bt i hope adhi fahun mi stry thafaathu vaane kamah .. gud luck n keep it up .. n v avahah nxt upload kohdhehchey .. anehbai v kiyaahithun mihiry .. wonder wht will happen nxt ..v rythi mi stry
😉