Skip to content
އެސްފިޔަ

ައަސަރު 8

“ޕިސް ޕިސް ޕިސް… އަބަދު ރޯންތަ ކަލެއަށް އެނގެނީ؟ ރޯކާޅެއްދޯ ތީ؟” ރީނާ މަލާމާތުގެ ރާގަކަށް އެހެން ބުނެލިއެވެ. ރީނާ އެހެން ބުނުމުން ޝިކާ އިތުރަށް ދެރަވިއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. މި މީހުންނަކީ މީހުން ދެރަކުރަން ވާހަކަ ދައްކާ ބައެއް ހެއްޔެވެ؟ މީހުން ދެރަވީމަ އެމީހުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީބާއެވެ؟ ނޫނީ އެމީހުންގެ ހިތެއް ނެތީބާއެވެ. ނޫނީ ޝިކާއަށް އެމީހުންނާ އެކުވެގެން އުޅެން ނޭނގޭތީ ވާގޮތެއް ބާއެވެ؟ މިއީ އޭނާ އަމިއްލައަށް އުޅޭ ގޮތަކުން ވާކަމެއްބާއެވެ؟ ކުށްވެރިޔަކީ އޭނާ ބާއެވެ؟ ތަފާތު އެއްޗެހި ހިތަށް އަރަން ފެށުމުން އޭނާ ދުވެފައިގޮސް އެނދަށް ވެއްޓިގަތެވެ.

ރަނާ އަހުސަނު އާ ދިމާއަށް ވަރަށް އެއްޗެސް ކިއުމަށްފަހު ކޮޓަރިއަށް ވަތް އިރު އިވެމުން ދަނީ ޝިކާ ގެ މަޑު ގިސްލުމުގެ އަޑެވެ. އޭނާ އޮތީ އެނދުގައި އުއްޑުން އޮށޯވެގެން ބޯފޮރުވޭ ގޮތަށް ބާލީހެއް އަޅައިގެންނެވެ. ރަނާ ގޮސް އެ އެނދުގެ މަގަތުގައި އިށީންދުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އޭނާ ބަލާލީ އެނދުގައި އުއްޑުން އޮވެގެން ދެފައި މައްޗަށް ނަގާ ފާރުގައި ލަންގާލައިގެން އޮތް ރީނާއާ ދިމާއަށެވެ. އޭނާ އޮތީ ކަންފަތުގައި ހެޑްސެޓެއް ޖަހައިގެންނެވެ. މިއުޒިކާ އެއްވަރަށް ބޯހަލުވަމުން ގެންދިއައިރު ކޮޓަރީގައި ހިނގާ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. މިމަންޒަރު ފެނުމުން ރަނާ ޗުސް ތަޅާލިއެވެ. އެވަގުތު ދޮރު ހުޅުވާލައިފައި އެކޮޓަރިއަށް ވަދެގެން އައީ ހަލީމާއެވެ. އޭނާ އައީ ރީނާ ނުކައި ނިދުމުން އޭނާ ހޭލިތޯ ބަލާލާށެވެ. ވަދެގެން އައި ހަލީމާއަށް ޝިކާ ރޮމުންދާ އަޑު އިވުމުން އޭނާގެ ނަޒަރު އެދިމާއަށް ހުއްޓިގެން ދިއައެވެ. އަދި ޝިކާ ގެ މަގަތުގައި އިށީންދެ އޭނާގެ ބުރަކަށީގައި ފިރުމާލުމަށްފަހު ވީ ކީއްތޯ ސުވާލުކުރިއެވެ. ނަމަވެސް ޝިކާ އަކަށް އެއްވެސް އެއްޗެކޭ ބުނެވޭ ގޮތެއް ނުވިއެވެ. އޭނާގެ ގިސްލުންވީ އިތުރެވެ. ދެން ހަލީމާ ޝިކާ އަށް ވީ ކީއްތޯ ސުވާލުކުރީ ރަނާއަށެވެ. ރަނާވެސް އެއްޗެކޭ ނުބުނެ ހިމޭނުން ހުރީއެވެ. އޭނާ އަހުސަނުގެ ވާހަކަ ހަލީމާ ގާތު ބުނެފިނަމަ އެދެމެދުގައި މައްސަލަޖެހުން ނޫން ކަމެއް ނުވާނެކަން އޭނާއަށް އެނގެއެވެ. މިހާތަނަށް އައި އިރު އެއިން އެއްވެސް ކުއްޖަކާ ހަލީމާ އާ ދެމެދު މައްސަލައެއް ޖެހިފައެއް ނުވެއެވެ. ރީނާ ވެސް ހަލީމާގެ ކުރިމަތީގައި އުޅެނީ ވަރަށް ރަނގަޅު ކަމަށް ހެދިގެނެވެ. ނަމަވެސް ހަޤީޤަތަކީ އޭނާ ހަލީމާއޭ ކިޔައިގެން ފާޑު ފާޑު އެއްޗެހި މީހުން ގާތު ކިޔާކަމެވެ. ރަނާވެސް އެއްޗެކޭ ނުބުނުމުން ހަލީމާ ދެން ގޮވައިލީ ރީނާ އަށެވެ. ބާރަށް ލަވަޖަހައިގެން އޮތުމުގެ ސަބަބުން ރީނާއަކަށް އެއަޑެއް ނީވުނެވެ. ހަލީމާ ދެވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

“ކީކޭ ހަލީމައްތާ..؟” ރީނާ އެއްކަންފަތުން ހެޑްސެޓް ނައްޓާލަމުން ވަރަށް ހަމަޖެހިލާފައި އަހާލިއެވެ.

“ކީއްވެ ޝިކާ އެ ރޮނީ؟” ހަލީމާ ޝީކާ އަށް އިށާރަތްކޮށް އަހާލިއެވެ.

“އެއްގޮތަކަށް ވެސް ނޭނގޭ.. އޭނާ ރޮނީތަ؟ ރޯކަމެއް ވެސް ނުދެނަހުރިން…” ރީނާ ކޮނޑުއަރުވާލަމުން ބުނެލިއެވެ.

“ކަމެއް ނުވެ ދައްތާ… މަންމަމެން މަތިން ހަނދާންވަނީ…” ޝިކާ އެވަގުތު ތެދުވެ ދެލޯ ފުހެލަމުން ބުނެލިއެެވެ. އޭރުވެސް އޭނާއަށް ގިސްލެވެމުން ދެއެވެ. ހަލީމާ ފަހުން ރަނގަޅުވާނޭ ބުނެ ޝިކާ ގެ ބޮލުގައި ފިރުމާލުމަށް ފަހު ކޮޓަރިން ނިކުމެގެން ދިއައީ ރީނާ ގާތު ކާން އައުމަށް ބުނެފައެވެ.

“މަންމަ މެން މަތިން ހަނދާން ވަނީ؟؟ ޕިސް ޕިސް.. ހަމަ ބޭބީއެއް..” ރީނާ މަލާމާތުގެ ރާގަކަށް އެހެން ބުނެލުމަށްފަހު ބޮލުގައި ބުރުގަލެއް އަޅާލަމުން ނިކުމެގެން ދިއައީ އޭނާ ބަނޑުހައިވެފައި ހުރުމުންނެވެ.

“ޝިކާ.. މީހުން ކިޔާ އެއްޗަކަށް އަޅާ ނުލައްޗޭ ދެން އިނގޭ…” ރަނާ ދެރަވެފައި ހުރެ ބުނެލިއެވެ. ޝިކާ ވަކިއެއްޗެކޭ ނުބުނެ އެއޮތް ގޮތަށް އޮތީއެވެ.

***********************

އަމީން ހުރީ ބޮޑު ދަބަހެއް ކޮނޑުގައި އަޅުވާލައިގެން މާފަރު ބަނދަރު ކައިރީގައި ހުރި ރުކެއްގެ ހިޔަލުގައެވެ. ގަދަ ނޫ ކުލައިގެ ޓީޝާޓެއް ލާފައި ހުރި އިރު އޭނާގެ ކޮނޑާ ހަމައަށް އަރާ ފަން ފަން އިސްތަށިގަނޑު ވަޔާ ހޫރެމުން ދެއެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ މަނަދޫއަށް ދިއުމަށްޓާކާ އޭނާގެ ބައްޕަ ހިފި ލާންޗު އަންނާނެ އިރަކަށެވެ. އިރު އިރުކޮޅާ ގަޑިއަށް ބަލައިލާއިރު ހީވަނީ އެތަށް އިރަކު އެތަނުގައި މަޑުކޮށްފައިވާ ހެންނެވެ. ކުއްލިއަކަށް އޭނާގެ ކަންފަތުގައި ޖެހުނީ އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑެވެ. ފަހަތް ބަލައިލި އިރު ބޯހާވާލައިގެން ހުރި އަންހެން ކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ މިއިން ދުވަހަކުވެސް ފެންވަރާފައި ނުވާހެންނެވެ. އެ ކުއްޖާގެ ދެއަތުގައި ދެފިރިހެނުން ހިފަހައްޓައިގެން ހުރި އިރު އޭނާ ގެންދިއައީ އަމީން ގެ ގާތަށް އައުމަށް ގަދަ ދައްކަމުންނެވެ.

“ދޫކުރޭ މަގޭ އަތުން!! ދޫކުރާށޭ!! އެމީހާ މަރާލަން ދާން ވެއްޖެ! އެމީހާ މަށަށް މިހެން ހެދިީ!” އެ ކުއްޖާ ހަޅޭއްލަވަމުން ގެންދިއައެވެ. އަމީން އެކުއްޖާއަށް ފުން ނަޒަރަކުން ބަލާލިއެވެ. އެއީ ހަމަ ލައިލާއެވެ. އޭނާ މީގެ ހަފްތާ އެއް ކުރިން ރުޅިވި ލައިލާއެވެ. އަމީން ލައިލާ އާ ރުޅިވުމުން އޭނާ އެވަނީ ދުނިއެއިން މޮޔަވެފައެވެ. އެހެން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ އަމީން އެ ނިކަމެތި އަންހެން ކުއްޖާއަށް އެތަށް ފޮނި ހުވަފެންތަކެއް ދައްކާފައި ނުވިތާކަށް އޭނާ ގެ ޢިއްފަތް ފޭރިގަނެފައި ދޫކޮށްލީއެވެ. ގިނަ ފިރިހެން ކުދިންގެ ގޮތަކީ އެއީއެވެ. ބޭނުން ފުދުނީމަ އެއްލާލަންވީއެވެ. ލައިލާ އެތަށް ފަހަރު އަމީން ގެ ނުބައި ވާހަކަ ގޭ މީހުން ގާތު ބުނުމުންވެސް އެކަން އެކަކުވެސް ޤަބޫލެއްނުކުރެއެވެ. މޮޔަ މީހަކު ދައްކާ ވާހަކަ ޤަބޫލުކުރާނީވެސް ކާކުހެއްޔެވެ؟

“ކަލޭ ހީކުރަނީތަ މަށަށް މިހެން ހަދާފައި ކަލެއަށް ދިރިއުޅެވިދާނެއޭ؟؟ ކަލޭ މަރާލާނަން!” ލައިލާ އަމީން އާ ދިމާއަށް އެއްޗެހި ގޮވަމުން ގެންދެއެވެ. އަމީން ގާތަށް ދިއުމަށް ގަދަ ދައްކަމުން ދިޔަ ނަމަވެސް އޭނާގެ ބައްޕަ އާ ބޭބެ އޭނާގެ ދެއަތުގައި ބާރަށް ހިފަހައްޓައިގެން ހުއްޓެވެ. އެކުއްޖާ ހުރި ހާލު ފެނިފައި އަމީން ގެ ހިތަށް ކުޑަވެސް އެއްޗެއް ނާރާ ކަހަލައެވެ. އޭނާ ގެ ހިތަކީ ހަރު ހިލަގަނޑެއް ކަމަށް ޚުދު އޭނާ ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް އޭނާ މީހުންގެ ތެރޭގައި އުޅެނީ އެ ނުލަފާކަން ފޮރުވައިގެންނެވެ. އެރަށު ގިނަ މީހުން ދެކޭ ގޮތުގައި އަމީން އަކީ ވަރަށް ބަސްއަހާ އެހާމެ ކިޔަމަންތެރި ކުއްޖެކެވެ. އެމީހުން އެގޮތަށް ދެކެނީ އޭނާ ކިޔެވުމަށް މޮޅުވީމަ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެރަށު ޒުވާން ފުރައިގެ ގިނަ އަންހެން ކުދިންނަށް އަމީން އަކީ ކިހާވަރެއްގެ މީހެއްކަން އެނގެއެވެ. ނަމަވެސް އަމީން ވަނީ އެކުދިންނަށް އޭނާ އޭ ކިޔައިގެން އަނގައިން ބަހެއް ނުބުނެވޭ ވަރަށް ބިރު ދައްކާފައެވެ. ދެން ހުރީ ލައިލާ އެވެ. އޭނާވެސް މޮޔަ ވެފައި ހުރުމުން މީހުން އޭނާ ދައްކާ ވާހަކަ ޤަބޫލެއް ނުކުރެއެވެ.

“ދަރިފުޅާ… ހިނގާ ގެއަށް ދާން…” ލައިލާ ގެ ބައްޕަ އޯގާތެރި ކަމާއެކު އޭނާ ގާތު ބުނެލިއެވެ. ނަމަވެސް ލައިލާ އިތުރަށް ގަދަ ހަދަނީއެވެ.

“ލައި…. ކީކޭތަ ތި ކިޔަނީ؟ ލައި ބޭނުންވެގެންނެއްނު އަހަންނާ ރުޅިވީ.. ލައި ޕްލީސް.. ތިހެން ނޫޅެބަލަ.. އަހަރެން ހާދަ ދެރަވެޔޭ..” އަމީން ލައިލާ ގާތަށް ޖެހިލަމުން ވަރަށް ދެރަވާކަމަށް ހަދާފައި ބުނެލިއެވެ. އޭރު އޭނާ ގެ ދެލޮލުން ކަރުނަ ވިދަ ވިދައި ހުއްޓެވެ. އެކްޓު ކުރަންވެސް ހަމަ މޮޅީއެވެ.

“އަމީން.. އަހަރެން ޤަބޫލުކުރަމޭ އަމީން ތި ދައްކާ ވާހަކަ.. ލައިލާ އަށް ނުވިސްނެނީ..”  އަމީން ގެ އެ ދެރަވެފައިވާ މޫނު ފެނުމުން ލައިލާގެ ބައްޕަ އަށް އަމީން އެ ދައްކަނީ ތެދު ވާހަކައެއްކަން ޔަޤީން ކުރެވުނެވެ. އޭރު އޭނާގެ މޫނުން ފާޅުވަނީ މާޔޫސްކަމެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ހަލާކުވާތަން ފެނުމުން ހިތް ދަތި ނުވާނީ ކާކު ހެއްޔެވެ؟ ލައިލާ ގެ ދެ އަތުގައި ހިފައިގެން ދަމަމުން އޭނާގެ ބައްޕަ އާއި ބޭބެ ގެންދާތަން ބަލަން އަމީން ހުއްޓެވެ. އެވަގުތު ލޯންޗުވެސް ގާތް ކުރަން ފެށުމާއެކު އޭނާ ލޯންޗާ ދިމާއަށް ހިނގައިގަންނަމުން  ލޮލޮގައިވާ ފޭކު ކަރުނަތަށް ފުހެލީ ނުލަފާ ހިނިތުންވުމަކާ އެކީގައެވެ.

“ވަޓް އަ ޑްރާމެޓިކް ގާލް…” އޭނަ ލޯންޗަށް އަރައި ހަމަޖެހިލަމުން މަޑުމަޑުން އަމިއްލައަށް ބުނެލިއެވެ. ގޮނޑީގައި ފައި ދަމާލަމުން އޮށޯވެލީ ނިދި އައިސްފަ ހުރިލެއް ބޮޑުކަމުންނެވެ. ވާނީވެސް އެހެންތާއެވެ. ރޭހަތަރުދަމު ވެސް އޭނާ އުޅުނީ ކޮންމެވެސް އަންހެން ކުއްޖަކު ކައިރިއަށް ވަދެއެވެ. އިސާހިތަކު އޭނާއަށް ގަދައަށް ނިދިއްޖެވެ. ހޭލެވުނީ ލޯންޗުގެ ފަޅުވެރިޔަކު ގޮވާލުމުންނެވެ. އޭރު މަނަދޫގެ ބަނދަރަށް ގާތް ކުރަނީއެވެ. އޭނާ އެވަގުތު ފޯނު ނަގައި ގުޅާލީ އެރަށުގައި އޭނާއާ އެއްގެއެއްގައި ހުންނަ އަހުސަނަށެވެ. އަހުސަނު ގާތު ލިވާން ވެސް ގޮވައިގެން އޭނާ ބަލާ އައުމަށް އެދުނެވެ. އޭނާ ބަނދަރަށް ފޭބިތާ މާ ގިނަ އިރު ތަކެއްނުވެ އަހުސަނާ ލިވާން އެތަނަށް އައެވެ. ތިން މީހުން މަޖާ ވާހަކަ ދައްކަމުން ގޭ ދޮށަށް ދެވުނު އިރު އިރުއޮއްސެނީއެވެ.

“އޯހް.. އައި މިސްޑް ދިސް ހައުސް !!” އަމީން ގޯތިތެރެއަށް ވަދެވުމާއެކު ވަރަށް އުފާވެފައި ބުނެލިއެވެ. ގޭތެރަށް ވަންނަން ހިނގައިގަތްތަނާ އޭނާ ގަޔަށް ގޭތެރޭގައި ހުރި މީހަކު ފެން އެއްޗެއް ޖަހައިފިއެވެ. ދެލޯ ބޮޑު ކޮށްލަމުން އަމީން ކުރިމަތި ބަލާލިއިރު ގެއަށް ވަންނަ ދޮރު މަތީގައި ބާލިދީއެއް ހިފައިގެން މި ހުރީ ޝިކާއެވެ. ފެންބާލިދީ މިޖެހުނީ މީހެއްގެ ގަޔަށްކަން އެނގުމުން އޭނާ އިސްޖަހާލިއެވެ. އޭރު އަމީން ގާތު ހުރި އަހުސަން ބާރުބާރަށް ހެނީއެވެ. ނަމަވެސް ލިވާން ހުރީ ޝިކާ އާ ދިމާއަށް ފުން ނަޒަރަކުން ބަލަހައްޓައިގެންނެވެ. އޭނާ ޝިކާއަށް ހަމްދަރުދީވެއެވެ.

“ހާދަ ފައްކާ ވެލްކަމް އެކޭ ދޯ، އަމީން… ” އަހުސަނު ގުދުވެގެން ބަނޑުގައި އަތް އަޅައިގެން ހޭން އޮވެ ބުނެލިއެވެ.

“އަހުސަން މާ މަޖާ ނުވޭ އިނގޭ…” އަމީން ޓީޝާޓުން ފެންތަށް ފޮޅާލަމުން ބުނެލިއެވެ. އޭނާ ހުރީ ވަރަށް ވެސް ހިތްހަމަ ނުޖެހިފައެވެ. އޭރުވެސް ޝިކާ ހުރި ފިޔަވަޅު މަތީގައި ހުރީއެވެ.

“އަދި މީ ކާކުތަ؟” އަމީން ޝިކާ އަށް ބަލާލަމުން ހިތްހަމަ ނުޖެހިފަ ހުރެ އަހާލިއެެވެ.

“ތީ މިގެއަށް ކިޔަވަން ހުންނަން އަލަށް އައި މަންޖެއެއް…. ވަރަށް ގަޅި ވައްތަރު ޖަހާ ދޯ..؟” އަހުސަނު ހެމުން ހެމުން އަމީން ގާތު ބުންޏެވެ. އަހުސަނު އަނެއްކާ ވެސް ޝިކާ އާ ބެހެން ފެށުމުން ލިވާން ގެ ލޭ ކެކިގެން ދިއައެވެ. ނަމަވެސް ރުޅި ހިންދާލަމުން އަމީން ގާތު އެތެރެއަށް ހިނގާށޭ ކިޔައި އަމީން ގެ ކޮނޑުގައި އަތް އަޅައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. Liaa

    Mi part ves kamudhaane kamah ummeedhu kuran…. Feel free to comment ingey 🙂

  2. Aishu

    Wow..vrh rythi… luvd it.. :*

    1. Liaa
      Aishu

      Thanks Aishu 🙂

  3. irushaa

    Vvvvvvvvvv salhi mi story Ekam thankoleh kury Good Luck??

    1. Liaa
      irushaa

      Irushaa…. yup… thankolheh kuru dhw this time….
      THanks ingey <3

  4. aff

    shikha ah knmex dheragotheh vaan ulhey hen heeway…..thankolheh kuru…keep going.. stry reeti ☺

    1. Liaa
      aff

      Thank u aff 🙂

  5. choppi

    Mi ameen knmx nubaeii hadhrne

    1. Liaa
      choppi

      choppi… nxt part keema ingedhaanennu dhw .. hihhi

  6. chwity

    Mi pic indheydhw mi site ge ihn vahakaeii ga. …

    1. Liaa
      chwity

      Chwity…. alhugadakah neynge inna kameh… really…

  7. Shaa xee

    V v v reethi mi bai vx. Next part avahah up koh dhehchey. Good luck ???

    1. Liaa
      Shaa xee

      Thanks Shaa xee 🙂
      vee haa ves avahah up kuraanan insha allah

  8. Asurumaa

    Liaa once again judge kohlan vaahakaige thankolheh mi libuny its just super vaahaka hama habeys ingey thankolheh kury ingey ingeytha dhethin dhuvas vehjje hama mivaahaka aadheythoa balaathaa mi vaahaka annaane dhuvahakah mifaharu avaskohlahchey all the best☺

    1. Liaa
      Asurumaa

      Thanks asurumaa for ur support 🙂

  9. yoyo

    Woohoo! Liaa hama molhee ey dhw vaahaka liyann….. v habeys hama.. waitingggggggggg

    1. Liaa
      yoyo

      thanks yoyo 🙂

  10. xprincess

    mi story v v v nice….. kmme part eh ves v kiyaa hithun kiyan

    1. Liaa
      xprincess

      thanks xprincess

  11. pinky

    Thankolheh kury. Ekam vvv reethi nxt prt thankolheh dhigukohllachea. Konirakun nxt prt up vaany. Waiting..

    1. Liaa
      pinky

      thanks pinky.. nxt part miah vure dhigu kohlaanan

  12. Moed

    Vvvv nice

    1. Liaa
      Moed

      Thank u Moed 🙂

  13. Asurumaa

    Ur most welcum dear insha allah abadhuves support libyne?

  14. harry

    wat a twist! this ameen guy is such a bad ass…
    liaa… story v v v salhi…. 😀
    waiting for tha nxt part… dhigukohlahchey plllllllxxx

    1. Liaa
      harry

      Thank u harry..

  15. ihoo

    hama v habeys mi part..hama v furihama..:)

Comments are closed.