އީނާޝް ފަހަތަށް ބަލައިލި އިރު ހުރީ ސާއިމްއެވެ. އޭރު އީނާޝްގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ސާއިމްއަށް ފެނިއްޖެއެވެ. ” އީނޫ. ކިތައް ދުވަސް ވަންދެން ތިގޮތަށް އެދެމީހުން އުޅޭނެހާ ގޮތެއް އުޅޭ އިރުވެސް ބަލަހައްޓައިގެން ހުންނާނީ؟” ސާއިމް އަހައިލިއެވެ. ” އީނާޝް ހަމައެކަނި އިސްޖަހައިލައިގެން ހުރީއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ” އީނޫ. އަހަރެން ބުނީމެއްނު އަހަރެން އީނޫއަށް އީނޫގެ ލޯބި ހޯދައިދޭނަމޭ. އެކަމް އެކަން ކާމިޔާބު ވާނީ އީނޫގެ ވެސް ހިތްވަރުން. ގޮސް އުނޫޝް ކައިރީ ބުނޭ ލޯބި ވާވަރު. މީގެ 8 އަހަރު ކުރިން ވަކިވި ސަބަބުވެސް ބުނޭ. އެވަރު ވާނެތަ؟ ” ސާއިމް އަހައިލިއެވެ. ނާޝް ބޯޖަހައިލަމުން އާނއެކޭ ބުނީ އުނޫޝް ދެކެ ވާ ލޯއްބެއްގެ ސަބަބުންނެވެ. އެލޯއްބަށް ފެން ބޮވައިގެންފައި ވާލެއް ބޮޑު ކަމުންނެވެ. ނަމަވެސް ސާއިމްގެ ހިތުގައި ދެސުވާލެއް އުފެދުނެވެ. ނާޝްއަށް އުނޫޝް ކައިރީ ހުރިހާ ވާހަކައެއް ބުނަން ކެރޭނެ ހެއްޔެވެ؟ އަދި އުނޫޝްވެސް ގަބޫލް ކުރާނެ ހެއްޔެވެ؟
” މިރޭގަ އުނޫ ކައިރީ ބުނަން ކެރޭނެތަ؟” ތުންފިއްތައިލައިގެން ހުރި އީނާޝްގެ މޫނަށް ބަލައިލަމުން ސާއިމް އަހައިލިއެވެ. ނާޝް ބަލައިލީ ނަޝާޔާގެ ގައިގާ ތަތްވެގެން ހުރި އުނޫޝްއާއި ދިމާލަށެވެ. އެހިނދު އޭނާޔަށް ބޯ ހޫރުވައިލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ” ކަމް އޯން އީނޫ. ތިހާ ހިތްވަރު ދެރަވެގެން ކިހިނެއްތަ ކަމަކާ ކުރިމަތި ލާނީ. ” ސާއިމް ބެލީ އީނާޝްއަށް ހިތްވަރު ދެވޭތޯއެވެ. ” އާން ސާއިމް. އަހަރެންވެސް ބޭނުން އުނޫގެ މީހަކަށްވާން. އެކަމް އަހަރެން ބިރު ގަންނަނީ. ބިރު ގަންނަނީ އުނޫ ގަބޫލެއް ނުކުރާނެޔޭ ހިތައި. ” އިސްޖަހައިލައިގެން ހުރެ އީނާޝް ބުންޏެވެ. ” އެކަމް ސާއިމް ހާސް ކަނޑައިލާ. އަހަރެން އުނޫއަށް ހުރިހާ އެއްޗެއް ކިޔައިދޭނަން. އަންނަ ހުކުރު ދުވަހު. ” ކުޑަކުޑަ އުންމީދަކާއި އެކު އީނާޝް ބުންޏެވެ. ސާއިމްވެސް ބޯ ޖަހައިލިއެވެ.
****
ހިރިގަލުން ރާނާފައިވާ ގެއެކެވެ. އެއްވެސް އަލިކަމެއް ނެތަސް ފުޅި ބައްތީގެ އަލިން ފުދެއެވެ. ކިތަންމެ ބައު ގެޔަކަސް މުޅި ގެވަނީ އުފާވެރިކަމުން ފުރާލެވިފައެވެ. ކުޑަ ކުޑަ ދެ ތުއްތު ފުރާނައިގެ ހުނުމުގެ އަޑުންނެވެ. އެދެކުދިން ކުޅެލައި މަޖާކޮށް އުޅެމުން ދިޔައެވެ. އިންސާނުން ދުނިޔޭގައި ހުރުމުގެ އުފަލަކީ ފައިސާއާއި މުދާ ނޫންކަން އެގެއިން ހާމަ ކޮށްދެއެވެ. މަންޒަރު ބަލަން ހެވިފައި ތިބި ދެމަފިރިންގެ ހިނިތުންވުމުންނެވެ. ނަމަވެސް ކުއްލިއަކަށް މަންޒަރު ފުސްވާން ފެށިއެވެ. އެގެޔަށް އިތުރު ބައެއް ވަނެވެ. ގޭގެ އުފާވެރިކަން އެހެން ބަޔަކު އައިސް ފޭރިގަންނަން ފެށިއެވެ. މައުސޫމް ދެކުދިންގެ ހުނުމުގެ އަޑު ރުއިމުގެ އަޑަށް ބަދަލްވާން ފެށިއެވެ. އިސާހިތަކު އެއްކުއްޖެއް މަންމަގެ ފުރަގަހަށް އަދި އަނެއް ކުއްޖާ ބައްޕަގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ. ބައްޕައާއި މަންމަ އެކުދިންގެ ބޮލުގައި ފިރުމައިލާ އެއްވެސް ކަމެއް ނުވާނޭ ނުރޯށޭ ބުނެ ހިތްވަރު ދޭން ފެށިއެވެ. އަދި އޮޅުލައި ބައްދައި ހަދަން ފެށީ އެކަކުވެސް ވަކި ނުވާނެކަމުގައި އަޒުމް ކަނޑަ އަޅަމުންނެވެ. ނަމަވެސް ސުކުންތަކަށް ވުރެ ސިކުންތެއް އެމައުސޫމް ކުދިންގެ ރުއިމުގެ އަޑު ބާރުވާން ފެށިއެވެ. އެމީހުން މަންމައާއި ބައްޕައާ ދެމީހުންނާއި ކޮންމެސް ވާހަކަ ދައްކައި ބިރު ދައްކަން ފެށިއެވެ. ދައްކާ ވާހަކައެއް އެއްގޮތަކަށްވެސް ސާފެއް ނުވެއެވެ. ހީވަނީ އެމީހުން ކޮންމެސް ކަމަކަށް މަޖްބޫރް ކުރުވަނީ ހެންނެވެ. އަދި މަންމަ އެއްބަސްނުވެ ދެކޮޅު ހަދަނީހެންނެވެ. ގެޔަށް ވަދެގެން އައި މީހުންގެ ގާތަށް ރުޅި އައެވެ. އަދި އަތުގައި އޮތް ބަނޑި ޖަހައިލީ ކާކާއި ދިމާލަށް ކަމެއް ނޭނގެއެވެ.
” ނޫން.”
އިވިގެން ދިޔައީ ހަމައެކަނި އެއަޑެވެ.
ނިދިފައި އޮތް ލާމިއު އާއި އީލާމްއަށް ހޭލެވުނީ އެއްފަހަރާއެވެ. ދެމީހުންވެސް އޮތީ ދަލުން ޗަސްތެޅިގެންނެވެ. މައިނޭވާވެސް ލެވެއެވެ. ” ނޫން” ދެމީހުންގެ ދުލުންވެސް ނިކުތީ އެއް ބަހެކެވެ. ހީވަނީ ދެމީހުންނަށްވެސް އެއްހުވަފެނެއް ފެނުނީ ހެންނެވެ. ލާމިއު މޭމަތީގައި އަތްއަޅާ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލީ ހުވަފެނެއް ކަން ޔަގީން ވުމުންނެވެ. އީލާމްވެސް ހަމައެފަދައިން ކަންތައް ކުރިއެވެ. ” ކިހިނެއްވީ؟ މިޔޮއް ހެނދުނާ ހަޅޭއްލަވަނީ؟ ރޭގަ އަހަރެންނަށް ހަނދާން ނެތިގެން ކަލޭގެ އަނގަ މަތީ ފޮތިކޮޅު ނޭޅުނީމަ ދޯ މަފޮނިވެގެން މީހަކު އަންނާނެކަމަށް ތިފެލެނީ؟ ” ނުވާ ކަމަކަށް ހަދަމުން އީލާމް އަހައިލިއެވެ. ލާމިއު އެކަށްޗެކޭވެސް ނުބުނެއެވެ. ބުނުމުގެ ބޭނުމެއްވެސް ނެތޭ އޭނާގެ ހިތް ބުންޏެވެ.
” ތިޔެއް ނޫނޭ. މިއަދު ހުކުރު ދުވަސް ދޯ. ކިޔާން ބުނި މިހަފްތާ ހުކުރު ދުވަހު ހުކުރުކުރަން ކަލޭ އަހަރެމެން ރަށަށް ގެންދާނެ ކަމެއް ނެތޯ. މިހާރު ކަލޭ ފެނުނަސް މީހަކަށް ވަކި ކުރާކަށް ނޭނގޭނެޔޯ. ” ކުޑަކޮށް ލޯއުނގުޅަމުން އީލާމް ބުންޏެވެ. ” އަހަރެން ހިތަށް އަރާ ކަލޭމެން އަހަރެން ލައްވާ ހުސްއެކަނި ހުކުރު ނަމާދު ކުރުވަނީ ކީއްވެ ބާއޭ. ކަލޭމެންނަށް ފާފަ ލިބެތީތަ؟ ފާފަ ލިބެނީ ހުސްއެކަނި ހުކުރު ނަމާދު ނުކުރީމަތަ؟ އެހެން އެއްވެސް ނަމާދެއް ކުރިޔަކަ ނުމެއް ދޭ. އަޖާބެއް.” ވިސްނާލަމުން ލާމިއު ބުންޏެވެ. ” ކަލޭމާ އަނގަ ގަދަ ނުކުރޭ އިނގޭ. މިހާރުވެސް ތިއުޅެނީ މީހަކު އާދޭ ތޯ ދޯ. ވަޓް އެވާ ކަލޭއަށް މިއަދު ފަހުމާމެންގެ ގެޔަށްވެސް ދާން ޖެހޭ ދޯ. ކަލޭގެ އަނގަ ގަދަކަމުން ކީއްތަ ކުރާނީ؟ ” ލާމިއުގެ އަނގަ މަތީ ފޮތި ކޮޅު އަޅައިލަމުން އީލާމް ކިޔަމުން ދިޔައެވެ. ލާމިއުއަށް އެއްޗެއް ހަނދާންވިއެވެ. އޭނާ މިރޭ ފަހުމާމެން ގެޔަށް ދާން ޖެހޭ ކަމެވެ. އަދި ފަހުމަމެންގެޔަށް ދިއުމުން ކަންތައް ވާނެ ގޮތް ހިތަށް އަރުވައިލެވުނީ ފުން ނޭވައެއް ލަމުންނެވެ.
****
” ސާމް. އަހަރެން ލޯބިވަނީ އުނޫދެކެއެއް ނޫން. ހަމައެކަނި ސާމް ދެކެ. އަސްލުވެސް ވަރަށް ލޯބިވޭ. ސާއިމް ފެނުނީމަ.. އުފް އައި ޑޯން ނޯ ވަޓް ހެޕެންސް ޓު މީ. އަހަންނަށް ހީވޭ ސާމްވެސް އަހަރެންދެކެ ލޯބިވާހެން. އެނގޭތަ؟ އަހަރެން މިހާރު ބޭނުމެއް ނޫން އުނޫއެއް. އައި ޑޯންޓް ފީލް އެނީތިންގ ފޯރ ހިމް ބަޓް ފޯރ ޔޫ. އަހަރެން ވަރަށް ވަރަށް ވަރަށް ލޯބިވޭ. އަހަންނަށް އެނގޭ އަހަރެން މިއުޅެނީ އުނޫއާ ކައިވެނި ކުރަންކަން. އެންޑް ޕްލަސް އުނޫ ލޯބިވަނީވެސް އެހެން މީހެއް ދެކެ. އަހަރެން އުނޫގެ ލޯބި އޭނާއާއި ދުރު ކުރީ. އަނެއްކާ އަހަރެން ސާމް ދެކެ ލޯބިވަންޏާ ހިޔެއް ނުވޭ ބައްޕަމެން ގަބޫލް ނުވާންހެނެއް. ބައި ދަ ވޭ އޯކޭތަ އަހަރެން ސާމް ކިޔަސް. ” ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރެ ނަޝާޔާ ދިޔައީ ސާއިމްއަށް އޭނާގެ އިހްސާސްތައް ބަޔާން ކުރުމަށްޓަކައި ތައްޔާރު ވަމުންނެވެ. ނަޝާޔާ ހީވަނީ މިއަދު މޮޔައެއްހެންނެވެ. އުމުރުން ފުރަތަމަ ފަހަރު މީހެއްދެކެ ލޯބިވެ އެމީހެއްގެ ކުރިމަތީގައި އަމިއްލަ އިހްސާސްތައް ބަންޑުން ކޮށްލާއިރު ތައްޔާރުނުވެ ކުރާކަށް އެކަކުވެސް ބޭނުމެއް ނުވާނެ ނޫން ހެއްޔެވެ؟
” އުނޫ. އަހަރެން ވާހަކައެއް ބުނަންތަ؟ އަހަރެން އެދުވަހު ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން އަހަންނަށްވެސް އެނގޭ. އެނގޭތަ؟ އަހަރެން އުނޫއަށް ދޮގު ހެދީ. އަސްލު އަހަރެން ވަރަށް ލޯބިވެޔޭ އުނޫދެކެ. އެކަމް އޭގެ ފަހަތުގަ ވަނީ އެތައް މަޖްބޫރީއެއް.. އެންޑް ދެން އުނޫއަށް ހުރިހާ އެއްޗެއް ކިޔާ ދޭނީ.. ރައިޓް ސާއިމް؟ ” ލޯގަނޑުގެ ކުރިމަތީގައި ހުރި އީނާޝްގެ ފުރަގަހުގައި ހުރި ސާއިމްއާއި ދިމާލަށް ބަލައިލަމުން އީނާޝް އަހައިލިއެވެ. ސާއިމްވެސް ބޯޖަހައިލީ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުންނެވެ. އަދި ޕްލާސްޓިކް ހިނިތުންވުމެއް މޫނުގައި ކުރަހާލިއެވެ. ” ސާއިމް ވަޓް؟ މިއަދުވެސް ރޮނީތަ؟ ދެން ރޯންވީ ދުވަސްތައް ފާއިތުވެގެން ދިޔައީއޭ. ދެން އޯލް ވިލް ބީ ސޯ ހެޕީއޭ. އަހަރެންނަށް އުނޫ ލިބުނީމަ..” އީނާޝްއަށް ވާހަކަ ފުރިހަމަ ނުކޮށް މަޑުޖެހިލެވުނީ ސާއިމް ބުނެލި އެއްޗަކުންނެވެ. “އުނޫ ލިބުނީމަ އަހަރެންނާ ވަރަށް ދުރަށް ދާން ދޯ ތިއުޅެނީ.”
” ސާއިމް. އަމް ސޮރީ. ” އިސްޖަހައިލަމުން އީނާޝް ބުންޏެވެ. ހަގީގަތުގައި އޭނާއަށް އެހެން ބުނެލެވުނީ އުފަލުން ގޮހެވެ. ” އިޓްސް އޯކޭޔޭ. އަހަރެންނަށްވެސް ޖެހޭތަ ދޯ ރޯން. އީނޫ އުފަލުގަ ހުރެއްޖިއްޔާ އަހަރެންވެސް ހުންނާނީ އުފަލުގައޭ. އަހަރެންނަށްވެސް ރަނގަޅީ އީނޫއަށް އީނޫގެ ލަވް ލިބުމޭ. ޑޯންޓް ވޮރީ. އިންޝާ ﷲ މިއަދު އެތައް އަހަރަކަށްފަހު އީނޫގެ ދިރިއުޅުން ބާޖަވެރިވާނެ.” އީނާޝްއަށް ހިތްވަރު ދެމުން ސާއިމް ބުންޏެވެ. އީނާޝްވެސް ތެންކްސްއޭ ބުނީ ސާއިމްގެ އިހްސާސްތަކަށް ވިސްނާފައެވެ.
އީނާޝްވެސް މެންދުރު ކެއުމަށްފަހު ފަހުމާމެންގެޔަށް ދިޔައީ ކައްކަން އެހީތެރި ވެދިނުމަށްޓަކައެވެ. އޭރު ސްޕެކެޓީ ހަދާނީ އޭނާއޭ ހިތަށް އަރަމުން ދިޔައީ އުނޫޝްއަށް އެންމެ ކަމުދާ އެއްޗަކީ ސްޕެކެޓީ ކަމުގައި ވާތީއެވެ. ނަޝާޔާވެސް އެދުވަހު އުމުރުން ފުރަތަމަ ފަހަރަށް ކައްކަން މަސައްކަތް ފެށިއެވެ. ގިނަކަންތައް ކުރަން ނޭނގުނަސް ކޮންމެސް ވަރަކަށް އަތްގާތް ކޮށްދިނުމަށްށެވެ. ހަމަ އެންމެ ސަބަބަކާއި ހެދިއެވެ. މިއަދަކީ އޭނަޔަށްޓަކައި ހާއްސަ ދުވަހަކަށް ވާތީއެވެ. އޭރު އެތުންފަތް މަތިން ހިނިތުންވުން ފިލައި ނުދެއެވެ. އީނާޝްވެސް ހަމަ އެފަދައެވެ. އޭނާވެސް އުފަލުން ގޮސް އުޅެވޭ ގޮތްވެސް ނޭނގެއެވެ.
އެންމެ ފުރިހަމަ ގޮތުގައި ކެއުން ހަމަ ޖެހުނެވެ. މުޅި އާއިލާއަށް ދައުވަތު ދެވުމުން އަމީނާމެންވެސް އައެވެ. ފަހީމާގެ އެއްބަނޑު މީހުންނާއި އެމީހުންގެ ދަރިންވެސް އައެވެ. އަދި ނުވިތާކަށް ނަޝީދުގެ އެކުވެރިއެއް ހުރިއްޔާ އެމީހަކުވެސް އައެވެ. ދެފަރާތު އާއިލާގެ ހުރިހާ އެންމެންނަށް ދައުވަތު ދީގެން މިފަދަ ބޮޑު ކެއުމެއް ބޭއްވުމުގެ އެއްވެސް މަގްސަދެއް ނަޝީދު ނޫން އެހެން މީހަކަށް ނޭނގެއެވެ. އަދި މުޅި ގެ ޒީނަތްތެރި ކޮށް ސިޓިން ރޫމްގައި ކުޑަކޮށް އުސްކޮށް ހުންނަ ތަންކޮޅެއް ޒީނަތްތެރިކޮށް ފައިވާ އިރު ހީވަނީ ސްޓޭޖެއް ހެންނެވެ. އަދި މޭޒުތަކެއް ދޮށުގައި ބައިވަރު ގޮނޑިތަކެއް އެސްޓޭޖާއިވީ ފަޅީއަށް ބަހައްޓާފައިވުމުން ހީވަނީ ޝޯވ އެއް ބާއްވަން އުޅޭ ހެންނެވެ. މުޅި މާހައުލުވެސްވަނީ ފަނޑު ފަނޑު ލައިޓްތަކަކުން ދިއްލިފައެވެ. ކައިވެނީގެ ހަފްލާއަކާވެސް ވައްތަރެވެ.
” އަޅޭ ނަޝީދު ތިއުޅެނީ ކިހިނެއް ވެގެންތަ؟ ކެއުމެއް ބާއްވާންށޯ ކިޔާފަ ތިއުޅެނީ ޕާޓީއެއް ބާއްވާންތަ؟ ” ތައްޔާރުކުރެވިފައިވާ މާހައުލަށް ނަޒަރު ހިންގަމުން ފަހީމާ އަހައިލިއެވެ. ” ދެން މަޑުން ހުރެބަލަ. ސަޕްރައިޒެއް ދޭންށޭ މިއުޅެނީ. ” ކުޑަކޮށް ހީލަމުން ނަޝީދު ބުނީ ހަމައެކަނި މިހެންނެވެ. އޭރު ނަޝީދު ދައުވަތު އެރުވި ގަޑިއަކީ 8:30 ކަމުން މީހުންތައް ވަންނަން ފަށައިފިއެވެ. ލާމިއުއާއި ކިޔާންވެސް އައިސްވަނެވެ. ” ޝާން. ޝުކުރިއްޔާ އިނގޭ އަހަރެން ދިން ދައުވަތަކަށް އައިސް ދިނީމަ. ދޭ ކާ އެއްޗެހި ހިފައިގެން މިތަނުން ގޮނޑިއަކު އިށީނދެލަން. އަހަރެން ބޭނުން ކިޔާންއާ ކުޑަ ވާހަކައެއް ދައްކާލަން. އޯކޭތަ އެގޮތް. ” ދޮރުން ވަދެގެން އައި ކިޔާންއާއި ލާމިއު ފެނުމާއިއެކު ނަޝީދު ބުންޏެވެ. ” އާން އޯކޭ ވާނެ.” ކިޔާން ބުންޏެވެ. ކިޔާން ކުޑަކޮށް ޖެހިލުން ވިއެވެ. ލާމިއު އެކަނި ފޮނުވާލަން ޖެހޭތީއެވެ. އޭނާއެއް ކުޑަކޮށްވެސް ލާމިއުއަކަށް އިތުބާރެއް ނުކުރެއެވެ. ލާމިއުއަކީ ނުލާހިކު ބޯ ބޮޑު މީހެކެވެ. ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ނަމަވެސް ނަޝިދުގެ ކުރިމަތީގައި މިނޫން ގޮތެއް ނޯންނާނެކަން އޭނާއަށް އެނގެއެވެ. ލާމިއު ފުރުސަތުގެ ބޭނުން ހިފައިލިއެވެ. އަދި ސިއްރު ސިއްރުން ފަހުމާގެ ކޮޓަރިއަށް ވަނެވެ.
އޭރު އެނދުގެ ބެޑްޝީޓަށް ނަޒަރު ހިންގައިގެން ފަހުމާ ހުރީ ހިޔާލަކަށް ގެއްލިފައެވެ. ލޮލުން އެންމެ ކަރުނައެއްވެސް ނުބާލައި އިންއިރު ހީވަނީ ނުރޯން ހުވާ ކޮށްގެން ހުރިހެންނެވެ. ލާމިއު މަޑުމަޑުން ދޮރުލައްޕާލައި ފަހުމާގެ ކައިރީގައި އެނދުގައި އިށީނދެލިއެވެ. އަދި އިސްޖަހައިލައިގެން ހުރި ފަހުމާގެ ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތިކޮށްލީ އެމައުސޫމް މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ” ލޮލަށް އިސްތަށި ވެއްޓުނީމަ ތަދެއް ނުވޭތަ.” ލާމިއު ބުނި އެއްޗަކުން ފަހުމާއަށް އިސްއުފުލާލެވުނެވެ. އޭނާއަށް އެއަޑެއް އޮޅުވައެއް ނުލެވޭނެއެވެ. އެއީ ލާމިއުގެ އަޑެވެ. ފަހުމާއަށް ލާމިއުގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ އެއްޗެއް ދިރާސާ ކުރާ ފަދައިންނެވެ. އާނއެކެވެ. އެއީ ލާމިއުގެ މަޑު މުށިކުލައިގެ ކަޅިއެވެ. އޭނާޔަށްވެސް އެވަރު އެނގެއެވެ.
” ލާމީ”
ކުރެހިގެންވާ އަޑަކުން ފަހުމާއަށް ބުނެވެނެވެ. ލާމިއުވެސް ބޯޖަހައިލަމުން އާނއެކޭ ބުނުމުން ފަހުމާއަށް ބާރަކަށް ލާމިއުގެ ގައިގާ އޮޅުލައި ގަނެވުނުއިރު އެދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ލާމިއުވެސް ބާރަކަށް ފަހުމާގެ ގައިގާ އަތް ވަށައިލީ ލޯ މަރާލައި ލުއި ހިނިތުންވުމެއް ތުންފަތުގައި ވެރިކުރަމުންނެވެ.
***
ގޭގައި ހައްދާފައިވާ “އޮފިއެލޭ” ގަހެއްގެ ދޮށުގައި އުނޫޝްއަށް އިންތިޒާރު ކޮށްގެން ނާޝް ހުއްޓެވެ. އޭރު ސާއިމް ވީ އުނޫޝް ބަލައި ގޮހެވެ. އީނާޝް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ކުޑަކުޑަ އުންމީދީ ހުޅުކޮޅުގެ ސަބަބުންނެވެ. ” އެތާ އެބަ ހުރި ކޮންމެސް މީހަކު އިންތިޒާރުގަ.” ނާޝް މަޑުކޮށްގެން ހުރި ގަހާއި ދިމާލަށް އިނގިލި ދިއްކުރަމުން އުނޫޝް އާއި ދިމާލަށް ސާއިމް ބުންޏެވެ. އުނޫޝްވެސް އިތުރު ސުވާލެއް ނުކޮށް ގަހާއި ދިމާލަށް ހިނގައިގަތެވެ.
” ކާކު؟ ” ފުރަގަހަށް ހުރި ނާޝްއާއި ދިމާލަށް އުނޫޝް އަހައިލިއެވެ. އޭނާއަށް އޭރު އެއީ ނާޝްކަން އެނގެއެވެ. ނާޝްގެ ހިތް ފިނިވެގެން ގޮސް ގަނޑުކޮޅަކަށް ވެއްޖެއެވެ. ” އީނާޝް.” އުނޫޝްއާއި ދިމާލަށް އެނބުރިލަމުން ނާޝް ޖަވާބު ދިނެވެ. ” ކީއްކުރަން އަހަރެންނާ ބައްދަލް ކުރަނީ؟” ފަރުވާ ކުޑަ ގޮތަކަށް އުނޫޝް މިހެން ބުނެލުމުން ނާޝްގެ ހިތްވަރު އެލެން ފެށިއެވެ. ހިތުގައި އުފެދިފައިވާ ކުޑަކުޑަ އުންމީދު ފަނޑުވާން ފެށިއެވެ. ” އަހަރެން ކުޑަ ވާހަކައެއް ބުނަން. އުނޫ އަމް ސޮރީ ފޯ އޯލް ވަޓް ހެޕެންޑް ބިފޯ 8 އިޔާސް. ” ނާޝް ވާހަކަ ފަށަން މަސައްކަތް ކުރިއެވެ. ” އަހަންނަށް ހީވަނީ އެކަމާ ބެހޭގޮތުން ނާޝް ދައްކަން ޖެހޭ އެއްވެސް އެއްޗެއް ނޯންނާނެހެން. ” އުނޫޝްގެ ފަރުވާކުޑަ ބަސްތައް ނާޝްއަކަށް ހަޖަމެއް ނުވިއެވެ. ނަމަވެސް އަދި ހިތްވަރު އެލުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ. ” އުނޫ އައި ލައިޑް ޓު ޔޫ. އަހަރެން އޭރުވެސް އަދި މިހާރުވެސް އުނޫދެކެ ވަރަށް ލޯބިވޭ. އެކަމް އަހަންނަށް މަޖުބޫރުވީ. އަމް ސޮރީ އުނޫ. އައި ލަވް ޔޫ ”
” ޕްލީޒް. އަހަރެން ތިވާހަކަތައް އަޑުއަހަން ބީރު. ވީކަމެއް ވެނިމުނީ. އަހަރެން ބޭނުމެއް ނޫން މާޒި ހަނދާންކޮށް މުޅި އުމުރު ދުއްވާލާކަށް. ނާޝްމެން ކަހަލަ އަންހެން ކުދިން ހީއްކުރަނީ ކީކޭތަ؟ ފިރިހެން ކުދިންނަކީ ވަރަށް ހިތްހަރު ބައެއް. އެކަމްވެސް އަހަރެން ނާޝްއަށް މާފްކޮށްފިން. ” އުނޫޝް މާފްކުރިކަމަށް ބުނުމުން ނާޝްގެ ހިތްފުރުނު ފަދައެވެ. އޭނާގެ ތުންފަތް މަތީ ކުޅެލީ ވަރަށް އަގު ބޮޑު ހިނިތުންވުމެކެވެ.
” އުނޫ އަހަންނަށް މަޖްބޫރް.. ” ނާޝް މަސައްކަތް ކުރީ އިތުރަށް އޮޅުން ފިލުވައި ދެވޭތޯއެވެ. ނަމަވެސް އެއަށްވުރެ ކުރިން އުނޫޝް ވާހަކަ ދައްކަން ފެށިއެވެ. ” ހެޔޮނުވާނެ. އާދޭސް ކޮށްފަ ބުނަން. އޭރުގަ ހިނގާ ދިޔަ ކަންތަކުގެ ވާހަކަ ނުދައްކާ. އަހަރެން ބޭނުމެއް ނޫން މާޒީގެ ސަބަބުން ދިރިއުޅުން ބަރުބާދް ވާކަށް. އަހަރެން މިހާރު މިއުޅެނީ ވަރަށް އުފަލުގަ. އަހަންނަށް އެނގޭ ތިކަހަލަ އަންހެނުންގެ ގޮތް. ދުވަހަކުވެސް އަހަންނަށް ލިބޭ އުފެލެއް ހަޖަމެއް ނުވޭދޯ. އެހެންވެގެންނެއްނު މަޖްބޫރޭ އަނެކެއްޗެކޭ ކިޔައިގެން އަހަރެންގެ ދިރިއުޅުމަށް ޒަހަރު ލާން ތިއުޅެނީ. އީނާޝްއަށް މީހުންނަށް ބޭވަފާތެރިވެ އެހެން މީހުން ފަހަތުން ދުވަން ފަސޭހަވިޔަސް އަހަންނަކަށް ފަސޭހައެއް ނޫން. އާން. އަހަރެން ގަބޫލްކުރަން އަހަންނަށް ލޯބިވެވެނީ ނާޝްދެކެކަން. އެކަމް ތީ އަހަރެންގެ ނާޝްއެއް ނޫން. ތީ އީނާޝް. އީނާޝްއަކަށް ދުވަހަކުވެސް އަހަރެންގެ ހިތުން ޖާގައެއް އަހަރެން ނުދެން. އަހަރެންގެ ހިތުގެ ރާނީއަކީ ނާޝް. އަހަރެން ނަޝާ އާ ކައިވެނި ކުރިޔަސް ނަޝާޔާއަށްވެސް ނާޝްގެ ދަރަޖައެއް ނުދެވޭނެ. އެކަމް އަހަރެން ބޭނުމީ ނަޝާޔާ އެކު އާ ހަޔާތެއް ފަށައި ރަނގަޅު ދިރިއުޅުމެއް އުޅެން. ސޯ ޑޯންޓް ޓްރައި ޓު ފަޔާ މައި ލައިފް. ގޯ އަވޭ. ” އުނޫޝް ހުރިހައި އެއްޗެއް ކީ އިރުވެސް ގިސްލަ ގިސްލައި ނާޝް ހުރީއެވެ. އޭނާއަށް އިތުރަށް އެންމެ ބަހެއް ބުނުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އުނޫޝްވެސް ދުވެފައި ގޭތެރެއަށް ވަނެވެ. އޭރު އޭނާގެ ދެލޯވެސް ކަރުނުން ދެމެއްޖެއެވެ. ކޮންމެހެނެއް ވިޔަސް ނާޝްގެ ގިސްލުމުގެ އަޑު އަހާކަށް އޭނާޔަކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ނާޝްއަކީ ބޭވަފާތެރިއެކެވެ. ބޭވަފާތެރިއަކަށްޓަކައި ކަރުނަ އަޅާކަށް އޭނާ ބޭނުމެއް ނޫނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.




Enjoy readin… Nd feel free 2 leave cmmntx… Hope u guys will lyk this prt 2….
V salhi mi vaahaka. Keep it up ushaa.
Thnkxxx leem…
Vv reethi. Aneh part kon irakun up vany. Kiyaa hithun keh vanihyeh nuun.
Thnkxx laimaan… keh kolla.. Insha allah I will try 2 up tomorow….
Vv reethi mipart aneh part ves avahaha up kohdhecey thank ushaa and keep it up
Ya i will try bxt Lai… Thank yuh…
Varah reethi.ekam thankolheh kuru hen heevany.haadha lahunnney up thi kurany.when nxt part.stry is awesome.keep it up…???????
Hmm.. Mi prt thankolheh kurukoh lahun dw up v… Bt nxt prt avahah up veytho balaanan…. Thnkxxx..
reethi… keep going ..☺
Thnkxx.. Kyp waitin…
Oh.. varah furihama mibai ves.. laamiu and eelaam eyee twins dho….
Lets c dw Aimsithu… Thank you…
Alheyy unooshh hedhigoiyy….naash rohwaalyy pis pis heyowaany kihineh???
Ushyyy waiting for the next partt….so interested what will happen next..???
Aan dw… Unoosh vrh goas dw… Kyp waitin 2 know what happens de last…. Thnkxzz Seenu
This story keeiru alhugandah sifavi. Mi str varah vatharu alhugandu ge life aa hama mikahala goihthakeh dhimaavega hury. Kudakin thafaathu. Vvvv salhi I like it. USHEE keevvetha ehaa lahun thinehllee nxt prt dhigu kon avahah nehlachey. Waiting…
Ya nonni.. ushaayah internet nulibegen las v.. Bt Insha allah nxt prt avahah up vaane… Kyp readin.. Thnk yuh…
Vvvvvvvvv salhi ?? ekam unoosh ah evee kihineh naash kihaa sad vaane ?? and varah avahah 2nd part up kohlah chey ushaa. I❤ this story……….
Hmmm… totally agree with yuh,,, Asluvx unoosh vrh goas dw… Nxt prt insha allah tomorrow….
Alhey naash kihaa dhera vaane… but story v nice… just waiting for next part….
Asluvx dw Pinkish… Thnkxxx. Jxt kyp waitin…
Mi part vx v salhi. ..next part ge inthizaaruga
Tnkxxx… Inthizaaru kurey….
Very nice……heekuran miah vuren dhiguvaane kamah dhennikunabai vx
Tnkxxx… Ya insha alah dhigu vaane…
Ushaa v salhi
Thnkxx main…