Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(17 ވަނަ ބައި)

Ushaa
June 3, 2016
5 Mins Read
49 Views
41 Comments

އުނޫޝް ހުރިހައި އެއްޗެއް ކީ އިރުވެސް ގިސްލަ ގިސްލައި ނާޝް ހުރީއެވެ. އޭނާއަށް އިތުރަށް އެންމެ ބަހެއް ބުނުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އުނޫޝްވެސް ދުވެފައި ގޭތެރެއަށް ވަނެވެ. އޭރު އޭނާގެ ދެލޯވެސް ކަރުނުން ދެމެއްޖެއެވެ. ކޮންމެހެނެއް ވިޔަސް ނާޝްގެ ގިސްލުމުގެ އަޑު އަހާކަށް އޭނާޔަކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ނާޝްއަކީ ބޭވަފާތެރިއެކެވެ. ބޭވަފާތެރިއަކަށްޓަކައި ކަރުނަ އަޅާކަށް އޭނާ ބޭނުމެއް ނޫނެވެ.

އީނާޝްއަށް ހުރިތަނުގެ ބިންމަތީގައި އިށީނދެލެވުނީ ފައިގެ ވަރު ހުސްވެގެންނެވެ. 8 އަހަރު ދުވަހުގެ އިންތިޒާރު މިހާ ހިތިވާނެކަމަކަށް އޭނާގެ ހިތަށްވެސް ނާރާއެވެ. އަދި އެހިތުގައި އުފެދިފައިވާ ޒަހަމްތައް އިތުރުވާން ފެށިއެވެ. ދުނިޔޭން ބާކީ ވީ ކަމުގެ އިހްސާސްކުރެވެން ފެށިއެވެ. ދުނިޔެއަކީ ބޭވަފާތެރި ތަނެއްކަން ނަގައިގަނެވެން ފެށިއެވެ. ލޯބަކީ ހިތި އެއްޗެކަން ގަބޫލް ކުރެވެން ފެށިއެވެ. ގުރްބާނީގެ އަގެއް ނެތް ތަޖްރިބާ ކުރެވެން ފެށިއެވެ. ސާއިމްއަށް އެތަނަށް އާދެވުނީ އިށީނދެލައި ރޯން އިން އީނާޝް ފެނިފައެވެ. ލޯއްބަކީ ވޭނެއްކަން އޭނާއަށްވެސް އެނގެއެވެ. ހުދު އޭނާވެސް އެދަނީ އީނާޝްގެ ލޯއްބަށްޓަކައި ފިދާވަމުންނެވެ. ނަމަވެސް ލޯއްބަކި ވަރަށް އެހެން ކަހަލަ އެއްޗެކެވެ. އިންސާނަކަށް ލޯބިވެވެނީ ބޭނުން ވެގެންނެއް ނޫނެވެ. އެނގި ހުރެއެއްވެސް ނޫނެވެ. ކެހިވެރި ހިތް ލޯބިވަނީކީ ވަކިމީހެއް ބަލާފަކައެއް ނޫނެވެ.

” އީނޫ. ” އިސްޖަހައިގެން ހުރި އީނާޝް އިސްއުފުލާލީ ސާއިމްގެ އަޑަށްށެވެ. އަދި އީނާޝް ކައިރީގައި އިށީނދެލި ސާއިމްގައި ގާ ބައްދައިލެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އަދި ދެލޯ މަރައި ކަރުނަތަށް ސާއިމްގެ ކޮނޑު މައްޗަށް ވެރެން ފެށިއެވެ. ހިތުގައިވާ ޒަހަމްތަކަށް ޝިފާއެއް ލިބޭތޯއެވެ. އޭނާގެ ހިތުގެ އުދާސްތައް ދެނެގަންނަން ހަމަ އެކަނި އެނގެނީ ސާއިމްއަށްށެވެ. އޭނާއަށް ރަހުމް ކުރާ އިންސާނަކީ ހަމައެކަނި ސާއިމްއެވެ.

ސާއިމްގެ ހިތުގައި އީނާޝް ގިސްލުމުގެ އަޑު ހަރުލަން ފެށިއެވެ. އަދި ހަމަ އެހާ ބާރަށް އޭނާގެ ހިތްވެސް ތެޅެން ފެށިއެވެ. ” އީނޫ. އަދި ތިހާ ވަރަށް ރޯވަރުގެ ކަމެއް ނުވެއެއްނު. އަދި އެންމެ ފަހަރަކު ނު ތި ޓްރައި ކުރީވެސް. ޔޫ ކޭން ޓްރައި މޯ. 8 އަހަރު ވަންދެން އޭނަގެ އިންތިޒާރުގަ ހުރި މީހަކަށް އޭނަ އަންނަން ދެންވެސް އިންތިޒާރު ކުރެވޭނެ އެއްނު. އަދި އެއްފަހަރު ޓްރައި ކުރާނީ ދޯ. ” އީނާޝްއާއި ދުރުވެލައި ހިތްވަރުދެމުން ސާއިމް ބުންޏެވެ. އީނާޝް އިސްއުފުލާވެސް ނުލައެވެ. ” ނޫން ސާއިމް. އެއީ އަހަރެން ޓްރައި ކުރި އެންމެ ފުރަތަމަވެސް އަދި އެންމެ ފަހުވެސް ފަހަރު. އަހަރެންދެން އޭނަ ފަހަތުން ނުދުވާނަން. އުނޫ ބުނި އުނޫ އުޅެނީ ވަރަށް އުފަލުގައޭ. އަހަންނަށް އެވަރުން ފުދޭ. އުނޫގެ އެއްވެސް އުފަލެއް ޖަހައިގަންނާކަށް އަހަރެން ބޭނުމެއް ނޫން. އިޓްސް ހިޒް ޗޮއިސް. އުނޫ އެހެން ބުނާނީ ނަޝާ ދޮންތަދެކެ ބޮޑަށް ލޯބިވާތީ ދޯ. އަހަރެންނަށް ހީ ކުރެވުނީ ގޯސްކޮށް. އުނޫއަކަށް ދުވަހަކުވެސް އަހަރެންދެކެ ލޯއްބެއް ނުވެވޭ އަސްލު. އޫނު އަހަންނާ ރައްޓެހި ވީ ނަޝާ ދޮންތަޔާ ޖެއްސުމަށް. އަހަންނަށް އުނޫދެކެ ލޯބި ވެވުނީ. އެއީ އަހަރެންގެ ކުށެއް. އަހަރެން ގަބޫލް ކުރަން އެކަން. ” ލޮލުން އޮހެމުން ދިޔަ ކަރުނަތަށް ހިފަހައްޓާލަމުން އީނާޝް ބުނީ އައު އަޒުމެއް ގައެވެ.

” އީނޫ. ތިހެން ހީ ނުކުރޭ. އުނޫ ވަރަށް ލޯބިވޭ އޭނަގެ ނާޝްދެކެ. އެކަމް މިވަގުތު އޭނާއަށް އަދި ރަނގަޅަށް ނުވިސްނުނީ ކަން ނޭނގެ. އުނޫ އަދި އަންނާނެ.” ސާއިމް ބެލީ އީނާޝްއަށް ވިސްނައި ދެވޭތޯއެވެ. އޭނާ ބޭނުމީ އީނާޝްއަށް އޭނާގެ ލޯބި ހޯދައި ދިނުމެވެ. ” ނޫން ސާއިމް. އެއްވެސް ބޭނުމެއް ނެތް. އަހަރެން މިހާރު އުނޫއަށް ވިސްނައި ދެވޭތޯ ވަރަށް މަސައްކަތް ކޮސްފިން. ދެން އިތުރަކަށް އުނޫއަށް ކިޔައިދޭނެ އެއްވެސް އެއްޗެއް ނެތް. އުނޫ އަހަރެންދެކެ ލޯބި ވަންޏާ އަމިއްލައަށް އައިސް އަހަންނަށް އެއް ފުރުސަތު ދޭނެ. ލީވް ދެޓް. އަހަރެން ބޭނުމީ ސާއިމްއާ އެކު އުޅެން. ސާއިމްގެ މީހަކަށް ވާން. ސާއިމްގެ ލޯއްބަށް ގަދަރު ދީ ދެވަނަ ފަހަރަށް މީހެއް ދެކެ ލޯބިވަން.  ކައިވެންޏަކީ ވަރަށް މާތް ގުޅުމެކޭ މީހުން ބުނެއެއްނު. އެހެންވެއްޖިއްޔާ އަހަރެން ބޭނުމީ އެހެން މީހުންނާ ކުޑަކޮށް ތަފާތު ވެލަން. ފުރަތަމަ ކައިވެނި. ދެން ލޯބި. އަހަރެން އަދި ސާއިމް ދެކެ ލޯބިވެސް ވާނަން އިންޝާﷲ. ” އީނާޝްގެ ހިތުގައި އުންމީދީ ހުޅުކޮޅެއް ދިއްލުނެވެ. ސާއިމްއާއިއެކު ހަޔާތެއް ފަށަންށެވެ. ނަމަވެސް ހިތް ސުވާލު ކުރިއެވެ. އޭނާއަށް އުނޫޝް ނޫން އެހެން މީހެއްދެކެ ލޯބިވެވޭނެ ބާއެވެ؟ ސާއިމްއަށް އުނޫޝްގެ މަގާމް ދުވަހަކުވެސް ދެވޭނެ ހެއްޔެވެ؟ ސާއިމްއާއިއެކު ހަޔާތެއް ފެށޭނެ ބާއެވެ؟ ސާއިމްދެކެ ލޯބިވެވިދާނެ ބާއެވެ؟

އީނާޝްއާއިއެކު އެތެރެއަށް ވަދެ ކައި ހަދާލައިގެން ސާއިމް ވަނީ އެގޭގައި ހުންނަ ގެސްޓް ރޫމަކަށްށެވެ. މޫނު ދޮވެލައި ހަދާލަންށެވެ. ކައިނިމިގެން މޫނު ދޮވުމަކީ އޭނާގެ އާދައެކެވެ. އަދި އެކޮޓަރި ހުންނަނީ އަބަދު ހުޅަވާފައި ކަމުންނާއި  ފަހީމާމެން އެކޮޓަރިއަށް ވަނުމުގެ ހުއްދަ އޭނާއަށް ދީފައި ވާތީ މާ ބޮޑު އުނދަގުލަކާއި ނުލައި އޭނާއަށް ވަދެވެއެވެ. ސާއިމް އެކަނި ވެލާނެ އިރަކަށް ބަލަބަލަ ހުރި ނަޝާޔާއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އޭނާ މަޑުމަޑުން ގޮސް ގެސްޓް ރޫމްއަށް ވަނީ އެހެން މީހަކަށް ހިލަމެއްވެސް ނުވާނެހާ މަޑުންނެވެ.

ފާހަނާގައި ހުރި ސާއިމްއަށް މީހަކު ކޮޓަރިއަށް ވަދެ ދޮރުޖަހައިލި އަޑު އިވުނެވެ. ކާކުކަމެއް ނޭނގޭތީ ސާއިމް ފާހަނައިން ނިކުތީ އުނޫޝްއަށްވެސް ވެދާނޭ ހިތައިއެވެ. އޭރު ކޮޓަރީގެ ޑްރެސިގ ޓޭބަލް މަތީ ގަނޑު ކޮޅެއް ބާއްވައިލައިފައި ނަޝާޔާ ނިކުމެއްޖިއެވެ. ސާއިމް މަޑުމަޑުން ގޮސް އެގަނޑު ކޮޅު ނެގިއިރު އޭނާއަށް ދޭންވެގެން މީހަކު ލިޔެފައި އޮތް އެއްޗެއް ބާއޭ ހިތަށް އަރަމުން ދިޔައެވެ. އަދި ލަސްލަހުން ގަނޑު ކޮޅު ހުޅުވާލައި ކިޔަން ފެށިއެވެ.

” ސާމް. އާން. ދިސް އިޒް ފޯރ ޔޫ ސާއިމް. ޔޫ އަރ ސާމް ފޯ މީ. އަހަރެން އުމުރުން އެންމެ 14 އަހަރުން އުނޫއާ ރައްޓެހިވެއްޖިން. ލޯބިވެގެނެއް ނޫން. އަހަންނަކީ ސްކޫލުން ހޮވާލެވޭފަދަ ރީތި ކުއްޖަކަށް ވެފައި ބިޓެއް ނުނަގާ ހުރުމަކީ ކަޑަ ކަމެކޭ ކުދިން ބުނާތީ. އަހަރެން ހީއްކުރީ ލޯއްބަކީ ސިކުނޑިން ވެވޭ އެއްޗެކަމަށް. ސިކުނޑި ވިސްނާލައިފައި ރީތި ކުއްޖެއް ފެނެއްޖިއްޔާ އެލޯބި ވެވުނީ ކަމަށް.  ލޯއްބަކީ ކޯއްޗެއްކަން އޭރު އަހަންނަކަށް ނޭނގެ. އެކަމް އެންމެ ފުރަތަމަ ދުވަހު ސާމް ފެނުނީއްސުރެ އަހަންނަށް ލޯއްބަކީ އިހްސާސެއްކަން ދެނެގަނެވިއްޖެ.  ލޯއްބަކީ މީހެއްގެ ރީތިކަމަށް ތަބާވާ އެއްޗެއް ނުންކަން ގަބޫލް ކުރަން މަޖްބޫރް ވެއްޖެ. ސާމްދެކެ ލޯބިވަން އަހަންނަށް މަޖްބޫރް ވެއްޖެ. ސާމް ދައްކާ ކޮންމެ ވާހަކައެއް ހިތުގަ ހަރުލާ ތަކުރާރުވާން ފަށައިފި. ސާއިމްގެ ކޮންމެ އަމަލެއް އަހަރެން ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ދަތުރު ވާން ފަށައިފި. މީ ލޯއްބެއް ނޫންތަ؟….

އަހަރެންނަށް ހީވަނީ މީ ލޯބިހެން. އަދި ސާމްވެސް އަހަރެންދެކެ ލޯބިވާހެން އަހަންނަށް ހީވޭ. ސާމް އަހަންނާ ދޭތެރެ ގެން ގުޅޭ ގާތްކަމުން އަހަންނަށްވެސް ސާމްގެ މަތިން ހަނދާން ނައްތާލާން ދަތި ވެއްޖެ. ވަރަށް ބޮޑަށް. އަހަންނަށް އެނގޭ އީނޫވެސް ލޯބިވަނީ އެހެން މީހެއް ދެކެކަން. ޕްލީޒް ސާމް. ޓެލް މީ ދަ ޓްރޫޓް. ޑޫ ޔޫ ލަވް މީ؟ އަހަރެން މިހުރީ ސާމްގެ ޖަވާބަކަށް އިންތިޒާރުގަ. އަހަރެންގެ ކޮޓަރިއަށް އާދެވިދާނެތަ؟ އަމް ނަޝާޔާ. ” ސާއިމްއަށް އެގަނޑު ކޮޅު ކިޔުނު އިރު ނަޝާޔާދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. ނަޝާޔާ ހީކުރަނީ ކީކޭ ހެއްޔެވެ؟ އަދި ބާރަކަށް ހިނގާފައި ނިކުތީ ނަޝާޔާގެ ކޮޓަރިއަށް ދާން ތޯއްޗެކެވެ.

ކޮޓަރީގައި ސާއިމްގެ އިންތިޒާރުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ނަޝާޔާގެ މޫނުމަތިން ހާމަވަނީ ކެތްތެރިކަން ކުޑަ ކަމެވެ. ސާއިމްގެ ޖަވާބަކަށް އޭނާގެ ހިތް ދިޔައީ އެތައް ފަހަރަކު ގޮވަމުންނެވެ. އޭނާއަށް އިންތިޒާރު ކުރަން އުނދަގޫ ވާން ފެށިއެވެ. އަދި ހަމައެހެންމެ 8 އަހަރުވަންދެން އީނާޝް އިންތިޒާރު ކުރާނެ ގޮތްވެސް ހިތަށް އަރުވާލެވުމުން ހަމްދަރްދީ އުފެދުނެވެ. ލޯއްބަށްޓަކައި އީނާޝް އެކުރީ ވަރަށްވެސް ވޭން ދެނިވި ކަމެކެވެ. އޭނާއަށް އެއުޅެނީ އެންމެ 8 މިނެޓްވެސް އިންތިޒާރު ނުކުރެވިގެންނެވެ. އަދި އީނާޝް 8 އަހަރު އިންތިޒާރު ކުރާނީ ކިހައި ހިތްދަތި ކަމާއެކު ހެއްޔެވެ؟

ނަޝާޔާގެ ހިތް އެންމެ ބާރު މިނުގައި ތެޅެން ފެށީ ކޮޓަރީގެ ބޭރުން މީހަކު ތަޅުގައި ހިފައިލުމުންނެވެ. އޭރު އޭނާގެ އަތް ފިނި ވެއްޖެއެވެ. ނަމަވެސް ފުން ނޭވައެއް ލައި ނަޝާޔާ ދޮރާއި ދިމާލަށް އެނބުރުނީ ސާއިމް އައީކަން އެނގުނީމައެވެ. ސާއިމް އައި ގޮތަށް އައިސް ނަޝާޔާގެ ކުރިމަތީ ހުއްޓެލީ އެކައްޗެކޭވެސް ނުބުނެއެވެ. ހީވަނީ ނަޝާޔާ ބުނާ އެއްޗެއް ބަލަން ހުރީ ހެންނެވެ. ” ސާމް. އައި ނޯ ޔޫ ލަވް. މީ. އަހަންނަށް އެނގޭ ސާމް އީނޫ ދެކެ.. ” ނަޝާޔާގެ ޖުމްލަ ފުރަހަމަ ނުވީ އޭނާގެ ކޯތާފަތް މައްޗަށް ސާއިމް އެޅި އެތިފަހަރުންނެވެ. އަދި މިފަދަ ހަމަލާޔަކަށް ތައްޔާރުނުވެ ހުރި ނަޝާޔާ ބިންމައްޗަށް ވެއްޓުނު ރުއް ބުޑެއްހެން ވެއްޓުނެވެ. އޭރު އޭނާގެ ކޯތާފަތަށް ވުރެ އެހިތަށް ތަދުވާން ފަށައިފިއެވެ. ސާއިމްގެ ބަދަލްވެގެން ދިޔަ ރޫހްގެ ސަބަބުންނެވެ.

” ކަލޭ އީނޫގެ އަތުން ބޭނުން ވެގެން ތިއުޅެނީ ކޯއްޗެއްތަ؟ އީނޫ ކަލޭއަށް ކޮން ގެއްލުމެއް ތަ ދިނީ؟ ކަލޭއަށްޓަކައި އޭނާގެ ލޯބި އޭނަ ގުރްބާން ކުރީމަވެސް ހިތް ނުފުރެނީތަ؟ އީނޫގެ ހިނިތުންވުން ކަލޭއަށް ހަޖަމެއް ނުވޭ ދޯ. އަހަރެން ހިތަށް އަރާ ކަލޭ ތިހާ ރަހުމް ކުޑައިރުވެސް އީނޫ ކަލޭއަށް ދޮންތަ ކިޔަނީ ކީއްވެބާއޭ؟ ކެތްކޮށްގެން ހުންނަނީ ކީއްވެ ބާއޭ؟ އާން. ލައި މަރުވިފަހުން ކަލޭ މާ ރަނގަޅަށް އުޅެން ފެށީމަ ބަދަލް ވީކަމަށް  އަހަރެން ހިކުރިން. އެކަމް މިއަދު އެނގެއްޖި އެރަނގަޅު ކަމުގެ ފަހަތުގައިވެސް ވަނީ އީނޫއަށް ލަނޑު ދީފަ އަހަރެން ޖަހައިގަންނަން ކަން. ޕިސް. ޕިސް. ނޫނޭވާ މަކަރުގަދަ އަންހެނެއް. އެކަމް ހަނދާން ކުރާތި. މިއަދަށްފަހު އީނޫއާ ވައި އެޅެން ވެސް ނޫޅެއްޗޭ. މިއަދު ފެށިގެން ﷲ އިރާދަކުރެއްވިއްޔާ އީނޫގެ ދިރިއުޅުން ބާޖަވެރި ކުރާނަން އަހަރެން. ދެން ކަލޭމެން ކަހަލަ މަކަރުވެރި އިންސާނުންނަށް އީނޫގެ ދިރިއުޅުމުން ފުރުސަތެއް ނުދޭނަން. ވަރަށް ސަލާން. ” ސާއިމް ހުރިހާ އެއްޗެއް ކީއިރުވެސް އެއްވެސް އެއްޗެކޭ ނުބުނެ ނަޝާޔާއަށް ހުރެވުނީ ކުއްވެރިޔަކީ އޭނާކަން ހުދު އޭނާވެސް ގަބޫލް ކުރާތީއެވެ. ސާއިމްވެސް ދެވަނަ ފަހަރަށް ނަޝާޔާއަށް ވާހަކަ ދައްކާނެ ފުރުސަތު ނުދީ ދިޔައީއެވެ. ނަޝާޔާގެ ހިތް އެކީ ފުނޑު ފުނޑު ވެއްޖެއެވެ. އުނޫޝްއާއި އެކު އެހައި ގިނަ ދުވަސްކޮށްފައި ރުޅިވިރުވެސް މިފަދަ އެއްވެސް އިހްސާސެއް ނުކުރެވެއެވެ. ނަމަވެސް ސާއިމްއާ އަދި މިއުޅެނީ ރައްޓެހިވެސް ނުވެވިގެންނެވެ.

***

ލާމިއުގެ މޭ މަތީގައި ނިދިފައި އޮތް ފަހުމާއަށް ހޭލެވުނީ ކުއްލިއަކަށްށެވެ. އޭރުވެސް އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލާ ލާމިއު ހުއްޓެވެ. ފަހުމާއަށް ކުއްލިއަކަށް އެއްޗެއް ހަނދާން ވި ފަދައެވެ. އަދި ކުއްލިއަކަށް ތެދުވެލައި ލާމިއުއާއި ދިމާލަށް ބަލައިލީ ތުންގަނޑު އޫ ކޮށްގެން އިނދެއެވެ. ” ލާމީ. ކީއްވެ މިޔޮއް ހުރިހާ ދުވަހު އަހަރެންނާ ދުރުގަ އުޅުނީ؟ ކީއްވެ އަހަރެން ވަރި ކުރީ؟ ކީއްވެ އަހަރެންގެ ހާލު ބަލައިލަން ނައީ؟ ކީއްވެ އަހަރެންގެ ކޯ މަތީގަ ޖެހީ؟ ކީއްވެ ލައި މަރާލީ އަހަންނޭ ބުނީ؟ އެންޑް ކީއްވެ ލާމީގެ ތުނބުޅި ލާފަ ތިހާ ޗޭންޖްވީ؟ ” ކުއްލިއަކަށް ފަހުމާ އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތަށް ބަންޑުން ކޮށްލިއެވެ. އެވަގުތު ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ. ލާމިއުއަށް ކުއްލިއަކަށް އޭނާ މިތަނުން ދާންވީ ވަގުތު އައިއްސިކަން ދެނެގަނެވުނެވެ. ” ފަހޫ. އަހަރެން ފަހުން ހުރިހާ ވާހަކައެއް ކިޔާދޭނަން. މިހާރު އަހަރެން ދާންވީ ވަގުތު ޖެހިއްޖެ. ” އެނދުމަތިން ތެދުވެލަމުން ލާމިއު ބުންޏެވެ.

” ލާމީ. ޕްލީޒް. އަހަރެން ގޮވައިގެންދޭ. އަހަރެން މިޔޮއް ހުރިހާ ދުވަހު އުޅުނު ހާލު ނޭނގެނީ ކީއްވެތަ؟ ޕްލީޒް ލާމީ. ” ލާމިއުގެ އަތުގައި ހިފައިލައި އާދޭސް ކުރަމުން ފަހުމާ ދިޔައެވެ. ” އަމް ސޮރީ ފަހޫ. ” ފަހުމާގެ އަތް އޭނާގެ އަތުން ނައްޓަމުން ލާމިއު މިހެން ބުނެފައި ކުޑަދޮރުން ފުންމާލިއެވެ. ފަހުމާއަށް ރޮއެ ގަނެވުނެވެ. އަދި ލާމީ އޭ ކިޔައި ހަޅޭއްލަވަމުން ކުޑަދޮރު ކައިރީގައި ހުއްޓިލައި އެކޮޅު މިކޮޅު ބަލަން ފެށިއެވެ. ނަމަވެސް މިހާރު ލާމިއުއެއް ފެންނާކަށް ނެތެވެ.

ކޮޓަރިއަށް ވަތް ނަޝީދު އަށް ފަހުމާ ރޯން ހުއްޓައި ފެނުމުން ކުއްލިއަކަށް ފަހުމާ ކައިރިއަށް ޖެހިލެވުނީއެވެ. އޭރު ފަހީމާވެސް ނަޝީދުގެ ފަހަތުން އާދެއެވެ. ” ދަރިފުޅާ. ކިހިނެއްވީ؟ ކާކު އައީ؟” ފަހުމާގެ ކޮނޑުގައި އަތްއަޅައި ކުޑަކޮށް ހަލުވާލަމުން ނަޝީދު އަހައިލިއެވެ. ” ބައްޕާ.. ބައްޕާ.. ލލަލާމި… ” ހުޅުވާލެވިފައިވާ ކުޑަދޮރާއި ދިމާލަށް އިނގިލި ދިއްކުރަމުން ފަހުމާ ބުންޏެވެ. ” ކީކޭ؟ ލާމިއުއޭ. ކޮބާ އޭނަ؟ އެކަމް ޕާޓީއަށް ދައުވަތު ނުދޭ އެކަކަށްވެސް އަހަރެން ނުދެން މިތަނަށް ވަނަކަ. ގާޑްސް. ” ކުއްލިއަކަށް ބޭރަށް ނިކުންނަމުން ނަޝީދު ބުންޏެވެ. ފަހީމާވެސް ފަހުމާ އެނދުގައި ބައިންދައި ބުރަކަށީގައި ފިރުމަން ފެށީ ނުރޯށޭ ބުނެ ހިތްވަރު ދެމުންނެވެ.

 

 

 

 

 

 

 

 

 

 

 

 

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaa

Other Articles

Previous

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ތިންވަނަ ބައި)

Next

އަހަރެންގެ ވާހަކަ (ވިހިވަނަ ބައި)

Next
June 3, 2016

އަހަރެންގެ ވާހަކަ (ވިހިވަނަ ބައި)

Previews
June 2, 2016

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ތިންވަނަ ބައި)

41 Comments

  1. Ushaa says:
    June 3, 2016 at 2:34 pm

    Happy friday 2 all.. Nd Ushaa hithah ery kihineh hey vaany roadha mahuga weekaku 1 prt up kuran.. Roadha mahaky alhukamuge massar kamah v ma vrh bxy vaane ennu dw… Hw do yuh feel? Ummeedh kuran mi prtvx kamudhaane kamah…

  2. Same says:
    June 3, 2016 at 2:48 pm

    v reethi.

    1. Ushaa says:
      June 3, 2016 at 2:49 pm

      Thnkxxx Same….

  3. Phy says:
    June 3, 2016 at 2:57 pm

    Yea undhagoo vaane dhw genesdheyn…bt v miss vaane vaahaka ves…hama ushaa ge hiyaalah thaaeedhu…vvv reethi vaahaka…fahu kiyaan aa merry kuruvan dhw fahu bappa ulhenee…fahu ah hama laami ingey…hehehe…will wait for the nxt part

    1. Ushaa says:
      June 3, 2016 at 2:59 pm

      Ya.. Ushaayah undhagoo vaane thy ey bunyvx… Ushaavx vrh miss vaane kudhin kudhin mathin… Bt Ushaa jeheyne study ahvx focuse kuranvx…. Ekam Ushaa try kuraanan ingey… Kyp waitin… Thank you Phy…

  4. Rish says:
    June 3, 2016 at 3:03 pm

    V reethi ok vaane dhw egoinves

    1. Ushaa says:
      June 3, 2016 at 3:04 pm

      Thnkxxx Rish…

  5. samey says:
    June 3, 2016 at 3:10 pm

    Usha ur right and happy ramaxan Mubarak anyway mi part ves v v v v nice….keep it up

    1. Ushaa says:
      June 3, 2016 at 3:12 pm

      Thnkxx samey ushaage hiyaalah thaa eedhu kuryma… Ramazan mubaarik 2 yuh 2… Thnkxxx…

  6. rosy says:
    June 3, 2016 at 3:16 pm

    Vvvv reethi

    1. Ushaa says:
      June 3, 2016 at 3:23 pm

      thnk yuh….

  7. Schiff says:
    June 3, 2016 at 3:19 pm

    Very nice I love this story….

    1. Ushaa says:
      June 3, 2016 at 3:24 pm

      Thank u…

  8. Appy says:
    June 3, 2016 at 3:30 pm

    Yea usha thibuny rangalhah …I support u…..anyways story v v v rythi. ..just waiting. ……ramadan mubarak. .usha n appy ekey ehgothahh mivaahaka kiyaa hurihaa kudhinnah vx ..ramadan mahuge heyo dharma aa savaabu eyge enme furihama gothugai hoadhumah hurihaa kudhin ves hiyyvaraaaeku masaikai kuraanekamah ummedhukuran. ..Once again ramadan mubarak to all

    1. Ushaa says:
      June 3, 2016 at 3:41 pm

      Thankxx 4 supportin me.. Thnkxxx.. Jxt kyp waitin…. Ramazan mubaarak… Aameen…

  9. ahooo says:
    June 3, 2016 at 3:30 pm

    laamiu and ulaam ey twince dhw..ahoo ah v reethi nameh eh ey laamiu..ahoo ge kokko ah kiyaanee laamiu..v salhi meaning eh inaany vx ename ga…btw mi stry v reethi..keep it up…this is my favorite..and laamiu ulheythee adhi v kiyaa hihvey…next prt konirakun..

    1. Ushaa says:
      June 3, 2016 at 3:44 pm

      Ya.. Laamiu e ee vrh nyc nameh… I dnt know de meanin… Nxt prt neigey up vaane ireh… Dhe thin duvas thereyga up veytho balaanan… Aslu vrh undhagoo vaane midhuvas kolhu avahah up kuran cox roadhayah thayyaru vany… Thnkxx…

  10. Lai says:
    June 3, 2016 at 3:32 pm

    Vv reethi mibai i love this story

    1. Ushaa says:
      June 3, 2016 at 3:44 pm

      Thkxxx.. Kyp loving de story….

  11. laimaan says:
    June 3, 2016 at 3:33 pm

    Aww v v nice. Inoo n unoo gulhuvaafa fahoo n laamy vs gulhuvaba avahah. Waiting next part ah

    1. Ushaa says:
      June 3, 2016 at 3:45 pm

      Aww Thnkxx,,, Lets c dw vaagoi… Kyp waitin…

  12. shahudhaan says:
    June 3, 2016 at 3:38 pm

    Aslu vx thibuny thedheh……….BTW v nice………

    1. Ushaa says:
      June 3, 2016 at 3:47 pm

      Shukraan ushaayah support kuryma… Shukran…

  13. maain says:
    June 3, 2016 at 3:39 pm

    U are nice

    1. Ushaa says:
      June 3, 2016 at 3:47 pm

      Thnkxx…

  14. aff says:
    June 3, 2016 at 3:53 pm

    happy friday to youh 2 ushyy…yah roadha mas veemah undhaguuvex vaanethaa dhw..thibuni hen ee alhukamuge massar… ekam varah missvaane ushee mathin and usheege mi story mathin..story varah habbu ingey..nimen dhw mi ulheny..keep going ushee..love yahh☺☺☺

    1. Ushaa says:
      June 3, 2016 at 3:57 pm

      Ya… Ushee beynun mi roadha mahuga hathimeh niyaakuranvx… Usheevx vrh miss vaane aff aa hurihaa kudhin mathinvx… Mi stwrii nimeyne vrh avahah insha allah… Luv yuhh 2 aff…

  15. aff says:
    June 3, 2016 at 4:01 pm

    oh..ushee haadha rangalhey dhw..n me 2 .. aff vex mi roadha hathimeh kuraanah insha allah.. happy ramadhan ushee…. ☺ midhuvas kolhu roadha ah thanthah safkuraa dhuvaa kolhey dhw ushee..mi dhuvaskolhu nulaahiku bixy vaanu roadha ah thahyarvaan jeheynthee..☺

    1. Ushaa says:
      June 3, 2016 at 4:06 pm

      Hmmm aff… Gud luck aff.. Insha allah u can do that… Ya.. Ushavx miadhu hendhunu ekyga thanthan saaf kurumuga ulhuny… Asluvx vrh bxy vaane.. Once again Gud luck…

  16. aff says:
    June 3, 2016 at 5:11 pm

    ushee ah vex gudluckk..☺☺☺☺☺☺

    1. Ushaa says:
      June 3, 2016 at 5:39 pm

      Thnkxxx…

  17. Seenu says:
    June 3, 2016 at 8:57 pm

    Vvv reeethi….roadhamahuga hama ragalhu 1 part week aku??? thnxx ushyy…ramadhan mubarak!???

    1. Ushaa says:
      June 3, 2016 at 8:59 pm

      Asluvx rangalhu dw… Thi kudhinvx roadha mahuga bxy vaane ennu dw…. Thnxxx alot Seenu… Ramadan mubarak 2 u 2…

  18. Dhonthi says:
    June 3, 2016 at 10:00 pm

    Nyc story.. Mi part vx v v nyc.. Ushaa ge hiyaalah dhonthi thaaeydhu kuran.. N ramadan mubaaric.. Ushaa ge thi masahkathu gai allah kaamiyaabu dhehvaan dheeve. Aameen..

    1. Ushaa says:
      June 3, 2016 at 10:06 pm

      Thnk yuh so much 4 supportin n lykin this stwrii… Ramazan mubaarak… Aameen.. Dhonthi ahvx faagathi dhiri ulhumeh dhevva va suvaruge minvaru kurah vaashi… Aameen.

  19. Dhonthi says:
    June 3, 2016 at 10:19 pm

    Thnxxx ushaa.. 3 days therey ga nxt part up vaane thrr

    1. Ushaa says:
      June 3, 2016 at 10:35 pm

      Insha allah.. Anyways roadha mahuge kurin up kureveytho balaanan…

  20. Aimsithu says:
    June 3, 2016 at 10:44 pm

    Hahah…alhey saam jehi adu ves ivun kahala…

    1. Ushaa says:
      June 4, 2016 at 6:49 am

      heheh… Aan dw.. Ehaa barahshey Adhi jeheevx… Thnkxxx..

  21. Rasiya says:
    June 3, 2016 at 10:55 pm

    Ushee u r da best… roadha mahu 1 part week aku ok vaane.. hurihaa kudhinvx alhukamah haassa kuran vaane spcially roadha mas.. dis stry is awsm.. i lk it n wish u da best.. ur v talented maashaa allah.. gdlk lv ushaa

    1. Ushaa says:
      June 4, 2016 at 6:52 am

      Thankxx alot… U r totally right,,,, Thnk yuh 4 supportin me n lykin this stwrii…. Gud luck… Lv Rasiya..

Comments are closed.

All Right Reserved!