” ތިހެން ވެއްޖިއްޔާ ވަރަށް ރަނގަޅު. އަހަންނަށްވެސް އެނގޭ ސާއިމް އީނޫދެކެ ލޯބިވާވަރު. އެކަމް އީނޫއަށް ސާއިމްދެކެ ލޯބިވެވިދާނެކަމާއިމެދު ޝައްކު. އިންޝާ ﷲ ޔޫ ކޭން ޑޫ ދެޓް. ” ކުޑަކޮށް ކަންބޮޑުވެ ހުރެ ފަހުމާ ބުންޏެވެ. އެވަގުތު ކޮޓަރީގެ ތަޅުގައި މީހަކު ހިފައިލިއެވެ. ފަހުމާއާއި އީނާޝް އާއި ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނު އިރު ނަޝާޔާއެވެ. ދެމީހުންގެ މޫނުމަތިންވެސް ފާޅު ވޭވޭ ހުރި ނުތަނަވަސްކަމެވެ. އަނެއްކާ ނަޝާޔާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ހެއްޔެވެ؟ މިޔޮއް ހުރިހާ އިރު ނަޝާޔާ ހުރީ އެމީހުން ދެއްކި ވާހަކަ އަޑު އަހަން ހެއްޔެވެ؟ އީނާޝްއާއި ފަހުމާޔާއި ދެމީހުންނަށް އެކަކު އަނެއްކަކަށް ބެލެން ފެށީ ހިތުގައި އުފެދުނު ސުވާލުތަކެއްގެ ސަބަބުންނެވެ.
” ވަޓް؟ އަހަރެން މީ ޖިންނިޔަކީތަ؟ ކިހިނެއްވީ މާ ފާޑަކަށް ތިބަލަނީ؟” ދެލޯ ބޮޑުކޮއްލައި އެއްވެސް އެއްޗެއް ނުވިސްނޭ ފަދައިން ނަޝާޔާ އަހައިލިއެވެ. ފަހުމާޔާއި އީނާޝްއާއި ދެމީހުންނަށް އެއްފަހަރާ ފުން ނޭވައެއް ޖައްވުގެ ތެރެއަށް ދޫކޮށްލެވުނީ ނަޝާޔާއަށް އެއްވެސް އެއްޗެއް އަޑެއް ނީވޭކަން ޔަގީން ވީމައެވެ. ” ވަޓްސް ރޯންގ ވިތް ޔޫ؟ އަހަރެން އައި އިރަށް އަހަންނާ ދިމާލަށް ބަލަން ފެށީ. ދެން މިހާރު އަހަރެން ވާހަކަ ދެއްކި އިރަށް ނޭވާތަށް ފުން ކުރަން ފެ…”
“އެއްވެސް ކަމެއް ނުވޭ.” ނަޝާޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އީނާޝްއާއި ފަހުމާއާއި ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އަދި އަނެއްކާވެސް އެކަކު އަނެކަކަށް ބެލެން ފެށީ މިވަނީ ކިހިނެއްހޭ ހިތަށް އަރަމުންނެވެ. ނަޝާޔާވެސް ދެމީހުންގެ މޫނު ދިރާސާ ކުރަމުން ދިޔައީ ވާއެއް ނުވާއެއް ނުވިސްނިގެންނެވެ. އަނެއްކޮޅުން ރޮއި ރޮއި ހުރި ފަހުމާގެ މޫނު އުޖަލާ ވީގޮތެއް ނޭނގި ހައިރާންވިއެވެ. އީނާޝްއަކަށް ނަޝާޔާގެ ތޫނު ނަޒަރަކަށް ކެތެއް ނުކުރެވުނެވެ. އަދި ހުރިހާ ކަމެއް ފަޅާ އެރިއްޔޭ ހިތައި އިސްޖަހައިލެވުނެވެ. ” އަހަރެމެންނަށް އެއްވެސް ކަމެއް ނުވެޔޭ ދޯ އީނޫ.” އިސްޖަހައިލައިގެން ހުރި އީނާޝްއަށް އިސްއުފުލާލެވުނީ ފަހުމާގެ އަޑަށްށެވެ. އަދި އާ ހިތްވަރަކާއި އެކު ބޯޖަހައިލައި އާނ އެކޭ ބުނެވުނީ ކުއްލިއަކަށްށެވެ. ” އޯކޭޔޭ ދެން ގަބޫލް ކޮށްފީމޭ އެއްވެސް ކަމެއް ނުވާކަމަށް. ތިޔެއް ނޫނޭ ބައްޕަ އެބަ އުޅޭ ތިމީހުން ނައިސް ލަސްވެގެން. އަވަހަށް އައިސް ދީބަލާށޯ ބުނީ.” ނަޝާޔާއަށް އޭނާ އައި މަގްސަދު ހަނދާން ވެގެން ބުނެވުނެވެ. ” އަވަހަށް އާދޭ އިނގޭ. އަހަރެން ދަނީ.” މިހެން ބުނުމަށްފަހު ނަޝާޔާ ގޮއްސިއެވެ.
ފަހުމާވެސް އަވަހަށް ނުކުމެގެން ދިޔައީ ބޭސްކައިގެން ދާށޭ ބުނެ އީނާޝް އާދޭސް ކުރަނިކޮށްށެވެ. ފަހުމާ ދިއުމުން އީނާޝްވެސް ތަޅައިގެން ގޮސްފައިވާ ތަށީގެ ފުޅި ތޮށިތައް ނަގައިގެން ބޭރަށް ނިކުތެވެ. އޭރު ބޭރުގައި ފަހުމާ އިނީ ކާންށެވެ. ޕާޓީގައި ނަޝީދުގެ އެދުމަށް މަޑުކޮށްލައިގެން ތިބި މީހުންވެސް މަދެއް ނޫނެވެ. އީނާޝްއަށް ފަހުމާ ފެނިފައި ލުއިކޮށް ހިނިތުން ވެވުނީއެވެ. މިޔޮއް ހުރިހާ ދުވަހު މިލައި މޯޅިވެފައިވާ ފަހުމާގެ މޫނުން މިއަދު ހާމަވަނީ ހިތްހަމަ ޖެހުމެވެ. އެހިތްހަމަ ޖެހުމަކީ އީނާޝް ފަހުމާއަށް ލާމިއު ގެނެސްދޭނަމޭ ބުނެ ވައުދުވުމުން ވެރިކުރި ހިނިތުން ވުމެއްކަން ގައިމެވެ. އީނާޝް މަޑުމަޑުން ގޮސް ފަހުމާ ކައިރީގައި އިށީނދެލީ ” ކާއެއްޗެހި މީރުތޯ” އަހަމުންނެވެ. ފަހުމާވެސް ބޯޖަހައިލަމުން އާނއެކޭ ބުނީ ލުއި ހިނިތުންވުމަކާއިއެކު އެވެ. ތަންކޮޅެއް ދުރުގައި ކިޔާންއާއެކު ކާން އިން ލާމިއުގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ފަހުމަޔާއި ވަކި ނުވެއެވެ. މިއީ ފަހުމަޔާއި ބައްދަލް ވާނެ އެންމެ ފަހު ފަހަރޭ އޭނާގެ ހިތް ބުނަނީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ފަހުމާ އިނީ ފުރަގަހަށް ކަމުން އޭނާއަކަށް ލާމިއުއެއް ނުފެނެއެވެ.
ޕާޓީގައި ދިއްލާފައިވާ ފަނޑު ބޮކިތައް ނިވިގެން ދިޔައީ ކުއްލިއަކަށްށެވެ. ހުރިހާ އެންމެންވެސް ސިހިފައި ވީ ކިހިނެއްތޯ އެކަކު އަނެކަކު ގާތު އަހަން ފެށިއެވެ. ބައެއް މީހުން އެމީހެއްގެ އަތުގައި އޮތް ފޯނުން ލައިޓް ދިއްލައި އުޅެއެވެ. މިފްޒަލް ގޮނޑިން ތެދުވެލީ އީނާޝް ކައިރީގައި ކަރަންޓަށް ވީ ގޮތެއް ބަލައިލާފައި އަންނާނަމޭ ބުނެފައެވެ
ކޮންމެ މޭޒެއްގެ ދަށުގައިވެސް ފަނޑު ފޯނުގެ ފަނޑު އަލި ވެރިވެފައިވެއެވެ. ނާޝްއަށް ބެލެމުން ދިޔައީ ހަމައެކަނި ދުރަށް ބަލަހައްޓައިގެން ހުރި އުނޫޝްގެ މޫނަށްށެވެ. އަނދިރީގައި އުނޫޝްގެ މޫނު ވަރަށް ފުރިހަމައެވެ. ނަމަވެސް މިހާރު އެމޫނުގައި ފިރުމާލާނެ އެއްވެސް ފުރުސަތެއް އޭނާއަކަށް ނުލިބޭނެއެވެ. އުނޫޝް އޭނާދެކެ ލޯބިވުމުގެ ބަދަލްގައި ކުރަނީ ނަފްރަތެވެ. އުނޫޝްއަކީ އެހެން މީހެއްގެ ހައްގެކެވެ. އުނޫޝްގެ ހައްގަކަށް ވާން ކިތަންމެ ބޭނުން ވިޔަސް އެނަސީބުން އޭނާއެވަނީ މާ ކުރިން ބާކީވެފައެވެ. ނާޝްގެ ލޮލުގައި ކަރުނަ ބަބުޅަން ފެށިއެވެ. އުނޫޝް ދެން އޭނާއާއި ދިމާލަށް ބަލައިލާނީ ކޮންމެސް ވަރަކަށް ލޯބިވާ ނަމައޭ ހިތަށް އަރަން ފެށިއެވެ. އަދި އުނޫޝްއާއި ދިމާލަށް ބަލަން ފެށީ އަނދިރީގައި ނަމަވެސް އޭނާއާއި ދިމާލަށް ބަލައިލާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އުނޫޝްގެ ނަޒަރު އެންމެ ހިނދު ކޮޅަކަށްވެސް އޭނައާއި ދިމާލަށް ދަތުރު ނުކުރުމުން ނާޝްގެ ހިތް ރޮއިގަތީ އެޔެއް މިޔެއް ބަލާފަކައެއް ނޫނެވެ. އިސްޖަހައިލައިގެން ހުރެ ނާޝްއަށް އަނެއްފުށަށް އެނބުރެވުނީ އުނޫޝް އޭނާއާއި ދިމާލަށް ބަލައިލި ވަގުތުގައެވެ. އޭރު ސާއިމް އިށިނދެގެން އިން މޭޒުއާއި ދިމާލަށް އެނބުރިގެން އިން ނާޝް ފެނިފައި އޭނާގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅު ރޯ ވިއެވެ. އީނާޝް ހިތަށް އަރަނީ ކީކޭ ހެއްޔެވެ؟ އުފަލުގައި އުޅެވޭނީ ހަމައެކަނި އޭނާއަށް ކަމަށް ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އީނާޝްއަށް ސާއިމްއާއިއެކު އުފަލުގައި އުޅެވެންޏާ އޭނާއަށްވެސް ނަޝާޔާއާއިއެކު އުފަލުގައި އުޅެވޭނެއެވެ.
ލޮލުގެ ނަޒަރުތައް ބައްދަލްވަމުން ދިޔައީ ހަމައެކަނި ނާޝްއާއި އުނޫޝްއާއި ދެމެދުގައެއް އެއް ނޫނެވެ. ނަޝާޔާއާއި ސާއިމްއާއި ދެމީހުންގެވެސް ހިނދުހިނދުކޮޅާއި ބައްދަލް ވަމުން ދިޔައެވެ. ނަޝާޔާގެ ހިތުގައި ސާއިމްގެ މޫނު ފެނުމުން ކިތަންމެ ވަރަކަށްވެސް ރިހެއެވެ. ސާއިމްގެ ރަހުމް ކުޑަ އަމަލްތަކާއި ރަހުމެއް ނެތް ބަސްތައް އެ ހިޔާލުން އެންމެ ހިނދު ކޮޅަކަށްވެސް ވަކި ނުވެއެވެ. ސާއިމްގެ ހިތުގައިވެސް ހިސާބަކަށް ރިހެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ފަހަރުގައި މިއީ އޭނާ އަންހެން ކުއްޖަކަށް އަތް އިސްކުރި ފުރަތަމަ ފަހަރު ކަމުން ވީ ކަމަކަށް ވެދާނެއެވެ. ނޭނގެއެވެ. ކޮންމެސް ސަބަބަކާއި ހެދި ނަޝާޔާއާއިމެދު ދެވަނަ ފަހަރަށް ހަމްދަރްދީ އުފެދުނެވެ.
ނާޝްއާއި ދިމާލަށް ނަފްރަތުގެ ނަޒަރުން ބަލަން ހުރި އުނޫޝްގެ ހިތް ހަމަ ޖެހޭ ގޮތެއް ނުވިއެވެ. ނާޝްގެ ހިތް ރޮއްވާނުލައެއް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
އުނޫޝްގެ އަތް މަޑުމަޑުން ނަޝާޔާގެ އަތާއި ދިމާލަށް ދައުރުވާން ފެށިއެވެ. ކުއްލިއަކަށް ނަޝާޔާ ސިހިގެން ދިޔައީ އޭނާގެ އަތުގައި އުނޫޝް ހިފައިލުމުންނެވެ. އަދި އަތް ދުރުކޮށްލެވުނީ ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގުނެވެ. ” ކިހިނެއްވީ ބޭބީ؟ އިޓްސް މީ. އުނޫ.” ކުޑަކޮށް ހާސްވެފައި ހުރި ނަޝާޔާއާއި ދިމާލަށް އުނޫޝް އަހައިލިއެވެ. “ނަތިން.” ގަދަކަމުން ހިނިތުންވެލަމުން ނަޝާޔާ ބުންޏެވެ. ” ދެން ގިވް މީ ޔުއާރ ހޭންޑް.” ނަޝާޔާއާއި ދިމާލަށް ބަލައިލަމުން އުނޫޝް ބުންޏެވެ. ނަޝާޔާ ވީ އިތުރަށް ހައިރާނެވެ. ވޭތުވެދިޔަ 7 އަހަރު ތެރޭގައިވެސް ދުވަހަކުވެސް އުނޫޝް އަމިއްލައަށް ފެނިގެން އޭނާގެ އަތުގައި ހިފައިނުލައެވެ. އަބަދުވެސް ގަދަކަމުން ނަމަވެސް އަތުގައި ހިފާލަނީ އޭނާއެވެ. ދެން މިރެއަކު އުނޫޝް އެއުޅެނީ ކިހިނެއްވެގެން ހެއްޔެވެ؟ 7 އަހަރު ތެރޭގައި ނުވާކަމެއް މިރޭގައި މިވަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އުނޫޝްއަށް އޭނާދެކެ ލޯބިވެވެން ފެށީ ހެއްޔެވެ؟ އެހެންވެއްޖިއްޔާ ސާއިމް އޭނާއަށް ނުލިބޭނެ ހެއްޔެވެ؟ ނޫނެކެވެ. ނަޝާޔާ ދިރި ހުއްޓަކައެއް އެހެނެއް ނުވާނެއެވެ. އަދިވެސް އޭނާ ބޭނުމީ ހަމައެކަނި ސާއިމްއެވެ.
” ބޭބީ. ކަމް އޯން.” ނަޝާޔާ ސިހިގެން ދިޔައީ އުނޫޝްގެ އަޑަށްށެވެ. އަދި އުނޫޝްގެ އަތުގައި ހިފައިލީ މިކުރެވެނީ ރަނގަޅު ކަމެއް ބާއޭ ހިތަށް އަރަމުންނެވެ. އީނާޝްއާއި ސާއިމަށް އެއްފަހަރާ ނަޝާޔާމެންނާ ދިމާލަށް ބަލައިލެވުނެވެ. އުނޫޝް ނާޝްއާއި ދިމާލަށް ބަލައިލީ ތިމާ ވަރުގެ މޮޅު މީހެއް ނެތޭ ހިތަށް އަރާފައި ތޯއްޗެކެވެ. އޭރު އީނާޝްގެ ލޯ ކަރުނުން ތެމެން ފަށައިފިއެވެ. ސާއިމްއަށް ބަލައިލެވުނީ އީނާޝްއާއި ދިމާލަށްށެވެ. އަދި ނަޝާޔާއަށްޓަކައި އުފެދުނު ހަމްދަރްދީގެ ހުޅުކޮޅު ނިވި އަނެއްކާވެސް ނަފްރަތުގެ ހުޅުކޮޅު އެހިތުގައި ދިއްލިގެން ދިޔައެވެ.
ކުއްލިއަކަށް ހުރިހާ ލައިޓްތައް ދިއްލިގެން ދިޔައެވެ. އީނާޝްއަށް އަވަހަށް ދެލޯ ފޮހެލެވުނީ އެހެން މީހަކަށް ފެނި ދާނެތީއެވެ. ކޮންމެ މީހެއްގެ މޫނުންވެސް އުފާވެރިކަން ފާޅުވާން ފެށީ އެތައް އިރަކަށްފަހު ލައިޓްތައް ދިއްލުމުންނެވެ. އަދި ގޮނޑިން ތެދުވެލައި ހިނގައިގަނެވުނީ ގަނޑިން 12 ގަޑި ބައިވެފައި މިހައި ދަންވަންދެން ނުތިބިވެގެންނެވެ.
” ނޫން. ހުރިހާ އެންމެންވެސް ގޮނޑީގަ އިށީނދޭ. ޕާޓީ ބޭއްވުމުގެ އަސްލު މަގްސަދް ހާސިލް ނުވަނީސް ނުދޭ. ހަމަ އެންމެ 5 މިނެޓް.” ހުރިހާ އެންމެންގެ ވެސް ފިޔަވަޅު މަޑު ޖެހުނީ ސްޓޭޖްގައި ހުއްޓިލަމުން ނަޝީދު ބުނި އެއްޗަކުންނެވެ. ނަޝީދު އެދައްކަނީ ކޮން މަގްސަދެއްގެ ވާހަކަ ހެއްޔެވެ؟
” އާން އަހަންނަށް އެނގޭ ތިހުރިހާ އެންމެންގެ ހިތުގައިވެސް މިހާރު އުފެދޭނެ ސުވާލަކީ އަހަރެން މިދައްކާ މަގްސަދްގެ މާނައަކީ ކޮބާ ބާއޭ؟ އެކަމް މިހާރު އަހަރެން މިކިޔައިދެނީ އެމަގްސަދް. ” މިހެން ބުނަމުން ނަޝީދު ހިނގައިލާފައި ހުއްޓެލީ ފަހުމާގެ ގޮނޑި ކައިރިގައެވެ. ފަހުމާއަށްވެސް އަދި ދެން ތިބި މީހުންނަށްވެސް އަނގަ ކޮޅަށް ޖަހައިގެން ނަޝީދުގެ މޫނާއި ދިމާލަށް ބެލެމުން ދިޔައީ ސުވާލު އުފެދިފައި ތިބެއެވެ. ނަޝިދުގެ ނަޒަރު އޭރު ހުއްޓިފައިވަނީ ފަހުމާއަށްށެވެ. އޭރު ފަހުމާގެ ހިތް ނުބައި ގޮތަކަށް ތެޅެމުން ދިޔައެވެ.
” އަހަރެން ބޭނުން ވީ މިޕާޓީގައި ހުރިހާ އެންމެންގެ ކުރިމަތީގަ އުފާވެރި ހަބަރެއް ދޭން. އަދި ކައިވެނީގެ ހަބަރެއްވެސް ދޭން. އަހަރެން ބޭނުމީ ކައިވެނީގެ ދައުވަތެއް ދޭން. އަހަރެންގެ ނަޝާޔާއާ ފަހުމާއާ އަހަރެންގެ ދަރިއެއް ފަދަ އީނާޝްގެ ކައިވެނީގެ ހަފްލާއަށް ދައުވަތު އަރުވަން. ” ނަޝީދުއަށް މިހެން ބުނުވުމާއިއެކު ހުރިހާ އެންމެންގެ މެދުގައި އަޑު ގަދަވާން ފެށިއެވެ. އަދި ފަހުމާގެ ކައިވެނި ކުރެވެނީ ކާކާތޯ އެކަކު އަނެކަކަށް އަހަން ފެށިއެވެ. އޭރު ފަހުމާގެ ހިތް އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމުއް މެތި ތެޅެމުން ދިޔައެވެ.
” އަޑު އަހާ. އަޑު އަހާ. އަދި އަހަރެންގެ ވާހަކަ އެއްކޮށެއް ނުނިމެޔޭ. އަހަރެން އަހަރެންގެ ދަރިންނަށްޓަކައި ހޯދީ އިތުބާރު ކުރެވޭ ތިން މީހުން. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް މާޒީ ތަކުރާރެއް ނުވާނެ. މިފަހަރުގެ އިތުބާރު ހުރި އަދި ނަސީބުވެރި ތިން ފަރާތަކީ… އުނޫޝް ސާއިމް އަދި.. ” މިހެން ބުނަމުން ނަޝީދުގެ ފިޔަވަޅު އަވަސްވެގެން ދިޔައީ ލާމިއުމެން ތިބި މޭޒާއި ދިމާލަށްށެވެ. ލާމިއުއަށް އުފަލުން ގޮސް ނަށައިގަނެވުނެވެ. އަނެއްކާ ނަޝީދު އެއުޅެނީ އޭނައާއި ފަހުމާ ގުޅުވަން ހެއްޔެވެ؟ އެހެންވެސް ވެދާނެ ނޫން ހެއްޔެވެ؟ ނަޝީދު ބުނި ގޮތުގައި ފަހުމާއަށް ލޭ ހަދިޔާ ކުރާ ފަރާތަކަށް ބޮޑު އިނާމެއް ލިބޭނެއެވެ. އޭނާގެ ހިތް ގޮވަމުން ދިޔަ އެއްޗަކުން ލާމިއުއަށް ތުންފިއްތާލެވުނީ އުފަލުން ގޮސް ހިނިތުންވެވިދާނެތީއެވެ. އަދި އޭނަޢައި ދިމާލަށް އަންނަމުން ދިޔަ ނަޝީދު އާއި ދިމާލަށް ބަލަން ފެށީ ކެތްތެރިކަން ކުޑަ ގޮތަކަށްށެވެ.
” ކިޔާން.
ލާމިއު ފަހަނާ އަޅައި ގޮސް ކިޔާންގެ ކައިރީގައި ހުއްޓެލަމުން ނަޝީދު ބުނި ޖުމްލަވެގެން ދިޔައީ ފަހުމާއާއި ލާމިއުއާއި ނާޝްއާއި އުނޫޝްގެ ކަންފަތަށް އެޅި ހޮނު ގުގުރިއަކަށްށެވެ.
19
26 Comments
Comments are closed.
Alahamdhu lillaah… Mondyge kurin up vejjeh dw… Assalam… Hii Guyxx… Hurihaa kudhin kihinehthrr dhuvas kolhakah fahu??? Hope u will lyk this prt 2… Nd if there is any mistake or anythin 2 crrct tell me… Ur feedbacks r welcum…
Reethi maameehunginaveema v v olheygoy vey……
Swriii.. Ushaage mstakeh… Bt nxt prtga eheneh nuvaane Insha allah… Thnkxx ny….
dhnn ushaaaaaaa…. haadha kurey…. ekmvx vrh vrh vrh vrh reethii… mi vrhaka uplwd veythw bala balaa hama miinnany..hehe ???❤❤❤ nxt prt konirakun??Monday ga thr?? avahah uplwd kurahchey..plxxxx… gud lck
Hmmm.. Swriii.. Mi prtvx kuru dw…. Pis pis… Ushaa thikudhin wait kuraaney hithai avahah up kury… Aslu mondayga up kurinama dhiguvees… Swrii.. Nxt prt insha allah ASAP… ThanQ alot.. Kyp waitin..
Awesome….
Thnkxx alot..
Alhey kihinehbaa vaan miulheny btw stry v nice keep it up ushaa
Vaagoi balaalama… Thank you so much Naana…
thaanks ushee.. hama habeys ingey ..Hws Yuh Ushee.. keep Going.. ☺☺
Thnks 2 yuh 2 Aff… Alhamdhulillah i um fine… Hws yuh??? Thnkxx alot..
I am Also Fine☺
As usual mi part vs v reethi. Ekamu e kiyaan aa fahoo nugulhuvaathi, dhen konirakuntha unoosh aa enash gulhuvany. Aneh part konirakun up vaany v kiyaa hithun myny.
Thnkxx… Let c dw… Kyp waitin.. Ushayah up vaa emme avahakah insha allah up kuraanan.. Thnk yuh…
Best story in this website. All the best ushaa??
Alhamdhulillah… Thnk yuh so so so so much…. U meant so much 4 me…Thnkxx….
Maasha allah.. mi part vxx v nyc.. Bt thankolheh kuree.. Nxt part dhigukh genes dheh chey.. waiting 4 nxt prt.. Keep it up ushaa
Thnkxxx.. ya Ushaa dhigu kuran hadhaagen.. Insha allah nct prt dhigu koh genesdheynan… Kyp waitin… Thnkxx…
i read this story cox the name of the lead is Enash and my Name is Enash too………..
Ya,,, Enash e ee vrh salhi nameh… Kyp readin…
Avaha up up up up up..
Ushaayah up vaa emmme avahakah up kuraanan insha alllah…
Alhey. … saaim n nashaa
Eenu n unoo
Fahoo n laami
Gukhuvahche ushaa
Vaagoi hoadhan kiyaalama dw Purplish….
Alheyy dhn unoosh wes hama naash ronwany dww…???
Vvvvv reeethi,,,,but emme exited thankolhah dhiya irah waahaka e nimunyy???…..thankolheh dhigu kohlahchey next part ushyy ..mi part wx vvv reethiii☺☺☺☺☺….happy roadhamass ehehe….?
Hmmm.. Abadhuvx unoosh ulhey goi…. Ehnnu vaany Naash olhuvaalyma… Ya… Ushyy avahah up kuran ulhegen kuru v… Insha allah nxt prt dhigu kollanan.. Thank yuh alot Seenyy… Happy Roadhamas…. C yahh..