ބޭނުންނުވިޔަސް ދެލޮލަށް ވެރިވަމުންދިޔަ ނިދީގެ އަސަރަކަށް ބާރެއް ނުފޯރުވުނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. ފަރާތް ފަރާތް ހޯދާބަލާލިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. އަނދިރިކޮށް އޮތް ހަނި ދިގުމަގަކުން އަހަރެން ހިގައިގަތީމެވެ. އެއަޑު އަންނަމުންދަނީ އެމަގުންނެވެ. އަހަރެން ދުވެފައި އެމަގު ނިމޭ ހިސާބަށް ދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ކުރިއަށްދާ ވަރަކަށް މަގު ދިގުވަމުންދާހެންހީވެއެވެ. އޭރުވެސް އެގިސްލުމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. ކުރިއަށް ހިނގައިގަތްއިރު ފުރަގަސްދީގެންހުރީ ހަށިގަނޑުން ބިޔަބޮޑު މީހެކެވެ. އަހަރެންގެ ހިޔަނި ފެނުމާއެކީ އޭނަ އަހަރެންނާވީ […]
އޭގެ ހަފްތާއެއް ފަހުން އަމީން އާ ލައިލާގެ ކައިވެނި ކުޑަ ގޮތަކަށް ކުރެވިގެން ދިއައެވެ. މި ހުރިހާ ކަމެއް ވެގެން ދިޔަ އިރުވެސް މޫސަ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ހިނިތުންވެފައިވާ މޫނެއް ދައްކައިގެން ކައިވެނީގެ ހުރިހާ ކަމެއްގައި ވެސް އަމީން އުޅެމުން ގެންދިއައީތީއެވެ. އޭނާ އެވަގުތު ހަމަ އަސްލުވެސް އަމީން ބަދަލުވެއްޖެ ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. އަދި ލައިލާ އެއްކޮށް ރަނގަޅުވަންދެން ފަރުވާ ކުރުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ނިންމިއެވެ. ކައިވެނިކުރިތާ ދެދުވަސް ފަހުން […]
‘ހުޅުކޮޅު’ މިވާހަކައިގެ އިންތިޒާރުގަ އުޅޭ ކުދިން ކައިރީ ޒީ ބުނެލާނަން ހަމަ ވަރަށް ބޮޑަށް ސޮރީ އޭ… ޒީ މިނިވަން ދުވަހުގެ ހަރަކާތްތަކުގަ އުޅޭތީވެ ޒީއަކަށް ޓައިމް އެއް ނުލިބޭ ވާހަކަ ލިޔެފަ އެ ޗެކް ކޮށްފަ އަޕްލޯޑް ކުރާނެ ވަގުތެއް… އެކަމަކު ޖުލައި 28 ވަނަ ދުވަހު ނެރޭނަން… I promise all you guys that i will upload the story as soon as possible. Miss u all the […]
ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނާތީ އަހަރެން އަޑު އަހަމެވެ. ކުޑައިރު އަހަރެން އެވާހަކަ ގަބޫލެއް ނުކުރަމެވެ. އެއީ އަހަރެން ދެކޭގޮތުގައި މުސްކުޅިން ހަދައިގެން އުޅޭ ފުލޯކު ވާހަކައެކެވެ. އަހަރެންގެ ރަހުމަތްތެރިން އެވާހަކަ ގަބޫލު ކުރާތީ އަހަރެން އެމީހުންނައް ވަރަށް މަލާމަތްކޮއް ޖޯކުޖަހާ އުޅެމެވެ، މިމައްސަލައިގައި ބައެއްފަހަރު ރައްޓެހިންނާ ދެބަސްވެ މޫނުކެނޑިފައި ވެސް ހުންނާނެއެވެ. ނަމަވެސް މިއަދު އަހަރެން މިވަނީ ބަދަލުވެފައެވެ، ކަނު ލޯތްބެއްގައި ޖެހި އަހަރެންގެ ދިރިއުޅުން މިވަނީ މުޅިން ބަދަލު ވެފައެވެ. ~ފަސްއަހަރު ކުރި~ […]
“މަޖައެއް ނޫނޭ!!” އަތުން ކަރުނަ ފުހެލަމުން ރިޝްފާ ހީލިއެވެ. “ތިއުޅެނީ ހަމަ އަހަރެން މާލެ ފޮނުވާލަން ވެގެން! ވަރަށް ފޫހި ވޭ! އަހަރެންގެ ސަބަބުން އެހެން މީހުންނަށް އުނދަގޫ ވަންޏާ މަ ހިނގައިދާނަމޭ! ނޫޅެން ކޮންމެހެން މިތާކު އުޅޭހިތަކުންނެއް!!!” ޝިމާލަށް ފަސްދިނުމަށްފަހު ރިޝްފާ އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ. “އޭ ހޭ ހޭ!…..” ޝިމާލް ރިޝްފާގެ އަތުގައި ހިފެހެއްޓިއެވެ. “ހާދަ އަވަހަކަށް ތި ހާޑް ވީ! ސީރިއަސްކޮށް ހަމަ ރިޝް މާލެ ދަނީތަ؟” “އާނއެކޭ!!!” “ދެން ރިޝްއަށް ރަނގަޅުތާ؟ […]
“ނާދް ކިހިނެއްތަ؟” އަހަރެންނަކަށްވެސް އިތުރަކަށް ކެތެއްނުވިއެވެ. “ރަނގަޅު.. ރަޝާމެން މިތަނަށް އައިސްގެން ތިއުޅެނީ ކޮންކަމަކު؟މިހާރު އެއޮއް ހައެއް ޖަހަނީ.މިހާރު ނައްޓާލިޔަސް އަނދިރި ނުވަނީހެއް ނުދެވޭނެ..” ނާދް ވަރަށް ގާތް ގޮތަކަށް ވާހަކަ ދެއްކިއެވެ. “ނާދް! ނާދް ގެއްލިގެން ޝަހުދް ޕޮލިހުންނަށްވެސް ރިޕޯޓް ކުރި.އަސްލު ކޮންތާކު އުޅެފައި ތިއައީ?” އަހަރެން ބޭނުންވީ ސީދާ ޕޮއިންޓަށް ދާށެވެ. “އަހަރެން ބުނިން ޝަހުދުއަށް ގުޅާފަ ގާފަރުގައޭ މިހުރީ.ދެން އެރަށަށް ގުޅިއަކަސް އެރަށު އެންމެނަކަށް ނޭންގޭނެދޯ އަހަރެންނެއް. އެހެންނޫނަސް އެކަކުވެސް ބުނިތަ އަހަރެން […]
“ނާހި ކަންބޮޑު ނުވެބަލަ! އެއީ ކުޑަކުއްޖެއް ނޫނޭ! އޭނާއަށްވެސް އެނގޭނެ އެންނު އުޅެންވީ ގޮތް! އެހެން ނޫނަސް އެއީ މަޖާ ކުރަންވީ އުމުރޭ! އެވަރު ކުދިން ގޭގައި ތާށިވެގެން ތިބެން ވީމަ ނިކަން ފޫހި ވާނެ!” އަދުނާނު ކެއުމައިގެން މަސްޢޫލުވި ވަގުތު އޭނާގެ ފޯން ވައިބްރޭޓް ވާން ފެށިއެވެ. ފޯނުގެ ސްކްރީން ފެނުމާއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު ނުހަނު ގާތުން ނާހިދާ ދުއްޓެވެ. “އެބަ އަންނަން!” ފޯނު ހިފައިގެން އަދުނާނު ނުކުތީ ބެލްކަންޏަށެވެ. […]
ހިތްތަކަށް ބިރުވެރިކަން ވައްދައިދޭފަދަ ތަފާތު އެތައް ހާދިސާ ތަކަކާއެކު….! ލޮލުން ކަރުނަ ހިލުވާލާފަދަ ފުން އަސަރު ތަކަކާއެކު…..! މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަޤިޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް!….. “ހިމާޔަތް” އަންނަނީ!…. އިންތިޒާރުކޮށްލައްވާ!!
ނިތްކުރިމަތިން ހިއްލާފައިހުރި ދާތިކިތައް އަތުގެ ނުފުށުން ފުހެލުމަށްފަހު އަނެއްކާވެސް ނާހިދާ ތަށި ދޮންނަން ފެށިއެވެ. ހުޅުވާފައިހުރި ކުޑަދޮރުން ފެންނަމުންދިޔައީ މާލޭގެ ބުރިބުރިއަށް ނަގާފައިވާ އުސް އިމާރާތްތަކެވެ. މެންދުރު ނަމާދުގެ ބަންގި ގޮވިތާ އަދި މާގިނައިރެެއް ނުވެއެވެ. ނަމަވެސް މަގުމަތިން އަދިވެސް ވެހިކަލްތަކުގެ އަޑު ކަނޑައިގެން ނުދެއެވެ. އެ މަސްހުނި އަޑުތަކުގެ ތެރެއިން ކުއްލިއަކަށް އިވެންފެށީ ޕޮލިސް ޖިޕެއްގެ ސައިރަންގެ އަޑެވެ. ނާހިދާ ވިސްނާލިއެވެ. އެ ސައިރަންގެ އަޑަކީ މިހާރު މާލެއަށް އާންމު އަޑަކަށް ވެއްޖެއެވެ. އެ އަޑު […]