Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ރޮއްވާލަދިން ފަރިކަމޭ 2

azza Level 1
July 27, 2016 4 Mins Read
20 Comments

ރަވްޔާ ނިކުތުމުން އާރާވް ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އަދި އެއަށްފަހު ބެލްކަންޏަށް ނިކުތީ ވާރޭ އޮއްސާލަން އުޅޭހެން ހީވުމުން ދޮރުލައްޕާށެވެ. ނަމަވެސް އޭގެ ކުރިން ފެނުނު މަންޒަރުން ތަލިން ކުޅުހިކިގެން ދިޔައެވެ.

ކުރިމައްޗައް ހުރި ގޭގެ ކުޑަދޮރުން ބޯދިއްކޮށްގެން އެއޮތް އަންހެން ކުއްޖާ ފެނި އާރާވް މުޅިން އާޝޯޙް ވެއްްޖެއެވެ. ޖެހެމުންދިޔަ ވަޔާއެކީ ދޮން މޫނަށް އެޅޭ އިސްތަށިތައް އިރުއިރުކޮޅާ އެއްފަރާތްކޮށްލައެވެ. ތުންފަތްމަތީގައިވާ ހިނިތުންވުން އެ އަންހެން ކުއްޖާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.  އާރާވް މިގޭގައި އުޅޭތާ ފަނަރަ އަހަރު ވެއްޖެއެވެ. އެގެ އަބަދުވެސް އާރާވްއަށް ފެނެއެވެ. އެގޭ އުޅޭ މީހުންވެސް އާރާވް އަށް ވަނީ ކޮންމެވެސް ވަރަކަށް ފެނިފައެވެ. ނަމަވެސް މިއަންހެން ކުއްޖާއަކީ އާރާވް  ދުވަހަކުވެސް ދެކެފައި ނުވާ އަންހެން ކުއްޖެކެވެ. ވާރޭ އޮއްސާލުމުންވެސް އެއަންހެން ކުއްޖާ އެތެރެއަށް ވަންނާކަށް ނޫޅުނެވެ. ހިތްގައިމު މަންޒަރެއްގެ އަވައިގާ ޖެހި އާރާވްވެސް ދޮރުލައްޕާކަހަލަ ހިޔާލެއްް ނުކުރެއެވެ. އިރުކޮޅަކުން ފެނުނީ އެހެން މީހެއް އައިސް އެ އަންހެން ކުއްޖާ އެތެރެއަށް ދަމައިގަތް މަންޒަރެވެ. ކުރެވުނު ކަންތަކާ މޮޔަ ހީވެ އާރާވްވެސް ދޮރު ލައްޕާލާފައި އެތެރެއަށް ވަނެވެ. އެހެނީ އާރާވް އަކީ ފެންނަހާ އަންހެންކުދިންނަށް ބަލާ އުޅެ މީހަކަށް ނުވާތީއެވެ.

……………………………………………………………………..

“ސާބަސް ޒޯލީ.. އަދިވެސް ކުޑަކުދިންގެ ހިޔާލު ދޯ ހުންނަނީ” ތެމިފައިވާ ޒޯލާ އަތަށް ތުވާލިދެމުން އެންމެ ގާތް ރަހުމަތްތެރިޔާ ބަލްގިސް ބުނެލިއެވެ.

” ބައްލު އަކަށް ނެނގޭނެ އަހަރެން ވަރަށް އުފާވެފަ މިހުންނަނީ.. ހީވަނީ އާކީ އަހަރެން ކައިރީ ވަރަށް އަވަހަށް އިންނަން އަހާނެހެން..” ތުވާލިން މޫނު ފޮހެމުން ޒޯލާ ލޯގަނޑާ ދިމާއަށް ބަލާލީ ހިނިތުންވެ ހުރެއެވެ. އާކިލްގެ ނަން އިވުމާއެކު ބަލްގިސް މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެއްޗެކޭ ބުނަން އުޅެފަވެސް ނުބުނެ ހުއްޓުނީ ބުނެވޭ އެއްޗަކުން ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫ އަރާ ޒޯލާގެ އުފާވެރިކަން ގެއްލިދާނެތީއެވެ. ހިޔާލަކަށް ގެއްލިފައި ހުރި ބަލްގިސްއަށް ހޭވެރިކަންވީ ޒޯލާ ބަލްގިސްގެ އަތުގައި ހިފާ ތަޅުވައިގަތުމުންނެވެ. އެބައަންނަމޭ ބުނުމަށްފަހު ބަލްގިސް ފާހާނައަށް ވަނީ ބުނަން ބޭނުންނުވާ އެއްޗެއް ޒޯލާގެ ކުރިމަތީ ބުނެވިދާނެތީއެވެ.

ބަލްގިސް އާއި ޒޯލާ އަކީ ހަތްވަނަ ގުރޭޑުން ފެށިގެން މިއަދާ ހަމައަށްވެސް އެންމެ ގާތް ދެރަހުމަތްތެރިންނެވެ. ދެ އަހަރު ދުވަހަށް ފަހު ބަލްގިސް ރާއްޖެ އެއައީ އަވައްޓެރި ގައުމު އިންޑިއާގައި އުޅެފައެވެ. ކުއްލިއަކަށް ކިޔެވުން ހުއްޓާލުމަށްފަހު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އެއްވެސް މީހަކަށް އަންގާވެސް ނުލައެވެ. އެންމެ ކުޑަމިނުން ޒޯލާއަކަށް ވެސް ސަބަބެއް ނޭނގެއެވެ.

…………………………………………………………………..

ނާޒިރު އޮފީހަށް ވަދެގެން ދިޔައިރު ފަހަރަކު މުވައްޒަފެއް ތެދުވެ ނާޒިރުއަށް ހެނދުނުގެ ސަލާމް ކުރަމުން ގެންދިޔައެވެ. ނާޒިރު އެމީހުންނަށް ރައްދުދެމުން ގެންދިޔައީ ހިތްހެޔޮކަމާއެކީގައެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދާލަފައިވާ ނާޒިރުގެ ކެބިންއަށް ވަންގޮތަށް ފުރަތަމަވެސް ނާޒިރު ބަލާލީ ފާރުގައި ހަރުކޮށްފައިވާ ލޯބިވާ އަނބިމީހާގެ ބޮޑު ފޮޓޯ ލޯގަނޑަށެވެ. މޭޒުކައިރީގައި ބަހައްޓާފައި ހުރި ބޮޑު ގޮނޑީގައި އިށީންނަމުން ނާޒިރު ފުންނޭވައެއް ދޫކޮށްލިއެވެ. އެންމެ ފުރަތަމަވެސް ވިސްނާލެވުނީ ރޭގައި ޒޯލާ ދައްކާފައިވާ ވާހަަކައާއި ދޭތެރޭގައެވެ. އާކިލްއަށް އެއޮފީހުން ވަޒީފާ ދިނުމަކީ ނާޒިރު އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއް ނޫނެވެ. އެހެނީ ނާޒިރު ޒޯލާގެ ހަޔާތަށް ގެންނަން ބޭނުންވަނީ ޒިންމާދާރު ދީންވެރި އަދި ޒޯލާގެ ކަންތައްތައް ބެލޭނެ މީހެކެވެ. ޒޯލާގެ ތައްޕާހުގައި އުޅެން ގަސްދުކުރާ މީހެއް ނޫނެވެ.

ނަމަވެސް ޒޯލާގެ އުފަލަށްޓަކައި މިކަންވެސް ކުރަން ނާޒިރު ހުރީ ތައްޔާރަށެވެ. ފޯނުގެ އަތްގަނޑު ނެގުމަށްފަހު ނާޒިރު ރިސްޕްޝަނަށް ޑަޔަލް ކޮށްލިއެވެ. އަދި ނަންބަރެއް ދިނުމަށްފަހު އެ ނަންބަރަށް ގުޅާފައި މީޓިންގް އެއް ހަމަޖެއްސުމަށް ބުންޏެވެ. އަދި އިރުކޮޅަކުން ވީ އައި ޕީ  ކްލައިންޓެއް ބައްދަލުކުރަން އަންނާނެ ވާހަކަ އާއި އައުމުން ލަސްނުކޮށް ކެބިންއަށް ފޮނުވުމަށްވެސް ބުންޏެވެ.

ފޯނު ބޭއްވިތާ އިރުކޮޅެއްފަހުން ނާޒިރުގެ ކެބިން މީހަކު ޓަކި ޖަހާލިއެވެ. އެތެރެއަށް ވަނުމަށް ބުނުމުން އެމީހަކު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ހިމަ ދިގު ފިރިހެންކުއްޖެކެވެ. އެހާ ދޮނެއް ނޫނަކަސް ކަޅެއްވެސް ނޫނެވެ. މޫނުމަތީގައިވަނީ މައުސޫމު ކަމެކެވެ. އެޒުވާނާ އައިސް ނާޒިރުގެ މޭޒުގެ ކުރިމަތީގައި ހުއްޓެމުން އަދަބުވެރިކަމާއެކު ސަލާމް ގޮވާލިއެވެ. މިކަންވީ ނާޒިރުއަށް ވަރަށް ކަމުދާ ސިފައަކަށެވެ. މިހާރުގެ ޒުވާނުން އަދި ހާއްސަކޮށް ޒުވާން ފިރިހެން ކުދިންގެ ކިބައިން ނުފެންނަ ސިފައެކެވެ. ނާޒިރު ހިނިތުންވަމުން ސަލާމުގެ ޖަވާބުދިނެވެ.

” އާރާވް ފޮނުވައިގެން ދެއްތޯ ތި ދުރުވީ؟” ނާޒިިރުގެ ސުވާލުން އެޒުވާނާ ތުންފަތް މައްޗަށް ވެރިވީ ލަދުރަކި ހިނތުންވުމެކެވެ.

” ނޫނޭ.. އަޅުގަނޑަށް ކިޔަނީ އާރާވް ..” ސަލާމަށް އަތް ދިއްކޮލަމުން އާރާވް ބުންޏެވެ. ނާޒިރު ސަލާމް ކޮށްލީ ހައިރާންވެ ހުރެއެވެ. މިހާ ޅައުމުރުގައި ބޮޑު ބިޒްނަސްއެއްގެ ސީ އީ އޯ އަކަށް ވުމަކީ ވަަރަށް ނާދިރު ކަމެކެވެ. އާރާވް ނާޒިރުއާއި  ބިޒްނަސްއާ ބެހޭ އެކި އެކި ވާހަަކަ ދައްކަމުން ދިޔައިރު އިރު އިރުކޮޅާ ނާޒިރުގެ ފުރަގަހުން ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ލޯގަނޑަށް ބަލަމުން ދިޔައެވެ. އެންމެ ފަހުން ކުރަން އައި ކަންތައް ނިމުމުން ސަލާމް ކޮށް އިންތަނުން ތެދުވިއެވެ. އެވަގުތުވެސް ލޯ އަމާޒުވީ އެފޮޓޯ ލޯގަނޑަށެވެ.

” އެއީ އަޅުގަނޑުގެ މަރްހޫމް އަނބިމީހާ.” އާރާވް ހިތުގައިވާ ސުވާލް ނާޒިރުއަށް ނަގައިގަނެވުނު ކަހަލައެވެ.

” މާފުކުރައްވާ އަޅުގަނޑަށް އެވަރަށްް ބެލުނީ ކުއްޖަކާ ވައްތަރުވީމަ” އާރާވް ބުނެލިއެވެ.

” އެހެންވިއްޔާ ތިވާނީ އަޅުގަނޑުގެ ދަރިފުޅު ޒޯލާ ކަމަށް.. އަޅުގަނޑު އަންހެނުންނާ އެއަށްވުރެ ބޮޑަށް ވައްތަރުވަނެ މީހަކު ނުހުންނާނެެ” ނާޒިރުގެ ޖަވާބުން އާރާވްއަށް ހީލެވުނެވެ. އަދި ސަލާމް ކުރުމަށްފަހު ދާން ހިނގައިގަތެވެ. އާރާވް ނިކުންނަން އުޅުނު ވަގުތު ދޮރުން ވަދެގެން އައި ޒޯލާ ޖެހުނީ އާރާވްެ ކޮނޑުގައެވެ. ޖެހުނުލެއް ބާރުކަމުން ޒޯލާ ފަހަތަށް އަރިއަޅާލިއެވެ. ނަމަވެސް އެވަގުތު ހުށިޔާރު ކަމާއެކު އާރާވް ޒޯލާގެ ދެކޮނޑުގައި ހިފާހައްޓާލިއެވެ. ޒޯލާގެ މޫނު ފެނުނު ވަގުތު އާރާވް ހުއްޓުން އެރިއެވެ. އެއި ދެވަނަ އެހެން މޫނެއް ނޫނެވެ. އިއްޔަގައި ކުރިމަތީ ގޭ ކުޑަދޮރުން ބޯދިއްކޮށްގެން އޮތް ކުއްޖާއެވެ. އާރާވްގެ ބެލުމުން ޒޯލާ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އަދި މަޑު މަޑުން އާރާވްގެ ދެއަތް ދުރުކޮށްލިއެވެ.

“ތެންކިއު..” ޒޯލާގެ އަޑުއިވުނު ހިނދު އާރާވްގައިން ހީބިހި ނަގައިގެން ދިޔައެވެ.

” ދަރިފުޅާ ބައްޕަ އަބަދުވެސް ބުނަމެއްނު ތަންކޮޅެއް ބަލާލައިގެން އުޅޭށޭ.. ދެންމެ އާރާވް ނެތްނަމަ ދަރިފުޅު އޮންނާނީ މިތާ ތިރީގަ..” ޒޯލާ ކައިރީ އައިސް ހުއްޓުނު ނާޒިރު ބުނެލިއެވެ.

ނާޒިރުގެ އަނގައިން ދަރިފުޅާއޭ ބުނި އަޑުއިވުމުން ހައިރާންވެފައި އަދިވެސް އެއްފަހަރު ޒޯލާގެ މޫނަށް އާރާވް ބަލާލިއެވެ. އެވަގުތު ނާޒިރު ބުނީ މުޅިން ހަމަތެދެއްކަން އާރާވްއަށް ޔަގީންކުރެވުނެވެ. ނާޒިރުގެ އަންހެނުންނާ ޒޯލާއަށްވުރެ ބޮޑަށް ވައްތަރުވާނެ ހަމަ އެކަކުވެސް ނެތެވެ.

” ޝުކުރިއްޔާ އާރާވް..” އާރާވްއަށް ހޭވެރިކަންވީ ނާޒިރުގެ އަޑަށެވެ. އަވަހަށް ވެލްކަމްއޭ ބުނެލުމަށްފަހު އެތަނުން ނިކުތީ އިހްސާސްތައް ކޮންޓްރޯލްކުރަން އުނދަގުވާތީއެވެ.

……………………………………………………………………..

މާވިއްކާ ފިހާރައަކަށް ބަލްގިސް ވަނީ ހޮސްޕިޓަލުގައި އޮތް އެކުވެރިއަކަށް ގޮވާލާން ދާން މާބޮނޑިއެއް ގަނެލުމަށެވެ. ބޭނުންވާ މާތައް ނަގައިގެން ބަލްގިސް ކައުންޓަރ ކައިރިއަށް ޖެހިލީ ފައިސާ ދެއްކުމަށެވެ. އެވަގުތު ކައިރީގައި އެހެން ކުއްޖެއް އައިސް ހުއްޓުމުން ބަަލްގިސް އެދިމާއަށް ބަލާލިއެވެ. މާތަކުގެ ވަސް ބަލަން ހުރި ރަވްޔާއަށްވެސް ބަލްގިސްއާއި ދިމާއަށް ބަލާލެވުނީ ހަމައެވަގުތުއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.

ބަލްގިސް ރަވްޔާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. އަނެއް ފަރާތަށް އެނބުރެމުން ކައުންޓަރ މަތީގައި މާތައް ބަހައްޓާފައި ބާރުހިނގުމެއްގައި ގޮސް ފިހަރައިން  ނިކުތެވެ.

…………………………………………………………………….

” ބައްޕަ ބުނީމެއްނޫ އާކީ އާ ވާހަކަ ދައްކާނަމޭ.. އެކަމަކު އާކީ ބުނި އަދިވެސް ބައްޕަ އޮފީހަކުން ނުގުޅަޔޯ.. ބައްޕަ އަވަހަށް ގުޅާބާ.. އާކީ ވަރަށް ދަތިކޮންނޭ އުޅެނީ” ނާޒިރުގެ ގޮނޑީގެ ފަހަތުގައި ހުރެ ނާޒިރުގެ ބޯމޮޑެ ދެމުން ޒޯލާ ވާހަކަ ދެއްކިއެެވެ.

” ދެން އެކަމާ ފިކުރު ނުކޮށްބާ.. ބައްޕަގެ ޒޯއަށް ވައުދުވި ކަމެއް ބައްޕަ ކޮށްދޭނަން.. އެކަމަކު އޭގެ ކުރިން ބައްޕަ ދަރިފުޅާ ސުވާލެއް ކޮށްލަން ބޭނުން” ނާޒިރު ޒޯލާގެ އަތުގައި ހިފާފައި ގެނެސް މޭޒު ކައިރީގައި ބެހެއްޓިއެވެ.

” ދަރިފުޅަށް ހަމަ ޔަގީންތަ އާކިލް ޒޯ އުފަލުގަ ގެންގުޅޭނެކަން..؟” ނާޒިރުގެ ސުވާލުގެ ޖަވާބުގައި ޒޯލާ ހީލިއެވެ.

” ބައްޕަ ކަންބޮޑުނުވޭ.. އާކީ ޒޯ އުފަލުގަ ގެންގުޅޭނެކަން ޒޯއަށް ހަމަ ޔަގީން.. އާކީ ޒޯދެކެ ވަރަށް ލޯބިވޭ.. ބައްޕަ ޒޯއަށް އިތުބާރުކޮށްބާ..”  ޒޯލާ ބުންޏެވެ.

” އެހެންވިއްޔާ އެންމެ ރަނގަޅު.. އާކިލްއަށް މިއޮފީހުން ވަޒީފާ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ބައްޕަދެން..” ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ނާޒިރު ބުންޏޭވެ.

” އޯވްހ ލަވް ޔޫ ބައްޕާ” ފުންމައިގަންނަމުން ޒޯލާ ބުންޏެވެ. އަދި މޭޒުމަތީގައި ހުރި ދަބަސް ހިފައިގެން ދާން ހިނގައިގަތެވެ.

ޒޯލާ ދިއުމުން ނާޒިރު ޒޯލާއާއި ދޭތެރޭގައި ވިސްނާލިއެެވެ. މާބޮޑަށް ލޯބިދީގެން ބޮޑުކުރުމުގެ ނަތީޖާ މިއަދު ފެންނަނީއެވެ. ޒޯލާގެ ކިބައިން ފެންނަ ނޭދެވޭ ސިފަތަކުން މިހާރު ނާޒިރު ކަންބޮޑުވާ ވަރުވެއެވެ. ޒޯލާއަށް މިހާރު ބޭނުންވަނީ އެޅިހާ ބަތަކަށް ރިހަ ހެދިގެން ހުންނާނެ މީހެއް ނޫެނެވެ. އޭގެ ބަދަލުގައި ޒޯލާއަށް ބޭނުންވަނީ  ޒޯލާގެ ކިބައިގާ އެހުންނަ ނޭދެވޭ ސިފަތައް އިސްލާހު ކޮށްލެވޭނެ ވަރުގެ މީހެކެވެ.

…………………………………………………………………….

ރަވްޔާ އިން ކާރު އައިސް މަޑުކޮށްލީ މާލޭގެ ގޯޅިގަނޑެއްގެ ކުރިމައްޗަށެވެ. ގޯޅީގައި ސައިކަލުތައް ޕާކުކޮށްފައި ހުރުމުން ކާރު ވަންނަން ޖާގަ ނެތުމުންނެވެ. އަތުގައި މާބޮނޑި ރަވްޔާ ގަޔާ ކައިރިކޮށްލިއެވެ. އެ ގޯޅިގަނޑުން ވަދެގެން ދިޔައިރު ގެއެއްގެ ދޮރުމަތީގައި ތިބި ޒުވާން ފުރައިގެން ކުދިންކޮޅެއް ރަވްޔާއާއި ފޮށިލިއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ރަވްޔާ ކުރިއަށް ދިޔައެވެ. ނޫކުލައިގެ ދޮރެއްލާފައިވާ ގެއެއްގެ ކުރިމަތީގައި ރަވްޔާ ހުއްޓުނެވެ. އަދި އަތުގައި އޮތް މާބޮނޑި ފުރަގަހަށް ލުމަށްފަހު ދޮރުގައި ޓަކިޖަހާލިއެވެ. ދެތިންފަހަރަކު ޖަހާލުމާއެކު އެތެރޭން ދޮރުހުޅުވާލިއެވެ. އެވަގުތު އެތެރޭން ދިއްކޮށްލި އަތަކުން ރަވްޔާގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަތެވެ.

-ނުނިމޭ-

Share Article

Follow Me Written By

azza

Level 1

Other Articles

Previous

ކުއްޅަވަށްފާގެ ކިޔުންތެރިންނަށް.

Next

ކުއްޅަވަށްފާ(10)

Next
July 28, 2016

ކުއްޅަވަށްފާ(10)

Previews
July 27, 2016

ކުއްޅަވަށްފާގެ ކިޔުންތެރިންނަށް.

20 Comments!

  1. Maavee says:
    July 27, 2016 at 11:22 pm

    V reethi

  2. Ishoo says:
    July 27, 2016 at 11:40 pm

    Interesting

  3. Faathee says:
    July 28, 2016 at 12:19 am

    Salhi vara. But Las nukoh up kohla dhecehy. Maa lahun up vanyaa foohi.

  4. niky says:
    July 28, 2016 at 1:10 am

    V reethi

  5. Hooo says:
    July 28, 2016 at 2:16 am

    Varah salhi

  6. Akki says:
    July 28, 2016 at 5:10 am

    V reethi ekam avahah up koh dhechey ????

  7. Lovely girl says:
    July 28, 2016 at 6:39 am

    Varah reethi…..ekamaku maa lahun up kuranyaa kuree bai handhaan nethifa hunnany…..lahun up vanyaa kiyuntherin foohi vaane…..if it’s something personal, you can just inform that….????????

  8. Appy says:
    July 28, 2016 at 7:17 am

    V interesting

  9. raani says:
    July 28, 2016 at 7:46 am

    Nice

  10. lol says:
    July 28, 2016 at 10:17 pm

    Kobaa numbr hoody

    1. Bad boy says:
      July 29, 2016 at 3:45 pm

      Lol saabas mii azzage story eh hoodyge stry ah cmmt kohba num hiodhan…midhenn bidu varey

    2. Bad boy says:
      January 27, 2018 at 3:02 pm

      * bodu

  11. Lovely girl says:
    July 29, 2016 at 12:14 am

    Varah reethi…than kolheh avahah up koh dheveytho masahkai kollachey….

  12. shim says:
    July 29, 2016 at 12:21 am

    avahah up kohdhyyy//

  13. Maavee says:
    August 2, 2016 at 7:27 am

    Azza kobaatha mi vaahakaige 3 bai up koh dheebala

  14. Faathee says:
    August 2, 2016 at 2:24 pm

    Pls next part up kohlabaa

  15. Maavee says:
    August 17, 2016 at 4:48 pm

    Kobaatha next part

  16. Maavee says:
    August 17, 2016 at 4:52 pm

    Azza mivaahaka nimuneetha dhen

  17. juveyy says:
    September 1, 2016 at 10:38 am

    vvv nice

  18. Petite says:
    October 1, 2016 at 2:19 pm

    V v v salhi story eh.. kobaa next parrt?? Waitinf for the next part .

Comments are closed.



All Right Reserved!