Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (18)

layaal Level 310 Stories100 Comments
July 26, 2016 7 Mins Read
45 Comments

ޖެހެމުންދިޔަ ވަޔާއި އުޑުމަތީގައި ބޯކުރަމުން ދިޔަ ވިލާތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެ ހެންނެވެ. ހިނގަމުންދިޔަ އައިފާގެ އުނަގަނޑުގައި މީހަކު ހިފައި ފަހަތަށް ދަމާލި އިހުސާސް ވުމުން އޭނާގެ ހަޅޭކުގެ އަޑު އެގޯޅި ގަނޑުތެރޭގައި ހިފާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އައިފާގެ އަނގަމަތީ ބާރުގަދަ އަތެއް އެޅުނެވެ.

“ޝޫޝް.. އިޓްސް މީ.. ހަމަޖެހިބަލަ.” އައިފާ ކުރިމައްޗަށް އަނބުރާލަމުން ލޫތް ބުނެލިއެވެ. ބިރުން ތެޅެފޮޅެމުން ދިޔަ އައިފާގެ ހިތް ހަމައަކަށް އެޅުނީ އެއީ ލޫތްކަން އިނގުމުންނެވެ. “ސިއްސައިގެންނޭ ދިޔައީ.. ޑޯންޓް ޑޫ ދެޓް..” އައިފާ ހަމައަކަށް އެޅެމުން ވާހަކަދެއްކިއެވެ. “ލޫތް މިތާ ކީއްތިކުރަނީ؟ ފާރަލަނީތަ؟” އައިފާ ލޯ ކުޑަކޮށްލަމުން ބުނެލިއެވެ.

“އަހަރެން މިތާ ކައިރި ފިހާރައަކުން ނިކުންނަނިކޮން އައިފާ ފެނިގެން ފަހަތުން މިއައީ.. މިވަރަށް ގުޅާ އިރު ވެސް ފޯނު ނުނަގާން ކީއްވެ ތިހުންނަނީ؟ އެންޑް ވައި އާ ޔޫ އައުޓް އެލޯން މިގަޑީގައި.. ވިއްސާރަ ވެސް ނަގާފައި އެ އޮތީ.” ލޫތް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. ނަމަވެސް ޖަވާބުގައި އައިފާ ދިނީ ހިމޭން ކަމެވެ.

ލޫތްއަށް ކޮންމެ ވެސް ކަމެއް ގޯސްވެއްޖެކަން އެނގުމުން އައިފާގެ ކޮނޑުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. “ހޭއި.. ކިހިނެތްވީ؟ ޓެލް މީ.. ވަރަށް ރޮއެފަ ދޯ ތިހިރީ..” ލޫތް މިހެން ބުނުމުން އައިފާއަށް ކެތް ނުވެގެން އަޑުފަޅައިގެން ގޮސް ރޮވެންފެށުނެވެ. އޭނާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ލޫތް ވަގުތުން އައިފާ ގެނެސް އެ ތަނަވަސް މޭމަތީގައި ފޮރުވާލިއެވެ.

މަގުގެ ދެކޮޅަށް ނަޒަރު ހިންގަމުން ދިޔަ ޒޭންއަށް އެއްވެސްތާކުން އައިފާގެ ހިލަމެއް ނުވިއެވެ. މަގު ހުރަސްކުރި ތަން ފެނުނު ނަމަވެސް ދެން އެދިޔަ ތަނެއް ނުފެނި އައިފާ ލޯމަތިން ގެއްލުމުން ޒޭން ހާސްވިއެވެ. އެންމެފަހުން ރުޅިއައިސްގެން ކައިރީގައި ހުރި ފާރުގައި ގޮށް މުއްކަވާފައި ޖެހިއެވެ.

އެފަދަ ފުރުސަތެއް ދެން ނުލިބޭނެކަން އިނގުމުން އޭނާ އިތުރަށް ރުޅިއައެވެ. މިރޭ އެހައި ރަނގަޅު ފުރުސަތެއް އަތުން ބީވެގެން ދިޔަ ދެވުނީތީ ހިތްހަމަނުޖެހިފައި ހުރެ އެތަނުން ދާން އޭނާ ހިނގައިގަތެވެ. ޒޭން އަދި މިވަރުން ހިތްވަރު އެލުވާނުލާން ނިންމިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އައިފާ ހާސިލް ކުރަން އޭނާ އަޒުމް ކަނޑައަޅައިގެން ހުރެ ޖީބުން ސިނގިރޭޓެއް ނަގައި ރޯކޮށްލިއެވެ.

“ހުއްޓާލައި ބޭބް.. ކިހިނެތްވީ؟ ވީގޮތެއް ވެސް ބުނީމަ އެއްނުން އިނގޭނީ.. ދޫނި ޕްލީޒް ދެން ތިވަރަށް ނުރޮއެ..” އައިފާގެ ރުއިމުގެ އަޑަކީ ލޫތްއަށް އަޑުއަހަށް ކެތްވާނެ އަޑެއްނޫނެވެ. “ބޭބް. އޭތް ބަލައިލަބަ..” އައިފާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލަމުން ލޫތް ބުނެލިއެވެ. އޭރު އެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ފެނި ލޫތް ވެސް ދެރަވިއެވެ.

“ޓެލް މީ.” އައިފާ ކޯތާފަތުގައިވީ ކަރުނަތަށް ފޮހެލަ ދެމުން ލޫތް ބުނެލިއެވެ. “މަންމަ.. މަންމަ ޤަބޫލެއް ނުވާނެ ލޫތް..” އައިފާ ގިސްލަމުން ވާހަކަދެއްކިއެވެ. “މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ލޫތް އަންނާނެ ވާހަކަ ބުނީމަ.. ބުނީ ލާރިގަނޑެއް ދޭން ހެއްޔޯ އަންނަނީ.. ލޫތް އަޅެ.” އައިފާ އިތުރަށް ރޯންފެށިއެވެ.

އައިފާގެ ވާހަކަ އަޑުއިވި ލޫތްގެ ރުޅިގަނޑު ކެކިގަތެވެ. އަޒުރާ އެގޮތަށް އައިފާއާއި ވާހަކަ ދައްކަންވީ ކޮން ހަސަދައެއް އޮވެގެންބާއޭ އޭނާ ހިތަށްއެރިއެވެ. “ހުއްޓާލަ.. އަހަރެން މާދަމާ ރޭ މަންމައާއި ވާހަކަ ދައްކަން ދާނަން.. އިޓްސް ގޮނާ ބީ އޯކޭ އިނގޭ.” އައިފާގެ ބޮލުގައި ފިރުމައިދެމުން ލޫތް ވާހަކަދެއްކިއެވެ. އެވަގުތު އުޑުމަތީގައި ބޯކުރިވަލާތަކުން ވެހެން ފެށި ވާރޭއިން އެދެމީހުން ތެއްމަމުން ދިޔައެވެ. ނަމަވެސް އައިފާގެ ރުއިމުގެ އަޑު ކަނޑައިގެންނެއް ނުދިޔައެވެ.

****

ގޭތެރެއަށް ވަދެގެންއައި ލޫތް މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށް ވަނުމަށެވެ. އައިފާ ގެއަށް ލާދިނުމަށްފަހު ލޫތް އޭނާގެ ގެއަށް އައި ލުތުފީއާއި ވާހަކަ ދައްކާލުމަށްށެވެ. ލައިހެން ހުރި ތެތް އަންނައުނު ބޭލުމަށްފަހު އޭނާ ފެންވަރާލައިގެން ކޮޓަރިން ނިކުތީ ލުތުފީ ކޮބައިތޯ ބަލައިލުމަށްށެވެ.

އައިފާ މިރޭ އެވަރަށް ރުއިމުން ލޫތް ވެސް އިންތިހާއަށް ހިތުގައި ޖެހުނެވެ. އެހެންނޫނީ އޭނާ އަދި އައިފާ އެވަރަށް ރުއި ތަނެއް ނުދެކެއެވެ. އައިފާ ކަހަލަ ހިތްވަރުގަދަ ކުއްޖެއް އެވަރަށް ރޯނީ ވަރަށް އަސަރު ކުރުމުންކަން އޭނާއަށް ޔަޤީންވިއެވެ.

“މަންމާ.. މަންމާ.” އާޒިމާގެ ކޮޓަރީގައި ޓަކިޖަހާލަމުން ލޫތް ގޮވާލިއެވެ. ކޮޓަރި ދޮރު ހުޅުވާލާފައި އާޒިމާ ބުރުގާ އަޅާލަމުން ގޭތެރެއަށް ނިކުތެވެ. “އަހާ ދަރިފުޅާ.. ކާންވީ ދޯ. ކޮބާތަ ސާޝާ؟ އަދިވެސް ނާދެ ދޯ ކާން ހަދާކަށް.” އާޒިމާ ކާގެއަށް ވަންނަމުން ބުނެލިއެވެ.

“އަޅުގަނޑު ނުކާނަން މިރޭ.. ކޮބާ ބައްޕަ؟” އާޒިމާގެ ފަހަތުން ދިޔަ ލޫތް އަހާލިއެވެ. “ބޭރަށް ދިޔައީ. ނާދެ އަދި.. ލައިޝާ.. ދަރިފުޅާ އާދެ ކާން.” އާޒިމާ ލައިޝާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ބުނެލިއެވެ.

ގެއިން ނިކުންނަން ދިޔަ ލޫތް ފޯނުނަގައި ލުތުފީއަށް ގުޅާލުމުން އިނގުނީ އޭނާވީ ހޮޓެލްގައި ކަމެވެ. އެހެންކަމުން ލޫތް ކާރަށް އަރައި ހޮޓެލްއަށް ދިއުމަށް މިސްރާބުޖެހިއެވެ. އޭނާ ބޭނުންވީ ވެގެން މިއުޅޭ ކަންތައް ލުތުފީއާއި މަޝްވަރާ ކޮށްލުމެވެ.

ލުތުފީގެ އޮފީހަށް ވަދެގެން އައިސް އޭނާ އެތެރެއަށް ހިނގައިގެތެވެ. އޭރު ލެޕްޓޮޕުން މަސައްކަތް ކުރަން އިން ލުތުފީ އިނީ އެކަމަށް ގޮސް ގެއްލި ހުސްވެފައެވެ. “ބައްޕާ.” ލޫތް އައިސް ކައިރީގައި ހުރި ސޯފާގައި އިށީނދެލަމުން ބުނެލިއެވެ. “ޔެސް ލޫތް.. އަނެއް އެއްކަލަ ރިސޯޓުގެ މެނޭޖާ ގުޅާފައި ބުނީ ޑީލް ވަރަށް ކަމުދެޔޯ.. ހީ ވޮޒް ވެރީ އިމްޕްރެސްޑް ވިތް ޔޫ ސަން.. އެހެންވީމަ ދެން މި ޑީލްގެ ކަންތައް ވެސް މި ނިމުނީ..” ލުތުފީ ހިތްހަމަޖެހިފައި އިނދެ ވާހަކަދެއްކިއެވެ.

“ޔެސް ޑޭޑް.. އެމީހުން ތިބީ ހަމަ މިކަހަލަ ޑީލްއެއްގެ އިންތިޒާރުގައި ކަމަށް ވަނީ.. ޑޭޑް.. އަޅުގަނޑު ބޭނުން ވާހަކައެއް ދައްކާލަން..” ލޫތް ސީރިއަސް ވެލަމުން ބުނެލިއެވެ. ލޫތްގެ ވާހަކައިން ލުތުފީ އޭނާ ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ލޫތްއަށް ސަމާލުކަން ދިނެވެ.

“އައި ޕްރޮޕޯޒްޑް އައިފާ.. އެންޑް ޝީ ސެއިޑް ޔެސް.. އެހެންވީމަ އަޅުގަނޑު ވީހާވެސް އަވަހަކަށް މެރީ ކުރަން ނިންމައިފިން.” ލޫތް މިހެން ބުނުމުން ލުތުފީ އުފަލުން ލޫތްގެ ކޮނޑުގައި އަތްޖަހާލިއެވެ.

“ދިސް އިޒް ގްރައިޓް.. ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅު އާ ދިރިއުޅުމެއް ފަށަން ގަސްތު ކުރީތީ..” ލުތުފީ ހެވިފައި އިނދެ މިހެން ބުނި ނަމަވެސް އޭނައަށް ލޫތްގެ މޫނުމަތިން ފާޅުވި މާޔޫސްކަން ފެނި ހިމޭންވިއެވެ. “ދަރިފުޅާ. ކިހިނެތްވީ މާ ދެރަވެފައި ތި އިނީ.. އައިފާ އިންނަން އެއްބަސް ވިއެއް ނޫންތަ؟” ލުތުފީ ކަންބޮޑުވެފައި އިނދެ އަހާލިއެވެ.

“އައިފާ އިންނަން އެއްބަހޭ ޑޭޑް. އެކަމަކު އޭނާގެ މަންމަ މިކަމާއި ދެކޮޅު. ނޭނގެ އެއްގޮތަކަށް ވެސް ކީއްވެގެން ކަމެއް. އައިފާގެ މަންމަގެ ނުރުހުމުގައި މިކަން ކުރަން އަޅުގަނޑު ޖެހިލުންވޭ.” ލޫތްގެ އަޑުގައިވީ މާޔޫސްކަމެވެ. “އައިފާގެ މަންމަ ނުރުހެނިއްޔޭ؟ އެކީއްވެ؟ ބައްޕަ ވާހަކަ ދައްކަންވީތަ؟” ލުތުފީ އަހާލިއެވެ.

“ނޫން.. އަޅުގަނޑު ވާހަކަ ދައްކާނަން.. މިކަން ބައްޕައަށް އަންގާލަން ބޭނުންވީ.. އަދި އާއިލާގެ އެހެން މީހެއް ކައިރި ނުބުނަން..” ލޫތް ފުންނޭވާއެއް ލަމުން ބުނެލިއެވެ. “ހާސްނުވޭ ދަރިފުޅާ.. ހުރިހާ ކަމެއް ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.” ލުތުފީ މިހެން ބުނުމުން ލޫތް ހިނިތުންވެލާފައި އެތަނުން ދާން ތެދުވިއެވެ.

“ދަރިފުޅާ.. އައިފާ މަންމައެއީ ކާކު؟” ލުތުފީ މިހެން އަހާލަމުން ނިކުންނަ ދިޔަ ލޫތް މަޑުކޮށްލިއެވެ. “އަޒުރާ..” ލޫތް މިހެން ބުނުމުން ލުތުފީގެ ދެބުމަގޮށްޖެހި މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “ދެން ބައްޕަ؟” ލުތުފީ އަނެއްކާވެސް އަހާލިއެވެ. “އައިފާ ބައްޕަވަނީ އޭނާ ކުޑައިރު ނިޔާވެފައި..” ލޫތް މިހެން ބުނެ އޮފީހުން ނިކުތެވެ.

ގޮނޑީގައި ލެނގިލި ލުތުފީގެ ލޯމައްޗަށް މާޒީގެ އެތަށް މަންޒަރެއް ސިފަވެގެން ދިޔައެވެ. އެނަން އިވުމުން ހީވީ ކުރީގެ ވަޅުލެވިފައިވީ ހަދާންތަކެއް ކޮނެވުނު ހެންނެވެ. “އަޒުރާ..” ލުތުފީގެ ދުލުން ބޭރުވީ އެނަމެވެ. އޭނާ ފޯނުނަގައި މީހަކަށް ގުޅާލި އިރު އެ މޫނުމަތިން ފާޅުވީ ހާސްކަމެވެ.

ލުތުފީ ހުރީ އޭނާގެ ޝައްކު ޔަޤީން ކުރަން ކެތްމަދުވެފައެވެ. “ހަލޯ.. ޒުހޭރު. ވަރަށް ބޮޑު ކަމަކު ކިޔަން މިގުޅީ.. އިނގެއެއްނުން އަޒުރާ.. އާނ އޭނަ. ކޮށްދޭންވި ކަމަކީ މިހާރު އޭނާ ކޮބައިތޯ ބަލައިލަ ދެންވީ.. އެއާއިލާގެ ޑީޓެއިލްސް. ޔާ.. އޯކޭ. މާދަމާއަށް މިކަން ކޮށްދިނިއްޔާ ރަނގަޅީ.. ޝުކުރިއްޔާ ޒުހޭރު. އަދި މިކަން އިތުރު މީހަކަށް އަންގައިގެން ނުވާނެ. އޯކޭ.” ލުތުފީ ވާހަކަދެއްކުމަށްފަހު ފޯނު ބޭއްވިއެވެ.  ލުތުފީ ވިސްނުމަކަށް ގެއްލިފައި އިން އިރު އޭނާ ދިޔައީ މާޒީގެ ސޮފްހާތަށް އުކަމުންނެވެ.

****

ރަތްފިނިފެން މަލެއް ނެގުމަށްފަހު އެއިން ވަސްބަލާލަމުން ޒޭން މަޑުންމަޑުން އެ މަލުގެ ފިޔަތަކުގައި ބީހިލިއެވެ. އޭނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވި އިރު އެތަނުގައި ހުރި ހުރިހާ ރަތް ފިނިފެންމަލެއް ނެގުމަށް އޭނާ އެދުނެވެ. ފިހާރާގައި މަސައްކަތް ކުރަން ހުރި ކުއްޖާ މިކަމާއި ހައިރާންވި ނަމަވެސް ހުރިހާ މަލެއް ނަގައި ރީތިކޮން ބޮޑު މާބޮނޑިއެއް ހަދާލަދިނެވެ.

ޒޭން އެ މާބޮނޑި ހިފައިގެން ނިކުތުމުން މަގުމަތިން ދިޔަ އެތަށް ބައެއްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ވާނީވެސް އެހެންތާއެވެ. ފިރިހެން ކުއްޖަކު އެވަރު ބޮޑު މާ ބޮނޑިއެއް ހިފައިގެން ދާތަން ބަލަން ނުހުއްޓެނީ ކާކުހެއްޔެވެ. ޒޭން އެ އެންމެންގެ ބެލުމަށް އަޅާލުމެއް ނެތި ކާރުގެ ފަހަތު ސީޓަށް މާބޮނޑިލުމަށްފަހު ވޮރެން ހޮޓެލްއަށް ދިއުމަށް މިސްރާބުޖެހިއެވެ.

ވޮރެން ހޮޓެލް އިން ނިކުއިން ލޫތް ކާރަށް އަރައި މީޓިންއަކަށް ދާން މިސްރާބުޖެހިއެވެ. ލޫތްގެ ކާރު އެތަނުން ނިކުއިންތާ ކުޑަ ހިނދުކޮޅެއް ފަހުން ޒޭންގެ ކާރު އައިސް ހޮޓެލް ތެރޭގައި ޕާކުކޮށްލިއެވެ. ކާރުން ފޭބި ޒޭން އަވި އައިނު އަޅާލަމުން މާބޮނޑި ނަގައިގެން އެމާތަކުގައި ބޮސްދިނެވެ. “އޯ އައިފާ.. އައި އެމް ގޮނާ މޭކް ޔޫ އޯލް މައިން.” އޭނާ ހިނިތުންވެލަމުން ބުނެލިއެވެ.

ޒޭން ހޮޓެލްއަށް ވަދެގެން ގޮސް މިސްރާބުޖެހީ އައިފާގެ އޮފީހާއި ދިމާއަށްށެވެ. އޮފީހުގައި އެއްވެސް މީހެއް ނެތުމުން ޒޭން ވަގުތުގެ ބޭނުންކޮށް އެތެރެއަށް ވަނެވެ. އޭނާ އެ މާބޮނޑި މޭޒުމަތީގައި ބޭއްވުމަށްފަހު އެތަނުން ނިކުމެ ދުރުގައި މަޑުކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭގައި ދުރުންއައި އައިފާ އޮފީހަށް ވައިންތަން ފެނި ޒޭން ހިނިތުންވެލިއެވެ.

އައިފާ ވައިން ގޮތަށް މޭޒުމަރީގައި އޮތް ބޮޑު މާބޮނޑި ފެނި ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް މާތަށް ނަގައި ވަސްބަލާލަމުން ހިނިތުންވެލިއެވެ. އެއަށްފަހު އައިފާ އެ މާބޮނޑީގައި ބައްދާލިތަން ފެނުމުން ޒޭންއަށް ވިސްނުނީ އެހެން ގޮތަކަށްށެވެ.

އޮފީސްތެރޭގައި ހުރި އައިފާ ހުރީ އުފަލުން ފޮޅިފައެވެ. އެ މާބޮނޑިއަކީ ލޫތް ދިން އެއްޗެއް ކަމަށް ހީކޮށް އޭނާ އެމާތަކުގައި ލޯބިން ބައްދާލިއެވެ. ރޭގައި އައިފާ އެވަރަށް ރޮއެފައި އަދި މިއަދުވެސް ދެރަވެފައި ހުރުމުން ލޫތް އޭނާ ހިތްހަމަޖައްސައި ދިނުމަށް ކޮށްދިން ކަމެކޭ ހިތަށް އަރައި އޭނާ އުފާކުރިއެވެ.

“އެސްކިއުޒް..” ދޮރު ޓަކި ޖަހާލި އަޑަށް އައިފާ އެދިމާއަށް ބަލާލިއެވެ. އެތެރެއަށް ވައިން ޒޭން ފެނި އައިފާ ހިނިތުންވެލިއެވެ. “ހާއި ޒޭން.” އައިފާ މާބޮނޑު މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ.

“ހާއި.. މާތަށް ކަމުދިޔަތަ؟” ޒޭންގެ މި ސުވާލުން އައިފާއަށް އޮޅުނެވެ. ނަމަވެސް ލޫތް ދެންމެ މީޓިންއަކަށް ދިއުމުން އެ މާތަށް ޒޭން ގެނެސްދިނީ ކަމަށް ހީކޮށް އައިފާ އެކަމާއި އިތުރު ސުވާލެއް ނުކުރާން ނިންމިއެވެ.

“ޔެސް ވަރަށް ރީތި..” އައިފާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ. ނަމަވެސް ޒޭންއަށް މިކަންތަން ވިސްނުނީ އައިފާއަށް އޭނާ ކަމުދިޔައީ ކަމަށެވެ. “ކޮފީ އަކަށް ދާނަންތަ؟ އިފް ޔޫ އާ ނޮޓް ބިޒީ؟” ޒޭން އަހާލިއެވެ.

ލޫތްގެ ކޮއްކޮ އެގޮތަށް ކޮފީއަށް ދާން އެހުމުން އައިފާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ ހިތުން ޒޭން އެހެން އެބުނީ ހިތްހެޔޮ ކަމުންނެވެ. ނަމަވެސް ޒޭންއަށް އަދި އައިފާއާއި ލޫތްގެ އޮތް ގުޅުން ނޭނގޭ ކަމެއް އޭނާ ނުދެނެހުއްޓެވެ.

“ޝުއާ.. އެކަމަކު މިތަނުގެ ރެސްޓޯރަންޓްއަށް ދާން ޖެހެނީ.. މިގަޑީގައި ވަރަށް އުނދަގޫވާނެ ބޭރަށް ދާން.” އައިފާ މިހެން ބުނުމުން ޒޭން އުފަލުން ހުރެ އެގޮތަށް އެއްބަސްވިއެވެ.

ދެމީހުން އެކީގައި ކޮފީ ބޮމުން ދިޔައިރު ޒޭން އިނީ މިއީ ޑޭޓެއް ކަމަށް ނިންމައިގެންނެވެ. “ސޯ ޓެލް މީ އަބައުޓް ޔޫ.” އައިފާ އޭނާގެ ވާން އުޅޭ ކޮއްކޮ އިތުރަށް ދެނެގަތުމުގެ ބޭނުމުގައި އަހާލިއެވެ. “ކީކޭ ބުނާނީ.. މިއުޅެނީ އިންޖިނޭރިން ކިޔަވަން ކަމަށް.. އެކަމަކު އަދި ނޭނގެ.” ޒޭން ބުނެލިއެވެ.

“އިމްޕްރެސިވް.. ގާލްއެއް ނުހުރޭތަ؟” އައިފާ އާދައިގެ ގޮތަކަށް މިހެން އަހާލި ނަމަވެސް ޒޭންއަށް މާނަ ކުރެވުނީ އެހެން ގޮތެކެވެ. “އެބަހުރި ވަރަށް ލައިކް ވާ ކުއްޖެއް.. އުހުން ވަރަށް ލޯބިވާ ކުއްޖެއް.” ޒޭން ލާނަތް ގޮތަކަށް ބުނެލިއެވެ. “އައިފާގެ ޔޯ؟” ޒޭން މިހެން އަހާލީ އައިފާ ތަޅުވާލުމުގެ ބޭނުމުގައެވެ. އޭނާ ހިތުން އައިފާ ވެސް ޒޭންއަށް އެކަން ސިއްރުކުރަން އުޅެނީއެވެ.

“އެބަހުރި.. ދެން ޒޭންއަށް އިނގޭނުން.” އައިފާ ބުނެލީ ލޫތްގެ ވާހަކައެވެ. ނަމަވެސް ޒޭންއަށް ހީވީ އައިފާ ނުސީދާކޮން އެބުނީ އޭނަގެ ވާހަކަ ކަމަށެވެ. އައިފާ އިތުރު އެއްޗެކޭ ބުނުމުގެ ކުރިން އޭނާގެ ފޯނު ރިންގުވިއެވެ. އޮފީހުން ކުއްލިއަކަށް ދާން ބުނުމުން އައިފާ ސޮރީއޭ ބުނެ އެތަނުން ދާން ތެދުވިއެވެ.

“ދާން ޖެހިއްޖެ. ބަޓް ތޭންކްސް ފޯ ދަ ލަވްލީ ކޮފީ.” އައިފާ މިހެން ބުނެފައި އެތަނުން ދިއުމުން ޒޭން އޭނާގެ މޭގައި އަތް އަޅާލިއެވެ. “ސޯ ޔޫ ލައިކް މީ ޓޫ. ދެން ހަމަ ތި އަޑުން އެވާހަކަ އަޑުއަހާލަން ބޭނުމީ” އައިފާ ދާތަން ބަލަން އިނދެ ޒޭން އަމިއްލައަށް ބުނެލިއެވެ.

****

ކޮޓަރީގައި އެކަނި އިން އަޒުރާގެ އަތުގައި ކުރީގެ ފޮޓޯ އަލްބަމެއް އޮތެވެ. އެނދުގައި އިނދެ އެ އަލްބަމް ބަލަމުން ދިޔައިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އެއްލި ގަނޑުގައި އިން ފޮޓޯ ފެނި އަޒުރާ މަޑުޖެހިލިއެވެ. އެއީ ޕާޓީއެއްގައި ނަގައިފައި އިން ފޮޓޯއެކެވެ. އަޒުރާ ކޮޅަށް ހުރިއިރު އޭނާ ވާތް ފަރާތުގައި އެހެން ފިރިހެނެއް ހުރީ އޭނާ އުނަގަނޑުގައި ހިފައްޓާލައިގެންނެވެ. އޭރު އެފިރިހެން މީހާ ކައިރީގަިއ އިތުރު ދެމީހަކު ވެސް ހުއްޓެވެ.

ފޮޓޯގައި އިނީ ޒުވާން އުމުރުގެ އަޒުރާއެވެ. ފޮޓޯގައި ވީ ފިރިހެން މީހާގެ މޫނުގައި އޭނާ އިނގިލިން ބީހިލިއެވެ. އެ ފޮޓޯގަނޑަށް ގެއްލިފައި އިންއިރު އެލޯ ކަރުނުން ފުސްވެ ހިތުގައި ޖެހުނެވެ. ކޮޓަރިއަށް ވައިން އާލިމްއަށް އަޒުރާ ފޮޓޯ އަލްބަމެއް ހިފައިގެން އިންތަން ފެނުމުން އޭނާ ގޮސް އެނދުގައި އިށީނދެލިއެވެ.

އާލިމް ވެސް އެފޮޓޯ ގަނޑަށް ނަޒަރު ހުއްޓާލިއެވެ. އޭނާއަށް ވަގުތުން އޭގައި ހުރި އަންހެން މީހާއަކީ އަޒުރާކަން އިނގުނެވެ. ނަމަވެސް ދެންތިބި މީހުންނެއް ފާހަގައެއް ނުވިއެވެ. “މަންމާ..” އާލިމްގެ އަޑަށް އަޒުރާ ސިހިފައި އިސްއުފުލާލިއެވެ. އޭރު އެލޮލުގައިވީ ތެތްކަން ފެނި އާލިމް ދެރަވިއެވެ.

“މިއީ ރިޔާޒް.. މަންމަގެ ފުރަތަމަ ފިރިމީހާ. ދަރިފުޅެ ބައްޕަ.” އަޒުރާ ފޮޓޯގައި އިން ފިރިހެން މީހާ ދައްކާލަމުން ބުނެލިއެވެ. “މިއީ އޭނަ.. މަންމަ ވަރަށް ލޯބިވިން ރިޔާޒްދެކެ. އޭނާއަކީ ވަރަށް ފޯރާ މުއްސަނދި މީހެއް.. އެކަމަކު މަންމަ ކޮންމެހެން އޭނައާއި އިނީ ލާރި ގަނޑެއްގެ ބޭނުމަކު ނޫން.. މަންމަގެ އާއިލާގެ ނުރުހުމުގައި ރިޔާޒްއާއި އިނީ ހަމަ ލޯބިވާތީ” އަޒުރާ ވާހަކަދައްމަކުން ދިޔައިރު އަޑު ބެދުނެވެ.

އޭރު އާލިމް އިތުރު އެއްޗެކޭ ނުބުނެ އަޒުރާގެ ވާހަކަތައް އަޑުއަހަމުންދިޔައެވެ. “ނަމަވެސް ރިޔާޒް މަންމަވީ ލޯބީގެ ބަދަލުގައި ދިނީ އޮޅުވާލުމައި ކެހިވެރިކަން.. މަންމަ ދަރިފުޅަށް ބަލިވެއިނދައި އެއްވެސް ރަހުމެއް ނެތި ވަރިކޮށް ގެއިން ނެރެލީ.. އެނބުރި ރަށަށް އައުމުން އާއިލާ މީހުން ވެސް މޫނު ކަނޑާލީ.. އެދަނޑިވަޅު މަންމައަށް އެހީތެރިވެ ދިނީ ހަމައެކަނި ނާޒިމް.. ނާޒިމް އޭރު ބޭރަށް ކިޔަވަންދާން ވެގެން ދިޔައީ މަންމަ ގޮވައިގެން… އެހެން އެންމެން ކައިރީ މަންމައާއި ކައިވެނި ކުރާނެ ކަމަށްބުނެ.. ނާޒިމް މަންމައަށް އަޅާލީ..” އަޒުރާ ވާހަކަ ދައްކަމުން ދިޔައިރު އެއަޑު ކުރެހުނެވެ. މާޒީގެ ހަނދާންތައް އާވެ ލޯ ކަރުނުން ފުސްވިއެވެ.

“ދަރިފުޅު ވިހެއުމުން ދަރިފުޅަށް ނާޒިމް އަމިއްލަ ނަން ދިނީ ވެސް އެހެން މީހުން މަންމައަށް މަލާމާތް ކުރާނެތީ.. އެ ރިޔާޒު ކައިރި އާދޭސް ކުރުމުން ވެސް އާލިމް ތިއީ އޭނާގެ ދަރިއެއްކަމަށް ދެކޭކަށް ބޭނުމެއް ނުވި.. ނާޒިމް މަންމައާއި ސައްހަ ގޮތުގައި ފަހުން ކައިވެނިކޮށް ދަރިފުޅަށް ބައްޕައެއްގެ ލޯބި ދިނީ.. އެނބުރި ރާއްޖެ އައުމުން އެންމެން ހީކުރީ ތިއީ ނާޒިމްގެ ދަރިއެއްކަމަށް.. އެކަން އެގޮތުގައި ބޭއްވީ ވެސް ނާޒިމް.. މަންމަގެ އާއިލާ އަލުން މަންމާއި ޤަބޫލު ވީވެސް ނާޒިމްގެ ސަބަބުން..” އަޒުރާ ރޮމުން ވާހަކަދެއްކިއެވެ.

އޭރު އާލިމް ވެސް އިނީ ރޮވިފައެވެ. މަންމަ ކުރިން އޭނާ ކައިރީގައި އޭނާގެ ބައްޕައަކީ ނާޒިމް ނޫންކަން ވަނީ ބުނެފައެވެ. އެ މުއްސަނދި ބައްޕަ ކަންތައް ކުރިގޮތުގެ ވާހަކަ ކުރިން މިގޮތަކަށް އަޒުރާ ކިޔާދީފައެއް ނުވެއެވެ.

“މަންމަ ކުރިން މިވާހަކަ ތަފްސީލުކޮށް ކިޔާނުދިނީ ކުރީގެ ހަދާންތައް އާކުރަން ބޭނުން ނުވާތީ… އެކަމަކު މިހާރު.. މިހާރު އައިފާ އެއުޅެނީ މިކަހަލަ މީހެއްގެ އަވާގައި ޖެހެން.. މަންމަ ކިހިނެތް އެހެން ވިޔަދޭނީ..” އަޒުރާ ކަރުނަތަށް ފޮހެލަމުން ބުނެލިއެވެ.

“މަންމާ.. އަޅުގަނޑަށް ވެސް ވިސްނޭ މަންމަ ޖެހިލުން ވާނެކަން. އެކަމަކު އެއީ އަދި އެހެން މީހެއް.. ލޫތްއަކީ އެގޮތަށް ކަންތައް ކުރާނެ މީހެއްނޫން..” އާލިމް ވިސްނާފައި ބުނެލިއެވެ.

“ނޫން އާލިމް. އިނގޭތަ މިއީ ކާކުކަން؟” އަޒުރާ ފޮޓޯގައި ރިޔާޒުއާއި ޖެހިގެން ހުރި މީހާ ދައްކާލަމުން ބުނެލިއެވެ. “މިއީ ލުތުފީ. ރިޔާޒުގެ ކޮއްކޮ. އެ ލޫތްގެ ބައްޕަ..” އަޒުރާ ބުނި ވާހަކައިން އާލިމް ސިހުނެވެ. އޭނާ އެފޮޓޯއަށް ރަނގަޅަށް ބަލައިލުމުން އޭގައި އިން ޒުވާން ލުތުފީ  ލޫތްއާއި ވައްތަރުގޮތެއް ހުރިކަން ފާހަގަވިއެވެ.

“ލުތުފީއަކީ ރިޔާޒުގެ ހުރިހާ ކުޅިގަނޑެއް އެނގިހުރެ އެކަން ސިއްރު ކުރި މީހާ.. ހިތްހެޔޮ ވެގެން އުޅެފައި އަހަރެނަން އެހާލު ޖެއްސި އިރު ދުރުގައި ހެވިފައި ހުރީ މީނަ.. ދެން ބުނެބަލަ މަންމަ އަދިވެސް ވީ އައިފާ ލޫތްއާއި އިންނަން އެއްބަސް ވާންތަ؟ މަންމައަށް އެހާލު ޖެއްސި އާއިލާއަށް އަނެއްކާވެސް އަމިއްލަ ދަރިފުޅު ފޮނުވާލަންތަ؟” އަޒުރާ ރޮވިފައި ހުރި ނަމަވެސް އެއަޑުގައި ވީ ހަރުކަށިކަމެވެ. އަޒުރާގެ އެވާހަކަތަކަށް އަޑުއިވި އާލިމް ގަބުވެފައި އިނީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

އަސަރު 30

Next

ކުއްޅަވަށްފާގެ ކިޔުންތެރިންނަށް.

Next
July 27, 2016

ކުއްޅަވަށްފާގެ ކިޔުންތެރިންނަށް.

Previews
July 26, 2016

އަސަރު 30

45 Comments!

  1. layaal says:
    July 26, 2016 at 2:17 pm

    hey guys. here is the new part. next part on Thursday in sha allah. enjoy. let me know how it is
    Love ❤️❤️❤️

  2. Thukko says:
    July 26, 2016 at 2:27 pm

    Up vey thr balan indha up kuryy thi…. Vvvvvv rythi…..

  3. ? says:
    July 26, 2016 at 2:27 pm

    V salhi

  4. maiha says:
    July 26, 2016 at 2:40 pm

    thank u layaal.. mihar miadhuvx dhethin faharu balaifin up kuritho…finally…?

  5. Zoya says:
    July 26, 2016 at 2:45 pm

    wow!! what twist igey. hama he eves nukuraa gothe mi ver. your so talented layaa ❤️❤️Love this story. hams no.1
    writer on this site. keep it up love ??

    1. layaal says:
      July 26, 2016 at 6:41 pm

      aww. Thanks zoya ?

  6. Meeko says:
    July 26, 2016 at 2:47 pm

    Vara loabi. Ekamaku looth aa aifaa ingey. Thanks layaa

  7. naanaa says:
    July 26, 2016 at 2:53 pm

    Just wow hama layaa :-* v v v reethi up veythoa v check kurevihje miadhu hehe waiting for next part <3

    1. layaal says:
      July 26, 2016 at 6:42 pm

      thank you ?

  8. vishaa says:
    July 26, 2016 at 3:06 pm

    v reethi…keep it up

  9. Ary says:
    July 26, 2016 at 3:07 pm

    omg omg omg!!! WOW LAYAAL! migotha plot turn kohlan igeyni hama layaa ah. varah furihama and interesting. our girl is back with a bang!! obiness. waiting for Thursday mihaaru

    1. layaal says:
      July 26, 2016 at 6:43 pm

      Thank you Ary ❤️

  10. Shaai says:
    July 26, 2016 at 3:14 pm

    Asluves hama v nice

    1. layaal says:
      July 26, 2016 at 6:44 pm

      Thank you ?

  11. Marsh says:
    July 26, 2016 at 3:26 pm

    Vvvv cute…

  12. Faathun says:
    July 26, 2016 at 3:41 pm

    varah salhi as usual. ❤️❤️

  13. Saajidh says:
    July 26, 2016 at 3:50 pm

    V salhi… alhe dhen kihinehbaa vaany?? Next part ah eba v inthizaaru kurevey… next part avas kollahchey…

    1. layaal says:
      July 26, 2016 at 6:44 pm

      Thanks ?

  14. Ssan says:
    July 26, 2016 at 4:14 pm

    Wow v reethi ?

    1. layaal says:
      July 26, 2016 at 6:45 pm

      thank you?

  15. aff says:
    July 26, 2016 at 4:58 pm

    reethi .. heewes nukuraa kahala twisteh .. keep goin ☺

    1. layaal says:
      July 26, 2016 at 6:45 pm

      Thanks aff??

  16. mooon says:
    July 26, 2016 at 7:03 pm

    V v v v reeethi….

  17. aimin mau says:
    July 26, 2016 at 7:13 pm

    Kiyan feshumuge Kurin hyvany hiy nikume dhaane hen bt layaa thi genai twist ge sababun hit nu nikuthy that ws awsome!!!!!! Kyp it up layaa u r thi bet!!!!! ??

    1. layaal says:
      July 27, 2016 at 9:28 pm

      hehe. thanks ?

  18. naju says:
    July 26, 2016 at 9:06 pm

    Varah nys looth and aifaa durunukuahche. Pleaseeee

  19. Mini says:
    July 26, 2016 at 9:34 pm

    My kon rashegge layaal eh baa.

  20. afoo says:
    July 27, 2016 at 12:29 am

    varah salhi igey

  21. azooo says:
    July 27, 2016 at 8:48 am

    Interesting…. loothaa aifaa inge. Waiting next part.Thank you layaal. 🙂 🙂

    1. layaal says:
      July 27, 2016 at 9:33 pm

      thanks azoo ?

  22. Faathee says:
    July 27, 2016 at 10:52 am

    Masha Allah layaa ur the best hama. V v reethi.. zeyn haadha foohsey ekamu. Aifaa eii looth ge meehe kan nikan zeyn ah ingey kahala gothe hadhaabaa… waiting for the next part

    1. layaal says:
      July 27, 2016 at 9:29 pm

      thanks ??

  23. Ameesha says:
    July 27, 2016 at 12:20 pm

    Layaa.. This is so interesting… You are a good writer…. Always keep you hard work… And varah reethi emotions than kiyaadheefa hunna goii… I love this story..and thanks for uploading it soon….

    1. layaal says:
      July 27, 2016 at 9:30 pm

      Thanks dear ?

  24. Your's says:
    July 27, 2016 at 2:25 pm

    V salhi this one is much better than your last story…the twist was nice and this part is long… keep it going.

  25. European says:
    July 27, 2016 at 3:21 pm

    Layaal, the new episodes are taking so much time to get uploaded. Please upload the next part soon

    1. layaal says:
      July 27, 2016 at 9:33 pm

      its updated on Sunday,Tuesday,Thursday and Saturday dear. i was away for a while and now i’m back on my usual routine. thanks for reading ??

  26. Laisham says:
    July 27, 2016 at 4:12 pm

    Salhi???

  27. maiha says:
    July 28, 2016 at 10:29 am

    layaa…kobaatha vaahaka? inthizaaru hama mihureveny…???

    1. layaal says:
      July 28, 2016 at 11:11 am

      i’ll update it around 2 in sha allah. ??

  28. Sandy says:
    July 28, 2016 at 12:14 pm

    Ok layaa. Two ga hama phone athalai genthayyaa ra in naany

    1. Sama says:
      July 28, 2016 at 12:16 pm

      Me ves

  29. Zoii says:
    July 28, 2016 at 1:24 pm

    Maves ?

  30. shaya says:
    July 28, 2016 at 2:10 pm

    Koba 2 jahaifi

  31. Meeko says:
    July 28, 2016 at 2:41 pm

    Kohba 2 jahaifi. Layaaal helloow! Where are u.

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (19)←


All Right Reserved!