މިހާރު ޒައިދާންއަކީ މުޅި ރަށުގައި ވެސް ހުރި އެންމެ ޒުވާން އެންމެ ތަނަވަސް މީހާއަށް ވެއްޖެ އެވެ. އެކަމާ އެންމެ ބޮޑަށް ހަސަދަ ވެރިވެފައި ހުންނަނީ ހިދާޔާ އެވެ. އެއީ ޒައިދާން ކުރިއަރައިގެނެއް ނޫނެވެ. ޒައިދާން ކުރި އެރުމުން ހުރިހާ ފައިދާއެއް ޖަންނަތުއަށް ކުރާނެތީ އެވެ. ޖަންނަތު އުފަލުގައި އުޅޭތަން ދެކެން ހިދާޔާގެ ހިތަށް ކުޅަދާނައެއް ނުވެ އެވެ. އުޑުމަތި ބަނަކޮށްލާފައި އޮތް ދުވަހެކެވެ. އެދުވަހު ޒައިދާން މާލެ ދިޔައީ ވިޔަފާރީގެ ބައެއް ކަންތައްތައް ނިންމާށެވެ. […]
އިރުގެ ރަން ދޯދިތައް ކޮޓަރިތެރެއަށް ވެރިވެގެން ދިޔައިރު އެނދުގައި ނިދިފައި އޮތް އައިފާ ބެޑްޝީޓް ގަޔާއި ކައިރިކޮށްލިއެވެ. އެސްފިޔަތަށް ދުރުކޮށްލުމުން ލޮލުގައި އަޅައިގަތީ އިނގިލީގައި އިން އަނގޮށްޓިއެވެ. އިރުގެ އަލި އެ އަނގޮށްޓިއަށް އެޅިފައި ވުމުން އޭގައި އިން އަގުބޮޑު އަލިމަސް ބަބުޅަމުން ދިޔައެވެ. މި މަންޒަރު ފެނި އައިފާގެ ތުންފަތަށް ލުއި ހިނިތުންވިމެއް ވެރިވެ ރޭގެ ހަނދާންތައް އާވެގެން ދިޔައެވެ. ލޫތް އެގޮތަށް އިންނަން އަހާފާނެ ކަމަކަށް އައިފާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭނާ […]
ވެހެމުންދިޔަ ވާރޭ ވަޔާ ވިއްސައިގެން އައިސް ކުޑަދޮރުގެ ލޯގަނޑުގައި ޖެހެމުންދިޔަ މަންޒަރު އެއްވެސް ފޫހިކަމެއް ނެތި ބަލަން ޒޯލާ ހުއްޓެވެ. ދެއަތުން ހިފަހައްޓާލައިގެން ހުރި ކޮފީތަށިން ހޫނު އާވި އަރަމުން ދިޔައިރު އޭގެ ވަސް މުޅިތަނުގައި ހިފަލާފައި ހުއްޓެވެ. ތުންފަތްމައްޗައް ލުއި ހިނިތުންވުމެއްވެރިވީ ކުޑަދޮރުކައިރީގައި ބަހައްޓާފައި ހުރި ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ދެތިން ފަހަރަކު ވައިބްރޭޓް ވެލުމުންނެވެ. މާކުރިންވެސް އެކަމަށް ޒޯލާ އިންތިޒާރު ކުރާކަހަލައެވެ. ދެތިން ފިޔަވަޅު ކުރިއަށް ޖެހިލުމަށްފަހު ފޯނު ނަގާފައި ބަލާލިއެެވެ. […]
“އައް… އައްސަލާމް އަލައިކުމް” ތުރުތުރު އަޅާ އަޅާ އޮތް އަޑުން އަދުނާން ސަލާން ގޮވާލިއެވެ. އެއާއެކު ބަދިގެތެރޭހުރި އަމީލިޔާގެ ހަރަކާތްތައް ގަނޑުވިކަހަލައެވެ. އެއީ އޭނާ ދުވަހަކުވެސް ހަނދާން ނެތޭނެ އަޑެއް ނޫނެވެ. އަތުގައި ހުރި ރިހަ ބޯތަށި އަވަސް އަވަހަށް މޭޒުމަތީ ބެހެއްޓިއިރު އޭނާގެ އަތް ތުރުތުރުއަޅަމުން ދިޔައެވެ. ފާރުގައި އަޅުވާފައިހުރި ތުވާލިގަނޑުން އަތް ފުހެލުމަށްފަހު އޭނާ ގޭގެ ފެންޑާއަށް ނުކުތެވެ. އެއާއެކު އޭނާގެ ކަޅިގޮސް ހުއްޓުނީ ގޭގެ ދޮރުމަތީ ހުއްޓިލައިގެންހުރި އަދުނާނަށެވެ. އެއާއެކު އޭނާގެ ހަރަކާތްތައް […]
ތާމިން އޭނާގެ ޖީބުން ކުޑަ ފޮޓޮއެއް ނެގިއެވެ. އެއީ ކުރިން ޝިކާ އޭނާއަށް ދިން ފޮޓޮއެކެވެ. އެޖީބުގައި އެ ކުއްޖާގެ އެ ފޮޓޯ ނޯންނަ އިރެއް ނުދާނެއެވެ. ކަމަކާ ހާސްވެ ހިތްދަތިވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެނީ އެފޮޓޮއަށް ބަލާލުމުންނެވެ. ނަމަވެސް މިޔަދު އެފޮޓޮއަށް ބެލުމުން އެހިތުގައި އަޅަމުން ދަނީ ވޭނެވެ. “ޝިކް.. ވައި ކުޑުންޓް ޔޫ ވެއިޓް ފޯ މީ؟” ފެންކަޅިވެފައިވާ ދެލޮލާއެކު ތާމިން ވާހަކަ ދެއްކީ އެފޮޓޯގަނޑާއެވެ. އެ ފޮޓޯގައިވާ ސޫރައަށް ބަލަހައްޓައިގެން އޭނައަށް […]
That episode was not a part of this story and I accidentally copied the wrong writing that is why part 2 was removed I hope u all will understand luv origami
އަހަރެން މިހުރީ ހަލަބޮލި މާލޭގައެވެ. އަމިއްލަ ރަށް ދޫކޮށްފައި މިއައި އޭނާ ވެސް ދޫކޮށްލާފައެވެ. އެއީ މައި ހީރޯއެވެ. އެންމެ ފަހުން ބުނަން އޮތީ ” I love you “އެކަމަކު އޭގެ ކުރިން އޭނާ ބުނީ ” ދޫކޮށްފައި ދަނީތަ؟” އިންތިޒާރު ކޮށްލައްވާ……..
“އަހަރެންގެ ބ** އަށް ދޯ ކަލޭ ބެލީ؟ މިހާ ރީތި ބ** އެއް ދުވަހަކުވެސް ނުދެކެންތަ؟” އުނަގަނޑުގައި އަތް އަޅުވާލަމުން ނުލަފާ ގޮތަކަށް އައިނާން ހީލިއެވެ. “އަން! ބަލާ! ބަލާނެ ވަރަކަށް ބަލާ!” އެމީހާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވަމުން އައިނާން ބުނެލިއެވެ. “ކީއްވީ މާ ލަދެއް ތި ގަތީ! މިއޮއް ހުރިހާއިރު މަގޭ ބ** އަށް ބެލިއިރު ލަދެއް ނުގަތެންނު!” އެމީހާ ގޮނޑިއަށް ކޮށްޕާލުމަށްފަހު އައިނާން ބޮޑާ ހިނގުމެއްގައި އައިސް އޭނާ ކުރިން އިން ގޮނޑީގައި އިށީނދެއްޖެއެވެ. […]
އެމީހުން ގެއިން ނުކުމެގެން ދިޔައިރުވެސް މަންޝާ އެ ހުރި ފިޔަވަޅުމަތީ ހުރީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއް ވީ ފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަންޝާގެ އަތަށް ބަލާލިއެވެ. އަތުގައި އޮތް ސަތޭކަ ރުފިޔާ ފެނުމުން ބޭރަށްނުކުތް އަސްލު މަގްސަދު ހަނދާންވިއެވެ. އެވަގުތު އެގެއާ ޖެހިގެން އޮތް ގޯޅިތެރެއަށް މަޖުދީ ހިނގާފައި ދާ މަންޒަރު ފެނުމުން އޭނާ ކައިރިއަށް ދާން މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ގޯޅިތެރެއިން މަޖުދީ އާ އަރާ ހަމަވީ އެ ގޯޅީގެ މެދެއްހާ ހިސާބުންނެވެ. ސަތޭކަ […]