ރަވްޔާ ނިކުތުމުން އާރާވް ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އަދި އެއަށްފަހު ބެލްކަންޏަށް ނިކުތީ ވާރޭ އޮއްސާލަން އުޅޭހެން ހީވުމުން ދޮރުލައްޕާށެވެ. ނަމަވެސް އޭގެ ކުރިން ފެނުނު މަންޒަރުން ތަލިން ކުޅުހިކިގެން ދިޔައެވެ. ކުރިމައްޗައް ހުރި ގޭގެ ކުޑަދޮރުން ބޯދިއްކޮށްގެން އެއޮތް އަންހެން ކުއްޖާ ފެނި އާރާވް މުޅިން އާޝޯޙް ވެއްްޖެއެވެ. ޖެހެމުންދިޔަ ވަޔާއެކީ ދޮން މޫނަށް އެޅޭ އިސްތަށިތައް އިރުއިރުކޮޅާ އެއްފަރާތްކޮށްލައެވެ. ތުންފަތްމަތީގައިވާ ހިނިތުންވުން އެ އަންހެން ކުއްޖާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އާރާވް މިގޭގައި […]
ވެހެމުންދިޔަ ވާރޭ ވަޔާ ވިއްސައިގެން އައިސް ކުޑަދޮރުގެ ލޯގަނޑުގައި ޖެހެމުންދިޔަ މަންޒަރު އެއްވެސް ފޫހިކަމެއް ނެތި ބަލަން ޒޯލާ ހުއްޓެވެ. ދެއަތުން ހިފަހައްޓާލައިގެން ހުރި ކޮފީތަށިން ހޫނު އާވި އަރަމުން ދިޔައިރު އޭގެ ވަސް މުޅިތަނުގައި ހިފަލާފައި ހުއްޓެވެ. ތުންފަތްމައްޗައް ލުއި ހިނިތުންވުމެއްވެރިވީ ކުޑަދޮރުކައިރީގައި ބަހައްޓާފައި ހުރި ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ދެތިން ފަހަރަކު ވައިބްރޭޓް ވެލުމުންނެވެ. މާކުރިންވެސް އެކަމަށް ޒޯލާ އިންތިޒާރު ކުރާކަހަލައެވެ. ދެތިން ފިޔަވަޅު ކުރިއަށް ޖެހިލުމަށްފަހު ފޯނު ނަގާފައި ބަލާލިއެެވެ. […]