“ގޭއެއްވެސް މީހަކަށް ނާންގާ މީހަކާ އިނދެފަ އަހަރެން މާލެ ދާ އިރު އޭނަ ދައްކާފަ މީ އަންހެނުންނޭ ބުނީމަ އެމީހުން ގަބޫލު ކުރާނެތަ؟ ގަބޫލު ކުރިޔަސް އެކަކުވެސް މިކައިވެންޏަކާ ނުރުހޭނެ. އަހަރެންގެ އަންހެނުންގެ ގޮތުގަ އެމީހުން ނުވެސް ދަންނަ އަންހެން ކުއްޖެއް ބަލައެއް ނުގަންނާނެ. އަހަރެންގެ މަންމައަކީ ފާޑެއްގެ މީހެއް، ބައްޕަވެސް… އެހެން ނޫނަސް އަހަރެންވެސް ބޭނުމެއް ނޫން މާލެ ދާއިރު އޭނަ ގެންދާކަށް. އަހަރެން ބޭނުމެއް ނޫން އިނދެގެން އުޅޭކަށްވެސް. ބުނެފީމެއްނު ފުރަތަމަ އޭނަޔާ އިން […]
މާމަގެ މޫނުމަތިން ފެނުނު އަސަރުތަކުން މާމައަށް ކޮންމެވެސް ޝައްކެއްވިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ނޫންކަމަށް ހަދާލުމަށްފަހު އަވަހަށްގޮސް މާމަ ގައިގައި ބައްދާލީމެވެ.މާމަގެ ހިތްހަމަ ޖައްސައިދެވޭތޯއެވެ. މާމަވެސް ހިނިތުންވެލާފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެހެންކަމުން އަހަރެންބެލީ އަވަހަށް ކޮޓަރިއަށް ދިއުމަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެނދުމައްޗަށް ވެއްޓިގަނެވިއްޖެއެވެ. ވެފައިހުރި ވަރުބަލިކަމާއިއެކު ނިދީގެ އަސަރު އަހަރެންގެ މައްޗަށް ގަދަވެގަތެވެ.ނަމަވެސް ކުއްލިއަކަށް ސިކުނޑިއަށް އައި އެއްޗަކުން ފުންމައިގެން ތެދުވެވުނެވެ. “ހާދީބެ؟ ހާދީބެއަށް ކިހިނެއްބާވީ؟” އަހަރެންނަށް ހިތާއިހިތުން ކިޔާލެވުނެވެ. އަވަސްކަމާއިއެކު ފޯނު ހޯދާލެވުނެވެ. […]
ޝާޔާން ފަހަރަކު ސެޓްފިކެޓެއް ނަގާ އެނދުމަތީ ބާއްވަމުން ދިޔައިރު ކުއްލިއަކަށް އޭނާގެ ސަމާލްކަން އަތުލަގަތީ ކަރުދާސް ތަކާއެކު ފައިލް ތެރޭން ނެގުން ކުޑަ ތެލެސީމިއާ ކާޑެވެ. އޭނާ ހިއްސުތަށް އެކީ އެކައްޗަކަށް މަސައްކަތް ކުރުން ހުއްޓުނު ހެންހީވީ ބޮޑު އަކުރުން އެ ރަތް ކާޑުގަ އިން އާލިމް ގެ ނަން ފެނުމުންނެވެ. ލިބުން ސިހުމާ ޝޮކްގަ ރޮއެގަންނަންވެސް ނޭނގިފަ ހިނދުކޮޅަކަށް އިނދެވުނެވެ. ދުނިޔޭގެ ހިނގުންވެސް އޭނާ ގެ ނޭވާ ތަކައެކު ހުއްޓުނު ހެން ހީވިއެވެ. ލަސްލަހުން ގަބު […]
މަންޝާގެ ކަނދުރާގައި ބޮސްދެމުން ހަސަނާ މަންޝާގެ ގުޅުން ފެށުނު ހިސާބު ކިޔައިދޭން ފެއްޓިއެވެ. “ހަސަނުބެއަށް ކޮންކަހަލަ ސަޕްރައިޒެއް ތި ދިނީ… މީ ހާދަ ބޭނުންވި ދުވަހެކޭ.. މަންޝާ ހަސަންބެ ދެކެ ލޯބިވާނެކަން އިނގޭ… ކޮން ދުވަހެއް ހަސަންބެ މަންޝާ ގައިގަ ފިރުމާތާ.. އެންމެ ތުއްތު އިރުއް ސުރެ އަހަރެން މަންޝާ ގައިގާ ފިރުމާ ހަދަން… މަދީހާއާ މުނީރާއާ ދެބެން ކުނިކަހަން، ނޫނީ އެހެންވެސް މަސައްކަތްތަކުގައި ދިޔައިމަ މަންޝާ ބަލަން އަހަރެން ހުންނަނީ ގޭގަ… އަހަރެން މަންޝާ ގައިގާ […]
އިންތިޒާރު 47 (ނޯޓް: ކުރިން އަޕްލޯޑް ކުރެވިފައިވާ ޕާރޓްގަ ބައެއް މަދުކޮށް އަޕްކުރެވިފައިުމުން 47 ވަނަ ޕާރޓް މިވަނީ އަލުން އަޕްލޯޑް ކުރެވިފަ) ޖެހިގެން އައި ދުވަހުގެ ހެދުނެވެ. ގޭގެ އެންމެން ތިބީ ސައިބޯށެވެ. ދެކެވެމުން ދިޔައީ ރޭގެ ޕާޓީގެ ވާހަކައެވެ. “ސޯ ހަނީމޫންއަށް ދާނެ ތަނެއް ފައިނަލް ވެއްޖެތަ؟” އެންމެންގެ ސަމާލުކަން ޝާންގެ ސުވާލަށް ހުއްޓުނެވެ. “ތަންކޮޅެއް ފަހުން ދޯދާނީ” ރާއިން ޒާޔާއަށް ދޯދެމުން ބުނެލިއެވެ. ރާއިންގެ ޖަވާބު އިވިފައި ޒާޔާ ހައިރާންވިއެވެ. އޭނަ ހީކުރީ އެންމެންނަށް އެދެމީހުންގެ ތެރޭގައި މައްސަލައެއް ނެތްކަން އަންގަންވެސް ރާއިން އަވަހަށް ދާނެ ކަމަށެވެ. ނަމަވެސް އެންމެންގެ […]
“ބްރޯ…އައި ނޯ ޔޫ ލަވް ހާ އަ ލޮޓް…ބަޓް ވިސްނާލީމަ އެނގޭނެ ތިދެމީހުންނަށް މުސްތަގުބަލެއް ނެތްކަން…ތި ސިއްރު އެނގޭ ދުވަހަކުން ދެފަރާތު އާއިލާވެސް ނުގަބޫލު ވާނެކަން ޔަގީން…ދޮގު ހަދައިގެން ޝާޔަން އާ މެރީވެސް ކުރެވިދާނެ..އެކަމު ކޮންމެސް ދުވަހަކުން އެންމެނަށްވެސް އެނގޭނެ،،،” ސަމާހް އެކުވެރިޔާގެ ކޮނޑުގަ އަތްއަޅާލިއެވެ. ސަމާހްގެ ވާހަތަކުން އާލިމްގެ ހިތް ރޯން ފެށިއެވެ. ސަމާހް ދައްކަނީ ތެދު ވާހަކަތަކަށް ވިޔަސް އެ ހަގީގަތާ ކުރިމަތިލާނެ ހިއްވަރެއް އޭނާގެ ނެތެވެ. ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް އޭނާ […]
“ކަމްއޯން މީރާ… ދުރަށް ނުދޭބަލަ… އައި ވޯންޓް ޔޫ ސޯމަޗް… އަހަރެން މީރާ ވަރަށް ބޭނުމޭ… ޕްލީޒް…” އަނެއްކާވެސް މީރާ ގެނެސް ރާހިލްގެ އުނގަށް ލަމުން ރާހިލް ބުންޏެވެ. “ނޫން ރާހިލް، ޕްލީޒް…” މީރާ ދެފަރާތަށް ބޯހަލުވާލަމުން ދުރަށް ޖެހިލިއެވެ. “ކީއްވެތަ މީރާ؟” ރާހިލް ސުވާލު ކޮށްލި އިރު އެއަޑުގައިވި ހިތްހަމަނުޖެހުން މީރާއަށް ފާހަގަ ކުރެވުނެވެ. އެސުވާލަށް ޖަވާބު ދޭނެ ގޮތެއް އެވަގުތު މީރާއަކަށް ނުވިސްނުނެވެ. މީރާ ރާހިލްއަށް އިތުބާރު ނުކުރަނީކީ ނޫނެވެ. ދެމީހުންގެ ގުޅުން އެހިސާބަށް […]
އެއަޑު އިވުނު ސަނީމް ހިންދިރުވާލިއެވެ. ސުހައިލް އާޝާ ދެކެ ވާ ލޯބި ރަނގަޅަށްވެސް އޭނާއަށް ވަނީ އިހްސާސްވެފައެވެ. “ޑޭޑް.. އަސްލުވެސް ކަމެއްނުވޭ.. ދެންމެ އިޒާންގެ މަންމަ އާއި ވާހަކަދެއްކީ.. ދެން ވަރަށް ދުވަސް ފަހުން ވާހަކަދެއްކީ ދޯ އޭ ބުނެފަ ވަރަށް ލޯބިން ވާހަކަދެއްކީ އެހެންވެ މާ ބޮޑަށް ދެރަވެވުނީ….” އާޝާ ދޮގެއް ހަދާލިއެވެ. އާޝާ އެތަށްފަހަރަކު އެއީ ވީ ކަން ކަމަށް ބުނުމުން އެންމެ ފަހުން ސުހައިލް ގަބޫލްކުރިއެވެ. އަދި ދެން ދަނީކަމަށް ބުނެ ނިކުމެގެން […]
ހުރާގެ ވީރާނާވެ ހަސްނެތިފައިވާ ތޮށިގަނޑު ކައިރީގައި އޮތް ސަފާރީއަށް ޓޫރިސްޓުން އަރައި ހަމަޖެހެމުން ދިޔައިރު މޮނިކާ ހުރީ އަތިރިމަތީގަ އެވެ. ފޭރުގަހެއްގެ ހިޔަލުގައި ގޮޅިޖެހި މުންޑެއްލައިގެން އިން މީހެއްގެ ފޮޓޯ ނަގާށެވެ. ތަންކޮޅެއް ލަސްވުމުން މޮނިކާއަށް ޖާގަ ލިބުނީ ސަފާރީގެ ކަމަރާ މަތިންނެވެ. ހުރާ ބަނދަރުން ނައްޓައިލުމުގެ ކުރިން އެކަނި ފިލުވައިލާން، މޮނިކާ، ކެމެރާގައި ހުރި ފޮޓޯތައް ބަލަން ފެށިއެވެ. އެއް ފޮޓޯގައި ވަނީ ހުދުކޫޑިއާ އެއްވަރަށް ދޮންފޭރު އަޅާ ބަރާވެފައިވާ ފޭރުގަހެއް ދޮށުގައި އިން ފިރިހެނަކު […]