Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ 9

Ryn
August 21, 2016
7 Mins Read
58 Views
17 Comments

އެއަޑު އިވުނު ސަނީމް ހިންދިރުވާލިއެވެ. ސުހައިލް އާޝާ ދެކެ ވާ ލޯބި ރަނގަޅަށްވެސް އޭނާއަށް ވަނީ އިހްސާސްވެފައެވެ. “ޑޭޑް.. އަސްލުވެސް ކަމެއްނުވޭ.. ދެންމެ އިޒާންގެ މަންމަ އާއި ވާހަކަދެއްކީ.. ދެން ވަރަށް ދުވަސް ފަހުން ވާހަކަދެއްކީ ދޯ އޭ ބުނެފަ ވަރަށް ލޯބިން ވާހަކަދެއްކީ އެހެންވެ މާ ބޮޑަށް ދެރަވެވުނީ….” އާޝާ ދޮގެއް ހަދާލިއެވެ. އާޝާ އެތަށްފަހަރަކު އެއީ ވީ ކަން ކަމަށް ބުނުމުން އެންމެ ފަހުން ސުހައިލް ގަބޫލްކުރިއެވެ. އަދި ދެން ދަނީކަމަށް ބުނެ ނިކުމެގެން ދިޔައީ ދެރަނުވާށޭ ބުނެފައެވެ. ސުހައިލް ދިޔުމާއި އެކު އާޝާ ދޮރު ތަޅުލިއެވެ. ހަމައެވަގުތު އޭނާ ފަޅައިގެން ދިޔައެވެ. ސަނީމް އޭނާގެ ކޮޓަރިއަށް އަޅަން އުޅުނު ފިޔަވަޅު ހުއްޓުނެވެ.. އަދި އިތުރަށް އާޝާގެ ކޮޓަރިއާއި ގާތްވެވުނީ ހައިރާންވެފައި ހުރެއެވެ. ސަނީމް ކުޑަދޮރުން ކުޑަކޮށް ބޯ ދިއްކޮށްލިއެވެ. އާޝާ ތަށިމުށިމަތީ އިށީނދެ އިނދެ ރޮމުން ދިޔައެވެ. އަޑުން އަޑުނަގާ ރޮމުން ދިޔައިރު އޭނާ ރުއިމުގައި އެހެން އިތުރު ސަބަބެއްވާކަންވެސް ސަނީމްއަށް އިނގުނެވެ.

“ޑޭޑް…! ކިހިނެއްތަ ބުނާނީ… ޑޭޑް އެންމެ ލޯބިވާ އެކީ ދިރިއުޅުން ތި ހޭދަކުރާ ހަމައެކަނި އަންހެނާ ގެ ސަބަބުން ވާ ކަމެއްކަން މީ.. ޑޭޑް… އަޅުގަނޑު ގަބޫލުކުރަން މިގެއަކަށް ނިސްބަތް ނުވާކަން… މީ ނަހަލާލު ދަރިއެއްކަން.. ޑޭޑް ގެ ދިރިއުޅުން ހަލާކުކޮށްލެވޭކަން… އެކަމް ކޮންމެ ގޮތެއްވިޔަސް މީ ހަމަ ޑޭޑް ގެ ދަރިއެއް ނޫންތަ.. އެކަން ދައްތަ ގަބޫލުކުރަން ޖެހޭނެ ނޫންތަ؟ ގަބޫލުނުކުރިޔަސް އޯކޭ އެކަމް އަބަދު އަބަދު އެހެން ކިޔަން…… ނަ..ނަސީބެއް.. މަންމަ ދުނިޔޭގައި ނެތްކަންވެސް… އެހެންނޫންނަމަ މަންމަ މިދުނިޔޭގައި އުޅުނަ..ވެސް ނުދިނިސް.. ޑޭޑް… އައި ރެސްޕެކްޓް ހާ އަލޮޓް.. ވަރަށް ލޯބިވެސް ވޭ ދައްތަ ދެކެ.. މަންމަދެކެ ވާހާ ވަރަށް ލޯބިވޭ…ބަޓް……..” އާޝާ ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. އާޝާ އޭނާގެ ދެއަތުން އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން ދެކަކޫ މައްޗަށް އަތް ލައިގެން އިސްޖަހާލައިގެން ރޯން އިނެވެ. އެއީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެވެ.
“މަންމާ ކީއްވެތަ އަޅުގަނޑު އެކަނި ކޮށްލީ…. ގޮވައިގެން ދިޔަނަމަ… ޑޭޑްގެ ލައިފް މިހާ ކޮމްޕްލިކޭޓް ނުވިސް.. ދައްތަ ވެސް އެހާ ރޫޑް ކޮށް ނޫޅުނިސް….” އާޝާ ބުނެލިއެވެ.

ސަނީމްއަށް އެ ހުރިހާ އެއްޗެއްގެ އަޑު އިވުނެވެ. އޭނާ ހިތުގައި ރިއްސައިގަތެވެ. އެހާ ވޭންދެނިވި ރުއިމެއް އޭނާ ދުވަހަކުވެސް އަޑުއަހާފައެއް ނުވެއެވެ. އާޝާ އަށް ވާވަރު ސަނީމްއަށް އިހްސާސްވިއެވެ. މީ އަދި އެންމެ ދުވަހެކެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ވާނެ ވަރު ދެނެގަންނާނީ ހަމައެކަނި މާތް ﷲ އެވެ. ކޮންމެ ކަމެއްވިޔަސް އެ ފަކީރުގެ ކުށެއް ނެތެވެ. އޭނާއަށް އަދަބު ލިބޭކަށް ނުޖެހޭނެއެވެ. އާޝާގެ  ސިކުނޑިއަށް ކުރާ އުނދަގޫތަށް އޭނާ ހަމަޔަކަށް އަޅުވާލަން ބޭނުންވިއެވެ. ވަރަށް ބޮޑަށް ބޭނުންވިއެވެ. އެހެންނޫންނަމަ އަނެއްކާވެސް……..

އާޝާ މޫނު ފޮހެލުމަށްފަހު ތެދުވެލާ ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލާ އޭނާ ހިނގައިގަންނަން އުޅުނެއްކަމަކު އެރުނީ ސާޒްގެ ކުރިމައްޗަށެވެ. އާޝާ ސިހިފައި ހުއްޓުނެއްކަމަކު އިސްއުފުލާލާ ބަލައެއްނުލައެވެ. އަދި އެއްފަޅިއަކަށް ޖެހިލާފާއި ތަންކޮޅެއް ބާރަށް ދުވެފައި އިޒާންގެ ކޮޓަރިއަށް ވަނެވެ.

އާޝާ ދިޔަ ދިމާލަށް ބަލަން ހުރި ސާޒް ފުން ނޭވައެއް ދޫކޮށްލިއެވެ. އާޝާއަށް ރަނގަޅު ގޮތެއް މިންވަރު ކުރަން އެދުމަށްފަހު އޭނާ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ބެލްކަނީ އިން އެތެރެއަށް ވަތް ސަނީމް ހުރި ގޮތް ފެނި އެކަމާމެދު ސާޒް ސުވާލުކުރިއެވެ. ސަނީމް އާޝާގެ ވާހަކަ ބުނެލިއެވެ. ސާޒްވެސް ސާނިޔާ ކަންތަށް ކުރިގޮތް ސަނީމް ކައިރި ބުނެލިއެވެ.

އާޝާ ގޮސް ވަތްއިރުވެސް އިޒާން އޮތީ ނިދާފައެވެ. އަޝާ ފުރަތަމަވެސް ދޮރު ތަޅުލިއެވެ. އެއަށްފަހު އިޒާން އޮތް އެނދާއި ކައިރިވެލުމަށްފަހު ތަޅުންގަނޑުމަތީ އިށީނދެލިއެވެ. އިޒާން އެއްލާފައި އޮތް އޭނާގެ އަތުގައި އާޝާ ހިފަހައްޓާލުމަށްފަހު އެނދުމަތީ ބޯ އަޅާލިއެވެ. މީގެ 4 މަސް ކުރިން ވީ ކަންތަށް އޭނާގެ ސިކުނޑީގައި އެނބުރުނެވެ. މާ ބޮޑަށް ނުވިސްނުމަށް ބުނެފައި އޮތެއް ކަމަކު އޭނާއަށް ވިސްނެން ފެށުނެވެ. އާޝާ ދެލޯ ފިއްތާ ބާރުކޮށްލިއެވެ. އަދި އިޒާންގެ އަތަށް ބާރުކޮށް ހިފަހައްޓާލިއެވެ. ކަމެއް ވާކަމުގެ ހިލަމެއްވެސް ނުވާ އިޒާން އޮތީ ފުން ނިންޖެއްގައެވެ. އާޝާ އެގޮތަށް އޮވެ ރޮއެ ރޮއެ ހަލާކުވިއެވެ. އެންމެ ފަހުން ވަރުބަލިވެގެން އެ އިންގޮތަށް އިންދާ ނިދުނެވެ. އެނދުމަތި ފޯވެފައި ވަނީ ތާޒާ ކަރުނުންނެވެ.

………

އިޒާން ދެތިން ފަހަރު ތޯ ތަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ. ފުރަތަމަވެސް ނަޒަރު ހުއްޓުނީ ނިދިފައި އޮތް އާޝާއަށެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ފަރުވާތެރިކަމާއި އެކު އިޒާން އާޝާއަށް ބަލައިލިއެވެ. ތެމިފައިވާ އެ އެސްފިޔަތަށް އޭނާއަށް ޖަވާބުދިންފަދައެވެ. ކަމެއް ގޯސްކޮށް ވެއްޖެކަން ޔަޤީނެވެ. އިޒާން އާޝާއަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމާއި އެކު އާޝާ ބޯ ހިއްލާލިއެވެ. އަދި އިޒާންއާއި ދިމާލަށް އިރުކޮޅަކު ބަލަން އިނދެވުނެވެ. އާޝާ ގެ ރަތްވެފައި ވާ ދެލޯ ފެނި އިޒާން ގެ ހިތް ތެޅިލިއެވެ. “އޭޝް؟؟؟” އިޒާން އަހާލިއެވެ. ސުވާލުން ފުރިފައިވާ އެ ސިކުނޑިއަށް ޖަވާބެއް ލިބުމުގެ މުހިންމުކަން އާޝާއަށް އަންގަން އިޒާން ވަރަށް ބޭނުންވިއެވެ.

“ކިހިނެއްވީތަ؟؟؟؟ މީހަކު އެއްޗެއް ބުނީތަ؟؟ އޭޝް.. ޕްލީސް ބުނެބަ” އިޒާން އާޝާގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. އާޝާގެ ދެލޯ ކަރުނުން ފުރުނީ އެ ހިތަށް ކުޅަދާނަ ނުވާތީއެވެ. އަދިވެސް ހިތުގެ އުދާސްތަށް ބޭރުނުވާތީއެވެ. އާޝާ އިޒާންއަށް ޖަވާބު ދޭން އަނގަ ހުޅުވާލި ނަމަވެސް ޖަވާބެއް ނުދެވުނެވެ. އަޑެއް ނުނުކުތެވެ. އަރު ބެދުނެވެ. އެހެންކަމުން އާޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. އިޒާން އެނދުމަތީ އާޝާއާއި ދިމާލަށް ވާ ގޮތަށް އިށީނދެލިއެވެ. “ކާކު؟ ދަ..ދައްތަ؟؟” އިޒާން އަހާލިއެވެ. އާޝާ އަނެއްކާވެސް ބޯ ޖަހާލިއެވެ. އެއާއި އެކު އޭނާ އަށް އަނެއްކާވެސް ރޮއެ ގަނެވުނެވެ. އިޒާން އާޝާ އެނދުމަތީ ބައިންދާލުމަށްފަހު އާޝާ ގައިގާ ބައްދާލިއެވެ. އާޝާ އަށް ރޮވެން އިތުރަށް ފަސޭހަވިއެވެ. ހިތް ފުރެންދެން އޭނާ ރޮމުން ދިޔައެވެ.

އިޒާން އާޝާއަށް ވަގުތު ދީގެން އިނެވެ. އާޝާ ހުއްޓާލިއެވެ. ނަމަވެސް އިޒާން އާއި ދުރަށް ނުގޮސް އިންގޮތަށް އިނެވެ. “އިޒާން…. ޕްލީސް.. ޕްލީސް މިތަނުން ގެންދޭ.. ޕްލީސް… ޕްލީސް….. އައި ކާންޓް ހޭންޑްލް ދިސް… މީ އޭޝް ގެ އާއިލާއެއްނޫން.. ނިސްބަތްވާ ތަނެއްނޫން.. މީ އާއިލާ ބައެއްވެސް ނޫން…. މީ ނުދަންނަ އެއްވެސް ގުޅުމެއް ނެތް ބައެއް…ޕްލީސް އިޒާން ޕްލީސް މިތަނުން ގެންދެބަ.. ޑޭޑް އޯކޭ އެއް ނުވާނެ…އެކަމް އިޒާން ޕްލީސް… ޕްލީސް.. ކޮންމެސް ގޮތެއް ހަދާބަ….” އާޝާ އެ އޮތްގޮތަށް އޮވެ ބުނެލިއެވެ. އޭރު އޭނާ އޮތީ ހިޔާލަކަށް ގެއްލިއެވެ. “އޭޝް… ބައްޕަ ކޮންމެ ކަމެއްވެސް ކުރާނީ ވަރަށް ވިސްނާފަ.. ބައްޕަ ވެސް ބޭނުމެއް ނުވާނެއެއްނު މިތަނަށް އަދި ތިހާލުގައި ގެންނާކަށް ވާ ގޮތް އިނގޭއިރުވެސް… މިތަނަށް ގެންނާނީ ސަބަބަކާއި ލައިގެންނެއްނު ދޯ… އޭޝް އެކަމް ބުނެބަ ކިހިނެއްވީތަ؟؟” އިޒާން އަހާލިއެވެ. އާޝާ ބަދިގޭގައި ހިނގި ހުރިހާ ކަމެއް ކިޔައިދިނެވެ. އެއީ ކިތަންމެ ކުޑަ ކަމެއްވިޔަސް ނުވަތަ ދެތިން ކުޑަ ލަފްޒަކަށް ވިޔަސް އެއިން އާޝާއަށް ކޮށްފައިވާ އަސަރު އިޒާން އަށް އިނގުނެވެ. “އޭޝް… ދެން އެ ދުވަހު ކިހިނެއްވީ؟ ޝެއަރ ކޮށްލަންވީނު… އޭރުންނު އޭޝް އަށް ލުއިއެއްވެސް ލިބޭނީ.. އެން ސޮލިއުޝަންއެއް ހޯދޭނީވެސް ދޯ..” އިޒާން ކެތްތެރިކަމާއި އެކު ވަގުތުގެ ބޭނުންހިފަމުން ބުނެލިއެވެ.  އެ ދުވަހު ވީގޮތް އޭނާ ރަނގަޅަށްވެސް އިނގެން ބޭނުންވެއެވެ.

އާޝާ އިޒާން އާއި ދުރަށް ޖެހިލިއެވެ. އަދި އެ ދުވަހު ކަންތަށް ހިނގި ގޮތާއި ސާނިޔާ ކީ އެއްޗެހި ބުނެދިނެވެ. އާޝާ އެވަގުތު ހުރީ ވަރަށް އުނދަގޫވެފައި ކަމާއި ހަމަ އަނެއްކާވެސް އެކަހަލަ ބަސްތަށް އިވުމުން ސިކުނޑިއަށް މާ އުނދަގޫވީކަމަށް އާޝާ ބުނެލިއެވެ. އިޒާން ގޮށް މުއްކަވާލިއެވެ. “ދެން އޭޝް.. އެހެން ނުހަދައްޗޭ… ޝެއަރ ކުރަންޖެހޭނެ އިނގޭ.. އެން ނައު އައި އެމް ހިއަރ އެއްނު ދޯ..” އިޒާން ކިތަންމެ ރުޅި އައި ކަމުގައި ވިޔަސް ފުރަތަމަ ވެސް ވިސްނީ އާޝާއާއި މެދުގައެވެ. އޭނާ ހަމަޔަކަށް އެޅުވޭތޯއެވެ. “އެކަމް.. ޑޭޑް ކައިރި ނުބުނައްޗޭ.. ޕްލީސް އިޒާން..” އާޝާ ބުނެލިއެވެ. އިޒާން އާއެކޭ ބުނެލި ކަމުގައިވިޔަސް މިކަމަށް ހައްލެއް ކޮންމެހެން ބޭނުންވާނެކަން އިޒާން ހިތާހިތުން ކިޔާލިއެވެ.

އާޝާ އެތަށް އިރަކު އިޒާން ކައިރި އިނދެގެން ވާހަކަދެއްކިއެވެ. އޭނާގެ ދިރިއުޅުމާއި ބެހޭގޮތުންނެވެ. ވީ ކަންތަށްތަކެވެ. އުފާވެރިކަން ލިބުމާއި އެކު ނިގުޅިގެން ދިޔަ ގޮތެވެ. ޝެނާން އައި ގޮތުގެ ވާހަކައެވެ. އަދި ދިޔަ ވާހަކައެވެ. ދައްތަ ގުޅައިގެން އެއްޗެހި ކިޔާ ވާހަކައެވެ. ބައްޕަ އެގެއަށް އައުން މަދުކުރުވި ވާހަކައެވެ. އާޝާ އެކަނިވެރިކޮށްލި ވަރެވެ. އިޒާން ވަރަށް ދެރަވިއެވެ. އެހެންކަމުން އާޝާ ގެ ގައިގާ އަނެއްކާވެސް ބައްދާލާ އާޝާއަށް ހިތްވަރެއް ދިނެވެ. “ކޮންމެ ކަމެއްވިޔަސް ބުނަންޗޭ އިނގޭ؟” އިޒާން ބުނެލިއެވެ. އާޝާ އާއެކޭ ބުނެލިއެވެ. އެއަށްފަހު އިޒާން ފެންވަރައިގެން ކާން އަންނާށޭ ބުނެ އާޝާ ނިކުމެލީ އިޒާން އަށް ކާން ތައްޔާރުކޮށްދޭށެވެ. މިއަދު ދައްތަ ދެއްކި ވާހަކަ އޭނާއަށް އިނގެއެވެ. މިގޭގައި އުޅެވޭނީ މަސައްކަތްކޮށްގެންނެވެ. ދައްތަ މެންނަށް އެހީވެދީގެންނެވެ. އާޝާ ބަދިގެއަށް ދިޔައިރު އެކަކުވެސް ނޫޅެއެވެ. އެހެންކަމުން ރިހަކޮޅު ހޫނު ކޮށްލުމަށްފަހު އިޒާން ކާނެ ތަށި މޭޒުމަތީ ބަހައްޓާލިއެވެ. އަދި އިޒާން އަންނަން ދެން އިށީނދެ އިނެވެ. ސިޓިންގް ރޫމްއަށް ދާން ފައިބަމުން ދިޔަ ފަޒީލާއަށް އާޝާ ފެނި އަނދަ އަނދައިގެން ދިޔަ ފަދައެވެ. އެހެންކަމުން އާޝާއާއި ދިމާލަށް ދިޔައެވެ. “މިތާ ކީއްކުރަނީ؟؟؟ ބޭނުންތާކު އިށީންނާކަށް މީ އާޝާގެ ގެއެއްނޫނޭ….؟” ފަޒީލާ ބުނެލީ އާޝާއާއި ކުރިމައްޗަށް ވާ ގޮތަށް ކޮއްޅަށް ހުރެފައެވެ. އާޝާ ހިންދިރުވާލިއެވެ. ފަޒީލާއާއި ހަތަރު ކަޅި ހަމަކުރަން ނުކެރުމުން އިސްޖަހާލިއެވެ. “އި..އިޒާން ކާން އަންނާތީވެ.. ތަ..ތައްޔާރުކޮށްލީ އެއްޗެހި…” އާޝާ މަޑު މަޑުން ބުނެލިއެވެ. “އާޝާ ބޭނުންހާ ބައެއް މިތަނަށް ގެނެސް ކާންދީ ބޯންދީ ހަދަން މީ އާޝާގެ ގެއެއްނޫނޭ….. ތީ އަހަރެން ކައްކާފަ ހުރި އެއްޗެހި… އާޝާ އާއި ގުޅުން އޮންނަ މީހުންނަށް އާޝާ ކައްކާފަ ކާންދީ.. އަދި އަމިއްލައަށްވެސް ކައި.. ކޮންމެހެން އަހަރެން ކައްކާފަ ހުރި އެއްޗެހި ކައި ކައިފަ އެހެންމީހުންނަށް ކާންދޭނެކަމެއް ނެތް..” ފަޒީލާ އެހެން ބުނެލުމަށްފަހު އާޝާ ގެނެއްސައި ހުރި ރިހަ ތަށި އަދި ބަތްތަށިވެސް އެތެރެއަށް ވެއްދިއެވެ. އާޝާ ތެދުވެލިއެވެ. އަދި އިޒާންއަށް ބޭންދި ތަށި ހިފައިގެން ބަދިގެ ތެރެއަށް ވަނެވެ. “މާ..މާ…….. ތަށިވެސް މި ބައިންދަނީ… އަ..އަޅުގަނޑު ބަލާނަން.. މާމަމެން ގަނެފައި ހުރި އެއްޗެއް ބޭނުންނުކުރެވޭތޯވެސް.. އަދި.. އަދި ނުކެވޭތޯވެސް… ވަރަށް ބޮ..ޑަށް ސޮ..ސޮރީ… އެކަމް ދެން އެކަހަލަ ކަމެއް ނުކުރާނަން..” އާޝާ ތަށި ދިއްކޮށްލަމުން ފަޒީލާ ކައިރި ބުނެލިއެވެ. ހިނދުކޮޅަކަށް ފަޒީލާގެ ހިއްސުތަށް ހުއްޓި ކުރިމަތީ ފެންކަޅިވެފައި ހުރި އާޝާއަށް ބަލައިލެވުނެވެ. އެހެން ނަޒަރަކުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ތަށި ދަމައިގަތުމަށްފަހު އެ އަޅުވާލިއެވެ.

ދެމީހުން އެކީ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އަތްތަލިބަޑި ޖަހާލިއަޑަށެވެ. އެއްފަހަރާ ފަހަތަށް ބަލައިލި އިރު ކުރިމަތީ ހުރީ ސަނީމް އެވެ. އަދި އޭނާގެ ފަހަތުގައި ހުރީ ސާޒް އެވެ. “މަންމާ… ސާބަސް… ތީ ދެން ކޮން ކަމެއް؟؟؟؟ މިގޭގަ އުޅެންޏާ ޖެހޭނީ ހަމަ އެހެންމީހުންނަށް ކަންތަށް ކުރާހެން ކުރަން.. އެހެން ނޫނިއްޏާ އެންމެ ކުޑަމިނުން މެހެމާނަކަށް ކަންތަށް ކޮށްދޭންޖެހޭހެން.. މަންމައަށް ތި ކަމުން ފާފަ ލިބޭނެކަން އިނގޭތަ؟؟ ..” ސަނީމް ބުނެލިއެވެ. އޭނާ އެންމެ ފަހަރަކުވެސް އާޝާއަކަށް ބަލައެއް ނުލައެވެ. ނަމަވެސް ސާޒްގެ ނަޒަރު ހުރީ އާޝާއަށެވެ. އާޝާ އަށް ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އެހެނީ ސަނީމް އޭނާގެ ކޮޅަށް އަދިއެވެސް ފަޒީލާގެ ކުރިމަތީ ވާހަކަދައްކަފާނެކަމަށް އޭނާ ހިއެއްވެސް ނުކުރެއެވެ.

“ސަނީމްއަކަށް ނުބެހެވޭނެ އިނގިއްޖެއެއްނު.. އަހަރެން ކަންތަށް ކުރާނީ އަހަރެން ބޭނުން ގޮތަކަށް…. މީ މިގޭ މެހެމާނެއްވެސް ނޫން.. މިގޭ ކުއްޖެއްވެސް ނޫން…” ފަޒީލާ އެހެން ބުނެލުމަށްފަހު އެތަނުން ނުކުމެގެން ދިޔައީ އެމީހުންނަށް ނީވޭވަރަށް ތުންތަޅުވަމުންނެވެ. އާޝާ ސަނީމް މެންނާއި ދިމާ ބަލައިލިއެވެ. ނަމަވެސް އެމީހުން އިތުރު އެއްޗެއްވެސް ނުބުނެ އާޝާއަށް ފަސްދީ ހިނގައިގަތެވެ. އާޝާ ކަރުނަތަށް ފޮހެލުމަށްފަހު ސިކުނޑިއަށް އައި ހިޔާލަކާއި އެއްގޮތަށް ކަންތަށް ކުރަން ނިންމިއެވެ.

އެހެންކަމުން ކޮޓަރިއަށް ގޮސް ދަބަހުން ޑޮލަރ ކޮޅެއް ނަގާލިއެވެ. އަދި ފަޒީލާ ހޯދުމުގައި އުޅުނެވެ. އޭރު ފަޒީލާ އިނީ ސިޓިންގް ރޫމްގައެވެ. “މާމާ……..” އާޝާ ގޮވާލުމާއި އެކު ފަޒީލާ އާޝާއަށް ބަލައިލީ ލޯ އަޅާލަމުންނެވެ. “ކަލޭގެ މާމައެއް ނުހުންނާނެ…” ފަޒީލާ އެހެން ބުނެލުމުން އާޝާ ހިމޭންވިއެވެ. ނަމަވެސް އަތުގައި އޮތް ޑޮލަރ ކޮޅަށް ބަލައިލުމަށްފަހު ފަޒީލާއަށް ދިއްކޮށްލިއެވެ. “އަޅުގަނޑު މިގޭގަ އެންމެ މަހަކަށް ހުރިޔަ ދީ.. އިޒާން ވެސް… އަޅުގަނޑު މަހެއްވާއިރަށް ދާނަން…. އެންމެ މަހެއް..” އާޝާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. އެ ޑޮލަރ ބޮނޑިތަށް ފެނުމާއި އެކު ފަޒީލާގެ ދެލޯ ތަރަ ތަރަ ޖަހައިގެން ދިޔައެވެ. “މައްސަލައެއް ނެތް… މިގޭގަ ހުރެވިދާނެ އެކަމް ހަނދާން ބަހައްޓާތި……….” ފަޒީލާ ބުނަން އުޅުނު އެތި މެދުކަނޑާލީ އާޝާއެވެ. “ލައްބަ އަޅުގަނޑު ހަންދާން ބަހައްޓާނަމޭ… މީ ކާކުކަން.. މިގެއަކީ ކާކުގެ ގެއެއްކަން.. އަޅުގަނޑު މި އާއިލާއާއި ވެސް ގުޅުމެއް ނޯންނަކަން އަދި މި ގެއަށް ނިސްބަތް ނުވާނެކަން…. މާމަ…… އަޅުގަނޑު އަށް އަމުރު ވެސް ކުރެވޭނެ… ބޭނުން ކަމެއް ކުރާށޭ ވެސް ބުނެވޭނެ.. އަޅުގަނޑު ކޮށްދޭނަން.. މާމ….އަށް އޮންނާނެ ހައްޤު އެއްޗެހި ކިޔުމުގެވެސް..” އާޝާ އެހެން ބުނެލުމަށްފަހު ޑޮލަރ ތަށް ފަޒީލާއާއި ހަވާލުކުރިއެވެ. “ދެން ދޭ ތި ބުނާ މީހަކަށް ކާންހަދަން…….” ފަޒީލާ އެހެން ބުނެލުމުން އާޝާ ބަދިގެއާއި ދިމާލަށް ދިޔައެވެ.

ފަޒީލާ ފުޅާ ހިނިތުންވުމަކާއި އެކު ލާރިތަށް ގުނާލިއެވެ. ނަމަވެސް ހުރީ އާޝާ އެހާ ފަސޭހައިން ދޫކޮށްލާކަށް ނޫނެވެ.

އާޝާގެ ހަނދާނަށް އައީ ފަޒީލާ އޭރު ބުނި ވާހަކަތަކެވެ. އޭނާ ހުރީ ރޮވެން ކައިރިވެފައި ނަމަވެސް އިޒާން އަށް އަނެއްކާވެސް ކާންތައްޔާރުކޮށްލިއެވެ. އަދި އިޒާން އަންނާނެ އިރަކަށް އިށީނދެ އިނެވެ. އިޒާން ތިރިއަށް ފައިބައިގެން އަންނަ އަޑާއި އެކު އާޝާ ހިނިތުންވެލިއެވެ. އަދި ކޮޅަށް ތެދުވެލިއެވެ. ސިޓިންގް ރޫމްގައި އިން ފަޒީލާ އިޒާން އަށާއި އާޝާއަށް ބަލައިލުމަށްފަހު ލޯ އަޅާލިއެވެ. “އަދި އޮންނާނީ ކަންތަށް” ފަޒީލާ ވިހަ ހިނިތުންވުމަކާއި އެކު އެހެން ބުނެލިއެވެ.

އިޒާން ކާން އިށީނުމާއި އެކު އޭނަގެ ކުރިމައްޗަށް ވާ ގޮތަށް އާޝާ އިށީނދެލިއެވެ. ފަޒީލާއާއި އާޝާއާއި ދެމެދު ހިނގި ކަންތަށް އާޝާ ފޮރުވީ އެވާހަކަ ބުނެގެން މާ ބޮޑު ފައިދާއެއް ނޯންނާނެކަން އިނގޭތީއެވެ. “އާނ ހަނދާން ނެތުނީއޭ.. މަންމަ ގުޅި އިނގޭ… ދެން އޭރު އިޒާން އޮތީ ނިދާފަ ސޯ ފޯނު ނަގައިފައި މަމް އާއި ވާހަކަދެއްކިން އެން ބުނިން ނިދާފައޭ އޮތީ… ބުނީ ބުނާށޯ ގުޅާލައްޗޭ..” އާޝާ ބުނެލިއެވެ. އިޒަން އެހެންހޭ ބުނެލުމަށްފަހު ކެއުމައިގެން ކުރިއަށް ދިޔައެވެ. “ދުވަހަކުވެސް ހިއެއް ނުކުރަން ރާއްޖެ މިހާ ރީތި ވާނެކަމަށް.. ކަނޑުވެސް.. ފޮޓޮއިން ފެންނައިރު އަށް ވުރެ މާ ރީތި ރާއްޖެ ދޯ އިޒާން…” އާޝާ ބުނެލިއެވެ. އޭނާ ރާއްޖެ އައި މީ ފުރަތަމަ ފަހަރެވެ. ހީކުރިވަރަށްވުރެ ރާއްޖެ އޭނާއަށް ކަމުދިޔައެވެ. “އިޒާންއަށް އިނގޭތަ މާލޭގައި އުޅެން؟” އާޝާ އަހާލިއެވެ. އިޒާން އާއެކޭ ބުނެލިއެވެ.

“މިތާނގެ ރަށްތަށް ވެސް އޮންނަނީ ހަމަ މިހެން ދޯ؟ ބިއުޓިފުލް އެން އޯވްސަމް..” އާޝާ ރާއްޖެއާއި ބެހޭގޮތުން ސުވާލުކުރަމުން ދިޔައެވެ. އެތަކެއް ނޭނގޭ އެއްޗެހި އޭނާއަށް އިނގެމުން ދިޔައެވެ. ލަންކާގައި އުޅުނުއިރު ރާއްޖެއާއި ބެހޭގޮތުން ކިޔައިދޭނެ މީހެއްވެސް ނުވެއެވެ. ނެޓުން ލިބުނު ބައެއް މައުލޫމާތު ފިޔަވާ އިތުރު މައުލޫމާތެއް އޭނާއަކަށް ނޭނގެއެވެ.

“މިތާ ކައިރި އިންނަނީ ބީޗް… ވަރަށް ސަޅިވާނެ އެތަން.. އެން ލަންކާއަސް ވުރެ ރީތިކޮށް ސަޅިކޮށް އޮންނާނީ… ނޮޓް އިން ޗޮކްލެޓް ކުލަ.. ހަހަހަ… އުޅޭ ދާން. ހިނގާލާފަ ދެވޭނެ.” އިޒާން ބުނެލީ އާޝާއަށް ރާއްޖޭގެ ރީތި މަންޒަރުތަށް ހަމަލޮލުން ދައްކާލުމުގެ ބޭނުމުގައެވެ. އާޝާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

އިޒާން ކައި ނިމުމުން އާޝާ ރެޑީވެލަން ދިޔައީ ތަށިތަށް ދޮވެލުމަށްފަހުގައެވެ. ރީތި ގޮތަކަށް ޑިސައިންކޮށްފައި އިން ކަކުލާއި ހަމާލަށް އަރާ ހެދުމެއްގެ އިތުރުން ސްކިނީއެއް ލިއެވެ. އަދި އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު ރެޑީވެލާ އަމިއްލަ ނަފްސަށް ލޯގަނޑުން ބަލައިލިއެވެ. “ހުމް ހުމް ރީއްޗޭ….” ކޮޓަރިއަށް ބޯ ދިއްކޮށްލި އިޒާން ބުނެލިއެވެ. އާޝާ ހިނިތުންވެލުމަށްފަހު އެނދުމަތީ އޮތް އޭނާގެ އަތް ދަބަސް ނަގާ އަޅުވާލިއެވެ. “އަނހަ ކޮންތާކަށް ދާން؟” ކޮޓަރިކައިރި މަޑުކޮށްލި ސުހައިލް ބުނެލިއެވެ. “މިއުޅެނީ އޭޝް އަށް އާރޓިފިޝަލް ބީޗް ދައްކާލަން ދާންވެގެން…” އިޒާން ބުނެލިއެވެ. ސުހައިލްގެ ހުއްދައާއި އެކު ދެމީހުން ނިކުމެގެން ދިޔައެވެ. އާޝާ މާލޭގެ މަގުމައްޗަށް ބަލައިލިއެވެ. “އޯ ގޯޑް… ލަންކާއަށްވުރެ ކަންތަށް ފަލަ… ހާދަ ބޮޑަކަށްހޯން ކުރެއޭ….” ބަރުގަނު އަޅަމުން ދިޔަ ކާރުތަކުގެ ސަބަބުން މަގުމަތީ އެއްއަޑުވެފައިވަނީ އެއަޑެވެ. “އަސްލު މާލެއާއި ބަލާފަ މާލޭގަ މާ މީހުން ގިނައީ… ރަށަކަށް ޖައްސާލީމަ އިނގޭނެ އޭޝް އަށް ރާއްޖޭގެ ރީތިކަން..” އާޝާގެ އަތުގައި ހިފާލައިގެން ހިނގަމުން ދިޔަ އިޒާން ބުނެލިއެވެ. އާޝާ އެއްފަހަރު އަތަށް އަދި އަނެއްފަހަރު އިޒާންއަށް     ބަލައިލިއެވެ. އޭނާއަށް ކުރީ ތަފާތު އިހްސާސްއެކެވެ. ފުރަތަމަ ފަހަރަށް ޝެނާން ގެ ބަދަލުގައި އެހެން މީހަކާއި މެދު ވިސްނާލެވުނު ފުރުސަތަކަށް އެ ފުރުސަތު ވިއެވެ.

ބީޗް ކައިރި މަޑުކޮށްލި އިޒާން އަށް އެދިމާ ބަލަހައްޓައިގެން ދެލޯ ބޮޑުކޮށްގެން ހުރި އާޝާ ފެނި ހިނި އަންނަ ގޮތްވިއެވެ. “ދިސް އިޒް ސޯ ބިއުޓިފުލް… އައި މީން… ދެޓް ކަލަރ…. އޯ ގޯޑް..” އާޝާ އަށް ބުނެލެވުނެވެ. އެވަގުތަކީ އިރު އޮއްސެން ކައިރިވެފައި އޮތް ވަގުތު ކަމުން ޖައްވުތެރޭ ވަނީ ރީތިކުލައެކެވެ. އިޒާން އާޝާ ގޮވައިގެން ގޮސް ބެންޗެއްގައި އިށީނދެލިއެވެ. “މީ އަދި މާލެ އެއްނު.. އަދި އާރޓިފިޝަލް ވަން އެއް.. ރަށް ރަށުގައި ހުންނަ ރިއަލް މޫދު ފެނުނީމަ ފެއިންޓްވެސް ވާނެ…” ހިނިގަނޑެއް ޖަހާލަމުން އިޒާން ބުނެލިއެވެ. އާޝާ ވެސް ހޭންފެށިއެވެ. މިހާ ހިތްހަމަޖެހިގެން އޭނާއަށް އިނދެވުނީ އެތަކެއް ދުވަހެއްފަހުންނެވެ.

އެތަކެއް އިރަކު އެތާ ތިބުމަށްފަހު ޑައިނަމޯރ އަށް ވަދެލާ ދެމީހުން ކާލައިގެން ގެއާއި ދިމާލަށް މިޝްރާބް ޖަހާލިއެވެ. ރޭގަނޑު ގަޑިއެއްކަމަކު މަގުމަތިން މީހުން މަދެއްނުވެއެވެ. ދުއްވަމުން ދާ ކާރުތަށް އިތުރަށް ގިނަހެން ހީވެއެވެ. އާޝާ މަގުމައްޗަށް ބަލަހައްޓައިގެން ހުރެ ހިނގަމުން ދިޔައެވެ. އޭރުވެސް އިޒާން ހުރީ އާޝާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އާޝާ އަށް މިމަންޒަރު ތަކަކީ އާ މަންޒަރު ތަކެކެވެ. އެހެންކަމުން އޭނާ ދިޔައީ އެ ހުރިހާ ތަނެއްވެސް ދަސްކުރަމުންނެވެ.

ނުނިމޭ

73
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މޮނިކާ!

Next

ނޭނގޭހެ ހާދަ ލޯބިވޭ 6

Next
August 21, 2016

ނޭނގޭހެ ހާދަ ލޯބިވޭ 6

Previews
August 21, 2016

މޮނިކާ!

17 Comments

  1. sabeeha says:
    August 21, 2016 at 12:14 pm

    vv reethi..??

  2. Ryn says:
    August 21, 2016 at 12:18 pm

    Hello enmn ? ? … here is the next part.. n thnkx for the comments n i saw a very cute comment too.. edhunymey lwihbaa ufaa… fenifaa yaar ufaa.. lwihbey yaar ufaa… thats so sweet actually.. those comments really make my day.. thnkx.. n ryn comments kiyany aslu aneh part up kuran vgn esfiya open kuraairu dhn hithah arany if i reply also no body will look back n read the reply.. ehnve reply nukurany… n yeah mi part mi up kury 20 mins varu vandhn kiya kiyaafa mistakes rangalhu khfa.. hope its nice.. n mistakes huhnaane still i tried my best.. love u all <3 n thnkx tc ? ?

  3. Ninni says:
    August 21, 2016 at 12:25 pm

    Next part avahah up kohdhehchey.. plxxx..
    ♡♡

  4. Shiny says:
    August 21, 2016 at 12:28 pm

    Wow v salhi mi part ves.

  5. Laara says:
    August 21, 2016 at 12:44 pm

    Wooooooooooow v reethi?

  6. Aal says:
    August 21, 2016 at 12:46 pm

    Damn awesome..u r the best ryn ❤❤❤ ..next part avhah up khdheicheyy??

  7. Faathee says:
    August 21, 2016 at 1:12 pm

    Wow vara reethi. Waiting for next part.pls avaha up kohla dhecehy ?

  8. Appy says:
    August 21, 2016 at 1:44 pm

    V v rythi mi bai vx next part avas kohdhehchey plx plx v v kiyaahiyyvey mi story ehenve

  9. reeeeeeeeeeeshhhhhh says:
    August 21, 2016 at 1:51 pm

    v salhi mi part

  10. aloo says:
    August 21, 2016 at 2:15 pm

    nice

  11. Anonymous says:
    August 21, 2016 at 2:38 pm

    Kakulaa hamaalakah noon kiyaany. Kakulaa hama’ash kiyaany

  12. Rix says:
    August 21, 2016 at 6:39 pm

    Vvvv salhi. Thanks ryn. Avahah up kohdhehchey plx plx……..

  13. Meeko says:
    August 21, 2016 at 7:17 pm

    Vvvvvvvvvvvvvvv nice. Just ? this story. Ummmmmmmmmmmmwaaxh. ????????????????????

  14. Nysh says:
    August 21, 2016 at 8:31 pm

    Wow ryn… ryn dhw mihaaru enme gina stories liye fa hureee…..

  15. ILYRYN says:
    August 21, 2016 at 9:49 pm

    Yay yay yay ryn mihaaru 1st oooo ?? hehehe… & v happy vefa mihuree ngey..lol? IZAAN??-_- ryn abadhuves thi gothah loabi loabi stories genesdhehchhh….❤❤ily..mwah mwah ?????

  16. vishaa says:
    August 22, 2016 at 9:02 am

    vvvvvvvvvvvvvvvv reeeethi….ur the best …

  17. Faathee says:
    August 22, 2016 at 8:12 pm

    Hi wen next episode

Comments are closed.

All Right Reserved!