ތެދުވެރިހިތަކުން ލޯބިވީމެވެ. ފަހުބައި
ޝާޔާން ފަހަރަކު ސެޓްފިކެޓެއް ނަގާ އެނދުމަތީ ބާއްވަމުން ދިޔައިރު ކުއްލިއަކަށް އޭނާގެ ސަމާލްކަން އަތުލަގަތީ ކަރުދާސް ތަކާއެކު ފައިލް ތެރޭން ނެގުން ކުޑަ ތެލެސީމިއާ ކާޑެވެ. އޭނާ ހިއްސުތަށް އެކީ އެކައްޗަކަށް މަސައްކަތް ކުރުން ހުއްޓުނު ހެންހީވީ ބޮޑު އަކުރުން އެ ރަތް ކާޑުގަ އިން އާލިމް ގެ ނަން ފެނުމުންނެވެ. ލިބުން ސިހުމާ ޝޮކްގަ ރޮއެގަންނަންވެސް ނޭނގިފަ ހިނދުކޮޅަކަށް އިނދެވުނެވެ. ދުނިޔޭގެ ހިނގުންވެސް އޭނާ ގެ ނޭވާ ތަކައެކު ހުއްޓުނު ހެން ހީވިއެވެ. ލަސްލަހުން ގަބު ވެފަވާ މީހެއްހެން ކޮޅަށް ތެދުވުމާއެކު ޝާޔަން އަށް ރޮވިއްޖެއެވެ. އެވަގުތު ފާހާނާ ގެ ދޮރު ހުޅުވާލާފަ ނިކުތް އާލިމް އަށް ޝާޔަން ފެނިގެން ލިބުން ހައިރާންކަމާއެކު ހިތް ހުއްޓުނު ހެން ހީވީ ރޮއެ ރޮއެ ހުރި ޝާޔަންގެ ތުރުތުރު އަޅަމުންދިޔަ އަތްތިލަ ތެރޭ އޮތް ކާޑް ފެނުމްނެވެ. އާލިމްއާ ހަތަރު ކަޅި ހަމަވުމާއެކު ޝާޔަން މޫނުމަތީގަ އަތްއަޅާ ރޯންފެށީ ހިތް ކުދިކުދި ވާހާ ވޭނާ އެކުގައެވެ.
“ކީއްވެ..ކީއްވެ ސިއްރު ކުރީ..” ޝާޔަން ހަޅޭއްލަވައިގަތެވެ. އޭރު ހިތާމައިން އޭނާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އާލިމް އަނެއްފަރާތަށް އެނބުރުނީ ޝާޔަން ރޯ މަންޒަރު ދެކެން ހިތަށް ކެއްނުވުމުންނެވެ. އޭރު އޭނާއަށް ވެސް ވަނީ ރޮވިފައެވެ. ދޭންވީ ޖަވާބެއް ބުނަންވީ އެއްޗެއްވެސް އޭނާއަކަށް ނުވިސްނުނެވެ. އެވަރުން އެކާޑް ފޮރުވައިގެން އުޅުމުންވެސް ވަގުތު އައިސް ޖެހުމުން ހަގީގަތް އެނގިގެން ދިޔަ ގޮތް ނިކަން ދެކިބަލާށެވެ. އާލިމް ވޮލެޓް ތެރޭގައިވެސް އެ ކާޑް ނުބާއްވަނީ މީހަކަށް އެފެނިދާނެއެވެ. ނަމަވެސް ހުރިހާކަމަށް ބަދަލުވެ އަނެއް ފުށަށް ޖަހަން މިނެގީ މަދު ސިކުންތު ކޮޅެކެވެ.
” ކިހިނެއް…ކިހިނެއް އަހަރެން ކެއްކުރާނީ…މި ޝާޔަން މޮޔަވެދާނެ..” ޝާޔަން އައިސް އާލިމް ގައިގަ ފަހަތުން ބައްދާލިއެވެ. ގިސްލެވޭ ވަރުން ޝާޔަން އަށް ޖުމްލަ ފުރިހަމަ ކުރަން އިންތިހާއަށް ދަތިވިއެވެ. ހިތް ފޮތިފޮތިވެގެން އެތިއެތި ކޮޅަށް ބުރައިގެންދާހެން ހީވިއެވެ. އެހިތުން އެތެރެ ހަށި ކަޅި ވާވަރަށް ލޭ އޮހޮރި ގެންހެން ހީވިއެވެ.
“ޝާޔަން..” އުނދަގުލުން ބުނެވުމާއެކު އާލިމްގެ ލޮލުން ކަރުނަތަށް އޮހޮރިއްޖެއެވެ. އޭނާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ. އޭރުވެސް ޝާޔަން އެހުރިގޮތަށް ބައްދާލައިގެން ހުރެ ގިސްލަ ގިސްލާފައި ރޮނީއެވެ. މިދުވަސް ދެކެން ދުނިޔޭގަ ނުހުރެވުން ނަމަވެސް ކޮންފަދަ ހެއްޔެވެ. މިހިތާމަތަކަށް ކެއްކުރާނެ ގޮތެއްވެސް އޭނާގެ ޗިސްޗިސް ވަމުން ދިޔަ ހިތަކަށް ނައެވެ.
“ސޮރީ ނުބުނެވުނީމަ…ވަރަށް ވަރަށް ދެރަވޭ..ޝާޔަންއަށް އިހްސާސްވެސް ކޮށްނުލެވޭނެ މިވާ ތެދުވެރި ލޮތްބެއް..” ހިއްވަރުން އާލިމް ބުނެލުމާއެކު ޝާޔަން އާލިމް އާ ދުރަށް ޖެހުނެވެ. އޭނާ އަނެއްފަރާތަށް އެނބުރިފަ ދުއްވައިގަތީ އެތަނުން ނިކުންނާށެވެ. އާލިމް ގޮވަ ގޮވަ ހުއްޓާ ޝަޔަން ނިކުމެގެން ހިނގައްޖެއެވެ. ދެއަތުން ބޮލުގަ ހިފަހައްޓާލަމުން އާލިމް އަށް ޓައިލްސް ތަކު މަތީ އިށީންދެވުން އިރު އޭނާއަށް ގިސްލެވިއްޖެއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ. މި ގުޅުމުގަ ނިމުމުގެ ސިއްކަ ޖެހޭނީ ހެވެ. ނޫނެކެވެ. އެހެން ވާން އޭނާ ދޫކޮށްލާނީ ކިހިނެއްހެއްޔެވެ. ޝާޔަންއާ ނުލާ ދުނިޔޭގެ ދިރިއުޅުން ވޭތުކުރާނީ ކިހިނެއްހެއްޔެވެ. ޝާޔަންއަކީ އޭނާގެ ހިއްވަރެވެ. ނަސީބެވެ. ދިރިހުރުމުގެ އުއްމީދެވެ.
“ކިހިނެއްވީ..” ރޮމުން ރޮމުން ދުވެފަ އައިސް ގެއަށް ވަތް ޝާޔަން ފެނުމުން ރައުފާއާ ރިމާހްއަށް އެކު އެކީގައި އަހާލެވުނެވެ. ޝާޔަން އަނގައިން ނުބުނެ ދުވެފަ އައިސް ކޮޓަރިއަށް ވަދެ ތަޅުލުމުން ރައުފާއާ ރިމާހް ހައިރާން ކަމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. އެމީހުން ގޮސް ދޮރުގަ ތަޅާތަޅާވެސް ޝާޔަން ދޮރެއް ނުހުޅުވިއެވެ.
“ކިހިނެއްބާ އެވީ..އަހަރެން ޝާޔަން އާލިމް މެން ގެއަށް ލާން ދިޔައިރު ނުލާހިކު އުފަލުން ހުރީ..ކުއްލިއަކަށް ކިހިނެއްބާ އެވީ ..އާލިމް ވެސް ފޯނެއް ނުނަގައޭ..” ރިމާހް އިނީ ޝާޔަންއާ މެދު ވަރަށް ކަންބޮޑުވެފައެވެ. ބޮޑުކަމެއް ނުވަނީސް ޝާޔަން ނުރޯނެކަން އޭނާއަށް ޔަގީނެވެ. ވަރަށް ބޮޑު ހިތާމައެއް އޭނާގެ ކޮއްކޮ އަށް ލިބިއްޖެ ކަން އެ މޫނުމަތީން އޭނާ ދެނެގަތެވެ.
“މަމް ނިކުމެބަލަ…” ރިމާހް ގޮސް މުނީރާ ކޮޓަރީގަ ތަޅާ މުނީރާ ބޭރަށް ނެރުނެވެ. އެމީހުނަށް ފެނުނު ކަންތަށް ކިޔާދިނުމުން މުނީރާ ވެސް ހާސްވިއެވެ. އޭނާ ގޮސް ގޮވާ ގޮވާވެސް ޝާޔަން ދޮރު ނުހުޅުވުމުން ކޮޓަރީގެ ޑަބަލް ތަޅުތަނޑި ގެނެސް ދޮރު ހުޅުވި އިރު ޝާޔަން އޮތީ އެނދު މަތީގައި ބަންޑުން އޮށޯވެ ރޯށެވެ.
“ދަރިފުޅާ..ކިހިނެއްވީ..” މުނީރާ ގޮސް ގާތުގަ އިށީނދެ ޝާޔަންގެ ބޮލުގަ ފިރުމާލަމުން ވާހަކަދެއްކިއެވެ. މަންމަގެ ގާތްކަން ލިބުމުން އިތުރަށް ޝާޔަންއަށް ރޮވުނީއެވެ. “މަންމާ” ޝާޔަން ތެދުވެ މަންމަގެ ގައިގަ އޮޅުލައިގަންނަމުން ރޯން ފެށިއެވެ. ދުރުގަ ތިބި ރައުފާއާ ރިމާހްވެސް ތިބީ ވާގޮތް ނޭނގުނަސް ޝާޔަންގެ ކަރުނަތަކުން ދެރަވެފައެވެ.
“މަންމައަށް ކިޔާދީބަލަ ތިވީ ގޮތެއް ދަރިފުޅާ…އާލިމްއާ ދެމީހުން މައްސަލައެއް ޖެހުނީތަ..” މުނީރާ ލޯބިން ޝާޔަންގެ ކަރުނަތަށް ފޮހެދޭން އުޅުނެވެ. “މަންމާ އާލިމް އަކީވެސް އަހަރެން ކަހަލަ ކެރިއަރެއް..ކިހިނެއް އަހަރެން އާލިމް އާ ނުލާ އުޅޭނީ..” ޝާޔަން އަށް ބުނެވުނީ އުނދަގުލުންނެވެ. ވީގޮތް އެނގުމުން މުނީރާއަށްވެސް ތެޅިގަނެވުނެވެ. ރިމާހް އަވަސް އަވަހަސް އަނެއްފަރާތަށް އެނބުރުނީ ލޯބިވާ ކޮއްކޮއަށް އެވަރުގެ ހިތްދަތިކަމެއް ލިބުމުން ވީ ދެރަ އިންނެވެ. ވަގުތުން މުނީރާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ހިއްވަރުދޭންވެސް ޝާޔަންއާ ދިމާލަށް ބުނަންވި އެއްޗެއްވެސް އޭނާގެ ދުލަކަށް ނައެވެ. މިއީ ދުވަހަކުވެސް ކަންތަށް ވެދާނެ ކަމަކަށް އޭނާ އުންމީދުކުރި ގޮތެއްވެސް ނޫނެވެ. އޭނާގެ ލޯބިވާ އަންހެންދަރިފުޅު އުފަލާއެކު އޭނާ ހަވާލް ކުރަން ބޭނުންވި ހަމައެކަނި ފަރާތަކީވެސް އާލިމްއެވެ. މިދެލޯބިވެރިންގެ ދިރިއުޅުމަށް މިފަދަ ހިތިކަމެއް އައިސްދާނެ ކަމަކަށް އޭނަ ހިއެއް ނުކުރެއެވެ. މިހެން ވެދާނެ ކަމަކަށް ކުރިން ވިސްނާވެސް ނުލެވެއެވެ.
“ހިއްވަރުކުރޭ ދަރިފުޅާ..މީ މިދަތި ދުނިޔޭގަ ދިރިއުޅުމުން ދަރިފުޅަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިހާނެއް..މީ ﷲގެ އިރާދަފުޅާ ތަގްދީރު..މީ ދަރިފުޅުގެ ދިރިއުޅުމަށް އައި އަޑިގަނޑެއް..ތީ މަންމަގެ ހިއްވަރުގަދަ އަންހެންދަރި..މިކަމާ ދަރިފުޅު ޖެހޭނީ ކެއްތެރިވެ އީމާންތެރި ކަން ވަރުގަދަ ކުރަން..އިރާދުކުރެއްވިއްޔާ ދެރަގޮތެއް މަންމަގެ މި ދަރިފުޅުގެ ދިރިއުޅުމަށް ދިމަލެއް ނުވާނެ..” މުނީރާ ދައްކަން ބޭނުންވި ވާހަކަތަށް ދެއްކުންއިރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ލަގޮނޑިއަށް ބާރުކުރަމުން ދިޔަ ވަރުން އޭނާއަށް އިތުރަށް އެއްޗެއްވެސް ނުބުނެވުނެވެ. ކިތަންމެ އިރެއްވަންދެން ޝާޔަން ގެނެސް މޭގަ ލައްކޮށްލައިގެން އޭނާ އިނެވެ. އެހިތާމައިގަ ބައިވެރިވެގެން ރައުފާ ވެސް އައިސް ކައިރީގަ އިނީ ދެރަވެފައެވެ.
ރޭ ދެބައިވެގެން ދިޔައިރުވެސް ޝާޔަންއަށް ލޮލުފިޔެއް ޖެހޭގޮތެއް ނުވިއެވެ. ރޮއެ ރޮއެގޮސް އޭނާގެ މޫނާ ދެލޯ ވަނީ ރަތް ވެފައެވެ. ދަންވަރުގެވަގުތު ކަމުން މުޅި ތަނަށް ވެރިވެފަވަނީ ހިމޭންކަމެވެ. ހިއްދަތި އެތަށް ހިޔާލްތަކެއް ޝާޔަންގެ ހިތާއި ސިކުނޑިއަށް ތުރާ ދެމުން ދިޔައެވެ. އާލިމް އާ އެކުގަ ހޭދަކުރެވުނު ކޮންމެ ހަނދާނެއް އޭނާގެ ހިތަށް އިތުރަށް ތަދު ކުރަމުން ދިޔައެވެ. މިފަދަ ދެރަގޮތެއް މިވީ އަޅެ ކީއްވެ ހެއްޔެވެ. މިއީ މިއަޅާ ކުރި ކޮން ކުށެއްގެ ސަޒާބާއެވެ. ރޭގަނޑުގެ މިހިމޭން ކަން ފަދައިން އޭނާގެ ދިރިއުޅުމަށްވެސް ދެންވެރިވާނީ ހިމޭންކަން ހެއްޔެވެ.
ޝާޔަން ތެދުވެގެން ގޮސް ހުއްޓިލީ އަލަމާރި ކައިރީގައެވެ. އަލަމާރި ހުޅުވާލާފައި އޭނާ ރައްކާތެރިކަމާ ލޮތްބާއެކު ގެންގުޅުނު ގިފްޓް ތަށް ނެގިއެވެ.އެއީ އާލިމް އާއެކު މިހޭދަ ކުރެވުނު ދޮޅުއަހަރެއް ހާދުވަހުގެ ތެރޭގަ އެކި އެކި ދުވަސް ދުވަހު ލިބިފަވާ ލޯބީގެ ހަދިޔާތަކެވެ. އެއީ ހަނދާނުން ނުފޮހެވޭނެ އުފާވެރި ވަގުތުތަކެވެ. ވަކި ވަކިން ފަހަރަކު އެއްޗެއްގަ ފިރުމަމުން ދިޔަ އިރު ޝާޔަންގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަތަށް ފައިބަފައިބާ ހުއްޓެވެ. އޭނާ ވީ ހަމަ އެލޮތްބާ ވަކިވެ އެހަނދާން ތަށް ހިތުން ފޮހެލަން ހެއްޔެވެ؟ އޭނާއަށް އާލިމްއާ ކައިވެނި ނުކުރެވޭނެ ހެއްޔެވެ؟ ޔާﷲ އެވެ. މި ތެދުވެރި ލޯބީގެ ނިމުން މިފަދައިން މިއައީ ކީއްވެ ހެއްޔެވެ. މިއަށް ކިޔާނީ ތަގްދީރެވެ. ނަސީބެވެ. މިހާ ލޯބިވާއިރު އެކެއްގެވެސް ކުށެއްނެތި ދުރުވާނީ ކިހިނެއް ހެއްޔެވެ. މީހަކަށް ދުލުން ބުނެލަން ފަސޭހަވެދާނެއެވެ. ނަމަވެސް ހިތަށް ހާދަ ތަދުވެއެވެ. މިހެން އަދި ބުނެލިޔަކަސް މިވާ ލޮތްބެއް އިހުސާސް ނުކުރެވޭނެ ކަން ގައިމެވެ.
ހިތް ތެޅިފޮޅޭ ހާލު ޝާޔަން އޭނަގެ ނިއްވާލަފަ އޮތް ފޯނު ހުޅުވީ އާލިމް ގެ ހަނދާންތަކުން ހިތަށް ކެއްނުވެގެންނެވެ. އެ ފަކީރު މިހާރު އުޅޭނީ ކޮން ހާލެއްގަ ބާއެވެ. ވަރަށް ރޮއެ ހިތާމަ ކުރާނެ ބާއެވެ. މިއޮއް ހާދުވަހުވެސް ސިއްރު ކޮށްލައިގެން ހުރެއްޖެއެވެ. ކެއް ގަދައެވެ.
ފޯނު ހުޅުވާލުމާއެކު ހެން އާލިމްގެ މެސެޖްތަށް ފުލު ފުލުގަ އެވެ. ފޯނު ނެގުމަށް އެދި އާދޭސް ކޮށްފަ ކޮށްފަ ހުރި މެސެޖް ތަކެވެ. ހަމަ އެސިކުންތުގަ އާލިމް ގުޅަން ފެށިއެވެ. މިދަންވަރު އެ ފަކީރުވެސް އެއުޅެނީ ނުނިދިގެންތާއެވެ. މިފަދަ ރެއަކު ނިދޭނީވެސް ކިހިނެއްހެއްޔެވެ.
“ޝާޔަން….ޝާޔަން..މައި ލަވް..ޕްލީޒް ވާހަކަ ދައްކަބަލަ..” އެ އަސަރުގަދަ އަޑު އިވުމުން ޝާޔަންއަށް ދެލޯ މަރާ ފިއްތާލެވުނެވެ. އާލިމް ގެ އަޑު ވަނީ ކުރެހިފައެވެ. ވަރަށް ގިނަ އިރު ރޮއެފަ ވާކަން ކިތަންމެ ރަނގަޅަށްވެސް ހާމައެވެ.
“ޕްލީޒް ތިގޮތަށް ނުރޮއެ…އަހަރެންގެ ހިތް ކުދިކުދިވެދާނެ..” ޝާޔަންގެ ހިމޭން ގިސްލުމުގެ އަޑު އިވުމުން އާލިމްއަކަށް ކެތެއް ނުވިއެވެ.
“ކޮންމެފަދަ ހާލެއްގަވެސް އަހަރެން ޝާޔަން ބޭނުން..އަހަރެންގެ ތި ލޮތްބާ ނުލާ މިދުނިޔޭން އެންމެ ދުވަހެއްވެސް އަހަންނަކަށް ހޭދައެއް ނުކުރެވޭނެ…އަހަރެން ބޭނުން ވީހާވެސް އަވަހަށް ޝާޔަންއާ މެރީ ކުރަން..ބުނޭ އާއެކޭ…ޝާޔަން އަހަންނާ އިންނާނަން ދޯ..ދެ ކެރިއަރުން ވިޔަސް ކޮބާތަ މައްސަލައަކީ ޝާޔަން..އަހަރެން ހާދަ ލޯބިވޭ..ހާދަ ހާދަ ހާދަ ލޯބިވޭ..އެއްފަހަރުވެސް އިހްސާސް ކޮށްލަބަލަ މިހިތުގަ އަޅާ ވޭން..” އާލިމް ގެ ވާހަކަތަށް ނުނިމެނީސް ޝާޔަން ފޯނު ކަނޑާލީ އަޑު އަހަން ކެއް ނުވުމުންނެވެ. ތެދެކެވެ. އޭނާވެސް އާލިމް ދެކެ ހާދަ ލޯބިވެއެވެ. ތެލަސީމިއާ ކެރިއަރުން ވިޔަސް ކައިވެނި ކޮށްގެން އުޅެން ހާދަ ބޭނުންވެއެވެ. ނަމަވެސް……އާހްއެވެ. ލޭ އަޅާ ކުދިންގެ މަންމަ އިންނާ ބައްޕައިން އުޅޭ ހިއްދަތި ހާލު އޭނާއަށް އެނގެއެވެ. ހާދަ ދެރަވާނެއެވެ. އެކަމަކުވެސް އާލިމްއާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ. ހަމަ ޔަގީނުންވެސް ދެފަރާތުގެ އާއިލާ މިކައިވެންޏާ ނުރުހުންވާނެކަން އެއީ ޔަގީން ކަމެކެވެ. އެކަކުވެސް އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެތާއެވެ. އެތަށް އިރަކު ހިތާއި ސިކުނޑީގެ ޒުވާބެއްގެ އިނދެފަ ޝާޔަން އެންމެފަހުން ފޯން ނިއްވާލިއެވެ. އޭނާ އެފޯނު ނިއްވާލީ އަބަދުގެ އަބަދަށް ދުވަހަކުވެސް ދެން ނުހުޅުވާން ކަމަށެވެ. ޝާޔަން އެރޭ ނިދުނީ ފަތިސްވާން ކައިރިފވި ފަހުން ރޮއެރޮއެ އޮއްވައެވެ.
އަލިވިލިގެން އައި އިރުވެސް ގޭތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ޝާޔަންއަށް ދިމާވި ގޮތުން އެންމެން ތިބީ ދެރަވެ ހިތުގަ ޖެހިފައެވެ. މުނީރާ ބަދިގެތެރޭގަ ހުރީ ހެނދުނު ސައިހަދާށެވެ. ރިމާހް މެންގެ ކައިވެނީގެ ކަންތަކާ އުޅެން ޖެހޭތީ މުނީރާއޭރު ހުރީ އެއްމަސް ދުވަހުގެ ޗުއްޓީއެއް ނަގައިގެންނެވެ. ހޭލައިގެން ރައުފާއަށް އާދެވުމުން ރޮށިފިހުމުގަ އޭނާ މުނީރާއަށް އެހީވެދިނެވެ. މުނީރާ ހުރީ ބަސް މަދުވެފަ ފިކުރު ބޮޑުވެފައެވެ. ރެއިންފަށައިގެން އެންމެ ސިކުންތު ކޮޅަކަށްވެސް އޭނާ އަށް ޝާޔަންއާ މެދު ނުވިސްނައެއް ނުހުރެވުނެވެ.
ހުރިހާ ކަމެއް ކޮށްނިންމާލާފަ ތާޒާ އޮރެންޖް ޖޫސްތައްޓެއް ހިފައިގެން މުނީރާ ގޮސް ވަތް އިރު ޝާޔަން އޮތީ ހޭލައެވެ. ” އަން މި ބޯލާ ދަރިފުޅާ..ރޭގަވެސް ނުކަމެއްނު..” މުނީރާ ގޮސް ގާތުގަ އިށީނުމުންވެސް ޝާޔަން އެއޮތްގޮތަށް ބުދެއްހެން މައްޗަށް ބަލަން އޮތީއެވެ. “ދަރިފުޅާ..”މުނީރާ ދެރަވެފަ ގޮވާލުމުން ލަސްލަހުން ޝާޔަން މަންމައާ ހަތަރު ކަޅި ހަމަކުރިއެވެ. ރަތް ވެފައިވާ އެދެލޮލުގަ އެވަނީ ހިތް ހަލާކު ކޮށްލާފަދަ ވޭނެކެވެ. މުނީރާ އަވަސް އަވަސް އަނެއްފަރާތަށް މޫނު އަނބުރާލީ އޭނައަށް ރޮވިދާނެތީއެވެ. އޭނާގެ ދަރިއަކު އެވަރުގެ ހިތާމައެއް ތެރޭ ވާތަން ދެކެން ކެއްނުވީއެވެ. ނުބުނި ކަމުގަވިޔަސް މުނީރާގެ އިހްސާސްތަށް ޝާޔަންއަށް ވިސްނުނެވެ. ސިއްރުން މުނީރާ ކަރުނަ ފޮހެލިތަން އޭނައަށް ފެނުނެވެ. ނެތްހިއްވަރު ލައިގެން ޝާޔަން އެނދުން ތެދުވެލިއެވެ. އޭނާގެ ހަށިގަނޑުގަ ނުރިއްސާކަށް ތަންކޮޅެއް ނެތެވެ. ޖޫސް ތަށީގަ ހިފި އިރު އަތް ތިލަ ފާޑަކަށް ތުރުތުރު އަޅައެވެ. އެހާވެސް އެ ހަށީގައި ވަރެއް ނެތެވެ. ފުރަތަމަ އެތިފޮދު އެތެރެވުމާއެކުވެސް ޝާޔަންއަށް ހޮޑުލެވުނެވެ. “އެހާ ގިނައިރު ނުކައި ހުރީމައޭ އެ ހޮޑުލެވުނީ..” މުނީރާ ޝާޔަންގެ ގައިގަ ހިފަހައްޓާލައިގެން ގެނެސް އެނދުމަތީގަބޭންދިއެވެ. ހޮޑުލެވުމުން ބޮލަށް އަރާފަ ހުރި އުދާސް ގަނޑު ގޮސް ލުއިވެލި ހެން ހީވިއެވެ. ޝާޔަން ޖޫސްތަށީގެ މެދަށް ވަންދެން ބޯލިއެވެ. ދެން ނުބޮވޭނެކަމަށް ބުނުމުން ތަށި ހިފައިގެން މުނީރާ ދާން އުޅުމުން ޝާޔަން މަންމަގެ އަތުގަ ހިފެހެއްޓިއެވެ.
“ވާހަކައެއް ބުނަން ބޭނުން..” ޝާޔަން މަޑުމަޑުން ބުނެލިއެވެ.
“މަމް..ދެ ކެރިއަރުން ވިޔަސް އަހަރެން ބޭނުންވަނީ އާލިމްއާއެކީ އުޅެން..ކައިވެނި ކުރަން…މޮމް…އާލިމްއާ ވަކިވާން ޖެހިއްޖާ އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވާނެ..” މަންމަގެ ގައިގަ ބައްދާލުމާއެކު އަނެއްކާވެސް ޝާޔަން ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގަނެ ރޮވިއްޖެއެވެ. މުނީރާ އިނީ ބަސް ހުއްޓިފައެވެ. އެޔަށް ދޭނެ ޖަވާބެއް އޭނައަކަށް ނޭނގުނެވެ.
“ދެން އިހަށް ތިކަމާ ނުވިސްނަބަލަ ދަރިފުޅާ…ދަރިފުޅު އިހަށް ހަމަޖެހިބަލަ..” ބުނަންވި އެއްޗެއް ނޭނގުމުން އެންމެފަހުން މުނީރާ ބުނީ އެހެންނެވެ. ޝާޔަން އަނގައިން ނުބުނެ އިނދެ ރުއިން ކޮންޓްރޯލް ކުރުމުން މުނީރާ ނިކުމެގެން ހިނގައްޖެއެވެ. ޝާޔަން އަޒުމް ކަނޑައެޅީ މިވަގުތަށް ދެން އެވާހަކަ ނުދެއްކުމަށެވެ. މަންމަ އެ ގުޅުމަށް ގަބޫލް ނޫންކަން އޭނައަށް އެނގިއްޖެއެވެ.
މިގޮތުގަ ތިން ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ޝާޔަންގެ ކަމަކީ އަބަދު ކޮޓަރީގަ އޮވެ ރޮއެ ހިތާމަ ކުރުމެވެ. ރޮއެގެން އިންސާނެއްގެ ލޮލުން ކަރުނަ ހުސްވާނެނަމަ މިހާރު އޭނަގެ ލޮލުން ކަރުނަ ހުސްވެއްޖައީހެވެ. އެންމެން ކައިވެނީގެ ކަންކަމުގަ އަވަދިވެތި އުޅޭއިރު ޝާޔަންއަށް ދުނިޔެ މަތިން ކަމެއް ހިނގާކަމެއްވެސް ނޭނގެއެވެ. އޭނާގެ މަރުވެފަވާ ހިތް ހިތާމަތަކަށް ހޭނޭކައްވެސް ނޫޅުނެވެ. އެގޮތުގަ ޝާޔަން އޮއްވާ އަސްރު ނަމާދަށް ބަންގި ގޮވި އަޑު އިވުމުން ތެދުވިއެވެ. ހިތާމައިން ފޯވެފައިވާ އެހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބެނީ ނަމާދު ކުރުމުންނެވެ. އެތަށް އިރެއް ވަންދެން ޝާޔަން މުސައްލަ މަތީގަ ދުއާކުރަން އިންނަނީ އޭނާގެ ހަޔާތުން ބީވެގެންއެދާ އަގުހުރި ލޯބި އެންމެންގެ ރުހުމާއެކު އަލުން ލިބޭތޯއެވެ. އެދެލޯބިވެރިންނަށް ދުނިޔެމަތީގަ ފުރިހަމަ ހަޔާތެއް ވޭތުކޮށްލެވޭތޯއެވެ. ދެދުނިޔޭންވެސް އޭނާ އެދެނީ އެ ލޮތްބާއެކު ވުމަށެވެ.
އާލިމްގެ ހާލަކީވެސް ހަމަމިއީއެވެ. އޭނާގެ ލޮލުންވެސް ކަރުނަ ހިކޭއިރެއް ނާދެއެވެ. އެންމެ ދެރަވަނީ ޝާޔަންގެ ފޯނު ނިއްވާލަފަ އޮންނާތީއެވެ. އެގެއަށް ދާން ކިތަންމެ ބޭނުންވިޔަސް އޭނާއަށް އެ ހިއްވަރު ކޮށްލާކަށް ނުކެރުނެވެ. މުޅި ހިތްވަނީ މާޔޫސް ކަމުން ފުރި ބާރުވެފައެވެ. އެކި އެކި ރައްޓެހިންނާ އެއްބަޑު މީހުން އޭނާގެ ހާލު ދެކެން އާދެއެވެ. ހިއްވަރުދެއެވެ. ޝާޔަން ގެ ހަނދާންތަކާ ދުރުވެ އާހަޔާތެއް ފެށުމަށް ނަސޭހަތް ދެއެވެ. އެކަމަކު އެހެން ވާނީ ކިހިނެއްހެއްޔެވެ. އެމީހުންގެ ލޯބި އެމީހުނަށް ހާސިލުވެފަ ވުމުން އެމީހުނަށް އެހެން ބުނެލަން ހާދަ ފަސޭހަތާއެވެ. އިހުސާސް ކުރެވޭނީ ކޮންމެ މީހަކަށްވެސް މިފަދަ ގޮތެއް މެދުވެރިވުމުންނެވެ.
“ދަރިފުޅާ ތިހެންނޯވެ މިރޭވާނެ ޕާޓީއަށް ނިކުންނަން…އެހެންނޫނީ ދޮންބެވެސް ވަރަށް ދެރަވާނެ..މީ ދޮންބެގެ ހަޔާތަށް އަންނަ ވަރަށް އުފާވެރި ރެއެއް..ދޮންބެގެ ހުރި ހަމައެކަނި އެއްބަޑު އެއްބަފާ ފުރާނަޔަކީ ތީ..އެހެންވީމަ އެތަނަށް ދާންވާނެ..މި އޮތީ ދަރިފުޅު މިރޭ ލާންވި ހެދުން..” މުނީރާ އޭނާ އަތުގަ އޮތް ކޮތަޅު އެނދު މަތީގައި ބާއްވާފަ ނިކުންނަން ދިޔައެވެ. އޭރު ރިމާހް މެންގެ ކައިވެނި ޕާޓި ފެށެން ވަނީ ގަޑިއިރަކަށް ވެފައެވެ. ޕާޓީއަށް ޓަކާ އެ ބޮޑު ގޯތިތެރެ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. މުނީރާ އަވަސް އަރުވާލާފަ ދިޔައީ ނުނިމި ހުރި ކަންތަށްތަށް ކޮށްލާފަ ޕާޓީ ފެށެންވާއިރަށް ރީތިވެލާށެވެ.
ޝާޔަން ތެދުވެ އެހެދުން ބަލައިލިއެވެ. އެއީ އޭނާއަށް ހެޔޮވަރަށް ފަހާފައޮތް ވަރަށް ރީތި ހެދުމެކެވެ.” ޝާޔަން ޕްލީޒް..ދޮންބެދައްތައަށްޓަކާ ނަމަވެސް މިރޭ ތިހެދުން ލައިގެން ނިކުންނައްޗޭ..” ރައުފާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އޭރު ރައުފާ ހުރީ ވެޑިންގ ޑްރެސްގަ ޕާޓީއަށް ފުރިހަމައަށް ރެޑީވެގެންނެވެ.
“ވައު….ވަރަށް ރީތި ސިސް..އަހަރެން ދާނަމޭ..ރެޑީ ވާން މިއުޅެނީ..” ޝާޔަން އުނދަގުލުން ހީލިއެވެ. އެއީ ހަފްތާއެއް ފަހުން އޭނާގެ ތުންފަތްމައްޗަށް ވެރިވީ ފުރަތަމަ ހިނިތުންވުމެވެ. ރައުފާ އުފަލުން ޝާޔަންގެ ގައިގަ ބައްދާލިއެވެ. ދުވަހަކުވެސް ނުފެންނަ އުފާވެރިކަމާ ހިނިތުންވުން މިރޭ ރައުފާގެ މޫނުމަތީން ފެންނަމުން ދިޔައެވެ. މީ ހަޔާތުގަ އައި އެންމެ އުފާވެރި ރެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާ އެންމެ ބޭނުންވީ ހަޔާތުގެ ބައިވެރިޔާ މިރޭ އޭނާއަށް ހާސިލް ވެއްޖެއެވެ.
ޝާޔަން ރީތި ވެލައިގެން ގޭ ގޯތި ތެރެއަށް ނިކުތުމުން ހައިރާންވެ އަންތަރީސްވެވުނީ ޕާޓީގެ ފުރިހަމަކަން ފެނިފައެވެ. އޭރު ގިނަ އަދަދެއްގެ މެހެމާނުންތަށް އައިސް ތަންވަނީ ފުރިފައެވެ. ރައުފާގެ އާއިލާގެ މީހުންތަކާ މުނީރާ ގެ ގޭ މީހުންނާ އަވައްޓެރި އަންހެނުންތަށް މޭޒުތަކުން ކާއެއްޗެހި ހުސްވިޔަ ނުދީ ގެނެސް ދިނުމުގަ އަވަދިނެތި އުޅުނެވެ. މުޅިންވެސް ހިނިތުންވެފައިވާ އުފާވެރި މޫނުތަކެވެ. ރައުފާގެ އެއްބަޑު އެއްބަފާ ފިރިހެން ކުއްޖަކު އޭރުވެސް ކެނޑި ނޭޅި މިރީތި ރޭގެ ހަނދާންތަށް ރައްކާކުރުމަށްޓަކާ އަވަދިނެތި ފޮޓޯ ނަގަން އުޅުނެވެ. ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ތަކަށް ބަލަން ޝާޔަންއަށް ހުރެވުނީ އަޖައިބުވެފައެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އެ ހިތުގަވާ ގިލަން ވެރިކަން ނެތި ހިނގައްޖެ ހެން ހީވިއެވެ. ” ވާއު…ޔޫ ލުކް ބިއުޓިފުލް” ޝާޔަން ހަމަ ފެނުމާއެކު ފޮޓޯ ނަގަން ހުރި ފުއާދު ވަގުތުން އޭނާގެ ފޮޓޯ ކަނޑާލިއެވެ. މެހެމާނުންނާ ސަލާން ކުރަން ތިބި ރައުފާއާ ރިމާހްއަށް ޝާޔަން ފެނުމުން އިންތިހާއަށް އުފާވިއެވެ.
ޝާޔަން އޭނާގެ ދޮންބެއަށް ބަލައިލާފަ ހިނިތުންވެލިއެވެ. ދޮންބެވެސް މިރޭ ހާދަ ރީއްޗެވެ. އެދެކުދިން އެތިބީ ހާދަ އުފަލުންނެވެ. މިއީ އޭނާވެސް ހާދަ ފޮނި ހުވަފެންތަކެއް ދެކި ހާދަ އުއްމީދު ކުރި ރެއެކެވެ. އާލިމްއާ ކައިވެނި ކުރެވޭ ދުވަހަކުން މިކަހަލަ ބޮޑު ޕާޓީއެއް ބާއްވަން އޭނާވެސް ހާދަ ފޮނި އުއްމީދެއް ކުރިއެވެ. ހާދަ ފޮނި ހުވަފެންތަކެއް ދެކުނެވެ. ދުވަހަކުވެސް ދެން އޭނާގެ އެ ހުވަފެނުގަ ކުލަ ނުޖެހޭނީ ހެއްޔެވެ. އެ އުއްމީދު ހާސިލް ނުވާނީ ހެއްޔެވެ. ހިތަށް އަންނަން ފެށި ހިޔާލް ތަކުން ޝާޔަންގެ އެސްފިޔަތަށް އަނެއްކާވެސް ތެމިއްޖެއެވެ. އަޖައިބެކެވެ. މި ކަރުނަ ހުސްވާކަށްވެސް ނޫޅުނެވެ. މީ ކީއްކުރާ ބޭކާރު ކަރުނައެއް ހެއްޔެވެ. ދެރަވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އަންނަން ޖެހޭހެއްޔެވެ.
ރިމާހް ގެ ހިތަށް ތަދު ވަމުން ދިޔައީ ދުރުގަ އެކަނި ހުރި ޝާޔަންއަށް ވަމުން ދިޔަ ގޮތްތަށް ފެނުމުންނެވެ. އޭނާ މިރޭ ކިތަންމެ އުފާވެފަ ހުއްޓަސް އެ ކޮއްކޮ ކުރަމުންދާ ހިތާމަތަށް ފަހަރެއްގަވެސް ހަނދާން ނައްތާލައިގެން ނުވާނެތާއެވެ. ސިއްރު ސިއްރު ޝާޔަން ކަރުނަތަށް ފޮހުނު މަންޒަރު ކިތަންމެ ރީއްޗަކަށް އޭނާއަށް ފެނުނެވެ. ކޮއްކޮއާ މެދު ހަމްދަރުދީ ވެ އިންތިހާއަށް ދެރަވެސް ވިއެވެ. ގައިމު އެ ކޮއްކޮގެ ހަޔާތުގަވެސް މިރެއަށް ހުވަފެންތަކެއް ދެކޭނެތާއެވެ. އެގޮތަށް ކަންތަށް ވުމުން ހާދަ ދެރަވާނެއެވެ. އޭނައަށް ރައުފާ އާ ކައިވެނި ނުކުރެވުންނަމަ އޭނަ ހާދަ ދެރަވީހެވެ. ހާދަ ހިތުގަ ޖެހުނީހެވެ. ހަމަ އެބީދައިން އާލިމް ނުލިބުމުން އެ ކޮއްކޮވެސް ހިތާމަ ކުރާނެތާއެވެ. ރިމާހް ބޭނުންވީ މަންމައާ ވާހަކަ ދައްކާށެވެ. ޝާޔަން އެގޮތަށް ހިތާމަ ކުރާ ތަން ދެކެން އޭނައަށް ކެއް ނުވާނެއެވެ. އާލިމް އާ ކައިވެނި ކުރަން ޝާޔަން ބޭނުންވާނަމަ އެ ފުރުސަތު އޭނާއަށް ދޭން ރިމާހް ބޭބުންވިއެވެ. އޭގެ ގެއްލުންތަށް އޭނާއަށް ވެސް ވިސްނެއެވެ. އެހެންވިޔަސް އޭނާގެ ހިތް އެގޮތަށް ބޭނުންވިއެވެ. މަންމަ އެކަމާ ދެކޮޅު ހަދާނަމަ ޝާޔަންގެ އުފާތަކަށް ހުރަސް ނާޅަން އޭނާ ބުނާނެއެވެ.
އާލިމް އެރޭގެ ޕާޓީއަށް އައީ ޝާޔަން ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އޭނާ ޝާޔަންއާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް އެބަ ހުއްޓެވެ. ފޯނު ނިއްވާލައިގެން އުޅޭތީ ހާދަ ހިތުގަ ޖެހެއެވެ. ޝާޔަން އޭނާއަށް އެހެން ހެދަނީ އޭނާގެ ހިތެއް ނެތް ކަމައް ހެއްޔެވެ.
“ކޮންގްރާ ބޮރޯ” އާލިމް ރިމާހްއާ ސަލާން ކުރަމުން ހިނިތުންވެލީ ގަދަ ކަމުންނެވެ. އާލިމް އައުމުން ރިމާހް އުފާވިއެވެ. އޭނާ އަވަސް އަވަހަށް ހޯދާލީ ޝާޔަން ފެންނަން ހުރިތޯއެވެ. ކުރިން ޝާޔަން ހުރިތާކު މިހާރަކު އޭނައެއް ނެތެވެ. ރިމާހް އާލިމްއާ ދައްކަން ބޭނުން ކިތަންމެ ވާހަކަ ތަކެއް ހުއްޓަސް އެކަން މަޑު ޖައްސާލަން ޖެހުނީ ވަގުތުގެގޮތުން ޕާޓީއަށް މެހެމާނުންތަށް އަންނަމުންދާތީއެވެ.
އާލިމް އެކި ކޮޅު ކޮޅު ހޯދަމުން ހޯލް ތެރޭގަ އެނބުރެން ފެށީ ޝާޔަން ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އެންމެފަހުން ނުފެނުމުން މާޔޫސް ކަމުގަ އޭނާ ގޮސް ހުއްޓިލީ ތަންކޮޅެއް އަނދިރި ހިސާބެއްގައެވެ. ޖީބުން ފޯނު ނަގާ އުއްމީދެއް ނެތް ހާލުގަވެސް އޭނާ ޝާޔަންގެ ނަމްބަރަށް ޑަޔަލް ކޮށްލީ ހިތް އެކަމަށް އަންގާތީއެވެ. އާހް އެވެ..ހަމަ ހަތަރުދަމު އެ އިވޭ ޖަވާބެވެ. ތި ގުޅުއްވި ފޯނު އޮތީ މިވަގުތު ނިއްވާލާފައެވެ. ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގައެވެ. މާޔޫސް ކަމާއެކު އާލިމް ފުން ނޭވާއެއް ލިއެވެ. އޭރު ހުރެވުނީ ދެރަވި ވަރުން ފެންކަޅި ވެފައެވެ. ޝާޔަން ހާދަ ހިތް ހަރެވެ. އޭނާ އާ ވާހަކަ ނުދައްކާ ހުންނަން އެބަ ކެއް ވޭތާއެވެ.
ހިމޭން ކަމުގަ އެހެން ހުއްޓާ ޖެހުނު ފިނި ވައިރޯޅި އޭނާގެ ހިތަށް އުނދަގުލެއް ކޮށްލިއެވެ. މޮޔައަކު ފަދައިން އޭނާއަށް ކޮޅު ކޮޅު ހޯދަން ފެށުނެވެ. އެއީ ހަމަ އެ ލުއި ލުއި މީރު ވަހެވެ. ދުވަހަކުވެސް ހަނދާން ނުނެތޭނެ އެ ހިއްގައިމު ޝާޔަންގެ ޖިސްމުގެ ވަހެވެ. މިރޭގެ ވައިރޯޅިތަށްވެސް އެހިތުގެ އަޑު ދެނެގަނެގެން އޭނާއަށް އެހީވަމުންދިޔަ ކަހަލައެވެ. މިތާ ކައިރި ހިސާބެއްގާ ޝާޔަން ހުރިކަން އޭނަގެ ހަވަނަ ހިއްސު ދެނެގަތެވެ. އެކިކޮޅުކޮޅު ހޯދަމުން ދަނިކޮށް ކަންފަތުގަ ޖެހުނީ އަންހެން ކުއްޖެއްގެ ވޭނީ ގިސްލުމުގެ އަޑެވެ. އެއަޑު އަންނަނީ އެންމެ އަނދިރި ހިސާބުންނެވެ. އާލިމް ގެ ހިތަށް ބަޔާން ކުރަން ދަތި އެތަށް އިހުސާސްތަކެއް ކުރަމުން ދިޔައީ އެއީ ޝާޔަންގެ އަޑުކަން ޔަގީންވާތިއެވެ. އޭނާ ވަރަށް ސަމާލު ވެލައިގެން އަނދިރީގެ ތެރެއަށް ލޯ ހާނަމުން ކުރިޔަށް ދަނިކޮށް ފެނުނީ ޝާޔަން ފާރުކައިރީ އިށީނދެ އިންތަނެވެ. ޝަޔަންއިނީ ކަކުލުގަ ބޯ ޖަހައިގެން ރޯ ށެވެ. އާލިމް ގޮސް ކައިރިއަށް ހުއްޓުނު އިރުވެސް އޭނައަކަށް ނޭނގުނެވެ. އާލިމް ބަލާކަށް ނުހުރެ ތިރި ވިގޮތަށް ޝާޔަންގެ ދެއަތުގާ ހިފާ ކޮޅަށް ނެގިއެވެ. ޝާޔަންއަށް ލިބުން ސިހުމާ ހައިރާންކަމުގަ ހަޅޭއްލަވާ ނުގަނެވުނީ ކިރިޔާއެވެ. އެއީ އާލިމް ކަން އެނގުމުން ގުޑިލަން ވެސް ނޭނގިފަ އެމޫނަށް ބަލަން ހުރެވުނެވެ. އާލިމް އިތުރަށް އެއްވެސް ކަމަކާ ވިސްނަން ނުހަދާ ޝާޔަން ގައިގަ ބައްދާލީ އެ އަންހެން ކުއްޖާގެ ނާޒުކު ކަށިތަށް މުގުރޭހާ ބާރަށެވެ. ލިބުން ހިތްހަމަ ޖެހުމުގަ އާލިމްއަށް ހީވީ އަލުން ފުރާނަ އެޅުންހެނެވެ. ” މި ހިއްގައިމު ވަސް އަހަންނަށް އޮޅިދާނެ ކަމަށް ޝާޔަން ހީނުކުރާޗޭ..” ޝާޔަންގެ އޮމާން ކަރުދޮށުގަ ތުންފަތް ބީއްސާލަމުން އާލިމް ބުނެލީ ޖަޒްބާތުން ފުރިގެންވި އަޑަކުންނެވެ. ޝާޔަންއަށް އިތުރަށް ރޮވުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވުނެވެ. އެގޮތުގަ ހިނދުކޮޅެއް ވިތަނާ ޝާޔަން އާލިމްގެ މޭގަ އަޅާ ކޮށްޕާލާފަ ދުއްވައިގަތީ ގެއަށް ވަންނާށެވެ. އާލިމް ހިފަހައްޓަން މަސައްކަތް ކުރިޔަސް ޝާޔަން ގެ ހުށިޔާރުކަން މާ ގަދައެވެ. އާލިމް ކުޑަކޮށް ރުޅިވެސް އައެވެ. އޭނާވެސް ޝާޔަންގެ ފަހަތުން ދުއްވައިގަތެވެ.
މެހެމާނުން މަދުވި ވަގުތު ބަލާފަ ރިމާހް އަވަހަށް ޖެހިލީ އޭނަގެ މަންމަ ގާތަށެވެ. ” މޮމް..ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެއްޖެ..އެނގޭ މީ އެންމެ ރަނގަޅު ޓައިމް ނޫންކަން..އެކަމުވެސް އަހަރެން ބޭނުން ހަމަ މިވަގުތު މޮމް އާ މިވާހަކަ ދައްކަން” ރިމާހް ފަރާތް ފަރާތް ހޯދާލަމުން މުނީރާ އާ މުހާތަބް ކުރިއެވެ. މުނީރާ ހުރީ ރިމާހް ދައްކަން އުޅޭ ވާހަކައެއް ނޭނގި ޝައުގުވެރިވެފައެވެ.
” މޮމް…ޝާޔަންގެ ކަންތަކުގަ މަންމައެބަ ވިސްނަންތަ..އެކުއްޖާ ލޮލުން ކަރުނަ ހިކޭ އިރެއް ނާދޭ މިހާރު..އެގޮތަށް ކަންތަށް ވީމަ ކިހާ ދެރަވާނެތަ މޮމް..މަށަށް ފެންނަނީ އެދެމީހުން ގުޅެން އަހަރެމެން ރުހުން ދޭން ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް..މަންމަގެ ހިޔާލް ހުރިގޮތެއް އަހަންނަކަށް ނޭނގެ..އެކަމު މަންމަ ނިކަން ވިސްނާލަބަ..އާލިމްއަކީ ވަރަށް ރަނގަޅު ފިރިހެން ކުއްޖެއް..އަހަރެމެން އެކަކުވެސް ޝާޔަންއަށް ނުބަލާ ވަރަށް އޭނަ ޝާޔަން އަށް އަޅާލާ ބަލާނެ ކަން އަހަންނަށް ހަމަ ޔަގީން..އާލިމް އާ ކައިވެނި ކުރެވިއްޖާ ޝާޔަންއަށް އެ ލިބުނީ މުޅި ދުނިޔޭންވެސް ނުލިބޭނެވަރުގެ ރަނގަޅު ފިރިއެއް..ހަޔާތުގަ ދިމާވާ ކޮންމެ ކަމެއްގަ އާލިމް ޝާޔަންއަށް އެހީވާނެ.ޝާޔަންއަށް ރަނގަޅު ފިރިއެއް ލިބުމެއްނު މޮމްގެ އުއްމީދަކީ .އަނެއްކާ މީ ތަރައްގީގެ ޒަމާނެއް…” ރިމާހް މުނީރާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަތަކަށް ބަލަމުން ވާހަކަދެއްކިއެވެ. ރިމާހްގެ ވާހަކަތަށް ނުނިމެނީސް މުނީރާ ވާހަކަ ދައްކަން ފެށިއެވެ.
” ދަރިފުޅާ..މަންމަވެސް ތިކަމާ ވަރަށް ވިސްނައިފިން…ޝާޔަން އެވަރަށް ހިތާމަ ކުރާތީ މަންމަގެ ލަގޮޑިއަށް ވަރަށް ތަދުވޭ..އެފަކީރު އުޅޭ ހާލުން ވަރަށް ވިސްނޭ..އާލިމްއާ ޝާޔަންގެ ގުޅުމަށް މަންމަ އިތުރަށް ދެކޮޅު ހަދާކަށް ނެތީން..ހުރިހާކަމަކީވެސް ހަމަ ތަގުދީރޭ ބުނެވޭނީ…ނޯމަލް ދެމީހުނަށްވެސް ހަމަ ލޭ އަޅާ ތެލަސީމިއާ މޭޖަރ ކެރިއަރުން އެބަލިބޭ..އެހެންވީމަ އެޔެއް ކިޔާކަށް ނޭނގޭނެ….ދެ ކެރިއަރުންނަށް ހަމަ ނޯމަލް ކުދިންވެސް ލިބިދާނެ…ލިބިދާނެ ކުދިންގެ ވައްތަރުތަށް ކިޔާކަށް ނޭނގޭނެ ދަރިފުޅާ…ހަމަ އެއްވެސް ކަމެއްނެތް މީހުނަށް ނުކުޅެދޭކުދިންވެސް ލިބެނީނު..އެއީ ހަމަ ﷲ ގެ އިރާދަފުޅު..އެކަންކަމަށް ގޮތް ކިޔާކަށް އަހަރެމެން އިންސާނުންނަކަށް ނޭނގޭނެ.. ﷲ ދެއްވާ ނިއުމަތަކަށް އުފަލާއެކު ބަލައިގަނެ ޝުކުރު ކުރަން ޖެހޭނީ..ޝާޔަން ހުރީ އެހާލުގަވެސް އާލިމްއާ އިންނަން ބޭނުންވެފަ..މަންމަ ކައިރި އެހެން ކިޔަންވެސް ކިޔައިފި..މަންމަގެ މައްސަލައެއް ނެތް ޝާޔަން އުފަލުގަ ހުރެއްޖާ..” ލޮލުން ފޭދުނު ކަރުނަތިކި ފޮހެލަމުން މުނީރާ ބުނެލިއެވެ. މަންމަގެ ހިޔާލްތަށް ހުރިގޮތުން ރިމާހް ހުރީ ހިތްހަމަ ޖެހިފައެވެ. އޭނާ ކޮޅުކޮޅު ހޯދާލި އާލިމް ނުވަތަ ޝާޔަންވެސް ފެންނަ ހިސާބެއްގަ ހުރިތޯއެވެ.
ޝާޔަން ރޮމުން ރޮމުން ދުވެފަ އައިސް އުޅުނީ ކޮޓަރިއަށް ވަދެ ތަޅުލާށެވެ. ނަމަވެސް ފަހަތުން އައި އާލިމް މާ ހުށިޔާރެވެ. ޝާޔަން ދޮރުޖެހުމުގެ ކުރިން އޭނާ ފަހަތުން ކޮޓަރިއަށް ދެމިގަތެވެ. ޝާޔަން އާލިމްއަށް ފުރަގަސްދެމުން ގޮސް ހުއްޓިލީ އެނދު ކައިރީގައެވެ.
“ޝާޔަން…” އާލިމް ގޮސް ޝާޔަން އޭނާގެ ގަޔާ ކައިރި ކޮށްލުމުން ދުރަށްޖެހުމުން ދެރަވިއެވެ.
“ޝާޔަން ހީކުރަނީ މި މިމޭގެ ތެރޭގައި ވިންދު ޖަހާ ހިތެއް ނެތްކަމަށްތަ…މިހިތަށް އަސަރެއް ނުކުރާނެ ކަމަށްތަ… އަހަންނަށް މިހެން ހަދަން ޝާޔަންގެ ހިތަށް ހަމަ އެއްޗެއް ނާރާތަ..ކޮންމެރެއަކު މިހިތް ތި ހަނދާންތަކުގަ ގިސްލާ ރޯވަރެއް ޝާޔަންއަކަށް ނުވިސްނޭނެ..ތިގޮތަށް ފޯނާ އެއްޗެހި ނިއްވާލީމަ އަހަންނަށް ވާނެ ވަރެއް ނޭނގޭތަ ހަމަ.. އަހަރެން ހާދަ ދެރަވެޔޭ.. ހަމަ ރަނގަޅަށް އެނގޭނެ އަހަންނަށް ޝާޔަންގެ ލޮތްބާ ނުލާ ނޫޅެވޭނެކަން..ކީއްވެ ތިހެން ތިހަދަނީ…މި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ހަނދާން ވާވަރުން އެއްފަހަރު ނަމަވެސް އަނގައިން ބުނެލާ ހިތުން ނުނިދިގެން އަހަރެން ތެޅި ފޮޅުންވަރު އެނގޭނެނަމަ އިހްސާސް ވާނެނަމަ ތިގޮތަށް ދުރުގަ ހުންނަން ކެތެއްނުވީސް..” ޝާޔަން ގެ ދެއަތުގަ ހިފަހައްޓައިގެން ހުރެ އާލިމް ބުނަމުން ދިޔަ ޖުމްލަތަށް އެންމެފަހުން މެދުކަނޑާލީ އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރުތަކުން ކުރިއަށް ނުގެންދެވިގެންނެވެ. އޭރު ޝާޔަންވެސް ގިސްލާ ރޮނީއެވެ. އާލިމްގެ އެ އަސަރުން ފުރިގެންވި ވާހަކަތަށް އޭނާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. ދެރަވެގެން ލަގޮޑިއަށް ބާރުކުރަމުން ދިޔަ ވަރުން އޭނާއަށް އެއްވެސް އެއްޗެއް ނުވެސް ބުނެވުނެވެ. ގިސްލާ ރޮވުން ފިޔަވާ އޭނައަށް ކުރެވުނުހާވެސް ކަމަކީ އާލިމްގެ މޭގެ ތެރޭގައި މޫނު ފޮރުވާލުމެވެ. އޭނާއަށް ދުވަހަކުވެސް އާލިމްއާ ދުރަކަށް ނުދެވޭނެއެވެ.
“އަހަރެން ބޭނުން ވިހާވެސް އަވަހަށް މެރީ ކުރަން.. އާލިމްގެ ފެމެލީ ގަބޫލުވާނެތަ މިހެންވެފަ އޮތީމަ މެރީ ކުރަން..” އިސްއުފުލާލަމުން އާލިމް އާ ހަތަރު ކަޅި ހަމަކޮށްލަފައި ޝާޔަން ބުނެލިއެވެ. އާލިމް ބުނީ އާއިލާއާ ދޭތެރޭ ނުވިސްނުމަށާ އެމީހުން ގަބޫލުވެ ހަމަޖެހޭނެ ކަމަށެވެ. އެމީހުންގެ ވިސްނުން ކޮންމެ ގޮތަކަށް ހުއްޓަސް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތަކުންވިޔަސް ޝާޔަންއެވެ.
އާލިމް ޝާޔަންގެ ދެލޮލުން ފޭބި ކަރުނަތަށް ފޮހެދެމުން ތެމިފައިވާ އެ އެސްފިޔަތަކުގަޔާ ލޮލުގަ ބޮސްދިނެވެ. އާލިމްގެ ފިރުމުންތަކުން ޝާޔަންގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ.
3 އަހަރު ފަސް
މެންދުރުގެ ހޫނުގަދަ މިވަގުތު ޝާޔަން އިނީ އޭނާގެ މޭޒު ދޮށުގަ ގްރޭޑް އަށެއްގެ ކުދިންގެ ބަޔޮލޮޖީ ޓެސްޓް ޕޭޕަރުތަށް މާކް ކުރާށެވެ. ހިތަށް އުފާވެރިކަމެއް ލިބިފަވީ އޭނާ އުއްމީދު ކުރިވަރަށް ވުރެވެސް ދަރިވަރުންގެ މާކްސްތަށް ރަނގަޅު ވުމުންނެވެ. އެގޮތުގަ އިނދެއިނދެފަ ގެއަށް ދާން ތެދުވީ އެކެއް ޖެހުމުން ބްރޭކަށެވެ. ޝާޔަން އޭނާގެ އަށްމަސް ފުރިފަ ހުރި ބޮޑު ބަނޑާއެކު ބުރަހެލި ގޮތަކަށް ހިނގާލަފަ ނިކުތެވެ. ހޫނު ގަދަކަމުން ދުރުން ބިންގަނޑު ހަނަހަނަ ޖަހާތަން ފެނުނެވެ. ޝާޔަން އަވި އައިނު އަޅާލާފަ ކުޑަ ހުޅުވާލަމުން ލަސްފިޔަވަޅުތަކެއްގަ މިސްރާބް ޖެހީ މާ ދުރުނޫން ހިސާބެއްގާ ހުރި އޭނާގެ ގެއަށެވެ.
” އަވަހަށް އާދޭ ބަތްކާން ދަރިފުޅާ..” ޝާޔަން ފެނުމާއެކު މުނީރާ ގޮވާލިއެވެ. ޝާޔަން ހިނިތުންވަމުން އައިސް ފުރަތަމަވެސް ފިނިފެން ފޮދަކުން ކަރުތެރެ ތެންމާލިއެވެ. މުނީރާ ހުރީ ޝާޔަންގެ ހަރަކާތްތަކަށް ބަލާށެވެ.
“އަދިވެސް މި ފޮއްސި ކަން ނުކެނޑެޔޭ ދޯ..” މުނީރާ ޝާޔަންގެ ފޮއްސިވެފައިވާ އަތްތިލައިގަ އަތް ކާއްތާލިއެވެ.
ޝާޔަން ނުކައި މަޑުކޮށްލީ އޮފީހުން އާލިމް އަންނަންދެނެވެ. ފިރިމީހާއެކު ކެއުމަކީ އޭނައަށް ލިބޭ އުފަލެކެވެ.
ޝާޔަން ބްރޭކް ނިންމާފަ ސްކޫލަށް ގޮސް އުޅެން ޖެހުނީ އިންތިހާ ބުރަކޮށެވެ. މާދަމާއިން ފެށިގެން ވިހަން އޭނަ ޗުއްޓީ ނަގާތީ ދަރިވަރުންގެ ހުރިހާކަމެއް އެދުވަހު އޭނާ ކޮށް ނިންމިއެވެ. އޭނާ ދިއުމުން ދެން އެ މާއްދާ ކިޔަވައިދޭން ހަވާލުވާ ބިދޭސީ ޓީޗަރަށް އޭނާ ހުރިހާ މައުލޫމަތެއް ދިނެވެ.
އާލިމް ފެންވަރާލިއިގެން ނިކުތް އިރު ޝާޔަން އޮތީ އެނދުމމަތީގަ އޮށޯވެލައިގެންނެވެ. އާލިމް ޝާޔަންއަށް ދޭތެރެއަކުން ބަލައިލަމުން މުޅި ގައިގަ ލޯޝަން އުނގުޅިއެވެ. ދެން އޭނާ ނިދަން ލާން ގެންގުޅޭ ސޯޓް ބުރި ލައިގެން އައިސް އެނދުގަ އިށީންދެފަ ބަލައިލިއިރު ޝާޔަން އަށް އޮތީ ނިދިފައެވެ. އާލިމް ގުދު ވެލާފައި ޝާޔަންގެ ކޯތާފަތާ ނިތުގަ ބޮސް ދިނެވެ. ދެން އޭނާ ޝާޔަންގެ ބަނޑުގަ މަޑުމަޑުން ދެއަތުން ހިފަހައްޓާލަމުން ދަރިފުޅު ހަރަކާތްތަށް އިހްސާސް ކޮށްލިއެވެ. ލޯބިން ބަނޑުގަ ބޮސްދީފަ ޝާޔަންގެ ގައިގަ ރަޖާ އަޅުވައިދިނީ ފިނިވެފަ އޮތް ހެން ހީވާތީއެވެ. ކިތަންމެ އިރަކު އޭނާއަށް ޝާޔަންގެ ލޯބި މޫނުކޮޅަށް ބަލަން އޮވެވުނެވެ. މިއަދު އޭނާ ހާދަ އުފާވެއެވެ. ﷲ ހަޒްރަތަށް އަބަދު ހަމްދުކުރެވެނީ އޭނަގެ އަނތްބަކަށް ޝާޔަން ވީތީއެވެ. އޭނާއަށް ޝާޔަން ގެއްލިއްޖެ ހެން ހީވި ދުވަސް ތަކެއްވެސް ހަޔާތުގަ އައެވެ. އެހިތި ހަނދާންތަށް އާވުމުން މިއަދުވެސް އެދެލޯ ފެންކަޅިވެދެއެވެ. އޭރު ނުރުހުންވި ގޮތަށް ބައްޕަ އަދިވެސް އެހެރީ އޭނައާ އަނގައިން ނުބުނާށެވެ. މަންމައާ އެއްބަނޑު މީހުން އޭނާއަށް ކިތަންމެ ރަނގަޅަސް ބައްޕަ މިކައިވެންޏާ ދެކޮޅުވުމުން ހާދަ ދެރަވިއެވެ. ކައިވެންޏަށްފަހު ޝާޔަން މެންގެ ގޭގައި އުޅެން މިޖެހުނީވެސް މިސަބަބާ ހެދިއެވެ. މިހާރު އޭނާގެ އަންހެނުން އޭނީ ބަލިވެ އިނދެ ވިހަން ކައިރިވެފައެވެ. އަދިވެސް ބައްޕަ ހިތްހެޔޮކަމާއެކު އެދެމަފިރިންނާ ވާހަކަ ދައްކާކަށް ނުވޭ ހެއްޔެވެ. ބައްޕަ ހަމަ އެހާ އެރުޅި އަންނަނީ އެދެމަފިރިންނަކީ ތެލަސީމިއާ ކެރިއަރުންނަށް ވީމަ ހެއްޔެވެ. އެކިއެކި ހިޔާލްތަކުގަ އޮއްވާ އާލިމައަށް ނިދުން އިރެއްވެސް ނޭނގެއެވެ.
އޭގެ ދެތިން ދުވަސް ފަހުން މުނީރާ އާ ޝާޔަން މެންގެ ދެމަފިރިން އުޅުނީ މާލެ ދިއުމުގެ ތައްޔާރީ ތަށް ވާށެވެ. ޝާޔަން ވިހަން ބޭނުންވީ މާލޭގަ ކަމަށް ވާތީއެވެ. އަނެއްކޮޅުން ރިމާހް މިހާރު ދިރިއުޅެނީ މާލޭގަ ކަމަށްވާތީ އެމީހުންގާތުގަވެސް އުޅެން ބޭނުންވާތީއެވެ.
ޝާޔަން މެނަށް މާލެ ދެވުނީ އެރެއެވެ. އެމީހުން ތިބެން ހަމަ ޖެހުނީ ރިމާހް ހިފާފަ ހުރި ތިން ކޮޓަރީގަ އެޕާޓްމެންޓެއްގައެވެ. އެއް ކޮޓަރީގަ ރިމާހް މެން ދެމަފިރިން އުޅޭއިރު އަނެއްކޮޓަރި ހުރީ ޝާޔަން މެނަށެވެ. ބާކީ ހުރި ކޮޓަރި ދިނީ މުނީރާއަށެވެ. ދުވަސް ގަނޑަކަށްފަހު ދެދަރިން އެއްތާކުން ބައްދަލުވެ އެކީގަ އުޅުމުގެ ފުރުސަތު ލިބުމުން މުނީރާ ހުރީ ވަރަށް އުފަލުންނެވެ. ދަރިންނަށްޓަކާ މައިވަންތަ ކަމުގެ ލޯބިން އޭނަގެ ހިތް އުތުރި އަރައެވެ.
މާލޭގަ ހަފްތާއެއް ހޭދަ ކުރެވުނު އިރު ޝާޔަންވަނީ ވިހަން ގާތް ވެފައެވެ. ވިހެއުމުގެ ދުވަސް ގާތްވަމުން ދިޔަ ވަރަކަށް ފާޑަކަށް ޝާޔަންގެ ހިތް ބިރު ގަނެ އުނދަގޫ ވަމުން ދިޔައެވެ. ބަނޑުބޮޑު ކަމުންނާ ނޭވާލަން އުނދަގޫވެފަ ހުންނަ ވަރުން އޭނައަށް ގިނަރޭރޭ ނިދަން ވެސް ދަތިވެއެވެ. އެދުވަހު ކުޑަކޮށް ބަނޑުގަ ރިއްސާލުމުންވެސް ބިރުގަތް ވަރުން ޝާޔަން ބޭނުންވީ ޑޮކްޓަރަށް ދައްކަންދާށެވެ. ޑޮކްޓަރަށް ދައްކަން ދިއުމުން ހޮސްޕިޓަލްގަ އޭނާ ބޭއްވިއެވެ. ލޭގެ ޓެސްޓް ހަދާފަ ޑޮކްޓަރު ބުނުއްވީ ވިހަންވާއިރު ލޭ ހުންނަން ޖެހޭ ވަރަށް ވުރެ ލޭ މަދުވެސް ކަމަށެވެ. އެހެންކަމުން ވިހެއުމުގެ ކުރިން ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ލޭ ދޭނެ ފަރާތެއް ހޯދާފަ ބަހައްޓަން ޖެހުނެވެ. ލޭ މަދުކަން އެނގުމުންވެސް ޝާޔަން ހިތް ބިރުގަންނަން ފެށިއެވެ. ނަމަވެސް އޭނާގެ ހިތުގަ އުފާވެރިކަމެއްވެސް ވެއެވެ. އަބަދުވެސް ﷲއަށް ހަމްދުކޮށް ޝުކުރު ކުރެވެނީ ބަނޑުގަވާ ދަރިފުޅަކީ މުޅިން ނޯމަލް ކުއްޖަކަށް ވީތީއެވެ. ދެ ކެރިއަރުންނަށް ލިބޭ ދަރިއަކަށް ވިޔަސް ﷲގެ ކުޅަދުންވަންތަ ކަމުން އެދަރިފުޅު އެވީ މުޅިން ރަނގަޅު ކުއްޖަކަށެވެ.
ޑޮކްޓަރު ބުނުއްވީ ޝާޔަންގެ ބަނޑަށް ދުވަސް ނުފުރޭ ކަމަށާ އެރިހުމަކީ ވިހަން ރިއްސާ ރިހުމެއް ނޫންކަމަށެވެ. އޭރު އެރިހުން ކެނޑިފަ ވީތީ ޝާޔަން ވެސް އޮތީ ހިތްހަމަ ޖެހިގެން ދަރިފުޅުގެ ތޮޅުން އިހްސާސް ކޮށްލަން އުފަލުންނެވެ. ނަރުސް ކުއްޖެއް އައިސް ޑިސްޗާޖް ކުރަން އުޅޭ ކަމުގެ ވާހަކަ ބުންޏެވެ. ޝާޔަންގެ މެޔަށް ގޮތެއް ވެގެން ދިޔައީ އެ ނަރުސް އަންހެން ކުއްޖާގެ މޫނު ފެނުމުންނެވެ. ލިބުނު ހައިރާން ކަމުގަ އޭނާގެ ދެލޯ ބޮޑުވިއެވެ. އެއީ މީގެ ހަތަރު އަހަރު ކުރިން އަމިއްލައަށް މަރުވި މާޔާއެވެ. އެސޫރައިން ފެންނަ ހަމައެކަނި ތަފާތަކީ ބުރުގާ އަޅާފަ ހުރިކަމެވެ. އެކަމަކު މިވަނީ ކީއްހެއްޔެވެ. މާޔާގެ ފުރާނަނެތް ހަށިގަނޑު އޭނާގެ ދެލޮލުންވެސް ދުށްޓެވެ. ވީއިރު ކުރިމަތީ މިހުރީ ކާކު ހެއްޔެވެ. ހަމަ ގައިމުވެސް މަރުވެފަ ވީ މީހަކު ދިރިގެން ނާންނާނެތާއެވެ. ޝާޔަން ދެލޯ ބޮޑުކޮށްގެން ބަލަން އިނުމުން އެނަރުސް ހިނިތުންވެލާފައި އެނބުރި ދާން ހިނގައިގަތެވެ. ނަމަވެސް ހަމަ އެ ސިކުންތުގަ ޝާޔަން އޭނާގެ އަތުގަ ހިފެ ހެއްޓިއެވެ.
“މާޔާ” އަކުރުތަކަށް ބާރުލަމުން އުނދަގުލުން ޝާޔަންއަށް ގޮވާލެވުނެވެ. ހަމމައެޔާއެކު ފުރަގަސްދީގެން ހުރި ގޮތް ނޭނގޭ އެއަންހެންކުއްޖާގެ ނިތަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ. އެ އަންހެންކުއްޖާ އެނބުރިލާފަ ޝާޔަންއާ ކުރިމަތި ލަމުން ހަތަރު ކަޅި ކޮށްލިއެވެ.
” މާޔާއެއް ނޫން…އަޅުގަނޑަށް ކިޔަނީ މިޒްނާ އިނގޭތޯ..ކަމެއް ބޭނުން ވީތޯ..” ހިތްހެޔޮ ހިނިތުންވުމަކައެކު އެ ކުއްޖާ ބުނެލިއެވެ. ޝާޔަންއަށް އިނދެވުނީ ގަބޫލް ކުރަން ދަތިވެފައެވެ. “މާފް ކުރައްވާ..އެހެން ކުއްޖަކާ ވައްތަރުވީ..” ގަދަކަމުން ހިނިތުންވަމުން ޝާޔަން ބުނެލުމުން މިޒްނާ ނިކުމެގެން ހިނގައްޖެއެވެ. މިޒްނާ ގޮސް ލޯމަތިން ގެއްލުނު އިރުވެސް ޝާޔަން އަށް އޮވެވުނީ ފުން ވިސްނުމެއްގައެވެ. މާޔާ އާ އެކުއްޖާ ހާދަ ވައްތަރެވެ. އެއީ ކޮންތާކު ދިރި އުޅޭ ކުއްޖެއްބާއެވެ. އާލިމްއައި އިރުވެސް ޝާޔަން އޮތީ ފުންވިސްނުމެއްގައެވެ. ޝާޔަން އާލިމްއާ އެވާހަކަ ހިއްސާ ކުރުމުން އާލިމް ބުނީ ވައްތަރު އިންސާނުން ދުނިޔޭގަ އުޅޭނެ ކަމަށާއި އެކަމާ ދެން ނުވިސްނުމަށެވެ. ނަމަވެސް ޝާޔަން އަށް އަބަދު މިޒްނާގެ މޫނު ސިފަވެއެވެ. އޭނާ ފަހުން މިޒުނާ އާ ވާހަކަ ދައްކާލާ ހިތުން ވަރަށް ގިނައިރު އޮތެވެ. ނަމަވެސް ފަހުން އައީ އެކަށްވެސް އެހެން ނަރުސް ކުދިންނެވެ. ޝާޔަން ހޮށްޕިޓަލް ނިކުމެގެން ގެއަށްދާން ދިޔައިރުވެސް ކޮޅުކޮޅަށް ބެލުނީ އެއްފަހަރުނަމަވެސް މިޒްނާ ފެނޭތޯއެވެ.
ޝާޔަން ވިހަން ބުނެފަ އިން ދުވަސް ގާތްވަމުން ދިޔަވަރަކަށް އެހިތަށް ވެރިވަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ. މިކަން ކިތަންމެ ރަނގަޅަށްވެސް އާލިމް އަށް ފާހަގަ ކުރެވުނެވެ. ޝާޔަންގެ މިޒާޖަށް ބޮޑެތި ބަދަލްތަކެއް އައިސްފިކަން އޭނާ ދެނެގަތެވެ. އަދި އެއީ ކީއްވެގެން ވާ ކަމެއްކަން އޭނާ ދެނެގަތެވެ. އާލިމް ބޭނުންވީ ޝާޔަން ފިކުރުތަކާ ދުރުކޮށް އެހިތަށް ކުޑަ ހަމަ ޖެހުމެއް ހޯދާ ދޭށެވެ. އެހެންކަމުން ދެމަފިރިން އެކުގާ އެދުވަހު ހަވީރު ބޭރަށް ނިކުމެލީ ވިހަން ވާއިރަށް ދަރިފުޅަށް ބޭނުންވާނެ އެއްޗެހިގަނެ ކުޑަކޮށް ބާޒާރު ކޮށްލާށެވެ. ދެމީހުން އެކުގަ ހި ނިތުންވެފަ ތިބެ ގޮސްވަނީ އެހާ ދުރުނޫން ހިސާބެއްގަ ހުރި ވަރަށް ފަހުން ހުޅުވި ބޮޑު ފިހާރައަށެވެ.
އާލިމްއަށް ސިހިފަ ބަލައިލެވުނީ ފިހާރަ ތެރޭގަ ހުރި ޒުވާނާ ފެނުމުންނެވެ. “ރިފާއު..” ލަސްލަހުން އާލިމް ބުނެލި އަޑު ޝާޔަންއަށް އިވުމުން އޭނާވެސް ތެޅިގަނެފަ ކުރިއަށް ބަލައިލިއެވެ. އަހަރުތަކަކަށް ފަހު މިފަދަ ގޮތަކަށް ދިމާވުމުން ބުނެދޭންދަތި އެތަށް އެއްޗެހިތަކެއް ޝާޔަންގެ ހިތަށް އެރިއެވެ.
މިހާ ޒަމާން ގަނޑަކަށްފަހު ފެނުމުން އާލިމްއަށް އަނގައިން ނުބުނެ ހުންނާކަށް ނުކެރުނެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާއާ އާއިލީ ގޮތުން ގުޅިފަވާ ދެބެންގެ ދެދަރި ބޭބެއެވެ. ރިފާއު ކަން ކުރާނީ ކިހިނެއް ކަމެއް ނޭނގުނަސް ހިއްވަރު ކޮށްލާފަ އާލިމް ގޮސް ރިފާއުގެ ކޮނޑުގަ އަތް އަޅަލިއެވެ. ސިހިފައި ރިފާއު ބަލައިލުމައެކު ދެލޯ ބޮޑުވީ ކުރިމަތީ ހުރި އާލިމް ފެނުމުންނެވެ. ” އާލިމް” ރިފާއު ބޭ އިހްތިޔާރުގަ ބުނެވުނެވެ. ސިކުންތެއްވެސް ނުވެ ދެން ފެނުނީ އޭނާ އާލިމް ގައިގަ ބައްދާލި ތަނެވެ.
” ކިހިނެއްތަ..ހާދަ ދުވަހެއް ކޮށްފަ މިދިމާވީ..” ރިފާއު ވާހަކަ ދައްކަން ފެށި ގޮތުން މާޒީގަ ކަމެއް ހިނގާފަ އޮތް ހެންވެސް ހީނުވެއެވެ. ރިފާއުގެ އެ ބަދަލާމެދު އާލިމް ހިތުގެ އަޑިން އުފާ ކުރިއެވެ. ރިފާއު ދައްކަ ދައްކަ ހުރި ވާހަކަތަށް ހުއްޓުނީ އާލިމްގެ ފަހަތުގަ ހުރި ޝާޔަން ފެނުމުންނެވެ. އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ޝާޔަންގެ ނުވަ މަސް ފުރި ވިހަން ގާތްވެފަވާ ބަނޑަށެވެ. ރިފާއުގެ މޫނަށް ވެރިވީ ހިތާމަވެރި އަސަރުތަށް އާލިމް އަށް ފެނުނެވެ. އޭނަ އަދިވެސް ޝާޔަންދެކެ ކުރިއެކޭ އެއްގޮތަށް ލޯބިވާކަން ޔަގީން ކުރެވުނެވެ.
ރިފާއު އަށް ޝާޔަންއާ ވާހަކަ ދެއްކުމުގެ ހިއްވަރު ނުލިބުމުން ހަމައެކަނި ހިނިތުންވެލިއެވެ. ޝާޔަންވެސް ހުރެވުނީ އަހަރުތަކަކަށް ފަހު ފެނުމުން ބުނަންވީ އެއްޗެއް ނޭނގިފައެވެ. ރިފާއުގެ ދެލޮލުން ފޮރުވަން މަސައްކަތްކުރަމުންދިޔަ ހިތާމަތަށް އޭނާއަށް ސިއްރެއް ނުކުރެވުނެވެ. ރިފާއު ހުރީ ވަރަށް ދެރަވެފައެވެ. އޭނާ އަދިވެސް ޝާޔަންދެކެ އިންތިހާއަށް ލޯބިވެއެވެ. މީގެ އަހަރުތަކެއް ކުރީން އޭނާ ވީ ލޯބި ތާޒާ ކަންމަތީ ހިތުގަ އަދިވެސް ވިއެވެ. އެހިތާމަ އޭނާގެ ނަފްސާ ހިތުގަ އަދިވެސް ހަރުލާފަ ވެއެވެ. މިހާރު އޭނައަކީ މީހެއްގެ ފިރިއެއް ކަމުގައިވިޔަސް އޭނާ ގެ އަންހެނުންދެކެ އޭނާއަށް ދުވަހަކުވެސް ލޮތްބެއްނުވެވޭނެއެވެ. ހަޔާތެއް ފެށިދާނެއެވެ. މީހަކާ އިނދެވިދާނެއެވެ. ނަމަވެސް ހިތެއްގަ އޮންނަ ތެދުވެރި ލޯބި ފޮހެލާނީ ކިހިނެއް ހެއްޔެވެ. އެއީ ނުވާނެ ކަމެކެވެ. އޭނާ ޝާޔަން ދެކެ ވީ ތެދުވެރި ލޯބި މަރު ދުވަހަށްވެސް އޮންނާނީ އެގޮތުގައެވެ. އެޔަކަށް ބަދަލެއް ނާންނާނެއެވެ.
” ހަނީ މީތި އޯކޭތަ..” ޝާޔަން އާ އާލިމްގެ ނަޒަރު ސީދާ ވީ ކުޑަކުއްޖެއްގެ ހެދުންކޮޅެއް ހިފައިގެން އައިސް ރިފާއުގާތަށް ހުއްޓިލި އަންހެން ކުއްޖާއަށެވެ. އެމީހުން ބަލާކަށް އެނގުމުން އެއަންހެން ކުއްޖާ އެމީހުންނަށް ބަލައިލާފަ ހީލިއެވެ. ” ހައި” ލަދުން ހުރެ އެކުއްޖާ ބުނެލިއެވެ. ޝާޔަންއަށް ހައިރާންވެވުނީ އެއީ ހޮސްޕިޓަލް ތެރެއިން އޭނާއަށް ފެނުނު އަންހެން ކުއްޖާއަށް ވީމައެވެ.
” މީ އަހަރެންގެ އަންހެނުން މިޒުނާ…މިޒޫ މިހިރީ އަހަރެންގެ ކަޒިންއެއް..މީ އޭނާގެ ލޯބިވާ ވައިފް..” ރިފާއު ވަރަށް ހިއްވަރާއެކު ވާހަކަދެއްކިއެވެ.
“ތިހިތަށް އަރަނީ ހާދަ މާޔާއާ ވައްތަރޭ ދޯ…އެއީ ހަމަ އިއްތިފާގެކޭ ބުނެވޭނީ ދޯ މިޒޫ…މިޒޫ ފެނުން ދުވަހު އަހަންނަށްވެސް ހައިރާންވެގެން އެހެން ބުނެވުން..” ރިފާއު ހިތި ގޮތަކަށް ހީލަމުން ހިތާމަތަށް ފޮރުވަމުން ވާހަކަ ދެއްކިއެވެ. ޝާޔަން ގެ އެކުއްލި ފެނިލުމުން އޭނާގެ ހިތަށް ވަނީ ތަދުވެފައެވެ. ނަމަވެސް ދެން ދުވަހަކުވެސް ޝާޔަން ނުލިބޭނެކަން އޭނައަށް އެނގެއެވެ.
އެދުވަހު ގެއަށް އައިސް ވެސް ޝާޔަން އަށް ވިސްނުނީ ރިފާއުއާ މެދުގައެވެ. އޭނައަށް އިތުރަށް އިންތިޒާރު ކުރަން ނުހަދާ ރިފާއު ކައިވެންޏެއް ކުރީތީ ޝާޔަން އުފާވެސް ކުރިއެވެ.
އާލިމް އައިސް އަވަހަށް ނިދަން އޮށޯތީ އޭނާގެ ބޮލުގަ ނުލަފާގޮތަކަށް ރިއްސަން ފެށުމުންނެވެ. ދަންވަރު އޭނައަށް ހޭލެވުނީ ޝާޔަން ގޮވުމުންނެވެ. އޭރު ބަނޑުގަ ރިއްސާތީ އެފަކީރު ތެޅި ރޮނީއެވެ. އާލިމް އަވަހަށް ގޮސް މަންމަ މެންނަށް ގޮވާ ހޭލެއްވި އިރު އޭނާއަށް ހުރީ ފާޑަކަށް ރޮވިފައެވެ. ޝާޔަން އެހާ ވޭނުގަ އުޅޭތީ އޭނާ އިންތިހާއަށް ދެރަވެއެވެ. އަދި ވިހާ އިރު ހާދަ ވޭނެއް އަޅަނެއެވެ. ހޮސްޕިޓަލްއަށް ގެންދިޔައިރުވެސް ރިހުންއަންނަލެއް ގަދަ ކަމުން ޝާޔަން ތެޅި ފޮޅެނީއެވެ. ގެންދިޔަގޮތަށް އޭނާ ވެއްދީ ވިއްސާ ކޮޓަރިއަށެވެ.
ޝާޔަން ވިއްސާ ކޮޓަރީގަވާ ކޮންމެ ސިކުންތުކޮޅަކީ އާލިމްގެ ހާސްކަމަށް އިތުރުވާ ބޮޅެކެވެ. އެއްތާކު ދެފައި ނުޖެހިގެން ހާސްކަމުގަ އޭނާ ތެޅިތެޅި ބޭރުގަ ހުއްޓެވެ. ޝާޔަން ވިހާނެ އިރެއްގެ އިންތިޒާރުގަ އެހެން ހުއްޓާ ޑޮކްޓަރު ނުކުމެފަ އެންގީ އޮޕެރޭޝަން ކުރަން ޖެހޭ ވާހަކައެވެ. ކަންބޮޑުވި ވަރުން އާލިމްގެ މުޅި މޫނުން ދާތިކިތަށް ހިއްލައިލިއެވެ. ފޯމްގަ ސޮއެކުރި އިރު އޭނާގެ އިނގިލިތަށް ތުރު ތުރު އަޅައެވެ.
އިރުކޮޅެއްގެ ތެރޭގައި އޭނާއަށް ލިބިގެންދިޔައީ ހަޔާތުގަ ލިބުނު އެންމެ ބިރުވެރި ހަބަރެވެ. އޭނާގެ ލޯބިވާ އަންހެނުން ވިހެއުމަށްފަހު ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ދުނިޔެ ދޫކޮށް ދިޔައީއެވެ. އާލިމް އަށް ހީވީ މުޅި ދުނިޔެވެސް ހުއްޓުނު ހެންނެވެ. އެ ބިރުވެރި ހަބަރާއެކު އޭނާގެ ހިތުގެ ހިނގުން މަޑުޖެހުނެވެ. ރޯންވެސް ނޭނގި އޭނާއަށް ހިނގައިގަނެވުނީ ދުރަށެވެ. އޭރު ނަރުސް ކުއްޖާ ޝާޔަން ދޫކޮށްދިޔަ ތުއްތު އަންހެން ދަރިފުޅު ގެނެސް މުނީރާއާ ހަވާލް ކުރަނީއެވެ.
ސިއްސައިގެންގޮސް އާލިމްއަށް ހުވަފެނުން ހޭލެވުނީ ޝާޔަން ރޮއެ ރޮއެފަ ގޮވަނިކޮށެވެ. ” އަހަރެން ބަނޑުގަ ރިއްސަނީ..މަންމައަށް ގޮވާބަލަ،..” ވޭނާއެކު ޝާޔަން ބުނެލިއެވެ. އާލިމް ހުރީ ވާނުވާގައެވެ. އެފެނުނީ ހުވަފެނެއްކަން އެނގުނަސް އޭނާ ހިތް ބިރުގަތީ ހޭލެވުން އިރު ޝާޔަން ބަނޑުގަ ރިއްސާތީއެވެ.
ހޮސްޕިޓަލްއަށް ދިއުމުން ހުވަފެނާ އެއްގޮތަށް ކަންތަށްވާން ފެށުމުން އާލިމް އަށް ބޭއިހްތިޔާރުގަ ރޮވުނެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަހުމަތުން އޭނައަށް އޭނާގެ ލޯބިވާ އަންހެނުން ވިހަން ކުރި އޮޕެރޭޝަނަށް ފަހު ހެޔޮހާލުގަ ލިބުނެވެ. ހުވަފެނާ ތަފާތުވީ އެންމެ ތަންކޮޅެކެވެ. ހުވަފެނާ ހިލާފަށް ޝާޔަންއަށް ލިބުނީ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ލިބުނު އުފަލުން އާލިމް ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. އޭރު އުފަލުން އޭނައަށް ރޮވިއްޖެއެވެ. ލޮތްބާއެކު ތުއްތު ދަރިފުޅު މޭގަ ބޮޑިކޮށްލަމުން އާލިމް ޝާޔަންގެ މޫނުގަ ބޮސްދިނެވެ. އޭރު ޝާޔަންގެ ދެލޮލުންވެސް ވަނީ ކަރުނަ އައިސްފައެވެ.
( ނިމުނީ)
56 Comments!
Comments are closed.



Oh.. Yes
vaahaka late vythy im so sorryy gyss..really sorry
wow. varahves reethi mi story 🙂
mivaahaka kiyyafa alhe ehvxx kuhjaku hynukuraachey mujuthamau in emmenvx nahthaalan beynun kanmakah reesham tharuhybu dhenyya..vaahakaiga dhe carrier in kaiveni khfa eothy reesham egothah ivaahaka nimmaalan beynunvyythy..bt ehvx haalehga reesham ekamah tharuhybu dheny eh nun..
mivaahakaiga mibaiga himenifa mihiryy reeshamge amilla hiyaalu..coxx aslu haadhisaa dhimaavi ehvx kujjeh adhivx marry nukh thibyy..maayaavx dhuniyeyga ebahuri..bt she still love rifaau..bt rifaau loabivany adhivx shaayan dheke.. shaayan n aalim thibyy adhivx rahtehivegen..bt marry nukureyy adhivx.. dhe carrier kan egunyma emyhun thiby family ah ekan adhivx sirru khgen..mikan mibunela dhiny baeh kudhin egen beynunvaanethy
mivaahaka akyy thikudhinnah kamudhiya vaahaka akah vaane kamah reesham ummeedhukuran..finally mivaahaka miothyy nimifa..mivaahaka feshugen nimmendhn kiyaali kudhin mifahu bayah ekujjehge hiyaalu hushahalhaalaane kamah ummeedhukuran
Wow…it was an interesting story ingey…loved it..reesham GE ehn story akh waiting ingey…?
Lovely story.
Hey normal dhe myhunnah career eh nulibeyne.. Libihjjeyyaa aee goaheh… Should do the DNA test dhn. bappa yageen kuran
nun libeyne i men rashuga hury libifa baeh myhunnah
thankss mintyy..mihaa avahah kiyaa nimmaalyythr
Yah..vrhaka eh vejjehyyr minty vrh fast vrne…?
Wow.. Varah reeethi?
nimmun miahvure furihama kohlinama maa reethi vaane…ekam dn hoahei noon…keep writing more…?
hehee…kulhadhaana mintyyy….
V v salhi
ya…thankss…reesham ulhunin nimmun thankolheh reethi kohlan bodah liyelan…bt 10 30 ve bodu vyma avas khlaafa up khlyy…aslu reesham hama v bxyy..reygadu 10 ge fahun hama neyvaa leveyy varah reesham freevanyy..reesham ulhenyy fulltime course ehga…so gina vaguthu hama cls ga ulhenyy…v time nulibeyy..ehnve mi storyyvx mi nimmaalyy..reesham mi storyy ge ending aa medhu ehaa hiyhamaeh nujeheyy
lve this story…vvvb reethi
V reethi
v reethi story eh..
v reethi story eh..v hithah asaru kohfi..
asluthrrr…thankss lahu and migu
real life kidhinge family ah ingey dhuvahakun vaanee kihineh baa.. best of luck to them.. wish them the very best.. allah ge iraadha fulhaa eku hurihaakameh ves rangalhu vaane..nd maaya aa rifaau ah ves emme rangalhu goi vumah edhen.. mi story varah habeys.. varah sad ves vi avahah nimuneema.. dhigu vinama varah salhi vaane.
thankss nishh…emyhunge life ah vaane gotheh neyge..mee hama thagudhyreyy buneveynyy…
WOW… v v reethi… ekam normal 2 meehunnah carrier eh libunu vaahaka adu mi ehy alah… dhuvahakuves ekahala vaahakaeh adeh naahan… doctors ves bunany ehen it’s impossible ey… ekan faahagavy kamunudhaa thankolhakah… overall koh v furihama… v asarugadha.. Reesham ge ehen vaahakaeh v avahah kiyaalan libeyne kamah ummeedhu kuran…
yp..aslu reesham egothah liyunyy normal dhemyhakah libifa huryma. dhn neyge dhw aee kihinehvyy kameh kameh..
Varah Lwbi Mi Story.. Thihaa Bxy Koh Ulhemun Ves Story Up Kohdhineema Varah Bodah Thanks ❤❤
thankss bumble bee
V reethi. E dhekudhin. Vakivi nama roe roe nuvx nidhunyx mirey. Thanks reesh.
hehe..nasybehnu dhw edhemyhun gulhuvunu kan
Mee vrh reethi vaahaka eh! Baeh kudhih ebuniheh thahkolheh dhigukohlinama maa reethivees! Bt also best ???. Best of luck 4 ur studies! N wish U all the best???
thank you reem
Nice story eh..????
Vara reeeethi….cryiy? Vara touching story ei….love it….dhen liyaaa vaahaka eives mivara reeeethi vaane kameh heeekuran….keeep it up…?
thanksss vishaaa….
Aslhu normal 3 meehunnah nulhibayne carrier eh.thete is some mistakes with the test.’m a carrier n my first lover is a carrier varah rofa vakivee me baynun nuvee darinnakee maa agubodhu javaa hireh Allah dehvaa.adhives loabivay ehkamu inshaAllah shaage life varah happy 2 dhuniyaygaves mihaaru baynumee mihaaruge hux.
V teeth?
V reethi ?
Vvvvvvvv reethi. Loabi vaahaka eh. Thank u reesham. U are the best. ????????????????
v reethi..??
E hurihaa kudhinnah ufaaveri baaajaveri dhuvasthakakah edhen. …..v rythi n v sad vi mi story kiyaafa ….
Mi part miahvuren dhigukohlaafa nimun miahvuren rythikohli nama adhi vaahaka vvv rythivis ekam ves goaheh nooon ninmaalun ingey mivaahaka nimey iru rifaau ah ehves ufaleh nulibe ehnu rifaau ah maayaa dheke loabi vegen nimun nama adhi rythivis……..nice story keep it up
Mi vaahaka kiyaa hithun reyga nunidhaa ove baraabaru 10 30 v irah belin….bt neii…dhn kihaa dhera vaane dhw…..anyways….this stry is amazing….. Vvv nyc…mi vaahaka adhi reyga kee vx feshign….rovifa huree…..dhn buneveynee hama v v nyc eyy??i love this stry
Thanksss for the lovelyyy commentsss…thanku everyonee…reesham adhi mihn ulhelaafa dheythereakun story eh up khladheynan
Mivaahaka ky kudhinnahshaa kiyaafa comment kuri hurihaa kudhinnahvx v v bodah thanksss
huvafenaa thafaath v enme thanei nun marei ves nuvey
Aaaeyyy dhww…
ree.. mi stry varah varah reethi…. but meega use koffa mihuree hama aslu names tha noonie fake names tha?
Aeee fake namess..ekudhinnakah neygeyne ree mistoryy liyun kameh..bt aalim kairi bunin. Maaya n rifaau still hate shayan n aalim
Varah reethi story haasakoh ninmun varah salhi
Kiyevve nulibeyny Allaah eee kulhadhunvantha raskalaange…dr.unnah neygey kithanme kameh vey…. evves kameh nuvaane kamah ninmaigen nuvaane
V asaru gadha vaahakaeh..mihen dhimaa vefa thibi kudhin ves thibeyne kan engey…kulhadhunvahtha ee allah…ehves kamehgga ummeedhu kandaalaakah nuvaane…reesham ge mivaahaka vv ves reethi..adhives reesham ge vaahakathah mihen gina inthizaaru thakeh kuran nujehi kiyaalan libeyne kamah unmmeedhu kiran…all the best dear?
Thank u aphy
Story ala mi ki, and nimendhen ekko read kurevunima, aslu v touching, and vara nice, 🙂
Oh thankssss for the lovelyy commentss
?
Kamaku nudheyy….vaahakaage kuhnu gehllilli…vaahakaage furatha partin vaahaka nimihjje……hiyaalu ragalu hushahelhun goass….