މާމަގެ މޫނުމަތިން ފެނުނު އަސަރުތަކުން މާމައަށް ކޮންމެވެސް ޝައްކެއްވިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ނޫންކަމަށް ހަދާލުމަށްފަހު އަވަހަށްގޮސް މާމަ ގައިގައި ބައްދާލީމެވެ.މާމަގެ ހިތްހަމަ ޖައްސައިދެވޭތޯއެވެ. މާމަވެސް ހިނިތުންވެލާފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެހެންކަމުން އަހަރެންބެލީ އަވަހަށް ކޮޓަރިއަށް ދިއުމަށެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު އެނދުމައްޗަށް ވެއްޓިގަނެވިއްޖެއެވެ. ވެފައިހުރި ވަރުބަލިކަމާއިއެކު ނިދީގެ އަސަރު އަހަރެންގެ މައްޗަށް ގަދަވެގަތެވެ.ނަމަވެސް ކުއްލިއަކަށް ސިކުނޑިއަށް އައި އެއްޗަކުން ފުންމައިގެން ތެދުވެވުނެވެ. “ހާދީބެ؟ ހާދީބެއަށް ކިހިނެއްބާވީ؟” އަހަރެންނަށް ހިތާއިހިތުން ކިޔާލެވުނެވެ. އަވަސްކަމާއިއެކު ފޯނު ހޯދާލެވުނެވެ. އެވަގުތު ފޯނު އެއްލާލެވުނު ހަނދާންވެސް އައިސްފިއެވެ. މިވީގޮތުން މިޖެހުނީ މާމަ ކައިރިއަށްދާށެވެ. މާމަ އަތުގައިނޫނީ ދެން ހާދީބެގެ ނަމްބަރެއް ނޯންނާނެއެވެ. އެނދުންތެދުވެގެން ބާރު ހިނގުމުގައިގޮސް މާމަކޮޓަރި ދޮރުކައިރީ ހުއްޓިލަމުން ދޮރުގައި ޓަކިޖަހާލީމެވެ. އަދި މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހުގައި އެތެރެއަށްވަނީމެވެ. މާމައަށް އޮތީ ނިދިފައެވެ. އެވަގުތު ހިތަށްލިބުނު ހިތްހަމަޖެހުން ބުނަންވެސް ނޭންގޭނެއެވެ.އެއީ މާމަގެ ސުވާލުތަކުން ސަލާމަތްވެވުނީތީއެވެ. އަވަހަށް ފޯނުނަގާ ހާދީބެ ނަމްބަރަށް ގުޅާލީމެވެ. ދެތިންފަހަރު ގުޅުމުންވެސް ފޯނެއްނުނަގައެވެ. ފަޒްލޫން ނަމްބަރުވެސް ހިތުން ނޭންގޭތީއާއިއެކު ހަދާނެގޮތެއް ނުވިސްނުނެވެ. އަނެއްކާވެސް ހާދީބެ ނަމްބަރަށް ގުޅާލީމެވެ.ނަސީބަކުން ފޯނު ނަގައިފިއެވެ. “ހަލޯ؟” އަހަރެން އަވަސްވެފައިވާ ހިތަކާއިގެން ބުނީމެވެ. “ހަލޯ.. ” އެކޮޅުންއިވުނީ ފަޒްލޫންގެ އަޑެވެ. “ފަޒްލޫން.. ކޮބާ ބައްޕަ؟ ހާލު ރަނގަޅުތަ؟ ރޭގައި ކިހިނެއްވީ؟ ފަހުން އެއްވެސް އުނދަގުލެއްވިތަ؟” އަހަރެންގެ ސުވާލުތައް އެއްފަހަރާ ކޮށްލެވުނީ ހާދީބެއަށް ވީގޮތެއް އޮޅުންފިލުވަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. “ބައްޕަގެ ހާލު މިހާރު ރަނގަޅު. ރޭގައި ފަހުން އެއްވެސް އުނދަގުލެއްނުވޭ.. ބައްޕަ ބުނީ ރަޝާގެ ހިތްވަރުންނޯ ބައްޕަގެ ފުރާނަ ސަލާމަތްވީ. އެކަމާއި އަހަރެން ރަޝާއަށް ވަރަށް ސުކުރުވެރިވަން..” ފަޒްލޫންގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. “ދެން ހާދީބެ މިކޮޅަށް އަންނަނީ ކޮންއިރަކުންޯ؟” އަހަރެން އެހީމެވެ. “މިރޭ އިރާދަކުރެއްވިއްޔާ އެކުރަން އައިކަންތައް ނިމޭނެޔޯ. އެހެންވީމަ މާދަމާ ހަވީރު މާލެދާނަން.ގޮސް މާދަމާރޭ ބޯޓުން ތިކޮޅަށްދާން ފުރާނަން.މިފަހަރު ބައްޕައާއިއެކު އަހަރެންވެސް ދާނަން.” ފަޒްލޫން ކުޑަކޮށް ހީލަމުން ބުންޏެވެ. އަހަރެންވެސް ކުޑައިރުކޮޅަކު ފޯނުން ވާހަކަ ދައްކަންހުރެފައި ފޯނު ބޭއްވީމެވެ.އަދި ހިތަށްލިބުނު ހިތްހަމަ ޖެހުމާއިއެކު ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ.ނަމަވެސް މާމަ ކެއްސާލިއަޑަށް އެދިމާއަށް އެނބުރި ބަލާލެވުނެވެ.އޭރު މާމަ ދެލޯ ބޮޑުކޮށްގެން އަހަރެންނާއި ދިމާއަށް ބަލަންއޮތެވެ. އަދި މާމަގާތަށް އައުމަށް އަތުން އިޝާރާތް ކުރަމުންދިޔައެވެ.. އަނެއްކާ އަހަރެން ފޯނުންދެއްކި ހުރިހާ ވާހަކައެއްވެސް މާމައަށް އަޑުއިވުނީ ކަންނޭންގެއެވެ. މާމަގެ ސުވާލުތައް އަހަރެންނަށް އަމާޒުވިއެވެ. އެހެންކަމުން އެއްވެސްކަމެއް ފޮރުވުމަކާއިނުލާ މާމަގާތު އަހަރެން އެހުރިހާ ވާހަކައެއް ހިއްސާކުރީމެވެ.އޭރު މަންމަވެސް އެވާހަކަތައް އަޑުއަހަން ދޮރުކައިރީ ހުއްޓެވެ. ދެން އެއްވެސްކަމެއް ސިއްރުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ.
ހަވީރުވަންދެން ނިދާލުމަށްފަހު އަހަރެންދިޔައީ އިޝާ ގާތަށެވެ. އޭރު އިޝާ ވަނީ ފަރުވާއަށްފަހު ގެއަށް ދޫކޮށްލާފައެވެ. ނަމަވެސް އިޝާ އެއްވެސް މީހަކާއި އެހާގިނައިން ވާހަކަދައްކައެއް ނުހަދައެވެ. އެއްގޮތަކަށްވެސް އެކަނި އިންނާކަށްވެސް ބޭނުމެއްނުވެއެވެ.އެކަމަކު އަހަރެން ފެނުމުން ރޮއެރޮއެފައި ވަރަށް ވާހަކަދެއްކިއެވެ.މާބޮޑަށް ބިރުގަތުމުގެ ސަބަބުން އޭނާއަށްވަނީ ނަފްސާނީގޮތުން ވަރަށް އަސަރުކޮށްފައިކަން އޭނާގެ ވާހަކައިން ދޭހަވިއެވެ. އަހަރެން އެކަމާއި ވަރަށް ދެރަވިއެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން އަސްލު ދިމާވި ސަބަބު އަހަރެން ނުކިޔައިދެމެވެ. އިޝާގެ މަންމަ ފިޔަވައެވެ. އިޝާއަށް ފަރުވާއެއް ދެވެން އޮތްގޮތަކީވެސް އެއީކަމަށް ވީތީއެވެ. ފުރަތަމަ އިޝާގެ މަންމަ ހުރީ ވަރަށް ބިރުންނެވެ.ނަމަވެސް އިޝާއަށް އޭތީގެ އެއްވެސް އުނދަގުލެއް ނުޖެހޭނެކަމުގެ ޔަގީންކަން އަހަރެން ދިނީމެވެ.އަދި އެއީ ބިރުންގޮސް ވީކަންތައްތަކެއްކަމަށް ބުނީމެވެ. އިރު އޮއްސެން ގާތްވުމުން އަހަރެން ނިކުތީ ގެއަށް ދިއުމަށްޓަކައެވެ.
ގެއަށް ދިޔަ މަގުމަތިީގައި ބަންގި ގޮވަންފަށައިފިއެވެ.އަހަރެންގެ ހިނގުން އަވަސްކޮށްލީމެވެ.ނަމަވެސް ހުއްޓެން މަޖުބޫރުވީ މީހަކު އަހަރެންނަށް ގޮވާލުމުންނެވެ. އެއީ ނާދްގެ އަޑެވެ.ނަމަވެސް އަހަރެން އަމިއްލަ ނަފްސު ހަމައަކަށް އެޅުވީމެވެ. އެއީ ނާދް ނޫންކަން ސިކުނޑިއަށް ވިސްނައިދިނީމެވެ. ފަހަތަށް އެނބުރި ބަލާވެސްނުލާ އަހަރެން ހިނގައިގަތީމެވެ.އޭރު މަގުގެ ދެފަރާތުގައި ބިންމަތީގައި ބަނޑުޖަހައިގެން ހަތަރު ކަޅުބުޅާ ތިއްބެވެ.އެވަގުތު އެއީ ވަރަށްބޮޑު ނުބައެއްކަން އަހަރެންނަށް އެނގުނެވެ.އެއީ ފުދޭވަރަކަށް ވަލާއި ކައިރި މަގެއްކަމުން އެއްވެސް މީހަކު އެމަގުމަތިން ފެންނާކަށްނެތެވެ. ބިރުގަތްނަމަވެސް ހިތްވަރުކުރަމުން ހާދީބެ ބުނެދީފައިވާގޮތަށް އަމަލު ކުރީމެވެ.ނަސީބަކުން އެއިން އެއްވެސް ބުޅަލެއްގެ ގޯނާއަކިާއި ނުޖެހި ގެއަށް ދެވިއްޖެއެވެ. ހަމަ ޖެހުމުގެ ނޭވާއެއްލަމުން ގެއަށްވަންނައިރު ކިޔާ ދުއާ ކިޔާލަމުން ގެއަށްވަނީމެވެ.
އަރާމު ނިންޖަކުން ނިދެމުން ދަނިކޮށް ސިއްސައިގެންގޮސް ހޭލެވުނީ ބާރު އަޑުފަށްގަނޑެއް އިވިގެނެވެ.ލޯހުޅުވާލެވުނުއިރު އެއްވެސްތަނެއް ފެންނާކަށްނެތެވެ.ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ފޯނު ހޯދާލީ އަލިކޮށްލުމުގެ ބޭނުމުގައެވެ. އަނެއްކާވެސް ފޯނު ނެތްކަން ހަނދާންވިއެވެ.އެހެންކަމުން އުއްބައްތިއެއް ހޯދާ އެދިއްލުމަށްފަހު ހިންދެމިލީމެވެ.އެއާއިއެކު ސިހިގެންގޮސް އަހަރެން ފަހަތަށް ވެއްޓުނީ ކުރިމަތިން ފެންނަންހުރި ސޫރައިގެ ބިރުވެރިކަމުންނެވެ. އެއާއިއެކު ބާރަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އެއީހަމަ ކުރިންރޭ މާމައާއި ދިމާކުރި އެއްޗެވެ. ދެލޯ ބޮޑުކޮށްގެން އަހަރެންނާއި ދިމާއަށް ބަލަން ހުރީ ބުޅާ މަސްގަނޑަކަށް ބަލާ ގޮތަށެވެ. “ކަލޭ ހީނުކުރައްޗޭ އަހަރެމެން ކަލޭ ސަލާމަތުން ދޫކޮށްލާނެޔޭ.. ތިތަވީދު ފަޅިސިކުންތަކަށް ވިޔަސް ކަލޭގެ ގައިން ވަކިކޮށްލަބަލަ.އެއީ ކަލޭގެ އެންމެފަހުގެ ނޭވާ މިދުނިޔެއަށް ލާނެ ވަގުތަކީ. ” އެޖިންނި ވާހަކަދައްކަމުންދިޔައިރު އަހަރެން ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. މުޅިކޮޓަރި ތެރޭގައި އެއްއަޑަކަށް އިވެމުންދަނީ އޭތީކީގެ އެ ބިރުވެރި އިންޒާރުގެ އަޑެވެ. އެއާއިއެކު ވިދާލި ވިދުވަރަެއްފަދައިން ލޯމަތިންއެސޫރަ ގެއްލިއްޖެއެވެ.އޮތްތަނުން ގުޑާލަންވެސް ނޭންގިފައި އަހަރެން އޮތީމެވެ.މިފަދަ އިންޒާރެއް މިހާ ފާޅުކަންބޮޑު ގޮތެއްގައި ލިބިދާނެކަމަށް ހީވެފައިވެސްނެތެވެ. ފުންމައިގެންތެދުވެ އަވަހަށް ދުއްވައިގަތީ މާމަ ކޮޓަރިއާއި ދިމާއަށެވެ. އޭތި މާމައާއިވެސް ދިމާކޮށްފާނެއެވެ.ނަމަވެސް ހެއިރާންކަން ލިބުނީ އޭރު މުޅިގޭތެރޭގައިވެސް ކަރަންޓުގެ އަލިކަން ހުރީތީއެެވެ.އެހެންވީމައި ކަރަންޓު މިދިޔައީ ހަމައެކަނި އަހަރެންގެ ކޮޓަރިންތާއެވެ.
ދެން އެރޭ އިތުރަށް އެންމެ ލޮލުފިޔައެއްވެސް ޖަހާކަށް އަހަރެންނަކަށް ނުކެރުނެވެ. އެކިކަހަލަ ބިރުވެރި ހުވަފެންތައް ފެންނާތީއެވެ. އެކިކަހަލަ ނާމާން އަޑުތައް އިވޭތީއެވެ.އިތުރު ހާދިސާއެއް ކުރިމަތިވެދާނެތީ ހިތްބިރުގަންނާތީއެވެ.
މިއަދަކީ ހާދީބެ އަންނަ ދުވަސްކަމުން އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭތީގިެ ކިބައިން ސަލާމަތްވުމަށް އަހަރެންނާއި އަހަރެންގެ އާއިލާއިން ކުރާމަސައްކަތުގައި ކާމިޔާބުދެއްވުން އެދި އެއްކައުވަންތަ ރައްބުގެ ހަޒުރަތަށް ދުއާކުރީމެވެ. އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އައި ބޯޓުން ހާދީބެ އައިސްފިއެވެ. ހާދީބެ އާއިއެކު ހުރި ފަޒްލޫންފެނި އަހަރެން ހައިރާންވިއެވެ. އެއީ ރީތި ޒުވާނެކެވެ. ފިރެހެންވަންތަ ހަށިގަނޑެއްލިބިފައިވާ ސުމާރޓު މީހެކެވެ. މުށިކުލައިގެ ކަޅީގެ ސަބަބުން އެމޫނުން ތަފާތު ރީތިކަމެއް ފާޅުވެއެވެ.އޭނާ ފެނުމުން އަހަރެންނަށް ލަދުން އިސްޖެހުނީ އެހެންވެއެވެ. “އޭތް.. ކިހިނެއްވިީ ހުއްޓިފައި ތިހުރީ؟” ފަޒްލޫން އައިސް އަހަރެންގެ މޫނުމަތީ އަތްހޫރުވާލަމުން ބުންޏެވެ.ގަތްލަދެއް ބުނެދޭންވެސް ނޭންގޭނެއެވެ. އެވަގުތުވެސް ހަނދާންވީ ނާދްގެ މަތިންނެވެ. އެއްކަހަލަ ދެމީހުނޭ ހިތަށްއެރިއެވެ.
ގެއަށްގޮސް ސައިބޮއެގެން ހާދީބެއާއި ވާހަކަ ދައްކާލުމަށްޓަކައި ޖޯލިފަތީގައި ޖައްސާލީމެވެ.. އަދި މިހާތަނަށް ދިމާވި ކަންތައްތައް ހިއްސާކުރީމެވެ. “އެހެންވީމައި ތިބުނާ ބޮޑު ގެއަކީ އޭއްޗެހިންގެ ގަނޑުވަރު. އެކިފަހަރު އެކިގޮތަށް ބަދަލުވާ ތަނެއްގެ އެތެރެއަށް ނުވަދެ ނިކުތްކަން އެއީ ނަސީބެއް.އަދި އެ ފެނުނު ހުދުކުލައިގެ އެއްޗެހިތައް އައުމުގެ ކުރިން އެގޭގެތެރެއިން ނިކުމެވުންކަންވެސް ހަމަ ނަސީބު.އެކޮއެމެން ސަލާމަތްތިވީ ވަރަށް ނަސީބުގަދަވީމައި.ކޮބާ އެފޮތް މިހާރު؟” ހާދީބެ ބުންޏެވެ. އަހަރެން އެފޮތްގެނެސް ހާދީބެއަށް ދެއްކީމެވެ. “މިފޮތްމިއީ އެއެއްޗެހިން ބަދަލުވާ ސިފަތަށް. މިފޮތް އެކޮޔަށް ތިނެގުނީވެސް ތި ތަވީދު އޮތީމަ.. ދެން ތިބުނާ މޫސައެއް ބޭބެއަށް ދައްކާލަބަލަ. އޭނަޔާއި ވާހަކަ ދައްކާލަން އެބަޖެހޭނު. ” ހާދީބޭގެ ވާހަކައިން އަހަރެންވެސް މޫސަ އާއިމެދު ހިތުގައި އުފެދިފައިވާ ސުވާލުތައް އާލާވެގެން ދިޔައެވެ.
ކޮއްކޮ މެދުވެރިކޮށް މޫސައަށް ގުޅައިގެން މޫސަ ގެނައީމެވެ. އޭރު މޫސަގެ މޫނުމަތިން ބިރުވެރިކަމާއި ހާސްކަން ފާޅުވެއަެވެ. “އަހަރެން މޫސަ މިގެނައީ ވަރަށް ބޮޑުކަމަކު. މޫސަ ކިހިނެއް ފުރަތަމަ މިކަންތައްތަކުގެ ތެރެއަށް ވަނީ؟ މިއީ އަހަރެން ފުރަތަމަވެސް އެނގެން ބޭނުންވާ ކަމަކީ”. ހާދީބެ ސުވާލުކުރީ މޫސަ އާއެވެ. ކައިރީގައި އިން ފަޒްލޫން އާއި އަހަރެންނަށް ބަލާލަމުން މޫސަ އިސްޖަހާލަމުން ވާހަކަ ދައްކަންފެށިއެވެ. “އަހަރެން އަބަދުވެސް ވަރަށް ލޯބިވޭ ރަޝާގާދެކެ. ރަޝާ ކުރާ ހުރިހާކަމެއް ވަރަށް ގާތުން އަހަރެން އަބަދުވެސް ބަލަން. ތަނަކަށް ދިޔަޔަސް ކަމެއްކުރިޔަސް މީހަކާއި ވާހަކަދެއްކިޔަސް އެކަމެއް އަހަރެންނަށް އެނގޭނެ. އެހެން އުޅެނިކޮށް މިރަށަށް އަސްނާދް އައީ.” އަސްނާދްގެ ވާހަކަ ބުނުމުން ފަޒްލޫންގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. “ކޮން އަސްނާދެއް؟ނާދްތަ؟” ފަޒްލޫންއަކަށް މަޑަކުން ނީންދެވުނެވެ. “އާނ..އެއީ ތިރަށު ކުއްޖެއް. ދަންނަންދޯ? ” އަހަރެން ބުނީމެވެ.ފަޒްލޫން އާއެކޭބުނެ ބޯޖަހާލިއެވެ.އަނެއްކާވެސް މޫސަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އޭނަ އައިސް ރަޝާމެންނާއި ވާހަކަދައްކަން ހުއްޓައި އަހަރެންނަށް ފެނުން. އަދި ބޯޓު ލެފިދުވަހެއްގައިވެސް އެތަނުންވެސް ރަޝާއާއި ސަމާސާ ކުރިތަން ދުށިން. ހަމަ އެދުވަހު އަހަރެން ގަސްތުކުރިން ނާދްއަށް ހިތުން ނުފިލާވަރުގެ ދެރައެއްދޭން.އަހަރެން ދެކޭގޮތުގައި ރަޝާއެއީ ހަމައެކަނި އަހަރެންގެ މީހެއް. އެހެންކަމުން އަހަރެންގެ ގުރޫޕް އެންމެންވެގެން ނާދް ބަނދެގެން ވަލަށް ގެންދިޔައީ.” . އެހިސާބަށް ބުނުމުން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. މޫސަގެ ގައިގަ އަޅާ ކޮއްޕާލެވުނެވެ. “ކަލޭ މޮޔަވީތަ..؟ އޭނ.. ނާދް އާއި އަހަރެންގެ ދެމެދަށް ވަރަށް ރަނގަޅަށް ކަލެއަށް ވަދެވިއްޖެއެއްނުދޯ.؟ ހުރި ނުލަފާކަން…” އަހަރެންނަށް ކިޔޭ ނުކިޔޭވެސް ނޭންގެއެވެ. އެތާނގައި ބޭރު ބަޔަކު ތިބިކަންވެސް ހަނދާންނެތުނެވެ.ހިތުގައިވާ ލޯބި އެންމެންގެ ކުރިމަތީ ހާމަކުރެވެމުން ދަނީއެވެ.ނަމަވެސް އަދި އެންމެފަހަރަކުވެސް ލޯބިވާ މީހާގާތު އެލޯބި ހާމަކޮށްލަން ފުރުސަތެއް ނުލިބެއެވެ. ހިތަށް ތަދުވިވަރުން އަހަރެންނަށް އަމިއްލަނަފްސު ކޮންޓުރޯލެއް ނުކުރެވުނެވެ. ރޮވިއްޖެއެވެ. ފަޒްލޫން އަހަރެން ނުހިފެހެއްޓިނަމަ އަހަރެން އަތުން މޫސައަށް ބޮޑު އަނިޔާއެއްވެސް ވެއްޖައީހެވެ. “އެކޮއެ ހަމަ ޖެހޭ. މޫސަގެ ވާހަކަ އަޑުއަހާ ފުރަތަމަ.” ހާދީބެ އަހަރެންނަށް އިޝާރާތްކުރަމުން ބުންޏެވެ. އަހަރެން މަޑުމަޑުން ޖޯލީގައި އިށީންދެލީމެވެ.އަދި މޫސަ އާއި ދިމާއަށް ލޯ އަޅާލީމެވެ. އޭރުވެސް ކުއްވެރިއެއްފަދައިން އިސްޖަހައިގެން މޫސައިނެވެ. ” އޭނަ ވަލުތެރޭގައި ގަހެއްގައި ބުނުމަށްފަހު އަހަރެމެންދިޔައީ އޭނަގެ ފޯނު ހިފައިގެން ތުނޑިއަށް. އަދި އެފޯނުން ރަޝާގެ ނަމްބަރު ހޯދައިގެން ރަޝާއަށް ގުޅީ. އޭގެ ފަހުން ޝަހުދު ގުޅީމައި އަނެއްކާވެސް ނާދް ކައިރިއަށްގޮސް ނާދް ލައްވައި ދޮގު ހަދަން މަޖުބޫރު ކުރުވައިގެން ނާދް ބުނީ ގާފަރުގައޭ.. ދެން އިރު އޮއްސި އަނދިރިވީމައި އަހަރެމެންދިޔައީ ނާދް އެތާ ބަހައްޓާފައި. އޭނާ ވަރަށް އާދޭސްވެސްކުރި މޮހާލާފައި ދާށޭ ކިޔައިގެންވެސް.ބުނިވަރަކަށް ލާރިވެސް ދޭނަމޭބުނި.އަހަރެންބުނިން އަހަރެން ބޭނުމީ ލާރިއެއްނޫނޭ. ރަޝާއޭ. ބުނީމަ ނާދްބުނީ ރަޝާ ތި މޫސަދެކެ ލޯބިވަންޏާ ރަޝާއެއީ މޫސަގެ މީހެކޭ.އަދި ރަޝާ ތިމަންނަދެކެ ލޯބިވަންޏާ އެއީ ތިމަންނަގެ މީހެކޭ. އެހެންބުނުމުން ނާދްގެ އަނގަމަތީ ޖަހާ ފަޅާލާފައި އަހަރެމެން ދިޔައީގެއަށް.” އެހެން ބުނުމުން އަހަރެންގެ ހިތްހީވީ ފެޅުނު ހެންނެވެ… ނާދްއަށް އެހެންހަދަން ހެޔޮވާނެހެއްޔެވެ? ނާދްގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ އެވަގުތު އައިރުޅިން މޫސަ ނޮޅާލަންވެސް ހިތަށްއެރިއެވެ. ނަމަވެސް ކެތްތެރިވަމުން އަނެއްފަރާތަށް މޫނު އަނބުރާލީ ލޮލުންފޭބި ކަރުނަތައް ފޮހެލަމުންނެވެ. “އެރޭ އަހަރެމެން ގެއަށް އައިސް ދެން އެތަނަށްދިޔައީ އަނެއްދުވަހު ފުލުހުން ނާދް ހޯދަން އިއުލާނުް ކުރީމައި. އަހަރެމެންތިބީ ވަރަށް ބިރުން ބަޔަކަށް އޭނާ ފެނިދާނެތީ.އެކަމަކު އަހަރެމެން އެތަނަށް ގޮސްބެލިއިރަކު ނާދް އެތާކުނެތް.ނާދް އައްސަން ގެންގުޅުނު ވާތަކެއްވެސް ނުފެނުނު. އެހެންކަމުން އަހަރެމެން ހީކުރީ ފުލުހުންނަށް ފެނިގެން ނާދް ސަލާމަތްކުރީކަމަށް. ނަމަވެސް ހައިރާންވީ ނާދް ނުފެންނަކަން އެނގުމުން. ނަސީބުދެރަކަމުން ނާދްގެ ފޯންއޮތީ އަހަރެންގެ އަތުގައި.އެހެންވެފުލުހުން އަހަރެން ހައްޔަރުކުރީވެސް.. ކަންތައްތައް ދިމާވިގޮތް ވަރަށް ތަފްސީލުކޮށް އަހަރެން ކިޔައިދިނިން. އެހެންކަމުން އިތުރު ތަހުގީގުތަކަށްފަހު އަހަރެން ދޫކޮށްލީ. އޭގެ ފަހުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭ. ރަޝާގިެ ކިބައިން މައާފަށްއިދެން ހިތަށް އަރާވަރުން ކެތްނުވޭ.އެހެންކަމުން ރޭގައި އަހަރެން ރަޝާމެން ގޭކައިރިއަށް ދިޔައީ ރަޝާއާއި ބައްދަލުކުރަން.އެހެން އެގޭދޮށުގަނި އެނބުރި އެނބުރިހުއްޓާ ދަންވަރު ބާރަޖެހީވެސް. އަދި ރަޝާމެންގެއަށް ދަންވަރުގަޑީގައި ޝަހުދުއައިސް ވަންތަންފެނުމުން އަހަރެންގެ މޫޑު މުޅިންއޮފްވި. ނަމަވެސް އޭނާ އެކުރާކަމެއް ބަލާލަން ޝަހުދު ގެފަހަތުންީީީގޮސް ރަޝާ ކޮޓަރި ކުޑަދޮރު ކައިރީ އަހަރެންހުރީ.އެތެރެއިން ދައްކަމުންދިޔަ ހުރިހާ ވާހަކަތަކެއް އަހަރެން އަޑުއެހިން. އެހެންކަމުން އެމީހުން އެތަނަށް ދިއުމުގެކުރިން އަހަރެން އެތަނަށް ދިޔައިން. އަދި ރަޝާ ދާ ކޮންމެތަނަކަށް ދިޔައިން. އެހެންވެ އެމީހުން ޗަކަގަނޑުން ސަލާމަތްކުރެވުނީ. އަހަރެން އެމީހުނަށް ފާރަލީކަން ފަޅާއަރާނެކަން އެނގިހުރެވެސް އެމީހުންގެ ކުރިމައްޗަށް ނިކުތީ. އެވަގުތު އަހަރެން އެހީވެ ނުދީފިނަމަ އެއިން އެކަކުވެސް ސަލާމަތްވާނެހެނެއް ހިޔެއްނުވޭ. އަހަރެންގެ ސަބަބުން ރަޝާއަށް ލިބުނު ދެރައިގެ ބަދަލުގައި ކޮށްދެވޭނެ އެންމެ ރަނގަޅު އެއްކަމަކަށް އެކަންވާނެކަމަށް އުއްމީދުކުރަން.އަދި ވަރަށް ބޮޑަށް މައާފަށްވެސް އެދެން ކުރިން ކުރެވުނުހާ ކަންތައްތަކަށް.” މޫސަ ވާހަކަދެއްކުން ހުއްޓާލީ އޭނާގެ އަޑު ކުރެހުމުންނެވެ.. އިތުރަށް ވާހަކަ ދައްކަން އުނދަގޫވެގެންނެވެ. އޭރު މޫސަގެ ލޮލުން ކަރުނަ ފައިބައެވެ. ނޫންކަމަކަށް ހަދާ ދެލޯ ފުހެލީ ނުރޯން މަސައްކަތްކުރަމުންހެން ވަރަށް ހީވެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަކީ ރަށުގައިހުރި އެންމެ ވިޔާނުދާ އަދި އެންމެ “ގަޓު”މީހާއަށްވެގެން އުޅޭ މީހާއެވެ.ަ ނަމަވެސް މިއަދު އޭނާއަކީވެސް އެހެން އާދައިގެ އިންސާނުންކަހަލަ އިންސާނެއްކަން އަމިއްލައަށް އިހުސާސްވީ ކަންނޭންގެއެވެ.
މޫސަ ގެއަށް ފޮނުވާލުމަށްފަހު ކުރިއަށް ކުރަންހުރި ކަންތައްތަކާއި ބެހޭގޮތުން އަހަރެމެން މަޝްވަރާ ކުރީމެވެ.އަދި މާމައަށް ވާހަކަ ނުދެއްކޭ ސަބަބުވެސް ދެނެގަންނަން އެބަޖެހެއެވެ.ބައްޕައާއި ނާދްވެސް ސަލާމަތުން ގެނެވޭތޯ ބަލަންއެބަޖެހެއެވެ.. ދެން އޮތީ އެންމެފަހުގެ އެތިފަހަރު ހެދުމެވެ.ހާދީބެހުރީ ދޭތިން އެކަށްޗަށް ހިފަން ތައްޔާރަށެވެ….
ނުނިމޭ.
639 Comments
Comments are closed.
Varah reethi ☺☺????
14vana baives kiyuntherinnah kamudhaanekamah hope kuran.. Ekujjaku mivaahakayaai dheytherey dhekeygotheh buneladhiniyya v rangalhu.. dhen othy vaahakaige nimun… love u all readers and supporters… ☺??
Thank u shim.. ???❤❤??❤?
V interesting… next part ah eba v inthizaaru kurevey… next part avas kollahchey…
Thanks saajidh
V interesting… next part ah eba v inthizaaru kurevey… next part avas kollahchey…
V reethi v thafathu story eh..
Thanks haazi?
Varah reethi mi bai ves..
Thanks abhy
v v reethi.
this is called a story……………..’
Interesting. …
Thanks Appy. I knw u love this story.???
Vrh Vrh reethi
Thanks Reem ??
reethi
Thanks sabeeha??
Very interesting..v v v reethi.??
Thanks rafa?
Laskamun turtle dhà waarah thidhany…waahakbreethiyas foohi wejje kiyan
Miahvure lahun up vaa storyves ebahuri… naseebehnu mi vaahaka tirtle eh varahnamaves dhaakan. Rabbit nidhihen turle nueh nidhaane. slow viyass Maa azum varugadhavaane turlege. Thanx XIBANGE KUREEGE BITU
Varah interesting… Can’t wait to read the final chapter… Thanks
Thanks shift.. ??
Thanks for the great comment Mexxo.im so happy..???
varah varah salhi
Thanks nasru
Next yr ga thihen wejjeyya upkohlla
Next yr ga thihen wejjeyya upkohlla next part..??
next part plx…. we r waiting for 15th part
I am a big fan plxplxplxplxplz next part up kohlabala i cant wait anymore
leem next part up kurani kon iraku tha? avahah up kohdheebal mihaaru madhuvas vehje ehnun ……
ވަރަށް ބޮޑަށް ސޮރީ ހުރިހާ ކުދިންނޭ. ލީމްގެ ބޭބީ ވަރަށް ބަލިވަގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އުޅެންޖެހުނީމައި އަޕްނުކުރެވިގެން މިއުޅުުނީ. ގެއަށް ދޫކޮށްލިޔަސް އަދިވެސް ބޭބީއަށް ވަރަށް ބަލަންޖެހޭ.އެހެންވެ ރަނގަޅުވަގުތެއްވެސް ނުވެގެންމިއުޅެނީ ވާހަކަ އަޕްކުރަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވާހަކަ އަޕްކޮށްދޭނަން. މޭބީ މިރޭވެސް ޓައިމްވެއްޖިއްޔާ އަޕްކުރެވިދާނެ.ވާހަކައަށް ވެއިޓްކުރަމުންނާކުދިންނަށް ލީމްގެ ހިތުގެ އެންމެ ފުންމިނުން ޝުުކުރިއްޔާ.އަދި ލަސްވިކަމަށްޓަކައި އަދިވެސް އެއްފަހަރު ނިހާޔަތަށް މަޢާފަށް އެދެން.
Leem ge story thafaathu…varah reethi…?kiyamun dhaairuves sifa vaahen heevany?? hama goosebump araa… eagerly waiting for the next part
Dhen kon irakun ehen parteh up kureveynee
Varah reethi vaahaka..this is called a story..varah inthizaaru kuran next part ah..ummeedhu kuran vee enme avahakah next lart kiyan libeyne kamah..vaahaka kiyanundhaairuves heevany kurimathin sifa vamundhaahen..goosebumps nagaigen dhey..ur one talented writer??????
Varah reethi!!!!!???????
Mi vaahakaige up vaanee kondhuvahakunbaa?
Varah inthizaaru kurevihje. Adhi kihaa dhuvaheh vaanebaa
Vaahakaige anehbai kobaa
Varah salhi