Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 6

Marsha
August 21, 2016
7 Mins Read
75 Views
17 Comments

“ކަމްއޯން މީރާ… ދުރަށް ނުދޭބަލަ… އައި ވޯންޓް ޔޫ ސޯމަޗް… އަހަރެން މީރާ ވަރަށް ބޭނުމޭ… ޕްލީޒް…” އަނެއްކާވެސް މީރާ ގެނެސް ރާހިލްގެ އުނގަށް ލަމުން ރާހިލް ބުންޏެވެ.

“ނޫން ރާހިލް، ޕްލީޒް…” މީރާ ދެފަރާތަށް ބޯހަލުވާލަމުން ދުރަށް ޖެހިލިއެވެ.

“ކީއްވެތަ މީރާ؟” ރާހިލް ސުވާލު ކޮށްލި އިރު އެއަޑުގައިވި ހިތްހަމަނުޖެހުން މީރާއަށް ފާހަގަ ކުރެވުނެވެ.

އެސުވާލަށް ޖަވާބު ދޭނެ ގޮތެއް އެވަގުތު މީރާއަކަށް ނުވިސްނުނެވެ. މީރާ ރާހިލްއަށް އިތުބާރު ނުކުރަނީކީ ނޫނެވެ. ދެމީހުންގެ ގުޅުން އެހިސާބަށް ގެންދަން މީރާ ބޭނުން ވަނީ ކައިވެންޏަށް ފަހުއެވެ. އެކަން ރާހިލްއަށް ނުވިސްނެނީ ހެއްޔެވެ؟

އެހެން ނޫނަސް ރާހިލް މީރާއާ އެގޮތަށް ކައިރިވާ ކޮންމެ ފަހަރަކު ކުރީގެ ބިރުވެރި ހަނދާންތަކެއް މީރާގެ ހިތުގައި އާވެގެން ދެއެވެ. ފަޒީންގެ ފަރާތުން ކުރިމަތިވި އުނދަގޫތައް ހަނދާން ވަނީއެވެ. ހިތް ބިރު ގަންނަނީއެވެ.

“މީރާ…؟” ރާހިލް ކުރި ސުވާލަށް މީރާ ޖަވާބު ނުދީ ހުރުމުން ރާހިލް ގޮވާލިއެވެ.

“ރާހިލް، އަހަރެން…” މީރާ ބުނަން އުޅުނު ނަމަވެސް ނުބުނެވުނެވެ.

ރާހިލް އައިސް މީރާގެ ދެއަތްތިލައިގައި ހިފާލިއެވެ.

“މީރާ، އައި ލަވް ޔޫ…” މީރާގެ އަތްތިލަ ރާހިލްގެ ތުންފަތުގައި ޖައްސާލަމުން ފުރަތަމަ ފަހަރަށް ރާހިލް ބުންޏެވެ.

އެއަޑު އަހާފައި މީރާގެ ހިތް ނަށަން ފެށިއެވެ. އިސްއުފުލާ ރާހިލްގެ މޫނަށް ބަލާލި އިރު މީރާގެ ލޮލުގައި ވީ އުފާވެރިކަމުގެ ކަރުނައެވެ. އެއަޑެއް އަހާ ހިތުން ކެތްމަދުވެފައިވާ އަޑު އިވުމުންނެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން މީރާ ރާހިލް ގައިގައި ބައްދާލިއެވެ.

“އައި ލަވް ޔޫ ޓޫ ރާހިލް، އައި ލަވް ޔޫ!” މީރާއަށްވެސް ބުނެވުނެވެ. ހިތުގެ އަޑިންނެވެ. ރާހިލްގެ ދުލުން އެއިވުނު ތިން ބަސް ހިތުގެ އެންމެ ފުނުގައި ފަވާލަމުންނެވެ.

ނަމަވެސް މީރާއަށް ނޭނގުނު ކަމަކީ ރާހިލް އެތިން ލަފްޒު ބުނެލީ ހިތުގެ އަޑިން ނޫންކަމެވެ. އެވަގުތު ރާހިލް އެންމެ ބޭނުން ވެފައި ހުރި ކަންތައް ކުރުމަށް މަގުފަހި ކުރުމަށް ރާހިލް އެ ޖުމްލަ ބޭނުން ކޮށްލީ ކަމެއް މީރާއަކަށް ނޭނގެއެވެ.

ރާހިލްއަށް މީރާ ކަމުނުދަނީކީ ނޫނެވެ. ކަމުދެއެވެ. ވަރަށް ކަމުދެއެވެ. މީރާއާ ރާހިލް ވަރަށް ގަޔާވެއެވެ. ހިތުގައި މީރާއަށް ޚާއްސަ ޖާގައެއްވެސް ދެވިފައި ވެއެވެ. މީރާ ފެނުމުން ހިތް އުފާ ވެއެވެ. ނަމަވެސް އެއީ ލޯބި ނޫންކަން ރާހިލްއަށް އެނގެއެވެ. ރާހިލް ހުރީ ކޮންމެ ގޮތަކުންވެސް މީރާ ޙާސިލް ކުރަން ބޭނުން ވެފައެވެ. މީރާ ފެނުމުން، މީރާއާ އެކު އެފަދަ ޚާއްސަ ވަގުތުކޮޅެއް ހޭދަ ކޮށްލެވުމުން ރާހިލްގެ ހަށިގަނޑު މީރާއަށް އެދެނީ ކުރިން ދުވަހަކުވެސް އެހެން އަންހެން ކުއްޖަކަށް ނޭދޭ ފަދަ ގޮތަކަށެވެ.

ރާހިލްއަކީ އަންހެން ކުދިންނާއެކު އެގޮތަށް އުޅޭ މީހެއް ނޫނެވެ. އެފަދަ ގާތްކަމެއް ރާހިލް ފުރަތަމަ ހިއްސާ ކުރަން ބޭނުންވި ފުރަތަމަ އަންހެން ކުއްޖަކީ މީރާއެވެ. މީރާގެ ކިބައިގައިވީ އެހެން އަނެހްން ކުދިންނާ ތަފާތު ޖާދުލެކެވެ.

“ދެން… ކޮބާ މައްސަލައަކީ؟” މީރާގެ ޖަވާބު އަޑުއިވުމުން ރާހިލް އަހާލިއެވެ.

“އަހަރެން ބޭނުމީ މެރީކޮށްގެން…” މީރާ ބުންޏެވެ.

ރާހިލް އެއްޗެއް ނުބުނެއެވެ. މީރާ ގައިގައި ބައްދާލައިގެން ހުރިގޮތަށް ހުރީއެވެ. މީރާ ހާސިލް ވާނީ ހަމައެކަނި އެގޮތަށް ކަން ރާހިލްއަށް އެވަގުތު ޔަގީން ވިއެވެ. ކުރިންވެސް އެކަން ރާހލްއަށް އެނގެއެވެ. މީރާއަކީ އެކަހަލަ ކުއްޖެއް ނޫންކަން ރާހިލްއަށް އެނގެއެވެ.

“އެހެން ނޫނަސް އަހަރެން… ރާހިލް…” މީރާ ރާހިލްއާ ދުރަށް ޖެހިލާފައި ރާހިލްގެ މޫނަށް ބަލާލިއެވެ. އެވަގުތު މީރާގެ މޫނުމަތީގައި ވި ބިރާއި ޖެހިލުންވުން ރާހިލްއަށް ސާފުކޮށް ފެނުނެވެ.

“މީރާ، ކިހިނެއްވީ؟” ރާހިލްއަށް އަހާލެވުނެވެ.

ތާނިޔާ ފިޔަވާ ދެވަނަ މީހަކަށް، ފަޒީންގެ ފަރާތުން މީރާއަށް ކުރިމަތިވި ކަންތަކުގެ ވާހަކަ މީރާ ކިޔާދިނީ އެދުވަހުއެވެ. މީރާއަށް އެގާރަ އަހަރުގައި ރޭގަނޑުގެ ވަގުތު ފަޒީން އައިސް މީރާއަށް ނިދފައި އޮންނަ އިރު ކުރާ ކަންތަކުގެ ވާހަކައެވެ. ދެމަހެއްހާ ދުވަސް ވަންދެން އެބިރުވެރި ކަމާ މީރާ ކުރިމަތިލިއެވެ. ފަޒީންގެ ކިބައިން މީރާއަށް ސަލާމަތް ވެވުނީ ތާނިޔާއަށް އެވާހަކަތައް ކިޔާދެވުނީތީއެވެ. ތާނިޔާގެ މަންމަ ނަދީމާ މީރާގެ ދޮންބައްޕަ ނައީމު ގާތު އެވާހަކަ ދެއްކުމުން ނައީމު ގަބޫލެއް ނުކުރިއެވެ.

އެދުވަހު މީރާ ނައީމުގެ ގެއިން ނަދީމާއާ އެކު ނިކުތީ، އެގެއިން ނިކުމެވުނީތީ ޝުކުރުވެރި ވާހާލުގައެވެ. އެދުވަހު އެވަރަށް ނުވިސްނުނު ނަމަވެސް ކައިވެނި ކުރެވޭނެ ދުވަހަކުން ފިރމީހާއަށް ޓަކާ އިއްފަތްތެރި އަންހެން ކުއްޖެއްގެ ގޮތުގައި ހުރެއެވެ. އެހެން ކަމުން މިއަދުވެސް މީރާ ބޭނުންވަނީ އެގޮތެވެ. ކިތަންމެ ލޯބި ވިޔަސް މީރާގެ އެންމެ އަގުބޮޑު ހަދިޔާ ރާހިލްއަށް ދޭން ބޭނުން ވަނީ އެއީ މީރާގެ ފިރިއަކަށް ވީ ދުވަހަކުންނެވެ.

ފަޒީންގެ ކަންތަކަށް ފަހު މީރާ އުޅުނީ ފިރިހެން ކުދިންނާ ދުރުދުރުންނެވެ. ރާހިލް ފިޔަވާ މީރާއަށް ކަމުދިޔައީ އެންމެ ފިރިހެން ކުއްޖެކެވެ. ނަމަވެސް މީރާގެ ހަށިގަނޑުގައި ބީހިލުމުގެ ފުރުސަތު ލިބުނީ ހަމައެކަނި ރާހިލްއަށެވެ.

“އައިމް ސޮރީ މީރާ، ވަރަށް ބޮޑަށް ސޮރީ މީރާއަށް ފޯސް ކުރެވުނީތީ، ދެން ދުވަހަކުވެސް މީރާ ނުރުހޭ ކަމެއް ނުކުރާނަން” މީރާ ގެނެސް މޭގައި ޖައްސާލައިގެން ހުރެ މީރާގެ ބުރަކަށީގައި ފިރުމަމުން ރާހިލް ބުންޏެވެ. ހަގީގަތުގައިވެސް މީރާއަށް ޓަކާ ރާހިލްގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

“ތޭންކްސް ރާހިލް… އަހަންނަށް ވިސްނެން ފެށީއްސުރެވެސް ނިންމައިގެން ހުރީ މެރީ ކޮށްފަ ނޫނީ އެކަހަލަ ކަމެއް ނުކުރަން… ރާހިލް އަންޑަސްޓޭންޑް ވޭ ދޯ؟” މީރާ ރާހިލްގެ މޫނަށް ބަލާލަމުން ބުންޏެވެ.

ރާހިލް ބޯޖަހާލިއެވެ. ދެން ރާހިލް ބުނެލީ މީރާއަށް އަޑު އިވުނު އެންމެ ފޮނި ޖުމްލައެވެ.

“މީރާ، ހިނގާ މެރީ ކުރަން…” މީރާގެ މޫނުގައި ދެފަރާތުން ހިފާލަމުން ރާހިލް ބުންޏެވެ.

“އަސްލުވެސްތަ؟” މީރާއަށް އަހާލެވުނެވެ.

“އާނ، އަހަންނަށް ދެން ގިނަ ދުވަހަކު މިހެން މަޑުމަޑުންނެއް ނުހުރެވޭނެ” މީރާ ގައިގައި ބައްދާލަމުން ހުނުމަކާއެކު ރާހިލް ބުނެލިއެވެ.

“ހަމައެކަނި އެހެން ވެގެންތަ؟” މީރާވެސް ރާހިލްގެ ހުނުމުގައި ބައިވެރިވެލަމުން އަހާލިއެވެ.

“އައި ލަވް ޔޫ މީރާ!” ދެވަނަ ފަހަރަށްވެސް ރާހިލް ބުންޏެވެ. މީރާ އުފަލުން ރާހިލްއާ އަދިވެސް ކައިރިވެލިއެވެ.

“އެކަމު ރާހިލްގެ ފެމިލީ…؟” މީރާ ކުއްލިއަކަށް ހަނދާން ވެގެން އެހިއެވެ. މީރާ ހާސްވީ އެމީހުން މީރާއާ މެދު ދެކޭނެ ގޮތެއް ނޭނގޭތީއެވެ.

“އަހަރުމެން ދެމީހުންނަކީ އެކަހަލަ ދެމީހުންނޭ، ލައިކް ޔޫ އަހަރެންގެވެސް ފެމިލީއެއް ނޯވޭ. އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ، ޑިސްކަސްކޮށް ޕަރމިޝަން ހޯދަން ޖެހޭ ބަޔަކު ނުތިބޭނެ. މީރާ ތާނީ މަންމަމެން ކައިރީ އަހާލީމަ އެނިމުނީ، އެމީހުން އޯކޭ ވިއްޔާ މާދަމާވެސް މެރީ ކުރަންވީ” ރާހިލް އަވަސްއަވަހަށް ބުނެލިއެވެ.

ރާހިލް ބުނާ އެއްޗަކާމެދު މީރާގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތެވެ. ރާހިލް މީރާއަށް ދޮގެއް ހަދާފާނެއޭ، އަދި އެއްވެސް ކަމެއް ސިއްރު ކޮށްފާނެއޭ މީރާގެ ހިތަށްވެސް ނާރައެވެ.

“ތާނީ މަންމަމެން އޯކޭ ވާނެ” މީރާ ޔަގީންކަން ދިނެވެ.

“އެހެން ވިއްޔާ އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް މެރީ ކުރަން” މީރާގެ ދަތްދޮޅީގައި ހިފާ ރާހިލްއާ ދިމާއަށް މީރާގެ މޫނު އުފުލާލަމުން ރާހިލް ބުންޏެވެ.

“މީރާ ދަރިފުޅާ، މަންމަމެން ތިކައިވެންޏާ ދެކޮޅެއް ނޫން، ހަމަ ގަބޫލު. ރާހިލްއަކީ ރަނގަޅު ކުއްޖެއް ހެން މަންމައަށްވެސް ހީވޭ. އެކަމަކު މަންމައަށް ހީވަނީ އަދި ތަންކޮޅެއް އަވަސް ހެން. އިހަށް ދުވަހު ދެކުދިން އަދި ބައްދަލުވީ، އަދި އެކަކު އަނެކަކު ރަނގަޅަށް ދަސްވާންވެސް ދުވަސްކޮޅެއް ނަގާނެއެއްނު؟ އަނެއްކާ މީރާވެސް ކައިވެނި ކުރާ ވަރަށް ވުރެ ތަންކޮޅެއް ޅަހެން މަންމައަށް ހީވަނީ، މިއަހަރު އަދި އަށާރާ އަހަރު ތިވީ. ލަހެއް ނުވެއެއްނު އަދިއެއް؟” ނަދީމާ ގާތު މީރާ ކައިވެނި ކުރަން ބޭނުން ވާހަކަ މީރާ ބުނީ އޭގެ އަނެއް ދުވަހުއެވެ.

ނަދީމާގެ ވާހަކައަށް ތާނިޔާވެސް ހިތާހިތުން ތާއީދު ކުރިއެވެ. ނަމަވެސް އެއްޗެއް ނުބުނެ އިނީ މީރާގެ އުފަލަކީ ރާހިލްއާ ކައިވެނި ކުރުން ކަން އެނގޭތީއެވެ.

“އެނގެޔޭ އަވަސް ކަން، އެކަމަކު ތާނީ މަންމާ، ކައިވެނި ކުރަން ދެމީހުންވެސް ބޭނުންވާ އިރު ލަސްކުރަނީ ކީއްކުރަން؟ ކިތަންމެ ދުވަހަކު މަޑުކޮށްގެން ތިއްބަސް ކައިވެނި ކޮށްގެން ނޫނީ އެކަކު އަނެކަކު ރަނގަޅަށް ދަސްވާނެ ހެނެއް ހިއެއް ނުވޭ… ޕްލީޒް ތާނީ މަންމާ، އަހަރެންވެސް ރާހިލްވެސް ބޭނުން ވަނީ އަވަހަށް ކައިވެނި ކުރަން، މަންމަމެން އާއެކޭ ބުނިހާ އަވަހަކަށް މިކަން ކުރަން ބޭނުން” މީރާ ވާހަކަ ދެއްކީ އިސް ޖަހައިގެން އިނދެއެވެ.

ނަދީމާ މީރާގެ ދަތްދޮޅީގައި އަތްޖައްސާ އިސް އުފުލާލިއެވެ.

“ދަރިފުޅުގެ އެއްވެސް އުފަލަކަށް މަންމަމެން ހުރަހެއް ނާޅާނަން، ތާނީހެން ތީވެސް މަންމަގެ ދަރިއެއް، މަންމަ އެއްގޮތަކަށްވެސް ނުގަބޫލީކީ ނޫނޭ، މަންމަ ހިތަށް އެރީ މީރާ އަދި ތަންކޮޅެއް ޅައީއޭ، އެކަމަކު މަންމަ ހީކުރިހާވެސް ޅައެއް ނޫން މީރާއެއް، އެއަށްވުރެ މާ ވިސްނޭ މިހާރު. ދެރަނުވޭ، ބައްޕަ ގާތު މިރޭ ތިވާހަކަ ދައްކާފަ ވީ އެންމެ އަވަހަކަށް ހުރިހާ ކަމެއް ހަމަޖައްސައި ދޭނަން. ރާހިލް ގާތުވެސް ބުނޭ ދެން ތައްޔާރު ވާށޭ” ނަދީމާ މީރާގެ ބޮލުގައި ފިރުމާލީ ލޯތްބާ އެކުއެވެ.

އަހަރުތަކެއް ވަންދެން ހިތުގެ ކަނެއްގައި ބާއްވައިގެން އުޅުނު ސިއްރު އަދިވެސް އިތުރަށް ފަސްއަޅާ ފޮރުވާލަމުން، ދެކުނު ހުވަފެންވެސް ހިތުގެ އަޑީގައި ރައްކާކޮށްލާފައި ނަދީމާއާ ޝަފީގު މީރާއާ ރާހިލްގެ ކައިވެނީގެ ހުރިހާ ކަމެއް ކޮށްދިނީ އުފަލުންނެވެ. ހިތުން ރުހުމުންނެވެ. އަމިއްލަ ދަރިއެއްގެ ކައިވެންޏަށް ތައްޔާރު ކުރާހެން ހުރިހާ ކަމެއްވެސް ކޮށްދިނީ އެދެމީހުންގެ ދެއަތުންނެވެ.

ދެހަފްތާ ފަހުން މީރާއާ ރާހިލްގެ ކައިވެނި ކުރެވުނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ މީރާއަށް މިލްކުވި ކަހަލައެވެ. އެންމެ ލޯބިވާ ފަރާތާ ކައިވެނި ކުރެވުމުން މީރާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ.

މީރާގެ ހިތުގައި ހަރުލާފައިވާ އެ އަނދިރި ރޭތަކުގެ ބިރުވެރި ހަނދާންތައް އެހިތުން ރާހިލް ފޮހެދިނީ ލޯތްބާ އެކުއެވެ. ހިތް އުފަލުން ފުރިގެންދާ ފަދަ ލޯބިވެތި ބަސްތަކާ ފިރުމުންތަކުންނެވެ. ރާހިލްގެ ލޯބި ފިޔަވާ އެހެން ހުރިހާ ހަނދާނެއް މީރާގެ ހިތުން ފޮހެލަމުންނެވެ.

މީރާއާ ރާހިލް އެކުގައި ފެށި ހަޔާތުގެ ދުވަސްތައް ކުރިއަށް ދިޔައީ އުފަލާ ހިތްހަމަ ޖެހުމުގައެވެ. ދުވާލުގެ ގިނަ ވަގުތު އެކުގައި ހޭދަނުވި ނަމަވެސް ރޭގަނޑުގެ ވަގުތުތައް ހޭދަވަނީ އެކަކު އަނެކަކުގެ އަތުތެރޭގައި ތިބެ އެކި ވާހަކަ ދެއްކުމުގަޔާ ދެމަފިރިންގެ ލޯބިން ފުރިގެން ވި ވަގުތުތަކެއްގެ ގޮތުގައެވެ.

ކައިވެންޏަށް ފަހު މީރާއާ ރާހިލް ދިރިއުޅުން ބަދަލު ކުރީ ރާހިލް ކުއްޔަށް ހިފި އެޕާޓްމެންޓަށެވެ. ހަފްތާގެ ފަސް ދުވަހު ހެނދުނު ސަޔަށް ފަހު ކޮލެޖަށް ދާ ގޮތަށް ދެމީހުން ދެން ބައްދަލު ވަނީ ހައެއް ޖެހުމާ ގާތްވާ ފަހުންނެވެ. އެއަށް ފަހު ދެން ލިބޭ ހުރިހާ ވަގުތެއް ދެމީހުން ހޭދަ ކުރަނީ އެކުގައެވެ.

ހަފްތާއަކު އެއްދުވަހު މީރާއާ ރާހިލް ތާނިޔާމެން ގެޔަށް ދެއެވެ. އެދުވަހު ހަވީރު ސަޔާ ރޭގަނޑުގެ ކެއުން އޮންނަނީ އެއާއިލާއާ އެކުއެވެ. ދެމީހުން އެކުގައި އެގޭގައި އުޅޭ އިރު އެދެމެދުގައިވާ ލޯބި ފެނި ނަދީމާއާ ޝަފީގު ތިބެނީ އުފަލުންނެވެ. ރާހިލްގެ އާއިލާއާ ބެހޭ ގޮތުން ފުރަތަމަ ސުވާލު ކުރުމުން މީރާއަށް ރާހިލް ދިން ޖަވާބު ނަދީމާމެންމަށްވެސް ރާހިލް ދިނެވެ. އޭގެ ފަހުން އެމީހުން ރާހިލްއާ އެކަމާ ބެހޭގޮތުން އިތުރު ސުވާލެއް ނުކުރެއެވެ. މީރާ ފަދައިން އެއްވެސް ސުވާލެއް ނެތި ރާހިލްގެ ވާހަކަ އެމީހުންވެސް ގަބޫލުކުރިއެވެ.

ކައިވެންޏަށް ފަސްމަސް ވީތަނާ ރާހިލްގެ އިމްތިހާންތައް ފެށުނެވެ. އެދުވަސްކޮޅު ހުރިހާ ވަގުތަކު ކިޔެވުމާއިގެން ރާހިލް އުޅޭތީ މީރާ ތާނިޔާމެން ގެޔަކަށްވެސް ނުދެއެވެ. ރާހިލްއާ ނުލާ ދިޔުމަށް ރާހިލް މީރާއަށް ހުއްދަ ދިން ނަމަވެސް ރާހިލް އެކަނި ދޫކޮށްލާފައި ދާން ބޭނުން ނުވާތީ މީރާވެސް ރާހިލް ގާތު މަޑުކުރީއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް މީރާ ނަދީމާމެންނަށް ގުޅައެވެ.

ރާހިލްގެ މިޒާޖު ބަދަލުވެފައި ވާކަން މީރާއަށް ފާހަގަ ކުރެވެން ފެށީ ރާހިލްގެ އިމްތިހާންތައް ނިމި ނަތީޖާ ލިބުމާ ދޭތެރޭ ވީ ދުވަސްތަކުގައެވެ. އެދުވަސްކޮޅު ރާހިލް އަބަދުހެން އުޅުނީ ރައްޓެހިންނާ އެކު ބޭރުގައެވެ. ގޭގައި ހޭދަވާ ކުޑަ ވަގުތުކޮޅުގައި ރާހިލް ހުންނަނީ ކޮންމެވެސް ވިސްނުމެއްގައެވެ. މީރާއާ މާގިނަ ވާހަކައެއް ނުދައްކައެވެ. ކުރިއާ ތަފާތު ނުވާ ހަމައެކަނި ކަމަކަށްވީ ރޭގަނޑު ތަންމަތީގައި ދެމަފިރިން ހޭދަކުރާ ވަގުތެވެ.

ރާހިލް އަބަދު ވިސްނަނީ ކޮންކަމަކާތޯ މީރާ ސުވާލު ކުރެއެވެ. އެހެން އަހާ ކޮންމެ ފަހަރަކު ނުވިސްނަން ކަމަށް ބުނެ އިތުރު ވާހަކައެއް ދައްކާނެ ފުރުސަތެއް މީރާއަށް ނުދީ ރާހިލް ދުރަށް ދެއެވެ. ރާހިލްއާ މެދު ކަންބޮޑު ވާތީ މީރާ ކޮންމެ ގޮތެއް ހަދާފައި ވިޔަސް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ހިތުލައިގެން ސުވާލު ކުރަން އުޅުނު ދުވަހު ފުރަތަމަ ފަހަރަށް ރާހިލް މީރާއާ ދިމާއަށް ބާރަށް އެއްޗެއް ބުންޏެވެ.

އެދުވަހުގެ ހެނދުނު ސައި ބުއި ގޮތަށް ބޭރަށް ދިޔަ ރާހިލް ގެޔަށް އައީ ރޭގަނޑު އަށެއްޖެހި ފަހުންނެވެ. އައި ގޮތަށް މީރާއާ ވާހަކަ ދެއްކުމެއް ނެތި  ރާހިލް ވަނީ ކޮޓަރިއަށެވެ. މީރާ ކާން ހަދާފައި ކޮޓަރިއަށް ވަނީ ރާހިލްއަށް ކާން ގޮވާށެވެ. އެނދުގައި އޮށޯވެލައިގެން ވިސްނަން އޮތް ރާހިލް ފެނުމުން މީރާ ގޮސް އެނދުގެ މަގަތުން އިށީނީ ރާހިލްގެ ފަރާތުން ޖަވާބެއް ހޯދަން ނިންމައިގެންނެވެ.

“ރާހިލް…” ރާހިލްގެ އަތުގައި ހިފާލާފައި މީރާ ގޮވާލިއެވެ. ރާހިލް މީރާއަށް ބަލާލިއެވެ. އަދި މީރާގެ އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލުމާ އެކު ފުރޮޅިލަމުން ރާހިލްގެ އަތުތެރެއަށް މީރާ ގެނައެވެ. އެއަށްފަހު ދިޔައީ ވާހަކަ ދައްކާނެ ފުރުސަތެއް މީރާއަށް ނުލިބުނު ވަގުތުކޮޅެކެވެ.

“ރާހިލް، ކޮންކަމަކާތަ މިހާރު ތިހާވަރަށް ތިވިސްނަނީ؟” މީރާއަށް ސުވާލު ކޮށްލެވުނީ އިރުކޮޅެއް ފަހުންނެވެ.

“ނުވިސްނަން…” އަދިވެސް މީރާއަށް ކުދިކުދި ގޯނާތައް ކުރަމުން ރާހިލް ދިނީ މީރާ އެސުވާލު ކުރުމުން އަބަދުވެސް ދޭ ޖަވާބެވެ.

މީރާ ދެއަތުން ރާހިލްގެ ދެކޮނޑުގައި ހިފާލަމުން ދުރަށް ޖެހިލިއެވެ.

“އަހަރެން އަހާލާ އިރަށް ބުނާނެ ނުވިސްނަމޭ، އެކަމަކު މިވީ ދެތިން ހަފްތާ ތެރޭ އަހަންނަށް އަބަދުވެސް ފެންނަނީ ރާހިލް ކޮންމެވެސް ކަމަކާ ކަންބޮޑުވެފަ ހުންނަތަން، ބުނެބަލަ، އަހަރެން ކައިރީ ވެގެން އުޅޭ ގޮތެއް ބުނީމައެއްނު ރާހިލްއަށް ހެލްޕެއް ވާންވެސް އެނގޭނީ؟ އަހަރެން މީ ރާހިލްގެ އަންހެނުން، ރާހިލް ކަމަކާ ކަންބޮޑުވަންޏާ އަހަންނާ ޝެއަރ ކޮށްބަލަ، އަހަރެން ކައިރީ ބުނެބަލަ…” މީރާ ރާހިލްގެ މޫނުގައި ދެއަތުން ހިފާލައިގެން އިނދެ ލޯތްބާއި އެކު ބުންޏެވެ.

“އަހަރެން މިބުނަނީނު ކަމެއް ނުވެޔޭ، ކީއްވެތަ މީރާ ގަބޫލު ނުކުރަނީ؟” ރާހިލްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“ތިހެން ބުނީމަ އަހަރެން ކިހިނެއް ގަބޫލު ކުރާނީ؟ އަހަންނަށް ފެނެޔޭ ގެޔަށް އައިސް ރާހިލް ހުންނަ ގޮތް… އަހަންނަށް އެނގެޔޭ ރާހިލްއަށް ކޮންމެސް ކަމެއް ދިމާވެގެން ކަން ތިއުޅެނީ… ކީއްވެތަ ނުބުނަން ތިއުޅެނީ؟” މީރާ ކަންބޮޑުވީ ރާހިލްއަށް ކޮންމެވެސް ދެރަކަމެއް ދިމާވެގެން އުޅެނީއޭ ހިތަށް އެރުމުންނެވެ.

“ކިހާ ދެރަ ކަމެއް؟ ކިތައް ފަހަރުތަ ބުނަންވީ؟ ކިހިނެއް ބުނީމަތަ މީރާ ގަބޫލު ކުރާނީ؟ ކިހިނެއް ވެގެންތަ މީރާ ތިއުޅެނީ؟” ކުއްލިއަކަށް ރާހިލް މީރާގެ އަތް ފޮޅުވާލާފައި އެނދުން ތެދުވެ ހަޅޭލަވައިގަތެވެ.

“ރާހިލް!” ކުޑަކޮށް ބިރުގެންފައި މީރާއަށް މަޑުމަޑުން ގޮވާލެވުނެވެ.

“އަހަރެން ގެޔަށް އައިސްފިއްޔާ ބޯ ފަޅައިގެން ދާވަރު ވޭ، މީރާއެކޭ އެއްގޮތް ޝަކުވާ ކުރަމުން ރޮމުން ފަހަތުން ދުވާ ކުޑަކުއްޖެކޭ. އަހަރެން ގެޔަށް ވަންނަ އިރަށް ސުވާލު ކުރަމުން ފަހަތުން ދުވަން ޖެހޭތަ؟” ރާހިލް މީރާއާ ދިމާއަށް ހަޅޭލަވަމުން ދިޔައެވެ.

މީރާ އެއްޗެއް ނުބުނެ ބަލަން ހުރީއެވެ. ރޮވިފައެވެ.

“ތީދެން ކުރަންވީ ކަމަކީ… އެއްޗެއް ބުނާ އިރަށް ފަށާ ރޯން!” މީރާއަށް ބަލާލާފައި ރާހިލް ބުނެލިއެވެ. އެއާއެކު ކޮޓަރިން ނިކުތެވެ. ދެން އިވުނީ ގޭ ދޮރު ބާރަކަށް ލެއްޕުނު އަޑެވެ.

ބާރަށް ރޮވުމުން މީރާ އެދުމައްޗަށް ވެއްޓިގަތެވެ. ލޮލުން އަންނަމުންދިޔަ ކަރުނައާ އެކު ހިތާހިތާ ޝަކުވާ ކުރަމުންނެވެ. ރާހިލް އެވަރަށް ރުޅި އަންނަންވީ ސަބަބެއް ނުވިސްނޭތީއެވެ. ރާހިލް ހިތްހަމަ ނުޖެހޭފަދަ ކަމެއް ކުރެވުނުތޯ އަމިއްލަ ހިތާ ސުވާލު ކުރަމުންނެވެ. ނަމަވެސް މީރާއަށް ޖަވާބެއް ނުލިބުނެވެ. އެގޮތަށް ރޯން އޮއްވާ ދަންވަރު އެކެއް ޖަހާދިޔަ ފަހުން މީރާއަށް ނިދުނު އިރުވެސް ރާހިލް ގެޔަކަށް ނާދެއެވެ.

ރައްޓެއްސެއްގެ ގޭގައި އިނދެ ރާހިލް ކޮފީތައްޓަކަށް ފަހު ކޮފީތައްޓެއް ބޮމުން ދިޔައެވެ. މޭޒުގެ އަނެއް ފަރާތުގައި ރާހިލްގެ ރަހުމަތްތެރި ނަވީންވެސް ކޮފީމަގެއްގައި ހިފަހައްޓާލައިގެން އިނެވެ.

“ރާހިލް، ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟” ނަވީން އަހާލިއެވެ.

“ގޭއެއްވެސް މީހަކަށް ނާންގާ މީހަކާ އިނދެފަ އަހަރެން މާލެ ދާ އިރު އޭނަ ދައްކާފަ މީ އަންހެނުންނޭ ބުނީމަ އެމީހުން ގަބޫލު ކުރާނެތަ؟ ގަބޫލު ކުރިޔަސް އެކަކުވެސް މިކައިވެންޏަކާ ނުރުހޭނެ. އަހަރެންގެ އަންހެނުންގެ ގޮތުގަ އެމީހުން ނުވެސް ދަންނަ އަންހެން ކުއްޖެއް ބަލައެއް ނުގަންނާނެ. އަހަރެންގެ މަންމައަކީ ފާޑެއްގެ މީހެއް، ބައްޕަވެސް… އެހެން ނޫނަސް އަހަރެންވެސް ބޭނުމެއް ނޫން މާލެ ދާއިރު އޭނަ ގެންދާކަށް. އަހަރެން ބޭނުމެއް ނޫން އިނދެގެން އުޅޭކަށްވެސް. ބުނެފީމެއްނު ފުރަތަމަ އޭނަޔާ އިން ސަބަބުވެސް…” ރާހިލް އެހެން ބުނެލި އިރު ހިތް ނުތަނަވަސް ވީ ނަމަވެސް ހަގީގަތުގައިވެސް ރާހިލް މީރާއާ އެކު އެކައިވެނީގައި ދެމި ހުންނާކަށް ބޭނުމެއް ނޫނެވެ.

ނުނިމޭ

51
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

އެދުނީމޭ ލޯތްބާއި އުފާ 9

Next

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 12 ވަނަ ބައި )

Next
August 21, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 12 ވަނަ ބައި )

Previews
August 21, 2016

އެދުނީމޭ ލޯތްބާއި އުފާ 9

17 Comments

  1. Marsha says:
    August 21, 2016 at 12:24 pm

    ސަލާމް ހުރިހާ ކުދިން… މާޝާ ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް… ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ… ހަތްވަނަ ބައި އިރާދަ ކުރެއްވިއްޔާ އަންގާރަ ދުވަހުން ގެނެސްދޭނަން.

  2. Nish says:
    August 21, 2016 at 12:32 pm

    V nice …but thnkolheh kury mi part..

  3. Ninni says:
    August 21, 2016 at 12:34 pm

    Raahil eh kamaku nujehey dhw meera yah ehn hadhrkah..
    Btw masha Allah vaahaka v reethi..

  4. Shiny says:
    August 21, 2016 at 1:00 pm

    V salhi

  5. Laara says:
    August 21, 2016 at 1:07 pm

    V reethi thankolheh kuree

  6. sabeeha says:
    August 21, 2016 at 1:21 pm

    nice

  7. reeeeeeeeeeeshhhhhh says:
    August 21, 2016 at 1:27 pm

    ވަރަށް ރީތި

  8. Appy says:
    August 21, 2016 at 1:29 pm

    V rythi mi bai vx ….

  9. ninaa says:
    August 21, 2016 at 1:57 pm

    v reethi .ekamaku thankolheh kuree .next part thankolheh dhigu kohdhechey pls…….

  10. Aleena says:
    August 21, 2016 at 2:00 pm

    Reethi.. waiting for next part..

  11. Maa says:
    August 21, 2016 at 3:49 pm

    Too short… Waiting for next part

  12. Anam says:
    August 21, 2016 at 4:28 pm

    Nice story

  13. asraa says:
    August 21, 2016 at 6:02 pm

    nice

  14. anee says:
    August 21, 2016 at 10:22 pm

    alheyyy.. raahil haadha goahey… anyways story v nice.. waiting for next part 🙂

  15. Saeedha Mohamed says:
    August 23, 2016 at 9:17 am

    Mivaahaka vvvvv reethi

  16. Marsha says:
    August 23, 2016 at 10:22 am

    ޝުކުރިއްޔާ ހުރިހާ ކުދިން، ހަތްވަނަބައި މިހާރު މި އަޕް ކޮށްލަނީ

  17. Butterfly grl says:
    August 24, 2016 at 2:14 pm

    v nyc mi story.. keep it up…

Comments are closed.

All Right Reserved!