Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 12 ވަނަ ބައި )

Loolu
August 21, 2016
5 Mins Read
60 Views
36 Comments

“ބްރޯ…އައި ނޯ ޔޫ ލަވް ހާ އަ ލޮޓް…ބަޓް ވިސްނާލީމަ އެނގޭނެ ތިދެމީހުންނަށް މުސްތަގުބަލެއް ނެތްކަން…ތި ސިއްރު އެނގޭ ދުވަހަކުން ދެފަރާތު އާއިލާވެސް ނުގަބޫލު ވާނެކަން ޔަގީން…ދޮގު ހަދައިގެން ޝާޔަން އާ މެރީވެސް ކުރެވިދާނެ..އެކަމު ކޮންމެސް ދުވަހަކުން އެންމެނަށްވެސް އެނގޭނެ،،،” ސަމާހް އެކުވެރިޔާގެ ކޮނޑުގަ އަތްއަޅާލިއެވެ. ސަމާހްގެ ވާހަތަކުން އާލިމްގެ ހިތް ރޯން ފެށިއެވެ. ސަމާހް ދައްކަނީ ތެދު ވާހަކަތަކަށް ވިޔަސް އެ ހަގީގަތާ ކުރިމަތިލާނެ ހިއްވަރެއް އޭނާގެ ނެތެވެ. ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް އޭނާ ޝަޔަންއާ ދުރުވާކަށް ބޭނުމެއް ނޫނެވެ.ދުރެއް ނުވެސް ވެވޭނެއެވެ.

“މާ ލަސް ނުވަނީސް މިކަމާ ވިސްނާފަ ގޮތެއް ނިންމައްޗޭ ބުރޯ..” ސަމާހް އާލިމްގެ ކޮނޑުގަ ޖަހާލާފަ ތެދުވެގެން ދާން ހިނގައިގަތީ އޭނާގެ ވާހަކަތަކުން އާލިމް ވަރަށް ދެރަވެއްޖެ ކަން އެނގުމުންނެވެ. ސަމާހް ދިއުމުންވެސް އެތަށް އިރަކު ވިސްނަން އާލިމް އަށް އެނދު މަތީގަ އިނދެވުނެވެ. ސަމާހް ބުނިހެން އަބަދަކު އެކަން ސިއްރެއްވެސް ނުކުރެވޭނެއެވެ. އޭނާ އެކަން ވަންހަނާ ކޮށްގެން ހުންނަތާ އަހަރަކަށް ވުރެ ގިނަވީއެވެ. ނަމަވެސް މިހާރު ހާމަ ކުރުމުގެ ވަގުތު އައިސް ޖެހިއްޖެހެންވެސް ހީވެއެވެ. ﷲ އާ ވަކީލް ކޮށްފަ ޝާޔަން އަށް މިކަން އަންގައިދިނުން ނޫން ގޮތެއް ދެން ނެތެވެ.

މާޔޫސް ކަންމަތީ ހުރެ އާލިމް ސައިކަލަށް އަރާ ނައްޓާލީ ޝާޔަން ގާތަށް ދިއުމަށެވެ. އޭރުވެސް އޭނާގެ ސިކުނޑި ތެރޭގައި ބޮޑު ހައިޖާނެއް އުފެދިފަ ވެއެވެ. އެގެއާ ހަމައަށް ދެވުންއިރުވެސް އޭނާ އަށް އިނދެވުނީ ފުން ވިސްނުމެއްގައެވެ.

އާލިމް ގޮސް ވަތް އިރު ޝާޔަން އޮތީ ސޯފާގަ އޮށޯވެލައިގެންނެވެ. އޭރު ކައިރީގައި މުނީރާ އޮރެންޖް ތަކެއްގެ ތޮށި ނޮޅަން އިނެވެ. އާލިމް ފެނުމުން ކުލަ ފަނޑު ގޮތަކަށް ޝާޔަން ހިނިތުންވެލިއެވެ. ޝާޔަންގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުރި އިރު އެރީތި ދޮން މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ. ހީވަނީ ހަށިގަނޑުން ލޭ މަދުވެފަ ވާހެނެވެ.

“ޝާޔަން މި އޮރެންޖްތަށް ހުސްކުރަން ވާނެ…އަބަދު ޝާޔަން ގާތު ބުނަމޭ މިދުވަސް ވަރު ކޮފީ  ކަހަލަ އެއްޗެހި ނުބޯށޭ..އެކަމަކު އަޑެއް ނާހާ.. ނުބަޔޭ ކިޔާފަ ކަދުރުވެސް ނުކާންވެގެން ތިއުޅެނީ..އެކަމަކު ބަލާބަލަ މިހާރު މުޅި ކުއްޖާއަށް ވެފަ އޮތް ގޮތް..ޔަގީން ޑޮކްޓަރަށް ދައްކައިފިޔާ ލޭ އަޅަން ބުނާނެ ކަން..” ޝާޔަންއަށް ވަމުންދިޔަ ގޮތްތަކުން މުނީރާ ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ. މީ ކޮންމެ މަހަކުވެސް ޝާޔަން ކުރިމަތިލާން ޖެހޭ ކަމަކަށް ވިޔަސް މިފަހަރު ނޫނީ މިހާބޮޑަކަށް ޝާޔަން ވަރުބަލިވާތީއެއް ނޫޅެއެވެ. އޮރެންޖް ތަށި ޝާޔަން ގެ އަތަށް ދީފަ މުނީރާ ތެދުވެގެން ހިނގައިގަތީ ބަދިގެއަށެވެ.

“ކީއްވީ ލަވް…ހާދަ ޕޭލް ވެފަ ވަރުބަލިކޮށޭ ފެންނަނީ..” އާލިމް ޝާޔަންގެ ގާތުގަ އިށީދެލަމުން އަތުގަ ހިފާލިއެވެ.

“ދެން އެނގެއެންނު ކޮންމެ މަހަކުވެސް މިހެން ވާކަން..މިފަހަރު ވަރަށް ހެވީ ކޮށް ބްލީޑް ވަނީ…އެހެންވެ ކަންނޭނގެ ވަރަށް ވަރުބަލި..” ހިނިތުންވެލަމުން ޝާޔަން ބުނެލިއެވެ. ވީގޮތް އެނގުމުން ނުބައި ގޮތަކަށް އާލިމްގެ ބޮލުގަ ރިއްސާލިއެވެ. މިރޭ ސަމާހް ދެއްކި ވާހަކަތަށް ހަނދާންވެފަ އިތުރަށް ހިތްހާސް ވާ ގޮތްވިއެވެ.

ޝާޔަން އަކީ ތެލެސީމިއާ ކެރިއަރަކަށް ވުމުން މައްސަރު ކަންތަށް ދިމާވާ ކޮންމެފަހަރަކު ޝާޔަން އުޅެން ޖެހެނީ ވަރުބަލިވެ ލޭ މަދުވާތީއެވެ. އާއްމު ގޮތެއްގަ ނޯމަލް މީހުންނާ ހިލާފަށް ތެލެސީމިއާ ކެރިއަރުންގެ ހަށިގަނޑުގަ ހީމޯގްލޯބިން ހުންނާނީ މަދުކޮށެވެ. ނޯމަލް މީހުންގެ އުފައްދައިދޭ ވަރަކަށް ތެލަސީމިއާ ކެރިއަރެއްގެ ހަށިގަނޑު ލޭގެ ސެލްތަށް ނުއުފައްދައިދޭނެއެވެ.

“މިސާލަކަށް އަހަރެންވެސް ތެލަސީމިއާ ކެރިއަރެއް ވެއްޖާ ދެން ކިހިނެއް ލަވް ހަދާނީ..” ވަރަށް ހިއްވަރުކޮށްލާފައި ހަތަރު ކަޅި ކޮށްލަމުން އާލިމް ބުނެލިއެވެ.

“އެހެނެއް ނުވާނެ އިރާދުކުރެއްވިއްޔާ….ތިހާ ގޯސްކޮށް ނުވިސްނަބަލަ..އާލިމް އަދި ޓެސްޓެއްވެސް ނުކުރަމެއްނު…ވާނެ ދޯ މިފަހަރު މާލެ ގޮސް އާލިމް ވެސް ޓެސްޓް ކުރަން…އިރާދުކުރެއްވިއްޔާ އާލިމް ނުވާނެ ކެރިއަރަކަށް…އާލިމްގެ މަމް ވެސް ޑޭޑްވެސް ނޯމަލް އެއްނު…ގޯސްކޮށް ނުވިސްނާޗޭ..” ޝާޔަން ތެދުވެ އާލިމް ގެ ގައިގަ ކުޑަކޮށް ބައްދާލިއެވެ. އާލިމްއަށް އިނދެވުނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. އޭނާގެ ހިތް އިތުރަށް ރޯންފެށީ ޝާޔަންގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފެނުމުންނެވެ. އެފަދަ ހިތި ހަބަރަކަށް އެ އަންހެންކުއްޖާ ނުވިސްނާނެކަން ޔަގީނެވެ. ޝާޔަންގެ އުފާވެރިކަން އެކަހަލަ ހަބަރަކުން ފުޑުފުޑުކޮށްލާކަށް އާލިމްއަކަށް ނުކެރުނެވެ.

“ކީއްވެވެފަތަ ތިއިންނަނީ ބޭބް…ހާދަ މަޑުން..” އާލިމް އަނގައިން ނުބުނެ އިންނަން ފެށުމުން ޝާޔަންއަށް އުނދަގޫ ވެގެން އާލިމް ގެ މޫނުގަ ދެއަތުން ހިފާ އޭނާއާ ދިމާލަށް އަނބުރާލިއެވެ. ޝާޔަންގެ ހިތަށް ގޮތެއް ވެގެން ދިޔައީ އާލިމްގެ ލޮލުގަ ވިދަމުން ދިޔަ ކަރުނަތަށް ފެނުމުންނެވެ. ހިތުގަ ރިއްސާލީ އެދެލޮލުން ދެކެން ބޭނުން ނުވާ ވޭނެއް ފެނުމުންނެވެ. “ކީއްވީ ލަވް….މީ ކޮން ކަރުނައެއް…ކޮންމެސް ކަމެއް ވެއްޖެ..” ޝާޔަންގެ ޖުމްލަ ފުރިހަމަ ނުވަނީސް އާލިމް ވަރަށް ބާރަށް ޝާޔަން ގައިގަ ބައްދާލިއެވެ. އޭރު އޭނާގެ ލޮލުން ޝާޔަންގެ ކަނދުރާ މައްޗަށް ކަރުނަތަށް އޮހެރި ގަނެއްޖެއެވެ.

“ޕްލީޒް ޓެލް މީ ވަޓްސް ރޯނގް..” އާލިމް ރޯކަން އެނގުމުން ޝާޔަން އަށްވެސް ފާޑަކަށް ރޮވިއްޖެއެވެ. ” ޑޯންޓް ވޮރީ މައި ލަވް..އެއްވެސް ކަމެއް ނުވޭ..ރޭގަ ވަރަށް ނުލަފާ ހުވަފެނެއް ފެނުނީ..އެހަނދާން ވީމަ ދެރަވީ…” އާލިމް ޝާޔަންގެ މޫނުގަ ދެއަތުން ހިފަހައްޓާލިއެވެ. އޭނާ ގަސްތުގަ ދޮގެއް ހަދާލީ ތެދަށް ޖަވާބު ދޭނެ ހިއްވަރެއް މިވަގުތު އޭނާގެ ނެތުމުންނެވެ.

“ކޮންކަހަލަ ހުވަފެނެއް..”

“ނޭނގެ..ދެމީހުން ވަކިވަނިކޮށް..ވަރަށް ދެރަވި…ދެން އެވާހަކަ ބައްވާ… ހުވަފެނަކީ ބިލާހެއްނު ދޯ…ނައު ސްމައިލް މައި ލަވް..” އާލިމް ޝާޔަންގެ ކޯތާފަތުގަ ފިރުމާލަމުން ބުނެލިއެވެ.

“އެނގޭތަ…ދޮންބެ މެން ވަރަށް އަވަހަށް މެރީ ކުރަން އުޅެނީ..”

“އަސްލުތަ…ކޮންދުވަހަކުން ދެން ދޮންބެމެން މިކޮޅަށް އަންނަނީ..މިކޮޅުގަ ދޯ މެރީ ކުރާނީ..” އާލިމް ޝާޔަންގެ އަނގަޔަށް މުނީރާ ބަހައްޓާފަ ދިޔަ ތަނުން އޮރެންޖް ކޮޅެއް ލަވައިލިއެވެ. ކޮންމެ ފަހަރަކު ހުތްވެގެން ޝާޔަން ގެ އަނގަޔަށް ޖައްސާ ވައްތަރުތަށް ފެނުމުން އާލިމްއަށް ހެވުނެވެ.

 

ހަފްތާއެއް ފަހުން ރިމާހް އާ ރައުފާ މުނީރާމެންގެ ރަށަށް އައީ ކައިވެންޏަށް ޓަކާ ބޭނުން ވާނެ ހުރިހާއެއްޗެއްވެސް ހިފައިގެންނެވެ.އޭރު ކައިވެންޏާ ދެމެދު ދިހަ ވަރަކަށް ދުވަސް އޮތެވެ.  ރައުފާއަކީ އެހެން ރަށެއްގެ ކުއްޖަކަށް ވުމުން ރައުފާ ގެ އާއިލާ މީހުންވެސް އޭރުވަނީ އައިސްފައެވެ. އެމީހުން ބޭތިއްބީ މުނީރާ މަންމަގެ މުސްކުޅި ގޭގައެވެ. އެގެއަކީވެސް ފަހުން ކުއްޔަށް ދިނުމަށްޓަކާ ޒަމާނީ ގޮތަކަށް ހަދާފައިވާ ގެއަކަށް ވާތީއެވެ.

“މި ރެޑް ޝޯލް މިހެދުމާ ގުޅޭނެތަ..” ރައުފާ ހަވީރުން އޭނާ ލާނެ ހެދުން ގެނެސް ޝާޔަންއަށް ދައްކާލިއެވެ. ރައުފާ އުޅެނީ މުނީރާ އާއެއްކޮށް ހަވީރު އޮންނަ ފުޓްބޯޅަ މެޗެއް ބަލަން ދާށެވެ. ރިމާހް ކުޅެން އަރާނެތީ އޭނާ ބޭނުންވަނީ ވަރަށް ނަލަ ހެދިގެން ދާށެވެ. އަދި ރިމާހްގެ އަނތްބަކަށް ނުވިކަމުގާވިޔަސް މުނީރާވެސް އޭނާ އާމެދު ކަންތަށް ކުރަނީ ވަރަށް ލޯބިން ރަނގަޅަށެވެ.

“ކީއްވެ ޝާޔަން މެޗް ބަލަން ނުދަނީ..އާލިމްވެސް ކުޅޭނު.”

“އަނެއްހެން ކަމެއްވެގެނެއް ނޫން…އެކަމަކު އެކަހަލަ ތަންތާ ވަރަށް އަޑުގަދަ ކުރާނެއްނު…އެވަރަށް މީހުންގިނަވެ އަޑުގަދަ ވަންޏާ އަހަރެން ވަރަށް ބޮލުގަ ރިއްސާނެ..” ޝާޔަން ހިނިތުންވެލިއެވެ. އާލިމް ކުޅޭނެ ވާހަކަ ބުނެފަ އޮތީތީ އޭނާ ބަލަން ދާހިތްވިޔަސް އެހާ މީހުން އެއްވާ ތަންތަނަށް ދިޔާމަ އޭނާ އަބަދުވެސް ބޮލުގަ ރިއްސައެވެ.

ހަވީރު ވުމުން އެންމެން މެޗް ބަލަން ގޮސް ގޭތެރެ ހުސްވުމުން ޝަޔަން މުޅިން އެކަނި ވިއެވެ. އޭނާ ފޫހިވެގެން އެނބުރި އެނބުރިފަ އައިސް ކޮޓަރިއަށް ވަދެ ލެޕްޓޮޕް ފެނުމުން ސިކުނޑިއަށް ވެރިވީ ޒުންބާ ޖެއްސުމުގެ ހިޔާލެވެ. ޝާޔަންގެ ހަށިގަނޑަކީ ހެޔޮވަރަކަށް ފިޓް ކޮށް ހުންނަ ރީތި ހަށިގަނޑަކަށް ވިޔަސް ނެށުމަކީ ފޫހިވުމުން އޭނާ ވަރަށް ކުރާކަމެކެވެ. ހާއްސަކޮށް ރައުފާ އައި ފަހުން ދެކުދިން ރޭގަނޑަށް ކޮޓަރި ތަޅުލައިގެން ތިބެ ވަރަށް ގިނައިން ޒުންބާ ޖައްސާ ހަދައެވެ.

 

“ޕިސް ޕިސް މަ ނެތް ގަޑީގަ ޒުންބާ ޖައްސާވަރު ބަލާބަލަ..” މެޗް ބަލާފަ ރައުފާ ގެއަށް އައި އިރު ޝާޔަން ހުރި ގޮތް ފެނުމުން ދިމާކޮށްލިއެވެ.

“ހެހެ..ކޮންބައެއްތަ މޮޅުވީ މެޗުން..” ޝާޔަން ނިއްކުރިންނާ ކަރުދޮށުން ދާތަށް ފޮހެމުން ވާހަކަ ދެއްކިއެވެ.

“ދޮންބެމެން މޮޅުވީ…އެނގޭތަ…އާލިމް ފަޔަށް ތަދު ވެގެން ފަހުން ދަނޑުން ބޭލީ..އޭނައަށް ގުޅާބަލަ..އޭނާއަށް އެގަޑީ ނުވެސް ހިނގިގެން އުޅުނީ…” ރައުފާ ބުނުމުން ކުއްލިއަކަށް ޝާޔަން ކަންބޮޑުވިއެވެ. އާލިމްއަށް ކިތަންމެ ކުޑަ އަނިޔާއެއް ވިޔަސް އޭނާ ނުހަނު ދެރަވެއެވެ. ޝާޔަން އެންމެ ހާސްވީ ގުޅާ ގުޅާވެސް އާލިމް ފޯން ނުނެގުމުންނެވެ.

އެރޭ އަށެއް ވެސް ޖެހިފަހުން އާލިމް ގުޅީ ކަންތަށްބޮޑުވެގެން ޝާޔަންއަށް ރޮވެން ކައިރިވެފަ އިންދައެވެ. އާލިމްގެ އަޑު ޖެހުމާއެކު ޝާޔަންއަށް ރޮވުނެވެ. އާލިމް އެތަށް ފަހަރަކު މާފަށް އެދިފަ ލޯބިވާވަރު ބުނެދިނެވެ.

ޝާޔަން މުނީރާ ގާތުން ހުއްދަ ހޯދައިގެން އެގެއަށް ދާން ބޭނުންވީ އާލިމް ދެކިލާ ހިތްވާ ވަރުންނެވެ. ފަޔަށް ލިބުނު އިންޖަރީގަ އާލިމްއަށް ކުޑަކޮށް ހިނގަން އުނދަގޫވާތީ އޭނާއަށް ޝާޔަން ގާތަށް ނާދެވޭތީއެވެ.

ޝާޔަން ގޮސް ކޮޓަރިއަށް ވަތް އިރު އާތިފާ އާލިމް ގެ ފައިގެ ކުޑަ ހުޅުގަ ޑޮކްޓަރު ދީފަ ހުރި ބޭސް އުނގުޅަނީއެވެ. ޝާޔަން ފެނުމުން އޭނާ ވަރަށް ގާތް ގޮތަކަށް ހީލިއެވެ.

ޝާޔަންއައިސް އާލިމް ގާތުގަ އެނދުގަ އިށީނީ އާލިމް އައުމަށް އިޝާރާތް ކުރުމުންނެވެ. އޭނަ ހުރީ ޝާޔަން ފެނުމުން ހިތްހަމަ ޖެހި އިންތިހާއަށް އުފާވެފައެވެ. ފައިގަ ހުރި ގަދަ ރިހުން އެކީ އެކައްޗަކަށް ފިލިހެން ހީވީ ޝާޔަންގެ ހިނިތުންވެފައިވާ މޫނު ފެނުމުންނެވެ. އެ ހިނިތުންވުމަކީ އޭނާގެ ހިތުގެ ހަމަ ޖެހުމެވެ. އާތިފާ އެތަނުން ނިކުމެގެން ދިއުމުން ދެޒުވާނުން އެކަނިވެ ކޮޓަރި ތެރެއަށް ވެރިވީ ހިމޭން ކަމެވެ. އާލިމް ގެ ފަޔަށް ވެފަ ވީ ވަރު ފެނުމުން ޝާޔަން އިނީ ހިތަށް ތަދުވެފައެވެ. “ވަރަށް ތަދު ދޯ..” ދުޅަ ވެފަ ހުރި ހިސާބުގަ އަތްކާއްތާ ލަމުން ޝާޔަން ބުނެލީ ދެރަވެފައެވެ.

“ނޫން..ލަވް ފެނުނީމަ ތަދުވެސް ކެނޑިއްޖެ..” އާލިމް އެއްމިޔަކަނުން ހީލަމުން އޭނާގެ ލާނެތް ކަން ދައްކާލިއެވެ. ޝާޔަން އާލިމްގެ މޭ މަތީގައި މަޑުމަޑުން ތަޅައިގަތީ އޭނާ ބުނި އެއްޗަކުންނެވެ.

ދެޒުވާނުން އެގޮތުގަ ވާހަކަ ދައްކަން ތިބެފަ އާލިމް ތެދުވެލީ ފާހާނާއަށް ދާށެވެ. ޝާޔަން އެހީވާން އުޅުނީ އާލިމް ކޮރު ޖަހަމުން ފާހަނާ އާ ދިމާލަށް ދާން ފެށުމުންނެވެ. އާލިމް ގޮސް ފާހާނާއަށް ވަންނަންދެން ޝާޔަން އޭނާގެ ގައިގަ ހިފަހައްޓާލައިގެން ފަހަތުން ދިޔައެވެ.

އާލިމް ނުނިކުމެ ލަސް ވުމުން ޝާޔަން އެނދުން ތެދުވެގެން ކޮޓަރި ތެރޭގައި އެނބުރެން ފެށިއެވެ. ކޮޓަރި ތެރޭ ބަހައްޓާފަ ހުރި މާ ވަށިގަނޑު ތަކާ ކުޅެމުން ގޮސް އެންމެފަހުން އަލަމާރި ހުޅުވީ އޭގަ ހުރި އާލިމް ގެ އަންނައުނުތަށް ބަލައިލާ ހިތުންނެވެ. ލޯބިވެރިޔާގެ ކޮންމެ އެއްޗަކީވެސް އޭނާއަށް ހާއްސަ އެއްޗަކަށް ވާތީއެވެ. ޝާޔަން ގެ ލޮލުގަ އަޅައިގަތީ އަލަމާރިތެރޭ ބާއްވާފަ އޮތް ރަތްކުލައިގަ ފައިލެވެ. އޭނާ ޝައުގު ވެރިކަމާއެކު އޭގަ ހުރި އެއްޗެހި ނަގައިގެން ބަލައިލިއެވެ. އެ ފައިލް ތެރޭ އެކަށްވެސް ހުރީ އާލިމް ސްކޫލް ދައުރުގަ ހޯދާފަ ހުރި ކާމިޔާބީތަކުގެ އެކިއެކި ސެޓްފިކެޓް ތަކެވެ. ޝާޔާން ފަހަރަކު ސެޓްފިކެޓެއް ނަގާ އެނދުމަތީ ބާއްވަމުން ދިޔައިރު ކުއްލިއަކަށް އޭނާގެ ސަމާލްކަން އަތުލަގަތީ ކަރުދާސް ތަކާއެކު ފައިލް ތެރޭން ނެގުން ކުޑަ ތެލެސީމިއާ ކާޑެވެ. އޭނާ ހިއްސުތަށް އެކީ އެކައްޗަކަށް މަސައްކަތް ކުރުން ހުއްޓުނު ހެންހީވީ ބޮޑު އަކުރުން އެ ރަތް ކާޑުގަ އިން އާލިމް ގެ ނަން ފެނުމުންނެވެ. ލިބުން ސިހުމާ ޝޮކްގަ ރޮއެގަންނަންވެސް ނޭނގިފަ ހިނދުކޮޅަކަށް އިނދެވުނެވެ. ދުނިޔޭގެ ހިނގުންވެސް އޭނާ ގެ ނޭވާ ތަކައެކު ހުއްޓުނު ހެން ހީވިއެވެ. ލަސްލަހުން ގަބު ވެފަވާ މީހެއްހެން ކޮޅަށް ތެދުވުމާއެކު ޝާޔަން އަށް ރޮވިއްޖެއެވެ. އެވަގުތު ފާހާނާ ގެ ދޮރު ހުޅުވާލާފަ ނިކުތް އާލިމް އަށް ޝާޔަން ފެނިގެން ލިބުން ހައިރާންކަމާއެކު ހިތް ހުއްޓުނު ހެން ހީވީ ރޮއެ ރޮއެ ހުރި ޝާޔަންގެ  ތުރުތުރު އަޅަމުންދިޔަ އަތްތިލަ ތެރޭ އޮތް ކާޑް ފެނުމްނެވެ. އާލިމްއާ ހަތަރު ކަޅި ހަމަވުމާއެކު ޝާޔަން މޫނުމަތީގަ އަތްއަޅާ ރޯންފެށީ ހިތް ކުދިކުދި ވާހާ ވޭނާ އެކުގައެވެ.

( ނުނިމޭ )

 

18
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Loolu

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 6

Next

އިންތިޒާރު 47

Next
August 22, 2016

އިންތިޒާރު 47

Previews
August 21, 2016

ނޭނގޭހެ ހާދަ ލޯބިވޭ 6

36 Comments

  1. love love says:
    August 21, 2016 at 8:59 pm

    Yay i am first..adhi vaahaka nukiyaa mi comment kohleevesss….hehe..

  2. love love says:
    August 21, 2016 at 8:59 pm

    Yay i am first..adhi vaahaka nukiyaa mi comment kohleevesss….hehe..

  3. reesham says:
    August 21, 2016 at 9:24 pm

    yes u r first love love…dhn avahah kiyaalaa…esfiya ah loginvx nuvevign comment nukurevigen reesham miulheny..v internet mahsala ebaulheyy

    1. love love says:
      August 21, 2016 at 10:33 pm

      Varah dhera vejje…but story very is nice…i ves ulhunee internet massala eh jehigen vaahaka load nuvegennn…..hehe…ei vaahaka nukiyaa comment kurumuge adhabu kanneyge dhw…hehe…now this is one story that i really love…keep the good work….love u reesham and ur story…anyways…hurihaa ending eh happy eh nuvaane dhw..there should be stories with sad endings…good night all….

  4. Sham says:
    August 21, 2016 at 9:35 pm

    Salhi BT e veeekihine 2 kudhina ehn hadhaaka nuwaane nun…

  5. Saajidh says:
    August 21, 2016 at 9:39 pm

    WOW… v v reethi… v asarugadha… next part ah eba v inthizaaru kurevey… next part avas kollahchey…

  6. reesham says:
    August 21, 2016 at 9:39 pm

    yes..sham ..bt aee hama hagygathahvx ekan v goi..aslu reesham vx v dheravey ekanthahthah hithah eryma..vaahaka kiyaakudhinnah faharehga ihusaas nukoh levidhaane..ekudhinge hithah kuraane asaru emme furihama ah reesham ah storyga nugenes dhevunas aslu ekudhin v dheravaane

  7. reesham says:
    August 21, 2016 at 9:42 pm

    saajidh

  8. reesham says:
    August 21, 2016 at 9:42 pm

    thankss saajidhh

  9. Ninni says:
    August 21, 2016 at 9:46 pm

    Alhe ehm nuhadhabr dhww..
    Dhn aalim male gos anehkr test kuruvabr.. eyrun normal eh libifr shaayan r dhemeehun ehkoh ulhey neee.
    Eyrun emme salhi vrnee.. hehheh.. btw mee ninni yah fenna goiy.. ??

  10. reesham says:
    August 21, 2016 at 9:51 pm

    hehe ninni…thats impossible

  11. Shiny says:
    August 21, 2016 at 10:03 pm

    V v salhi

  12. reesham says:
    August 21, 2016 at 10:06 pm

    thankss shiny

  13. ~minty~ says:
    August 21, 2016 at 10:09 pm

    Alhey ..thi hn hedhyma hrdha dhera ey?…dhn kihinei br vrnee…waiting for next part…btw this story is v NYC nd interesting…loved it?

  14. reesham says:
    August 21, 2016 at 10:14 pm

    thankss mintyy…dhn vaa goiy kuriah huri part thah kiyaalyma egeyne

  15. Ai says:
    August 21, 2016 at 10:31 pm

    Wow.
    Anehkaa mee reesham ah v kameh baa
    .vrh reethi story ?

  16. reesham says:
    August 21, 2016 at 10:37 pm

    hehe…thankss aii…ai edhunu gothah reesham mi story migenesdhy aslu haadhisaa aa ehgothah..maaya suicide vun aee reesham ge amilla hiyaalah liyunu baeh..bt dhn huri baithakakyy hagygaiiy hama… so reesham ah dhimaavi kamakah mikan adhi nuviyas u gyzz vx just hama imajine real life ga migothah kanthah vehjaa vaane goiyy.. n that boy n grl aa dhemedhu vanyy v aadhayaa hilaafu varugadha loibehh

  17. Shara says:
    August 21, 2016 at 10:47 pm

    V reethi mi part!! Haadha dhera ey dhw!! Real life ga dhn mivaru v ma v v hurt vaane,, dhw!! So sad

  18. Shara says:
    August 21, 2016 at 10:53 pm

    Vaahaka kiyaa iru sifa vany hithah arany mi 2 kudhin dhera vaane varu!! V roane dhw!! Ehaa bodah loabivaa vanyaa ,,

    1. riffu says:
      August 21, 2016 at 11:14 pm

      Yeah asluves v dheravey ?

  19. riffu says:
    August 21, 2016 at 11:12 pm

    Riffu ge boyfriend ves furathama nubune carrier ekey ? maa fahun buneema i couldn’t let him go ?
    This story is so touching ? ma sha Allah keep it up.. ???

  20. miny says:
    August 22, 2016 at 12:16 am

    Varah salhi. Waiting for the next part.. Avahah update koh dhehchey

  21. sabeeha says:
    August 22, 2016 at 4:55 am

    nice..??

  22. Abhy says:
    August 22, 2016 at 6:52 am

    Wow… varah loabi ..Varah reethii mi baive.. rifau ah maayaa liben ulheny kanneyge dhw…

  23. Abhy says:
    August 22, 2016 at 6:56 am

    Sorry .aayaa ey bunevuny olhumakun. rifau ah shàyan libeny kanneyge.

  24. Abhy says:
    August 22, 2016 at 6:56 am

    Sorry .maayaa ey bunevuny olhumakun. rifau ah shàyan libeny kanneyge.

  25. Reesham says:
    August 22, 2016 at 8:52 am

    Thankss everyonee….

  26. Reesham says:
    August 22, 2016 at 8:52 am

    Next part mireyy igeyyy…

  27. vishaa says:
    August 22, 2016 at 9:21 am

    v touching ……..vara reeeeeethi ur the best …next part vara avaha up koladhechey..

  28. Nawaar says:
    August 22, 2016 at 10:56 am

    Mee vaahakaehtha

  29. Nawaar says:
    August 22, 2016 at 10:57 am

    Emme reethi vaahaka.

  30. Nawaar says:
    August 22, 2016 at 10:58 am

    Heevany drama eh balaahen?❤

  31. Reesham says:
    August 22, 2016 at 12:24 pm

    Thankssss everyyyonee

  32. SanaSaeedh says:
    August 22, 2016 at 12:29 pm

    Haadhey asarugadhaey vvvvvvvvvvvvvvvvvvvvvv nice
    Hama rovihje ??????

  33. Reesham says:
    August 22, 2016 at 12:32 pm

    Thankss sanasaeedh..reesham mihithah arany sana saeedh koba baaey mihaaru comment nukuraathy

  34. lai says:
    August 22, 2016 at 7:43 pm

    Vv reethi mi part ves i love this story

Comments are closed.

All Right Reserved!