Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މަންމާ!

Aimin Level 1
September 5, 2016 4 Mins Read
28 Comments

ދުނިޔެ އޭގެ ޒާތުގައި ދައުރުވަމުންދާއިރު އަހަރެމެންގެ ހަޔާތުންވެސް އަހަރުތަކެއް ފާއިތުވެ މާޒީގެ ތެރެއަށް އޮޔާ ދަމުންދެއެވެ. ނިޢުމަތްތައް އޮހި ބަންޑުންވަމުންދާ މީހުން އޭގެއިން އެމީހުންގެ ދިރިއުޅުންތައް އާރާސްތުކުރަމުން އަންނަނީ ނުހަނު ބާރަށެވެ. މިލްކިއްޔާތުގައިވާ ހުރިހާ އެއްޗަކަށް ފާރަވެރި ވަމުން ބިންގާތައް އަޅަމުން އަންނަަނީ މިއީ ދުވަހކު ނިމުމެއް ނެތް ކަމެކޭ ބުނާ އުސޫލުންނެވެ.

އަހަންނަކީ އާދައިގެ ދިރިއުޅުމެއް ވޭތަ ކުރަމުން އަންނަ މީހަކީމެވެ. ކުޑަ ކުޑަ އާއިލާއަކަށް ނިސްބަތްވިނަމަވެސް އަހަރެންވެސް އުޅެމުން އައީ އަހަރެންގެ އާއިލާއާ އެކީ އުފަލުގައެވެ. ނަމަވެސް ހުދު އަހަރެންގެ އަމިއްލަ ނަފްސަށްވެސް ސިއްރު ކުރެވިފައިވާ އެތައް ކަމެއް އަހަންނަށް އުނދަގޫ ކުރަމުން މަލާމާތް ކުރަމުން ދެއެވެ.

ދުނިޔެ މަތިން އަހަންނަށް ލިބުނު ނިޢުމަތް ކަމުގައި އަހަރެން ޤަބޫލު ކުރަނީ އަހަރެން 9 މަހާއި 10 ދުވަސް ވަންދެން އަހަރެން އެހަށިގަނޑު ތެރޭގައި ރައްކާތެރި ކަމާއިއެކު އެ ބޮޑު ބުރަ އުފުލި އަހަރެންގެ މަންމައެވެ. މި މާތް އިންސާނާއަކީ އަހަރެންގެ ހުރިހާ ވެސް އުފަލަކީ ކަމުގައި ދެކި ދުވަހަކުވެސް އުއްފު ވެސް ނުބުނުމަށް އަހަރެން ޢަޒުމް ކަނޑަ އެޅީމެވެ.

އަހަރެންގެ މަންމައަކީ އަހަރެން ގެ އުމުރުދުވަހުވެސް ނުދެކޭހާ ބިރުވެރި ވަތްކަކުން އަހަރެން ސަލާމަތް ކުރި ހަމައެކަނި އިންސާނާއެވެ. އެބިރުވެރި ތޫފާނީ ދުވަސްތައް ވޭނާއި އެކު އަހަރެން ހިއްސާ ކުރި ކުރުމުން އެހިތައް ލިބުނު ހިތްދަތިކަން އަހަރެންގެ ކުރިމަތީގައި ބަންޑުންޖަހާލީ ކަރުނައިގެ ސާލުތަކުންނާއި ވޭނީ ރުއިމުގެ އަޑުންނެވެ. އަހަންނަށް އެޙިމާޔަތައް ތާއަބަދު އެދެވެއެވެ. ޖާނުންފިދާވަމުން އެފަކީރު އަހަރު ދެކޮޅުގައި ވިހެއީ އަޅާލާނެ މީހެއް ނެތިއެވެ. ތުއްތު ޅަ އުމުރުގައި އަމިއްލަ މަންމަ އާއި ވަކިވުމުގެ ހިތާމަ މިއަދުވެސް މަންމަ އުފުލާތަން ފެނި ދެރަވެއެވެ. އެއްބަނޑު އެއްބަފާ ހުރިހާ އެންމެން ދުނިޔެއާއި ވަކިވެގެން ދިޔައީ ތާ އަބަދު މަަންމަގެ ތަޤްދީރާ ސުވާލުކުރަމުންނެވެ.

އަހަރެމެން އުޅެމުން އައީ ވަރަށް ވެސް ސާދާ ދިރިއުޅުމެކެވެ. މަތީ ފެންވަރުގެ ކެއުންތަކަކަށް އިންސާފުކުރުމަށް ހިތެއް ތާއީދެއް ނުކުރެއެވެ. ނަމަވެސް އަބަދުވެސް އެދެވެންފެށީ އެ ދިރިއުޅުން ބަަލުވުމަށެވެ. ކުޑަ ކުޑަ ޖިފުޓިއެއްކަހަލަ ގެއެއްގައި ކުޑަކުޑަ ކޮޓަރިއެއްގައި އަހަރުމެންގެ 5މައިން ނިދަމުން ދިޔައީ ތަރުފާލުމަތީގައި އަޅާފައިވާ ތުނިތުނި ގޮދަޑި ތަކެއްގެ މަތީގައެވެ. ދަންވަރު ހީސް ލަވައިގަތަސް ވަންނަން ޖެެހެނީ ބޮޑު ގިފިއްޔަށް ކަމުން އަބަދުވެސް ، އެ ވަރުބަލި ވެފައިވާ މަންމައަށް ގޮވަންޖެހެއެވެ. ގަަޔަށް ލެވިއްޖެއްޔާ ވެސް އެއީ އެފަކީރަށް ދެވޭ އަނެއް ހާނީއްކަ ކަމުގައި ޤަބޫލުކުރެވެ. ދުވާލުދާ ހަތަރުދަމު ގޭގެ ހުރިހާ މަސައްކަތެއް ކުރާނީ ހުދު އެފަކީރު އަމިއްލައަށެވެ. އެއީ އަހަރެމެންގެ މާމަގެ ގެއެވެ. ބައްޕަ އާއި އެއްބަނޑު އެއްބަފާ އެތައް ބައެއް އެގޭގައި ރަނިކަން ކުރަމުން ދިޔައިރު ، އަހަރެމެންގެ ކަންތައްތައް ބަލަހައްޓާދީ ގޭގެ ހުރިހާ ކަމެއް ޝަކުވާކުރުމެއް ނެތި ކެތްތެރި ކަމާއިއެކު ކުރަމުން ދިޔައީ އަބަދުވެސް އަހަރުމެންގެ ހައްގުގައެވެ. ލައިގެން ހުންނަ ހެދުން ބައެއްފަހަރު ވީދިފައި ހުންނަ މަންޒަރުވެސް އަހަރެން ދެކުނީމެެވެ. އެންމެ އާދައިގެ ފެން ފައިވާނަކަށް އަރާފައި ހުންނަ އިރުވެސް ދުވަހަކުވެސް ހިތް ހަމަނުޖެހިފައި ހުންނަ މަންޒަރެއް ނުދައްކާނެއެވެ. އެހުރިހާ ޤުރުބާނީއެއް ވީ އަހަރެމެންގެ ހައްގުގައެވެ.

އުޅޭނެ އަމިއްލަ ވަޒަނެއް ނެތުން އެއީ މަންމަ އަބަދުވެސް ކަންބޮޑުވާ ކަމެކެވެ. ގޭތެރެއިން އަމިއްލަ ވަޒަންތަކަށް އެންމެންވެސް ގޮސް އަވަދިވެއްޖެއެވެ. މަންމަގެ ހުރިހާ ވެސް އުންމީދަކީ އަހަރެމެން ބޮޑެތިވެ މަންމަގެ އެ އެދުން ފުއްދައިދިނުމެވެ. ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތައް މަސްތަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށް ބަދަލުވެ އަހަރެމެން ހިތުން ފިލަންދަތި ދުވަސްތަކަކާ ކުރިމަތި ކުރުވިއެވެ. ގޭގައި ދިރިއުޅެމުން ދިޔަ އާއިލާގެ އެންމެންގެ ވިހަ ދޫތައް މަންމަ އާއި ދިމާލަށް އަމާޒުވެ އަފަކީރު ނިކަމެތިކުރަމުން ދިޔައީ ، އެފަކީރު އުމުރުދުވަހު ކޮށް ދިން ހެޔޮކަމެއްގެ ބަދަލުގައި ތެޔޮހަމެއްގެ މިންވަރުވެސް ރައްދުކޮށްދިނުމުގެ ބަދަލުގައެވެ. އިންސާނިއްޔަތެއްގެ ކަންފުޅެއްވެސް ނެތް އެ ރަހުމް ކުޑަ މީހުންގެ އެ ވަކިތަކުން އަހަރެން މަންމަ ހިމާޔަތް ކޮށްދޭން ބޭނުންވިއެވެ.

2014 ވަނަ އަހަރު އަހަރެން އޭލެވެލް ނިންމާލުމަށްފަހު 3މަސް ދުވަހަށް ސްކޫލެއްގެ ޓީޗަރެއްގެ ވަޒީފާ އަދާކުރުމަށް ފެށީމެވެ. އަހަރެން ކިޔަވައިނިމިގެން ވަގުން ޒަވާޖީ ހަޔާތެއްގެ ބިންގާވެސް އެޅީމެވެ. ފިރިމީހާއަށް ކިތަންމެ ގިނައިން ލާރި ލިބުނަސްވެސް އަހަރެން ވަޒީފާ ދޫކުރުމަށްފަހުވެސް ލާރި ހޯދުމަށް އަޒުމާއިއެކު މަސައްކަތް ކުރަމުންގެންދިޔައީމެވެ. އެންމެ ފަހުން ޕްރިންޓް ކުރާ ފިހާރައަކުން ވަޒީފާ ހޯދުމަށް ފަހު ނިންމާފައި ގެއަށް އަންނަ ގަޑީގައި ޤުރުއާން ކިޔަވައިދީ ޓިއުޝަން ދޭން ފެށީމެވެ. އަހަރެންވެސް ވީ ހަމަ މަންމަ ފަދަ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރެވޭ މީހަކަށެވެ. ފިރިމީހާ އެއްޗެއް ދިނަސް ނުދިނަސް ވަރިހަމައެވެ.

ނަމަވެސް އަހަރެންގެ ހަޔާތައް ކަޅު ވިލާގަނޑެއްގެ ހިޔަނި އެޅެންފެށީ ފިރިމީހާ ވަޒީފާ ދޫކޮށް ރަށަށް އައި ހިސާބުންނެވެ. އޭގެ ސަބަބުން އަހަންނަށް ފިރިއެއްގެ ދައުރު އަދާކުރުމަށް އަހަރެންގެ ޟަމީރު ގޮވަމުން ދިޔައެވެ. ފަހަކަށް އައިސް އަހަންނަށް ޓިއުޝަން ދިނުން ހުއްޓަން ޖެހުނެވެ. މަންމައަށް އަހަންނަށް އަޅާނުލެވެން ފެށުނެވެ. ވާނީވެސް އެހެންތާއެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން ފިރިމީހާ އަނެއްކާވެސް ވަޒީފާއަށް ދިޔައެވެ، އަނެއްކާވެސް ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް ތަޤްދީރު މިފަހަރު އަހަރެމެންނާއި ކުޅެލީ ވަރަށް ވެސް ވިހަ ސަމާސާ އެކެވެ. މިފަހަރު ވަންނާނެ ގެދޮރެއް ނެތް ނަމަވެސް ، އަހަންނަށް މަޖުބޫރުވީ މާޒީ ގައި އަހަރެންގެ ލޯ މަތިން ފެނުނު ހުރިހާ މަންޒަރެއް ވަޅުލައި އެއަށް ނިމުމެއް ގެންނާށެވެ. އެހާ ހިސާބުން އަހަރެންގެ އާއިލާ ގޮވައިގެން އަހަރެން ނިކުތީ ކުއްޔަށް ގެއެއް ހިފުމަށްފަހުގައެވެ. އަހަންނަށް މަންމަގެ ހިތްވަރު އާކޮށްލެވުނެވެ.

ނަމަވެސް އަހަރެމެންނަށް ހިތްހަމަ ޖެހުމެއް އަދިވެސް ނުލިބެއެވެ. އާބާދުވެފައިވާ ރަށެއް ކަމުގައިވިޔަސް އަހަންނަށް ވެސް މަހަކު ލިބެނީ އެންމެ ފަސްހާސް ރުފިޔާއެވެ. ގޭގެ ކަންތައް މަންމަ ބަލަހައްޓަނީ ބައްޕަ އަށް ލިބޭ މަދު އެތިކޮޅަކުންނެވެ. އަނެއްކާވެސް އަހަރެންނަށް އިތުރު ބުރައަކަށްވީ އަނގާވެސްނުލާ ފިރިމީހާ ވަޒީފާ ދޫކޮށްލުމުންނެވެ. ހިތްވަރު އެލުވައެއް ނުލަމެވެ. ނަމަވެސް މިހާ ޅަ އުމުރުގައި އަހަންނަށް އުފުލަން ޖެހިފައި މިއޮތީ ވަރަށް ބޮޑު ބުރަައެކެވެ. އެހެނަސް ކެތްކުރުން ނޫން ގޮތެއް ނެތެވެ.

ކީއްކުރާނީ ހެއްޔެވެ، އަހަރެން އުއްމީދުކުރިގޮތަށް އަހަރެންގެ ޒަމީރު އަހަރެން ނަފުސު ކޮންޓްރޯލު ވިޔަކަ ނުދިނެވެ. ކުއްލިއަކަށް އަހަންނަށް ތަފާތު ކަންތައްތަކެއް ވާހެން އިހުސާސް ވާން ފެށުނެވެ. ހީކުރެވުނީ ބަނޑުބޮޑުވީ ކަމަށެވެ. ޓެސްޓް ތައް ހަދާ ނަތީޖާ ލިބުނު އިރު އެތައް ބައިވަރު ކަންތައްތަކާއި ހެދި އަހަންނަށް މިވަނީ އެއުފަލުން މަހުރޫމް ވެވިފައެވެ. ނަމަވެސް އަހަރެންގެ އަޒުމެއް އެލުވައެއް ނުލަމެވެ. ތަފާތު އެތަކެއް ބޭސްތަކެއް ކާން ޖެހުމުގެ ސަބަބުން އަހަންނަށް ތަފާތު ބަދަލުތަކެއް އަންނަން ފެށިއެވެ. ރުޅި އިސްކުރެވެން ފެށުނެވެ. މީހާ ކޮންޓްރޯލުން ނެއްޓި ވާނުވާ ނޭނގޭހާ ދަރަޖައަކަށް ކަންތައްތައް ދާން ފެށިއެވެ. އަބަދު ފިކުރުކުރުން އެއީ އަހަރެންގެ އާދައަކަށް ވެއްޖެއެވެ. ކުދިކުދި ކަންތައްތައް ބޮޑެތިކޮށް ނެގެން ފެށުނެވެ.

އެއްރެއެއްގައި އަހަންނާއި މަންމަ އާއި ދެމެދު ދެކެވުނު ވާހަކައެއްގައި އަހަންނަށް ރުޅި އިސްކުރެވުނެވެ. އަޑުނެތް ކޮޅަށް ހަޅޭއްލަވަމުން ދިޔައިރު އަހަންނަށް ވާނުވާ އެއްވެސް ނޭނުގުނެވެ. މަންމަ ރޯ ރުއިމަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ކިރިޔާވެސް ހަމަޔަކަށް އެޅުނީ އެހިމޭން މަގުމައްޗަށް ނިކުމެ ހިނގާލުމުނެވެ. ބަޑިފަޅައިގެން ދިޔައީ ދެެނެވެ. ހުރިހާ ބަރެއް ބޮލުން ފިލީއޭ ހިތާ ހުއްޓާ އަހަންނަށް ކުރެވުނު ކަންތައް އިހުސާސް ވުމުން އަމިއްލަ ނަފުސު ދެކެ ނަފްރަތުކުރެވުނެވެ. ލަދުގަތެވެ. އެކުރެވުނީ ކޮންފަދަ ފާފައެއްބާވައެވެ. ކިތައް ކުދިންގެ މަަންމައިން އެކުދިންނަށް ކާނެ އެއްޗެއްނުދީ އަމިއްލަ އަށް ބަނޑުފުރާނަ މުއްތިކޮށްގެން ތިބޭބާވައެވެ. ކިތައް ކުދިން އެއްވެސް ކުށަކާނުލާ ނިކަމެތި ގޮތަކަށް މަރާލާ އެއްލާލާފަ އޮއްވާ ނުވެސް ދަންނަ ބަޔަކު އައިސް ނަގައިގެން ގެންދާއިރު، އެއްވެސް އެއްޗެއް ހިތައް ނާރާ ކިތައް މައިން ތިބޭބާއެވެ.

އަހަންނަށް މިދުވަސް އަހަރެންގެ ދަރިން މެދުވެރިކޮށް ދައްކަވާނީ ކޮންދުވަހަކުން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. މަަންމާއެވެ. ތިޔައީ މާތް އިންސާނެކެވެ.އަހަންނަށް މާފުކުރާށެވެ. އަހަންނަކީ މިއަދު ކުށްވެރިއަކީމެވެ. އަހަންނަށް މަންމަ ކޮށްދިން ކަންތަކުގެ އަގު ދުވަހަކުވެސް އަދައެއްނުކުރެވޭނެއެވެ. ތިޔަ މާތް ހިތަށް އަހަންނަށް ނޭނގި ނަމަވެސް ހަންޖަރެއް ހަރާލެވިއްޖެއެވެ. މަންމާއެވެ! ތިޔަ އަގުބޮޑު ނިޢުމަތުގެ އަގު ވަޒަން އަހަންނަށް ނުކުރެވުނީބާއެވެ. މަންމާ އަހަންނަށް މާފުކުރާށެވެ. މަންމަގެ ހިތުގައި ޖެއްސުނީތީއެވެ.

  • -ނިމުނީ-

 

Share Article

Follow Me Written By

Aimin

Level 1

Other Articles

Previous

މާޔޫސް ވެފާ 8 ( ފަހު ބައި )

Next

މަންޝާ (ތެޔާޅީސްވަނަ ބައި)

Next
September 5, 2016

މަންޝާ (ތެޔާޅީސްވަނަ ބައި)

Previews
September 4, 2016

މާޔޫސް ވެފާ 8 ( ފަހު ބައި )

28 Comments!

  1. Aminathainaan says:
    September 5, 2016 at 2:04 pm

    Koba a neh bai ain ah fen nany half why????????? Admin

  2. Ssss says:
    September 5, 2016 at 2:09 pm

    Dhera vejje reethi

    1. Aimin says:
      September 5, 2016 at 2:39 pm

      Thank You..

  3. Ssss says:
    September 5, 2016 at 2:20 pm

    V kada eh bai fnnanyh 🙁

    1. Aimin says:
      September 5, 2016 at 2:39 pm

      Dear ‘m new to this and mihaaru varah update ves kohffin emme jumla eh ei … މަންމާ އަހަންނަށް މާފުކުރާށެވެ. މަންމަގެ ހިތުގައި ޖެއްސުނީތީއެވެ.

  4. Shaxun says:
    September 5, 2016 at 2:25 pm

    Nimunytha..

    1. Aimin says:
      September 5, 2016 at 2:40 pm

      🙂 Yes..

  5. Same says:
    September 5, 2016 at 2:31 pm

    V reethi. Admin aky ves auther eh dhoa?

    1. Same says:
      September 5, 2016 at 2:38 pm

      Aimin dhoa sory

  6. Same says:
    September 5, 2016 at 2:37 pm

    V reethi. V emotional…

    1. Aimin says:
      September 5, 2016 at 2:43 pm

      Thank You!! Aslu story liyaa kujjeh noon me aky.. but i used to be a reader.. dhen hitha ery try kuraany yey.. and ummedheh nukuran mihaavarah ves.. hehe.. thankyou..

  7. Sabeeha says:
    September 5, 2016 at 2:38 pm

    vv reethi vaahaka eh..??

    1. Aimin says:
      September 5, 2016 at 2:42 pm

      Alhey.. Thank you so much .. 🙂

  8. naaf says:
    September 5, 2016 at 2:54 pm

    nice❤❤

  9. Nux says:
    September 5, 2016 at 4:21 pm

    Wow nice????????

    1. Aimin says:
      September 6, 2016 at 1:37 pm

      Thanks Nux

  10. Mar Sha Marsha says:
    September 5, 2016 at 9:25 pm

    First try viyas vv gud.. try it more.. u can do this… waiting for more Aimin.. gud luck

    1. Aimin says:
      September 6, 2016 at 1:36 pm

      Thank You for your support Marsha.. I’ll do my best and will update a new story soon.. 🙂

  11. Smiley says:
    September 5, 2016 at 9:52 pm

    Nice story… it’s touching :-*

    1. Aimin says:
      September 6, 2016 at 1:35 pm

      Thank You Smiley 🙂

  12. Romromromantic says:
    September 6, 2016 at 11:34 am

    It’s nice.worth reading.☺

    1. Aimin says:
      September 6, 2016 at 1:35 pm

      Thank You so much Romromromantic 🙂

  13. shahu says:
    September 6, 2016 at 12:00 pm

    Varah asaru gadha.hme kuda irun fashaigen aharumenge hahguga burathah ufulamun ai mom men hithuga jehey fadha kameh kohlaa iru baeh meehun hithah hama ahvess ahcheh naaranee baa.

    1. Aimin says:
      September 6, 2016 at 1:34 pm

      🙂

  14. valu handi says:
    September 6, 2016 at 8:56 pm

    v salhi mi story ?

  15. Rose says:
    September 7, 2016 at 3:18 pm

    Varah salhi..ehenvaahaka eh up kohlabaa

  16. Rozy says:
    September 12, 2016 at 11:49 pm

    Nice story Aiman

  17. raf says:
    October 21, 2016 at 10:36 pm

    i Love this story……

Comments are closed.



All Right Reserved!